އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކައަކީ ފާއިތުވި ފަސް ވަރަކަށް އަހަރު ރާއްޖޭގައި އެންމެ ވަރުގަދައަށް ދެކެވުނު ވާހަކައެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ގިނަ ބައެއްގެ ޖީބަށް ވަނީ ޖަމާވެފައެވެ. ސަރުކާރުގެ އެންމެ މަތި ފަޑީގައި ތިބި ބަޔަކު ހިންގި އެޖަރީމާގައި އޭރު ސަރުކާރާއި އެއްކޮޅުގައި ތިބި މީހުންނާއި ދެކޮޅުގައި ތިބި މީހުން ވެސް ބައިވެރިވިއެވެ.

މެންބަރުންގެ އަރިހަށް ފައިސާ ދަބަސް ހިފައިގެން ދިޔައީ ތިމަންނާ ކަމަށް މަޖިލިސް މެންބަރަކު ވިދާޅުވުމުން ދެން ރައްޔިތުން މަޖިލީހުގައި ވެދިޔަ ކަންކަން ހަނދާންނަށް ގެންނަވާށެވެ. އޭރު އެމްއެމްޕީއާރްސީގެ ވާހަކަ ދައްކަމުން ގެންދިޔަ ހުރިހާ މެންބަރުން އެވާހަކަ ދެއްކުން ހުއްޓާލީއެވެ. ސަބަބަކީ އެމެންބަރުންގެ ނަންތައް ބޭޒާރުވެދާނެތީ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކޮންމެއަކަސް މިހާރު މިއޮތީ އެމްއެމްޕީއާރްސީގެ ފައިސާ ވަދެފައިވާ އެކައުންޓްތައް އޭސީސީގެ ރިޕޯޓުން ކަށަވަރު ކުރެވިފައެވެ. އެރިޕޯޓުން ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 15 މިލިއަން ދިވެހި ރުފިޔާ ޖަމާކޮށްފައި އޮންނަ މަންޒަރެވެ. އެރިޕޯޓުން ފެންނަނީ އެމްޑީޕީ އަށް ޚަރަދު ކުރާ ފަރާތްތަކުގެ ހިއްސާ އޮތް ކުންފުނިތަކަށް ޖަމާވި ފައިސާގެ އަދަދު އެންމެ މަދުވެގެން ވެސް 126 މިލިއަން ރުފިޔާ (މިއަދަދު އިތުރުވުން ގާތް) އަށް އަރާފައި އޮންނަ މަންޒަރެވެ. އެ ރިޕޯޓުން ފެންނަނީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ވިލާ ޓްރެވަލްސް އަށް 10.8 މިލިއަން ރުފިޔާ ޖަމާކޮށްފައި އޮންނަ މަންޒަރެވެ. އެރިޕޯޓުން ފެންނަނީ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ އެކައުންޓަށް ބައި މިލިއަން ރުފިޔާ ޖަމާވެފައި އޮންނަ މަންޒަރެވެ. މިލިސްޓް ވަރަށް ދިގު ކުރެވިދާނެއެވެ.

ނަމަވެސް މައްސަލައަކީ އެސްއޯއެފް އިން ފައިސާ ލިބުނު އެންމެ ބޭފުޅަކު ވެސް ގޯހެއް ހައްދަވާފައި ނެތުމުންނެވެ. ކޮންމެ ބޭފުޅަކު ވެސް އަދި ކޮންމެ ކުންފުންޏަކުން ވެސް ވިދާޅުވަނީ އެސްއޯއެފް އިން އެބޭފުޅުންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ސައްހަ މުއާމަލާތެއްގެ ތެރެއިން ރަނގަޅު ގޮތުގައި ޖަމާވެފައި ހުރި ފައިސާ ކަމަށެވެ. އެފައިސާގައި ގޯހެއް ނެތް ކަމަށް ވިދާޅުވެއެވެ.

ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައްޗަށް މިފަދަ ތުހުމަތެއް ކުރެވިއްޖެނަމަ އެބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވުމަކީ މައްސަލައިގެ ތަޙްޤީޤަށް ވެސް އަދި ޑިމޮކްރަސީގެ ހަމައަށް ބަލާއިރު ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

މީގެ ދެތިން އަހަރު ކުރިން "ޕެނަމާ ޕޭޕާސް" ގެ ނަމުގައި ލިޔުންތަކެއް ލީކް ވުމުން އެލިޔުންތަކުގައި މައުލޫމާތު ހިމެނުނު ގިނަ ބޭފުޅުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވީއެވެ. އެއީ އެއިން ބޭފުޅެއްގެ މައްޗަށް ކުށެއް ސާބިތުވެގެންނެއް ނޫނެވެ. ނަމަވެސް ހަމައެކަނި ތުހުމަތެއް ކުރެވޭ ފަދަ ކަމެއް ކުރެވިފައި ވުމަކީ ވެސް ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެއްދިދާނެ ކަމަކަށް ވާތީ މަގާމުން އިސްތިއުފާ ދެއްވީއެވެ.

އެސްއޯއެފް އިން ފައިސާ ޖަމާވި ބައެއް ބޭފުޅުން ކުށްވެރިވެ، އަނެއްބައި ބޭފުޅުން ހުދު ކާފޫރަށް ވެގެން ގޮސް މިމައްސަލަ އޭސީސީ އިން ނުވަތަ އެހެން އިދާރާ އަކުން މައްސަލަ ނިންމި ނަމަވެސް އެއީ ހުރިހާ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އެނިންމުމަކަށް ނޯންނާނެއެވެ. އެއީ މުއައްސަސާތަކުގެ ނިންމުން އަންނާނެ ގޮތާއި، އެމުއައްސަސާތަކަށް ބާރާއި ނުފޫޒު ފޯރުވޭނެ ކަން ރައްޔިތުންނަށް މާބޮޑަށް ކަށަވަރު ވެފައި އޮންނާތީއެވެ.

އެއްވެސް ބޭފުޅަކީ އަމިއްލަފުޅަށް ކުށަށް އިއުތިރާފް ވާނެ ބޭފުޅެއް ނޫނެވެ. ކޮންމެ ބޭފުޅެއްގެ ހިތުގައި ވެސް އޮތީ އަމިއްލަ އެދުމާއި، އަމިއްލަ މަންފާ ހޯދުމެވެ. އެހެންކަމުން މަގާމާއި ނުފޫޒު ދޫކޮށްލުމަށް ފަހު ފުރިހަމަ ތަޙްޤީޤަކަށް ފުރުސަތު ދެއްވުމުގެ ވިސްނުންފުޅެއް އެއްވެސް ބޭފުޅަކު ނުގެންގުޅުއްވައެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނަޒާހަތްތެރިވުމެވެ. އިހްލާސްތެރިނުވުމުވެ. އަމިއްލަ އެދުން އިސްކުރުމެވެ. ގޯހެއް ހެދުމަށްފަހު ކުށް ގަބޫލު ނުކުރުމެވެ.

އެސްއޯއެފް އިން ލިބުނު ވަގު ފައިސާ އާއި ބެހޭ ރިޕޯޓް އެސްއޯއެފް އިން އާއްމު ކުރުމުގެ ކުރިން އެއްވެސް ބޭފުޅަކު ނިކުމެވަޑައިގެން އެބޭފުޅުން ކުރައްވާފައި ހުރި މުއާމަލާތްތަކުގެ ތަފްސީލް ހާމަކުރައްވާފައެއް ނުވެއެވެ. މިއަދު އެފައިސާ ޖަމާވިތާ އެތައް ދުވަހެއް ފަހުން ހެއްކަށް ނުފޫޒު ފޯރުވަން ފުރުސަތު ލިބި، އަދި ހެކި އުފައްދަވަން ވެސް ވަގުތު ލިބުނު ފަހުން ދެން ދައްކަވާ ވާހަކަފުޅު ގަބޫލު ކުރުން އެއީ ވަރަށް ދަތިކެމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އޮރިޔާންކޮރަޕްޝަނޭ

    އިބޫ އަށް ރާއްޖޭގެ ވެރިކަން ލިބުނީ އެއީ ކޯލިޝަން ހަތަރު ލީޑަރުން އެއްބަސްވެ އެކައްޗެއް ކިޔާ އެމެންނަށް ރައްޔިތުން ވޯޓް ދީގެންނޭ އޭގައި ޖޭޕީގެ ހިއްސާއޭ އެންމެ ބޮޑީ އެންމެ ބޮޑު ޚަރަދެއް ކުރީ އެއީ ޖޭޕީންނޭ އެކަމަކު އޭނާގެ ކަލްޗަރ އަކީ އެއީ އޭނާ އަށް ކަމެއް ކޮށްދޭ މީހަކު ފޫކޮޅުގައި ސައްޕެއް ޖަހާ ބޭރު ކޮށްލުމޭ އޭނާ އަށް އޭނާ ބޭނުންވާ ކަންކަން ހާސިލްވުމުން އެކަމަކު ރައީސް އިބޫ ނުޖެހޭނެއޭ ޒީރޯ ކޮރަޕްޝަން ގެ ދަށުން ހަމަ އެކަނި އެމްޑީޕީގެ މެމްބަރުންގެ ކެމްޕެއިން ކޮށްދޭން އެބެލެވޭނީ އެއީ ރޯ އޮރިޔާން ކޮރަޕްޝަން ކަމަށޭ...

    14
    4
  2. ޢިބްރާ

    އައްޑޫ މެމްބރު އަސްލަމް ، އައިބީ އަދި ނިޒާރުގެ ކޮށްމެވެސް ކަހަލަ އަޑެއްވެސް ފައުޅުވޭ އެބަ.

    8
    1
  3. ދިސްވޭ

    ނަޒާހަތްތެރިއޭ ކިޔަނީ ރައީސް އޮފީހުން ދަގަމާރު ދަބީތާ ޕޮލިސީ ސެކްރެޓަރީ އަނޭ މެންނޭ އެމްޑަބްލިޔު އެސްސީގެ ޗެއަރމަން އަކަށް މައުސޫމު ހަމަ ޖެއްސިއިރު އޭނާގެ އެކައުންޓަށޭ އެންމެ ގިނަ އަދަދެެއްގެ ފައިސާ ކަހާލާ ފައިވަނީ އެމްއެމްޕީއާރުސީގެ އެކައުންޓުން އެގޮތުން އޭނާގެ އެކައުންޓަށް 60 މިލިއަން ޑޮލަރު ކަހާލާފައިވާ އިރު އެ ކޮރަޕްޓް ލޯޑްގެ ކަންކަމެއް ފުލުހުންނަށް ނުބެލެއޭ މިރާއްޖޭގައި އެންމެ ކޮރަޕްޓީ ފުލުހުންނޭ އެހެންވެއޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މިހާ ބޮޑަށް ގިނަ ވެގެން އުޅެނީ އިމިގްރޭޝަން އިން އެންމެ ދުވަހަކު ބަންގާޅުން ހޯދަން ނިކުމެ 69 ބަންގާޅުން ހައްޔަރު ކުރުމުން ގަވާއިދާއި ޚިލާފަށް އުޅޭ 80 ހާސް ބަންގާޅުން ހުސްވެއްޖެއޭ އެއީއޭ އެމެން ކޮރަޕްޓް ކަމަކީ މިކަން ކަން އިމިގްރޭޝަން އާއި ހަވާލުކޮށްގެން މިކަން ނުވާނެއޭ މިކަމުގެ އަޑީގައި ހުރީ ގައްދޫގެ އެހެލާން ތެހެލާން މިނިސްޓަރާއި ބަންގާޅު އެމްބެސެޑަރޭ މިކަން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެންނަށް ނުފެނެއޭ އެޅާ ވެސް ކަޓް ކަނީއޭ އެއިން މިރާއްޖެ ރޭޕް ކޮށް ނަގާ އެއްލާލާނެއޭ މިއާލާތުން ރައީސް އޮފީސް ތެރެއަށް ފާވެތިބެ...

  4. ލީމް

    މަވެސް ހިތަށް އަރައޭ ސިޔާސީ ދާއިރާގައި އުޅެވޭނީ ވަރަށް ނަޒާހާތްތެރި މީހުންނަށޭ.އަހަރުމެންނަށް ނަޒާހާތްތެރި ނުވެވޭނެތީ މިތިބެނީ ދުރުގައި. އަބަދުވެސް އެއިރެއްގެ ސަރުކާރެއްގައި ތިބޭނީ ހައްތާހާާވެސް ނަޒާހާތްތެރިން.މައުސޫމު ބޭފުޅުން. ސަރުކާރު ހަމަ ބަދުލުވީ ޖަލައްލީ. ދިވެހިގައުމުގައި ރީތި ސަގާފަތެއް އުފެދިފައި މިއޮތީ.ވެރިކަންކޮށްފައި ފައިބައިގެން އަވަހަށް ފޮށިހިފައިގެން ޖަލަށް. ގަވާއިދެއް ހަދަންވީނު އާރައީސަކު ހުވާކުރާދުވަހު ކުރީގެ ރައީސްމީހާ މުއްދަތެއްނެތްގޮތަށް ޖަލަށް ދާގޮތަށް.ދެން ޝަަރީއަތެއް ކުރެވޭ ކަހަލަ ކަމެއްފެނޭތޯ ހާވާނީ.ސަޅިވާނެ

    7
    1
  5. ވެންވިލް

    ކޮރަޕްޝަން ރާއްޖޭގައި ފިލުވާލުމަށް ޓަކައި އެބަޖެހޭ ނޫސްވެރިން ވެސް ވަރަށް މުހިއްމު ރޯލެއް އަދާ ކުރަން އެގޮތުން ބަލާއިރު މިރާއްޖޭގެ ވަރަށް ކޮރަޕްޓް ދެ ނޫހޭ މިހާރު ނޫހާއި އަދި އަަވަސް ނޫހަކީ އެމެން ކަމަކީ ދޭތެރެ ޖެއްސުމޭ ރައީސް ޔާމީން ރާއްޖެ އަށް ކޮށްދީފައިވާ އަގު ހުރި ޚިދްމަތް ތައް އެމެން ފުހެލާނެ ކަމަށް ހީކޮށް ރޯ ބުހުތާނު ދޮގު ހަދައިގެން އެއް ހިއްސު މަދު ދަ ރާއްޖެތެރޭ އާލާތުން ނޫސް ވެރިންނަށް ބައިތިއްބައިގެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ދަ ބަތާހަރާމީ ދަހަރާމްކޯރޭ އަތުން ކަޓް ނަގައިގެން ރައީސް އޮފީހުން ކުރާ ހުރިހާ ކޮރަޕްޓް ކަން ކަން ފޮރުވަނީއޭ ރާއްޖޭގެ ރިސޯރޓްސް ތައް ހަދަނީ ދިވެހިންނަށް ވަޒީފާ ދޭންއޭ އެކަމަކު އެކަމަށްހުރިހާ ހުރަހެއް އަޅަނީ އެއީ ރައީސް އޮފީސް ޕޮލިސީ ސެކްރެޓަރީއޭ އޭނާ ކުރާ ވައްކަން ތައް އިބޫ މެން ފޮރުވަނީއޭ ސަމްވަން އިޒް ހައިޑިންގް ދަ ޓްރުތް ވެން ވިލް ދިސް މިސްޓްރީ އެންޑް...

  6. އަނިޔާވެރިއޭ

    އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ނުލިިބިގެންތޭ ދިވެހިންގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އެންމެ ތިން މަސްދުވަސް ތެރޭގައި %50 އަށް މިއެރީ އެއީ ސީދާ އެމްޑީޕީގެ ވެރިކަމުގައި ދިވެހިން އެއް ފަރާތް ކޮށްފައި ބޭރު މީހުން އިސްކުރުމުން ވާގޮތޭ މިރާއްޖޭގެ ރިސޯރޓްސް ތައް ހަދަނީ ދިވެހިންނަށް ވަޒީފާ ދޭން އޭ އެކަމަކު ދިވެއްސަކަށް ވަޒީފާ އެއް ނުދެއޭ އެއްވެސް ރިސޯރޓަކުން އެރިސޯރޓްގެ މެދު ފަންތި އަދި މަތީ ފަންތީގެ ވަޒީފާ އެއް މިކަން ނުބަލައޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ބަދަލުގައި އެއާލާތުން ރިސޯރޓްސް ތަކުގެ ޖީއެމް މެންނަށް ގުޅައިގެން ރާއްޖޭން ބޭރު މީހުންނަށޭ ވަޒީފާ ދެނީ މީ މިއާލާތުން ރައްޔިތުންނާއި މެދު ކަންކަން ކުރާ އަނިޔާވެރި ގޮތަކީ...

  7. ހުސޭނުބޭ

    އޮޅުވާލަން ނުޅޭށެވެ. ނަޒާހަތްތެރިކަމަކީ ތިމާއަށް ކެވުނު އެންމެ ގިނައިން ބައިތުލްމާލުން ފައިސާތައް ކެއުމުމެވެ. ރައްޔިތުންނަށް ހެދުނު އެންމެ ބޮޑެތި ދޮގުހެދެވެ. ހެތްކަކަށް މި ސަރުކާރުގެ ކެބިނެޓް ފުދޭނެއެވެ.

  8. Anonymous

    ހުސްވަގުން ތިބި ކެބިނެޓެއް މިނޫނީ މިގައުމު ދެކިފައިނުވޭ.