(ބެޓިކޮލާ، ސްރީލަންކާ) އެ ގެއަށް ވަންއިރު މުޅި ގޭތެރޭން ފެނުނީ ހަމަހިމޭންކަމެވެ. އާއިލާގެ ގިނަ މީހުން ތިބީ ގޭގެ ބޭރަށް ވާގޮތަށް ހަދާފައި ހުރި ހިޔާގަނޑެއްގައެވެ. މިއީ ލަންކާގެ ޒިއޯން ޗާޗުގައި އޭޕްރީލް މަހުގެ 21 ވީ އާދިއްތަ ދުވަހު ދިން ހަމަލާގައި މަރުވި އުމުރުން 09 އަހަރުގެ ކެވިންގެ ވާހަކައެވެ.

"މަންމާ، އަހަރެން މަރުވެއްޖެއްޔާ މަންމަ ހަދާނީ ކިހިނެއް؟" އާދިއްތަ ދުވަހު ހެނދުނު އަޅުކަމަށް ދާން ތެދުވެ، ސައިތައްޓެއް ދިއްކޮށްލުމުން ކެވިން އޭނާގެ މަންމައާއި ސުވާލު ކުރިއެވެ.

ލަންކާ ހަމަލާ
ލަންކާ ހަމަލާގައި މަރުވި ކެވިންގެ މަންމަ ވަގުތާއި އެދުވަހުގެ ވާހަކަތައް ހިއްސާ ކުރަނީ: ވަގުތު ފޮޓޯ/ މުހައްމަދު ޖިމީ

ޖަވާބުގައި އެކަހަލަ ވާހަކަ ދައްކާކަށްނުވާނޭ ބުނެ އޭނާގެ މަންމަ ވާހަކަ އޮއްބާލިއެވެ. އެފަދަ ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިދާނެކަމުގެ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. އޭނާގެ ދަރިފުޅަށް ތައްޔާރުކޮށްދޭ އެންމެފަހުގެ ސައިތަށިކަން ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އާއިލާގެ އެންމެ ކުޑަ ފުރާނަ ދުނިޔެއާއި އަލްވަދާޢު ކިޔާ ވަގުތު ޖެހެނީކަން ވެސް ރޭކާނުލާ ހާލުގައެވެ. ކެވިންގެ މައުސޫމް ހިތުގައި އެ ސުވާލު އުފެދުނު ސަބަބު، އޭނާގެ ވަކިވެދިޔުމާއި އެކު ބިލާހަކަށްވެ ނިމުނީއެވެ.

ކެވިންގެ އާއިލާގެ މެންބަރުން އެ ދުވަހުގެ ވާހަކަތައް "ވަގުތު"އާ ހިއްސާ ކުރަނީ - ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

އެދުވަހު އަޅުކަންކުރުމަށް ފައްޅިއަށް ދިޔައީ ކެވިންގެ އިތުރުން އޭނާގެ ދެ ދައްތައެވެ. އުމުރުން 13 އަހަރުގެ ޑިނާ އާއި އުމުރުން 16 އަހަރުގެ ވިވޭކާ އެ ހަމަލާއިން ސަލާމަތްވީ ހަމަ ކިރިޔާއެވެ.

ހަމަލާ ދިން ދުވަހު، ކެވިން ގޮވައިގެން އޭނައާ އެންމެ ގާތުގައި އުޅުނު ޑިނާ ބުނި ގޮތުންނަމަ، އެދުވަހު ސަންޑޭ ސްކޫލު ނިންމާލުމަށްފަހު އެންމެން ތިބީ ކާށެވެ. އެމީހުން ވެސް ކައިގެން ތިރިއަށް ފޭބީ ކެވިން ކުޅެންވެގެން ތިރިއަށް ދާން ކިޔާ ވަރުންނެވެ.

"ކޮއްކޮ އަހަރެން އަތުގައި ހިފައިގެން ތިރިއަށް ފޭބީ. އޭރު ދައްތަ ހުރީ ތަންކޮޅެއް އެތެރޭގައި. ކޮއްކޮގެ ފަސް ފަހަތުން ފައިބަނިކޮށް ބޮން ގޮވީ،" އެދުވަހުގެ ހިތްދަތި ވާހަކަތައް ކިޔައިދެމުން ޑިނާ ބުންޏެވެ.

ކެވިންގެ ބައްޕަ ދަރިފުޅުގެ ފޮޓޯތައް "ވަގުތު" ނޫސްވެރިޔާ އަށް ދައްކަނީ - ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

ޑިނާ ބުނީ އޭނާއަށް ބޮން ގޮއްވި މީހާ ފެނުނުކަމަށާއި، އޭނާ އެންމެ ފުރަތަމަ ޗާޗަށް ވަދެގެން އައި އިރު ހުރީ ފޯނާ ކުޅެން ކަމަށެވެ. އަދި އެތަނުގައި އުޅުނު ފާދިރީއެއްގެ ގާތުގައި މަންމަ ބަލިވެގެން ފަރުވާ ކުރަންވެގެން އެ ފައްޅީގެ އިސް ފާދިރީއާ ބައްދަލުކުރަން ބޭނުންވާ ވާކަމަށް ވެސް ބުންޏެވެ.

"އެހެން ބުނީމަ އޭނާއާ ވާހަކަ ދެއްކި ފާދީރީ ބުނީ މިވަގުތު އިސްފާދިރީއާއި ބައްދަލެއް ނުވާނޭ. ދެން ފާދިރީ ދަމުން އެތާ ތިބި ދެމީހެއް ގާތުގައި ބުނީ އެ މީހާ އެތެރެއަށް ވަނަ ނުދޭން،" ޑިނާ ކިޔައިދިނެވެ.

ހަމަލާގައި ލިބުނު އަނިޔާއާއެކު ލިބުނު ކުއްލި ސިހުމުން ގޮތްހުސްވެފައި ހުރި ޑީނާ އާއި އޭނާގެ މަންމަ - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ޑިނާއަށް ބޮޑު ގެއްލުމެއް ނުވިޔަސް އޭނާގެ މޫނު މަތީގެ ބައެއް ތަންތަނާއި ކަރު ކައިރި ޒަހަމްވިއެވެ. މަރުވި އޭނާގެ ކޮއްކޮގެ މޭ ފޫއަޅުވާލައި ހިތާ ދިމާއިން ބޮމުގެ އެތިކޮޅެއް ވަދެފައިވާކަމަށް އޭނާ ކިޔައިދިނެވެ.

ކެވިން އެ އާއިލާއާ ވަކިވުން އެއީ މުޅި އާއިލާއަށް ވެސް ލިބުނު ބޮޑު ހިތްދަތިކަމެކެވެ. އޭނާގެ މަންމައާ ބައްޕަގެ މޫނުމަތިން އެ ހިތްދަތިކަން އަދިވެސް ފެނެއެވެ. މަންމަގެ މުޅި މޫނު މަތީން ފެންނަނީ މޮޅިވެރިކަމާއި ހިތާމައެވެ. ކެވިންއަކީ އެ ދެމަފިރިންގެ އެންމެ ހަގު ދަރިފުވެސް މެއެވެ.

ކެވިންގެ ހަނދާން އައު ކުރަމުން އޭނާގެ މަންމަ "ވަގުތަށް" ބުނިގޮތުގައި، ކެވިންއަކީ އަބަދުވެސް މުސްތަގުބަލާއި މެދު ފުންކޮށް ވިސްނާ ކުއްޖެއް ކަމަށާއި އަބަދުވެސް އުމުރަށް ވުރެ ބޮޑެތި ވާހަކަ ދައްކާކަމަށެވެ.

"މިގޭގައި ހުންނާނެ ކުޑަ ފިހާރައެއް. އަބަދުވެސް ބުނާނެ ކީއްކުރަންހޭ މަންމަ ތިޔަ ފިހާރަ ތި ހިންގަނީ. ތިމަންނަ ބޮޑުވެގެން މަންމަމެންނަށް ފައިސާ ހޯދައިދީ ކާންދީ ހަދާނަމޭ..." ގިސްލަމުން ކެވިންގެ މަންމަ އެ ވާހަކަތައް "ވަގުތާއި" ހިއްސާކުރިއިރު ގާތުގައި ހުރި ކެވިންގެ ބައްޕަ ދިޔައީ ގިސްލަގިސްލާ ރޮމުންނެވެ.

ހަމަލާގައި ލިބުނު އަނިޔާތަކާއެކު ހިތަށް ކެތްނުވާ ވަރުގެ ހިތާމައެއް ކުރިމަތިވި ޑީނާ - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

އިންޓަވިއު ނިންމާލައި ކެވިންގެ ފޮޓޯތައް ބަލައިލަން މަޑުކުރީމެވެ. މެދު ގޭތެރެއިން ނުކުމެ އަންހެން ކުއްޖަކު އައިސް ކެވިންގެ ބައްޕަ އަތަށް ފޮޓޯ އަލްބަމެއް ދިއްކޮށްލައިފިއެވެ. އެ އަލްބަމް ބަލަންފެށުމާއި އެކު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގަތެވެ. ދުރުގައި ހުރި ކެވިންގެ މަންމަގެ ލޮލުން ވެސް ހިފަހެއްޓުމެއް ނެތި ކަރުނަތައް ދިޔައީ އޮހެމުންނެވެ. މައިލަގޮނޑީގައި އަޅާ ވޭން އިހުސާސް ވާނީ ހަމަ މަޔަކަށެވެ.

މަރުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއްހޭ ބުނެ ދަރިފުޅު ކުރި ސުވާލު މިއަދު ވެސް އެ މައިމީހާގެ ކަންފަތުގައި ދަނީ ގުގުމަމުންނެވެ. ދަރިފުޅު ނެތުމުން މިއަދު ހަދާނެ ގޮތެއް ނެތްކަން ދަރިފުޅަށް ކިޔައިދޭނީ ވަކި ކިހިނަކުންތޯއެވެ. އުންމީދާއި އެކު ދިރިއުޅެމުން އައި ކެވިން ނިރުބަވެރިއެއްގެ އަތްދަށުވީއެވެ. ކުށެއް ނެތް މައުސޫމް ފުރާނައެއް މަންމައާ ބައްޕައާ އަބަދުގެ އަބަދަށް ވަކިވީއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙހ

    ??

    16
    2
    • Anonymous

      ?

      4
      1
  2. ޙހހ

    ??

    11
    1
  3. ލިޔޯން

    ކަލޭމެން މިވާހަކަ އާކޮށްކޮށްފައި ޖަހަމުންދޭ އަސަރާއެކު. ގައިމު މުސްލިމުން ކުރި ކަމެއް. މިޔަކީ ކިތަންމެ ވަރަކަށް ބުންޏަކަސް މިޔަކީ އިޒްރޭލުގެ ކަމެއް ނޫން. މިކަން މުސްލިމުން ކުރަން ޖެހޭ ސަބަބު ކަލޭމެންނަށްވެސް އެނގޭނެ. އޮޅުވާލެވިދާނެ ބަޔަކަށް.

    17
    62
    • ޣައްޒާ

      ޣައްޒާގެ ރަށްވެހިންނަށް އަނިޔާކުރާ ބައިގަނޑު ހަމަ ސުރީލަންކާގެ ރަށްވެހިންނަށްވެސް ހަމަލާދިނީ، މިއީ ހަމައެއް އިދާރާއެއް.

      13
      2
    • ޝަހީދު

      މުސްލިމުންނާއި ހަނގުރާމަ ކުރާބަޔެއްތަ ސިރީލަންކާގެ ހޮޓާތަކުގަޔާއި ޗާޗްތަކުގަތިބީ. އެއީ ހަނގުރާމައިގެ ހަތިޔާރު އަޅައިގެން ތިބި ބަޔެއްތަ..؟ މުސްލިމުންނާ ހަނގުރާމަ ކުރާ އެމެރިކާ އަދި އިސްރާއީލް އަދި ބަރުމާގަ ތިބި ސިފައިން ހަތިޔާރު އަޅައިގެން ތިބި އިރު ލަންކާގަ ތިބި އާދައިގެ ދިރިއުޅުމާއިގެން އުޅޭ ޣައިރު މުސްލިމުންތަކެއް މަރާލުމައް އިސްލާންދީން ހުއްދަކުރޭތޯއެވެ.؟

      16
      5
    • ތިއޭ އެއްކަލަ

      ލިޔޯން މާދަންވެސް މަގޮސް މިސްކިތެއް ގޮއްވާލީމަ ކަލޭ ބުނާނަން ދޯ އެކަން އެ ކުރީ މުސްލިމެއް ނޫނޭ ޔަހުދީއެކޭ. މަބުނީ މީ ވަރަށް އެހެން ކަހަލަ ކަންތައްތައް. މި ކަހަލަ ކަންކަމަށް ކިޔާ އުޅެނީ ފިކުރީ ހަގުރާމަ. ކަލޭއަށް ކޮން ޔަގީންކަމެއް އޮތީ މީ މުސްލިމުން ކުރި ކަމެއްކަން. ހަމަ މުސްލިމުންނަށްވެސް ވެދާނެ، އެކަމަކު ހަމަ އެ ގޮތަށް ވެދާނެއްނު މުސްލިމުންގެ ނަމުގައި މުސްލިމުންގެ އަގު މުޅި ދުނިޔޭގައި ވައްޓަންވެގެން ބަޔަކު އުޅެނީ ކަމަށް.

      2
      1
  4. މަހާރެހެންދި ފާތުމަ

    ނޮންސެންސް

    4
    30
  5. ޕޮލިސް ކޮންސްޓަބަލް

    މިއަކީ މުސްލިމުން ކުރި ކަމެއް ނޫން.. މުސްލިމުން ނަމުގައި ތިބޭ ތަނެއް ދޮރެއް ނޭނގޭ ގަމާރުން ކުރާ ކަންތައް. މި ރާއްޖޭގައިވެސް އެބައޮތް ތި ޒާތުގެ ބައިގަޑެއް.. އެމީހުން ފިޔަވާ ހުރިހާ އެންމެންނަކީ ކާފަރުންކަމަށް ދެކިގެން އުޅޭބައެއް.. ފުރިހަމަ އިސްލާމަކު އެއްވެސް ޙައްގަކާއި ނުލާ މީހެއްގެ މުދަލަށް، ފުރާޔަށް ގެއްލުމެއް ނުދޭނެ.. އިސްލާމް ދީނުގައިވަނީ އެހެން ދީން ތަކުގެ މީހުންނަށް އިޙްތިރާމް ކުރުމަށް، އަނިޔާވެރި ނުވުމަށް.. އަދުގެ ޒުވާނުން ވިސްނަންވީ މިސްކިތުން ދިމާވާ ކޮންމެ މީހަކީ ޝެއިޚެއް ނޫންކަން. ކަލޭމެން ޖިހާދަށް ތި ދަނީ އުމުރުން ދުވަސްވީ މަންމަ އާއި ބައްޕަ ނިކަމެތިކޮށް އެކަނިވެރިކޮށްފަ.. އަންހެން ދަރީންނަށް އެހީވާނެ މީހަކު ނެތީސް ދޫކޮށްލާފަ. ޖީހާދު ކުރުމަކީ މާތްވެގެންވާ ކަމެއް.. ނަމަވެސް ޝަރުތު ތަކެއްވޭ.. ޢިލްމު އުގެނޭ.. ތުބުޅި ދިގުކޮށް، ކުރުތާ ލިޔަސް އަދި ދީންވެރި ނުވާނެ..

    33
    3
    • އޮޅުވާނުލާ

      އެއީ ހަމަ މުސްލިމް ހާލިތަކުން ފީވި ބިސްތަކުން ނިކުތް ފިޔޮއްތަކެއް. ރާއްޖޭގައި ތިބި ބައެއް ފިޔޮއްތައް ވެސް މިހާރު އެދަނީނު ފިޔަފަޅައިގެން ބޮން އަޅަން؟ އިސްލާމުން އުޅޭ ދުނިޔެއްގަ އަމާން ކަމެއް ކުރިއެރުމެއް ނޯންނާނެ.

      1
      17
      • މަރުހޫމާ

        އަސލުވެސް ތަ؟ އިސްލާމެއްތަ ކަލޭތީ؟ އިސްލާމްދީން ދަންނަންތަ؟ ދުނިޔޭގެ ތާރީޚް ދަންނަންތަ؟ އިރާގާއި ލީބިޔާގެ ފަހުގެ ތާރީކް ކީންތަ؟ މުސްލިމުންނާއި ހެދިތަ މިދުނިޔޭގަ ހަމަނުޖެހުނަ އައުސްގެން މި އުޅެނީ؟

  6. ފުން އަސަރު

    ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމް ކުޑަކުދިން، ދިރިތިއްބާ ވަޅުލައި، ބޮޑެތި ހަތިޔާރު އެކުދިންގެ ގައިމަތިން ދުއްވާ ޗިސްކުރިއިރު، އެއްވެސް ބާރެއްނެތް މަންމައިން ކުރިމަތީ ހަދާނެ ގޮތެއް ހެދިއިރު، އަދި ހަދަމުންދާއިރު، 'ވަގުތު' ކޮބާ؟ އެއީ އިންސާނުންނެއްނޫންތަ؟ ނުވަތަ އެ އަނިޔާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދީތަ؟ އެ ޚަބަރު ގެނެސްދިނުމަށް 'ވަގުތު'ގައި އޮންނަ ކްރައިޓީރިއާ ހަމަނުވީތަ؟ *ކައްވަޅުގައި ކުރެވޭ 3 ސުވާލު އަދި އެއްފަހަރު ބެލުން ބުއްދިވެރި*

    8
    2
  7. މަޒުމޫނެއްލިޔެވޭނެ

    މިތަންތަނުން ފޮޓޯ އާއި މައުލޫމާތު ގެންނާތި. މުހައްމަދު އަމީން ކިޔެވީ ސެއިންޓް ޖޯސަފް. މައުމޫނު ކިޔެވީ ރޯޔަލް ކޮލެޖް. ނާސިރު ކިރުވި ސެއިންޓް ޕީޓަރސް. ކޮލި އަލިމަނިކު،ކޮލި މޮހޮދޭ، އެމްބެސެޑަރ އަލީ ހުސެން ދީދީ ސެއިންޓް ޕީޓަރސް. އައްނި ކިޔެވި އޯވަސީސް. ޑރ. މުހައްމަދު އަހްމަދު ކިޔެވި ސެއިންޓް ބެނރޑިކްޓް. ނަޝްރީނާ ކިޔެވި ލޭޑީސް ކޮލެޖް. ރަޝީދާ މުހައްމަދު ދީދީ ކިޔެވި ސެއިންޓް މޭރީ. ނަސީމާ ކަލޭފާނު ކިޔެވި ލޭޑީސް ކޮލެޖް.ގަދަގޭ ސަލީމް ކިޔެވި ސެއިންޓް ޕީޓާރސް. ބެންހާގޭ ހަބީބް ކިޔެވި ވިޗަރލީ. ޣޯގޯ ލަތީފް، މުސްތަފާ ހުސައިން، މުޖުތަބާ ހުސައިން ކިޔެވި ޓްރިނިޓީ ކޮލެޖް.

    5
    1
  8. އަޅުގަނޑު

    ޔާﷲ

  9. އަޅުގަނޑު

    މާތްﷲ ނިޔާވި އެންމެނަށް ސުވަރުގެ މިންވަރު ކުރައްވަވާށި އާއިލާތަކަށް ކެއްތެރިކަން މިންވަރު ކުރައްވަވާށި އާމީން

    • Thanks

      ގަމާރާ އެއީ ކާފިރުންނޭ. އެއޮތީ ބުނެފަ ޗާޗުގެ ކަންކަމުގަ އުޅުނު ވާހަކަ. ހޭބަލިވެބަލަ!