އެމްއެމްޕީއާރްސީ މެދުވެރިކޮށް ދިވެހި ދައުލަތައް ލިބެން ޖެހޭ ފައިސާ ފޭރިގަތް މީހުން އެފައިސާގެ ތެރެއިން ބައެއް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފަށާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަށް ދީފައިވާކަން ބޭޒާރު ވުމުން އެދެބޭފުޅުން ގޭގައި މަޑުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިވަނީ އަންގަވާފައެވެ. ފުރަތަމަ ފެށުނު ހިސާބުން ރައީސްގެ ނިންމުން ވަރަށް ފުރިހަމަ އެވެ. އެހެންކަމުން ރައީސްގެ ނިންމެވުމަށް ޝުކުރާއި މަރުޙަބާ ރައްދު ކުރަން ޖެހެއެވެ.

ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް ކޮރަޕްޝަންގެ މޫތައް އެބައޮތެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާ އޭރުގެ އިދިކޮޅު ފަރާތްތަކަށް ވެސް ލިބިފައިވާ ކަމަށް ކުރެވުނު ޝައްކު މިއަދު މިއޮތީ ޔަގީންވެފައެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރަން އޮންނަ އެންމެ ބޮޑު ހުރަހަކީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ އާރާއި ބާރު ތަޙްޤީޤީ އިދާރާތަކަށް ފޯރާފައި އޮތުމެވެ. މިއަދު ރައީސް އެނިންމެވި ނިންމެވުމުގެ ސަބަބުން ނުފޫޒު ގަދަ ދެބޭފުޅަކު ސަރުކާރުގެ ރަސްމީ މަސައްކަތުން އެއްފަރާތައް ޖެހިގެން ދާނެއެވެ. ނަމަވެސް އެއީ އެބޭފުޅުންގެ ނުފޫޒެއް މައްސަލައިގެ ތަޙްޤީޤަށް ނުފޯރާނެ ކަމަށް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތައް މަގާމުން އެއް ފަރާތް ކުރުމަކީ މީގެ ކުރިން ވެސް ރާއްޖޭގައި ހިނގާފައިވާ ކަމެކެވެ. މަޝްހޫރު އެފްޕީއައިޑީގެ ހިޔާނާތާއި ގުޅިގެން އިލްޔާސް އިބްރާހިމް ވެސް ދައުލަތުގެ މަގާމުތަކުން ވަގުތީ ގޮތުން ދުރުކުރިއެވެ. ނަމަވެސް މައްސަލައިގެ ތަޙްޤީޤު ނިންމީ ރައީސް މައުމޫން ބޭނުންފުޅުވި ގޮތައް، އިލްޔާސް ކުށްވެރިނުވާ ގޮތަށެވެ. ތަޙްޤީޤަށް ފަހު އިލްޔާސް އެނބުރި ވަޑައިގެންނެވީ ކުރިއަށް ވުރެ ވެސް އާރާއި ބާރުގައެވެ.

އޭގެ ފަހުން އިހައް ދުވަހު ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ބައެއް ބޭފުޅުން މަގާމުތަކުން ދުރުކުރިއެވެ. ނަމަވެސް މަގާމުތަކުން ދުރުކުރުމަށް ފަހު ޖެހިގެން އައި ދުވަހު އެއަށް ވުރެ މާމަތީ މަގާމެއް ބައެއް ބޭފުޅުންނަށް ހަމަޖެހިގެން ދިޔަ މަންޒަރު ފެނުނެވެ.

މިއަދު މަހްލޫފާއި، އަކްރަމް ގޭގައި މަޑުކުރައްވަން ރައީސް ނިންމެވިއިރު ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވިފައިވާ ދެބޭފުޅަކު މަގާމުގައި މިހާތަނަށް ބޭތިއްބެވުން އެއީ ރައީސް އެންމެ ރަނގަޅަށް ކުރައްވާފައި އޮތް ކަމެއް ނޫނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޤާނޫނުގައި ކޮމިޝަނުން ނެރޭ ރިޕޯޓްތައް ނެރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރަން ލާޒިމް ކޮށްފައި އޮވެއެވެ. އެހެންކަމުން މިއަދު ރިޕޯޓް އާއްމު ކުރުމުގެ ކުރިން ރައީސް ޞާލިހަށް ރިޕޯޓް އޮންނާނީ ފެނިވަޑައިގެންފައެވެ. އެއީ ކުރީ ސަރުކާރުގައި ރިޕޯޓް ރައީސް އޮފީހަށް ފޮނުވި ނަމަވެސް ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި ރައީސް ޞާލިހަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރިޕޯޓް ބެއްލެވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ވާނެތީއެވެ.

އެހެންކަމުން ރައީސްގެ ނިންމެވުން މިއައީ މާބޮޑަށް ވެސް ލަހުންނެވެ. ނަމަވެސް ރައީސްގެ ނިންމެވުމަކީ މިހާތަނަށް އެމަނިކުފާނު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމެވެ. ސިޔާސީ ސަބަބުތަކަށްޓަކައި ވަކި ބޭފުޅެއްގެ މަސްލަހަތު ހިމާޔަތް ނުކުރައްވާނެ ކަން ރައީސް ޞާލިހް އަމަލުން ދައްކަވައި ދެއްވާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ރައީސް ޞާލިހް މިއަދު ނިންމެވި ނިންމެވުމަކީ މީގެ ކުރީގެ ތާރީޚް އިއާދަވުން ކަމަށް ވެގެން ނުވާނެއެވެ. މިއީ ހަމައެކަނި މަންޒަރު ރީތި ކޮށްލުމަށް ކުރި ކަމެއް ކަމަށް ވެސް ވެގެން ނުވާނެއެވެ.

ރާއްޖޭގެ ނިޒާމްތައް ހުރި ގޮތުންނާއި މައްސަލައިގެ ތަޙްޤީޤު ކުރާ އިދާރާތައް ހުރި ގޮތުން މިއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ތުހުމަތުތައް ކަށަވަރު ކުރެވޭނެ ހެކިތަކެއް ހޯދުން އެއީ ކުރަން ދަތި ކަމަކަށް ވާނެއެވެ. އެހެންކަމުން ހެޔޮ ނިޔަތުގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވާ މަސައްކަތް އަމަލީ މައިދާނުގައި ދައްކަވައި ދެއްވުމަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ދެބޭފުޅުން މަގާމުން ދުރުކުރުމުގެ ގަޓް ރައީސް ޞާލިހްގެ ކިބައިގައި ހުންނަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ރަސީދު

    ތީ މަޖިލީސް އިންތިހާބާ އިންޑިޔާގެ ޑިލުތައް މަތިޖަހަން ކުރާކަމެއް އެހެން ނޫން ނަމަ ފުރަތަމަވެސް އަލީވަހީދު އައް މިނިސް ޓަރުކަމެއް ނުދިނީސް ކޮންތާކުން ފައިސާހޯދާގެން ގޯތި ގަތީ އެމްޑީޕީ އައް ބަދަލުވުމައް ފަހު ގަނެލީގޯއްޗެއް

    25
    3
  2. އަބުދުއްލޯ

    ތި އިބޫ އައް އޮއްނާނީ ކުރިންވެސް ތިރިޕޯޓު ފެނިފަ ކީއްވެބާ މިނިސްޓަރު ކަން ދިނީ އިގި ހުރެ މިޖިލީސް ކެން ޕޭން އިންޑިޔާގެ ޑިލް ތައް ފޮރުވަން

    25
    5
  3. ޜާއްޖެ އިސްލާމް

    ގަޓްހުރިކަން އަދި ނޭގޭ މި ޖަރީމާ ހިންގާފަވަނީ އެމްޑީޕީ ބައިވެރިވެގެން. ޢިބޫގެ ކެންޕޭނަށް އަންނި މެދުވެރިކޮއް އަދީބުވަނީ ޚަރަދުކޮއްފަ އަދީބު ޖައްލައްދިޔުމުގެ ކުރިން އަދީބުގެ ލެޕްޓޮޕާ މޮބައިލް ފޯނު އަންނިއާ ހަވާލުކުރިކަމަށް އަންނިވަނީ ބުނެފަ އިންތިހާބު އޮޅުވާލުމަށް އިސީއަށްވެސް ހަމަ މިފައިސާ ވަނީ ޚަރަދުކޮއްފަ.

    އެކަމުގެ މިސާލަކީ އަދީބު ޕާރޓީ އުފައްދަން އީސީއަށް ފޯރމްތަށް ހުށަހެޅިތާ 24 ގަޑިއިރުނުވަނީސް އީސީއިން ވަނީ އެޕާރޓީ ރަޖިސްޓްރީ ކޮއްދީފަ އެހެންނަމަވެސް ކޮންގްރެސް ޕާރޓީ ރަޖިސްޓްރީ ކުރަން ވެއްދިތާ މަސްދުވަސްޥިއިރުވެސް ރަޖިސްޓްރީ ކޮއްދީފައެއް ނުވޭ.
    މިކަމުގައި ބައިވެރިވި މީހުންގެ ޢަދަދަށް ބަލާއިރު ގިނައީ އެމްޑީޕީ މީހުން އަނދުންގެ، ޝޭޑީކެބިމް ރާފިއު، މަހްލޫފް، އަކްރަމް ކަމާލުއްދީން، މެގަޗިޕް، މެޑިކުއިޕް، އަދިވެސް އެމްޑީޕީގެ އެތައްބައެއް.

    ގަޓްހުރިކަމަށްވާނީ އިބޫ އިސްތިއުފާދިނީމަ.

    ހެއްވާކަމަކީ ރައީސް ޔާމިންއަށް ތުހުމަތުކުރާ 1މިލިޔަން ޑޮލަރު ނޫނީ އެއްވެސް ފައިސާއެއް ބޭނުންނުކޮއް ހުރިކަމަކަށް ނުވޭ އެކަމަކު ދަޢުވާކުރަން މިފޮނުވީ ރައީސް ޔާމީންގެ މައްޗަށް . ކޮންކަހަލަ ބޮޑު ޖޯކެއް. ހަހަހަހަހަ

    26
    6
  4. އަބޯ

    އަލީވަހީދު ގަތް ގޯތިތަކަށް ދެއްކި ފައިސާ ލިބުނުގޮތް އެންމެ ރަނގަޅަށް ދަންނާނެ އެކަކީ ވެސް ރައީސް ސާލިހް . ކޮލިގޭ މީހުންށް ދިންފަޅުރަށްތަކާ އެރަށްތައްދިނުމަށް އުފެއްދި ސަރުކާރުގެ 5% ހިއްސާވާ ކުންފުންޏާ ސަރުކާރުގެ 5 % ހިއްސާ ސަރުކާރުން ދޫލޮށްލާ ކުންފުންޏަށް 100 % މިލްކުވާގޮތަށް އޮތް އޮތުމާ އެގްރީމެންޓްގެ ބޭރުން މަޖިލީހުގެ މެމްބަރަކު ގަނެދިނުމުޑީލް ވެސް ސާލިހަށް އެގި ވަޑައިގަންނަވާނެ. އެޑީލްގެ ދަށުން އަލީވަހީދަށް ދޭންހަމަޖެއްސިފައިސާ ޖަމާކުރި ގޮތްވެސް ސާލަހަށް އެގިވަޑައިގަންނަވާ ނެ

    21
    2
  5. ބެއްޔާ

    އިބޫ ތި ފައިސާގަ ނުޖެހި ސަލާމްވިހެން ހިއެއްނުވޭ. ފ. އަތޮޅުގެ މައްސަލައިގައި އެމްޑީޕީ މެމްބަރުން ވޯޓްލިދިވަހު ނެރެފައިއޮތީ ފްރީލައިންވިޕެއް. ސުވާލު އުފެދޭ. މިހާރު ތިދައްކަނީ ތިމާ އަލިފެއްހެން ހުރިކަން. ވަރަށް ގަބޫލެއްނުވޭ ތި ފައިސާގަ ނުޖެހި ހުންނާނެހެން.

    19
    7
  6. މެސީ

    ރަނގަޅު ނިންމެވުމެއް.

    6
    10
  7. އަބޯ

    ރައީސް ގަޓް ހުރިކަމަށް ބަލާނީ ނަސީދު ގެވެރިކަމުގާ ފިނޭންސްގާ ހުރި ޑޮލަރު ބްލެކް މާކެޓަށް ނެރެ ނަސީދު ވިއްކެވިކަމަށް ތުހުމަތު ކުރާ މައްސަލަޔާ، ޑިޒާސްމެނޭޖްމަންޓުން 60 މިލިއަންރުފިޔާ ވަގަށް ނަގާ ނަސޫގެ ދަތުރުތަކަށް ބޭނުންކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަޔާ. މަޖިލީހުން ފާސްކުރި ގާނޫން ތަސްދިގު ނުކޮށްބައްވާފަ ޖީއެމްއާރު އަށް އެއާޕޯޓްދި އެގްރީމެންޓްގާ ސޮއިކުރީ ނަސީދު ވެލެއްވިހިޔާނާތެއްކަމަށް ތުހުމަތުކުރޭފޭ މުއާމަލާތަކަށްވާތީ އެފައިސާ އިންލިބުނުގެއްލުން ހޯދުމަށް ނަސީދުގެ މައްޗށް ދަޢުވާ ކޮށްބަލަ އަދި ޖީއެމްއާރާއި ނަސީދުގެ ސަރުޔކާރު ގުޅިގެން ރާއްޖެއިން ގިނައަދަދކަށް ދޮންވެލި ކަޒަކިސްތާނު ހޮޓަލަށް ވިއްކާފަިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ ވިއްކާ ލިބުނު ފައިސާއަށް ވީގޮތެއް އަޅެ ހޯއަދަވާ ދެއެްވަ ބައްލަވަ ގަޓްހުރިކަން އެގޭނެ މިހުރިހާކަމެއްވެސް ސާލިހަށް ވެސް އެގޭނެ.

    13
    1
  8. ...

    ޢިބޫ ވިީމަ ގަޓު. ޔާމިން ސަރުކާރުަގަ ވީ ކަމެއްނަމަ އަނިޔާވެރި.. ވަރަށް މޮޅު.ތީތި ކަޑަ.

    23
    3
  9. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތީ ދައްކާލުމެއް.. ތީގެ ޕްލޭން ބީ މިހާރު އިންނާނީ ރާވާފަ.. ބަލަންތިބޭ ތި ގޭގަ މަޑުކުރަންބުނި މީހުން ހުދުކާފޫރަށް ވާގޮތް.. މިކޮމެންޓް ސޭވްކޮށްލާފަ ބައިންދާ ޕްރޫފަކަށް..

    13
    1
  10. ސލ

    ރ އިބޫ ސޯލިހްގެ ނިންމެވުން ލަސްވުމަކީ ދެރަކަމެކެވެ ކޮރަޕްޝަންގެ ތުހްމަތުކުރެވޭ ފަރާތް
    ތައް ކުށުންބަރީއަ ވުމުގެ ފުރުސަތު ރަނގަޅަށް
    ލިބިފައިވާކަމަށް ވާނަމަ ކުށް ސާބިތުކުރުމަކީ
    އުނދަގޫ ކަމަކަށްވާނެއެވެ ތަފާތު އުކުޅުތައް ބޭނުން ކޮށްގެން މަޅީގައި ތާށިނުވެ ދެމިގަންނާ
    އެވެ.

  11. އޮޅާލީތޭ

    އޭސީސީ ރިޕޯރޓް ނެރުން ލަސްވުމުން ރައީސް އިބޫ އަށް ސުވާލު ކުރެވިއްޖެއޭ މަމެން ވެސް ސުވާލެއް ކޮށްލާނަމޭ އިބޫ ގާތުން އިބޫ ގާތު މަމެން ބުނެލަން ބޭނުން އެއްޗަކީ އެއީ މަމެންނަށް ނޭނގި ރާއްޖޭގެ އެއްވެސް ނިއުސް އެއް ބްރޭކް ނުވެއޭ އެ ނިއުސް ނުކިޔާ އަދި މަމެން ނުބަލާ ޓީވީ އެއްވެސް ނުހުރެއޭ އަޑު ނާހާ ޚަބަރެއް އަދި އިންޓަވިއު އެއްވެސް ނުހުރެއޭ މަމެން އަޑުއެހީމޭ އިބޫ އަނަގައިން ބުނި އަޑު ކޯލިޝަން އެކުގައި ކަމަށްވާދަ ކުރާނީ މަޖްލީސް އިންތިޚާބުގައި މިހާރު އެއޮޅާލީތޭ

    6
    1
  12. އެލެކްސް

    ރައީސް ސޯލިހު ސޯލިހެއް ނުވި. ތިޔަ ބުނާވަރުގެ ހިތްވަރެއް ހުރިނަމަ ކަނޑާ އެއްލާލާނީ ހިތްވަރު ނެތީ ގަޓެއްވެސް ނެތް

    18
    4
  13. އެވެސްއޭ

    އިބޫ އަށް ފެންނަނީ އެއީ އޭސީސީން ރިޕޯރޓް ނެރުން ލަސްވީމާ އެކަން އެކަނިތޭ ދެން ރައީސް އޮފީސް ޕޮލިސީ ޑިޕާރޓްމެންޓަށް ދުވާލަކު އެބަ ތަޅާ ނަގާ 10 މިލިއަން ރުފިޔާ އެތަނުގެ މުވައްޒަފުންގެ މުސާރައަށް އެމެން މުސާރަ ބަނޑުފުޅު އަޅުއްވަމުންދާއިރު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ވަނަ ތައް ދިވެހި ކުދިން ގެންނައިރު ރިސޯރޓްސް ތަކުގެ ޖީއެމް ގެ މަގާމަށް ބޭރުމީހުންނަށް ވާރކް ވިސާ ދެނީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ފަރުވާކުޑަވުމޭ ފަރުވާ ކުޑަ ވުން އެއީ ވެސް ރޯ އޮރިޔާން ކޮރަޕްޝަނޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ސައުދީ އަށް ގޮސް ވެސް ސައުދީ ބޮޑެތި ފިރިހެނުން ކުރިމަތީ ފޫކޮޅު ދައްކައިގެން މުޅި ސައުދީ ގައި ދިވެހިންގެ އަދި ދިވެހިރާއްޖޭގެ އަގު ވައްޓާލީއޭ އެއީ ވެސް ކޮރަޕްޝަނޭ އެ ކޮރަޕްޝަން ވެސް ބެލެވޭނީ އެއީ ޒީރޯ ޓޮލެރެންސް ދޭން ޖެހޭނެ ކޮރަޕްޝަނަށޭ...

    8
    1
  14. ނެރެފިއޭ

    އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަށް ވުރެން ވަކި ކުޑަ ކޮރަޕްޝަނެއް ނޫނޭ ރައީސް އޮފީހާއި އިމިގްރޭޝަން އާއި ގުޅިގެން މިހާރު ވެސް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނުހޯދަން ވެގެން އަދި އެކަން ފުލުހުންނާއި ހަވާލު ނުކުރަން މަސައްކަތް ކުރުން އެއީ މިކަން ނުކުރަން އެންމެ ބޮޑަށް ބާރު އަޅަނީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ނޫންތޭ ދެން މިކަމުގެ ސަބަބުން ދައުލަތަށް ގެއްލޭ ވިސާފީ އިންޝުއަރެންސް މެޑިކަލްސް ފައިސާ މީ ވައްކަން ނޫން ދެން ކޮން ކަމެއްތޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އެބަހުއްޓޭ ސަރުކާރުގެ އެކި އެކި ފޯރަމްސް ތަކުގައި މަމެން ރަށްޓެހި އަންހެން ކުދިން ގާތު ބުނެފައި ޕީޕީއެމް ގެ ކުދިން ވަޒީފާ އިން ވެސް ކަނޑާލާނަމޭ އަދި އެެމެންނަށް ދިން ފްލެޓް ވެސް އަތުލާނަމޭ މީ އެމެންގެ ވެރިކަމޭ އެމެން ބޭނުން ގޮތެކޭ ހަދާލާނީ ތެޅި ތެޅި ތިބެން އޭ ޖެހޭނީ މިހާ ލަދު ހަޔާތް ކުޑަކޮށް ކޮރަޕްޝަންގެ ކަންކަން ރައީސް އޮފީސް ތެރޭގައި ތިބި ރައީސް އޮފީސް ޕޮލިސީ ސެކްރެޓަރީ މެން ހިންގާއިރު ވެސް އެކަން ނުބެލޭ ދޯ ރައީސް އިބޫ އަށް އެކަމަކު އޭސީސީ ރިޕޯރޓް ނެރުން ލަސް ވިނަމަވެސް އެމެން ރިޕޯރޓް ނެރެފިތާދޯ..

    4
    1
  15. ގޮނާސަކް

    އޭސީސީ ރިޕޯރޓް އާންމު ކުރުން ލަސް ކުރުން އެއީ ރައީސް އިބޫ ކަން ބޮޑުވާކަމެއް ކަން ފާހަގަ ކޮށް އާންމު ތަންތާނގައި އެވާހަކަ ދައްކައިގެން ކްރެޑިޓް ކާލަން އުޅުއްވުން ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ ދޯ ދެން ކިއެއްވެތޭ އިބޫ ވެރިކަމަށް އައި ދުވަހުން ފެށިގެން ސަރުކާރަށް ވިސާ ފީ ނުދައްކާ އަދި އިންޝުއަރެންސް ފީނުދައްކާ އަދި ރެވެނިއު ސްޓޭމްޕް ނުގަނެ ގަވާއިދާއި ޚިލާފަށް ބަންގާޅީން ރާއްޖޭގައި އޯޕަން ކޮށް މަސައްކަތް ކުރަަމުންދާއިރު 3 މަސް ވީއިރު ވެސް މިކަން ނުބެލޭ ދޯ ރައީސް އޮފީހަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން އިމިގްރޭޝަން ގައި ތިބި އެމެންގެ ރަށުގެ ކޮރަޕްޓް ކާރޓެލްސް އިންނާއި ގުޅިގެން ބަންގާޅީން އަތުން ކަޓް ޖައްސައިގެން އެފައިސާ އަށް އަގު ބޮޑު ޖަނގިޔަލާއި ބްރާ އާއި ހެދުން ގަތުން އެ ރިޕޯރޓް މައްސަލަ އެއް ނެތް ދޯ ނުނެރުނަސް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...

    4
    1
  16. ާއިބޫ

    އެއީ އިބޫގެ ގަޓުހުރި ކަމެއް ނޫން. އަންނި ބޭނުންވާ ބަޔަކު ބޭރުކުރަމުން މިހާރު އެދަނީ. ނައިބު ރައީސް ވެސް ގޭގަ މަޑުކުރަން އަދި އަންގާނެ. ދެން އަންނި ނައިބު ރައީސް އަކަށް ގެންނާނެ. އޭގެ ފަހުން އިބޫ ބޭރުކޮށްލުމުން އަންނި ރައީސް އަކަށް ބަދަލުވާނެ. އެދުވަހު ވަގުތު އިން މިކޮމެންޓު ހައިލައިޓު ކޮށްލަދޭތި.

    5
    1
  17. ދދދދ

    މަޖިލިސް އިންތިޚާބު ކުރިއަށް އޮތީތީ މާތް މީހެއް ކަމަށް ދެއްކެން އެއުޅެނީ. ރިޕޯޓް ނެރުނީތީ މިހާރު ރުޅި ގަދަވެގެން އުޅޭ ވާހަކަވެސް ތަންގަނޑު މީހުން އެބަކިޔާ. މަޖިލިސްތެރޭ ބެހި ލާރި ގޯންޏަށް ވީގޮތްވެސް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވަނީ މި މަނިކުފާނު ވިއްޔަ. ރުޅި އަންނާނެނު. ކޮބާ ކުޑަކުއްޖަކާ ބެހުނު ހޯރަ އިބްރާހީމް؟ އޭނައަކަށް ގަޓެއް ނުދެއްކުނެއްނު.

    5
    1
  18. ާަާަަައަސްލު

    ކްރަޕްސަނައްވުރެ ﷲހަޒުރަތުގަ ބޮޑީ ޝިރްކް ﷲއަށް ފުރައްސާރަކުރާމީހުނފުރައްސާރަކުރާމީހުން ނައް ދޭންޖެހޭ ހައްގުއަދަބުދިނުް..އާނިޔާ އަކީ އެތައް ފަހަރަކު ނަސޭހަތްދީފަހުރި މަރަންޖެހޭ މީހެއް...ނުކެރޭނެ ސޯލިހް އަކައް އެކަން ކުރާކައް...ސީޕީ ހަމީދް އަދި އިބޫގެ ފަހެރި އަކީ އެއްޖިންސުން ގުޅުން ހުއްދަކޮއް ޓްވިޓްކޮއްފަ ހުރި ދެ އިބީލީހުން ނިކަން ގަޓްހުރިއްޔާ އަދަބްދީބަލަ..އިޔާޒްމެން މޮޔަނުގޮވާ..

    6
    1
  19. ދޮންބެ

    ވަރައް ހަޓުހުރިޟް އިންޑިޔާ އައް ދިބެހިރާއްޖެއަޅުވެތި ކޮއް އެއްޖިންސުން ކަވެނިކޮއް އަމިއްލަ ސަރުކާރުގަ އިސްލާމު ދިނައް ދެކޮލައް ހިތައް އެރި އެއެއްޗެއް ގޮވެނީ

  20. ޖަރީމާ

    ގަޓް ހުރިކަމަށް ޤަބޫލު ކުރާނީ އަންނި ވެރިކަމުގަ ވީ ޚިޔާނާތް ކަމަށް އޯޑިޓް ރިޕޯރޓް ތަކުގައިވާ މައްސަލަތައް ބަލައި، ރައީސް އިބޫ އެ ޚިޔާނާތް ތަކުން ބަރޯއަ ވެއްޖެނަމަ.

  21. ނުރަބޯ

    ބަލަގަ މިތިބަ މޮޔައިންނޭ. ދެން އިވިގެންދާނީ އޭސީސީ އިން ނެރުނު ރިޕޯޓްގައި މައްސަލައެއް އުޅޭކަމަށް ރީނދޫ ކޮއިލުން އަންގާ އަޑެވެ. ދެން އެހިސާބުން ރީނދޫ އެންމެން ސަލާމަތްވާނީ އެއްވެސް ކުށެއްނެތް ކަމަށްވެގެންނެވެ. އޮޑި ދުއްވޭނީ ކެޔޮޅު އަންގާ ގޮތަށެވެ. ބަލަންތިބޭށެވެ.

    8
    1
  22. މަސްވެރިޔާ

    ލޮބްވެތި ރައްޔިތުންނަށް
    ދިވެހިރާްޖޭގައި ރިޝޮވަތުގެ ހުތުރު ވަބާ ފާވެ ބާރު ސްޕީޑްގައި ހިގަންފެށީ ރ. މައުމޫންގެ ވެރިކަން ފެށުނު ހިސާބުންނެވެ.
    ނުހައްގުން މުއްސަދިކަން ލިބި ފޮރޮވިފައިވާ ޅިޔަނު އިއްލިޔާސް. އޭނާގެ އކ 1978 އަހަރު ހުރިކަމަށްވަނީ 25000ރ އެވެ.
    ކަރަޕްޝަންގެ .. ގަސް އާދަޔާ ޚިލާފަށް ރޯވެ އެފްޕީ އައިޑީިގެ ޚިޔާނަތުގައި 35 މިލިއަން ޑޮލަރ ގެއްލި އަދިވެސް ރިކަވަރނުވެއެވެ. ރިސޯޓްތައް ކުއްޔަށް ދިނުމުގައި ޒަކިއްޓޭމެން 12 އަހަރު ދިދަ ޖަހާލިއެވެ. ސަރުކާރުގެ އެއްވެސް ޕޮރޮޖެކެޓްއެއް ހަދިޔާ ނުދީ ލިބިފައި ނުވެއެވެ. މިފަދަ މޫލާ އަބުދުﷲ ޝާހިދުމެންގެ ވިސްނުމާއި އެއްގޮތަށް އިންޓްރެސްޓް ފުރީ ލޯނު ކިތައް ފަރާތަށް ދިންހެއްޔެވެ. މިއަދު ވަރަށްކެރިގެން މެންބަރުން އެތިބީ ނީލަމެއްގައި ކަން ހިނގާގޮތަށް އޭނާގެ ވޯޓުން މުއްސަދިވެ މުއްސަދިވާށެވެ. އަހަރަމެން ރައްޔިތުންންމެ 3000 ރ ނުވަތަ 60 މަސްދުވަހަށް ދުވާލަކަށް އެންނެ 2 ރ އަށް އަމިއްލަ ނަފުސު ވިއްކުމުގެ ބަދަލުގައި ކެރިގެން މަވޯޓްދޭނީ އެންމެ ގާބިލް މީހާށޭ ވިދާޅުވާން ކެރިގެން ނޫނީ ފަސާދަ ނުފިލާނެއެވެ.

  23. ބޯހަލާކު

    ސަޅި ހަބޭސް ނިންމުމެއް ރައީސް ސޯލިހު ގެ ނިންމުމައް ސެލިއުޓް ކުރަން

    10