އަބަދުވެސް އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ އަޑުއަހަމެވެ. އަންހެންނަށް ފިރިހިނުންނެކޭ އެއްހަމައެއްގައި ޙައްޤުތައް ހޯދަދޭންޖެހޭކަމަށް ބުނެ އަބަދުވެސް ދައުވާކުރެއެވެ. އެހެންނަމަވެސް ފިރިހެނެއްގެ ނަޒަރުން ދުނިޔޭގެ ބަލާލަން ހިނގާށެވެ.

ފިރިހެނުންނަށް އަބަދުވެސް ދަސްކޮށްދީފައިވަނީ ޒިންމާތަކެއް އެމީހުންގެ ބޮލުގައި އެޅިފައިވާހަކައެވެ. ދުނިއެއަކީ ކޯއްޗެއްކަން ނޭނގޭ ކުޑަ ކުއްޖާއަށް ބޮޑުވެގެން އާއިލާ ހިންގުމުގެ ޒިންމާ ނަގަން ޖެހޭނީ ފިރިހެން ކުއްޖާކަން އެނގެއެވެ. އަބަދުވެސް ފިރިހެން ކުއްޖާއަށް ދަސްކޮށްދެނީ ޒިންމާތަށް ނަގާށެވެ. ބައްޕައަށްވުރެ ބޮޑު މުސާރައެއް ހޯދުމަކީ ފިރިހެން ކުއްޖާގެ އަޒުމަކަށް ހަދައެވެ.

މުޖުތަމައުގައި އުޅޭއިރު ފިރިހެން ކުދިންނަށްވެސް ދިމާވާ ބައިވަރު މައްސަލަތައް ހުރެއެވެ. ބޮޑުވެގެން އަންނައިރު އެކިޔާ "ގަޓު" ހުރި އަންހެން ވެރިންގެ ފަރާތުން ފޮށުމާއި ފުރައްސާރަ ކުރުން ފިރިހެން ކުއްޖާއަށް ލިބެޔޭ ބުނެފިނަމަ، އެކަންވެސް ތިބާާއަށް ވަނީ ބޮޑު ޖޯކަކަށެވެ. އެހެންނަމަވެސް މިއީވެސް ކަންވާގޮތެވެ. އެހެންނަމަވެސް މިފަހަރު މިކަން މިވީ ފިރިހެން ކުއްޖަކަށްތާއެވެ. މިވާޙަކަ މީސްމީޑިޔާގައި ޖަހާލާނެ އެކްޓިވިސްޓަކުވެސް ނެތީތާއެވެ.

ދެން އޮތީ ލޯބީގެ ގުލްޒަާރުގައި ފިރިހެން ކުއްޖާގެ ހަޔާތެވެ. އަންހެން ކުދިން ލޯބިވެރިންނާ ވަކިވެ ރޮއެ މުޅި ގައިގައި ކަޓަރު އަޅުވާ ހެދިޔަސް މުޖުތަމައަށް މިއަކީ މާބޮޑު ކަމެއް ނޫނެވެ. އެހެންޏާ، އެކަން އެކުރީ އަންހެން ކުއްޖެއްތާއެވެ. އެކުއްޖާގެ ޖަޒްބާތުތައް ބޭރުކޮށްލާނެ ކޮންމެވެސް ގޮތެއް އޮންނަންޖެހޭތާއެވެ. އެހެންނަމަވެސް، ހަމަ މިމޭރުމުން ފިރިހެން ކުއްޖަކު ކަންތައްކޮށްފިނަމަ އެވަރު "ސޮޑު" ދުނިޔެއަކު ނުހުންނާނެއެވެ. އެހެންޏާ، ފިރިހެނުންގެ ޖަޒަބާތުތަކަކީ އޮއްބާ ފިއްތާފައި ބަހައްޓަން ޖެހޭ އެއްޗެއްތާއެވެ.

ނިކަން އަޑު އަހާށެވެ. ފިރިހެނެއްގެ ހަޔާތުގައިވެސް ހިއްދަތި ދުވަސްތަކަކާ ކުރިމަތި ލާންޖެއެވެ. އެބުނާ އިޝްޤީ ލަވަތައް އަޑުއަހާ "ސައިލެންޓް" ކޮށް ރުއިމަކީ ފިރިހެނުންވެސް ކުރާކަމެކެވެ. ފިރިހެނެއްވިޔަސް އޮންނަނީ ހިތެކެވެ. މިކަން ކޮންމެ މީހަކުވެސް ޤަބޫލު ކުރަންޖެހެއެވެ.

އަނެއްކާ ފިރިހެނަކަށް ވެއްޖަނަމަ ކުޅެން މިޖެހެނީ ގިނަ ރޯލްތަކެކެވެ. "ގާލްފުރެންޑް" ކައިރީގައި އިޝްޤީ މީހަކަށް ވާންޖެހެއެވެ. ރައްޓެހިންގާތު "ކޫލް" މީހަކަށް ވާންޖެހެއެވެ. މައިންބަފައިންނާއި އާއިލާ ގާތު ބަސްއަހާ ކުއްޖަކަށް ވާންޖެހެއެވެ. ކޮންމެ މީހެއްވެސް ކުރަނީ އެކި ކަހަލަ އުންމީދެވެ. މިއެންމެންގެ އުންމީދާއި އެއްގޮތަށް އުޅުމަކީ ކުރަން އުދަގޫ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު