އަހަރެންގެ ވާހަކައިން ފަށާނަމެވެ. ރަށުން ގުރޭޑް 10 އެއް ނިންމުމަށްފަހު މަތީ ޘާނަވީ މަރުޙަލާ އަށް ބަދަލުވީ މާލެއަށެެވެ. އެއީ މީގެ ދެތިން އަހަރު ކުރިއެވެ. ގްރޭޑް 11 އަދި 12 ކިޔަވަން އަހަރެން ވަނީ، "ރާއްޖޭގެ އެންމެ ބުލީ-ފްރީ" ސްކޫލު ކަމަށް ދަޢުވާ ކުރާ ސްކޫލަކަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ހީކުރި ގޮތާ ޚިލާފަށެވެ.

އައު މާޙައުލެއް ކަމުން އާއްމުކޮށް ސްކޫލުގައި ކަންތައްވާ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ރަށު ސުކޫލުގައި އެންމެން އަހަރެން ދަންނަކަމުގައިވިޔަސް މިތާނގައި މިކަން އޮތީ މިގޮތަކަށެއް ނޫނެވެ. ނަމަވެސް މި ސްކޫލުން ކުރީގައި އުޅުނު ސްކޫލާ ޚިލާފަށް އައު ކަމެއް ފެނުނެވެ. އެއީ، މީހާ ފުނާ އަޅާ ގޮތާއި ބޯ ކޮށާ ގޮތާއި، އެންމެ ކުޑަ މިނުން ޔުނިފޯމްގެ ޓައީ ހުންނަ ގޮތާމެދުވެސް ދިމާ ކުރުމެވެ. އަހަރެންނާވެސް "މިދުއްތުރާ" ތަކާ ކުރިމަތިވިއެވެ. ނަމަވެސް އައު މާހައުލެއްގައި އައު ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހޭނެ ކަމަށް ބަލާ ކިޔެވުމައިގެން ކުރިޔަށް ދިޔައީމެވެ.

ސްކޫލަށް ފުރަތަމަ ވަތް އަހަރު، ޕްރިފެކްޓަކަށް ކުރިމަތި ލީމެވެ. އަދި އެވަރުން ނުވެގެން މީޑިޔާ ކްލަބްގެ ނައިބު ރައީސް އަކަށްވެސް ވީމެވެ. ބޭނުންވީ ތަފާތު ކަމެއް ކުރާށެވެ. އެކަން ކުރުމަށް އަހަރެންގެ މައްޗަށް ތިބޭ ޓީޗަރުންގެ ބޮލުގައި ކޮންމެ ދުވަހަކު ކޮށަމެވެ. ނަމަވެސް ސްކޫލުމަތިން ފޫހިކޮށްލީ އެއްދުވަހަކު ލިފްޓުން ދިމާވި ކަމެކެވެ.

ސްކޫލްގެ ކިޔެވުން ނިންމާލުމަށްފަހު އަހަރެން އަވަސްވެ ގަތީ ގެޔަށް ދާށެވެ. އޭރުވެސް ލިޔުމަކީ ކުރާ ހިތްވާ ކަމެއް ކަމުގައިވާތީ އެދުވަހު ގެޔަށް ގޮސް ލިޔާނެ މައުޟޫއެއް ހިތުގައި އަޅައިގެން ގޮސް ލިފްޓުން ތިރިއަށް ދާން ފިއްތާލީމެެވެ. ނަމަވެސް ހުޅުވުނީ މައްޗަށް ދިޔަ ލިފްޓްގެ ދޮރެވެ.

"އޭތް ބްރޯ ޖާގަ އެބަ އޮތް އިނގޭ. އަންނަންވީ އަވަހަށް އަރަން." ލިފްޓްގައި ގާންގަނޑަކަށް 15 މީހުން އޭރު ތިއްބެވެ. ޓީޗަރެއްވެސް ހިމެނޭ ގޮތަށެވެ.

"ސޮރީ. އައި ވޯސް ގޮއިން ޓު ގްރަންޑް ފްލޯ" އޭ ބުނެ، ތިރިއަށް ދާ ވާހަކަ ބުނީމެވެ. އެއާއެކު ލިފްޓްގެ ދޮރު ލެއްޕުނެވެ. އަދި އަހަރެން ތިރިއަށްދާ ލިފްޓަށް އެރުމަށް ތިރިއަށްދާ ބަޓަންއަށް ފިއްތާލީމެެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ހުޅުވުނީ އެއްކަލަ 15 މީހުން ތިބި ލިފްޓެވެ.

"އޭތް ކައެ ތައް އަނެއްކާ. ކިހާ ބޮޑު ބލ އެއް މީ. ތި ކ*ތ ކައި ބުނެފީމެއްނު އަރަންޏާ އަރާށޭ." ޓީޗަރެއްގެ ކުރިމަތީގައި އެތެރޭގައި ހުރި ކުއްޖަކު ބުންޏެވެ.

އޭރު އަހަރެންނަކީ ޕްރެފެކްޓެއް ކަމުން ޖަވާބުގައި އެމީހުން ގާތު ރީތިކޮށް ވާހަކަ ދެއްކުމަށް ބުނީމެވެ. އަދި ނުބައި ފިތަކަށް ފިއްތުނީ ކަމަށް ބުނީމެވެ.

"ކަލޭ އ* ފ** ފިއްތަބަ." ޓީޗަރެއްގެ ކުރިމަތީގައި އެތަނުން ކުއްޖެއް ބުންޏެވެ.

"މޭން، ޔޫ ހޭވްޓު މައިންޑް ޔުއަރ ލޭންގްއޭޖް" އަހަރެން ޖަވާބުގައި ބުނީމެވެ. އެވަގުތު ލިފްޓް ތެރެއިން ޗުސް ލާފައި އޭގެ ތެރެއިން އެކަކު އައިސް އަހަރެންގެ ގިރުވާނުގައި ހިފިއެވެ. އަދި އަނގަ މައިތިރިކޮށްގެން ހުރުމަށް ބުންޏެވެ. އަދި އަހަރެން ފަހަތަށް ގަޅުވާލިއެވެ. އެވަގުތު އަހަރެން ގޮސް ލިފްޓް ކުރިމަތީގައި މަސައްކަތް ފަށާއިފައި ހުރިތަނެއްގައި ޖަހާފައި ހުރި ދަގަނޑު ގަޑެއްގައި ޖެހުނެވެ.

"ބޯއީސް، ވީއާ ގެޓިން ލޭޓް ފޯދަ ކްލާސް" އެތެރޭގައި ހުރި ޓީޗަރަށް މުހިންމުވީ ކްލާހުގެ ގަޑި ޖެހޭތީއެވެ. އެހިސާބުން ސްކޫލު މަތިން މުޅިން ފޫހިވިއެވެ. އަދި ސްކޫލުގެ ދެވަނަ އަހަރު ޕްރިފެކްޓް ކަމުން އިސްތިޢުފާދީ ސްކޫލުގެ އެއްވެސް މަޤާމަކާ ހަވާލެއް ނުވަމެެވެ.

ރާއްޖޭގެ އެންމެ "ބުލީ-ފްރީ" ، އެންމެ ދަރިވަރުންނާ ރައްޓެހި ވެއްޓެއް އޮންނަ ސްކޫލެއްގެ ހާލަތަކީ މިއީ ކަމުގައިވާނަމަ އެހެން ސްކޫލުތަކުގެ ހާލަތާމެދު ވިސްނާލާއިރު ބިރުން ފިއްކަޑައިގެން ދެއެވެ.

އަހަރެންނާއެކު ހިނގީ ކުޑަ ހާދިސާއެކެވެ. ނަމަވެސް މިފަދަ ބޮޑެތި ހާދިސާތައް އެތަކެއް ސްކޫލުތަކެއް ހިނގާނެއެވެ. މިހެން ކަމުން ކޮންމެ ބެލެނިވެރިޔަކުވެސް އޭނާގެ ދަރިފުޅަށް ސްކޫލުގެ މާޙައުލުގައި ބްލީ ކުރޭތޯ ބަލަންވާނެއެވެ. އަދި ސްކޫލުގެ މެނޭޖްމެންޓްއިން ތިމާގެ ސްކޫލަކީ އެންމެ މޮޅު ސްކޫލުކަމަށް ބުނެ ޕްރޮމޯޓް ކުރުމުގެ ކުރިން، ބްލީގެ ކޭސްތަކާ ދެކޮޅަށް ޓީޗަރުން ތެދުވާނެ ގޮތެއް ހަދަން ޖެހެއެވެ.

ބުލީ ނުވަތަ ގަނާ ކުރުމުގެ ބޮޑު ހާދިސާއެއް ހިނގުމުން ފޭސްބުކް ސްޓޭޓަސް އެއް ބެލެނިވެރިޔަކު ޖަހާލުމުން އެސްޓޭޓަސް ޝެއާ ކުރުމަށް ވުރެ އެންމެންގެ ޒިންމާ ބޮޑު ވާން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަހާންގީރު

    ބުލީ ފްރީއެއް ނުވާނެ އިސްލާމީ ޢަޤީދާ ވަރުގަދަ ނުކޮށެއް

  2. ސަމރ

    މި ރާއްޖޭގާވެސް ތިކަން ކުޑައެއްނޫން ގަނާ ކުރާމީހާއަކީ ހީރޯއެއް ރިޕޯރޓެއްކުރިޔްސަ ވާކަމެއް ހަރާމް!

  3. Anonymous

    ﷲ އަކްބަރް.. މަދްރަސީ ދައުރުގަ ހާލަތު ތިޔައީ .. ދެންކުރިމަތިލާނީ އޮފީސް ނުވަތަ މަސައްކަތު މާަހައުލާ. ދެން އމާހައުލުގެ ހާލަތާ މެދު ދައްކާނެ ވާހަކަ އެއް އޮންނާނެތޯ؟ އެހެންނޫނަސް މިދިވެރާއްޖޭގަ ސިޔާސީ މީހުންގެ އާއިލާތަކާ އެމީހުންފިޔަވާ ރައްޔިތަކައް އެއްވެސްހިމާޔަތެއް ރައްކާތެރިކަމެއްނެތް. ކަންހުރީމިފަދަނިކަމެތި ދަރަޖައެއްގާ ކަމައްވީއިރު އެމީހުންގެ ދަރިން ކޮންމެމާހައުލެއްގަ ވެސް ތިހުރިހާ ވައްތަރެއްޖައްސާނެ.

  4. ޝަކުވާ

    .ކީއްކުރާނީ ޓީޗަރުކައިރީ ބުނާއިރަށް ދަރިވަރާދިމާލަށް މިބުނަނީ މާގިނައިން ޝަކުވާކުރަނީޔޯ??

  5. ސޭ

    ވަރަށް ދެރަވެއްޖެ މިކިޔާފަ.?? ކީއްކުރާނީ! މިތާ އުޅޭއިރު ތިމާއަށްވުރެއް މާ ބާރުގަދަ ފަރާތެއް ވާކަމަކަށް ގަބޫލެއް ނުކުރާނެ ގައްޑާވެ ގަނެގެން ތެޅި ބާލާއިރަކު.? އަބަދުވެސް ތިމާވަރު މީހަކު ނެތިގެން.

  6. ޗެލެންޖެއް ތިއީ

    ބުލީކުރުމަކީ އިޖުތިމާއީ އިގުތިސާދީ އަދި ނަފުސާނީ މައްސަލަތަކާހުރެ އުފެދިގެންއުޅޭ ބައްޔެއް. މިކަން ނައްތާލުމަށްޓަކައި ރަގަޅުކުރަންޖެހޭ އެހެނިހެން ކަންތައްތަކެއް އެބަހުރި

  7. ހަލީމް

    ކިޔެވުން ފެށިއްޖެ. ކިޔަވަން ފަށައިފިންތޯ ދަރިފުޅުގާތު އަހާލައިފިންތޯ