ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރުމުގައި އެންމެ ފުރަތަމަ އެންމެއިސް ދައުރެއް އަދާކުރާ އެއްފަރާތެވެ. އެހެންކަމުން ކޮންމެ ފުލުހަކީވެސް ފުލުހެއްގެ ޒިންމާއާއި ދައުރު، ހިފަހައްޓަންޖެހޭ ސުލޫކީ ހަމަތަކާއި އަޚުލާޤީ މިންގަނޑުތައް އެނގި އެގޮތަށް ޢަމަލުކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމުންދާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގައި ބުނެފައި އޮވެއެވެ.

ކޮޮންމެ ފުލުހަކީވެސް ފުލުހުންގެ ޤައުމީ ވާޖިބު ފުރިހަމަކުރުމުގައި އިޚްލާޞްތެރިކަމާއެކު، އެމީހެއްގެ ހުނަރާއި ޤާބިލުކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް ޚިދުމަތްކުރާ މީހަކަށް ވާންޖެހޭނެއެވެ. ޖަމާޢަތަށް ޚިދުމަތްކުރުމާއި، ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި، ޞުލްޙަމަސަލަސްކަން ދެމެހެއްޓުމާއި، ރައްޔިތުންނާމެދު އިޙްތިރާމާއެކު ހަމަހަމަ، އިންސާފުވެރި ގޮތެއްގައި ޢަމަލުކުރުމަކީ ކޮންމެ ފުލުހެއްގެވެސް މަސްއޫލިއްޔަތެކެވެ.

އެހެންކަމުން ދިމާވާ ކަމަކުން ޖަޒުބާތުގައި ޖެހިގެން ނިންމުންތައް ނިންމާ މީހަކަށް އެއްވެސް ފުލުހަކު ވެގެން ނުވާނެއެވެ. ނަމަވެސް އިއްޔެ ފެނިގެން މިދިޔައީ ފުލުހުންގެ މީޑިއާ ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާ އަދި ފުލުހުންގެ ތަރުޖަމާންގެ ޒިންމާ ވެސް އުފުއްލަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ވަގުތު" އާއި ދޭތެރޭ ފިޔަވަޅު އެޅި މަންޒަރެވެ. ފުލުހުން މީޑިއާ އާއި އަވަހަށް ހިއްސާ ކުރައްވަން ބޭނުންފުޅުވާ މައުލޫމާތުތައް "ވަގުތު" އަށް ފޯރުކޮށްދިނުން އިއްޔެ އިން ފެށިގެން މިވަނީ ހުއްޓާލާފައެވެ.

ފުލުހެއްގެ ހައިސިއްޔަތުން ތިމާއަށް ލިބިފައިވާ ބާރާއި، ނުފޫޒުގެ ބޭނުންކުރަންޖެހޭނީ ހަމައެކަނި ފުލުހުންގެ ވާޖިބު ފުރިހަމަކުރުމަށް ކަމަށާއި އެެހެން ފަރާތަކަށް ގެއްލުމެއްލިބޭ ގޮތަށް މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެނެއް ނުވާނެ ކަމަށް ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގައި ބުނެފައި އޮންނަނީ ފުލުހުންނަކީ ޒާތީ ވެގެން ތިބޭ ބައެއް ނަމަ ޤާނޫނީ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ބަޔަކަށް ނުވާނެތީއެވެ.

ދައުލަތުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށް ވެސް ލިބިފައި އެބައޮތެވެ. ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިދިނުމަށް ޤާނޫނުގައި ކަނޑައަޅާފައި އޮތް އުސޫލުތަކާއި ހިލާފަށް ފުލުހުން އަމަލު ކުރުމަކީ މުޅި ފުލުހުންގެ މުއައްސަސާއަށް ވެސް ފުލުހުންގެ އިސްވެރިޔަކު ކުރެއްވި މަލާމާތެކެވެ.

މައުލޫމާތު ހޯދަން އެދޭ ކޮންމެ މީހަކަށްމެ އެމައުލޫމާތެއް ދައުލަތުގެ އިދާރާއެއްގައި އޮތްކަން ނުވަތަ ނޫންކަން އެންގުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ (3) ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެކެވެ. އެހެންކަމުން ދަން ޖެހުނު މީހެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކޮށްދިނުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ފުލުހުން ކޮށްދޭން ޖެހޭނެ ކަމެކެވެ. އެމައުލޫމާތު ފުލުހުން ނުދެއްވުމަކީ ފުލުހުން ޤާނޫނާއި ހިލާފަށް ކުރެއްވި ކަމެކެވެ.

ފުލުހުންނަކީ އިންސާފާއި ހަމަހަމަކަމަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭނެއެވެ. ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތި އިންސާފުން ޢަމަލުކުރާ ބަޔަކަށް ފުލުހުން ވާންޖެހޭނެއެވެ.

ފުލުހަކަށްވީތީ އެކިއެކި ޙާލަތްތަކުގައި ތިމާއަށް ލިބޭ އިޚްތިޔާރުތަކުގެ ބޭނުންހިފަންވާނީ ޤާނޫނާއި ޤަވާޢިދާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އަސާސްތަކުގައި ބަޔާންވެގެންވާ ކަންތައްތަކާއި ސިފަތަކަށް ރިޢާޔަތް ކުރުމަށް ފަހުގައި ކަމަށް ވެސް ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގައި ބުނެފައި އޮވެއެވެ.

މީގެ ކުރިން ވެސް ފުލުހުން މީޑިއާ އާއި މައުލޫމާތު ހިއްސާ ކުރުމަށް ހަދާފައިވާ ގްރޫޕްތަކުގައި ބަހުގެ ހޫނު ހަމަލާތައް ބައެއް ނޫސްވެރިން ފުލުހުންނަށް އަމާޒު ކުރެއެވެ. ނަމަވެސް އެއިން މީޑިއާ އަކަށް މައުލޫމާތު ނުދީ ހިފެހެއްޓުމުގެ އުސޫލެއް ފުލުހުން ނުގެންގުޅެއެވެ.

ކުރީ ސަރުކާރުގައި "ވަގުތު" ގައި ޝާޢިއު ކޮޮށްފައިވާ ބައެއް ޚަބަރުތަކުގެ މައްސަލަ ފުލުހުންގެ ފަރާތުން މީޑިއާ ކައުންސިލަށް ވެސް ހުށަހަޅާފައި އެބަހުއްޓެވެ. އޭރު ފުލުހުންގެ ތަރުޖަމާނަކަށް ހުންނެވި ބޭފުޅާ މީޑިއާ ކައުންސިލަށް ވަޑައިގެން "ވަގުތު" ގެ ވެރިންގެ ހާޒިރުގައި "ވަގުތު" އާއި ދެކޮޅަށް ވާހަކަފުޅު ވެސް ދައްކަވާ، މައްސަލަ ފުލުހުންގެ ކޮޅަށް ނިންމަވަން ވަކާލާތު ކުރައްވާފައިި އެބަހުއްޓެވެ. ނަމަވެސް ބައްދަލުވުން ނިންމާލުމާއި އެކު "ވަގުތު" ކުރާ ކޮންމެ ފޯން ކޯލަކަށް ވެސް އެއްވެސް ލަސްވުމެއްނެތި ޖަވާބު ދެއްވާ، ބޭނުންވާ މައުލޫމާތެއް ފޯރުކޮށްދެއްވަމުން ގެންދެވިއެވެ.

ނޫސްވެރިންގެ މައްސަލަތައް ބެލޭނެ އުސޫލުތައް މިހާރު ވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައި އެބައޮތެވެ. އެމަގުން ނުހިނގާ އަމިއްލައަށް މައްސަލަތައް ނިންމުމަކީ ތިމާގެ ނާގާބިލްކަމާއި، މަސައްކަތައް ތިމާ ކުފޫ ހަމަނުވާކަމުގެ މިސާލެކެވެ.

ވަރުގަދަ ނިންމެވުންތައް ނިންމެވޭ ހިސާބުގައި ހުންނަވަން ޖެހޭނީ ޖަޒުބާތުގެ އަވައިގައި ޖެހިވަޑައިނުގަންނަވާ ވަރުގެ ތަޖުރިބާކާރެކެވެ. ހުޅުވާލެވިފައި މިވާ މައުލޫމާތު ފޯރުކޮށްދިނުމާއި ލިބިގަތުމުގެ ޙައްޤު ވަރަށް ރަނގަޅަށް އޮޅުން ނުފިލާ ބޭފުޅަކު މިފަދަ ޒިންމާއަކާއި ހަވާލުވެ ވަޑައިގެންނެވުމަކީ ވަރަށް ބޮޑު ގޯހެކެވެ.

މީޑިއާގެ މިނިވަންކަން ކަށަވަރު ކޮށްދީ، މީޑިއާ އަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމުގެ ވައުދު ތަކުރާރު ކުރައްވަމުން މަގާމާއި ހަވާލުވެ ވަޑައިގެންނެވި ބޭފުޅާ ހަނީމޫން ނުނިމެނީސް ބުނާބަހާއި އަމަލާއި ދިމާނުވާ ހިސާބަށް ދިއުމަކީ ގޯހެކެވެ. ތިން މަސް ދުވަހުގެ ތެރޭގައި ބޭއްވުނީ އެންމެ ނޫސްވެރިންގެ ބައްދަލުވުމެކެވެ. ބޮޑެތި ވަށްކަންތަކާއި ފޭރުންތައް އިތުރުވެއްޖެއެވެ. ދެމަސް ދުވަހުގެ ތެރޭގައި ރިޕޯޓް ކުރެވުނު ކުއްލި މަރުގެ ހާދިސާތަކުގެ އަދަދު 38 އަކަށް އަރައިފިއެވެ. ނަމަވެސް ފުލުހުންގެ ތަރުޖަމާންގެ ހައިސިއްޔަތުން އެއްވެސް އެއްޗެއް ވިދާޅުވާ މަންޒަރެއް ނުފެނެއެވެ.

މަގާމުގެ ކުރިއެރުމާއި، ރީތި ނަމެއް ކިޔާ މަގާމެއް ލިބުމަކީ އަދި ތިމާއަށް ޒިންމާ އަދަކުރެވުނީ ކަމަށް ގަބޫލު ކުރާނަމަ އެއީ ގޯހެކެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހޯރަބޭ

    ފުލުންގެ ތެރޭގައުޅޭ ޑުރަގް ވިޔަފާރިކުރާ އަދި ބޭނުންކުރާމީހުންވެސް މިކަންވެސް އެބަޖެހޭ އިސްލާހްކުރަން ފިޔަވަޅު އަލަން

    77
    2
  2. ސީޑީ

    ޥެރިން ސިޔާސީ ދެންކިހިނެތް މުއައްސަސާ ހިންގާނީ، ދެއްތޯ؟

    70
    2
  3. ޕޮލިސް

    ވަގުތު ވަރަށް ބޮޑަށް ހިތުގަޖެހިފަ އޮތްތަން މިފެންނަނީ.

    37
    46
    • ސަޓޯ

      ވަގުތެއް ނޫން ހިތުގަ ޖެހުނީ.... އެމް.ސީ ހަމީދުއާއި ލާދީނީ އިބެރޭސޯލިހު ހިތްފަޅައިގެން ދިޔައީ

      59
      8
  4. ޑަމް

    މަގުމަތީގައި ޓްރެފިކްމަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުންގެ ތެރޭގައިވެސް ވަރަށް ދަށުދަރަޖައިގެ ފުލުހުން އުޅޭކަން އަޅުގަންޑަށް ފާހަގަ ކުރެވުނެވެ. އާންމުރައްޔިތުންނާ މުޢާމަލާތު ކުރާއިރު ވަރަށް ހަޑި ހުތުރު ބަހުން އާންމު ރައްޔިތަކާއި ޒުވާބު ކުރިތަން އަޅުގަނޑު ދުށީމެވެ. މިބާވަތަުގެ ކަންކަމަކީ ވަރަށްދެރަ މުޅި ފުލުހުންގެ އިދާރާގެ އަގު ވެއްޓޭކަމެއްކަމުގައި އެފަދަ ފަރާތްތަކަށް ނޭންގެނީ ތޯއެވެ. މަގުމަތީގަ ތަފާތު ފަންތީގެ ތަފާތު ގިންތީގެ މީހުން އުޅޭކަން ޓްރެފިކް ކަންތަކުގައި ހަރަކާތްތެރިވާ ބައެއް ފުލުހުންނަށް ނުވިސްނޭކަން ފާހަގަކުރެވޭ ހާއްސަކޮށް ބިދޭސީންނާއިމުޢާމަލާތު ކުރާއިރު ގެންގުޅޭ ތަފާތު ކުރުންވެސް ފާހަގަ ކުރަމެވެ

    54
    4
  5. އޮރެންޖު

    އެމްސީ ހަމީދަކީ ރީނދޫ ހުން ޖެހިފަ ހުރި ލާދީނީ މީހެއް. ކިހިނެއް މުއައްސަސާ ހިންގާނީ....

    65
    2
  6. މާލިމީ

    ހުސްވެސް ކައިކައިގެން ސޮނީ ޓީވީއިން ކުރައިމް ޕެޓްރޯލް ބަލާބަޔެއްތީ.

    54
    2
  7. ސަޓޯ

    ފުލުހުން ޖަޒުބާތީ ވާނެތާ... ފުލުހުންގެ ބޮޑު ބޮލަކައް ހުރި މެޑިކަލް ސެޓިފިކެޓު ހަމީދު ( އެމް.ސީ ހައްދާ ހަމީދު ) އަކީވެސް ޖަޒުބާތު ޖެހިގެން ވަޒީފާއިން ކަނޑާލާފަ ހުރި އެއްޗެއް ވިއްޔާ..

    42
  8. ހައްމާދު

    ވަގުތުނޫހަކީ ބަރާބަރަށް މައުލޫމާތާއި ޚަބަރުގެނެސްދޭ ލިޔުންތެރިންތިބި ނޫހެކެވެ. ބުދުތައްއެތެރެކުރިވާހަކާ އެހެންނޫހަކުންނުފެނޭ މިޚަބަރު އަޅުގަނޑުމެންނަށްއެގުނީ ވަގުތުގެފަރާތުން ނެވެ.

    51
    7
  9. ާައަހުމަދު

    ހުވަދުއަތޮގަ އުޅޭ ފުލުހުން އުޅެނީ އެތަން ތާގަ އުޅޭ ޑްރަގް ޑީލަރުންނާ ގުޅިގެން ކަމަށް ވަރަށް ގިނަމީހުން ކިޔާ އަޑުއަހަން

    40
    2
  10. ސަމީން

    މިރާއްޖެއަކު ނުތިބޭނެ ޕުރޮފެޝަނަލް ފުލުހުންނެއް.. ތިބޭނީ ޔުނިފޯމުލެއްވި ކުދީން.

    28
    3
  11. ޕްރައިވެޓް

    ތީ އަދި ފެށުން ތިކަހަލަ އެތަށް އެތަށް ކަމެއް ފެންނާނެ. އަދި ކަންތަށް ރަނގަޅަށް ފެށޭނީ އެޖެންޑާ 19 ގައި މި ކަނޑު ކޮސް ދިވެހިން ވޯޓް ދީގެން އެމީހުންނަށް މެޖޯރިޓީ ލިބުނީމަ. އަނދަވަޅަކަށް މި ގައުމު ވައްޓާލާނެ ބަލަންތިބޭތި

    32
    1
  12. ފުލުގެ އަލީ

    ތި މަންޖެއާ ނުބެހިބަ ވަގުތު ކުދިންނޭ.

    15
    10
  13. އިބޫ

    ގދ ތިނަދޫގަ ތިބެނީ ފުލުންނަކީ ހުރިހާކަމަކުން އަރާތިބި ބައެކޯ އެރަށުމީހުންބުނާއަޑުއިވޭ

    20
    2
  14. ނަޓުވަރު

    އެމްސީ ހަމީދު ލާދީނީ ރީނދޫ ހުންޖެހިގެން ހުރެ ހޮސްޕިޓަލަށް ކަރުނަގޭސް ޖެހީ މިކަމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުހިންގާފަދަ ބޮޑުވެގެންވާ ޖަރީމާއެއް މިކަން މިސަރުކާރުން ނުބަލައިފިނަމަ ދެން ރައްޔަތުން ގެންނަ ސަރުކާރަކުން މިކަމަށް ކޮމާންޑު ކުރިމީހުން ހިފާ ހައޔަރުކޮށް ޖަވާބު ދާރީ ކުރުވަންޖެގޭނެ.

    14
    2
  15. ދަރަނި

    އެމްސީ ހަމީދު ސޯލިހުގެ އަމުރަށް ހޮސްޕިޓަލަށް ކަރުނަގޭސް ޖެހި މައްސަލަ ޖަޒުބާތުގައި ޖެހިގެން ހުރެތޯ ނުބައްލަވަނީ މިމައްސަލަ ބަލަންޖެހޭނެ ނޫންތޯ؟.

    13
    3
  16. އަލިފު

    ވާދޫ ޑީޑީ އައި އެކު ހެދި ކުންފުނިން ބައްޕަ އެހެރީ މުއްސަނދި ވެފަ. އެކަމު މިއަދުވެސް ބުނާނެ އަހަރެން ގެ ދަރިންގެ ހައްގޭ މައުމޫން އިރުގައި ހޯދި ގޮތެއް ނޭގޭ ރިސޯޓުން ކުއްޔަށް ދީގެން މިހާރު ވެސް އަހަރަކު އެތައްލައްކަ ޑޮލަރެއް ލިބޭ ދަރިންގެ ހުންނާނެ ބައްޕަގެ ބޮޑާކަން

    13
  17. ޢީސަ

    މިހާރު އެއުޅެނީ ފުލުސްއޮފީހަކީ އޭނަގެ އަމިއްލަ ގެކަމަށް ހަދައިގެން ވަގުތަކީ ވަކިފަރާތަކަށް ނުޖެހި އެންމެ އަވަހަށް މަޢުލޫމާތު ފޯރުކޮށްދޭ ޤައުމުގެ އެެއް ގުވަވަން ކަމަށްވާތީ އެކަން ހުއްޓުވަން ވެގެން ނަހައްގުން ބާރުގެ ބޭނުން އެމަންޖެ ހިފީ މިހޯދައި ދެނީ ރައްޔިތުންނަށް އިންސާފުތަ ވާޖިބު އަދާ ނުކުރެވޭނަމަ ގޭގަ މަޑުކުރޭ....

    16
    2
  18. ފަނާ

    މިހާރު ފުލުހުން ޔުނީފޯމްގަ ތިބޭ އިރު މޭކަޕް ކޮގެން ތިބޭތީ ހީވަނީ މިއުޅެނީ ފެސެން ސޯ އެއް ގަ ހިންގަން ހެން ހީވަނީ

    8
    3
  19. ކޮރަކަލި

    ރާބުއިން މައްސަލައަކީ
    އައުރަ ނުވޭ މައްސަލަ އަކަށް
    100% މުސްލިމް

    12
    1
  20. ސަމާލު

    ޅާލާމުގައި އުަލޭ ފުލުހުންވެސް ބަދަލުކުރަންވީ މާރަނގަޅެއްނޫން އަޑުތަކެއް ކަމެއްނުވެ އަޑުތަކެއް ނާރާނެ