ނ. މާޅެންދޫ، ކުއްޅަވައްގެއަށް ނިޞްބަތްވާ ނުވަ ބެއިންގެ ނުހަނު ބުރަ މަސައްކަތުން 2015 ވަނަ އަހަރު މާޅެންދޫގައި ބަންނަންފެށި "ޕެލިކަން" ބޯޓު، ދަތުރުތަކަށް ފެށޭވަރުވީ، 2017 ވަނަ އަހަރުގެ ޑިސެމްބަރ މަސް ތެރޭގައެވެ. އެ އާއިލާގެ ނުވަ ދަރިންނަށް ލިބޭ ހުރިހާ ފައިސާއަކާއި، ބޭންކު މެދުވެރިކޮށް ނެގި ލޯނުން، ބޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށް ގާތްގަނޑަޑަކަށް ފަސް މިލިއަން ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ.

2018 ވަނަ އަހަރު ފެށުމާއެކު، އައު ޢަޒުމަކާއި ހިތްވަރެއް ލައި، އެއާއިލާގެ ހުރިހާ ކުދިންވެސް މަސައްކަތްފެށީ، ހިންގަމުން އައި ފިހާރައާއި ދިރިއުޅެމުންއައި ގޯތި ރަހުނު ކުރުމަށްފަހު، ބޭންކުން ނަގާފައިވާ އަށްލައްކަ ރުފިޔާގެ ލޯނު ދެއްކޭނެގޮތެއް ވީ އެންމެ އަވަހަކަށް ހޯދުމަށެވެ. އެގޮތުން 2018 ޑިސެމްބަރ ދެވަނަ ދުވަހުގެ ހަވީރުވެސް މާލޭ ފަޅުތެރެއިން ބޯޓުގެ ނަގިލި ނަގައި ރަށަށް ދިއުމަށް ދަތުރަށްފުރީ އެ އުންމީދުގައެވެ.

އެހެންނަމަވެސް، 2018 ޑިސެމްބަރ 3 ވަނަ ދުވަހަށް އަލިވިލުމުގެ ކުރިން ޕެލިކަން ބޯޓަށް ދިމާވި ހިތާމަވެރި ހާދިސާގައި ބޯޓުވަނީ މަނަދޫ ނެރުމައްޗަށް އަރާ އެއްކޮށް ފުނޑުފުނޑު ވެފައެވެ. މަނަދޫ ކައިރީގައި އޮތް ރިސޯޓެއްގެ އެހީތެރިކަމާއި އެކު ގެނައި ހައިމާރކެއްގެ އެހީގައި މަނަދޫ ފަޅުތެރެއަށް ބޯޓު ވެއްދުނު އިރު އެދުވަހުގެ އިރު އޮއްސެނީއެވެ.

އެ އާއިލާއަށާއި މުޅި މާޅެންދޫއަށް ވެރިވި މި ހިތާމައިގެ އަސަރު އަދިވެސް ފިލަގެން ނުދެއެވެ. ބޯޓު ނެގޭނެ ގޮތެއް ހޯދުމަށް ކުރި ހުރިހާ މަސައްކަތެއްވެސް ވަނީ ފައިސާގެ ދަތިކަމާއި ހުރެ ހުއްޓިފައެވެ. އެމަސައްކަތް ކުރާ ފަރާތްތަކުން މަޢުލޫމާތު ލިބުނު ގޮތުގައި މާޅެންދޫ ބޯޓު ނެގޭނެ އެންމެ ކުޑަ އަގަކީ 4.5 މިލިއަން ރުފިޔާއެވެ.

ޕެލިކަން ބޯޓަށް މި ހާދިސާ ދިމާވި ދަތުރަކީ ބޯޓު ވިއްކާލުމުގެ ކުރިން، ކުރަން ހަމަޖެހިފައިވާ އެންމެ ފަހު ދަތުރެވެ. އޭގެ އެތައް ދުވަހެއް ކުރިންވެސް އެބޯޓު ވިއްކާލުމަށް ވެރިފަރާތުން ދިޔައީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ބޯޓު ގަންނަން ޝައުޤުވެރިކަން ފާޅު ކުރީ، ގދ.ގައްދޫ އިރުދޭމާގޭ، މުޙައްމަދު ޝާމިޙުއެވެ. ބޯޓު ފަރަށް އެރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އެ ބޯޑުގެ ހާލަތުބެލުމަށްޓަކައި ޝާމިހު ވަނީ މަނަދޫއަށް ދަތުރެއްވެސް ކޮށްފައެވެ. އަދި އެބޯޓު ނަގައިގެން މަރާމާތު ކުރެވޭނެ އުންމީދާއި އެކު ޝާމިހު އަންނަނީ އެ މަސައްކަތް ކުރަމުންނެވެ.

އެ މަސައްކަތާއި ގުޅޭގޮތުން "ވަގުތަށް" މަޢުމޫމާތު ދެމުން ޝާމިޙު ބުނީ، ފީފާ ޖަހައިގެން ބޯޓު ފެނުންމައްޗަށް ނެގުމަށްޓަކައި 100 ފީފާ މިހާރު ގަނެފައިވާ ކަމަށާއި، މޫސުން ރަނގަޅުވީހާ އަވަހަކަށް ފީފާތައް ހިފައިގެން މަނަދޫއަށް ދާނެ ކަމަށެވެ. އަދި ގިނަވެގެން 5 ލައްކަ ރުފިޔާ ޚަރަދުކޮށްގެން އަލުން ބޯޓު މޫދަށް ބޭލޭނެކަމަށް އުންމީދު ކުރާކަމަށް ޝާމިހު ބުންޏެވެ.

ޕެލިކަން ބޯޓު ، މަނަދޫ ފަޅުތެރޭގައި

"އަހަރެން ތަކެތި ދިނީމަ ބޯޓުގެ ވެރިފަރާތުން އެއްބަސް ވެފަ އޮތީ ބޯޓު މަރާމާތު ކުރުމަށް އެއްވެސް ފައިސާ އެއް ނުނަގާ އެކަން ކޮށްދޭން. އެމީހުންނަކީ ވަޑާން ކުރަން ދަންނަ ބައެއް. އެ މަސައްކަތުގެ ބަދަލެއްގެ ގޮތުން އެމީހުން ބޭންކަށް ދައްކަންޖެހޭ ލޯޯނު އަހަރެން ދައްކައިދޭނަން. އެއީ އެމީހުންނަށް ކަމެއް ކޮށްދިނުމުގެ ގޮތުން އަހަރެން ކޮށްދޭ ކަމެއް." ޝާމިހު ބުންޏެވެ.

މި ކަމާއި ގުޅޭގޮތުން ބޯޓުގެ އެއް ހިއްސާދާރެއްކަމަށްވާ މުޙައްމަދު ޙަސަންވެސް ވަނީ "ވަގުތަށް" މަޢުލޫމާތު ޙިއްސާ ކޮށްފައެވެ.

"ހަތްލައްކަ އަށް ވުރެ ގިނަ ފައިސާ އެބައޮތް ބޭންކަށް ދައްކަން. އެހީތެރިކަމަށް އެދި ސަރުކާރުގެ އޮފީސްތަކަށާއި ރާއްޖޭގެ މަހުޖަނުންނަށްވެސް ވާނީ ސިޓީ ފޮނުވާފަ. އެއްވެސް ތާކުން ޖަވާބެއް އަދި ނުލިބޭ. ބޭންކަށްވެސް ވާނެ ކޮންމެވެސް ލުޔެއް ދެއްވާތޯ ސިޓީ އެއް ފޮނުވާފަ. ބޭންކުން ފޮނުވި ޖަވާބުގަ އޮތީ މަހުން މަހަށް ފައިސާ ދައްކަން ޖެހޭނެކަމަށް. ލުއި ދެވެން ނެތް ކަމަށް" ވަރަށް އަސަރާއި އެކު މުޙައްމަދު ކިޔައިދިނެވެ.

އެއްވެސް އިންސާނަކަށް ﷲ ތަޢާލާ ދެރަ، ނިކަމެތި ގޮތެއް މިންވަރު ނުކުރައްވާނެކަން ހިތުގެ އަޑިން ކަށަވަރު ކުރާ ޙާލު އެ އާއިލާގެ އެންމެވެސް ތިބީ އަނެއްކާވެސް އިތުރު މަސައްކަތެއް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. "ވަގުތުން" ވެސް އެދެނީ އެ އާއިލާއަށް ކެތްތެރިކަން ދެއްވާ، މަސައްކަތުގައި ކާމިޔާބު މިންވަރުކުރެއްވުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ޣާދިރު މަނަދޫ

  ތިޔަބޯޓް އަޑިއައްދިޔަކަން މިގައުމުގެ ބޮޑެތި މީހުންނައް އެނގުނު ކަމަކައް ނުވޭ. ބޮޑުން އެދުވަސްވަރު އުޅުނީ މާލެފެންބޮޑުވެގެން އެކަމުގަ.. ބޯޓްފަރަން އެރިކަން އެނގެނީ ބޯޓްވެރިންނަށާ މަނަދޫ ރައްޔަތުން ނައް.

 2. ދ.ކުޑަހުވަދޫ

  އާދައިގެ ދެރަ މީހަކަށް ވެއްޖެއްޔާ އެއްގޮތަކަށްވެސް ލުއި ނުދޭތި.މަހުޖަނެއް ވެއްޖެއްޔާ ދައްކާނެ ދުވަހަކުން ދައްކަށް ބާވާފަ ނުދެއްކުނޭ ބުނީމަ މާފުވެސް ކޮށްދޭތި ،ޝުކުރިއްޔާ ދިވެހިންގެ ބެންކު ދިވެހިންނަށް

  • ޢަލީ

   ޠިޔައީ ތެދެއް މަވެސް ތިޔަކަން ތަޖުރިބާ ކުރިން

 3. AHMED

  AAMEEEN

 4. އިންޝުއަރ

  ބޯޓު އޮތީ އިންޝުއަރ ކޮށްފައެއް ނޫންބާ....؟؟

 5. ރަފް

  ޢިންޝުައަރެންސް ކަވަރ ނުކުރޭތޯ?

 6. ބީއެމްއެލް ސަކްސް

  ދެންވެސް ލޯނެއް ނަގާއިރު އިސްލާމިކް ބޭންކް އިން ނަގާބަލަ.

  • ޑިމޮކްރަޓިސްޓް، ރ.ވާދޫ

   އިސްލާމިކް ބޭންކޭ.. ރާއްޖެތެރެއަށް ނަގާ ލޯނެކޭބުނެފިއްޔާ ހޯހޯ.. ލޯނުދޭވެސް ބައެއްނޫން ތި އިސްލާމިކް ބޭންކަކީ.. އިތުރު ޗޮއިސްއެއްނެތީމަ މަޖުބޫރުވީމަ ބީއެމްއެލްގެ ބޮޑު އިންޓްރެސްޓްގަ ޖެހެންޖެހެނީ..

 7. ތަސްމި

  މި ސަރުކާރަކީ ރައްޔިތުންގެ ހާލުބަލާ އޯގާތެރި ސަރުކާރެއްނުން. އަނިޔާވެރި ސަރުކާރު ނިމި ގޮއްސި

 8. ނުސް

  ވަރަށް ދެރަ މިދިމާވި ގޮތް. ރާއްޖެތެރޭ މީހުން ވީމަ ސަރުކާރުންވެސް ނޫސްތަކުންވެސް އަޅައެއްނުލާ. އެކަމު ހަމަ އެދުވަސްކޮޅު މާލޭގައި ފެން ބޮޑުވެގެން އެކަމަށް އެހީ ވެދިން. ސަރުކާރުން މިކަހަލަ ތަފާތުތައް ނުވާނެ ކޮއްގެން. އާއިލާ އަށް ކެއްތެރިކަން ދެއްވާ، އަތްމަތި ތަނަވަސް ކޮއްދެއްވާންދޭ. އާމީން

 9. އަހުމަދު

  މާﷲ ތިއާއިލާ މިހިތާމައިން ސަލާމަތް ކުރަށްވާށިއެވެ. އިތުރު ތަނަވަސް ކަމެއް ދެއްވާށިއެވެ.

 10. ެއާދަނު

  ބޯޓު އޮތީ އިންސުއަރެންސް ނުކޮޮއްތޯ
  ؟؟؟؟

 11. ކުޑަހުވަދޫ

  ރަގަޅު.އާދައިގެ ދެރަ މީހެއްވެެއްޖެެއްޔާ އެންމެތަށް ކޮޅެއްވެސް ދޫނުދޭތި.މަހުޖަނެއް ވެެއްޖެއްޔާ ލޯނު މާފުވެސް ކޮށްދޭތި.
  ދިވެހިންގެ ބެންކު ދިވެހިންނަށް. ޝުކުރިއްޔާ

 12. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ދިވެހިންގެ ބޭންކަކީ ނުފޫޒުގަދަ ބާރުގަދަ މީހާގެ މިލްކެއް. ނިކަމެތިމީހާވީމަ ޖެހޭނީ އިނދަ. ވިއްކާލަންޖެހޭނީ އެމީހާގެ މުޅި މިލްކިއްޔާތު. މިގެކުރިން ހިނގާފަހުރި ކަންކަން މިކަމަށް ހެކިދޭ.

 13. ލަތީފް

  އެެއާއިލާ މާތްެﷲ ކެއްތެރިކަން ދެވާ އަވަސް ކުރި އެރުން ދެވާށެ އާމީން

 14. މުބާހު

  ވަރަ

 15. !!!!!!

  ދަރިންނޭ ތިވަރުގެ އަގުބޮޑު މުދާ އިންޝުއަރެންސް ކުރުމަށް ނަޞޭޙަތްތެރިވަން. ވވ ދެރަވެއްޖެ .

 16. މަހުމޫދު

  ކޮން ބޭންކެއްތޯ؟ ބައެއް ބޭންކްތައް ހުރޭ ރައްޔިތުންގެ ބޭންކޭ ކިޔާފައި ސްލޯގަން ހަރުކޮށްފައި. ރައްޔިތުންގެ ބޭންކުނަމަ ލުއިދޭނެ.

 17. ރަށްދު

  މުދަލާ ދަރިންނަކީ މިދުނިޔޭގެ ޒީނަތްތެރިކަމެ ގިޔާމަތް ދުވަހުން އެމުދާ ހޯދިގޮތަކާމެދު ސުވާލު ކުރާނެ

 18. ކަމާލު

  އެއްވެސް އިންސާނަކަށް ﷲ ތަޢާލާ ދެރަ، ނިކަމެތި ގޮތެއް މިންވަރު ނުކުރައްވާނެކަން ހިތުގެ އަޑިން ކަށަވަރު ކުރާ ޙާލު ﷲ އަށް އުރެދި ޙަރާމް ކުރެއްވި ރިބާގެ މުޢާމަލާތް ކުރާކަށް ނުވާނެ.

 19. ތަފާތުކުރުން ހުއްޓާލާ

  އަތޮޅު ތެރެއާ މާލެއާ ހުރި ތަފާތުކުރުން ދެކިބަލަ. މާލޭގައި ގޭގެއަށް ފެންވަދެގެން އަގުބޮޑު ޓީވީތަކާ ރެކްތައް ހަލާކުވެގެން ދައުލަތުން ބޮޑު ހޭދައެއްކޮށް ކޮންމެ ގޭބީސީއަކަށް އެހީވިއިރު، ޕެލިކަން ބޯޓުން ދަތުރުކުރި ނ.އަތޮޅުގެ ރައީތުންނަށް ވީއެހީއެއް ނެތް. އެރައީތުންގެ ނިކަމެތިކަން މާބޮޑު. ބޯޓާއެކު އަޑިޔަށް ދިޔައީ އެންމެ އަސާސީތަކެތި ކަމުގައިވާ އައިޑީކާޑާއި ބޭސްފަރުވާގެ ލިޔުންތައް. ސްކޫލް ހުޅުވޭތީ މާލެއިން އައި އިރު ގެނައި ތަކެެއްޗާއެކު. ދިރިއުޅުން ފެށުމަށް ނ.މަނަދޫއިން ލިބުނު ފްލެޓްތަކަށް ބަދަލުވުމަށް ގެނައި ތަކެއްޗާއެކު. ފަތިހުގެ އަނދިރި ވަގުތުގައި ކުރިމަތިވި ނާމާން ބިރުވެރި ވަގުތުގައި ނަފްސާނީ ގޮތުން އަސަރުކުރި އެތައް އެތައް ދަރިންނެއް. ހަމަޔަކަށް އެޅެން އެތައް ދުވަހެއް. މިކަންކަން ސަރުކާރަކަށް ބޮޑެއް ނުވި. ޑިޒާސްޓަރ އަކަށް ބޮޑެއް ނުވި. ތަޢުލީމީ ދާއިރާއަކަށް ބޮޑެއް ނުވި.

 20. ތަފާތުކުރުން ހުއްޓާލާ

  ... ތަފާތުކުރުމަށް ހުއްޓެމުން އަންނަތައް ފެންނަމުން ނުދާކަމީ ދެރަކަމެއް. ނިކަމެތި ކަމެއް. "އަނިޔާ"އެއް. ދަޢުލަތަށް ދައްކަން ޖެހޭ އެއްޗެއް ދެއްކުމުގައި ލުޔެއް ނޯވޭ. މަގާއި ގޯޅީގެ އެއްފަޅި ކޮންމެ ގޭބީސީއަކުން ހިލޭ ސާފުކޮށް ބަލަހައްޓަން ޖެހޭއިރު، ހިރަފުސްދުމުން މަގުތައް ބޯވެ ނޭވާނުލެވޭއިރު، މަގުތައް ތެންމާލުންފަދަ ކަމެއްވެސް ސަރުކާރުން ކޮއްލާ ނުދޭ. އެކަމަކު އެފަދަ ހާލަތުގައި ހުރި މަގުތަކުގައި ދުއްވާ އުޅަނދު ފަހަރުގެ ފީން އެންމެ ތަންކޮޅެއްވެސް އުނި ނުކޮށްދޭ. ސަރުކާރުން މާލޭގެ މަގުތައް ހަދާދީ، ސާފުކޮށް، ބަލަހައްޓާއިރު ނަގާ އަހަރީފީ، އަތޮޅު ތެރޭ ރައްޔަތުންވެސް ދައްކަންޖެހޭ.

 21. ޒާ

  ތިޔަ ލޯނު ނެތި ބޭންކުގެ ހަޔާތްކުޑަކަންވެސް ވަކިން ކުޑައެއްނޫން. މީ ބޭންކް ބޯއިކޮޓް ކުރަންވެސްޖެހޭވަރުގެ ކަމެއް. ދެން އޮތީ ރައްޔިތުންނަށް އަޅާލާ އޯގާތެރިވާނެކަމަށް ވަޢުދުވި ސަރުކާރު. ބަޔަކު ހާލުގައި ޖެހުނުކަންވެސް ނުދަނެހުރި. އަޅާވެސް ނުލި. ދެންތިބީ މަހުޖަނުން. އެމީހުންގެ ބޭނުމެއް ޖެހުނީމާ ދެއްކުންތެރިކަމާއެކު ފައިސާތައް ޚަރަދު ކުރާނެ. ނިކަމެއްޗަކަށް ލިއްލާހިއަށްޓަކައި އެހީއެއް ވުމަކީ އެމީހުން ކުރާކަމެއްނޫ. ނ. އަތޮޅަށް ނިސްބަތްވާ މަހުޖަހަކުވެސް އުޅެނީ ދުނިޔެއައިގެން މަރުދިނުމުގައި. ދެއްކުންތެރި ބޮޑާމީހެއް.

 22. ޢަލީ

  ދައިގެ ދެރަ މީހަކަށް ވެއްޖެއްޔާ އެއްގޮތަކަށްވެސް ލުއި ނުދޭތި.މަހުޖަނެއް ވެއްޖެއްޔާ ދައްކާނެ ދުވަހަކުން ދައްކަށް ބާވާފަ ނުދެއްކުނޭ ބުނީމަ މާފުވެސް ކޮށްދޭތި ،ޝުކުރިއްޔާ ދިވެހިންގެ ބެންކު ދިވެހިންނަށް... މީ ވަރަށްބޮޑު ހަޤީޤަތެއް

 23. ހަމީ

  ދޯނީގެ މަސައްކަތްފެށި ދުވަހުން ފެށިގެން ނުވަބެއިން އެއްވެސް ނަމާދެއް އަޅާފަވާނެބާ މިއީ ހިތާހިތުން ކުރަންޖެހޭ ސުވާލު

 24. ޚިޔާލާ

  އާއިލާ އަށް ކެއްތެރިކަން ދެއްވާ ތިޔަ ހިތާމަވެރިކަމުން އަވަހަ މިންޖު ކުރައްވާންދޭވެ..!

 25. Anonymous

  ހާދަ އޯގާތެރި ސަރުކާރެކޭ. ދެން ދިވެހިން އަތްޖަހާ ނަށާ.

 26. ފަރޭ

  1.4 މިލިއަން ރުފިޔާ ހަރަދުވޭއޭ އެދޯނި ނަގަން؟؟؟ ރަނުން ޖަރީ ކޮއްފަ ހުރި އެއްޗެހިތަ ބޭނުން ކުރަނީ އެ ނަގަން؟؟ ލާރި ހޯދަން އެބަހުރި ދަސްކޮއްފަ. ނިކަމެތި މީހާ ނިކަމެތި ވާތާ ދެންތިބި މީހުން އޭގެ ނާޖައިސް ފައިދާ ނަގައިގެން އަދިވެސް ނިކަމެތި މީހާ ފެލާލަނީ ދޯ ގައިން ފެންހުސްވެ މަރުވަންދެން

 27. ބަމަރސް

  ބިކަހާލުގައި ޖެހިފަ އެބަތިބި ޖެހިގެން ހުރިގެ 6ބުރިއަށް ނެގީމަ ދަރަނިވެރިވެގެން ހެދި ކޮޓަރިގަނޑު ރެނދުއަޅައިގެން ވެއްޓިގެން ނެގި ދަރަނި ނުދެއްކި އަދި ގެ ނެހެދި އަނބިދަރިން ވައްދާނެ ހިޔާވަހިކަމެއް ނެތި ގޮސް ދަތިހާލުގައި އުޅޭމާލެމީހުން. ނޫހުގައި ނުޖެހިޔަސް މީހުން ޙާލުގައި އެބައުޅޭ. ކޯޓުން ބަދަލުދޭން ނިންމީމަވެސް ފައިސާގެ ނުފޫޒު ފޯރުވައިގެން އެހުކުމް ބަދަލުކޮށްލާ ހަދައިގެން. އިންސާފެއް ނުލިބޭ

 28. ޢަލީ

  ކޮބައި ދިރާގު؟