ފުރަތަމަ ކަމަކަށް ސުރުޚީގައި ލިޔެފައިވާ ބަސްކޮޅަށް މަޢާފަށް އެދެމެވެ. އެހާ އެކަށީގެން ނުވާ ގޮތަކަށް ގެނެވިފައިވާ ތީއެވެ. ކޮންމެއަކަސް ދައްކަން މިއުޅޭ ވާހަކައިގެން ކުރިޔަށް ދާނަމެވެ.

ދިވެހިންގެ ތެރޭގައި މީސްމީޑިޔާ މިވަނީ ލައްކަ ކަށީގައި ހިފާފައެވެ. މަންމަ ކަންކަން ބަނދިގޭގައި ފޭސްބުކް ސްކްރޯލް ކޮށްލަ ކޮށްލާ އިންނައިރު، ބައްޕަ ފުރޯއިން ވަކަރުފަޅަމުންވެސް ވައިބަރއިން ދަނީ މެސެޖް ކުރަމުންނެވެ. އަދި ޅަ ފުރާގެ މީހުންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މެސެޖް ކުރުމާއި ކޯލް ކުރުމަށް ހިފާފައި ހުންނަ ދެއްވެއްގެ ބޮޑުކަމުން، ކެޔުމުގެ ކުރިންވެސް ކާއެއްޗެހީގެ ފޮޓޯއެއް ސްނެޕްކޮށްލަން އެބަޖެހެއެވެ. މިވާހަކަތައް ބާއްވާފައި، މިއަދުގެ މައުލޫއަށް ދަމާ ހިނގާށެވެ. މިވާހަކަތައް މައުލޫއާ ބޭރުން މިދައްކާލީ، ދިވެހިންގެ ތެރެއިން އެންމެންވެސް މީސްމީޑިޔާ ބޭނުން ކުރަމުން އަންނަކަން ބުނެލުމަށެވެ.

ކޮންމެޔަކަސް މީސްމީޑިޔާ މިއަދު ވެފައި މިވަނީ މީހާ މިނެކިރައިދޭ އެއްޗަކަށެވެ. ފޮޓޯއަށް ގިނަ ލައިކް ލިބުނު ވަރަކަށް މީހާގެ ޤަދަރު އުފުލޭ ކަހަލައެވެ. އެކަން ކުރުމަށް މީހާ އަމިއްލައަށް އޮރިޔާން ވާން ޖެހުނަސް އެކަމުގައި ފަރުވާލެއް ނެތެވެ. ޚާއްސަކޮށް އަޅުގަނޑުމެންގެ މިމުޖުތަމަޢުގައި ދިރިއުޅޭ އުޚްތުންނެވެ. މޮޑެލް ކުރުމުގެ ނަމުގައި ބަރަހަނާ ވާ ކިތަންމެ ދިވެއްސަކު ޚުދު އަޅުގަނޑުވެސް ދަންނަމެވެ. އަދި ނުދަންނަ ކިތައް މީހުން ތިބޭނެ ހެއްޔެވެ؟ ނަމަވެސް މިއީ ކޮން މަޤްސަދަކު ކުރާ ކަމެއް ހެއްޔެވެ؟

“ކައެ އާ ބެހޭ ކަމެއް ނޫނެއްނު މަ ކޮންމެ ފޮޓޯއެއް ލިޔަސް، ލޫސަރ. ކައެ ވެސް އޮންނާނެ ފޮޓޯ ބަލަން މަށަށް ގެރޭ” އުމުރުން 16 އަހަރުގެ ފޫޅު ފެންނަ ވަރަށް ހިތުން އެންމެ ރީތި މޮޑެލް ކަމަށް ދަޢުވާ ކުރަމުން އަންނަ ދިވެހި އަންހެނަކު ކައިރީ، އެގޮތަށް ފޮޓޯ ލަނީ ކޮން ސަބަބަކާ ހުރެތޯ އަހާ ލުމުން ޖަވާބުގައި ބުންޏެވެ.

ކޮންމެޔަކަސް މިކަމުން ދޭހަވާ އެއް ކަމެއް އެބައޮތެވެ. މިގޮތަށް މިފޮޓޯ ލަނީ ހަމަ ހިތުން ރުހުމުން “ދެއްކޭ” ށެވެ. ނަމަވެސް މިގޮތަށް ދެއްކުމުން ލިބޭނެ ފައިދާއެއް އޮޅުން ފިލުވުމަށް ކުރި މަސައްކަތް ދިޔައީ ފަނުފުލުހުންނެވެ.

ކޮންމެޔަކަސް ސަބަބު އިހަށް ބާއްވަމާ ހިނގާށެވެ. މިކަމަށް ވިސްނާލާށެވެ. ފިރިހެނުންނާއެކު ތުންފަތް ޖޯޑް ކޮށްގެން ހުރެ ނަގާ ފޮޓޯ، އިސްޓަގްރާމަށް ތިޔަ ލަނީ، ތިބާގެ ކޮއްކޮ ނުވަތަ ބޭބެއަށް އެ ފެނުމުން ކުރެވޭނެ އިޙްސާސް އެންމެ ފަހަރަކުވެސް ވިސްނާނުލާ ހެއްޔެވެ. ނުވަތަ ތިމާގެ މަންމަ ފޭސްބުކް ސްކްރޯލް ކުރަމުން އަންނައިރު، މިފަދަ އެއްޗެއް ފެނިއްޖެ ނަމަ ދެން އެމަންމަގެ ހިތުގައި ހިނގާނެ އިޙްސާސްތައް ނިކަން ތަސައްވަރު ކޮށްލަބަލާށެވެ. ހަމަ ގައިވުމެސް މިފަދަ ގޮތް ގޮތަށް އުޅުނު ކިތަންމެ ބަޔަކު މިއަދު އެކަމާ ހިތާމަ ކުރެއެވެ. މިއަދު މިކަމާ މެދު ނުވިސްނައިފިނަމަ، ތިބާވެސް އެކަމާ ހިތާމަ ކުރަން ޖެހިދާނެ ކަން ރަނގަޅަށް ވިސްނަން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޖަޒީރާ

    ވަގުތު އެބަ ރަގަޅުވޭ މިހާރު

    167
    11
    • Anonymous

      ރާ ޓީވީ ހެން ދޯ؟

      7
      27
  2. ނޮކްސް

    ހުރިހާކަމެއްވެސް އޮތީ ތިބީދައިންނެވެ. ﷲ އަށް ޝުކުރު ކުރަންޖެހޭ ހާލުގަ އެކަން މީޑިޔާއަށް ހިއްސާކުރަނީ އެކަލާނގެ އަޅާގެ އަމަލުތައް އެކަލާނގެއަށް ވަންހަނާވާނެކަމަށް ހިތާފަތޯއެވެ. ލޯބިތުއްތު ދަރިފުޅު ކުރިކަމެއް ނުވަތަ ބުނިބަހެއް މީޑިއާއަށް ހިއްސާކުރުމުން މަގޭހިތަށް އަރާއެއްޗަކީ އިހްސާސްތައް ކޮންޓްރޯލުކުރަންނޭގޭ މީހުންގެ ކަމެއްގެ ގޮތުގަ.އާދެ އެފަދަމީހުންނީ ސިކުނޑީގަ ކޮންމެވެސް އުނިކަމެއް ހުންނަމީހުންގެ ގޮތުގައި ސިފަވެއެވެ. މިހާރު މިބައިގަނޑަށް ދޭންވާ ނަމަކީ 21 ވަނަގަރުނުގެ ނޯކު ބަޑީސް

    91
    2
  3. މަ

    ތެދުވާހަކައެއް.ބައެއް މީހުންނަށް ހީވަނީ ބަރަހަނާ ވީމައޭ ރީތީ.

    156
    2
  4. މާމިގިލީ މީހާ

    ރާއްޖޭގެ ނިސްބަތައް ބަލާއިރު ގިނަ އަންހެނުންނަކީ ވަރަށް ވިޔާނުދާ ކޮށް އުޅޭ ބައެއް. އެމީހުންގެ މައިން ބަފައިންނައް ވެސް ހަމަ އޯކޭ.

    119
    4
    • މާލި

      ނަރަކައިގަވެސް ފިރިހެނުންނަށްވުރެ އަންހެނުން ގިނަވާނެއޭ ކިޔާ އަޑުއިވޭ.

      56
      4
  5. އެނބުރެނީނޫންތޭ

    ޖޭޕީގެ ސިޔާސަތުތަކާ ދެކޮޅު މީހުންނަށް ގާސިމްގެ ނަސޭހަތުގެ ބަސްކޮޅެއް އިއްވުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީން ގާސިމް މެންނާއި ގުޅުމުން ދެން ތަމެން މިނިސްޓަރޭ މެން ފަޔަށް ހިނިއަރައިގަނެގެން ފޭކް ބަޔާން ތައް ނުނެރުނަސް ރަނގަޅުވާނެއޭ ދެން ތަމެން ކުރާ ކަމެއްވެސް ނެތެއް ނޫންތޭ ރަށުތެރޭ އެނބުރިފައި ގޮސް މިނިސްޓްރީ އަށް ވަދެ ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކާފައި އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް ކަޓެއް ޖައްސާލެވޭތޯ ރަށުތެރޭ

    12
    28
  6. މިހާ

    ރަނގަޅު ވާހަކަ އެއް....އެކަމަކު ދެރަކަމަކީ މިވަރަށް ނަސޭހައި ދިނަސް އެ މީހުން އިސްލާޙް ނުވާ ކަން
    މި ވާހަކަ ތަށް ގަބޫލްކޮށް ހުރިހާ އެންމެން ތައުބާ ވަމާ ހިންގާށެވެ.

    79
    1
  7. މީވެސް އަންހެނެއް

    ތިޔައީ ވަކި ވައްތަރަކަށް އުޅޭ ބައެއް މީހުން. އެހެން އުޅެނީ ހަމައިގަ ތިބޭތީއެއް ނޫން. ﷲގެ އަޒާބް އެއަށް ވުރެން މާ ބޮޑު. ﷲ އަށް ބިރުތިވާން ދަސްކޮށްދޭންވީ ފުރަތަމަ.
    މި ދުނިޔެއަކީ ތިމާމެން ހިތުހުރި ގޮތަށް އުޅެން އަހަރެމެން ފޮނުއްވާފަ ހުރި ތަނެއް ނޫން ކަން. މަރުވީމަ ކުރި ކޮންމެ އަމަލަކަށް ޖަޒާ ލިބޭނެކަން ޔަގީން.

    59
    1
  8. ޢިބިލީސް

    މަވެސް ނޫޅެން އެހެންނެއް...ލަދުން ބޯހަލާކު..

    43
    3
  9. ނުކުރެވޭނެއޭ

    ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީމާ ނޫންތޭ ތިޔާ ކެމްޕެއިން ގައި ރާއްޖޭގެ ނައިބް ރައީސްގެ ހައިސިއްޔަތުން ބައިވެރިވާނީ ތިޔާއީ ރޯ އޮރިޔާން ކޮރަޕްޝަން ނޫން ދެން ކޯއްޗެއްތޭ މަމެން އުއްމީދު ކުރަމޭ އެމްޑީޕީ ހީކުރި އަދި އަންދާޒާ ކުރާ އެއްވެސް ގޮތަކަށް އެމެންނަށް މަޖްލީސް އިންތިޚާބު ކާމިޔާބު ނުކުރައްވާނޭ ކަމަށް ސަބަބަކީ އެއީ ރައްޔިތުންގެ މާލިއްޔާ އެމެން ބޭނުން ކުރަނީ އެއީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ކަމަށްވާތީއޭ އެއީ ކޮށްގެން ވާނޭ ކަމެއް ނޫނޭ ނުކުރެވޭނެއޭ ތިޔާ ގޮތަށް ތިޔާ ކަން ފުވައްމުލަކު އަފުން ތަފުންނޭ...

    14
    17
  10. އިއްބެ

    މިހާރު އިންސްޓަގްރާމުވެސް ބަލާލަން ނުކެރޭ. ބުރުގާ އެޅި ކުދިންވެސް އިންސްޓަގްރާމުގައި އުޅެނީ ބުރުގައި ނަގައިފަ. ނޫނީ މައިޑޭއަށް ލާނެ ބުރުގާނާޅާ ހުންނަ ފޮޓޯ. ބުރުގާއަށް ވެސް ހުތުރު އަރުވާ ބައެއް. ދެރައީ މީގެ ތެރޭގައި ސްކޫލު އުމުރުފުރާގެ ކުދިންވެސް ހިމެނޭތީ. މިކުދިންގެ މައިންބަފައިންނަށް ނޭންގެނީ ކަންނޭގެ ސޯޝަލް މީޑިއާގައި މިކުދުން މޮޑަލްކޮށް ފާޑުފާޑު ފޮޓޯ ޕަބްލިކަށް ފެންނަ ގޮތައް އިސްތިހާރުކުރާކަން.

    58
    3
    • ދެންދޯ

      އިންސަޓަރ ނުބަލަބަލަ ނުކެރެންޔާ، މަޖުބޫރެއްނޫނޭ ބަލާކަށް. ސަހާދެއްމިބުނީ

      4
      9
      • ރމ. ރިފޫ

        ގެޓުވެބަލަ.. ބުއްދި ކޮބާ؟

        3
        5
  11. ފްރޭމަން ނޯމަން

    ފޮލޯވާރސް ހޯދަން އިންސްޓާގައި އޮރިޔާންވާ ދިވެހިކުދިން ވަރަށް ގިނަ..

    54
    2
  12. އަޙްމަދު

    ތަޅުވާބާލާ. ރޮންދާއިން ވަކަރުފަޅާނީ ހަމައެކަނި ކަލޭ.

    9
    10
  13. އާލިއާ

    ރަނގަޅު ވާހަކައެއް. އެކަމަކު އަރީހް ކީއްވެ ހަމައެކަނި އަންހެނުންނަށް ޓާރގެޓް ކުރަނީ އަބަދު؟ މުޖުތަމައުގަ ފިރިހެނުން ކުރާ ނޭދެވޭ ކަންކަމަށްވެސް އެބަ ޖެހޭ ތިކަހަލަ މޮޅު އާރޓިކަލް ލިޔަން.

    37
    1
  14. މުސްލިމެއް

    މައިންބަފައިން ދަރީންނަށް ބަލާނަމަ ނޫޅޭނެ މިހެންނެއް... އަޅުގަނޑަކީ 18 އަހަރު ވެފަ ހުރި ކުއްޖެއް... މިހެންނެއް ނޫޅެން.. ސޯޝަލް މީޑިޔާ ބޭނުން ކުރުމަށް ހުއްދަ ދީފަ އޮންނަނީ ވަކި ލިމިޓަކަށް... ކުރާ ކަންތައްތައް އާއިލާ މީހުން ބަލާ.. މި ގޮތަށް ކުދިންނަށް ބަލާނަމަ ނޫޅޭނެ ކަންނޭގެ...

    50
    5
    • އައިޝާ

      ސޯޝަލް މީޑިޔާ ބޭނުން ނުކުރައްވާ. އެއީ ހަމަ ހަލާކު

      2
      2
  15. ؟؟

    މިކަހަލަ ލިޔުންތައް ގިނަ ކުރުމަށް ގޮވާލަން. މިލިޔުމުގަ އައުރަ ނިވާނުކުރާ މީހުންނަށް ހުރި އަޛާބުގެ ވާހަކަ ހިމަނާލިނަމަ އަދި ވަރަށް ފުރިހަމަވީސް.. ބަޔަކު ރަތައްއެރިޔަސް ބަލާނެ ކަމެއްނެތް. މިފަދަ ލިޔުންތައް ގިނަކޮށް މީހުން އިސްލާޙް ކުރަން މަސައްކަތް ކުރޭ..!

    32
    6
  16. Anonymous

    ވަގުތު އެބަ ރަނގަޅުވޭ.

    20
    5
    • Anonymous

      އެކަމަކު ރ ޓީވީ މިހާރު ނޫސް ެައަދިވެ ސަކަރާތް ސް

  17. އީޘާ

    ތެދުވާހަކައެއް

    15
    4
  18. ފިރުޓޭ

    މިލިޔުން ލިޔެލީމަ އެކުދީން ދެން ކަޅުހެދުން ލާފާނެ. އެކަމަކު ބިރުދެއްކުމުގެ ދެތިން ހަދީހެއް ލިޔެލިނަމަ

    9
    14
  19. 5 ސްޓާރ

    ވަގުތަށް ތާއިދު ނުކުރަން ނަމަވެސް މިފަހަރު މިލިޔުމަށް ވަރަށް ތާއިދު ޝުކުރިޔާ ވަގުތު

    17
    5
  20. ލޮލް

    ދަރިން އޮރިޔާމުން ތިބެ ފޮޓޯ ލީމަ މަންމަ ކޮމެންޓްކުރާނީ ދަރިފުޅާ ހާދަ ރީއްޗޭ މާޝާ الله ޖަހާފަ..އެދެވެނީ އެކުދިންނަށް އިތުރު ހިއްވަރު..މައްސަލައެއް ނެއްތާ، މަންމަ މައްސަލަ ނެތީމަ ކަލޭ ކޮން މައްސަލަ ހުންނަނީ ...

  21. ޢިހުސަތު

    އަހަރުމެން ތިބޭނަން ފޮޓޯ ބަލަން އެކަމު އެކަހަލަ ކުދިން ވިސްނާ ފިކުރުކުރާ ފިރިހެންކު އެމީހުންގެ ދިރިއުޅުމަށް ނުގެންނާނެ. އެންމެ ފަހުންވާނީ ހަމަ ބާކީ ރާކަނި ކެވޭނެ