އިސްލާމްދީނާއި ހިލާފު ވާހަކަދައްކާ މީހުންނާއި، އިސްލާމްދީނުގައި އަންގާފައިވާ ކަންތައްތަކަށް ދެކޮޅު ހަދާ މީހުންނަކީ ލާދީނީ މީހުންނެވެ. ދިވެހިން ގަބޫލުކޮށްގެން ތިބި އިސްލާމްދީނުގެ އަސްލަކާއި ހިލާފު އެއްވެސް ވާހަކައެއް، އެއްވެސް ޚިޔާލެއް ދިވެހި މުޖުތަމަޢުގެ ތެރޭގައި ފެތުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން މަނާ ކަމެކެވެ.

ނަމަވެސް ފެންނަ މަންޒަރު ވަރަށް ތަފާތެވެ. އިސްލާމްދީނުގެ އަސްލުތަކާއި، ޙުކުމްތަކާއި ވަރަށް ފާޅުގައި ބައެއް ދިވެހިން އެބަ ދެކޮޅު ހަދައެވެ. އެމީހުންނާއި މެދު ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނާޅައެވެ. އެމީހުންނާއި މެދު ފިޔަވަޅު ނޭޅުމަކީ ސަރުކާރުން އެމީހުންނަށް ހިތްވަރު ދޭކަމުގެ ފުރިހަމަ ދަލީލެކެވެ.

އެމީހުންނަށް ފިޔަވަޅު ނޭޅުމުގެ އިތުރުން އެފަދަ މީހުންނަކީ ލާދިނީ ބައެއް ކަމަށް ބުނާ މީހުންނަަށް ޖެއްސުންކޮށް، ބިރުދެއްކުމުގެ ސިލްސިލާ މަސައްކަތްތަކެއް ސަރުކާރުން މިހާރު މިވަނީ ފަށާފައެވެ.

އެންމެ ފުރަތަމަ މިމައްސައްކަތް ފަށާފައިވާ އިދާރާ އަކީ ފުލުހުންގެ އިދާރާއެވެ. އިސްލާމްދީނުގެ ދިފާޢުގައި ވާހަކަދައްކާ މީހުން ފުލުހަށް ހާޒިރުކޮށް އެމީހުންނާއި ސުވާލު ކޮށްފިއެވެ. މަންޒަރު ރީތިކޮށްލަން ލާދީނީ ބައެއް މީހުން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރި ނަމަވެސް އެއިން މީހެއްގެ މައްޗަށް ފުލުހުން ކުރި ތުހުމަތެއް ވެސް ނެތެވެ.

ދާދިފަހުން ފުލުހުންގެ ތަރުޖަމާން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ވަގުތު" އަށް މައުލޫމާތު ދިނުން ހުއްޓާލި މައްސަލައެއް ވާނީ ރަސްމީ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ "ވަގުތު" އަށް މައުލޫމާތު ދިނުން ހުއްޓާލީ ދަން ޖެހުނު މީހެއްގެ ޚަބަރެއް "ވަގުތު" ގައި ޝާޢިއުކޮށް އެޚަބަރުގެ ލިންކް ފުލުހުންނާއި ހިއްސާ ކުރުމުން ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް މިހާރު ކަށަވަރު ކުރެވިފައިވާ ގޮތުގައި އެއީ އިސްލާމްދީނަށް ފާޑުކިޔާ މީހުންނަށް އިންޒާރު ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވި ޚަބަރު "ވަގުތު" އިން ގެނެސްދިނުމުން "ވަގުތު" އަށް ފުލުހުން އެޅި ދަތިކުރުމުގެ ފިޔަވަޅެކެވެ.

ކޮންމެވެސް ބަހަނާއެއް ދައްކައިގެން، ގޮޅިއަކަށް ފައްތާލާ، މައްސަލައެއް އުފަން ކުރުވައިގެން "ވަގުތު" އަށް ފުލުހުން ދަތިކުރަމުން ގެންދާ ޙަޤީޤީ ސަބަބަަކީ އިސްލާމްދީނާއި ދެކޮޅަށް އަޑުއުފުލާ މީހުންގެ ޚަބަރުތައް "ވަގުތު" އިން ގެނެސްދިނުމެވެ. އެމީހުންގެ ވާހަކަތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީ އެއީ ގޯސް ވާހަކަތަކެއް ކަން "ވަގުތު" އިން ބުނުން އެއީ ސަރުކާރުން ހަޖަމް ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

މިހާރު މީޑިއާ ކައުންސިލް މެދުވެރިކޮށް ވެސް އެމައްސަލައިގައި "ވަގުތު" މައިތިރި ކުރުވަން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. އެނގިފައިވާ ގޮތުގައި މިކަމުގެ އަޑީގައި ވެސް ތިބީ ސަރުކާރަށް ވާގިވެރިވާ ނޫސްވެރިންގެ ޔުނީފޯމްގައި ތިބި ބައެކެވެ. ސަރުކާރުގެ ސިޔާސީ އެޖެންޑާތަކަށް އަމަލީ ސިފަ ގެންނަން މަސައްކަތް ކުރާ އެޓީމްގެ މަސައްކަތަކީ ސަރުކާރުން އަންގާ ކަމެއް ކުރުވައިގެން "ވަގުތު" ސައިޒް ކުރުވުމެވެ.

ޙަޤީޤަތަކީ އިސްލާމްދީނަށް ދިވެހިންގެ ތެރެއިން ގިނަ މީހުންގެ ހިތުގައި ދެވިފައި އޮތް މަގާމަކީ އަދި ތިފަދަ ގޮތަކަށް ފިލުވައި ލެވޭނެ މަގާމެއް ނޫނެވެ. ބިރުދައްކައިގެން، ނުފޫޒު ފޯރުވައިގެން "ލާދީނީ" ކިޔުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ބާރު އޮތް ބަޔަކު ކޮންމެވެސް ބާރެއް ބޭނުންކޮށްގެން "ވަގުތު" ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް "ލާދީނީ" މީހުންނާއި ދެކޮޅަށް ދިވެހިން އަޑުއުފުލާނެއެވެ. ލާދީނީ މީހުންނާއި ދެކޮޅަށް އަޑުއުފުލަން އޮތް ހަމައެކަނި ހޮޅުއައްޓަކީ "ވަގުތު" އެއް ވެސް ނޫނެވެ.

ލާދީނީ މީހުންނާއި ބެހޭ ގޮތުން ލިޔުންތައް ޝާޢިއު ކުރުމުން ދައުލަތުގެ ވަޒީރުން ވެސް "ވަގުތު" ގެ އެކި މުވައްޒަފުންނަށް ތަފާތު އިންޒާރުތައް ދެއްވާފައި އެބަހުއްޓެވެ. އެހެންކަމުން "ވަގުތު" އާއި ދެކޮޅަށް އަޅަމުންދާ ކޮންމެ ފިޔަވަޅަކީ ސަރުކާރުގެ އެންމެ މަތިން ފާސްވެ، އޯކޭ ލިބިގެން ކުރިއަށް ގެންދާ ކަންކަންކަމާއި މެދު އެއްވެސް ޝައްކެއް، އެއްވެސް ސުވާލެއް ނެތެވެ.

ކޮންމެ އިންޒާރެއް ދިން ނަމަވެސް، ކޮންމެ ބިރެއް ދެއްކި ނަމަވެސް، ކޮންމެ ގޮންޖެހުމެއް ކުރިމަތި ކުރި ނަމަވެސް ލާދީނީ މީހުންނަކީ ލާދީނީ މީހުން ކަމަށް އަޅުގަނޑުމެން ބުނާ ބުނުން ދާނީ ތަކުރާރު ކުރަމުންނެވެ. އެއީ އިންޒާރަކުން، ބިރު ދެއްކުމަކުން، ގޮންޖެހުމެއް ކުރިމަތި ކުރުވުމަކުން ހުއްޓުވޭނެ ކަމެއް ނޫނެވެ.

"ވަގުތު" އިން ކުރަމުން ގެންދާ މަސައްކަތަކީ ކަންކަމުގެ ހަޤީޤަތް ހާމަ ކުރުމެވެ. ބަޔަކު ބުނާ އެއްޗަކުން އެމަސައްކަތް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް "ވަގުތު" ގެ ނެތެވެ. އެކަން ވާނީ މީގެ ކުރިން ވެސް ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ދދދދދ

    ލާދީ ކިޔުން ހުއްޓުވޭނެ އޮތީ އެންމެ ގޮތެއް. އެއީ ފާޅުގައި ހިންގަމުން ގެންދާ އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހުއްޓާލުން. އެ ނޫން ގޮތަކަށް ނުހުއްޓުވޭނެ. ކިޔާނަން ހަމަ.

    169
    14
  2. ސަޅި

    ހަބޭސް ލިޔުމެއް

    37
    7
  3. ލާދީނީ

    ލާދީނީ މީހުންނަށް ލާދީނީއޭ ކިތަންމެ ވަރަކަށްވެސް ގޮވާނަން. ލާދީނީ ނަޝީދު، ލާދީނީ ސޯލިހު (ސޯލިހުގެ ނަންވެސް އޭނަގެ އަމަލުތަކާހެދި ބަދަލުކުރަން ވެއްޖެ)، ލާދީނީ އިމްރާން (އިސްލާމްދީން މާ އިނގޭ ކަމަށް ހެދިގެން ދަރުސްތައް ދީފަ އެހުރީ ދީނަށް ފާޑުކިޔާ މީހަކާ ގުޅިގެން). އެމްޑީޕީއާއި ކޯލިޝަންގެ ހުރިހާ ސަޕޯޓަރުންނަކީވެސް ހަމަ ލާދީނީ ބައެއް.

    49
    11
    • އަޅެ

      ސޯލިހު އަކީ އެސޮރުގެ ކާފަގެ ނަމޭކިޔައި...

      7
      5
  4. އެމަންޖެ

    ފަހުޒަމާނުގާ ކުކުޅުހާ ދަރަޖަ އިންސާނުން ނަށް

    27
    7
  5. ރަންނަމާރި އަރާފި

    ދޮންކަލޯ މަޖިލިސް ހުވާކުރަންދެން މަޑުކޮއްލަ ވަކިނޫހެއް ނޫން ހުރިހާ ނޫސް ހުއްޓާލަން އަންގާނެ

    37
    8
  6. ޏައުބެ

    ހަމަ ކިޔާނަން... ﷲ އިރާދަފުޅާއި މިންވަރުން މިދިވެހި ވަޠަނުގައި އެހެންދީނަކަށް ފުރުސަތެއް ނުދެވޭނެ... ގޯހުން ގޯހަށް ދަންޏާ ދީނުގެ ދިފާއުގައި މަގުތަކަށް ނުކުންނަން ތައްޔާރަށް މިތިބީ.... ހީކުރާ ގޮތްދޯ...

    137
    10
  7. Anonymous

    ތިކަހަލަ ވަރަށް ގިނަ ކަންކަން ދުނިޔޭގެ ތިބި ބަޔަކަށް ފެނިގެންދާނެ،

    30
    6
  8. ހދހ

    ލާދީނީ މީހުންނަށް ކިޔަން ޖެހޭނީ ލާދީނީއޭ. ނިކަން ދުލުގަ ހިފަހައްޓަބަލަ ކިޔާނަން. ލާދީނީ އނނ

    40
    6
  9. އަލީ ޙުސައިން

    ސެކިޔުލާރ އަށް ދިވެހިން ކިޔާނީ ހަމަ ލާދީނީ.. އެޔަށް ކިޔާނެ އެހެން ލަފުޒެއް އެކެޑަމީން ހެދިމަ އެހެން އެއްޗެއް ކިޔާނީ. މިއީ ހަމަ ލާދީނީ ސަރުކާރެއް. ވަރަށް ސާފު.

    37
    8
  10. ޟ

    ޢާދަމް ނަވާޒު.. ސާބަހޭ ތިކުރާ ހިތްވަރަށް..މާތްﷲ ތިކުރާ މަސަތްކަތުގައި ބަރަކާތް ލައްވާށި ...އާމީން..

    49
    6
  11. ާައަހްމަދު

    ޥަގުތު ނޫހުން ތިކުރާހިތްވަރަށް ހަމަ ސާބަސް
    ލާދީނީ މީހުން ރުޅިއަޔަސް ފަރުވާލެއްނެތް.

    47
    7
  12. ހަންނާނު

    ސާބަސް. ފުކެއްވެސް ދޫނުކުރާތި

    43
    7
  13. އަލީ

    މިލިޔުމަށް ދެވިދާނެ އިނގޭ 100 އިން 100

    46
    6
  14. އަސްލުހާލަތު

    އަދި ވެސް ތިޔަ ނުވިކޭ ކާޑު ޖަހައިގެން ވިންކުރަން ތި ވިސްނަނީ.. އާ ކާޑެއް ކުޅެން ދަސްކޮށްބަލަ.. އެމްޑީޕީން މިފަހަރު ކުޅުނީ ބަޢާވާތާ ކަރަޕްޝަނުގެ ކާޑު..ދީނީ ކާޑު އެމީހުން ކުޅުނީ 2008ގަ މަޢުމޫނު ބާލަން.. އޭގެ ފަހުން އެންމެންވެސް އެ ކާޑު ކުޅެކުލޭ ރައްޔިތުން އެއްގޯސްވެއްޖެ.. އެ ކާޑު ޖެހި ނިމިދިޔަ 3 އިންތިހާބުގަވެސް.. އެކަމުވެސް ފެއިލްވީ.. ޓެކްޓިކްސް ބަދަލުކުރައްވާ ކުޅިފަސް ނުލިބޭނެ ދެމެއް ތިޔަ ކާޑު ކުޅެގެނެއް.

    13
    41
    • Anonymous

      ލާދީނީ މީހުންނަށް ނުވިސްނިދާނެ. އަހަރެމެންނަށް ދީނަކީ އިންތިޚާބު މޮޅުވާން ކުޅޭ ކާޑެއް ނޫން. ކަލޭމެން ކާޑު ކުޅެލަ ކުޅެލަ ތިބޭ. އަހަރެމެންނަށް އެންމެ މުހިއްމު ކަންތަކުގެ ވާހަކަ ދައްކާ ނުހުއްޓާނަން އިންޝާ ﷲ

      12
      3
  15. ނަގޫރޯޅި

    ނަސީދާ ދިމާލައް އެންމެ ބާރަށް ލާދީނީގޮވީ ސޭކް އިމްރާނާ، ސޭކް އިލްޔާސް. މިހާރު އެދެމީހުން އެއުޅެނީ ނަސީދުގެ ތިންބޭންގަނޑުގަ ހިފިގޮތައް ނުނެއްޓިގެން. ސަލަފީންނަކީ އެއްޖިއްސުން ގުޅުން ހިންގާމީހުންކަމަށް ނަސީދު ބުނީ މިދެމީހުންނާ އެކީ ނަސީދު އެކަން ތަޖުރިބާކޮއްފަ.

    24
    6
  16. ރހހ

    ނަސީދު ބުނީ ސަލަފީންނަކީ އެއްޖިންސުން ގުޅުން ހިންގާބަޔެކޭ. ސީރިޔާގަ ތިބިދިވެހި އަންހެނުންނަކީ ހަށިވިއްކާ ބަޔެކޭ. މީ މުސްލިމުންނައް ﷲ ނަހީކުރައްވާފަވާ ކަންތައް. އެހެންވީ އިރު ވަގުތު ނޫހަށް ސަރުކާރުން ބިރުދެއްކުން ހުއްޓާލާފަ ނަސީދު ހާޒިރުކޮށް ނަސީދުއައް މިކަންތައް އެހާރަގަޅަށް އެނގެނީ ކިހިނެއްތޯ ބަލާ ވިޔަވަޅު އެޅުން މާރަނގަޅު. ފަހަރެއްގަ ސަލަފީއަކާއެކީ ނަސީދު އެކަމެއްކުރީ ނޫންކަމެއްވެސް ކިހިނެއް އިނގެނީ. މީ މުޖޫ ނައީމްމެންގެ ޖަޒީރާ ރާއްޖެ. އެހެންވީމަ މީހަމަ ހިންގާފާނެ ކަމެއް.

    25
    7
  17. ހަސަންކާރި

    ހިލޭއަންހެނުންނާއި ފިރިހެނުން އަތްޖޯޑުކޮށް ސަލާމް ކުރުމާއި، މިޔުޒިކާއި ލަވަޖަހާ ހިލޭއަންހެނުންނާއި ފިރިހެނުން މަސްހުނިވެ އުޅުމާއި، ދޮގުހެދުމާއި، އިސްލާމީ ޝަރީޢަތް ތަންފީޒު ނުކުރުމާއި، ކާފަރުން ރަޙްމަތްތެރިންގެ ގޮތުގައި ބެލުމާއި، އަންހެނަކަސް ފިރިހެނަކަސް އިސްލާމް ދީނުގައި ޝަރުޢުކުރަށްވާފައިވާގޮތަށް
    އޮރިޔާން ނިވާނުކުރުމާއި، ހިލޭއަންހެނުންގެ އުރަމަތި ތިމާގެ މޭމަތީ ޖެހިބާރުވާގޮތަށް ބައްދާ
    ފިރުމާހެދުމާއި، ބަނގުރާ ބުއިމާއި މިހުރީ ހައްތާވެސް ލާދީނީ ކަންކަން. މިކަންކަން ކުރާ ހަމަކޮންމެ މީހަކީ ލާދީނީ މީހެއް. އެމީހުންނާ ދިމާލަށް ލާދީނީއޭ ކިޔޭނެ. އަދި ހަމަ އަބަދުވެސް ކިޔާނެ. އަދިއެކަން އެއްމެބޮޑަށް އެގޭނީވެސް ހަމަ
    ޢެމީހުންނަށް. އެމީހުން އަބަދުވެސް ތިބޭނީ ކަންބޮޑުވުމެއްގެ ތެރޭގަ. ދެން ދެވިހިފާނީ އާވާރާ
    ކުރުވަނި އެއްޗިއްސަށް. ވަރަށް ހިތާމަ ހުރިކަމެއް

    20
    8
  18. ާައަންނި

    ލާދީނީ އަކީވެސް ނޫން... ސީދާ މުރުތައްދު ކުފުރު

    25
    6
  19. ހޫޑީނީ

    ލާދީނީ ވެސް ހޫޑީނީ ވެސް ހަމަ ކިޔަންވީ.. އެކަމު މުސްލިމެކޭ ތިމަންނާއަކީ ބުނާ މީހަކާއި ދިމާލަށް ކިޔުން އޮތީ ނަޙީ ކުރައްވާަފަ. ހަނގުރާމައެއްގައި ބަލިވުމުން މަރުން ސަލާމަތްވާންވެގެން ޝަހާދެއް ކީމީހާ މަރާލުމުންވެސް އެކަން ކުށްވެރިކުރެއްވި.. މިކޮމެންޓު ނުޖެހިޔަސް ހެޔޮ، "ވަގުތަކީ" ރައްޔިތުންގެ ތެރޭ ނަފްރަތާއި ފަސާދަ އުފައްދައި ވަކި ސިޔާސީ ބަޔަކު ކުރިއަރުވައިގެން މަންފާ ހޯދައި ނޫހެއްކަން ސާބިތުކޮށްދީފައިވާ އެއްޗަކީ މިހާތަނަށް.. އެހެންނޫންނަމަ ވަކި ބަޔެއްގެ ލާދީނީ ކަން ނުފެނި ކޮންމެތާކު ހުރި ލާދީނީ މީހާގެ މައްސަލަވެސް ވެރިކަމާއި ގުޅުވާކަށް ނޫޅޭނެދޯ..

    8
    23
  20. އަތީލު

    ވަގުތުއަށް ދަންނަވަމެވެ. ރައްޔިތުންތިބީ ވަގުތު ނޫހާއެކު ވަގުތު ދިފާޢު ކުރުމަށް ތައްޔާރުގައެވެމާފޮނިވެގެން އުޅޭނިކަމެއް ނެތެވެ. މީހުންދިރިއުޅޭ ރަށްރަށޫގެ ފާފުތަކުގައިވެސް ލާދީނީ މިލަފުޒު ޗާޕުވާނެއެވެ.ދެން އިބޫސަރުކާރަށް ހުއްޓުވެންޏާ ހުއްޓުވަބަލަ

    21
    7
  21. ާައަލީ

    ތި ކުރައްވާ ހިއްވަރަށް ސާބަސް. އަދި ލާދީނީ މީހުންގެ މައްޗަށް އަޅަމެން މުސްލިމުންނަށް ﷲ ސުބުހާނަހޫ ވަތަޢާލާ ނަސްރު ދެއްވާންދޭވެ އާމީން

    30
    6
  22. ޜިޝްޥާން

    އަޅުގަޑުމެން މިތިބީ ތިކަމުގަ ވަގުތު ނޫހާ އެކު...ދީނަށްޓަކައި ފަހެއް ނުޖެހޭނަން ފުރާނަ ދިޔަސް....

    27
    8
  23. ހަބޭސް

    ވަގުތުނޫސް މަ ހިޔާލުކުރާ ސަބަބަކީ ވަކިފަރާތަކަށްނުޖެހި ހަބަރުލިޔާތީ. ވަގުތު ނޫސްވެރިން ތިކުރާ ހިތްވަރަށް ހަމަ ސާބަސް

    24
    9
  24. ކުޑަބަޖަރާ

    ސަރުކާރަކަސް މާފެންމައްޗަށް އަރާގެން އުޅެންޏާ ގަންބާލާނަށް. އެބަހީ ސަރުކާރު ވައްޓާލާނަށް.

    23
    8
  25. ސައިންސް ކޭ

    ކޮންމެ އިންޒާރެއް ދިން ނަމަވެސް، ކޮންމެ ބިރެއް ދެއްކި ނަމަވެސް، ކޮންމެ ގޮންޖެހުމެއް ކުރިމަތި ކުރި ނަމަވެސް ލާދީނީ މީހުންނަކީ ލާދީނީ މީހުން ކަމަށް އަޅުގަނޑުމެން ބުނާ ބުނުން ދާނީ ތަކުރާރު ކުރަމުންނެވެ. އެއީ އިންޒާރަކުން، ބިރު ދެއްކުމަކުން، ގޮންޖެހުމެއް ކުރިމަތި ކުރުވުމަކުން ހުއްޓުވޭނެ ކަމެއް ނޫނެވެ.... ވަގުތު ގުޑް ޖޮބް

    28
    6
  26. ބަފާބެ

    އެޖެންޑާ 19 ސްޓާރޓްވާނެ މިއަންނަ ހޯމަދުވަހުން ފެށިގެން، ދެން އެއިރަކުން ވަގުތެއް ޗެނެލް 13، ވީޓީވީ އެއް ނޯންނާނެ! 19 ފާހަގަ ކުރަން ހުޅުމާލެ 2ގަ ބޮޑުޕާޓީއެއް ބާއްވަން ތައްޔާރުވަމުން އެބަދޭ ދަޢުވަތު ދެނީ ހަމަ އެކަނި "ޒުވާނުންނަށް" ޕާޓީގެ ފުރަގަހުގައި ހުންނަވާނީ ބުއްޅަބޭއާއި، ކިނބޫ. ބޯންބޭނުންވާ ކުދިންނަށް ބޮވޭގޮތަށް ހަމަޖެހިފަ އޮތީ!

    20
    7
  27. ހަބޭސް

    ވަގުތު އާ އެކު މި ތިބީ. ބާރަށް ކުރިއަށް.

    20
    8
  28. ހަމްޒާ

    ވަގުތު. ޢިސް ދަ ބެސްޓް.
    ފުލުހުން ލާދީނީ ވާނެ ދެން.ރައްޔިތުން ނާ ތޮޅެ ލޭވެސް އޮހޮރުވާނެ. ބަލަން ތިބެމާ. ޢިސްލާމް ދީނާ ކުޅެން ޔާ ނުތިބޭނަން މަޑަކުންނެއް. ޙެޔޮ މަރާލިއަސް..

    17
    5
  29. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ހަމަ ލާދީނީ ބަޔަކަށް ތާއީދުކޮށް ލާދީނީ މީހުނަށް އެއްވެސް ފިޔަވަޅެއް އަޅާ ސަރުކާރެއްނޫން މީކީ. ލަދީނީއޭ ކިޔަނީ ކީއްވެކަން ހަޖމު ނުވާބަޔަކު މާ ދީނީކަމަށް ދައްކަން އެހެން މީހުންގެ އަނގަމަތީ ޓޭޕުއަޅަން އުޅުމަކީ މިލިޓަރީ އުސޫލެއް. ނަމުގަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިން ބަޔަކީ އެމްޑީޕީ ކަމަށް ދައުވާކުރާއިރު، ކަމުގަ މިފެންނަނީ މުޅިން އެހެންކަމެއް. މީ ރައްޔިތުން އަނެއްކާވެސް ވިސްނަންޖެހޭކަމެއް. އެމްޑީޕީގެ ނުރައްކާތެރިކަން ހާމަވަމުން މިއަންނަނީ.

    16
    6
  30. މުހައްމަދު އަހްމަދު

    މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމުގެ ޙައްޤުގައި ތިޔަ ނޫހުން ކުރަމުންދާ ހިތްވަރުގަދަ ޖިހާދަށް ކުރިއެރުމާއި، ފާގަތިކަން ދެއްވާށިއެވެ. ލާދީނީ މީހުންގެ ނުބައި ވަކިތަކުން މިޤައުމު ސަލާމަތްކުރައްވާށިއެވެ. އާމީން

    15
    5
  31. އަލީ

    ޅާދީނީ ބަޔަކަށް ހަމަ ލާދީނީއޭ ކިޔާފަ ގޮވޭނެ. ގޮވަން ވާނެ. އެވާހަކަ ގޮވާލެއް މިހާރުވެސް މާމަދު.

    10
    3
    • 6ލާދީނީ

      ލާދީނީއޭ ކިޔާފަ ގަޔަށް ބޮލަށް ނާރާ ތިބެދާނަންތަ ކަލޭމެން؟

      4
      3
  32. ރަދީފް

    ލަދީނި ކިޔާނަން ގިނަގިނައިން.ލާދީނީ @ 10000000

    10
    3
  33. Anonymous

    ކެނެރީގޭ އަންނީ އެއީ ލާދީނީ މުރުތައްދެއް

    11
    3
  34. ކަނުބެ

    ވަގުތު ވަކިފަރާތަކަށް ނުޖެހެޔޭ ބުނާބެއަކީ ކަނުބެއެއްބާއޭ މަގޭ ހިތަށް އަރާ. ވަކިބައެއްގެ ކޮމެންޓެއް ނޫނީ ނުޖަހާ. ވަކިގޮތަކަށް ލިއުނިއްޔާ ނޫނީ ނުޖަހާ. މިއަށްވުރެން ވަކި ވަކިފަރާތަކަށް ވެއްޓިފަ ތިބި އެހެން ބައެއް ކޮބާ؟

    5
    13
    • Anonymous

      މިހާރު ނޫސް. ރ ޓީވީ. ކަލޭމެންގެ ވާ ކޮމެންޓް ޖަހައިދެއެއްނު. މަލިޔާ އެންމެ އެއްޗެއްވެސް ޖަހައި ނުދޭ. އެއީ ރީނދޫ ހުން ޖެހިފަ ހުރި ދެތަން.

      7
      3
  35. އެނޮނިމަސް

    ﷲއަށް ހުރިހާ ހަމްދަކާ ސަނާއެއް. މުހަންމަދުގެފާނާއި އާއިލާއާއި ގާތްމީހުންނާ އައިޝަތުގެފާނާއި އާއިލާއާއި ގާތްމީހުންނަށް ހުރިހާ ސަލާމަކާއި ސަލަވާތަކާ.
    ދެން ބުނެލަން ކަލޭމެން ﷲއޭ މަރޭ ޖަހަންނަމައޭ ކިޔާނެ ވަރަކަށް ކިޔާ. މަމެން ޖާހިލުކަމާއި އަނދިރިކަމާ ބުންޏޭ ބުންޏޭއަކަށް ދެނެއް ނުހެއްލުވޭނެ. ކަލޭން ފޮނުވާ ވަލުކުއްތަކާތަކާއި މަޅާ ކަނޑިތަކަށް ގަތް ބިރު ފަހަނަޅައިފި.

    4
    3
  36. މާހިރު

    ހަމަ ލާދީނީ އަންނި ލާދީނީ ބުއްޅަބޭ

    7
    3
  37. އާދަނު

    މި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، މިތަން ލާދީނީ ކުރުން. އެކަމަށް އެހުރީ އަންނިސޮރު ފޮނުވާފަ. އިބޫއަކީ ރައީސަކަސް ނުފޫޒެއް ހުރި އިބޫއެއް ނޫން.

    7
    3
  38. ާހީރޯ

    މިލިޔުން ކިޔާލާފަ މިއީ ފުރަތަމަ ފަހަރަށް ނޫހެއް " މަގެ ފޭން " އަށް ވެއްޖެ .. މަރުހަބާ ވަގުތު.. މިއަދު ނޮޓިފިކޭޝަންވެސް އެލޯ ކޮއްލާފަ ހިތްހަމަޖައްސާލާނީ
    .. ހަމަ އަންތަރީސް ސަތިރީސް ވެއްޖެ ... ތިކުރާ ހިތްވަރަށް ފަށްފަށުން ކީއްކުރަން .. ބަރަނިފަށުންނާއި ވާފަށުންވެސް ، ސާބަސް އަދި ޝުކުރިއްޔާ... ޢައި އޭމް ޕްރައުޑް އޮފް ޔޫ !! ދެން މިވަރަށް ޕްރެއިޒް ނުކުރިއަސް އޯކޭދޯ..
    "ތިކުރާ ޖިހާދުގައި މާތް ﷲ ، ވަގުތުގެ ނޫސްވެރިންނަށް ޡާބިތުކަންދެއްވާށި ، އަދި ދިވެހިންގެތެރޭ އުޅޭ ދިވެހީންގެ ދީނީވަންތަކަން ނަގާލަން އުޅޭ މީހުންގެމައްޗައް އަޅަމެނަށް ނަސްރުދެއްވާށި.. އާމީން"

    8
    4
  39. ްްްއ

    خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ

    God has set a seal on their hearts and on their hearing, and over their vision is a veil. They will have a severe torment.

    5
    3
  40. ޢަލީ ނާޞިރު

    ލާދީނީ އަކީ އެއްވެސްދީނެއް ޤަބޫލުނުކުރާ މީހުން...... ޙަމަ ހިތްހަމަނުޖެހޭ ކޮންމެ މީހަކާ ދިމާއަށް ލާދީނީއޭ ނުގޮވޭނެ...... ޢެއީ ފާފައެއް...... އެކަން ހުއްޓުވުމަކީ ސަރުކާރުން ކުރަންޖެހޭކަމެއް...... ޢިންޒާރުވެސް ދޭންވާނެ.... ޙިފާހައްޔަރުވެސް ކުރަންވާނެ...... މީހަކުކުރާ ކަމަކާ ނުބައްދަލު ލަޤަބެއް ދިނުމުގެ ޙައްޤު އެކަކަށްވެސް ނޯންނާނެ.....

    5
    9
    • ބޮވެންޖެހޭ

      ހިތްހަމަނުޖެހޭ ކޮންމެ މީހަކަށް ހަށިވިއްކަނީއޭ ގޮވީމަ އޯކޭ؟ ލާދީނީ ކީމަ ހަޖަމްނުވޭ! ހިތްހަމަނުޖެހޭ ކޮންމެ މީިހަކަށް ވަގަށް ގޮވޭ ހެއްކެއް ނެތަސް؟ ޓެރަރިސްޓުންނަށް ގޮވޭ؟

      6
      4
  41. ޭސަލަފް

    ސަލަފީންގެ ގޮތުގައި ރާއްޖޭގައި މިއުޅޭ ބައިގަޑަކީ، ފައިސާއާހެދި ކޮންމެ ކަމެއްވެސް ވަރިހަމަ ބައެއް.ޔާމީން ސަރުކާރުގައި މި މީހުންނަށް ބައިއެޅީމަ ހުރިހާކަމެއްވެސް ރަގަޅު. މިހާރު ފައިސާ ނުލިބޭތީ، ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް ނަފުރަތު އުފެއްދުމުގައި އަވަދިނެތި. މިބައިގަޑު ސީރިޔާއަށް ފޮނުވާލަންވީ.

    5
    11