މިއަދުގެ އިރު އަރައިގެން އައީ ހިތާމަވެރި ޚަބަރަކައިގެންނެވެ. އުމުރުން 17 އަހަރުގެ ކުއްޖެއް އެކްސިޑެންޓްވެ މިދުނިޔެއާ ވަކިވެ ދިޔަ ޚަބަރައިގެންނެވެ. މިއާއެކު ދައްކަން ޖެހޭ ގިނަ ވާހަކަތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް މިކަމު ދިވެހިން މިއެކްސިޑެންޓް ހިނގި ވަގުތު ކަންތައް ކުރި ގޮތެެވެ.

އެކްސިޑެންޓް ހިނގީ ކޮންތާކު؟

މިއަދު ހެނދުނު ގާތްގަނޑަކަށް ހަތެއް ޖެހިއިރު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ މާރުކޭޓް ސަރަހައްދުގައެވެ. ހެނދުނެއް ކަމަކު ކާރުބާރު ބޮޑު މާރުކެޓް ސަރަހައްދުގައެވެ. ޕާކްކޮށްފައި އޮތް ލޮރީއެއްގައި ޖެހި ކުއްޖަކު އެކްސިޑެންޓްވި ވަގުތު އެތަނުގައި ގިނަ ބަޔަކު ތިއްބެވެ. ނަމަވެސް އެތަނުގައި ތިބި މީހުން އެކްސިޑެންޓްވި ކުއްޖާާއަށް އެހީވުމުގެ ބަދަލުގައި ބެލީ ފޮޓޯ އާއި ވީޑިއޯ ނެގޭތޯއެވެ.

އެއްވެ ތިބި މީހުން ކަންތައް ކުރީ ކިހިނެތް؟

އެކްސިޑެންޓެއް ވެގެން އުޅޭތަން ފެނުމުން އެންމެ ފުރަތަމަ އަވަސްވެ ގަންނަން ޖެހެނީ އެމީހަކަށް އެހީތެރިވުމަށެވެ. ފުރަތަމަ ފަރުވާ ނޭނގޭނެމަ ފަރުވާ ދޭ ތަނަކަށް އެންގުމަށެވެ. ނަމަވެސް މިއަދު ހިނގި އެކްސިޑެންޓް ވުމުން އެތަނަށް އެއްވި މީހުން ކަންކޮށްފައިވަނީ މިގޮތަކަށް ނޫނެވެ.

މިއަދު އެކްސިޑެންޓް ވުމަށްފަހު ކަން ހިނގިގޮތް ދައްކައިދޭ ވީޑިއޯއެއް މީސްމީޑިޔާގައި މިހާރު ދައުރުވަމުން އެބަދެއެވެ. މި ވީޑިއޯއިން ދިވެހިން އިބުރަތް ހާސިލް ކުރަން ޖެހޭ އަދި ކުރިޔަށް އޮތް ތާނުގައި ވިސްނާލަން ޖެހޭ އެތައް ކަމެއް ފެނިގެން ދެއެވެ.

ވީޑިއޯއިން ފެނުނީ ކޯއްޗެއް؟

ނިޔާވި ކުއްޖާ އެކްސިޑެންޓްވެފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިޔާގައި ދައުރުވަމުން އަންނަ އިރު، މިވީޑިއޯއިން ފެންނަ ގޮތުގައި ކޮންމެ މީހަކުވެސް އިންސާނިއްޔަތު ކަމަށްވުރެ އިސްކޮށްފައިވަނީ އަމިއްލަ ފޯންއިން ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނެގޭތޯއެވެ. މީސްމީޑިޔާގައި އެ ފޮޓޯ ނުވަތަ ވީޑިއޯ ހިއްސާކޮށް ފްލޯވާސް ހޯދަން ކަމަށްވެސް ވެދާނެއެވެ. ނުވަތަ އެހެން ސަބަބަކަށްޓަކައި ކަމަށްވެސް ވެދާނެއެވެ. ކޮންމެ ސަބަބެއް ކަމުގައި ވީނަމަވެސް ކަން ކޮށްފައިވަނީ ގޯސްކޮށެވެ.

އެކްސިޑެންޓް ވެފައި އޮތް މަންޒަރު ފެންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެންމެން އެވަގުތު ތިބީ އެކްސިޑެންޓްވި ސަރަހައްދުގައި ބޮނޑިވެގެންނެވެ. އެކްސިޑެންޓްވި މީހާއަށް އެހީވުމަށް އެއްވެސް މީހަކު އިސްނަގާފައެއް ނުވެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުން އެކަކު އެވަގުތު އެމީހާ އޮތީ މަރުވެފައޭ ބުނެއެވެ. ނަމަވެސް އެތަނުގައި ހުރި އިތުރު މީހަކު އެކުއްޖާ މަރުނުވާ ކަމަށް ބުނެއެވެ. ދެން އެވަގުތު އެތާ އިން މީހަކު އެމްބިލޭންސްއަށް އަވަހަށް ގުޅާށޭ ބުނާއަޑު އިވެއެވެ. އޭގެ ޖަވާބުގައި އެމްބިއުލޭންސް އަދި ޕޮލިހަށް ގުޅުމަށް މީހަކު ބުންޏެވެ. އޭގެ ރައްދުގައި އިތުރު މީހަކު ބުނެފައިވަނީ "ޕޮލިހަކަށް ނޫންތަ ގުޅަންވީ" މިހެންނެވެ. އަދި އެވަގުތު އެމީހާ މާބޮަޑަށް ނުތަޅުވާ ކުރާ ކަމެއް ކުރުމަށްވެސް އެތަނުން މީހަކު ބުނެފައިއެވެ.

ރަނގަޅު ކުރަންވީ ކޮންކަމެއް؟

ފުރަތަމަ ކަމަކަށް އެކްސިޑެންޓް ވެގެން އުޅޭ ސަރަހައްދެއްގައި ބޮނޑިވެގެން ތިބުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އެކްސިޑެންޓް ވެފައި އޮތް މީހަކަށް ސާފުވައި ބޭނުންވާނެތީއެވެ. މީހުން އެދިމާޔަށް ބޮޑި ވެއްޖެނަމަ ހާސްކަން އިތުރުވާނެއެވެ. މިހެންކަމުން އެތަނުގައި ހިނގާ ކަންތައް ކިތަންމެ ބަލަން ބޭނުން ވިޔަސް ބޮނޑިނުވެ ތަންކޮޅެއް ދުރުގައި ހުރުމަކީ ބުއްދިވެރި ކަމެކެވެ.

ދެވަނަ ކަމަށް ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ކުރިން ވީހާވެސް އަވަހަކަށް އެމްބިއުލޭންސަށް ގުޅުމަކީ މުހިންމު ކަމެކެވެ. އަދި ޕޮލިހަށްތޯ ނުވަތަ އެންބިއުލޭންސަށްތޯ ފުރަތަމަ ގުޅާނީ ކިޔާ ޒުވާބު ކުރުމުގެ ބަދަލުގައި ކޮންމެވެސް އެއްތާކަށް ގުޅުން ބުއްދިވެރިއެވެ، ފުރަތަމަ ޕޮލިހަށް ގުޅާނަމަ އެންބިއުލޭންސެއް ފޮނުވުމަށް އެމީހުން ކުރެން އެދެވިދާނެއެވެ. ނުވަތަ އެންބިއުލޭންސަށް އަދި ޕޮލިހަށް ދެމީހަކު ގުޅުމުން އެކަމުގައި ދެރައެއް ނެތްތާއެވެ. ބޭނުންވަނީ ވީހާވެސް އަވަހަށް ފަރުވާ ދެވޭނެ ގޮތެއް ހޯދުމެވެ.

މިއަދުގެ އެކްސިޑެންޓްއިން ދެން ފާހަގަވާ ކަމަކީ ފަސްޓް އެއިޑް ނުވަތަ ފުރަތަމަ އެހީއާ ގުޅޭ މަޢުލޫމާތު ގިނަ ބަޔަކަށް ނޭނގޭކަމެވެ. މީހެއްގެ ފުރާނަ ސަލާމަތް ކުރަން ކޮންމެ ވަގުތެއްގައި ޖެހިދާނެ ކަމަށް ތައްޔާރު ވުމަށް މިފަދަ ތަމްރީނެއް ކޮންމެ މީހަކުވެސް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮންމެޔަކަސް މިއަދު އަޙްމަދު ބާސިތް އަޅުގަނޑުމެންނާ ވަކިވެ އެދިޔައީއެވެ. މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި! ނަމަވެސް މިއަދު ހިނގި މިހާދިސާއިން އިބުރަތްތަކެއް ދިވެހިން ހާސިލް ކުރަން ވެއްޖެއެވެ. ކުއްލި ހާލަތުގައި ގެއްލޭ ކޮންމެ ސިކުންތަކީވެސް މީހާގެ ދިިރިހުރުމާއި މަރުވުމާއި ގުޅުން ހުރި އެއްޗެއް ކަމުގައި ހަނދާން ކުރަން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އަލްޖިބްރާ

    މީހެއްގެ ފުރާނަ ގެއްލޭއިރު ކުރާނެ ކަންތައްނޭގުނަސް ގޮޑިގެއްލޭނަމަ ކުރާނެ ކަންތަށް އެގޭނު ؟ އެނިމުނީ !

  2. ޟަން

    ރަނގަޅު ލިޔުމެއް

    • ނަހުލާ

      އެއވެސް ރަނގަޅު ލިޔުމެއްނޫން.

      • މަ

        ނަހުލާ ތީ ކޮން ކަމެއް! މި އީ ފިލްމެއް ނޫން!

  3. ހައި

    މީހާ ހިތަށް އެރިގޮތަކަށް ތަޅުވައި ގަނެގެން ނެގުންވެސް ރަނގަޅެއް ނޫން. ވެފައޮތްވަރަށް ވުރެން ބޮޑުވަރުވުން އެކަށީގެންވޭ.

  4. ީހގގއ

    ތަންދޮރު ނޭގޭ ދިވެހިން

  5. ަިިިަްއިއްބެ

    ވަރަށް ރަގަޅު ލިޔުމެއް. ދިވެހިން ވެއްޖެ އިންސާނިއްޔަތުކަން އިސްކުރަން ދަނެ މިފަދަ ހާދިސާތަކުގައި ކަންކުރަން ދަސްކުރަން.

  6. ޖިމާރު

    ގަވާއިދަށްއުޅެން ދަސްކުރަންވީ. ޢުމުރުން ސަތާރައަހަރުގަ ލައިސަންސްއެއް ނޯންނާނެ. ދެންދަސްކުރަންވީ ހަމައިގަތިބެން!

  7. ނާވީ

    ފުރަތަމަކަމަކަށް މަރުހޫމްއައް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި.
    ދެވަނަކަމަކަށް ދިވެހިރާއްޖޭގައި އެކަނި ކުޑަކުދިން ނާއި ލައިސަންސް ނުނަގައި ސައިކަލް ބޭނުންވަރަކަށް ދުއްވަންވި.
    ޑުރަންކް އެންޑް ޑުރައިވް އެއީ މަނާކަމެއްނޫން
    ބާރުސްޕީޑްގައި ރެކްލެސްކޮށް ދުއްވުންއެއީ ކުށެއްނޫން.
    މިކަންކަމަށް ހަރުކަށި ފިޔަވަޅު އަޅާފައި އެއްތައް ހާސް ރުފިޔާ އަކުން ޖޫރިމަނާކޮށްފައި ސައިކަލް ދުއްވާމީހުންގެ ސައިކަލްތައް ޓޯރްކޮށްފައި ޖޫރިމަނާއެއްކޮށް ދެއްކީމަނޫނިޔާ ނުނެރެވޭގޮތް ހަދަންވި އޭރުން މައިތިރިވާނެ.

    • މަކުނު

      ތިބުނިގޮތައް ހެދީމަދެން ވޯޓެއް ނުލިބޭނެ ދޯ

    • މަކުނު

      ތިބުނިގޮތައް ހެދީމަދެން ވޯޓެއް ނުލިބޭނެ ދޯ އޭރުންނޯ

      • ނާވީ

        އެއީކަންނޭގެ މިވާގޮތަކީ އެކަމަކު މިހެންނަހަދާ ނެތްގައުމަށް ކުރިއެރުމެއް

  8. ޤާރޫން

    ލައިސަންސް ނެތި މިނައްވުރެ ބާރަށް ދުއްވިޔަސް އެންމެ ރަންގަޅު ދޯ؟

  9. ގޯނިބޭ

    ތިޔަފަދަ ހާދިސާތަކުން އިބްތަރްހާސިލުކުރަންޖެހޭމީހުން އެއިބްރަތް ހާސިލު ނުކުރާތީ ވާގޮތްމީ. އިބްރަތް ހާސިލް ކުރަންވީ ގަވާއިދާ ޚިލާފަށް ދުއްވާމީހުން. ތިޔަ އަރީހު އެތަނުގައި ހުރިނަމަވެސް ފުރަތަމަ ނަގާނީ ފޮޓޯ.

  10. Anonymous

    ވަރަށް ސަޅި ލިޔުމެއް. މިކަހަލަ ލިޔުންތަކުން މީހުންގެ ހޭލުންތެރިކަން އިތުރު ކުރެވޭނެ. ކީޕް އިޓް އަޕް ވަގުތު.

  11. އަލީ

    އަވަސް ފަރުވާއެއްނޫން ދަސްކުރަވީ ހެދިފައި ހުރި ގާނޫނާ ގަވައިދު އަމަލު ކުރަން އޭރުން މިފަދަ ހިތާމަވެރި ހާދިޡާ ތަށް ނުހިނގާނެ . އަވަސް ފަރުވާވެސް މުހިއްމު

  12. ވިސްނޭ ކުއްޖާ

    މަށަކީ ކަންހިގި އިރު އެތާގަ ހުރިމީހެއް މަ އާދޭސް ކުރިން ހިގާބަލާށޭ އެ ކުއްޖާ އަރިއަށް ބާއްވަން އެކުއްޖާ އައް ނޭވައެއް ނުލެވެޔޭ އަގައިންނާ ނޭފަތުން ހުރީ ލޭ އައިސް ބެދިފައޭ ލޭ ބޭރުވެގެނޭ ނޭވާ ލެވޭނީ.. މަގޭ ވާހަކަ ގަބޫލު ނުކޮށް ގިނަމީހުން ބުނީ ޕޮލިހުން އައްނަންދެން ބާއްވާށޭ.. ގިނަ މީހުންގެ ނުގަބޫލުގަ އެވަރުންވެސް ޕިކަޕަކައް ލީ ވެސް....

  13. ނަން

    ގިނަ އެކްސިޑެންޓް ތަކުގެ ޒިންމާ ނަގަން ޖެހޭނީ ފުލުހުން. ކީއްވެތަ ގާނޫނާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ މީހުންނަށް ފިޔަވަޅު ނޭޅެންވީ. ބާރަށް ދުއްވުން މި އޮންނަނީ އާދައަކަށް ހަދާފަ.

    • ނާވީ

      މަނިކުފާނަށް ބޮޑުތަނުން ގައުމުގެ ޓްރެފިކް ކަންކަން އޮންނައްގޮތް އޮޅުންނުފިލާކަން ފާހަގަކުރަން.
      ކިތައް ޒުވާނުންތޯ ލައްކައިން ޓްރެފިކް ވައިލޭޝަން ޖޫރިމަނާ އޮތީ ފުލުހުން ޖޫރިމަނާކޮއްކޮއް ބުރިން ހަންގޮސްސި ވާކަމެއްހަރާން ޖޫރިމަނާ ނުދައްކާ ގައުމުގެ %75 މީހުން ދެންފުލުހުން ކީތޯކުރާނީ.
      އަމާ ބުނީތީ ފަރައްދާ އުސޫލުން ޓްރެފިކް ޤާނޫނު ހަދާފައި އެއޮތީ.
      ޓްރެފިކް ޤާނޫނަކީ ޕެރެލައިޒް ވެފައިއޮތް ޤާނޫނެއް ކުއްވެރިވާމީހާ ޖޫރިމާނާ ކިތަންމެވަރަކަށް ކުރިއަސް ހަމަނުދައްކާ އުޅެންވި

  14. މަ

    ޙޫް

  15. ފާފަޅޯ

    ކުޑަކުއްޖެކޭ ކިޔާތީ އެއްޗެކޭ ނުބުނަން މިހުންނަނީ. ސައިކަލަކަށް އެރުނީމަ ހޭކެނޑެނީ. ޕާކުކޮށްފަ އޮންނަ ވެހިކަލަކަށް އުރޭނީ ގައިމު ވަރެއްވެފަ ހުރީމަ. އެއޮތީ ސައިކަލަށްވެފަ އޮތް ވަރު.

  16. ރަޝީދު

    މި ލިޔުން އެހާ ރަނގަޅެއް ނޫން
    ފުރަތަމަ ކަމަކަށް މިކުއްޖާގެ ބެލެނިވެރިންގެ މައްސަލައިގެ ވާހަކަ އަންނަންޖެހޭ ގާނޫނާއި ގަވާއިދާޚިލާފު އެއްމެ ފުރަތަމަ ވެފައިވާ އިރު މިކުއްޖާގެ ބެލެނިވެރިން ކޮބާ
    ކަންކަން ހިނގުމުން މަންޒަރު ބަލާމީހުންގެ ވާހަކަ ލިޔުމުގެ ކުރިން އެކަން އެ ހިނގީ ކިހިނެއްތޯ ބަލާ

  17. ހާދިމް

    ތިކަމުން ހާސިލް ކުރަންވީ އެންމެ ބޮޑު އިބުރަތަކީ ބާރު ސްޕީޑްގައި ސައިކަލް ނުދުއްވުން

  18. Anonymous

    މިލިއުން ވަރަށްރަންގަޅު . އިތުރުކޮށްލުންރަންގަޅު ، އުމުރު 17 އަހަރު ރާއްޖޭގެ ގަވާއިދުތައް އަދިގާނޫން ބުނާގޮތުން އެއީކުޑަކުއްޖެއް. މައިންބަފައިންގެ ޒިންމާއެއްވާނެ ޑްރައިވިންގަ ލައިސަންސް އޮތުން ނުވަތަ ނެތުން އެއީ އކްސިޑެންޓް އެއްނުހިނގަން އޮތް ސަބަބެއް ކަމުގަ ނުދެކެން. އަމަލު ކުރަންކަނޑަ އަޅާފައި އޮންނަ ގަވާއިދުތަކާ އުސޫލުތަކަށް ފުރަގަސްދީ ފަރުވާކުޑަ ކޮށްލުމުގެ ނަތީޖާ އަކީ މިއީކަމުގަ ނުވެނުދާނެ.

  19. ޥިސްނޭމީހާ

    ޥެހިކަލް ދުއްވި ކުއްޖާއަށް ގޯސް ކުއްޖާއަށް ގޮސްކޮއް އެއްވެސް ކަމެއް ކުރެވިފަ އެއްވެސް ނެއް ގޮސްކޮއް މިވީ ދުރުގަ ތިބި މީހުން ތިފާޑައް ހަބަރު ނުފެތުރުމަށް ގޮވާލަން އެންމެ ފުރަތަމަ ވެސް ގޮސްކޮއް ވެފަ ތިއޮތީ ވެހިކަލް ދުއްވި ކުއްޖާ ފުރަތަމަ ކަމަކީ އަށާރަ ނުވަނީސް ދުއްވި ކަން ތިބި ހަބަރު ލިއުނުމީހާ އަށް މަގޭސަލާމް

  20. އާދަމް

    ބުނަން ތި އުޅޭ ވާހަކަ ރަގަޅު. ފުރަތަމަ ކަމަކަށް ކޮންމެ މީހަކުވެސް ބަލާނެ ވެގެން އުޅޭގޮތް.. އެންވީމަ ދެން ޖެހޭނީ އެތަނަށް ކައިރިވާން. ވެގެން އުޅޭގޮތެއް އެނގުމުން ދޯ އެހީއެއްވެސް ވެވޭނީ އަދި ތަނަކަށް ގުޅާފަ މައުލޫމާތު ދެވޭނީ.. ދެން ވީޑިއޯކުރުމުގެ ވާހަކަ .އެ ވީޑިއޯ ކުރި މީހަކު އެކަން ނުކުރިނަމަ ތިބޭ ފުޅާ ކިހިނެށް މި އާޓިކަލް ލިޔާނީ..ދިވެހިންނަށް ފަސްޓް އެސިޑް ދޭން ނޭނގޭ ކަން ވެސް އެނގުނީ ވީޑިއޯ ފެނުނީމަ. ދެން ދިވެހިން ފޯނު ތައް ދޫކޮއްީމަ ވަހުސީ ހަބަރެއް ނޫން އެއްޗެއް މިކަހަލަ ނޫސް ތަކުން ނުފެންނާނެ.. ނިކަން މިކޮމެންޓް ޖަހާލަބަ..

  21. މީ

    އާމީން

  22. ނީޝަމް

    ވަރަށް ދެރަވެއްޖެ. انالله واناالىه راجعون.
    އަޅަމެންގެ މި ކުޑަ ކުޑަ ދިވެހިންގެ މުޖްތަމައަށް ކުރިއަސް އޮތް ތާންގާ ހެޔޮ ވިސްނުމާއި ބުއްދި މިސްވަރު ކުރައްވާށި. އާމީން.

  23. މީޝާ

    ތިބުނާ ޕިކަޕު އޮތީ ގަވައިދާ ހިލާޕަ ޕާކު ކޮށްފަ، ބުނަން އަދި ލައިސެންސު އޮތަސް ޖެހެން ހުރި މީހަކު ޖެހޭނެ. ޑޯންޓް ބްލޭމް ދަ ކިޑް. މި މީހުން ގެ މީހެަް ނިޔާ ވީމަ މިހެން ލިޔާނެ ތަ؟ ނުލިޔާނެ، އެހެން މީހަކު ލިޔުނަސް އެވަރު ގޯސް މީހެއް ނުހުންނާނެ!! ދިވެހިން ބޭނުން ވާނީ ސްނެޕު ޗިލް ކޮށްލަން ވިއްޔާ!! ރެސްޓް އީޒީ ބޯއި.