އިއްޔެ ހަވީރު 17:45 ހާއިރު އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވީ އުމުރުން ތިން އަހަރުގެ ފާތިމަތު އަމާލްބިިންތި ޝަމީމްއަށެވެ. މި އެކްސިޑެންޓްގައި އަމާލްއަށް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އަމާލްއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަދި އިތުރު ފަރުވާއަށް އަމާލް މާލެ ފޮނުވާލުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެެވެ. އެ ކުއްޖާ މާލެ ފުރުވާލެވެނީ މިރޭ ދަންވަރު ފްލައިޓުންނެވެ.

މި އެކްސިޑެންޓްގައި އަމާލްގެ މޫނަށް ގެއްލުންތަކެއް ލިބުނެވެ. ތުންފަތް ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެެވެ. ބޮލުގައި ރިއްސާތީ ވަރަށް އުޅެއެވެ. އެކަމާއި ހެދި އަމާލް ހަމަ ރޮނީއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން އަމާލްގެ ބައްޕަ މުހައްމަދު ޝަމީމް އަބްދުލް މުހުސިން ބުނީ، އިއްޔެ ހަވީރު ހިތަދޫގެ، ހިތަދޫ ސްކޫލާއި ދިމާލުން ބޮޑު މަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އޭނާގެ ތިން އަހަރުގެ ދަރިފުޅަށް ކަމަށެވެ.އޭނާ ބުނިގޮތުގައި، ދަރިފުޅު ގައިގާ ސައިކަލުން ޖެހުނީ ހިތަދޫ ބޮޑު މަގުގައި، ދަރިފުޅު ބޯޅައެއް ހިފައިގެން އައި މަގުމަތީގައި ބާރަށް ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުވެ ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާ ލިބުނު އަމާލް

"ވީގޮތަކީ އަންހެނުން އޭނާ ގޮވައިގެން ގޮއްސަ ހިތަދޫ ބޮޑު މަގުގައި ހިތަދޫ ސްކޫލަށް ވުރެ އެކޮޅުގައި /ތާރު ނާޅާ އިންނަ ސަރަހައްދުގައި/ސައިކަލަށް ޕެޓްރޯލް އަޅަން ވެގެން އޭނާ ހުރީ ދަރިފުޅު ކައިރީގައި ބަހައްޓައިގެން. ހުއްޓާ ބޯޅައެއް ފެނިގެން މަޑުމަޑުން ދިޔައީ ބޯޅަ ނަގަން ވެގެން، ބޯޅަ ނަގައިގެން އޭނާ ހިނގާފައި އައީ. އަސްލު ސައިކަލުގެ އިން މީހާއަށް ފެންނާނެ ދޯ ކުއްޖާވެސް މަގުގައި އުޅޭތަން، އެކަމަކު ވީ އެއްޗަކީ އޭނާ/ދުއްވަން އިން މީހާއަށް/ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ދަރިފުޅުގެ ގައިގަ ޖެހުނީ". ޝަމީމް ބުުންޏެވެ.

ޝަމީމް ބުނީ، ސައިކަލް ދުއްވަން އިނީ 18 އަހަރު ނުވާ ކުޑަކުއްޖެއް ކަމަށް މައުލޫމާތު ލިބޭ ކަަމަށެވެ.

"އައި ބާރުމިނުގައި އައިސް ޖެހުނީ، އެކަމަކު އޭނާ ބްރޭކްވެސް ޖެއްސި، ކޮންޓްރޯލް ނުވެގެން އައިސް ޖެހުނީ. ސައިކަލު ދަށުވެފައި ކުއްޖާ އޮތީ ޖެހުނު ގޮތަށް ވެއްޓިގެން ގޮސް". ޝަމީމް ބުންޏެވެ.

އަމާލްގެ މޫނުމައްޗާއި އަނގަމަތީގެ ހަތަރު ތަނަކުން ވަނީ ފަޅައިގެން ގޮސްފައެވެ. އެހެންވެ ރޭގެ ވަގުތެއްގައި ހޭނައްތާފައި ބާއްވައިގެން ވަނީ އެ ތަންތަން ފަހާފައެވެ. އަދި ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވާކަމަށް އޭނާ ބުންޏެވެ. އަދި އަމާލް ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ އުޅޭއިރު، ބޮލުގެ ބައެއް ތަންތަނުން ދުޅަވެފައިވާކަމަށް އަމާލްގެ ބައްޕަ ބުންޏެވެ.

އެކްސިޑެންޓްގައި އަނިޔާ ލިބުނު އަމާލް

އަމާލް މާލެ ފޮނުވާލުގެ މަސައްކަތްތައް ކުރަމުން ދަނީ ސީޓީ ސްކޭންއެއް ހައްދާށެވެ. އިތުރަށް ޝަމީމް ބުނިގޮތުގައި، އެކްސިޑެންޓަށް ފަހު ސައިކަލް ދުއްވަން އިން ކުއްޖާ ނުވެސް ފެނެއެވެ. އަދި ފުލުހުން އައިސް ބަޔާން ނަގާފައިވާކަމަށްވެސް ޝަމީމް ބުންޏެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދަކީ އާއްމުކޮށް ކުޑަކުދިންވެސް ބޭރަށް ނުކުމެ އުޅޭ ސަރަހައްދެކެވެ.

"އަސްލު ބޮޑު މަގެއްގައި ބަލާލާއިގެން އައިނަމަ ކުއްޖާއާ ހަމައަށް އަންނައިރު ހުންނާނީ ކޮންޓްރޯލްވެފައި. ބޮޑުމަގެއްގައި ބަލާނުލާ އައިސް އެގޮތަށް ޖެހުނީމަ ދެރަވާނެ ދޯ، އޭނާއަށް އެއްވެސް ގެއްލުމެއް ނެތް ދޯ، އަހަރުމެންނަށް ދޯ ހުރިހާ ގެއްލުމެއް ލިބުނީ". އޭނާ ބުންޏެވެ.

އެކްސިޑެންޓްގައި އަނިޔާ ލިބުނު އަމާލް

މި އެކްސިޑެންޓްގެ އިތުރުން އައްޑޫ ސިޓީގައި އިތުރު އެކްސިޑެންޓެއް އިއްޔެވަނީ ހިނގާފައެވެ. އެ އެކްސިޑެންޓްގައި އަނިޔާވި ހަ އަހަރުގެ ކުއްޖާ ހެލިކަޕްޓަރުގައި ވަނީ މާލެ ގެނެސްފައެވެ. އަދި އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

މިފަދަ އެކްސިޑެންޓްތައް އާއްމުކޮށް ހިނގަން މެދުވެރިވަނީ ބަލާނުލާ ސައިކަލް ދުއްވާތީ އާއި މަގުމަތީގައި އުޅޭއިރު މަގަށް ދޭން ޖެހޭ ވަރުގެ ސަމާލުކަން ނުދީ މަގުމަތީގައި އުޅުމުގެ ސަބަބުންނެވެ. އަދި ބައެއް ފަހަރު ސްޕީޑް ލިމިޓަށްވުރެ ބާރަށް ސައިކަލު ދުއްވުމުގެ ސަބަބުން ސައިކަލް ކޮންޓްރޯލްނުވެ މިފަދަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވެއެވެ.

ދުއްވާ އެއްޗެހި ދުއްވާ މީހުންނާއި، މަގަށް ދޭން ޖެހޭ ސަމާލުކަން ދިނުމަށް އަބަދުވެސް ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީންވެސް އިރުޝާދު ދެމުން ގެންދެއެވެ. އަދި މަގުމަތީގައި ކުޑަކުދިން އުޅޭއިރު، އެ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ސަމާ

    ހިތަދޫގައި އާއްމުކޮށް ބާރަށް ދުއްވައި އުޅެނީ 5 ވަރަކަށް ޒުވާނުން. ޢެއީ ކޮންބައެއްކަން ފުލުހުންނަށް ރަނގަޅަށް އިގޭނެ. އެމީހުން ޗެކެއްވެސް ނުކުރާނެ. ނަމަވެސް އެމީހުން ބުނީމާ ބިރުން މަޑުކުރާނެހެން ހީވާ މަޑުމޑުން ދުއްވާ ހުރިހާ މީހުން ޗެކް ކުރާނެ.

  2. ޜަނާ

    ތިޔަފަދަ މީހުން ބޮޑެތި އަދަދުން ޖުރްމަނާ ކުރަންވީ ނުދައްކައިފިނަމަ ބަންދު ކުރަންވީ ލައިސަންސް ކެންސަލް ކުރިޔަސް ވާކަމެއް ހަރާން ލައިސަންސް ނެތިވެސް ދުއްވަނީ

    • ޚޮތުރތިތު

      ގަވާއިދާއި ޚިލާފަށް ދުއްވައިގެން އަހަރެންގެ ދަރިޔަކަށް މިވަރުކުރި މީހަކަށް ހަމަ މިވަރު ކޮށްލާނަން. މިހެން ބުނަންމިޖެހެނީ ފުލުހުންނަށް ތަކުރާރުކޮށް ތިގޮތަށް އުޅޭމީހުންނަށް ފިޔަވަޅެއް އަޅައި ނުދެވޭތީ.

  3. ތުނިޔަ

    އަވަސް ޝިފާޔަކަށް އެދެން! ދުއްވި މީހާއާއި ކުއްޖާގެ މަންމަގެ އިހުމާލުވެސް މީގައެބަވޭ!

    • ހާމަ ކުރަން ނޭދެން

      އަޅުގަނޑު ތިބޭފުޅާ ބުނުއްވި ވާހަކަ އަށް ހަމަ ތާއީދު

  4. Anonymous

    ގެތވެލްސްން

  5. Ibrahim

    Varah derakameh thee Amaal ah avas shifaa akah eydhen

  6. ާައަހުމަދު

    ޢާއްމު ގޮތެއްގައި ބާރަށް ދުއްވާ ޒުވާން ކުދިންގެ ސްޕީޑް މަޑު ކުރެވޭނެ ކޮންމެވެސް ގޮތެއް ހޯދިގެން ޙައްލުވާނީ

  7. ޢިބްރާ

    ޕާޓޭމެން ދެކެ ބޮރުގަންނަ ފުފުލުހުންގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ބަޔަކު އައްޑޫ ފުލުހުގައި ތިބެންޖެހޭ

  8. މާމިގިލީ މީހާ

    ފުލުހުންނަށް ކީއްވެގެންތަ ބާރު ސްޕީޑުގައި ގަވައިދާ ހިލާފަށް ދުއްވާ މީހުން ނާތުވަނީ. ކީކުރަ ބައެއްތަ ފުލުހުން އެއީ. ސައިކަލާ ވޭން ދީފަ ކުޅޭން ދައުލަތުން ރައްޔިތުންގެ ފައިސާ ދީފަ. ބަހައްޓާ ބައެއް ތޯ. ކިހާ ދެރަކަމެއް މީ.

  9. ޢަލިބެ

    ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅު އަޅާ!

  10. ފުވައްމުލަކި ސޮރު

    ނަހުލާ ދެން ބުނޭ މަގުމަތީގަ ހިނގާފަ އުޅޭމީހުންވެސް ހެލްމެޓް އަޅާށޭ. މަޖުބޫރޭ. އެއީ ކަމަނާފާނު މިވީހާތަނަށް ޓްރެފިކް މައްސަލަތައް ހައްލުކުރަން އުޅޭގޮތަކީ، އަނިޔާ ލިބޭ މީހާ ސަލާމަތް ހޯދަންވީ. އަނިޔާދޭ މީހާ ބޭނުންގޮތަކަށް އުޅެންވީ

  11. ސަޓޯ

    ޓްރެފިކް ފެއިލް.. ސޭޓު އަންހެނުން ފެއިލް... ސަރުކާރުވެސް ފެއިލް

    1
    1
  12. ވަހީދު

    ބާރަށް ދުއްވުމާއި ރޭސްޖެހުމާއި ވާދައަށް ދުއްވިމާއި ގޮތް ދައްކަން ދުއްވުން ފަދަ ދުއްވުން ތަކަަކީ މަނާ ދުއްވުން ކަމުގައި ހަދަން ޖެހޭ އެބަ.

  13. ނަން

    ހަމައެކަނި ދުއްވި މީހާ މީގެއިން ކުއްވެރި ނުކުރޭ، ދަރިފުޅުގެ ބައްޕަ. ތީގެއެބަވޭ ތިބޭފުޅުންގެ އިޙްމާލު ވަރަށް ބޮޑަށް

  14. ޢަބުދުލް ވާހިދު

    ގަވައިދުން ކަން ކުރޭތޯ ބަލަން ބޮޑު މުސާރަ ދީފަ ތިބޭ މީހުން އެމީހުންގެ ވާޖިބު އަދ

  15. އަބުދުލް ވާހިދު

    ބޮަޑު މުސާރަ ދީފަ ގަވައިދުން ކަންކުރޭތޯ ބަލަން ބައިތިއްބާފަ ތިބޭާ މީހުން ވާޖިބަށް އިހުމާލުވާނަމަ އަދި ތިޔަށްވުރެ ބޮޑެތި ގެއްލުންވެސް ވާނެ ގައުމުގެ ހާލަތު ކީއްދޯ ކުރާނީ ...މަތްﷲ އަމާލް އަށް އަވަސް ސިފާއެއް ދެއްވުން އެދެން

  16. ސޮލިއުޝަން

    ސައިކަލު ތަކުގަ އެހާ ބާރަށް ދުއްވޭޭ ގޮތަށް ހުންނަނީ ކީއްވެ؟ ސްޕީޑް ލި ލިމިޓެއްލާފަ ނުވަތަ ވަ ކި ވަރަކުން މަތިން ދުއްވޭގޮތް ޑިސްއޭބަލް ކުރެވޭގޮތެއް ނީނދޭތަ؟

  17. އަޙްމަދު

    ބާރު ސްޕީޑްގައި ދުއްވުމަކީ ނުރައްކާތެރިކަމެއް. ޢެކަމަކު މި ހާދިސާގަ ސައިކަލް ދުއްވި މީހާ އެކަނި ކުއްވެރި ކޮށްގެން ފުއްދާލެވޭކަށް ނެތް. ދަރިފުޅު މަގަށް ދޫކޮށްލެވިގެން ނުވާނެ. ބެލެނިވެރިޔާގެ އިހުމާލުވެސް އޮތް ކަމަށް ބައްޕަގެ ވާކައިން ވަރަށް ރަނގަޅަށް އެނގޭ.

  18. ހުސޭނު

    ފުލުހުން ކަމަކީރަނގަޅަށް އުޅޭމީހުން ހިފަހައްޓާ ސުވާލުކުރުން. ތިޔަ ނުލަފާގްރޫޕް އޮންނަނީ ފުލުހުންނާ ގުޅިފަ. ރައްޔިތުންގެ ސަލާމަތާރައްކާތެރިކަން ކަށަވަރުކޮށްނުދީ މުސާރަނަގައިގެން ގޭގަތިބޭބައެއް ފުލުހުންނަކީ. މިހާރުވެސް ފެންނާނެ ބާރުބާރަށް ޒިގްޒިގްލައްވާލަ ދާ ޒުވާނުން. ނުހުއްޓުވާނެއެކަމަކު ފެންނަކަމަސްވެސް ހަދާނުލާނެ.

  19. ައަހަރެން

    އަހަރެން ބުނަން އޮތީ ސާފުކޮށް ޑިމޮކުރަސީ އާއި ހިލާފު އުސޫލެއްގެ ވާހަކަ...އެހެނަސް ހައްލު އޮތީ ހަމަ އެކަނި މިގޮތުގަކަން ތާރީހުން ހެކި ލިބޭ....
    " ކަމެއް ހައްލު ކުރަން އެދޭ ނަމަ އެކަމެއް އުފެދުނު އަސްލު ފުރަތަމަވެސް ޖެހޭނީ ނައްތާލަން...." މިހެން ބުނާ އިރުވެސް އެނގޭ މީ މި ޑިމޮކުރަސީ ގެ މޮޔަ ގެރިތަށް ނުކުރާނެ ކަމެއްކަން.....
    އިމްތިޔާޒް ފަހުމީ މޫނަށް މޮޅު ރަތް ކުލަ އަރުވާފަ އަޑަށް ބާރުލާފަ ތިމަންނަ މިއުޅެނީ ޖުޑީޝިއަރީ އިސްލާހު ކުރާށޭ ބުނަޏަކަސް އަދި ނުވާނެ އެއުޅެނީ އިސްލާހު ކުރަން ކަމަކަށް...އޭނާ ބުނި ގޮތުން ިމިގައުމުގައި އިންސާފު ނުހޯދެނީ ޖުޑީޝިއަރީ ފަސާދަވެފަ އޮތުމުންނޭ...އެހެންވީމަ ޖުޑީޝިއަޜީ ބާއްވާފަ ގާނޫނު ބަދަލު ކުރާށޭ....މިހެންވެގެން ހޯދޭނެ ހައްލެއްކޮބާ...؟ މި ވަރުގެ ނާގާބިލް ބަޔަކާ ވެރިކަން ހަވާލުކޮށްފަ ކަންކަން ހައްލު ނުވީމަ ދެން ތިބެ ކޮށް ނުގޮވުން ރީތި ވާނީ އަސްލު

  20. ހެޔޮބަސް

    ގަވާއިދާޚިލާފަށްބާރަށްދުއްވައިގެން މިވަރުގެއަނިޔާއެއްކުޑަކުއްޖަކަށްލިބުމާުގުޅިގެން ވަރަށްހިތާމަކުރަންމިއަނިޔާރަގަޅުކުރުމަށް ވަރަށްބޮޑުޚަރަދުކުރަންޖެހޭނެ ޚަރަދުކުރަން ފައިސާހޯދަންވީ ބާރަށްސައިކަލް ދުއްވައިގެން ކޮންޓްރޯލްނުވެ މިކުއްޖާގައި ސައިކަލްޖެހެން މެދުވެރިވިމީހާގެފަރާތުން އަހަރެންގެކުއްޖެއްނަމަ ދައުވާކުރާނަން މިގެއްލުމަށްމައިންބަފައިން ނުވަތަ ސަރުކާރުގެ ފަރާތަކުން ކުއްޖާއަށްލިބުނުއަނިޔާރަގަޅުކުރުމަށް ޚަރަދުކުރުންމިއީ މިފަދަނުބަލައި ބާރަށްދުއްވާ ފަރާތަށްދެވޭ ހިތްވަރެއްމިކަރަދުކުރަން އެންމެއެކަށީގެންވަނީ ބެލުމެއްނެތި ބާރަށްދުއްވިފަރާތް އެހެންނޫނީ މިކަމުން މިފަރާތަށްލިބުނުގެއްލުމެއްކޮބާ؟
    ހުރިހާގެއްލުމަކާ ހިތާމައެއް ކުށެއްނެތްފަރާތަަކށް މިއީ ރަގަޅުގޮތެއްތޯ؟

  21. ކަނބުލޮ

    މީ ކިހާ ބޮޑުވެއްޖެކަމެއް .. ހަމަ އެހާބާރަށް ނުދުއްވައެއް ނުވޭތަ؟ ކޯނޗެއް ނުލިބިގެންތަ އެހާ ބާރަށް ދުއްވަނީ

  22. ޝާނާ

    އާއިލާއިން މިކަން ކުރި ފަރާތުގެ އަތުން ބޭސްފަރުވާއަށް ޙަރަދުވާ ފައިސާ އަނބުރާ ހޯދުމަށް ކޯޓަށް މައްސަލަ ފައިލް ކުރުމަށް ގޮވާލަން، ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން މިކަން ކުރެވެން އޮއްވާ ގިނަފަރާތް ތަކަށް މިކަން ނޭގި އޮތުމުން މި ފަދަ ކަން ކަން ޢާންމު ވަމުންދަނީ މީ ވަރަށް ދެރަ ކަން ކަން މި ކަން ކުރާ މީސް މީހުން ޒިންމާދާރު ކުރުވަން އެބަ ޖެހޭ!