(ކޮލޮމްބޯ، ސްރީ ލަންކާ): ގަޑިން 8:45 ހާއިރެވެ. ކޮލަމްބޯގެ ކޮއްޗިކަޑަ ސަރަހައްދުގައި ހުންނަ އެސްޓީ އެންތަނީ ފައްޅި ވަށައިގެން ދިރިއުޅޭ މީހުންނަށް އިވުނީ ބާރު އަޑުފަށްގަނޑެކެވެ. އެތައް އަހަރުތަކެއް ވަންދެން ލަންކާގައި ދާޚިލީ ހަނގުރާމަ އޮތް އިރުވެސް ކޮލަމްބޯ ސަރަހައްދަށް ހަނގުރާމައިގެ އަސަރު މާބޮޑަކަށް ނުކުރެއެވެ. އަދި ވަކިން މިހާރު އެފަދަ ނިރުބަވެރި ހަމަލާއަކަށް އެމީހުން އިންތިޒާރު ވެސް ނުކުރާނެއެވެ. ވޭތުވެ ދިޔަ އަހަރަކީ ލަންކާއަށް އަމަން އޮމާން 10 އަހަރެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ އަމާޒަކަށްވި އެއް ފައްޅި ކަމަށްވާ އެސްޓީ އެންތަނީ ފައްޅި --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

ކުއްލިއަކަށް އިވުނު އަޑާއެކު ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެކެވެ. ދެން އިވިގެން ދިޔައީ މީހުންގެ ހަޅޭކާއި ރުއިމުގެ އަޑެވެ. ސަލާމަތީ ބާރުތަކުގެ އުޅނަދުތަކުގެ ސައިރެންގެ އަޑާއި އެމްބިއުލާންސްގެ އަޑެވެ. މީހުންތައް މަގުމައްޗަށް ޖަމާވަމުން ދިޔައެވެ. ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ނިޔަތުގައެވެ. އޭރު ލަންކާގައި ހުންނަ އެންމެ ބޮޑު ފައްޅީގެ ފުރާޅުން އޮލަ ދުން އަރަމުން ދިޔައެވެ.

ފައްޅި ކައިރީގައި ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ފުލުހެއް --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

އެ ދުވަހުގެ 8:45 ން ފެށިގެން އެ ސަރަހައްދު މީހުންނަށް ވަގުތު ހުއްޓުން ފަދައެވެ. ޤަބޫލުކުރަންދަތި ކުއްލި ހަމަލާއާއެކު އެތައް ބަޔަކަށް ސިހުންގެނުވާ ހުއްޓުން ގެނުވީއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އެތައް އިރަކު އަނގަ މައްޗަށް ޖަހައިގެން ތިބި މީހުން ވެސް ބައިވަރެވެ. އަދިވެސް އެ ސަރަހައްދުގެ ހާލަތަު އޮތީ އެހެންނެވެ. އެ ފައްޅި ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާއިރު އާންމުންގެ މީހުން ދޭތެރެދޭތެރެެ އިން އެ ސަރަހަށްދަށް ޖަމާވެ އެ ހަމަލާގެ ހަނދާންތައް އާކުރެއެވެ. އެ ފައްޅިއަށް ދިން ހަމަލާގައި 70 ވަރަކަށް މީހުން މަރުވި އިރު، ފައްޅީގެ ކުރިމައްޗަށް އޮންނަ މަގުގައިވެސް ސުރެންސުރެން ވަނީ ހުދާއި، ކަޅުގެ ފޮތި ދަމާފައެވެ.

ފައްޅީގެ ކައިރީގައި ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައި --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

ވަގުތު ނިއުސްޓީމް އެ ސަރަހައްދަށް ދިޔުމުން ބައެއް މީހުންވަނީ އެ ވާހަކަތައް ހިއްސާކޮށްފައެވެ. އެމީހުން ބުނީ އެއީ ހަޔާތުގައި ވެސް އައި އެންމެ ބިރުވެރި ދުވަސްކަމަށާއި، އެ ހަނދާންތައް ފިލައިގެން ނުދާނޭ ކަމަށެވެ. ހާދިސާގެ މަޢުލޫމާތު އެއްކުރަމުންދަނިކޮށް އެތާހުރި މީހަކު އަޅުގަނޑަށް ގޮވާލާފައި ދައްކާލީ އެންތަނީ ފައްޅީގެ ވާތް ފަރާތުގައި ހުރި އުސް ތަނެއްގައި ހަރުކޮށްފައި ހުރި ގަޑިއެކެވެ. އެ ގަޑިން ދައްކަނީ 8:45 އެވެ.

"ވަގުތު" ޓީމުން ފައްޅި ހުރި ސަރައްހަދުގައި ހަރަކާތްތެރިވަނީ": ސަރަހައްދުގެ އެތައް ބަޔަކު ވަނީ ބޮން ގޮއްވި ދުވަހުގެ ވާހަކަތައް ކިޔައިދީފައި --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

"ގޮވުން ގޮވި ގަޑި އެއީ. ބާރުގަދަ ގޮވުމާއެކު އެ ގަޑި ހުއްޓުނު ގޮތައް އެހުރީ." ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

ސަތޭކަ ހަތްދިހަ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެ ފައްޅީގެ ގަޑި، ބޮން ގޮއްވާލި ވަގުތައް ހުއްޓިފައިވާއިރު، އެއީ މި ހަމަލާގެ ހަނދާންތައް އަބަދުވެސް ތާޒާކޮށްދޭނެ ކަމެކެވެ. އަދި މި ހަމަލާގެ ލާއިންސާނިއްޔަތުކަމާއި، މަރުވި މީހުންގެ ހަނދާންތައް އަބަދުވެސް ގެނުވަދޭނެ ރަމްޒެކެވެ. އެތައް ފުރާނައެއް ހަމަ ކުއްލިއަކަށް ގެއްލުނީ އެންތަނީ ފައްޅީގެ ބޭރުގައި ހުރި ގަޑިން ދައްކާ ވަގުތު ކަަމަށްވާ ހެނދުނު 8:45 އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހުމަދު

    12 ވަރަކައް ދުވަސް ކުރިން ސުވިޒްލެންޑު ގެ މިސްކިއްތަކަށް ދިންހަމަލާ ތަކުގަ ވަނީ އެތައް މައުސޫމް ފުރާނަތަކެއް މިދުނިޔެއާ ވަކިވެގެން ގޮސްސަ އެވާހަކަ ނުދައްކަނީ ކީވެބާ، އަދި މިރާއްޖޭގެ ހުތުބާގަވެސް ދެއްކީ ލަންކާގެ ވާހަކަ، ސުވިޒްލެންޑު އެތައްބައިވަރު މުސްލިމުން ތަކެއް ކާފަރަކު ކުރިސްޓިއަން މީހަކު މިސްކިއްތަކައް ވަދެ މރާލީ އެތައް މުސޮލިމުންނެ އެކަމުންވެސް އެވާހަކަނުދައްކާ

    23
    3
    • މުޖޫ ނައީމް

      މީ ސެކިއުލަރ ވިސްނުމުގެ ގައުމަކަށް ބަދަލުވަމުންދާ ކަމެއް ނޭނގޭތަ؟ ނުވެސް ހުއްޓުވޭނެ ދެނެއް.

      1
      2
    • ޙގ

      ށުއިޒަރލެންޑު ކުރީ މުސްލިމެއް ނޫން. މުސްލިމުން ބަދަލެއް ނުހިފާނެ. ހައްގަކާނުލާ ކުށެއްނެތް ބައަކު ނުމަރާނެ

  2. ވަންޓަޗް

    ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލަކަށް ގީލާ އައްޔަން ކުރުން ތިޔާއީ ޕީއެންސީއަނޭ އިން ކުރިއެންމެ ރަނގަޅު ކަމޭ މާލޭގެ އަޔަން ލޭޑީއެއް ބޭނުންވެއޭ ޕީއެންސީގެ އެސްޖީ އަށް އަދި ޖެހޭނެއޭ ލާރޖް ކޮށް ޖައްސަން މިފަހަރު އެސްޖީ ޖައްސާ ޖައްސާ ލާރޖް ކޮށް ޖައްސާ ޖެހޭނެއޭ މިފަހަރު ޕީއެންސީ މެދު އުޑުގައި ފިޔަޖަހާ ގޮތް ހަދާލަން އަ މިލިއަން އޮފް ޓްވީޓްސް ކޮށްލަންވީއޭ އަހަރު ދުވަހުތެރޭގައި ލެޓް އަވަރ ޑްރީމްސް ކަމް ޓްރޫ ބޭބީ ޓެލްމީ ވަން ޓަޗް އެން ޗާރޖް ދި އޯޑިއެންސް...

    3
    8
    • ޝަޖް

      ޥާނުވާ ގައިތަ ތިހިރީ، މިއުޅެނީ ގީލާ ގޮއްވާލައިގެން ވިއްޔަ

  3. ާްއަލީ

    ކްރިސްޓިއަން ފައްޅި ޕްރޮމޯޓް ތިކުރަނީ.. ތިފޮޓޯ ނުޖެހިއަސް ވެދާނެ ދޯ ހަމަ

    3
    2
  4. ބެބަ

    ޖާހިލުން ޖާހިލު ކުރުން ނޫންކަމެއް ކަލޭމެން ކުރާނެތަ؟

    2
    1