މިހާރަކަށް އައިސް އެންމެން ވެސް ކިޔަވާނެއެވެ. އެމީހަކު ކުރިއަށް ދާން ބޭނުން ދާއިރާއަކުން ނުކިޔަވާ ވާން ނެތް ޒަމާން މިއޮތީ އައިސްފައި ވިއްޔާއެވެ. ހަމަ އެކަނި ކިޔަވަން ގޮސްލައިގެން ވެސް އަދި ބޯ ދަމައިގަނެވޭކަށް ނޯވެއެވެ. އިމްތިހާނުގައިވެސް ބައިވެރިވާން ޖެހެއެވެ. މިގޮތުން، އިމްތިހާނަކަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ދުރާލާ ތައްޔާރުވޭ!

އިމްތިހާނު އޮންނަ ރޭގެ ކުރީ ރޭ، ހުރިހާ އެއްޗެއް 'ގިރައިގެން ބޮއެގެން' ސިކުނޑިއަށް އަޅަން އުޅުނަސް އެކަމުގެ އެދެވޭ ނަތީޖާއެއް ނުފެންނާނެއެވެ. އޭގެބަދަލުގައި، ދުރާލާ އިމްތިހާނަށް ތައްޔާރުވާން ފަށާށެވެ. ކޮންމެ ދުވަހަކުވެސް އެ ދުވަހަކު ކިޔަވާ ފިލާވަޅެއް މުޠާލިއާ ކުރަން އާދަ ކުރާށެވެ. އޭރުން އޮޅުން އަރާ އެއްޗެހި އެހެން މީހުންކުރެ އަހާ، އޮޅުން ފިލުވުމަށް ވަގުތު ވެސް ލިބިގެންދާނެއެވެ. އަދި ހިތްހަމަ ޖެހިގެން ހުރެ ފިލާވަޅު ދަސްކުރުމުގެ ސަބަބުން ގިނަ ދުވަހު ދަސްކުރި އެއްޗެއް ހަނދާނުގައިވެސް ހުންނާނެއެވެ.

'ހައިލައިޓް' ކުރުން މުހިންމު!

ކިޔަވާ ފޮތުގެ ހުރިހާ އެއްޗެއް އިމްތިހާނުގައި ނުހިމެނޭނެއެވެ. އިތުރަށް އޮޅުން ފިލުވައިދިނުމުގެ ބޭނުމުގައި ކޮންމެހެން ބޭނުން ނޫން މައުލޫމާތުވެސް ފޮތުގައި ހުރެދާނެއެވެ. އެކަމަކު އެ ހުރިހާ އެއްޗެއް ދަސްކުރަން ނުހަދާ، ކޮންމެހެން ބޭނުންވާ، އިމްތިހާނުގައި އަންނާނެ ޓޮޕިކްތަކުގެ މުހިންމު ތަންކޮޅުކޮޅު ހައިލައިޓް ކުރަމުން ދާށެވެ. އޭރުން ދަސްކުރަންޖެހޭ ބައި ކުޑަކަމުގެ އިހްސާސް ކުރެވި، ހިތަށް ހަމަޖެހުންވެސް ލިބިގެންދާނެއެވެ.

'ޝޯޓް ނޯޓްސް'

ފިލާވަޅުގައި އެ ބުނާ އެއްޗެއް ކުރުކޮށްލާފައި، މުހިންމު ބައި ލިސްޓެއް ގޮތަށް ނަމަވެސް، ނޫނީ ކިޔާލަން ފަސޭހަ ކުރު ގޮތަކަށް ގަނޑެއްގައި ލިޔަމުން ދާށެވެ. އަދި ދަސްކުރަމުންދާއިރުވެސް މި 'ޝޯޓް ނޯޓްސް'ގެ ބޭނުން ކުރާށެވެ. އޭރުން އިމްތިހާނަށް ދިޔުމުގެ ކުރިންވެސް، ދަސްކުރިއެއްޗެހި މަތިމަތިން އަލުން ކިޔާލެވޭނެއެވެ.

ގްރޫޕް ސްޓަޑީ

އެންމެ ފަސޭހައިން ފިލާވަޅު ހަނދާނުގައި ހަރުލެއްވޭނީ، ތިމާއަށް އެނގޭ އެއްޗެއް، އެ ނޭނގޭ ކުއްޖަކަށް ކިޔައިދީގެންނެވެ. އެހެން ބަޔަކަށް ކިޔަވައިދިނުމަށް އުޅޭ އުޅުމުގައިވެސް ތިމާއަށް ކުރިން ނޭނގޭ ބައިވަރު އެއްޗެހި އެނގިގެންދާނެއެވެ. ވީމާ، އެންމެ ބުއްދިވެރި ގޮތަކީ ދެތިން ކުދިން އެއްތާކު ތިބެ ކިޔެވުމެވެ.

ކިޔުންތެރިންގެ ހިޔާލު