ލިޔުނީ: ޅޮހި

މަތިންދާބޯޓުން ފައިބައިގެން އެއާރޕޯޓުން ދިވެހިރާއްޖެއަށް ފޭބުނީމާ ލިބުނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. ކަނޑުގެ މެދުގައި މަޑުމައިތިރިކަމާއެކުގައި މިއޮންނަ ދިވެހިރާއްޖެއަށް އާދެވުނު ކަމުގެ ހިތްހަމަޖެހުމެވެ. ނަމަވެސް އަމިއްލަ ގައުމަށްވެސް މިއާދެވުނީ ހާދަ ހާލަކުންނެވެ. ރާއްޖެދާން އިންޑިޔާއިން ވިސާނުދީގެންވެސް ހަޔެއްކަ މަހު މަސައްކަތްކުރަންޖެހުނެވެ.

މިހާ އުނދަގޫ މިވީ އަޅުގަނޑު އަތުގައި ދިވެހި ޕާސްޕޯރޓެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ޕާސްޕޯރޓު އޮތުމުގެ ހައްޤުންވެސް އެންމެފަހުން މަހުރޫމުވީ ދަތްދޮޅި ދަށުގައި އިސްތަށި ގިނަވެފައި ރާއްޖެ ހިމާޔަތްކުރާ ފަރާތްތަކާއި ދެކޮޅަށް އެހެން ބަސްބަސް ބުނެލާތީއެވެ.

އެހެންވިޔަސް ހެވެވެ. މިއޮތީ ދިވެހިރާއްޖެއަށް އާދެވިފައެވެ. އުފަންވި ގައުމު ބަލާލެވޭނެ ކަމުގެ އުއްމީދާއި އަމިއްލަ ރަށަށް ދެވޭނެ ކަމުގެ އުއްމީދު ހިތުގައި ޖަމާވީމާ އެހެރަލިބޭ އުފަލެއް ބުނެދޭނީ ކިހިނެއްހެއްޔެވެ؟ ހުސައިން ޞަލާޙުއްދީނު ވިދާޅުވާހެން ޅަފުރައިގެ ހަނދާނަކީ ވާ އާދައިގެ ހަނދާނެއް ނޫނެވެ. ރައްޓެހި ކުދިންއި އެކު މަސްހިފަން އަތިރިމަތީގައި އުޅުނު ހަނދާނާއި ދޮންވެލި ތުނޑީގައި ގަޑަގެ ޖަހައިގެން މަސްބާނަން ތިބޭ ހަނދާންވީމާ ހިތުގެ އުފެދޭ ޝުއޫރުތައް ބަންޑުންވަނީއަކީ އެހެރައެހެރަ ހެނެއްނޫނެވެ.

އެއާރޕޯރޓުން އެހެނެއްކަމަކު ހައިރާންނުވިއެއްކަމަކު ހައިރާންކުރުވީ ދިވެހިންގެ ބަދަލުގައި އަވައްޓެރި ގައުމުތަކުގެ މުވައްޒަފުންގެ މަރުހަބާއިންނެވެ. އެބައިމީހުންގެ ޕުލާސްޓިކު ހިނިތުންވުން ދިވެހިންގެ ހިނތުންވުންހާ ސާދާ ނޫން ކަމުގައިވިޔަސް އެއްޗެއް ނެތްތާކަށް ވަރިހަމައެވެ. ގޯހެއްނޫނެވެ. އެއާރޕޯރޓު ހިންގަނީ އަޅުގަނޑުމެންގެ އަވައްޓެރި އިންޑިޔާގެ ކުންފުންޏަކުންޏެވެ. އެއާޕޯރޓުގެ ނަންވެސް މަހާތަމާ ގާންދީ އިންޓަރނޭޝަނަލް އެމްވީ އަށްވަނީ ބަދަލުވެފައެވެ. ޒަމާނާ އެކުގައި ހާދަ ކަންކަމެއް ބަދަލުވެއްޖެތާއޭ ހިތާ ހިތާ ކިޔާލެވުނެވެ. ކަންކަން ނިމިގެން މާލެދާން ފެރީއަށް އެރުނުއިރު ހުރީ ވަރުބަލިވެގެންގޮސް އަވަދިވެފައެވެ.

އައިސްފައިވާ އެންމެބޮޑު ބަދަލަކީ ކުރީގައި ބާލަކުޑި ދޯނި ފެރީގެ ގޮތުގައި ދުއްވިޔަސް މިހާރުއޮތީ އެންމެފަހުގެ އަގުބޮޑު ފައިބަރު ލޯންޗެކެވެ. ދުއްވަނީ އިރުގެ ހަކަތައިންނެވެ. މިގައުމު ކާރބަން ފުރީ ގައުމަކަށް ވެފައިވާ ކަމާއިމެދު ފަހުރުވެރި ވެވުނެވެ. އެކަމާ ވަރަށް އުފާވިއެވެ. އެކަމަކުވެސް އިރުގެ ހަކަތަހޯދަންޖަހާފައި ހުރި ބޯޑުތަކުގައި މޭޑްއިން އިންޑިޔާ ބޮޑު އަކުރުން ޖަހާފައި ހުރީމަ މެޔަށްލިބޭ ކެރުން ކުޑައެއްނޫނެވެ. އެހެންޏާ އަހަރެމެން ދަތުރުކޮށް އުޅުނީ އަހަރެމެން އަމިއްލަ ކާބަފައިން އީޖާދުކުރި އޮޑީގަ ވިއްޔާއެވެ. އޭރުގައި ދަތުރު ލަހަސް އޭރު ލިބުނު ހިތްހަމަޖެހުން މިހާރު ނުލިބޭކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

ފެރީއަށް އެރުމާއި މާލެއަށް ދެވުމާއި މާގިނައިރުތަކެއް ނުވިކަމުގައި ވިޔަސް ފެރީ ޓާރމިނަލަށް ފޭބުމާ އެކުގައި އަޅުގަނޑުގެ ދެލޯބޮޑުވިއެވެ. އެންމެން ފައިބާ ތަނުގައި ބޮޑު ބުދެއް ހުއްޓެވެ. ތިރީގައި ޖަހާފައި ހުރި ބޯޑު ބަލައިލިއިރު ފެރީ ޓާރމިނަލް ހިންގާ ގައުމުން ހަދިޔާއަކަށް ދީފައި ހުރި މޮނިޔުމެންޓެއްކަން އެނގުނެވެ. އަވައްޓެރި ޤައުމުތަކުގައި އަޅުކަންކުރަން ގެންގުޅޭ ބުދެއް މޮނިޔުމެންޓުގައި ގޮތުގައި ރާއްޖޭގައި ބަހައްޓާފައި ހުރީމާ އަޅުގަނޑަށް ލިބުނީ ކުއްލި ޝޮކެކެވެ. ގައިމު އަޅުގަނޑު 2011 ގައި ރާއްޖެއިން ފުރިއިރު މީހުން މިކަހަލަ އެއްޗެހި ތަޅަނީއެވެ. މިވީ ކީއްބާއެވެ؟ ދެތިން މީހުންނާއި ސުވާލުކޮށްލީމާ އެނގުނީ މިތަކެއްޗަކީ ޤާނޫނުން ހިމާޔަތް ލިބިދީފައިވާ ތަކެތިކަމެވެ. ލިބުނު ހިތާމަޔާއި ޝޮކާއި ދެރަޔާއި އެކުވީމާ އަޅުގަނޑުގެ ޝަހާދަތް އިނގިލި އަޅުގަނޑުގެ ނޭފަތް މައްޗަށް އަރުވާލައިގެން ކަރުކެހިލައި ނޭފަތް ދަމަމުން ހިނގައިގަތީމެވެ.

އެދުވަހު އަޅުގަނޑުގެ ވަޤުތުތައް ހޭދަކުރީ މާލެ ބަލައިލުމުގައެވެ. މުޅި ދުވަހު މާލެ ބަލައިލާ އަނެއްދުވަހު އަޅުގަނޑުގެ ރަށަށް ދިޔުމަށް އޮތީ ޕުލޭން ކުރެވިފައެވެ.

އަޅުގަނޑަށް ފެނުނީ މަންޒަރަކަށް ދޫކުރާ މަންޒަރެއްނޫނެވެ. މާލެއިން އަޅުގަނޑަށް ފެނުނީ ކުރިން ދެކުނު މަންޒަރުތަކެއްނޫނެވެ. ޒަމާނާއި އެކު އެކި އެކި ދީންތައް އައިސް މާލެ ފަސާދަކޮށްފިއެވެ. އަޅުގަނޑު ފުރިއިރު ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިލްޑިންގެ ބަދަލުގައި އެތަނުގައި ހުރީ ކޮންމެސް ބަޔެއްގެ ބިނާއެކެވެ. އެބިނާއަށް ވަދެވެނީ ދިވެހިރާއްޖޭގެ ވަކިދީނަކަށް ނިސްބަތްވާ މީހުންނަށް އައިޑީ ކާރޑު ދައްކައިގެންނެވެ. އެންމެފަހުން އެނގުނު ގޮތުގައި އައިޑީ ކާރޑުގައި ދީންވެސް ޖަހަންޖެހޭކަން އެނގުނެވެ. އަދި ޤާނޫނު އަސާސީން އެމީހަކު ބޭނުން ދީނަކަށް އުޅެން ހުއްދަދީފައިވާ ކަމާއި ދިވެހިން އުޅޭ ކޮންމެ ދީނަކީ ރާއްޖޭގެ ރަސްމީގޮތުން ބަލައިގަންނަ ދީނަކަށް ވާނެކަމަށް ޤަވާޢިދު ހަދާފައިވާކަން ވެސް އެނގުނެވެ.

މީގާ ހެއްވާ ތަންކޮޅަކީ އެތީސްޓެއްނަމަ އައިޑީކާރޑުގައި ދީން އިންނަ ތަނުގައި ޖަހާފައި އިންނަނީ "އެތީސަމް" އެވެ. އެތީސްޓުން އެއީ ދީނެއްނޫން ކަމަށްބުނާ ހާލުގައިވެސް އައިޑީކާރޑުގައި ދީންކަމަށް ޖަހަނީ އެހެންނެވެ.

އަޅުގަނޑަށް ހަމަހުރެވުނީ ހައިރާންވެފައެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ސުޕެގެޓީ އަށް އަޅުކަންކުރާ މީހުން ފެނުމުންނެވެ. އެބައިމީހުންގެ ފައްޅީގެ ކުރިމަތީގައި ސުޕެގެޓީ ބޯވާއެއްގެ ބުދުހަދާފައި ހުއްޓެވެ. އަދި ފައްޅީގެ ބޯޑުގައި ލިޔެފައި ހުއްޓެވެ. " ނުފެންނަ ކަލާންގެ އަކަށްވުރެ ފެންނަ ކެވޭ ކަލާނގެއެއް މާ ރަނގަޅެވެ." ލިބުނު ހައިރާންކަމާއި އެކު އަންނަ ހިނިން ދިވެހިންނާއިމެދު މާޔޫސްވުން އިތުރުވުން ނޫން އެހެންކަމެއްނުވިއެވެ.

ހަވީރު ވަޤުތު ލޮނު ޒިޔާރަތްކޮޅަށް އަޅުގަނޑު ގޮސްލީމެވެ. އެތަނުގައި ބޮޑު އެއްވުމެއް އޮތެވެ. އެތަން ދައްކަންދިޔަ ގައިޑު ބުނީ އެތަނުގައި އެޔޮތީ ސީޑީޕީގެ މުޒާހަރާއެއްކަމަށެވެ. ސީޑީޕީއަކީ ކޮބައިތޯ ސުވާލުކޮށްލުމުން އޭނާ ބުންޏެވެ. "ކުރިސްޓިޔަން ޑިމޮކްރަޓިކް ޕާރޓީ..މަޖިލީސް މެޖޯރިޓީއަކީ އެމީހުން. ދިވެހިން ވާހަކަދައްކާތީ މަމިހީކުރަނީ ތިޔައީ ދިވެއްސެއްކަމަށް؟" އަހަރެން ބުނީމެވެ. އާނއެކެވެ. އެކަމަކުވެސް އަހަރެން މީ މިހާރު ގައުމީގޮތުން ދިވެއްސެއްނޫނެވެ. ފެނުނު ހުރިހާ ކަމެއް ލިޔާނެހާ ހިތްވަރެއްވެސް އަޅުގަނޑުގެ ގަލަމުގައި ނެތެވެ. އެހެންކަމުން އެރޭ މާލޭގައި އަރާމުކޮށްލާފައި އަނެއްދުވަހު ރަށަށް ދާންފުރައިފީމެވެ.

ރަށުންވެސް ފެނުނީ އެހެންޏާ ނުފެންނަ މަންޒަރުތަކެވެ. ރަށުގައި ހުރީ ސިޓީ ހޮޓަލެއް އެޅިފައެވެ. އަޅުގަނޑު ހުރީ ސިޓީ ހޮޓަލުގައެވެ. ސަބަބަކީ އާއިލާގެ ގިނަމީހުން ރަށުގައި ނެތުމެވެ. ސިޓީ ހޮޓަލުގައި ކައިރިރަށްތަކުގެ މީހުންނާއި ރަށުގެ މީހުންތައް ޗުއްޓީ ހޭދަކުރަމުންދިޔައީ ވަރަށްވެސް މިނިވަންކަމާއެކުގައެވެ. އެންމެ ހައިރާންކުރުވީ މަކުނުބާގައިގެ މީހުންގެ ޖޯޑުތަކެވެ. އިނދެގެން އުޅޭ ދެފިރިހެނުންނާއި އިނދެގެން އުޅޭ ދެއަންހެނުންނެވެ. އަޅުގަނޑު ހިތަށް އެރިއެވެ. އަސްތަޤުފިރުﷲއެވެ. މިތަނުން ފުރުންކަން މިއީވާ ހަމަނަސީބެއްތާއެވެ.

މޫދަށް އެރިލަންވެގެން ގޮނޑު ދޮށުގައި ހަދާފައި ހުރި ސުވިމންޕޫލަށް ދިޔައިރު އެތަނުގައިވެސް ހިލޭ ރާލިބެން ހުންނަ ކައުންޓަރުތައް ހުރެއެވެ. ފަރާތްފަރާތްތަކުން ފެންނަ މަންޒަރުތަކުން ލޯދިލުވާލަން ނުކުރެއެވެ. އެންމެ އަޖައިބުވީ ވެއްޓިފައި ހުރި ރާތަށިތަކު މަތިން ދުވަމުންދާ ކަކުނިތަކާ މެދުގައެވެ. އަހަރެމެން ކުޑައިރު ފެނުނު ކަކުނިތަކަށްވުރެ މިސޮރުމެން މާ ހަލުއްވެވެ. އަނެއްކާ މިސޮރުމެންވެސް މިހާރު ދިވެހިންހެން ބަދަލުވީ ބާވައެވެ. ނުވަތަ އެތީސްޓުން ބުނާހެން މިސޮރުމެންވެސް "އެވޯލްވު" ވީ ބާވައެވެ. ނުވަތަ ފުޅިތަކުން މިސޮރުމެންވެސް އަނެއްކާ "ބޮނީ" ބާވައެވެ. އަޖައިބުވެފައި ގޮނޑު ދޮށުގައި ހުއްޓައި ޖެހި ރާޅު އައިސް އަޅުގަނޑުގެ ފައި ތެތްމާލާފާއި އެނބުރި އައިދިމާޔަށް ހިނގައްޖެއެވެ. ގުދުރަތުގެ މިކަންކަން ބަދަލުނުވިޔަސް ހާދަ ގިނަކަންކަން ބަދަލުވެއްޖެތާއެވެ. ހިތާހިތާ ކިޔާލަން ހުރެފައި ގޮސް ސުވިމިންޕޫލަށް މަޑުމަޑުން ފައިބައިފީމެވެ.

އަދި ފެންގަނޑުގެ ތެރޭގައި ހަމަޖެހިލީމެވެ. އަދި އަޑިޔަށްގޮސް ދުވަހަކުވެސް މައްޗަށް ނާރާނަމޭ ހިތަށްއަރަމުން ދިޔައެވެ. މިފަސްގަނޑުގައި މަރުވާހިތްލެއް ހާދަބޮޑެވެ. އެހެނެއްކަމަކު ކުރާނީ ކީއްހެއްޔެވެ؟ ކުއްލިއަކަށް ނޭވާ ހާސްވާން ފަށައިފިއެވެ. މީހަކު ދަށުން ހިފަހައްޓާހެން ހީވާން ފަށައިފިއެވެ. މައްޗަކަށް ނޭރުނެވެ. ގައިގައި ވަރުބަލިކަމާއެކުގައި ގަޔަށް ލެވުނުހާ ބާރެއްލާފައި އަރަން މަސައްކަތްފެށީމެވެ.

ކުއްލިއަކަށް ވަރަށް ހިތްވަރުން ބާރަށް ތެދުވެވުނެވެ. ރަނގަޅަށް ބެލިއިރު މިއީއަކީ ފެނުނު ހުވަފެނެކެވެ. ހަޤީޤަތެއްނޫނެވެ. އިތުރަށް ޔަޤީންކޮށްލަން ހުރި ގޭގެ ކުޑަދޮރުން އިސްލާމީ މަރުކަޒާއި ދިމާއަށް ބަލައިލީމެވެ. އެދިމާއިން ޖުމްހޫރީ މައިދާނުގައި ހުރި ދިދަ ދަނޑީގައި ހުރީ ދިވެހިދިދައެވެ. އެދިދަ ހަމައެހެންޏާވެސް ހޫރޭހެން ހޫރެމުން ދިޔައެވެ. މިސްކިތުންވެސް އަސުރުނަމާދަށް ބަންގި ދޭން ފަށައިފިއެވެ. އެވަގުތު ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

އޭރު މޭޒުމަތީގައި މިއަދު ހަދައިގެން ގެނައި އާކުރި ދިވެހި ޕާސްޕޯރޓު އޮތެވެ.

އެވަގުތު އަންހެނުން ބުންޏެވެ. މާގިނައިން ކައިގެން މެންދުރު ނިދަންޏާ ވާނީ ތިހެންނެވެ. ހުވަފެނެއްފެނުނީކަން އަންހެނުންނަށް އެނގުނީ ކީއްވެގެންކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. ހުވަފެނެއް ފެންނަންޏާ ނިދީގައި އަހަރެންނަށް ވާހަކަދެއްކުމަކީ ހަމާ ވަރަށް ގިނައިންވާކަމެކެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމާއެކު އަވަސް އަވަހަށް އަސުރު ނަމާދަށް ދާން އަތުގައި އޮތް ސިވާކު ނަގައިގެން އުނގުޅަން ފެށީމެވެ.

ފެނުނު ހުވަފެނާމެދު ހައިރާނެއް ނުވާނެހެއްޔެވެ؟ ހުވަފެނުން އަހަރެން ފެނުނީ ވާ ހާދަ މުސްކުޅި ކޮށެވެ. ހުވަފެން އެއްކޮށް ރައްޓެއްސަކަށް ކިޔައިދިނީމާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. "ކޮންމެގޮތެއްވިޔަސް އަހަރެމެން ހަށިގަނޑުގައި ލޭހިނގަންޏާމު މިގައުމުގައި އޮންނާނީ އިސްލާމީ ގައުމެއްގެ ގޮތުގައެވެ." ނިމުނީ

ނޯޓު: މިއީ ހިޔާލީ ކުރުވާހަކައެއް.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަލާކޭހަލާކޭ

    ތިޔާއީ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ލާދީނިއަނޭ މެން މިގައުމު 2020 ވަނަ އަހަރު އޮންނަން ބޭނުންވާ ގޮތޭ މިހާރު ކެނެރީގެ ނަޝީދު އިނގިރޭސި ވިލާތުގައި ހުރެގެން 200 މިލިއަން ޑޮލަރުގެ ކަޓެއް އޭނާ އަށް ދިނީމާ ވެލާނާ އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް 6 ބިލިއަން އަހަރަށް ވިއްކާލަން ވަނީ ނިންމާފައޭ ދެން ރައީސް އިބޫ ގެ ވެރިކަން ޖުލައި 26 ގެ ކުރިން އިންޑިއާގެ ސަރުކާރުން ސިފައިން ރާއްޖެ އަށް ފޮނުވައިގެން އޭގެ އަޑީގައި ޑިފެންސް މިނިސްޓަރާއި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ދެ މައިން ތިބެގެން އެކަން ކުރާ ގޮތަށް ވަނީ ނިމިފައޭ ހުރި ހަލާކެއްގެ ބޮޑުކަމާއޭ ކުދިންނޭ ކުދިންނޭ...

    52
    21
    • މަންޖެ 20އޭޕްރީލް2019ހހ

      ވަރަށް ފުރިހަމަ ލިއުން ކޮޅެއް ރަގަޅު ތަސައްވަރެއް ވިސްނާ ބަޔަކަށް

      29
      8
  2. ދެރަދޯ

    ތިޔާއީ ހަމަ ހުވަފެނެއް ނަމަވެސް ތިޔާއީ ހަގީގަތާއި ދާދި ގާތަށް ކަންކަން ހިނގާނެ ގޮތަށް ފެނުނު ހުވަފެނެކޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ސޮއި ކޮށް ވެއްޖެއޭ ޓޫރިޒަމް މިނިސްޓްރީ އަށް ސިޓީ އެއް ފޮނުވާފައި އޭގައި އޮންނަނީ ރާއްޖޭގެ ރިސޯރޓްސް ތަކުން ދިވެހިންނަށް ކޮންމެހެން ވަޒީފާ ދޭން ގާނޫނުން ލާޒިމް ނުކުރެއޭ އެހެން ކަމުން އިންޑިއާ މީހުންނަަށް ރާއްޖޭގެ ރިސޯރޓްސް ތަކުން ވަޒީފާ ތައް ދީ ދިވެހިން ކުނި ކަހާމީހުންގެ ވަޒީފާ ތަކަށް ބަދަލު ކުރަން ރައީސް އިބޫ އަށް ފެންނަ ކަމަށް ރައީސް ވިދާޅުވި ކަމަށް ކަން މިހެން ހުުރުމުން މިމަގުން މިކަން ކުރިއަށް ގެންދިއުމަށް ދަންނަވަމޭ އަދި ކޮންމެ ދުވަހަކު ރިސޯރޓްސް ތަކުން ދިވެހިން ކަނޑަމުން ދާއަދަދު ވެސް ސީދާ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަށް އަންގަމުން ދިއުމަށް ވެސް ދަންނަވާ ކަމަށް އެއީ އެމެން މިރާއްޖެ އިންޑިއާއަށް ވިއްކާލަން ވެގެން ރަައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާއި އިންޑިއާ އެމްބަސޭ އާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުރާ ކަންކަމޭ ކަޓްގެ ގޮތުގައި ކަނޑާލާ ކޮންމެ ދިވެއްސަކަށް ރަންރީނދޫ ޓްވިޓަރޭ އަށް 6 ހާސް ޑޮލަރު ލިބެމުން ދެއޭ ހުރި ހަލާކެއްގެ ބޮޑުކަމާއޭ ކުދިންނޭ...

    29
    9
  3. އަސުރުމާ ކޮއި

    ކޮބާ ބުރިޖް؟ ކޮން ފެރީ އެއް؟ 2050 ގަ ދިވެހި ރާއްޖޭގެ ރައްތަށްއޮންނާނީ ކޭބަލް ކާރ ނެޓްވޯކަކުން ގުޅާލާފަ.. ޔަގީން ނުވާ ކަމަކީ އެގަ ޕަވަރ ސޯސް އަކީ ސޯލާ ނުވަތަ ނިއުކުލިއާރ ކަން. !! ދިވެހިންވެސް ތަރައްގީ ވާނެ.. މި ބިންމަތީގަ ތާ އަބަދަށް އޮންނާނީ އިސްލާމް ދީން. އިންޝާﷲ.

    39
    2
  4. ދިވެހިންގެ ނިދާ

    ކަންތައްތައް މިހާރު މިދާދޮތަށް ދާކަމަށްވަންޏާ ނުވުމަށްވުރެ ވުން ގާތްކަންތައްތަކެއް

    29
    7
  5. ސަމީރު

    ކީވެތަބަގުލާދޭސްމީހުންގައުމުހިފާގެންއުޅޭވާހަކަނުދައްކަނީ ހިޔާލީ ވާހަކައެއްނޫންތީ މުޅިގައުމު އޮތީ އިންޑިއާ ދަށަކުނޫން ބަންގާޅުދަށުގަ

    17
    23
  6. ދިސްވޭއޭ

    ރައީސް ޔާމީންގެ ވެރިކަން ވެސް ވެއްޓުނީ ރައީސް މައުމޫނު ރައީސް ޔާމީންގެ ސިޔާސަތާއި ދެކޮޅުވުމުން ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ގޮތުން ރައީސް ޔާމީން އަމިއްލަ އަށް އިސް ނަގައިގެން ކަންކަން ކުރުމުންނޭ އޭގައި ރައީސް ޔާމީން އަށް ވެސް އެޅުނު ޅަ އެއްޗަކީ ޕީޕީއެމްގެ ވެރިކަމަށް މަމެން ހެޔޮ އެދިގެން ނޫސް ތަކަށް ކުރި ކޮމެންޓްސް ތަކުގައިވާ ގޮތުގެ މަތިން މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު އެންމެންނަށް ހުޅުމާލެ 2 ހިއްކާލާ ވަގުތުން ބިން ދޫނުކުރުމޭ އެއިރުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ ޖުމްލަ މީހުންގެ އަދަދު އުޅެނީ 15 ހާހުގައޭ އެއިރު ރީއްޗަށް 4 ހާސް އަކަފޫޓްގެ 15 ހާސް ގޯތި ހުޅުމާލޭ 2 އިން ދެވޭނެއޭ އަދި ހުޅުމާލެ 1 އިން ދެވޭނެ 4 ހާސް އަކަފޫޓްގެ 10 ހާސް ގޯތި އެހެން ނަމަ މިއަދު ވެސް ރައީސް ޔާމީން ވެރިކަމުގައި ހުރީސް އޭ ރައީސް އިބޫވެސް ރައީސް އޮފީހުގެ މިނިސްޓަރުން އަދި ކެބިނެޓް މިނިސްޓަރުން ބުނާ ގޮތަށް ހަދާނަމަ ވާނީ އިބޫގެ ވެރިކަން ފެއިލްއޭ ޕޮލިސީ ސެކްރެޓަރީ މެންނަށް ނޭގެއޭ ތަނެއް ދޮރެއް ދެން ދެފައި ފިއްތައިގެން ރައީސް އޮފީސް ތެރޭ ބުމަރެއް އެނބުރޭ ގޮތަށް އެނބުރެނީއޭ ތަޖްރިބާ އެއް ހުރި އާލާތް ގަނޑެއް ނޫނޭ އެމެން ރަންރީނދޫ ޓްވިޓަރޭ މެން ގާތު ބުނޭ ގޮސް ޑްރަގް ކާރޓެލްސް އިންގެ ހެބިޓެޓް ކަމަށްވާ ހުޅުދޫ ގައި ތިބެން ފަތްބޯ މީހުންގެ އަދަދު ބަލަން އެއިރުންނޭ ރަނގަޅުވާނީ...

    5
    3
  7. އޫންހޫން

    ރައީސް ސޯލިހަކީ ރަމްޒީ ބޭފުޅަކަށް ނުހެދޭނެ ކަމަށް ތަމެން ބުނި ނަމަވެސް އެކަން އޮތީ ނިމިފައޭ މިހާރު ކެނެރީގެ ނަޝީދު އިނގިރޭސި ވިލާތުގައި ހުރެގެން އިންޑިއާގެ ޖީއެމްއާރާއި އެކު ވަނީ ޑީލް ހަދާ ނިމިފައޭ ވެލާނާ އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލަން އެއަށް ފަހު ވެލާނާ އެއާރޕޯރޓް ގައި ތިބޭނެއޭ 60 ހާސް އިންޑިއާ ސިފައިން މާލޭގައި މުޒާހަރާ ކުރާ މީހުން ރޭގަނޑު ގެންދާނީ ވެލާނާ އެއާރޕޯރޓަށޭ ދެން އޭގެ ފަހުން އެގޮތަށް ގެންދާ މީހަކު ނުފެންނާނެއޭ ދެން ފެންނާނީ ކެނެރީގެ ނަޝީދަށް ބޮޑު ވަޒީރު ކަން ލިބި ރަމްޒީ ރައީސް ކަން އިބޫ އަށް ދީ ހުޅުމާލޭން ފްލެޓަކަށް އޭނާގެ ރެސިޑެންސް ބަދަލު ކުރާ ތަނޭ މީއޭ ދެން ނެކްސްޓް ޗެޕްޓަރ އަށް ރީޑް ކުރަން ޖެހޭ ބަޔަކީ މިކަން ކަން ކުރަން ކެނެރީގެ ނަޝީދު ބަހައްޓާފައިވާ އެޖެންޓަކީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއޭ ޔޭއް ޝީ ކަމްސް އައުޓް އެޓް ނައިޓް އައުޓް އޮފް ރައީސް އޮފީސް ވިދް ބޭގްސް އޮފް ކޮރަޕްޓް މަނީ ވޮޗް އިން ދަ ކޮރަޕްޓް މަނީ އޮފް ދަ ބޭގް ވޮޗް އިން ދަ ކޮރަޕްޓް މަނީ ވޮޗް އިން ދަ ކޮރަޕްޓް މަނީ އޮފް ދަ ބޭގް ވޮޗް އިން ދަ ކޮރަޕްޓް މަނީ އޮފް ދަ ބޭގް އޯއް ޔޭއް ޝީ އޮންލީ ކަމްސް އައުޓް އޮފް ރައީސް އޮފީސް އެޓް ނައިޓް ޔޭއް ޔޭއް ޝީ އޮންލީ ކަމްސް އައުޓް އޮފް ރައީސް އޮފީސް އެޓް ނައިޓް ޔޭއްވޯއް އޫންހޫން...

    6
    3
  8. ސޯޓޭކްއިން

    ޕީޕީއެމްގެ ނައިބު ކަމަށް ޣައްސާނާއެކު މުއިއްޒުއާ، ޝިޔާމް ހަމަޖައްސަވައިފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޕީޕީއެމް އެބަޖެހޭ އާލީޑަރޝިޕް އަކާއި އެކު ޑރ. ޖަމީލް އަދި އުމަރުނަސީރު ކުރިއަށް ލައިގެން ކުރިއަށް ކަނޑަން ސިޔާސީ ދާއިރާގައި ކުރީ ސަފުގައި ގަޓްސް ހުރެގެން ކުރިއަށް ކަނޑާނެ މީހުން އުފެދުމަކީ އެއީ 1 ލައްކައިން އެކަކަށް ވެސް ނުކުރެވޭނެ ކަމެކޭ އައި އޭމް ޓޭކިންގް މައި އެނަލައިސިސް ޑީޕް އިންޓު ދަ ރޫޓްސް ސޯ އައި ޑްރޯ ދަ ޕްލޭން އޮން ދިސްވޭ އީވެން އިފް ޔޫ ޑޯންޓް އަންޑަރސްޓޭންޑް އައި އޭމް ޓޭކިންގް މައި ޕްލޭން އޮން ދިސްވޭ ސޯ ޓޭކް އިން މައި ޕްލޭން އޮން ދިސް ސޯ ޓޭކް އިން މައި ޕްލޭން އޮން ދިސްވޭ ސޯ ޓޭކް އިން މައި ޕްލޭން އޮން ދިސްވޭ ޑާންސް ޑާންސް ޑާންސް ޑާންސް ސޯޓޭކް އިން މައި ޕްލޭން އޮން ދިސްވޭ ސޯ ޓޭކް އިން މައި ޕްލޭން އޮން ދިސްވޭ...

    3
    5
  9. ޕްލޭން

    ވިލާ ކޮލެޖުން 300 އަށް ވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވެއްޖެ، 51 ޕަސެންޓަކީ އަންހެނުން ކަމަށްވާނަމަ ތިޔާ ގްރޭޓުއޭޖް ވާ ކުދިންނަށް ކިއެއްވެތޭ ރިސޯރޓްސް ތަކުން މެދު ފަންތިއާއި މަތީ ފަންތީގެ ވަޒީފާ ތައް ލިބޭނެ ގޮތް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ނަހަދަނީ އެއީ ތަމެން ކަންނެތް ކަމުން ނުވަތަ ތަޖްރިބާ ނެތުމުން އެފަދަ ކޮންސްޓްރަކްޓިވް ކަންކަން ކުރަން ތަމެންނަށް ނޭގެނީއޭ ބުނަން މަމެން ނެތީމޭ ނޯ ބޮޑީ ގޮނާ އެގްރީ އޮން މީ ބަޓް ލިޓިލް ބިޓް ސީ މައި

    6
    2
  10. ބުރޯ

    ތިޔަ ހުވަފެން ނިދީގަ ފެނުނުކަން ނަސީބު.ތިޔައީ މިގައުމަށް ގެންނަން ބަޔަކު ބޭނުންވެ މިހާރު ހޭލާ ތިބެގެން ދެކެމުންދާ ހުވަފެނެއް. އަދި ތިޔަ ހުވަފެނުގަ ނުފެންނަ ބައި ވެސް އެބައޮތް އެއީ ފައްޅިތަކާ ބުދުތައް ހިމާޔަތް ކުރަން މިގައުމުގާ ތިބޭ ބޭރުގެ އަސްކަރިއްޔާ . އައްޑޫ ގަމުގަ އޮންނަ މިލިޓްރީ މަރުކަޒާ އެކު ރާއްޖޭގެ 13 ސަރަހައްދުގާ ގާއިމުކުރާ ރާޑަރާ ހެލިކޮޕްޓާރާ ބުދު ތަކުގެ ހިމާތުގާ ރުކުވާލެވޭ ކުޅީ ސިފައިން. މީގެ ކޮޅުމަތި މިހާރުވެސް ދަނީ ފެންނަމުން. އެގައުގެ ޕާސްޕޯޓަ ނުލާ ދިވެހި ޓްރެވަލް ޑޮކިއުމަންޓްގެ ދަށުން އައިސް ތިބޭ ދިވެހިރާއްޖެއަށް އުފަންނުވާ ދިވެހިގައުމިއްޔަތެއްނެތް ބޭރުގެ އަސްކަރިއްޔާގަ އުލެމުންދާ ދިވެހި ލީގަލް ލިއުމެއް ލިބިފަިވާ އަސްކަރި ސިފައިން. 2050 އަންނައިރު އަޅުގަނޑުމެނަށް ނުފެނިދާނެ އެކަމަކު އެކަން ލަސްތަކެއްނުވެ ފެނިދާނެ.

    10
    3
  11. އިހްސާސް

    މިއީ ވާހަކައެއް ނޫން. ފިތުނަފަސާދަ އުފެއްދުމުގެ ނިޔަތުގައި ލިޔެފައިވާ އެއްޗެއް. މިލިއުނު މިހާގެ މަގުސަދު ހާސިލެއް މާތްﷲ އިރާދަފުލުން ނުވުމަށް ދުޢާ ކުރަން.

    9
    18
  12. Anonymous

    ދިވެހިރާއްޖެއަށް މިހެން ވެގެން ނުވާނެ މީ ބިރުވެރި ކަމެއް

    9
    2
  13. ދ

    ކޮންމެގޮތެއްވިޔަސް އަހަރެމެން ހަށިގަނޑުގައި ލޭހިނގަންޏާމު މިގައުމުގައި އޮންނާނީ އިސްލާމީ ގައުމެއްގެ ގޮތުގައެވެ

    6
    1
  14. ޒޭނާ

    މާތްﷲ ގެ އިރާދަފުޅާއިއެކު ތިޔަ ހުވަފެން ހަގީގަތަކަށް ނުވާނެ. އިންސާﷲ

    5
    1
  15. ހިމް

    2050 ވަނަ އަހަރު ރާއްޖެގެ އާބާދީގެ 85% ހިއްސާ ކުރާނީ ބަންގާޅީން ދެން މި ތަނުގަ އޮންނާނީ އައި އެސް ހަނގުރާމަވެރި ޖަމާއަތް ތަކުގެ ބާރު! ދިވެހިން ނިކަމެތިކަމާ ހައިހޫނުގަ ، ޡުވާނުންގެ 90% ޖަލުތަކުގަ ، ވަޒީފާ ނުލިބުމުގެ ސަބަބުން މަސްތުވާތަކެއްޗަށް ގޮސް ވައްކަމާ ފޭރުމުގެ ކުށުގަ ޖަލުގެ ތޭރިތަކުގަ!

    1
    2