(ބެޓިކޮލާ، ސްރީލަންކާ) އެ ގެއަށް ވަންއިރު މުޅި ގެއިން ފެނުނީ ހަމަހިމޭންކަމެވެ. އާއިލާގެ ގިނަ މީހުން ތިބީ ގޭގެ ބޭރަށްވާ ގޮތަށް ހަދާފައި ހުރި ހިޔާގަނޑެއްގައެވެ. މިއީ ޒިއޯން ޗާޗުގައި އޭޕްރީލް މަހުގެ 21 ވީ އާދިއްތަ ދުވަހު ދިން ހަމަލާގައި މަރުވި ކުޑަކުއްޖެއްގެ ވާހަކައެވެ. އުމުރުން 09 އަހަރުގެ ކެވިންގެ ވާހަކައެވެ.

"މަންމާ އަހަރެން މަރުވެއްޖެއްޔާ މަންމަ ހަދާނީ ކިހިނެއް؟" އާދިއްތަ ދުވަހު ހެނދުނު އަޅުކަމަށް ދާން ތެދުވެ، ސައިތަށްޓެއް ދިއްކޮށްލުމުން ކެވިން އޭނާގެ މަންމައާ ކުރީ މި ސުވާލެވެ.

ލަންކާ ހަމަލާ
ލަންކާ ހަމަލާގައި މަރުވި ކެވިންގެ މަންމަ ވަގުތާއި އެދުވަހުގެ ވާހަކަތައް ހިއްސާ ކުރަނީ: ވަގުތު ފޮޓޯ/ މުހައްމަދު ޖިމީ

ޖަވާބުގައި އޭނާގެ މަންމަ އެކަހަލަ ވާހަކަ ދައްކާކަށްނުވާނޭ ބުނެ އެ ވާހަކަ އޮއްބާލިއެވެ. ފަހަރުގައި ވެސް ކުރިމަތިވަމުން އަންނަ ބިރުވެރިކަމުގެ އެއްވެސް ހިލަމެއްނެތިއެވެ. އޭނާގެ ދަރިފުޅަށް ދޭ އެންމެފަހުގެ ސައިތަށިކަން ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އާއިލާގެ އެންމެ ކުޑަ ފުރާނަ ދުނިޔެއާ އަލްވަދާޢު ކިޔާ ވަގުތު ޖެހެނީކަން ވެސް އެނގުމެއް ނުވާ ހާލުގައެވެ. ކެވިންގެ މައުސޫމް ހިތުގައި އެ ސުވާލު އުފެދުނު ސަބަބު، އޭނާގެ ވަކިވެދިޔުމާއި އެކު ބިލާހަކަށްވެ ނިމުނީއެވެ.

އެދުވަހު އަޅުކަންކުރުމަށް ފައްޅިއަށް ދިޔައީ ކެވިންގެ އިތުރުން އޭނާގެ ދެ ދައްތައެވެ. އޭނާގެ ދެ ދައްތަކަމުގައިވާ އުމުރުން 13 އަހަރުގެ ޑިނާ އާއި އުމުރުން 16 އަހަރުގެ ވިވޭކާ އެ ހަމަލާއިން ސަލާމަތްވީ ކިރިއާއެވެ.

ހަމަލާ ދިން ދުވަހު، ކެވިން ގޮވައިގެން އޭނައާ އެންމެ ގާތުގައި އުޅުނު ޑީނާ ބުނި ގޮތުން، އެދުވަހު ސަންޑޭ ސްކޫލު ނިންމާލުމަށްފަހު އެންމެ ތިބީ ކާށެވެ. އެމީހުން ވެސް ކައިގެން ތިރިއަށް ފޭބީ ކެވިން ކުޅެންވެގެން ތިރިއަށް ދާން ކިޔާ ވަރުންނެވެ.

"ކޮއްކޮ އަހަރެން އަތުގައި ހިފައިގެން ތިރިއަށް ފޭބީ. އޭރު ދައްތަ ހުރީ ތަންކޮޅެއް އެތެރޭގައި. ކޮއްކޮގެ ފަސް ފަހަތުން ފައިބަނިކޮށް ބޮން ގޮވީ،" އެދުވަހުގެ ހިތްދަތި ވާހަކަތައް ކިޔައިދެމުން ޑީނާ ބުންޏެވެ.

ޑީނާ ބުނީ އޭނާއަށް ބޮން ގޮއްވި މީހާ ފެނުނުކަމަށާއި، އޭނާ އެންމެ ފުރަތަމަ ވަދެގެން އައި އިރު ހުރީ ފޯނާ ކުޅެން ކަމަށެވެ. އަދި އޭނާ ވަގުތުކޮޅަކަށް އެތަނުގައި އުޅުނު ފާދިރީއަކާ ވާހަކަ ދެއްކިކަމަށާއި، ބުނީ މަންމަ ބަލިވެގެން ފަރުވާ ކުރަންވެގެން އެ ފައްޅީގެ އިސް ފާދިރީއާ ބައްދަލުކުރަން ބޭނުންވާ ވާހަކަކަމަށެވެ.

"އެހެން ބުނީމަ އޭނާއާ ވާހަކަ ދެއްކި ފާދީރީ ބުނީ މިވަގުތު އިސްފާދިރީއާ ބައްދަލެއްު ނުވާނޭ. ދެން އޭނާ ދަމުން އެތާ ތިބި ދެމީހެއް ކައިރީ ބުނީ އެމީހާ އެތެރެއަށް ވަނަ ނުދޭން،" ޑިނާ ކިޔައިދިނެވެ.

ޑީނާއަށް ބޮޑު ގެއްލުމެއް ނުވިޔަސް އޭނާގެ މޫނު މަތީގެ ބައެއް ތަންތަނާއި ކަރު ކައިރި ޒަަަހަމްވިއެވެ. މަރުވި އޭނާގެ ކޮއްކޮގެ މޭ ފޫއަޅުވާލައި ހިތާ ދިމާއިން ބޮމުގެ އެތިކޮޅެއް ވަދެފައިވާކަމަށް އޭނާ ކިޔަދިނެވެ.

ކެވިން އެއާއިލާއާ ވަކިވުން އެއީ މުޅި އާއިލާއަށް ވެސް ލިބުން ހިތްދަތިކަމެކެވެ. އޭނާގެ މަންމައާ ބައްޕަގެ މޫނުމަތިން އެ ހިތްދަތިކަން އަދިވެސް ފެނެއެވެ. މަންމަގެ މުޅި މޫނު މަތިން ފެންނަނީ މޮޅިވެރިކަމާއި ހިތާމައެވެ. ކެވިންއަކީ އެ ދެމަފިރިންގެ އެންމެ ހަގު ދަރިފުޅެވެ.

ކެވިިންގެ ހަނދާން އައު ކުރަމުން އޭނާގެ މަންމަ ވަގުތަށް ކިޔައިދީނީ އަބަދުވެސް ކެވިންއަކީ މުސްތަގުބަލާއި މެދު ވިސްނާ ކުއްޖެއް ކަމަށާއި އަބަދުވެސް އުމުރަށް ވުރެ ބޮޑެތި ވާހަކަ ދައްކާކަމަށެވެ.

"މިގޭގައި ހުންނާނެ ކުޑަ ފިހާރައެއް. އަބަދުވެސް ބުނާނެ ކީއްކުރަންހޭ މަންމަ ތިޔަ ފިހާރަ ތި ހިންގަނީ. ތިމަންނަ ބޮޑުވެގެން މަންމަމެންނަށް ފައިސާ ހޯދައިދީ ކާންދީ ހަދާނަމޭ" ގިސްލަމުން ކެވިންގެ މަންމަ އެ ވާހަކަތައް ވަގުތާއި ހިއްސާކުރިއިރު ކައިރީގައި ހުރި ކެވިންގެ ބައްޕަ ދިޔައީ ގިސްލާ ރޮމުންނެވެ.

އިންޓަވިއު ނިންމާލައި ކެވިންގެ ފޮޓޯތައް ބަލައިލަން މަޑުކުރީމެވެ. މެދު ގޭތެެރެއިން ނުކުމެ އަންހެން ކުއްޖަކު އައިސް ކެވިންގެ ބައްޕަ އަތައް ފޮޓޯ އަލްބަމެއް ދިއްކޮށްލައިފިއެވެ. އެ އަލްބަމް ބަލަންފެށުމާއި އެކު އޭނާ ދިޔައީ ފަޅައިގެންނެވެ. ހަމަ ކަރުނަ ނުހިފެއްޓުނީއެވެ. ދުރުގައި ހުރި ކެވިންގެ މަންމަގެ ލޮލުން ވެސް ހިފަހެއްޓުމެއް ނެތި ކަރުނަ ދިޔައީ އޮހެމުންނެވެ. މައިލަގަޮނޑީގައި އަޅާ ވޭން އިހުސާސް ވާނީ ހަމަ މަޔަކަށެވެ.

މަރުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއްހޭ ބުނެ ދަރިފުޅު ކުރި ސުވާލު މިއަދު ވެސް އެ މައިމީހާގެ ކަންފަތުގައި ދަނީ ގުގުމަމުންނެވެ. ދަރިފުޅު ނެތުމުން މިއަދު ހަދާނެ ގޮތެއް ނެތްކަން ދަރިފުޅަށް ކިޔައިދޭނީ ވަކި ކިހިނަކުންތޯއެވެ. އުންމީދާއި އެކު ދިރިއުޅެމުން އައި ކެވިން ނިރުބަވެރިއެއްގެ އަތްދަށުވީއެވެ. ކުށެއް ނެތް މައުސޫމް ފުރާނައެއް މަންމައާ ބައްޕައާ ވަކިވީއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޙހ

  ??

  16
  2
  • Anonymous

   ?

   4
   1
 2. ޙހހ

  ??

  11
  1
 3. ލިޔޯން

  ކަލޭމެން މިވާހަކަ އާކޮށްކޮށްފައި ޖަހަމުންދޭ އަސަރާއެކު. ގައިމު މުސްލިމުން ކުރި ކަމެއް. މިޔަކީ ކިތަންމެ ވަރަކަށް ބުންޏަކަސް މިޔަކީ އިޒްރޭލުގެ ކަމެއް ނޫން. މިކަން މުސްލިމުން ކުރަން ޖެހޭ ސަބަބު ކަލޭމެންނަށްވެސް އެނގޭނެ. އޮޅުވާލެވިދާނެ ބަޔަކަށް.

  17
  62
  • ޣައްޒާ

   ޣައްޒާގެ ރަށްވެހިންނަށް އަނިޔާކުރާ ބައިގަނޑު ހަމަ ސުރީލަންކާގެ ރަށްވެހިންނަށްވެސް ހަމަލާދިނީ، މިއީ ހަމައެއް އިދާރާއެއް.

   13
   2
  • ޝަހީދު

   މުސްލިމުންނާއި ހަނގުރާމަ ކުރާބަޔެއްތަ ސިރީލަންކާގެ ހޮޓާތަކުގަޔާއި ޗާޗްތަކުގަތިބީ. އެއީ ހަނގުރާމައިގެ ހަތިޔާރު އަޅައިގެން ތިބި ބަޔެއްތަ..؟ މުސްލިމުންނާ ހަނގުރާމަ ކުރާ އެމެރިކާ އަދި އިސްރާއީލް އަދި ބަރުމާގަ ތިބި ސިފައިން ހަތިޔާރު އަޅައިގެން ތިބި އިރު ލަންކާގަ ތިބި އާދައިގެ ދިރިއުޅުމާއިގެން އުޅޭ ޣައިރު މުސްލިމުންތަކެއް މަރާލުމައް އިސްލާންދީން ހުއްދަކުރޭތޯއެވެ.؟

   16
   5
  • ތިއޭ އެއްކަލަ

   ލިޔޯން މާދަންވެސް މަގޮސް މިސްކިތެއް ގޮއްވާލީމަ ކަލޭ ބުނާނަން ދޯ އެކަން އެ ކުރީ މުސްލިމެއް ނޫނޭ ޔަހުދީއެކޭ. މަބުނީ މީ ވަރަށް އެހެން ކަހަލަ ކަންތައްތައް. މި ކަހަލަ ކަންކަމަށް ކިޔާ އުޅެނީ ފިކުރީ ހަގުރާމަ. ކަލޭއަށް ކޮން ޔަގީންކަމެއް އޮތީ މީ މުސްލިމުން ކުރި ކަމެއްކަން. ހަމަ މުސްލިމުންނަށްވެސް ވެދާނެ، އެކަމަކު ހަމަ އެ ގޮތަށް ވެދާނެއްނު މުސްލިމުންގެ ނަމުގައި މުސްލިމުންގެ އަގު މުޅި ދުނިޔޭގައި ވައްޓަންވެގެން ބަޔަކު އުޅެނީ ކަމަށް.

   2
   1
 4. މަހާރެހެންދި ފާތުމަ

  ނޮންސެންސް

  4
  30
 5. ޕޮލިސް ކޮންސްޓަބަލް

  މިއަކީ މުސްލިމުން ކުރި ކަމެއް ނޫން.. މުސްލިމުން ނަމުގައި ތިބޭ ތަނެއް ދޮރެއް ނޭނގޭ ގަމާރުން ކުރާ ކަންތައް. މި ރާއްޖޭގައިވެސް އެބައޮތް ތި ޒާތުގެ ބައިގަޑެއް.. އެމީހުން ފިޔަވާ ހުރިހާ އެންމެންނަކީ ކާފަރުންކަމަށް ދެކިގެން އުޅޭބައެއް.. ފުރިހަމަ އިސްލާމަކު އެއްވެސް ޙައްގަކާއި ނުލާ މީހެއްގެ މުދަލަށް، ފުރާޔަށް ގެއްލުމެއް ނުދޭނެ.. އިސްލާމް ދީނުގައިވަނީ އެހެން ދީން ތަކުގެ މީހުންނަށް އިޙްތިރާމް ކުރުމަށް، އަނިޔާވެރި ނުވުމަށް.. އަދުގެ ޒުވާނުން ވިސްނަންވީ މިސްކިތުން ދިމާވާ ކޮންމެ މީހަކީ ޝެއިޚެއް ނޫންކަން. ކަލޭމެން ޖިހާދަށް ތި ދަނީ އުމުރުން ދުވަސްވީ މަންމަ އާއި ބައްޕަ ނިކަމެތިކޮށް އެކަނިވެރިކޮށްފަ.. އަންހެން ދަރީންނަށް އެހީވާނެ މީހަކު ނެތީސް ދޫކޮށްލާފަ. ޖީހާދު ކުރުމަކީ މާތްވެގެންވާ ކަމެއް.. ނަމަވެސް ޝަރުތު ތަކެއްވޭ.. ޢިލްމު އުގެނޭ.. ތުބުޅި ދިގުކޮށް، ކުރުތާ ލިޔަސް އަދި ދީންވެރި ނުވާނެ..

  33
  3
  • އޮޅުވާނުލާ

   އެއީ ހަމަ މުސްލިމް ހާލިތަކުން ފީވި ބިސްތަކުން ނިކުތް ފިޔޮއްތަކެއް. ރާއްޖޭގައި ތިބި ބައެއް ފިޔޮއްތައް ވެސް މިހާރު އެދަނީނު ފިޔަފަޅައިގެން ބޮން އަޅަން؟ އިސްލާމުން އުޅޭ ދުނިޔެއްގަ އަމާން ކަމެއް ކުރިއެރުމެއް ނޯންނާނެ.

   1
   17
   • މަރުހޫމާ

    އަސލުވެސް ތަ؟ އިސްލާމެއްތަ ކަލޭތީ؟ އިސްލާމްދީން ދަންނަންތަ؟ ދުނިޔޭގެ ތާރީޚް ދަންނަންތަ؟ އިރާގާއި ލީބިޔާގެ ފަހުގެ ތާރީކް ކީންތަ؟ މުސްލިމުންނާއި ހެދިތަ މިދުނިޔޭގަ ހަމަނުޖެހުނަ އައުސްގެން މި އުޅެނީ؟

 6. ފުން އަސަރު

  ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމް ކުޑަކުދިން، ދިރިތިއްބާ ވަޅުލައި، ބޮޑެތި ހަތިޔާރު އެކުދިންގެ ގައިމަތިން ދުއްވާ ޗިސްކުރިއިރު، އެއްވެސް ބާރެއްނެތް މަންމައިން ކުރިމަތީ ހަދާނެ ގޮތެއް ހެދިއިރު، އަދި ހަދަމުންދާއިރު، 'ވަގުތު' ކޮބާ؟ އެއީ އިންސާނުންނެއްނޫންތަ؟ ނުވަތަ އެ އަނިޔާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދީތަ؟ އެ ޚަބަރު ގެނެސްދިނުމަށް 'ވަގުތު'ގައި އޮންނަ ކްރައިޓީރިއާ ހަމަނުވީތަ؟ *ކައްވަޅުގައި ކުރެވޭ 3 ސުވާލު އަދި އެއްފަހަރު ބެލުން ބުއްދިވެރި*

  8
  2
 7. މަޒުމޫނެއްލިޔެވޭނެ

  މިތަންތަނުން ފޮޓޯ އާއި މައުލޫމާތު ގެންނާތި. މުހައްމަދު އަމީން ކިޔެވީ ސެއިންޓް ޖޯސަފް. މައުމޫނު ކިޔެވީ ރޯޔަލް ކޮލެޖް. ނާސިރު ކިރުވި ސެއިންޓް ޕީޓަރސް. ކޮލި އަލިމަނިކު،ކޮލި މޮހޮދޭ، އެމްބެސެޑަރ އަލީ ހުސެން ދީދީ ސެއިންޓް ޕީޓަރސް. އައްނި ކިޔެވި އޯވަސީސް. ޑރ. މުހައްމަދު އަހްމަދު ކިޔެވި ސެއިންޓް ބެނރޑިކްޓް. ނަޝްރީނާ ކިޔެވި ލޭޑީސް ކޮލެޖް. ރަޝީދާ މުހައްމަދު ދީދީ ކިޔެވި ސެއިންޓް މޭރީ. ނަސީމާ ކަލޭފާނު ކިޔެވި ލޭޑީސް ކޮލެޖް.ގަދަގޭ ސަލީމް ކިޔެވި ސެއިންޓް ޕީޓާރސް. ބެންހާގޭ ހަބީބް ކިޔެވި ވިޗަރލީ. ޣޯގޯ ލަތީފް، މުސްތަފާ ހުސައިން، މުޖުތަބާ ހުސައިން ކިޔެވި ޓްރިނިޓީ ކޮލެޖް.

  5
  1
 8. އަޅުގަނޑު

  ޔާﷲ

 9. އަޅުގަނޑު

  މާތްﷲ ނިޔާވި އެންމެނަށް ސުވަރުގެ މިންވަރު ކުރައްވަވާށި އާއިލާތަކަށް ކެއްތެރިކަން މިންވަރު ކުރައްވަވާށި އާމީން

  • Thanks

   ގަމާރާ އެއީ ކާފިރުންނޭ. އެއޮތީ ބުނެފަ ޗާޗުގެ ކަންކަމުގަ އުޅުނު ވާހަކަ. ހޭބަލިވެބަލަ!