ރާއްޖެއަކީ ޖޯގްރަފީގޮތުން ބަލާއިރު އޭޝިއާ ބައްރުގެ އެންމެ ކުދި ޖަޒީރާގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ދުނިޔޭގެ އާބާދީގެ ނިސްބަތް ދިރާސާކުރާ ފަރާތެއް ކަމަށްވާ "ވޯލްޑް އޯ މީޓާރސް" ގެ ވެބްސައިޓްގައި ޝާއިޢު ކޮށްފައިވާ ގޮތުންނަމަ 233 ގައުމުގެ ތެރެއިން ރާއްޖޭގެ އާބާދީއަކީ އެކު ޖުމުލަ 451،738 ނުވަތަ (ހަތަރު ލައްކަ ފަންސާސް އެއްހާއް ހަތްސަތޭކަ ތިރީސް އަށް) މީހުންނެވެ.

ދުނިޔޭގެ އާބާދީގެ ރޭންކްގައި ރާއްޖެ ހިމެނިފައިވަނީ 173 ވަނަ ގައުމުގެ ގޮތުގައެވެ. މިފަދައިން ބަލާއިރު، ރާއްޖެއަކީ އާބާދީ ކުޑަ ގައުމުގެއް ނަމަވެސް ރާއްޖޭގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންގެ ރައްކައުތެރިކަން ޔަގީންކުރުމަށްޓަކައި ވަނީ ގިނަ ގާނޫނުތަކެއް ހެދިފައެވެ.

އެގޮތުން ދިވެހިރާއްޖޭގައި މިހާރު އަމަކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އެންމެ އިހުގެ ނުވަތަ އެންމެ ކުރިން ހެދިފައިވާ ގާނޫނަކަށް ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނަކީ 1961 ޖުލައި 10 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވިގެން ދިޔަ "ދިވެހިރާއްޖޭގެ ޕީނަލް ކޯޑް ޗެޕްޓާރ 1" އެވެ. ނުވަތަ "ދިވެހިރާއްޖޭގެ ޤާނޫނުލް ޢުގޫބާތުގެ އެއްވަނަ ބާބް" އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލިސް: ޤާނޫނުތައް ހެދުމާއި، ފާސްކޮށް، ޤާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރާ ދައުލަތުގެ ބާރު

އެހެންކަމުން 1961 ދިވެހިރާއްޖޭގެ ޕީނަލް ކޯޑް ޗެޕްޓާރ 1 ގެ ގާނޫނުގެ ފަހުން މިހާތަނަށް ދިވެހިރާއްޖޭގައި އެކު ޖުމުލަ 336 ޤާނޫނު އެކި ފަހަރު މަތިން ހެދިހިފައި ވެއެވެ. މީގެތެއިން މިހާރު އަމަލު ކުރެވެމުންދަނީ 317 ގާނޫނަކަށެވެ. ނަމަވެސް، މިހާރު އަމަލު ކުރެވެމުންދާ ގާނޫނުތަކުގެ ތެރޭގައި، ހެދިފައިވާ ބަޔެއް ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ގާނޫނުތަކާއި، ބައެއް ގާނޫނުތައް އުވާލުމުގެ ގާނޫނުތައްވެސް ހިމެނެއެވެ.

އެގޮތުން ގާނޫނުތަކަށް ގެނެވިފައިވާ އިސްލާހުތަކަށް ބަލާއިރު އެކި އެކި ގާނޫނުތަކަށް ގެނެވިފައިވާ އިސްލާހުތަށް ހިމެނޭ އުސޫލުން 125 އިސްލާހެއް މިހާތަނަށް ވަނީ އެކި އެކި ގާނޫނުތަކަށް ގެނެވި އާއްމުކުރެވިފައެވެ. އަދި މީގެ އިތުރުން، ބައެއް ގާނޫނުތައް އުވާލުމަށް ހެދިފައިވާ ގާނޫނުތައް ހިމެނޭގޮތުގެމަތިން ވަކި ވަކި ގާނޫނުތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މިވަގުތު 188 އައް ގާނޫނަކަށް އަމަލުކުރެވެމުން އެބަދެއެވެ.