އެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދިރުވާލައިގެން ތިބީ ކޮންބައެއްތޯ ކުރެވޭ ސުވާލަށް ދޭނެ ކޮންމެވެސް ވަރެއްގެ ޖަވާބެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަޙްޤީޤު ރިޕޯޓުން އެއޮތީ ފެންނާށެވެ. އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އިން ހުރިހާ ފަރާތެއްގެ ސިޔާސީ ބޭފުޅުންނަށް އޮތީ ބައިއަޅާފައެވެ. އެއީ ކުރިން ވެސް ދެކެވުނު ވާހަކައެވެ. މިއަދު އެޝައްކު ޔަގީން ވެއްޖެއެވެ.

ނަމަވެސް އޭސީސީ ރިޕޯޓަށް ފަހު ކުށްވެރިވި އެއްވެސް ބޭފުޅަކު ނެތެވެ. ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ ކޮންމެ ބޭފުޅަކާއި ކޮންމެ ކުންފުންޏަކުން ވެސް ކޮށްފައި އޮތީ ސައްހަ މުއާމަލާތެކެވެ. ކޮންމެ ބޭފުޅަކު ވެސް ޑޮލަރު ގަތީއެވެ. އެއީ އެބޭފުޅުންގެ ވިޔަފާރިއަށެވެ. އެކަމުގައި ނާޖާއިޒް މަންފާއެއް ހޯދުމެއް ނެތެވެ.

އެސްއޯއެފް އަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއް ނޫނެވެ. އެހެންކަމުން އެފަދަ ކުންފުންޏަކުން ޑޮލަރު ގަތުމަކީ އޭގެ ޒާތުގައި ވެސް ކުށެކެވެ. އެސްއޯއެފްގެ ނަމަކީ ރާއްޖޭގައި އުޅޭ އެއްވެސް މީހަކަށް، ހާއްސަކޮށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބަޔަކަށް އޮޅިފައި އޮންނާނެ ނަމެއް ނޫނެވެ. އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރަކީ ކާކުކަމާއި، އޭނާ ހުރީ ކާކުގެ ފަހަތުގައި ކޮން ކަންތައްތަކެއް ކުރަންކަން އޮޅިފައި އޮތްކަމަށް ވިދާޅުވާނަމަ ކޮންމެ ބޭފުޅަކު އެހެން ވިދާޅުވި ނަމަވެސް އެހައްދަވަނީ އިތުރުފުޅެކެވެ.

ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް އިރު އެމަންޒަރު ނުފެންނަ ކަމަށް ހަދައިގެން ބަޔަކު ތިބި ސަބަބު ވަރަށް ބޮޑަށް އެބަ ސާފުވެއެވެ. ގިނަ އަދަދެއްގެ ފައިސާ އޭރު އިދިކޮޅުގައި ތިބި ސިޔާސީ ޕާޓީތަކާއި އަޑުގަދަ ބޭފުޅުންގެ ޖީބަށް އޮތީ ގޮސްފައެވެ.

މިހާތަނަށް ކަށަވަރު ކުރެވިފައިވާ މައުލޫމާތައް ބަލާއިރު އެމްޑީޕީއަށް ފަންޑް ކުރާ ބައެއް ބޭފުޅުންނާއި، ބައެއް ބޭފުޅުންގެ ކުންފުނިތަކަށް އެސްއޯއެފް އިން ޖަމާކޮށްފައިވާ ފައިސާގެ އަދަދު 32 މިލިއަން ރުފިޔާ އަށް އަރައެވެ. އެފައިސާ އެއެކަންޓްތަކުން ނިކުމެގެން ގޮސް އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމާއި ހަމައަށް ނުވަތަ ޕާޓީގެ އެންމެ އިސް ބޭފުޅުންނާއި ހަމައަށް ނުގޮސް އޮންނާނެ ކަމުގެ ކަށަވަރު ކަމެއް ނެތެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޓްރެވަލް އަށް ވެސް ގިނަ އަދަދެއްގެ ފައިސާ ވަނީ ލިބިފައެވެ. ވިލާ އިން ވެސް ބުނެފައި ވަނީ ޑޮލަރު ގަތް ފައިސާ ކަމަށެވެ. ރާއްޖޭގައި ފަސް ރިސޯޓް ހިންގާ ކުންފުންޏަކުން ޑޮލަރު ހޯދަން އެހެން ކުންފުނިތައް ކައިރިއަށް ދާން ޖެހުން އެއީ ސުވާލު އުފައްދަން ޖެހޭ ކަމެކެވެ. އަދި ވިޔަފާރީގެ ވަރުގަދަ ތާރީޚެއް ނެތް އާދައިގެ ކުންފުންޏަކުން ޑޮލަރު ގަންނަން ވިލާ އިން ނިންމި ސަބަބު ވެސް ސާފުވާން އެބަޖެހެއެވެ. ޑޮލަރު ގަތުން ނަމަކަށް އޮތް ނަމަވެސް އެފައިސާ ވިލާ ޓްރެވަލް މެދުވެރިކޮށް ޖޭޕީގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއަށް ވަދެފައި ނުވާނެ ކަމުގެ ކަށަވަރު ކުރެވޭނެ ހެކިތަކެއް ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެވެ.

ދެން ހުންނެވީ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފެވެ. އޭސީސީގެ ރިޕޯޓް އާއްމު ވުމުގެ ކުރިން އެސްއޯއެފް އާއި ވިޔަފާރިއެއް ކުރެއްވި ކަމަށް އެއްބަސްވެ ވަޑައިގެންފައެއް ނުވެއެވެ. އެސްއޯއެފް އިން ޑޮލަރު ޖަމާވިކަން އެނގިވަޑައިގެންނެވީ ދާދި ފަހުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހަމަ އެއާއި އެކު އެފައިސާ އަކީ އާއިލީ ވިޔަފާރިއަކަށް ކޮއްކޮ ގަތް ޑޮލަރު ކަމަށް ވެސް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ޑޮލަރު އެކައުންޓަށް ޖަމާވިކަން މަހްލޫފަށް އެނގިވަޑައިގެންފައި ނެތް ކަމަށް ވިދާޅުވުމުން ސުވާލު ކުރަން ޖެހޭ ސަބަބަކީ އެފައިސާ އަކީ ވިޔަފާރި މުދާ ގަންނަން ޖަމާކުރި ފައިސާ ކަމަށް ވާނަމަ ފައިސާ ޖަމާވި ދުވަހު، އެފައިސާ ކޮއްކޮ އާއި ހަވާލު ކޮށްފައި އޮންނާނެ ކަމަށް ބުއްދީގެ ހަމަތަކުން ވިސްނޭތީއެވެ. އެހެންކަމުން މަހްލޫފް ދައްކަވާ ވާހަކަފުޅު ވެސް ހަމައެއް ނުޖެހެއެވެ.

އެތައް ހާސް ޑޮލަރެއް އަދި ބައެއް ފަހަރު އެތައް ލައްކަ ޑޮލަރެއް ގަންނަން ފައިސާ ދައްކާފައި ހުންނަން ވާނީ ވެސް ބޭންކް މެދުވެރިކޮށެވެ. އެހެންކަމުން އެކަމުގެ ހެކި ވެސް ފެންނަން ހުންނާނެއެވެ. އަދި އެތައް ލައްކަ ޑޮލަރެއް ޖީބަށް ލައިގެން އެއްވެސް ބޭފުޅަކު ބޭރު ގައުމަކަށް ގޮސް ވިޔަފާރި ވެސް ކުރެއްވުން އެއީ ކޮށްފައި ވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ބޭރުގެ ވިޔަފާރި ކުންފުނިތަކާއި އެކު ކޮށްފައިވާ މުއާމަލާތްތައް ވެސް ހުންނަން ވާނެއެވެ. ނުވަތަ އެބުނާ ތާރީޚެއްގައި ރާއްޖެއަށް އެއިން ބޭފުޅަކު މުދާ އެތެރެކުރި ކަމުގެ ލިޔުންތައް ކަސްޓަމްސް އިން ވެސް ފެންނަން ހުންނަން ވާނެއެވެ.

އެމްއެމްޕީއާރްސީ އިން ދައުލަތައް ލިބެން ޖެހޭ ފައިސާ އިން އޭރުގެ ސަރުކާރުން ކުރީ ވައްކަމެވެ. އެވައްކަމުގެ ވަހާއި ރަހަ އޮތީ ހުރިހާ ސިޔާސީ ބޭފުޅުންގެ ކަރު ބުޑުގައި ލާފައެވެ. ސައްހަ މުއާމަލާތެއް ކުރެއްވި ކަމަށް ވިދާޅުވެ އެއިން އެއްވެސް ބޭފުޅަކަށް ސަލާމަތް ވެވިގެން ނުވާނެއެވެ. ކަޅު ފައިސާ ދޮވުމުގައި އެހީތެރި ނުވާ އެއްވެސް މެންބަަރަކު ނެތް ކަމަށް ބުނުމުގެ ޖާގަ އޮތް ވަރަށް ކަންކަން މިވަނީ ސާފުވެފައެވެ.

މިއަދު އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުށްވެރިޔަކު ނެތުމަކުން ހައިރާނެއް ނުވެއެވެ. މިއީ ތާޜީޚް އިއާދަވުމެވެ. އެފްޕީއައިޑީގެ ބޮޑު ކޮރަޕްޝަނާއި އެއާ މޯލްޑިވްސް ބަނގުރޫޓް ވެގެން ދިޔަ މައްސަލަ އާއި މޯލްޑިވްސް ޝިޕިން ލިމިޓެޑް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ކުންފުނީގެ ގޮތުގައި އޮތުމަށް ފަހު ނެތިގެން ދިޔަ އިރު ވެސް ކުށްވެރިވި މީހަކު ނެތެވެ.

ޖީއެމްއާރަށް ވެލާނާ އެއާޕޯޓް ދިނުމުން އެޑްވާސް ޕޭމަންޓްގެ ގޮތުގައި ލިބުނު 70 މިލިއަން ޑޮލަރު ގެއްލުމުން ވެސް ޒިންމާ ވާން ޖެހޭ މީހަކު ނެތެވެ. އައްޑޫ ކޮންވެންޝަން ސެންޓަރު އެޅުމުގެ ނަމުގައި ދައުލަތުގެ ފައިސާ އިން 700 މިލިއަން ރުފިޔާ ވަގަށް ނެގުމުން ވެސް ކުށްވެރިވި މީހަކު ނެތެވެ. 2008 ވަނަ އަހަރު އައިއިރު ރަށްރަށުގެ ރައްޔިތުން އެހާތަނަށް އެއްކޮށްފައި ހުރި ފައިސާ ސަރުކާރުގައި ތިބި ބަޔަކު ބަނޑުއަޅާލުމުން ވެސް ކުށްވެރިވި ބަޔަކު ނެތެވެ.

އެހެންކަމުން ދެން އެމްއެމްޕީއާރްސީގެ ޚިޔާނާތުން ވެސް ކުށްވެރިވާ މީހަކު ފެނުން އެއީ ނާދިރު ކަމެކެވެ.

މިއޮތީ ޑިމޮކްރަސީ އާއި ސިޔާސީ ރީތި އުސޫލުގެ ވާހަކަތައް އަމިއްލައަށް ތަންފީޒު ކުރުމުގެ ވަގުތު ޖެހިފައެވެ. ޕެނަމާ ޕޭޕާސް އާއި ވިކިލީކްސްގެ ޑޮކިއުމެންޓްތައް ލީކް ވުމުން އެއްވެސް މީހަކު ކުށްވެރިވާ ކަމަށް އެއްވެސް ކޯޓަކުން ޙުކުމެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އެލިޔުންތަކުގައި ނުކިއްސަރު ކަމެއް ކޮށްފައިވާކަމަށް ހަމައެކަނި ޝައްކު ކުރެވުނު ބޭފުޅުން ވެސް މަގާމުތަކުން އިސްތިއުފާ ދެއްވީއެވެ. ޑިމޮކްރަސީގެ ވާހަކަ ދެއްކެވުމުގެ ގަޓް ހުރިނަމަ އަމިއްލަފުޅަށް އިސްތިއުފާ ދެއްވަންވީ ވަގުތު މިއޮތީ ޖެހިފައެވެ.

ބާރުގަދަ ވެފައި ނުފޫޒު ގަދަވުމުން މީޑިއާތަކުގައި ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެއެވެ. އެސްއޯއެފް އާއި އެކު ކުރީ ސައްހަ މުއާމަލާތެއް ކަމަށް ވެސް ވިދާޅުވެވިދާނެއެވެ. ނަމަވެސް ތިފަދައިން ދައްކަވާ ވާހަކަފުޅަކަށް މިހާރު ރައްޔިތުން އިތުބާރެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބޮއިކަޓް ޢަލީ

    ކޮންމެ ގޮތެއްވިޔަސް ދިވެހިންވެސް ވޯޓުދޭތީ މައްސަލަޔަކީ

    26
    1
  2. ސއ

    މިކަން ކުރި އެންމެން އެއްގަލަކަށް އަރައި މިކަމުން ގާނޫނީ ގޮތުން ސަލާމަތްވާނެ. ބޭނޭނީ ދަށު ފަންތީގެ މީހަކު. ގެރެންޓީ

    36
    1
  3. ލަބީބު

    ރައީސް ޔާމީންއަށް ވަގަށްގޮވި ވަގުން ތިޔަ ފެންނަނީ!

    48
    3
    • އޭނާރކީ

      މިއީވެސް ޔާމީނު އަޑީގަ ހުރެގެން ހިންގި ކަމެއް.

      2
      6
  4. މަސްވެރިޔާ

    މިއީ ވަރަށް ސާފު މަށްސަލައެއް. ޑޮލަރ ވިއްކި ކުންފުންޏަކީ އެކަންކުރުމުގެ ހުއްދަނެތް އަދި އެހާގިނަ ޑޮލަރ ވިއްކޭނެފަދަ މާލީ ތަނަވަސްކަމެއް ހުރީ ކިހިނެއްތޯ ނުބަލާ ޑޮލަރ ގަތުމީ ބުލެކް ފައިސާގަތުން. ވިލާ ޓުރެވަލް ކަހަލަ ބޮޑް ކުންފުންޏެއްގެ ހިންގުމުގެ އުސޫލު އޮންނާނެ އަދި އެކްސްޗޭންޖް ޕޮލިސީތައް ޕޮރޮސީޖަރ ގައި އޮންނާނެ. ޑޮލަރ ވިއްކި ބަޔަކީ ސައްހަ ބަޔެއްތޯ ބަލާނެ. ޑޮލަރ ބަހާލި މީހުން އެގޮތަށް އަތުންއަތަށް ނުދީ މުއާމަލާތްކުރީ މިފަދަ ދުވަހެއް އަތުވެދާނެކަމަށްބަލާފަ. ރަގަޅަށް ވިއްޔާ ވީޑިއޯ އާއި އޯޑިއޯވެސް އަދި ލީކްވާނެ. ވެނުމަސް ވެނަށްކާންދީ ޤައުމު ފަނާކޮށް ސިޔާސީ ޕާޓީ ހިންގީމަވެސް އޯކޭ. އަފީފުގެ އކ ފައިސާއަކީ 3 ވަނަ ފަރާތަކަށް ފޯރުކޮށްދިން ހަދިޔާއެއް. އެހެނީ އަފީފުއަކީ އެއިރު ސިޔާސީގޮތުން އެއްވެސް ބާރުވެރިކަމެއް ހުރި ބޭފުޅެއްނޫން. ނޫސްވެރިން އިސްވެސްޓިގޭޓް ކުރަންވީ.. އަޑި ހޯދޭނެ.

    27
    3
  5. ހަބޭސް

    ވަގުުތުގެ އެންމެ ހަބޭސް އެއް އާރޓިކަލް… ރައްޔިތުންގެ ލާރިގަނޑު ކާލައިގެން ތިބި ތިއިން އެކަކުވެސް ސަލާމަތްވިޔަދީގެން ނުވާނެ

    39
    2
  6. ވިސްނާ

    ލިޔުންތެރިޔާ ވިދާޅުވެލައްވާފަދައިން މިއީ ދުނިޔޭގެ އަޖައިބުތަކުގެތެރެއިން އެންމެބޮޑު އަޖައިބު
    ކުށްވެރިވަނީ އެކައުންޓަށްވަތް ރަށްޔިތުންނަށްހައްޤް ރުފިޔާތަށްތޯ ދުވަހަކުވެސް ޖަލަށްލެވޭ ފަރާތެއް
    ކުށްވެރިވެގެން ޖަލަށްލެއްވިކަމަށް އެއްބަހެއްނުވާނެ އެއީވައްކަންކޮށްގެންނަމަވެސް މީހަކުމަރައިގެން
    ނުވަތަގެއްލުންތަކެއްދީގެންވިއަސް ނޫނީގާނޫނާގަވާއިދާ ޚިލާފްވެގެންވިއަސް މިއީވެސް އެކަހަލަކަމެއް

    20
  7. ޑެލްބޯއި

    ކަމެއް ވެގެންދޯ ސޮހޮލެއް ވެރިކަމަށް ކުރިމަތިލާން ހުއްދަދިނީ!! ހޮވުނަސް ސޮހޮލެއް ވާނީ ސޮހޮލަކަށް. "ޒީރޯ ޓަލަރަން" ބަޒްވޯޑް އަކަށް ހައްދަވައިގެން ސެލްފީ ނަގަން އެހުންނެވީދޯ. އެކަން ކުރަން ހުއްދަ ދިނީ "ޑިޔު ޕްރޮސެސް." ކައިރީގައި މަތިހަށި ނަގައިގެން އެހުންނެވީ "އެޖެންޑާ 19" ތަންކޮޅެއް ދުރުގައި ރޭއްވުމުގައި "މާއްދާ 4" ދެ އަތަށް އެބުރެމުން ތޮރުފަމުން އެވަޑައިގަންނަވަނީ" ބުރުމާ" ރައްޔިތުން އެތިބީ "އަތްތެޅި ބަޑި" ޖަހަން. ދުވަސް ނިމޭއިރު ރައްޔިތުން ތިބޭނީ ތިބިތާގައި. ފައިސާ ކޮޅު ދިރުވާލި މީހުން ހެމުން ހެމުން ރައްޔިތުންނަށް ޑެމޮރަސީ ގެނެސްދޭނެ.!!!

    26
    3
  8. ނުރަބޯ

    އަދީބުގެ ބޮޑުޚިޔާނާތުގެ މައްސަލައިގައި ސަރުކާރާ އެމްޑީޕީ މިހާރުއުޅެނީ އަތަށް ގޮވައިގެންނެވެ. ސަބަބަކީ އެމްޑީޕީގެ ބަޔަކު އޭގައި ޝާމިލުވާކަން އެމްޑީޕީ އަށް ކުރިން އެނގި ފައެއް ނެތެވެ. އެހެންކަމުން ރައީސް ޔާމީން އާއި އޭރުގެ ސަރުކާރުގެ ވެރިން ތަޅުއަޅުވާލަން މިއޮތީ މާ ފަހި މަގެއް ކަމަށް ހީވެ އެމައްސަލަ އެޖެންޑާގެ އެއްމެ ކުރިއަށްނެރެ ދުވާލުދާ ހަތަރުދަމު ތަސްބީޙައެއް ކިޔާހެން އެމްއެމްޕީއާރުސީ އެމްއެމްޕީއާރުސީ އޭ ކިޔައިގެން ރީނދޫ ޕްރޮޕެގެންޑާ މެޝިންތަކުން ހައި ނުކޮށް އެވާހަކަ އައީ ފަތުރަމުން ނެވެ. ނަމަވެސް އާޚިރުގައި އޭސީސީގެ ރިޕޯޓް ނިކުތްއިރު އަނހަ ސަހަރޯ ކަމަކުދާކަށް ނެތެވެ. ރީނދޫ މީހުންގެ ތެރެއިން ކަމުވޮށިވެގެންވާ އެކަކުވެސް މީގައި ޝާމިލްނުވެ ނެތެވެ. އެހެންނަމަވެސް އެއިރު ބުޅާ ގޯނިން ބޭރުވެ ރައްޔިތުންނަށް ފެނި އިވި ނިމިއްޖެއެވެ. އަލަކުން ދެން ޙީލަތެއް ހަދައިގެން ބުޅާ ގޯނިތެރެއަށް ވެއްދޭނެ ގޮތެއްވެސް ނެތެވެ. އެހެންނަމަވެސް ރީނދޫ ގާނޫނުގައި ވާގޮތުން ރީނދޫމީހަކު ކުށެއް ނުކުރާނެއެވެ. ކުށެއް ކުރިޔަސް އަދަބު ލިބިގެންނުވާނެއެވެ. “ނޯވަން އިޒް އެބައު ދަ ލޯވ އޭ ކިޔައިގެން ބާރަށް ހަޅޭއްލަވާފަ ރީނދޫ އެންމެންމެ ތިބޭނީ އެބައު ދަ ލޯވ ގައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މިޖަރީމާގައި ބައިވެރިވި ރީނދޫ އެންމެންގެ ކުށް ގަބޫލުކުރުމުގެ ބަދަލުގައި ޚުދު ރައީސް ޞޯލިޙު އެ ރިޕޯޓް ނެރުން ލަސްކުރީ ކީއްވެތޯ ބުނެ، ސުވާލު އުފެއްދި އުފެއްދުމެވެ. އެ ރިޕޯޓް ބިނާވެގެންވަނީ ސާފުސީދާ ހެއްކާ ޤަރީނާ އާއި ބުއްދިގަބޫލްކުރާ ހަމަތަކުގެ މައްޗަށް ކަމަށް ވީ އިރުވެސް ޞޯލިޙު ބަހުގެ ޙަމަލަދެއްވީ އެ ރިޕޯޓް ނެރުން ލަސްވުމުގެ މައްޗަށެވެ. ކޮންމެއަކަސް މިހާރު ކުރަމުންދާ މަސައްކަތަކީ ރިޕޯރޓް ނެރުނުމީހާ ލައްވާ އެ ރިޕޯރޓް ދޮގުކުރުވުމުގެ މަކަރުވެރި އަނިޔާވެރި މަސައްކަތެވެ. މިގޮތުން ރިޕޯޓް ނެރުނުފަރާތަށް ބިރުދައްކާ ފްރޭމްކޮށްގެން އެކަން އެކޮޅުކޮޅުން ޖަހާލުމުގެ މަސައްކަތް ހުރީ މެކުހަށް ޖަހާފައެވެ. ދެން ރިޕޯޓް ނެރުނުމީހާ ބުނަންވިއްޔޯލަ ތިޔަ ރިޕޯޓްގައި އަދި މައްސަލައެއް އެބައުޅެޔޭ އަލުން ރިޕޯޓް މުރާޖަޢާކުރަން ފެނެޔޭ. އެހިސާބުން އެއްކަލަ ރީނދޫ ޕްރޮޕެގެންޑާ މެޝިންތަކުން ބުނާނެ “ ކޮބާކޮބާ ކިހިނެތް ހީވޭހޭ، އެއިރުވެސް އަހަރެމެން ބުނީމު ނޫންހޭ ރިޕޯޓު ކަމަކު ނުދެޔޭ “ އަދި ބޮޑަށް ރަގަޅުވާނީވެސް ރައީސް ޔާމީނު ބުނެގެންނޭ ލަސްކުރީ މިހެން ބުނެފިއްޔާއެވެ. އެހިސާބުން އެއްކަލަ ރިޕޯޓު މަތާރަން ފިލާމަތީ ބާއްވާފަ ގޭގައި މަޑުކުރަން އެންގި ވަޒީރުންނާ އެހެނިހެން ރީނދޫ ބޭކަލުން އަނބުރާ އިހުހުރިތަނަށް ގެނެސް އެމީހުންގެ ކުށެއް ބުށެއް ނެތި ސާފު ހުދު ކުރިކީލަ ކޮޅަކަށް ބަދަލުވެގެން ދިޔައިމަ އެ ނިމުނީއެވެ. މިއީ ޔެލޯ ޑިމޮކްރަސީގެ އުޞޫލުތަކެވެ.

    38
    4
    • ...

      ސަޅި އިނގޭ !????

      11
  9. ާޢަސްލު

    ޜަގަލުވާހަކައެއް ދެކަހަލަވދެމީހެއް ނެތްޤކޮންމެްމީހަކުވެސް ބަލަނީ ތިމާގެޖީބަށް އެތިކޮޅެއް ލެވޭތޯ ޙަރާމެއް ޙަލާލެއް ބަލާކަށް ބޭނުމެއްނޫން މާމިއަދުގެޙާލަތު

    19
    2
  10. ދިވެހި މީހާ

    ޞަދޫމަށް ބަދަލުވީމަ ކުށެއް ނޯންނާނެ

    20
  11. ނުބައިހާނު

    ބޭރުފައިސާ ގަންނަމެވެ.

    ބޭރު ފައިސާ ވިއްކަމެވެ.

    މި އިޝްތިހާރު މި ޤައުމުގަ ޖަހާފަ ހުރި ގިނަ ތަންތަނުގައި ހުއްދައެއް ނޯވޭ. އެބައިމީހުން އެކަން ކުރަނީ ފާޅުގަ އިޝްތިހާރު ކޮށްގެން. އެތަނުން ޑޮލަރު ގަންނަ ޢާއްމު މީހާ މި ކުއްވެރިވަނީ. ކޮންމެ މީހަކަށް ކިހިނެއް އެމީހުންގެ އެއޮށްބޮޑު ލައިސަންސް ދައްކާނީ؟

    13
    3
  12. ބޮކި

    އޯކޭ ! ޔާމީން އެކައުންޓް 100،000 ޑޮލަރު ޖަމާކުރުންވެސް އޯކޭ ދޯ ! ހަމަމައްސަލަ އެއްވެސް ނޫން ދޯ ! ދެން ކޮންވާހަކަ އެއްދޯ ތި ދައްކަނީ......

    5
    16
  13. އާދަނު

    ވަރަށް ރަނގަޅު ލިޔުމެއް.

    11
    3
  14. ވިސްނާ

    ﷲއަށާއި އާޚިރަތްދުވަހަށް އީމާންނުވާބަޔަކު ކޮށްފަ ނުކުރާނެކަމެއް ހަމަ އެއްވެސް އިންސާނަކަށް ނޭނގޭނެ. އެފަދަ ބަޔަކާ ގައުމު ހަވާލު ކުރެވުމުގެ ނަތީޖާ ފެނިގެން މިދަނީ. އެބައިމީހުންގެ އަޤީދާ ހަމަ ބަލިކަށީ. މުދަލާއި ފައިސާގެ އަޅުންނަށް ހަލާކުހުރި. ރައްޔިތުން އިސްލާޙުވޭ. އިސްލާޙުވާން އެދޭނަމަ ފުރުޞަތު ނަގާނުލާ، މިސްރާބު ރަނގަޅު ސީދާ ކޮށްލަން އަވަސްވަމާ. މާޒީން ޢިބްރަތް ޙާޞިލްކުރުމަކީ ބުއްދިވެރީންގެ ސިފައެއް.

    15
    1
  15. ކޮއިފުޅު

    މިގައުމުގެ ޖީޑީޕީ މިހާމަތިއިރުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު މިހުންނަނީ ފަގީރު ގައުމުތަކާ އެއްފެންވަރުގައި.. ގައުމަށް ލިބޭ އާމްދަނީ ފަސާދަ އާއި އިސްރާފަށް ގޮސް ހުސްވާތަން ބަލަން ތިބެން ޖެހެނީ. މިއީ ގައުމުގެ ސަގާފަތް. މާލެ އާއި ރާއްޖެތެރެ އާއި އެހާތަފާތު ބޮޑު. މުރާލި، ކެރޭ ހިއވަރުގަދަ ތެދުވެރި، ރައްޔިތުންދެކެ ލޯބިވާ. ތައުލީމީ ވެރިޔަކު ބޭނުންވަނީ. ޢެކަހަލަ ޓީމެއް ޕާލަމެންޓާއި ކެބިނެޓް ގައި ތިބެންވީ.

    8
    2
  16. މުހަންމަދު.

    މިއޮތީ ކިތަންމެ ރަގަޅަށް ވެސް އަތަށް ގޮވާފައެވެ، މީގައި ރައީސް ސޯލިހުވެސް ޝާމިލް ނުވާނެ ގޮތެއް ނޯއްނާނެއެވެ، ސަރުކާރަށް އޮތް މަޖްލިސް މެޖޯތިޓީ އާއި، ޔާމީނު ވައްޓާލަން ސްޕްރިމް ކޯޠުން އަމުރު ނެރެން މިފައިސާގެ ބޭނުން ކުރިކަން އޭނާ އަށްވެސް އެގޭނެއެވެ. ސުކުރިއްޔާ އާދަމް ނަވާޒު.

    19
    1
  17. ސައައް

    މިކަހަލަ ކަން ކަން ހައްލުވާނީ ބޮލަށް ، ކަނދުރާއެއް ބެލުމެއްނެތި، މުޅިން އައުބަޔަކަު މަޖިލިހަށް އިންތިހާބުކޮށްގެން.

    11
  18. ހަމީދު

    އިބޫގެ ކެމްޕެއިނައް ހެސް ކިޔާފަ އަދީބް ލާރި ދިނީމަ އިބޫގެ ނިގޫ ފިތިފަ، އަގަބަންދުވެފަ ވަކިހިސާބަކުން.

    19
    2
    • އޭނާރކީ

      ޔާގުންޑާ ކަމެއް މީ.

      1
      4
  19. ސައިނީ

    ކަންކަން ކޮލަޓީކޮށް ކުރަންޔާ ނުހިފޭނެ

    4
    4
  20. ގގ

    އެެއްބައި ކޮމެންޓް ރިމޫވް ކުރަނީ ކީއްވެ؟؟

    8
    1