މިހާރު މުޅި މީސް މީޑިއާ ވަކި ހިއްޕާލާފައި އޮތީ ޗެލެންޖތަކުންނެެވެ. ފަހަރަކު މީހަކު ޓެގްކޮށް ޗެލެންޖތަކެއް މީސް މީޑިއާއަށް ދޫކޮށްލަމުން އަންނައިރު، މިހާރު ރާއްޖޭގެ އެންމެ ވައިރަލް އަދި އެންމެ ގިނަބަޔަކު ބަލައިގެންފައިވާ އެއް ޗެލެންޖަކީ މުޅި ރާއްޖެ ސާފް ކުރުމުގެ ނިޔަތުގައި ޒުވާނަކު މީސް މީޑިއާގައި ފެށި ޗެލެންޖެއެވެ.
އޭނާ ފެށި ޗެލެންޖްގައި މިހާރު އެތައް ދިވެހިންނެއް ބައިވެރިވެއްޖެއެވެ. އަދި އެ ޗެލެންޖްގައި ބައިވެރިވާ ކޮންމެ މީހަކު އިތުރު ފަސް މީހަކު އެ ޗެލެންޖގައި ބައިވެރި ކުރުވައެވެ. މިގޮތަށް މުޅި ޗެލެންޖްގެ ސަބަބުން އެކި ރަށްތައް ސާފް ކުރެވޭނެއެވެ.
މި ޗެލެންޖގައި ބައިވެވާ ކުދިން ފޮޓޯތައް މީސް މީޑިއަށް ލައި އެތައް ބައެއްގެ ސަމާލުކަން ހޯދަމުން އަންނައިރު، މިއީ ދިވެހި ޒުވާނުން ބައިވެރިވާން ޖެހޭ ކަހަލަ ޗެލެންޖްތަކެވެ. ގައުމަށްކޮށްދެވޭނެ ހިދުމަތެކެވެ.
މި ޗެލެންޖް ރާއްޖެއަށް ފައްޓައިދިން ޒުވާނާއަކީ އުމުރުން 26 އަހަރުގެ ހަސަން ޝަހީދު (ސަންޗޭޒް) އެވެ. އޭނާއަކީ އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރަން ނިންމައިގެން ހުރި ޒުވާނެކެވެ.
https://www.facebook.com/1113186012114788/posts/1692639974169386/
ސަންޗޭޒް "ވަގުތު"އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، 2009 ވަނަ އަހަރު އޭނާ ހުޅުމާލެ ބަދަލުވިއިރުން ފެށިގެން ވަރަށް ބޮޑަށް ސޯޝަލް ކަންތައްތަކަށް ލޯ ހުޅުވުނު ކަމަށެވެ. އަދި އެފަަދަ ކަންކަން އިތުރުވަމުން އަންނާތީ ވިސްނީ ޖަމިއްޔާއެއް ހަދަން ކަމަށެވެ. އެގޮތުން "މޯލްޑިވްސް ޔޫތް"ގެ ނަމުގައި އޭނާ ޖަމިއްޔާއެއް އުފެއްދިއެވެ.
އަދި އެ ޖަމިއްޔާ އުފައްދައިގެން އޭނާ ދިޔައީ ތަފާތު ސޯޝަލް ކަންކަމުގައި އަޑު އުފުލައި އިވެންޓްތައްވެސް ބާއްވަމުންނެވެ.
ދެން އަނެއްކާ މި ފެށިގެން ދިޔައީ ސާފް ކުރުމުގެ ޗެލެންޖެކެވެ. ސަންޗޭޒް ވިދާޅުވީ، މި އަހަރަކީ ޕްލާސްޓިކްއާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިނގަމުން އަންނަ އަހަރެއް ކަމަށެވެ. އަދި ރާއްޖެ ސާފް ރާއްޖެއަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއްކަމަށް ވާއިރު، އޭނާއަށް ހިޔާލު އައީވެސް އެހެން ކަމަށް ސަންޗޭޒް ފާހަގަކުރިއެވެ.
"ފަށަފައި ދެން ތިބި އެހެން މީހުންވެސް ޗެލެންޖްގައި ބައިވެރިކުރުވަން ކޮންމެ މީހަކުވެސް ފަސް މީހަކު ޓެގް ކުރަމުން ދަންޏާ މީތި ވަރަށް ބޮޑު ސާރކަލްއެއް ގޮތަށް ދާނެއޭ". އޭނާ ވިދާޅުވިއެވެ.
https://www.facebook.com/100002226411731/posts/2161629030587956/
އޭނާ ވިދާޅުވީ، އިވެންޓެއް ބާއްވައިފިނަމަ ހަމައެކަނި ސާފް ކުރެވިގެން ދާނީ ހަމައެކަނި އެރަށް ކަމުން، މިފަދަ ހަރަކާތެއް ފެށުމުން އެކި ރަށްރަށުން އެ ޗެލެންޖގައި ބައިވެރިވެ، އެކި ރަށްތައް ސާފްވެގެން ދާނެ ކަމަށެވެ.
"އިވެންޓެއް ބާއްވައިފިއްޔާ ވާގޮތަކީ ހަމައެކަނި އެންމެ ތަނެއްދޯ ސާފް މިވަނީ، މިހެން ހަދައިފިއްޔާ މުޅި ރާއްޖޭގެ އެކި ތަންތަން ސާފްވެގެން ދާނެ"، ސަންޗޭޒް ވިދާޅުވިއެވެ.
މި ޗެލެންޖގައި ބައިވެރިވެގެން ބައެއް މީހުން މޫދު އަޑީގައި ހުރި ކުނިތައްވެސް ނެގިއެވެ. އަދި ގޮނޑުދޮށާއި، ރަށްރަށުގެ އެންމެ ކުނި ގިނަ ސަރަހައްދުގައި ހުރި ކުނިތައް ނެގުމަށްފަހު ފޮޓޯލައި އެހެން ބަޔަކަށް ޓެގްކުރެއެވެ. އަދި އެންމެންވެސް ދެމުން ގެންދަނީ އެއް މެސެޖެކެވެ.
"ވަށައިގެންވާ މާހައުލު ސާފްކޮށް ބޭއްވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް"
މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ސަންޗޭޒް ފެށީ މި ޗެލެންޖްގައި ބައިވެރިވަމުން އަންނަ ޒުވާނުން ދަނީ އޭނާ ފެށި އެ ޗެލެންޖްގައި ބައިވެރިވާން ނިންމާފައިވާކަން ހާމަކޮށް، އެ މީހުންވެސް ޗެލެންޖ ފުރިހަމަ ކުރިކަމަށް ބުނެ، އިތުރު މީހުން އެ ޗެލެންޖް ފުރިހަމަ ކުރުމަށް ފުރުސަތުދެމުންނެވެ.
https://www.instagram.com/p/BtgjWbkg-ep/?utm_source=ig_share_sheet&igshid=l6f7jhko2n63
"މި ޗެލެންޖް ފެށިތާ އަދި ވާނީ ހަތަރު ފަސް ވަރަކަށް ދުވަސް، ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދަނީވެސް، އަދި ވަރަށް ގިނަ މީހުން ބައިވެރިވެ ފޮޓޯތައް ފޮނުވަމުން އެދަނީ"
ސަންޗޭޒް ވިދާޅުވީ، އޭނާ ފެށި ޗެލެންޖްގެ ދަށުން އަންނަ ހުކުރު ދުވަހު އޭނާ މުޅި ރާއްޖެ ސާފް ކުރުމަށް ހާއްސަ އިވެންޓެއް ބާއްވަން ނިންމާފައިވާކަމަށެވެ. އެގޮތުން މިހާރު އެކަމުގެ މަޝްވަރާތައް ކުރަމުން އަންނައިރު، އެކިއެކި ރަށްރަށުގެ ޒުވާނުންނާއި ވާހަކަދައްކަމުން އަންނަކަމަށް ސަންޗޭޒް ވިދާޅުވިއެވެ.
ސަންޗޭޒްގެ ޗެލެންޖްގައި ބައިވެރިވާން ބޭނުންވެ އެތައް ބަޔަކު ތަންތަން ސާފް ކުރަމުން ދާއިރު، މިހާރު ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި މި ޗެލެންޖްއ ކުރިއަށް ގެންގޮސްފިއެވެ. މީސް މީޑިއާއަށް ބަލާލުމުން އެކަން އިނގެއެވެ.
މިފަދަ ޗެލެންޖތަކުގެ ސަބަބުން ހަމަގައިމުވެސް ރަހުމަތްތެރިކަން އާލާވާނެއެވެ. އަދި އެހެން މީހަކު މިކަން ކުރާތީ އަނެކާވެސް ކުރާހިތްވެ، މިފަދަ ކަންކަމަށް ހިތްޖެހޭނެއެވެ. އަދި މިކަން ކުރުމަށް އެހެން ބަޔަކަށް ހިތްވަރުވެސް ލިބިގެންދާނެއެވެ.
އެހެންކަމުން ސަންޗޭޒްގެ މި ޗެލެންޖްގައި ބައިވެރިވާން ހިނގަށެވެ.
އަޅެ މި ޤައުމު އެމްޑީޕީ އާއި އިންޑިއާގެ ކިބައިން ސާފުކުރާ އިވެންޓެއް ފަށާބަލަ. މުޅި ޤައުމަށާއި އަންނަން އޮތް ޖީލަށް ވެސް ފައިދާ އަށް
ވަރަށްރަގަޅު ކަމެއް. . ކުރިޔަށް
ތިބުނީ ތެދެއް މިފަހަރު މުޅިރާއްޖެ ދޮވެލާ ބޭތެލް މާލާއެކު ރަގަޅަށް ސާފުކޮށްލާނެ މި ވެރިކަމުގަ
ކޮންމެ ކަމެއްވެސް ސިޔާސީ
ޥަރަަަަަަަށޯރަގަޅުކަމެއް
ޛސސޖ
މާޝާﷲ ރަނގަޅު
މިޤައުމުން ބަންގާޅިން ސާފްކުރަން ބަޔަކު ނުކަުންނާކަށް ނުވޭތަ ހިނގާލެވޭކަށްނެތް ،އެއްޗެއް ދުއްވަ ލެވޭކަށް ނެތް އާދައިގެ ވަޒީފާ އެއް ލިބޭކަށްނެތް ގެސްޓަކަށް މަގުމަތީ ހިނގާލެވޭކަށް ނެތް މިމީހުންގެ އުދަގުލާ ހެދި ނޭނގޭ ކަމަށް ހަދާފަ ޖެހިގަންނާނެ ގެސްޓުން ހީކުރާނީ އެއީވެސް ދިވެހިން ކަމަށް ހުރިހާ ބަދުނާމެއް ދިވެހިންނަށް
ރަނގަޅު ކަމެއް. ޢެކަމަކު ވިސްނަންވީ ކަމަކީ މީގަ މުހިންމީ ސާފުކުރުމެއް ނޫން. ހަޑި ނުކުރުން ނުވަތަ ޕްލާސްޓިކް އަދި އެނޫންވެސް ތަކެތި ތަންތަން ހަޑިވާގޮތަށް އުކާނުލުން އެންމެންގެ މޮޓޯއަކަށް ވާންވީ. ހަޑި ނުކުރާނަމަ ސާފުކުރާކަށް ނުޖެހަެނެ
ދިވެހިްނަކީ ދެއްކުންތެރިބައެއް ..އަސްލު އެކަން މިފެންނަނީ ސާފުކުރީ ކޮންތަނެއް. ބީއެމްއެލް ހެޑްއޮފިސް ދޮރުމަތީ ބޭރަމގުގަ އިން ބުރުތެރެބަލާލަބަލަ
ތިޔައީ ރަނގަޅު ކަމެއް ވަރަށްވެސް ބޮޑުއެހީއެއް ޚާއްސަ ކޮށް ކުނިއުކާުލާގޭގޭ ކައިރީގައި ކުނިބަހައްޓާ ބަންގާޅުންނަށް އޮތް ބޮޑު ފައިދާ ގަނޑެއް. އެންމެ ރަގަޅުގޮތަކީ މަގުމަތީގައި ކުނިބަހައްޓާތަން 2މީހަކަށް ފެނިއްޖެއްޔާ ސަރުކާރުން އެކުނިބެހެއްޓިމީހާ ޖޫރިމަނާކުރުން ރަގަޅު ޢަދަދަކުން. އޭރުން ސިންގަޕޯރ ވަރުނުވިޔަސް.... ތިޔައީ ހަމަނަހަމަގުޅުން ހިންގައިގެން ސަރުކާރުން ކުޑަކުދިން ބަލާ ހިޔާ ކުދިން އެޅުން ކަހަލަ ކަމެއް. ފުލަކުން ނުލާނެ.
ބަލަންތިއްބާ އިންޑިޔާ ގެ އަޅުިވެތިކަމަށް ރާއްޖެ ދަނީ ނޫންބާ؟