ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އަމާންކަން ދަމަހައްޓައި، ދިމާވާ ނުރައްކާތެރި އެކި ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ އެކަމަށް ތައްޔާރަށް ތިބޭ ބައެކެވެ. ރައްޔިތުންގެ ކަންކަމުގައި އެހީވެ، އެންމެ އަވަހަށް ސީދާ ހަރަކާތަށް ނުކުންނަ ބަޔަކީވެސް ފުލުހުންނެވެ. އެއްވެސް ހާދިސާއެއް ހިނގައިފިނަމަ މަދު މިނިޓްކޮޅެއްގެ ތެރޭގައި އެތަނަކަށް ގޮސް، އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ބަޔަކީވެސް ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނެވެ.

ރޭގެ ވަގުތުގައި ގަލޮޅު ރެޑްޕާލް ގޭގެ މީހުން ނިދާފާ ތިއްބާ ކުރިމަތިވި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފުލުހުން މިވަނީ ނަމޫނާ ދައްކާފައެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މާލެތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންވަނީ މަދު މިނިޓްކޮޅެއްގެ ތެރޭގައި އެގެ ހިމެނޭ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވެއެވެ.

ފުލުހުން އެތަނަށް ދިޔައިރު ރެޑްޕާލްގެއަށް ވަންނަ ގޯޅިގަނޑުގައި އަލިފާން ރޯވެފައިހުރުމުން ފުލުހުންގެ ވެހިކަލްގައި އޮތް އަލިފާން ނިއްވާ ދެ ފުޅި ބޭނުންކޮށްގެން ގޯޅިގަނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެ ގޭގައި ނިދާފާ ތިބި މީހުންނަށް އެހީވުމަށް ކުރެވެން އޮތް ކަމެއް، ލިބެން ހުރި ވަސީލަތެއް ބޭނުން ކޮށްގެން، ފުރަތަމަ އެޓެންޑްވި ފުލުހުންވެސް ފެށިއެވެ.

އެގޮތުން ރެޑްޕާލް ގޭގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް، އެގޭ ފުރަތަމަ ފަންގިފިލާއިން އެއްޗެއް ގޮވައި އެގޭ މައްޗަށް އެރެން އޮތް ސިނޑިއަށް އަލިފާން ފެތުރުމާއި ގުޅިގެން އެގޭގައި ތާށިވެފައިތިބި މީހުން ސަލާމަތްކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ ރެޑްޕާލް ގޭއާ އިންވެގެން ހުރިގޭގެ ފުރާޅު މައްޗަށް އަރައި ރެޑްޕާލް ގޭގެ ފުރާޅުން ޓިނު ނަގައި ބާނގަނޑެއް ހެދުމަށްފަހު، އެގޭ ތެރޭގައި ތާށިވެފައިތިބި ބައެއް މީހުން ސަލާމަތްކޮށްފައެވެ.

އެގޮތުން ދެ އަންހެނުންނާއި ކުޑަ ފިރިހެން ކުއްޖަކާއި ފިރިހެނަކު ފުރާޅު މައްޗަށް ނަގައި ސަލާމަތްކުރުމަށްފަހު އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސް ދިނެވެ. އަދި އިތުރު މީހަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އޭނާ ހޭނެތިގެން ވެއްޓުމުން ފުލުހުން ވަނީ ކައިރި ގެއަކުން މަރުތޭލެއް ހޯދައިގެން، ރެޑްޕާލް ގޭގެ ފާރުތަޅާލައި، ބާނގަނޑެއް ހެދުމަށްފަހު ހޭނިތިގެން ވެއްޓުނު މީހާ ސަލާމަތްކޮށް ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިހާދިސާގައި ފުލުހުން ކުރިމަސައްކަތުން އެގޭތެރޭގައި ތިބި ހަތް މީހަކު ސަލާމަތްކޮށްފައިވެއެވެ. އަދި މީހުން ސަލާމަތްކުރުމުގައާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ހަ ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުންވަނީ ފަރުވާ ދީފައެވެ.

ރޯވެފައިވާ އަލިފާންގަނޑުތެރޭގައާއި އަރަމުންދިޔަ ބޯ ދުންތަކުގެ ތެރޭގައި ރެޑްޕާލް ގޭގައި ތާށިވެފައިތިބި މީހުން ސަލާމަތްކުރުމުގައި ފުލުހުން ދައްކުވައިދީފައިވާ ހިތްވަރުގަދަ މަސައްކަތަކަށް މުޅި މީސް މީޑިއާގައި ދަނީ ތައުރީފް އޮހެމުންނެވެ. ހާއްސަކޮށް ފުލުހުންގެ މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއް އާންމު ކޮށްފައިވާ އިރު، ހޯމް މިނިސްޓަރު ޝެއިހް އިމްރާންވެސް ވަނީ ފުލުހުންގެ މަސައްކަތަށް ތައުރީފް ކޮށްފައެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ އަހްލާގްގައި ހުންނަވާ އެންމެ އަސާސީ ސިފައަކީ އަމިއްލަ ނަފްސާއި މަސްލަތަށްވުރެ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހު ގަދަވުން ކަމަށެވެ. އިއްޔެގެ އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ފަރާތުން ފެނުނު ހިތްވަރާއި ކުޅަދާނަ ކަމަކީ ދިވެހީން ފަހުރުވެރިވާނެ ހިދުމަތެއް ކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ރައްޔިތުމީހާ

  ސަލާމަތީ އެކިއެކި ޓްރެއިނިންގް ތަކުގައި ކިޔަވައިދެނީ ފުރަތަމަ އަމިއްލަ ނަފްސު ސަލާމަތް ކޮށްގެނޭ އެހެން މީހުން ސަލާމަތް ކުރެވޭނީ.

  17
  22
 2. އެޑަމް

  ބަޔަކު ޤަބޫލު ނުުކުރިޔަސް އަހަރެން ދިވެހި ފުލުހުންނައްޓަކައި ފަހުރުވެރިވަން

  93
  6
 3. ޢަންނި

  ޜޮވިއްޖެ މީ ހެޔޮ ވެރި ކަމެއް އުފާކުރަން

  45
  42
 4. ޑިލް

  ބަލަ ތިވަރުވީއިރު އެމް.އެން.ޑީ.އެފް ފަޔާ އެންޑް ރެސްކިޔު ކޮބާ!

  54
  5
 5. ޙުސެން

  ޏނޯނީޑް އޮފް ކޮމެންޓްސް ފުލުހުންގެ ހިދުމަތް އަދިބަލައިގަންނަން ކާރިވެސް ނުވޭ އެޖާދޯދިޔާބައެއް އެއީ އަދިވަރައްދުވަސްނަގާނެ ތިޔަމީހުން ބަލައިގަންނަން

  12
  46
 6. މުހަންމަދު

  ޕޮލިސް ގެ މަސައްކަތަށް ބަލާއިރު ފާހަގަވަނީ ހާދިސާތަކުގައި އަމަލުކުރަން އޮންނަ ޕުރޮސީޖަރ ނޭގޭހެން މިފަދަ ކަންކަމުގަ ހަރަކާތް ވުމަށް ހާއްސަ ތަމްރީންދެވި ހާއްސަ އިކްވުޕްމަންޓް ދެވިފައި ތިބި ބަޔަކު ތިއްބާ އެބަޔަކަށް ނާންގާ ފުރަތަމައިންވެސް ހީރޯ އަކަށް ވާން ސަލާމަތީ ގޮތުން ނުވިސްނާ މަސަށްކަތް ކޮށްފައި ވާކަން ފާހަގަވާތީވެއެވެ.

  18
  64
  • ފުލުސް

   ކިހިނެއް އެގެނީ ނާންގާކަމެއް !! ދެންތިބުނީ އެމީހުން އަންނަންދެން އަހަރެމެން އަތްއުރާލާގެން ބަލަންތިބޭށޭ އެތަނުން ރުއިމުގެ އަޑު އުވޭއިރު އެއަޑުވެސް އަހާލައިގެން ތިބޭށޭ !!!އެހެނެށް ނުވާނެދޯ އަހަރެމެނެއް ނުތިބޭނަން ބަލާކަށް ލިބެން ހުރު ވަސީލަތެއް ބޭނުން ކޮށްގެން އެތާތިބި މީހުންގެ ފުރާނަ ސަލާމް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން އިންޝާﷲ

   86
   2
  • އެ ތާ ކައިރީ އުޅޭ މީހެއް

   ވާނުވާ އެނގިގެން ކޮމެންޓް ކުރީމަ ސަޅި ވާނެ.. އެމް.އެން.ޑީ.އެފް އެތަނަށް އައުން ލަސްވީ. ދެން އެތަނަށް އައި ބަޔަކު އުޅޭނެ ދޯ ކުރެވުނު ގޮތަކަށް މީހުން ސަލާމަތް ކުރަން. އެކަން ނުކުރި ނަމަވެސް ތިބޭފުޅާ ކޮމެންޓް ކުރިސް ފުލުހުން އެތަނަށް ގޮސްވެސް އަނގަ ނަގައިގެން ތިބީއޭ. ތިކަހަލަ ޖާހިލުންނަށް ރަނގަޅު ނުވާނެ އެއްގޮތެއްވެސް.

   86
   2
  • ވާނުވާ

   ވަަނުވާ ނޭނގި ކޮމެންޓް ކުރަނީ ކީއްވެތަ؟ އެމީހުން އެހުރިހާ ކަމެއް ކުރި އިރުވެސް އަދހި ހަމަ ތހި ތަމްރީން ލިބިފަ ތިބި މީހުނަށް އެހިސާބަށް ނާދެވުނު. އެމީހުންނަށް ނާންގާތީކީއެއް ނޫން އެމީހުންގެ ސާރވިސް ފާސްޓް ކަމުން. ބަލަ ތިޔަ ބުނާ ތަމްރީނު ލިބިފަ ތިބި މީހުން އަންނަންދެން މަޑުކުރި ނަމަ ކޮންމެވެސް ބައެއްގެ ފުރާނަ އަށް ނުރައްކާވީހޭ.. މާ އެނގިގަނެގެން ތިޔަ ކޮމެންޓް ކުރަނީ..

   54
   1
  • ފިލާތިބޭ މީހުންނަށް

   ތިމީހުން އަހަރެމެންގެ މަސައްކަތް ބަލައިގަތަސް ނުގަތަސް ފަރުވާލެއް ނެތެވެ. ބަލައި ގަންނަ ބަޔަކު ބަލައި ގަންނާނެއެވެ. ފިލާ ތިބެގެން ފުލުހުންނާއި ބެހެނީ ކުރިމަތީގައި އެއްޗެކޭ ބުންނަން ނުކެރޭ ރަނޑުންނެވެ. މަސައްކަތްކުރަންޖެހޭ ގޮތާއި ކުރަން ނުޖެހޭ ގޮތްވެސް އަހަރެމެންނަށް އެނގެއެވެ. ކަލޭމެން ފާޑު ނުކިޔާ ގޮތަކަށް ކަމެއް ކުރެވޭ އެކަކު ވެސް ނުހުންނާނެއެވެ. އެއީ ޚުދު އެމީހާ އަމިއްލަ އަށް ކުރާ ކަންކަމަށްވެސް އެމީހުން ފާޑު ކިޔާނެއެވެ. ތިއީ އަދަބާއި އަޚްލާޤުގެ ކަންފުޅެއްވެސް ނުހުންނާތީ ވާގޮތެއްކަން އަހަރެމެންނަށް އިގެއެވެ. އަނގަމަޑުންލައިގެން ތިބިއްޔާ މާރަނގަޅުވާނެއެވެ. އެހެން ބުނީމަ ވެސް ހަޖަމް ނުވާމީހުން މިކޮމެންޓަށް ރިޕްލައި ކުރާނެކަންވެސް އެނގެއެވެ. ވަރަށް ސަލާމް..

   46
   1
   • ޑޮން

    ރަނޑުން ގިނައީ ފުލުހުންގެ ތެރޭ.....

    4
    7
    • ނަން

     މުޅި ރާއްޖޭގަވެސް، މީހަކު ގޯސްކަމެއް ކުރިޔަސް ތި ކުރަނީ ގޯސްކަމެކޭ ބުނަން ނުކެރޭވަރުގެ ރަޑުން. ފޮޓޯ ނގަން އެކަނި ދިވެހިންނަށް ކެރޭނި

     7
     2
 7. ޖެނީ

  އިމޫ ޓްވީޓް ކުރާނެ ކަމެއްނެތް ތީ މުނާފިޤުންގެ އައްޕަ

  12
  12
 8. މައިކާ

  ލޮލުން ކަރުނަ އައިސްފި. ފުލުހުންގެ މަސައްކަތަށް ސާބަސް.

  29
  1
 9. Anonymous

  މަކަރުވެރި ބައެށ ފުލުހުނަކީ

  3
  28
 10. ކިލޯކޮއި

  މިކަހަލަ ކަންކަމާހުރެޔޭ ރައްޔިތުން ވާވަންނަނީ. އެއްދުހު ޚުތުބާގަ ކިޔާނެ ނަފުސައް އަނިޔާވެރިވުން ޙަރާމޭ. ދަލީލުވެސް ދައްކާނެ. އަނެއްދުވަހު މިބުނަނީ ނަފުސަށް ބެލުމެއްނެތި އުޅެގަތީމަ ވަރަށްމޮޅޭ ޝުކުރިއްޔާއޭ.

  2
  15
 11. މީނަ

  ދިވެހިންނަށް ރަނގަޅު އެއް ގޮތެއްވެސް ނޯންނާނެ.....ހަމަ ފުލުހުން ކުރި މަސައްކަތަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އަދި ބުނަން މީ ކޮންމެހެން މިސަރުކާރުގެ އޯގާތެރިކަމެއްވެސް ނޫން.. ކޮންމެ ސަރުކާރެއް ނަމަވެސް ފުލުހުން އެގަޑީގަ އެގޮތަށް އަމަލުކުރީސް..

  10
  2