އިންސާނީ ހައްޤުތަކާއި މިނިވަންކަމުގެ ވާހަކައަކީ މިހާރު އެންމެ ހަރުއަޑުން އެންމެ ގިނަ ބަޔަކު ދައްކަމުންދާ އެއް ވާހަކައެވެ. އެންމެ ގިނައިން ވާހަކަ ދެކެވޭ މަޢުޟޫތަކުން މަޢުޟޫއެކެވެ. އަދި މިއަދުގެ ސިޔާސީ ބާޒާރުގައި އެންމެ ހިނގާ، އެންމެ ގިނަ ބަޔަކު ގަނެވިއްކާ މުދާވެސް މެއެވެ.

ކަން މިހެން އޮތްއިރު، ރާއްޖޭގައި މި މުދާ ވެފައިވަނީ ސިޔާސީ މައިދާނުގައި ބޭނުންކުރާ އެންމެ ވަރުގަދަ އެއް ހަތިޔާރަށެވެ. ކޮންމެ ކަމެއްވެސް އެކަމެއް ވަކި ބަޔަކު ނޭދޭ ގޮތަކަށް، ނުވަތަ އުންމީދު ކުރާ ގޮތާއި ޚިލާފަށް ހިނގައިފިނަމަ އެވީ ހައްޤުތަކުގެ ވާހަކަ ދައްކާށެވެ. އެކަމެއް ހިނގާފައިވަނީ ހައްޤުތަކުން ބޭރުން ހައްޤުތަކަށް ނޭނގި ހައްޤުތައް ވަޅުލެވިގެން ކަމުގައި ބުނަމުންދެއެވެ.

ރާއްޖޭގެ އިދިކޮޅު ސިޔާސީ ވެރިން، ބޭރުގެ ހައްދުފަހަނައަޅާފައިވާ ދީންތަކުގެ މީހުންނާއި އެނޫންވެސް އެފަދަ ބައެއްގެ ސަމާލުކަން ދަމައިގަނެ އެބައި މީހުންގެ ވާގި ހޯދީ، ހައްޤުތަކޭ ބުނެ މި ވާހަކަތަކުގެ ތެރެއިންނެވެ. ޑިމޮކްރެސީގެ ނަމުގައި އާއި އިންސާނީ ހައްޤުގެ ނަމުގައި ބަދަލެއް ނުވެ މިއަދާއި ހަމައަށް ރާއްޖޭގައި ދެމިއޮތް އިސްލާމީ އުންމަތް ނެތިކޮށްލައި "ދީންތަކަށް" މި ފަސްގަނޑުގައި ފުރުސަތުދޭން ޖެހޭކަން އެފަރާތްތަކަށް ނުސީދާ ގޮތުގައި އަންގައި ދެމުންނެވެ.

"ލާދީނީ" ކަމަށް ބުނާ ބަޔަކު ނުވަތަ މީހެއްގެ އިސްނެގުމުގެ މަތީން ހިންގާ މި ޖަރީމާއަށް ބޭރުގެ ސަމާލުކަން ލިބި މިއަދު ބޭރުގެ ޖަމާޢަތްތަކުން މިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބަސްބުނެ ގޮތްނިންމައި، ގަދަކަމުން ގޮތްނިންމުވުމަށްވެސް، "ހިފާލާފަ"އެވެ.

މި މަސައްކަތުގެ ދަށުން މިއަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފައިވާއިރު، އިދިކޮޅަށް ތާޢީދުކުރާ ފަރާތްތަކާއި މީޑިއާތަކުން މީސްމީޑިއާގައި ދަނީ އުފާ ފާޅުކުރަމުންނެވެ. އަދި އިދިކޮޅު ކޯލިޝަނުން، އީޔޫގެ ޤަރާރާއި ގުޅިގެން ބެރުޖަހަމުންދާއިރު، އިސްލާމް ދީނުގެ ހައްޤުގައި އެންމެ ގަދައަށް މަސައްކަތް ކުރާކަމަށް ބުނާ، އެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީވެސް އޮތީ އެ ގަރާރާއި ދެކޮޅަށް ބަހެއް ބުނަން ނުކެރޭ ހާލަތުގައި ކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އިސްލާމް ދީނުގެ އުޞޫލުތައް އިތުރަށް ވަރުގަދަކުރައްވައި، އިސްލާމީ ޝަރީއަތް ރާއްޖޭގައި ތަންފީޒުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން، ދިވެހީންގެ މަދަދާއި އެކު ބޭރުގެ އެކި ދަޢުލަތްތަކާއި ޖަމާއަތްތަކުގެ ޕްރެޝަރު މީގެ ކުރިންވެސް ރާއްޖެއަށް، ފޯރުވަން ޖަމާޢަތްތަކުން މަސައްކަތް ކޮށްފައި ވެއެވެ. މިއަދު އީޔޫއިން ފާސްކުރި ޤަރާރަކީވެސް އެކަމަށް އިތުރުވެގެންދިޔަ ބޮޅެކެވެ.

ހަތް ޤައުމެއް ގުޅިގެން އީޔޫ ޕާލަމެންޓަށް ހުށަހެޅި މި ޤަރާރުގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ނެގުމަށާއި، ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ނިންމާފައިވާތީ އެކަމާ ގުޅޭ ޤާނޫނުތައް ބަދަލުކޮށް މަރުގެ އަދަބު ދިނުން ހުއްޓުވުމަށް ގޮވާލާފައެވެ. ރާއްޖޭގައި އިސްލާމީ ރިވެތި ސަޤާފަތެއް އޮތް އޮތުން ނިމުމަކަށް ނުގެނެސްފިނަމަ، އެވެރިން އެ ގޮވައިލަނީ ރާއްޖެއަށް ދަތިކޮށް، ހިތުން ދިވެހިން ބަނޑަށް ޖައްސާށެވެ.

އެހެންކަމަށް ވާނަމަ، މި ޤަރާރާއިމެދު އުފާ ފާޅުކޮށް ގަޔަށްލެވުނުހާ ބާރެއްލާފައި ކޮނޑުހުޅުން ދެއަތް ނެއްޓޭވަރަށް ދެން ބާރަތް އަތްޖަހަން ޖެހޭވަރު އުފަލެއް މިކަމުގައި އޮތީ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޑޯންވޮނާ

    ރާއްޖެއަށް ފިޔަވަޅު އަޅަން ކައުންސިލްގައި އެދެން އީޔޫ ޕާލިމެންޓުން ނިންމައިފި ނަމަވެސް މަމެން އީޔޫ ޕާރލަމެންޓް އިން ބުނާ ގޮތެއް ނަހަދާނަމޭ އީޔޫ ޕާރލަމެންޓް ގައި ނުހުންނާނެއޭ މަމެން ޕިންކީން ވެރިކަމަށް ގެންނަން ވޯޓް ދިން އެކަކު ވެސް ދުލެއް ނުދޭނަމޭ ނުދޭނަމޭ ނުދޭނަމޭ. މަމެންނަށް ރަނގަޅީ އީޔޫ އަށް ދަތުރު ކުރާ ވިޔަފާރި ވެރިން މަދުވި ވަރަށޭ މަމެން ބޭނުންވަނީ ހުރިހާ ވިޔަފާރި ވެރިން ވެސް ޗައިނާ އަށް ދިއުމަށޭ މާ ބޮޑަށް ރަނގަޅޭ ޗައިނާ. އައި ކުޑް ސްޓޭ އަވޭކް ޖަަސްޓް ޓު ހިއަރ ޔޫ އާރ ލޫޒިންގް. އައި ކުޑް ސްމެލް ޔުއަރ ސަރެންޑަރ ދަ މޯމެންޓް އައި ސްމެލް އިޓް އައި ޑޯންޓް ވޮނާ ކްލޯސް މައި އައިޒް. އައި ޑޯން ވޮނާ ލިސިންގް ޔޫ އައި ޑޯން ވޮނާ ލިސިންގް ޔޫ އައި ޑޯން ވޮނާ ހިއަރ ޔޫ ނޯމޯރ.

  2. ގޮނާސަކް

    އޯއް އޯއް އޫމް އޫމް އޯއް ޔޭއް. އީޔޫ ޕާރލަމެންޓް ގައި ތިބި ކޮރަޕްޓް ލޯރޑުން ތަކެއް ރިޗަރޑް ބްރެންސަނޭ އަތުން ކަޓް ކައްވާލައިގެން މަމެން ޕިންކީން ބިރު ދައްކަން އެމެން ނެރޭ ގަރާރަކަށް މަމެން ފަސް ޖެހޭނެ ކަމަށް ތޭ އެމެން ހީކުރަނީ އެކަން ހަމަ ހިލާ ނުވާނެއޭ އެހެން ދެނެއް. އީޔޫ ޕާރލަމެންޓް ވެސް މަހަށް ދާން ޖެހޭނީ އަދި އީޔޫ ކައުންސިލް ވެސް މަހަށް ދާން ޖެހޭނީ ތަމެން ރޮކް އަރުވާލާނަން މަމެންނާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅެއް އަޅައިފިނަމަ އިޓްސް ގޮނާ ސަކް ދޯ.

  3. އާއާއާއާ

    މާވާރުލުގައި އެއާޕޯޓު އަޅަން 57 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އަށް ހަވާލު ކުރުން އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ. ރާއްޖޭގެ ހުރިހާ އެއާރޕޯރޓްްސް ތައް ހަދަން ދޭންވީއޭ އެމްޓީސީސީ އަށް އެއިރުން އެމްޓީސީސީ އަށް ލިބޭ ފައިދާ އިން މާލެ ގުޅިފަޅު އެއްކޮށް ހިއްކާލާ މާލެ އާއި ގުޅި ފަޅާއި ދެމެދު ބްރިޖް އަޅާލާ ގުޅި ފަޅުން މާލޭގައި ވިޔަފާރި ކުރާ ހުރިހާ އަމިއްލަ ކުންފުނި ތަކަށް ކޮންމެ ކުންފުންނަކަށް 5000 އަކަފޫޓްގެ ބިމެއް 100 އަހަރު ދުވަސް ވަން ދެން ކުއްޔަށް އެއްވެސް ބަދަލެއް ނާންނާނެ އުސޫލުން ދީ މާލެ ސަރަހައްދަކީ ސާރކް ގައި އޮތް އެންމެ ޕޮޓެންޝަލް ބޮޑު ވިޔަފާރި ކުރެވޭ ތަނަކަށް ހަދާނެ ކަމަށް މަމެން މިދެކެނީ. އައި އޭމް ވޮންޑަރިންގް އެމްޑީޕީ ކޭން ވިން ފްރޮމް އަސް ކޭން ދޭ ބީ އާއާ ކޭންދޭ ބީ އާއާ ކޭން ދޭ ބީ އާއާއާ އާއާއާއާ އާއާއާއާ އާއާއާއާ...

  4. ދަނޑިދަމާ

    ރާއްޖެއަށް ފިޔަވަޅު އަޅަން ކައުންސިލްގައި އެދެން އީޔޫ ޕާލިމެންޓުން ނިންމައިފި ނަމަވެސް އެއިން ކެއްކޭނެ އެއްވެސް ޑޮންޑޮނެއް ނުހުންނާނެއޭ އެއީ އެމެން ގައި ގައި ނެތް ބާރެއް ދައްކަން މިހާރު އެމެން އެއުޅެނީ. އީޔޫ އަކީ އެއީ ދުނިޔޭގައި މާ ބާރު ގަދަ ބަޔެއް ނޫނޭ ސިޔާސީ ގޮތުން އެމެންނަށް ސީރިއާ އަށް އެއްވެސް ކަމެއް ނުކުރެވުނޭ އީޔޫ ޖެހޭނީ ސްޕެޝަލީ މަމެން ޕިންކީން ނާއި ވާދަ ކުރުމުގެ ބަދަލުގައި އެމެން ދެކޮޅަށް ތިބެގެން ދަނޑި ދެމިއްޔާ މާ ތާހިރުވާނެ އެއް ނޫންތޭ މަމެން ބުނަން ނެތީމު ދޯ. ދަނޑިދަމާ ދަމާ ދަމާ ދަމާ ދަމާ.

  5. މުސައްމާ

    އީޔޫއިން ވަކިވާންފެނޭ

  6. އާއާއާއާ

    ހުޅުމާލޭގެ ޓަވަރުތަކުގެ ޕައިލިން މަސައްކަތް ނިމިއްޖެ ނަމަ އެއީ މަމެން ވަރަށް އުފާ ކުރާ ކަމެކޭ. ދެކޮޓަރި އާއި ދެ ފާޚާނާ ހިމެނޭނެ އުސޫލުން 550 އަކަފޫޓް ވީމާ ކުޑައޭ ދެން ހަދާ ތަންތަން ބަދަލު ކޮށްލަންވީ 1000 އަކަފޫޓަށް އެއިރަށް ދޯ ސްޕޭޝަށް ވެފައި ޕިއާނޯ އާއި އަދި ލިވިންގް ރޫމް ގައި މިނިސްޓޭޖެއް ވެސް ހެދޭނީ. މަމެން ޕިންކީންގެ ވެރިކަމުގައި މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކޮށްލަންވީ އަވަހަށް ސަރުކާރުން އަދި ފްލެޓްސް ތައް 2019 ވަނަ އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމުގެ ލިޔުން ވެސް ހަވާލު ކުރަންވީއޭ އެއިރުން އެމެން ރަންރީނދޫ ޓްވިޓަރޭ މެން ޖެހޭނީ މަހަށް ދާން ދޯ މަމެން ޕިންކީންގެ ވެެރިކަން ވައްޓާލަން ބޭނުންނަމަ. ރަންރީނދު ޓްވިޓަރޭ އައި އޭމް ވޮންޑަރިންގް ކޭން ޔޫ ވިން ފްރޮމް އަސް ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ އާއާއާއާ އާއާއާާއާ އާއާއާއާ އާއާއާއާ..

    • ސާބަސް

      ޓުއިޓަރޭ ޑާޑާޑާޑާޑާޑާޑާޢާޢާޭާޢާޢާޢާޭާޭާ ޑާންސް ޑާންސް އައިވޮނަބީ ޑާންސް

      • އަލީ

        ހަހހަ ދޯ ދޯ މަ ވ ތާއީދު

  7. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  8. "ދީނަށް ވެއްދުމުގައި މަޖުބޫރުކަމެއް ނެތޭ" ބަޤަރާ ސޫރަތުގެ 256ވަނަ އާޔަތުގައި އޮވެފައި ރަސޫލާގެ ޒަމާނުއްސުރެން އިސްލާމީ ދައުލަތުގައި ޣައިރުމުސްލިމުންނަށްވެސް ޖިޒްޔަދައްކައިގެން އުޅެވޭގޮތް އޮވެފައި، ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ތެރެއިން 2 ޤައުމެއްފިޔަވައި އެހެން ހުރިހާ ޤައުމެއްގައި ޣައިރުމުސްލިމުންނަށްވެސް އުޅެވޭއިރު ދިވެހިރާއްޖޭގައި އެހެން ނުވާންވީ ކީއްވެ؟

    • ޙަސަނުބެ

      ކަލޯ މަހައްދޭ އެހެންދީނެއް ހޯދަން މި ދިދައިގެ ދަށަކު ތިކަމެއް ނުވާނެ ވަރައް ސާފް

      • ނޫރު

        ޤުރުއާންގައި އެބައޮތްތަ އިސްލާމީ ދައުލަތެއް އޮތްތަނެއް ފަސާދަކޮށް އެތަނުގައި ދީނީ ބައިބައިވުން އުފައްދާ އެތަން ސުންނާފަތިކުރަން

    • މައުމޫނު ޢަބްދުލްޤައްޔޫމް

      ބަލަ ކަލޭ އުޅޭނެ ދީނަކަށް ކަލޭ އުޅެންވީއެވެ. މަޖުބޫރެެއް ނޫނެވެ. އެކަމަކު މިދިވެހި ފަސްގަނޑަކުނޫނެވެ. ކަލޭ ބޭނުން ދީނަކަށް ބޭނުން ގޮތަކަށް އެހެން ފަސްގަނޑަކު އުޅެންވީއެވެ.

  9. އާއާއާއާ

    ރައްޔިތުން ހާސްވާންޖެހޭ ކަމެއް ނެތް، ގަރާރު ތަންފީޒު ކުރާކަށް ނުޖެހޭ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ ދެން މަމެންނަށް އުފާވެރިކަން ލިބިގެންދެއޭ އޭގެ ސަބަބުން މީގެއިން އެގިގެން މިދާ އެއްޗަކީ ދެން އެމްޑީޕީން ކުރާ މުޒާހަރާ ތަކުގައި ބައިވެރި ވާނެ މީހަކު ވެސް ދެން މާލެ ސަރަަހައްދުން ނުވާނެ ކަމަށް ދަ ރާއްޖެތެރޭން އެހެން އަންނަ ފަޑުއްކަ ބިންމަތީ ފައިވާން ދަމާ ގަމާރުންނަށް ކުރެވޭނެ ކުރާނެ ކަމެއް ވެސް ނޯންނާނެއޭ. އައި އޭމް ވޮންޑަރިންގް ރަންރީނދޫ ޓްވިޓަރޭ ކޭން ޔޫ ވިން ފްރޮމް އަސް ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާއާއާ އާއާއާއާ އާއާއާއާ އާއާއާއާ...

  10. ޑާޑާޑާޑާ

    ރާއްޖޭގެ ވިޔަފާރި ވެރިންނަށް ފިޔަވަޅު އަޅަން އީޔޫ އަށް ނުކެރޭނެއޭ އެހެން އެކަން އެމެން ކޮށްފިނަމަ އެމެންނަށޭ ގެއްލުން ވާނީ މަމެންނަށް އެއްވެސް ގެއްލުމެއް ނުވާނެއޭ އީޔޫ އާއި ބެހޭ ބަޔެއް ވެސް ނޫނޭ މިހާރު ޔޫކޭ އަކީ ޔޫކޭ މިހާރު އެއޮތީ އީޔޫ އިން ބޭރު ކޮށްފައޭ ދެން މަތިން ބައިން ޖެހިގެން ގޮސް އެމެން އީޔޫގެ ތެރެއަަށް ބޭނިގަނެގެން މަމެން ޕިންކީން މިރާއްޖޭގެ އިގްތިސާދު ޗައިނާ އާއި ގުޅިގެން އިންޑިއާގެ އިގްތިސާދުގެ މައްޗަށް މަމެން ރާއްޖޭގެ އިގްތިސާދު ކުރި ހޯދާނެތީވެ އެކަމާއި ޖޭވެގެން އިނގިރޭސިން ހޭދެބައިވަނީއޭ އެއިން އެމެންނަށް ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެއޭ. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާޑާ...

  11. ޖަމީލާ ޢުޘްމާނު

    ސުބުޙާނަﷲ! ކީރިތި ﷲ މި ދިވެހި ޤަވްމު މިނުބައި ނުލަފާ ޔަހޫދީންގެ ކިބައިން ސަލާމަތްކުރައްވާ ޔަހޫދީންނަށް ވާގިދޭ ދިވެހި ބައިގަނޑު ބަލިކަށިކުރައްވާ އިސްލަމްދީނަށާއި ދިވެހިންގެ މުސްލިމު ވަލިއްޔުލްއަމްރަށް ނަޞްރު ދެއްވާންދޭވެ!

  12. ޒަހީން

    ކޮން ދީނަކާއި ތިފޮށެނީ، ދީނަކީ ކަލޭމެން ބޭނުންގޮތަކަށް ކުޅެންއޮތް ސިޔާސީ ހަތިޔާރަކަށް ތިހަދަނީ ރާއްޖޭގެ ބައެއްހިސާބުގައި ތިބި ދުނިޔޭގެ ވާނުވާ މީހުންގެ ބޯހަލާކުރަން ދޯ!

  13. އައިއޭމް

    އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ދެން އެމެން ކެނެރީގެ ނަޝީދަށް މިހާރު ހުންނާނެއޭ ރަނގަޅަށް މަމެން ޕިންކީންގެ ވެރިކަން ވެއްޓިފައި. މަމެން ޕިންކީން އީޔޫ ނޫން އެމެރިކާ ނޫން އަލިފުދާލު ބުނި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާނަމޭ އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އެމްޑީޕީގެ ތެރޭން ރަށުތެރޭގައި ނުބައި ހަދަން ނިންމާ ހުރިހާ އެއްޗެހި ތައް އުފުރާލާނަމޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. މަމެންގެ ވެރިކަން ކުޅަދާނަ އެއް ނޫނޭ ވައްޓާލަން ކުޅަދާނަ އެއް ނޫނޭ ވައްޓާލަން އަދި ހައްޔަރު ކުރާ މީހަކު ވެސް ދުލެއް ނުކުރާނަމޭ އެކަން ވެސް ދަންނާން ޖެހޭނެއޭ. އައި އޭމް ސޯ ހެޕީ އޮން ދިސް އައި އޭމް ސޯ ހެޕީ އޮން ދިސް އައި އޭމް ސޯ ހެޕީ އޮން ދިސް ޔޫ ނޯ އައި އޭމް ސޯ ހެޕީ އޮން ދިސް،

  14. ސޯހެޕީ

    ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިނިވަން މާހައުލެއް ހޯދައިދޭނަން ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ބުނާނަމަ އީޔޫ ޖެހޭނީ އެކަން ގަބޫލު ކުރަންއޭ ނުކޮށް އެމެން ދާނެ ތަނެއް ނޯންނާނެއޭ ބިކޮޒް އެއީ ސީދާ ފޮރިންގް މިނިސްޓްރީން ނެރުނު ރަސްމީ ބަޔާނެއް ނޫންތޭ. ކުއްލި ނުރައްކަލުގެ ހާލަތާއި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އާއި ގުޅުމެއް ނެތޭ މިހާރު ވެސް އެމްޑީޕީ އާއި ޖޭޕީން ދަނީ މަޖީދީމަގުގައި ކަނބަމުންނޭ އެމެން ނެރެން އުޅޭ ކަނޑުކޮސް އެއް ކެންޑިޑޭޓް ނެރުމަށް ޓަކައި އެދަނީ ކެމްޕެއިން ލާރޖް ކޮށް ކުރިއަށް ނޫންތޭ. ދެން އެމެން އެއް ކެންޑިޑޭޓް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ނެރުނީމާ ހުންނާނީ ރަނގަޅަށޭ. އައި އޭމް ސޯ ހެޕީ އޮން ދިސް އައި އޭމް ސޯ ހެޕީ އޮން ދިސް އައި އޭމް ސޯ ހެޕީ ސޯ ހެޕީ ސޯ ހެޕީ އޮން ދިސް.

  15. ސޯހެޕީ

    ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިނިވަން މާހައުލެއް ހޯދައިދޭނަން ކަމަށް މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވުމުން އެކަމާއި މަމެން އުފާ ކުރަމޭ. މަމެން އުއްމީދު ކުރަމޭ މަމެންނަށް އެކަނި ކަން ރިޔާސީ އިންތިޚާބުގައި މިފަހަރު ވާދަ ކުރެވެން ޖެހޭނީ ބިކޮޒް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާ އޮތް ގޮތަށް ބާއްވައިގެން ރާއްޖޭގެ މިނިވަން ކަން އިންޑިއާގެ އަތް ދަށަށް ނުގޮސް އޮންނާނީ މަމެން ޕިންކީން އެކަނި ރިޔާސީ އިންތިޚާބުގައި ބައިވެރި ވުމުންނޭ. ނެވަރ ޑިޑް ނޯ އެނީ އަދަރ އޮފްޝަން އޮން ދަ ޓޭބަލް އައި އޭމް ސޯ ހެޕީ އޮން ދިސް އައި އޭމް ސޯ ހެޕީ އޮން ދިސް އައި އޭމް ސޯ ހެޕީ އޮން ދިސް އައި އޮންލީ ލިވް ފޯރ ސަޗް މޯމެންޓްސް. ނެވަރ ޑިޑް ފައިންޑް ސަޗް އަ މާރވެލަސް މޯމެންޓްސް. އައި އޭމް ސޯ ހެޕީ ސޯ ހެޕީ ސޯ ހެޕީ އޮން ދިސް.

  16. ގައުމު

    ކަނޑައެޅިގެން ﷲ އަށް ޝަރީކުކުރާ ކާފިރު ބަޔަކު މި ރާއްޖޭގައި އެހެން ދީންތައް އޮތުމަށާ މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ގޮވިއަކަސް ކޮބައިތޯ މައްސަލައަކީ؟ އެކަމަކު ތިމާމެންނަކީ މުސްލިމުންނޭ ކިޔައިގެންތިބެ ދީން ސިޔާސީ ހަތިޔާރަކަށް ހަދައި، ދީނުގައި ޙަރާމްކުރެއްވިހާ ކަމެއް ކުރަމުން ދާއިރު ކޮންބައެއްތޯ އެކަމާ އުފަލުން އަތްޖަހާނީ. އާދެ! އެއްކަލަ ގަރާރު ފާސްކުރި މީހުން. މިގައުގައި އިސްލާމުންގެ ނަމުގައި ތިބި ދިވެހި އެތައް "ކާފިރު" ނެއް އުޅޭ ކަމީ ހަގީގަތް. އެހެންނޫނަސް މިތަނުގައި މިވަނީ ޒިނޭ، ރަލާއި މަސްތުވާ ތަކެތި، ގަތުލު، ކޮރަޕްޝަން، ނާއިންސާފު އިންތިހާއަށް ގޮސްފަ. މިފަދަ ހާލުގައި ތިމަތިމާމެން ތިބެގެން، ކަނޑައެޅިގެން ކާފިރުކަން އިއުލާންކޮށްގެން އުޅޭ ބަޔަކާ ދިމާލަށް "މަގޭ ދީނާ ނުކުޅޭ" ކިޔަން ލަދުގަންނަންޖެހޭނެ. މިހުންނަނީ މުނާފިގުކަން. މިހާލަތުގައި އަހަރެމެން ތިބެގެން އަތްޖަހާ ވާހަކަ ކީމާ ވަރަށް އައްޗި.

  17. ޓވމ

    ކަނޑައެޅިގެން ﷲ އަށް ޝަރީކުކުރާ ކާފިރު ބަޔަކު މި ރާއްޖޭގައި އެހެން ދީންތައް އޮތުމަށާ މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ގޮވިއަކަސް ކޮބައިތޯ މައްސަލައަކީ؟ އެކަމަކު ތިމާމެންނަކީ މުސްލިމުންނޭ ކިޔައިގެންތިބެ ދީން ސިޔާސީ ހަތިޔާރަކަށް ހަދައި، ދީނުގައި ޙަރާމްކުރެއްވިހާ ކަމެއް ކުރަމުން ދާއިރު ކޮންބައެއްތޯ އެކަމާ އުފަލުން އަތްޖަހާނީ. އާދެ! އެއްކަލަ ގަރާރު ފާސްކުރި މީހުން. މިގައުގައި އިސްލާމުންގެ ނަމުގައި ތިބި ދިވެހި އެތައް "ކާފިރު" ނެއް އުޅޭ ކަމީ ހަގީގަތް. އެހެންނޫނަސް މިތަނުގައި މިވަނީ ޒިނޭ، ރަލާއި މަސްތުވާ ތަކެތި، ގަތުލު، ކޮރަޕްޝަން، ނާއިންސާފު އިންތިހާއަށް ގޮސްފަ. މިފަދަ ހާލުގައި ތިމަތިމާމެން ތިބެގެން، ކަނޑައެޅިގެން ކާފިރުކަން އިއުލާންކޮށްގެން އުޅޭ ބަޔަކާ ދިމާލަށް "މަގޭ ދީނާ ނުކުޅޭ" ކިޔަން ލަދުގަންނަންޖެހޭނެ. މިހުންނަނީ މުނާފިގުކަން. މިހާލަތުގައި އަހަރެމެން ތިބެގެން އަތްޖަހާ ވާހަކަ ކީމާ ވަރަށް އައްޗި.

    • ލަަލ

      ޕރފކތ

  18. އަބްދުއްލާ

    އެމީހުން އަތްޖަހާނެ . އެކަނިވެރިމައިން ގެ ނަމުގަ ފައިސާ ދިނީމަވެސް ނަގަނީދޯ . އެކަނިވެރި މަޔަކީ ކޮބާ އެއީ ސަރުއީ ބަފަޔަކު ނެތް ދަރިންގެ މަންމަ.

  19. ޙަފްޞާ / މާލެ

    އިސްލާމްދީނަކީ މި ދިވެހި އުއްމަތުގެ ދީންކަމުގައި ލެއްވި އިލާހަށް ޙަމްދުހުރި! ދިވެހި އުއްމަތުގެ ދިރުމަކީ އިސްލާމްދީން! ދިވެހި އުއްމަތުގެ ވިންދަކީ އިސްލާމްދީން! މިކަމާ ދެކޮޅަށް ވަހަކަދައްކާ ދިވެހިން ތިބިކަމީ ހިތާމަހުރިކަމެއް!

  20. ޑޭންޖުރެސް

    ކެނެރީގެ ނަޝީދު ރާއްޖޭގައި ވެރިކަން ކުރި އިރު ދިވެހި ވިޔަފާރި ވެރިން ހުޅުލޭ އެއާރޕޯރޓް ގައި ވިޔަފާރި ކޮށްކޮށް ތިއްބާ އެމެން ދެއަތުގައި ހިފާ ނަގާ އެއާރޕޯރޓް އިން ބޭރަށް ހޫރާލީއޭ އޭނާ ދެން އޭނާ އެއާރޕޯރޓް ދިނީ އިންޑިއާގެ ކޮރަޕްޓް ވަގު ކުންފުންނަކަށޭ އިންޑިއާ އާލާތުންނަށް ތަރައްގީ ކުރަން އިނގޭނެ އެއާރޕޯރޓް ހުންނާނެ ކަމަށް މަމެން ނުދަންނަމޭ. އެހެން ނަމަ އިންޑިއާ ގައި ހުންނާނެ އެއް ނޫންތޭ. އެކަމަކު މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖޭގައި ބިނާ ކުރެވުނު ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާ ބިމުން ފެށިގެން 25 ބުރިއަށް ނަގާ އެތަނުން ކުރި ފުރަތަމަ ހިތުގެ އޮޕަރޭޝަން ކާމިޔާބު ވުން އެއީ މަމެން ޕިންކީންގެ ވެރިކަން ބިއުޓިފުލް ވުން އެމެން ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށިން ކުޑަ ކުއްޖަކު ފުޅި މަދު ފޮއްޓަކަށް ލައިގެން މާލެ ގެނައުން މީ ތަފާތަކީ. އެމްޑީޕީގެ ވެެރިކަން އިޓްސް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ޑޭންޖުރެސް ޑޭންޖުރެސް ގެޓް ދަ ޕޮއިންޓް. ގުޑް..

  21. ސަވީލް

    ދޮގު ވާހަކަ ނުފަތުރާ.. އީޔޫ ޕާލަމެންޓުގެ ރީސޮލީއުޝަން އީނގީރޭސީބަހުން އެމީހުންގެ ވެބްސައީޓުގަ ޝައީއު ކޮއްފަ އެބައޮތް.. އެޔަކު ދީނީ މީނީވަންކަން ދޭށޭ ކީޔާފަ އެއްވެސް ވާހަކަ އެއްނެތް. އަހަރެމްންނައް އީނގީރޭސީކީޔަން ނޭގޭކަމައްތަ ހީކުރަނީ.. ދެން މީ ކޮމެންޓު ޖަހަން ކެރޭނެތަ..

  22. ވައްހާބީ

    ކަލޯ ކިތަންމެ ކަޑަވިޔަސް މިފަހަރު ފިޔަވަޅުއަޅާނެ!

  23. މުޙަންމަދު

    ދެން ބާރަށް ދެ އަތް ފޫވެއްޓެންދެން އަތްޖަހާ!އަޅެ ފަހެ މިހާ ގަމާރުވާންވާނެތަ!