މީސްމީޑިއާ އަށް އެކި ދުވަސްވަރު އަންނާނީ އެކި މޫސުންތަކެވެ. އޭގެެ އެކިއެކި މަންސަތަކަކީ، ކަމެއް ހިނގައިފިނަމަ އެންމެ ފުރަތަމަ އެކަމެއް ފޮޓޯތަކާ ހަބަރުތައް ފެތުރިގެންދާ އެއް ވަސީލަތެވެ. އެ ދުވަސްވަރެއްގައި ހިނގާ އެންމެ އާންމު ކަމެއް އެންމެ ތާޒާކަމާއެކު ފެންނަ އެއް ތަނަކީ މީސް މީޑިއާއެވެ.

މިދިޔަ ސެޕްޓްމަރު މަސް ތެރޭގައި އޮތް ރިޔާސީ އިންތިހާބަކީ އޭގެ އެއް މިސާލެވެ. ހާއްސަކޮށް އެދުވަހު އެންމެ އާންމުވި އެ ފޮޓޯއަކީ ވޯޓު ލުމަށްފަހު ފާހަގަޖެހި އިނގިލިތަކެވެ.

މިއަދު އަނެއްކާވެސް ދިވެހިންނަށް މިއޮތީ އެފަދަ އީދެއް އައިސްފައެވެ. ނަވާރަވަނަ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓު ލުމުގެ ކަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިއާއެކު ކުރިއަށްދާއިރު، މިއަދު މީސް މީޑިއާގައި ފެންނަ އެންމެ އާންމު ފޮޓޯއަކީ އިނގިއްޔެވެ. ވޯޓު ލާފައިވާކަމުގެ ފާހަނގައާއެކު ނަގާފައިވާ ސެލްފީތަކުން ގޮސް ގުރޫޕް ފޮޓޯތައް ވެސް މިއަދު އިނގިއްޔަށް ހާއްސައެވެ.

ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން ވޯޓު ލާފައިވީނަމަވެސް މިފަހަރުގެ އިންތިހާބާ ދިމާކޮށް އިނގިލީގެ ފޮޓޯ ހިއްސާކުރާވަރު މަދެވެ. ފަހަރުގައި އިންތިހާބުގެ ލޮނު މިފަހަރު މަޑީ ކަމަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ޙުއް.. ހު ކެއަރސް

    16
    14
  2. DHONA

    ދެއްކޭ ދިވެހިން.......ދެންގޮސް އިނގިލި....ވާނީ ކީނޫން.....

    5
    3
  3. އަލީ

    ތި އެންމެން ކައިރީ ބުނެބަލަ ފޮޓޯ ނަގާ ތަންތަނަށް އަޅަން ބޭނުމިއްޔާ ނިކަން ނިޔަފަތި ކަނޑާ ސާފުތާހިރު ކޮށްފަ ނަގާ ލާށޭ؟ ފޮޓޯ ލެވެނިކޮށް ނިމުނީ ނިޔަފަތީގަ ގުއި ހުރެފަ ވަކިތަކެއް ހެން ހުއްޓަސް.

    13
    2
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މޮޔާވާބައެއް މިޒުވާނުންނަކީ.. އާކަމަކަށްވެފަ ކޮންމެކަމެއް..

    6
    2
  5. ޢިންސާނެއް

    ޔަގީނެއްނުން މިހެން ކަން ވާނީ.. ސޯށަލް މީޑިއާގެ ނުފޫޒު ވިއްޔާ?

    4
    2
  6. ޢިންސާނެއް

    ??

    4
    3