ސަރުކާރުގެ ތަރައްޤީގެ މަޝްރުޢޫގެ ދަށުން، މާލޭގެ އިތުރުން ރާއްޖެތެރޭގެވެސް ގިނަރަށްރަށެއް މިހާރު މި ދަނީ ތަރައްޤީ ކުރަމުންނެވެ. އިތުރު ވަސީލަތްތައް ޤާއިމުކޮށް، އެ ރަށްރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުންނެވެ. މިފަދައިން، މާލޭ ކައިރި މި އޮތް ހުޅުމާލޭގެ ތަރައްޤީއަށްވެސް ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އެ ރަށުގައި ފައި ބީއްސާލި ކޮންމެ މީހަކަށްމެ އިހްސާސް ވާނެއެވެ. އެއާޚިލާފަށް، މާލޭގެ ފަސްވަނަ އަވަށް ގޮތުގައި ބުނެވޭ ވިލިމާލޭގައި މިފަދަ ތަރައްޤީގެ މަޝްރޫއުތައް، ހުޅުމާލެއަށް ވުރެ ކުޑަކަން ފާހަގަ ކުރެވޭ ހެއްޔެވެ؟

ވިލިމާލޭގެ އެއްކޮޅުން އަނެއް ކޮޅަށް ނަޒަރު ހިންގާލި ކަމުގައިވިޔަސް، ފެނިގެންދާނީ 'ރާއްޖެތެރޭ ކުލަވަރެވެ." މި ރަށުގައި ހިނގާލި ކޮންމެމީހަކަށްމެ، ވަށައިގެން އެ އޮންނަ ފެހިކަން ގަދަ ގަސްތަކާއި މޫދަށް އެރުމަށް ހާއްސަ ސަރަހައްދުގެ ހިތްގައިމުކަމުން ފެނިއްޖެނަމަ، މިއުޅެވެނީ ރާއްޖެ ތެރޭ ރަށެއްގައޭ ހިތަށް އަރާނެއެވެ. ވެހިކަލް މަދު މި ރަށުގައި ލިބޭ 'ބަގީ'ގެ ޚިދުމަތް ތަޖްރިބާކޮށްލާ ވަގުތުކޮޅު، ގައިގައި ބީހިލާ ފިނިވައިރޯޅިން އިތުރަށް "ރާއްޖެތެރެ" އިހްސާސްކޮށްދޭނެއެވެ. މަގުމަތި ހަލަބޮލިނުވުމުގެ ސަބަބުން ފުރާވަރުގެ ކުދިން ސަކަރާތް ޖަހަން މަގުމަތީ ކޮޅުކޮޅަށް ދުވެ އުޅޭ މަންޒަރު ފެނުމުންވެސް އައު ވެގެން ދާނީ ރަށްފުށުގެ ރަންހަނދާންތައް ކަން ގައިމެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ހުޅުމާލެއަކީވެސް މާލޭގެ އަވަށެކޭ ބުނެ ހުލުމާލެ ބޭރު ޤައުމު ތަކުގެ ސިޓީއެއްހެން ތަރައްޤީކުރުމަށް އެހާ މަސައްކަތް ކުރާއިރު، ވިލިމާލެ ބާއްވާނީ މިހެން 'ރާއްޖެތެރޭ' ހަދާލައިފައި ހެއްޔެވެ؟ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ހުޅުމާލޭގައި އުޅޭ ރައްޔިތުން ފަދައިން 'ސްޕާމާރކެޓް'ތަކުން ވިޔަފާރިކޮށްލާ، ހަވީރު ފިންޏަށް ބަސް ދުއްވާލަން ނުދެވެންވީ ކީއްވެ ހެއްޔެވެ؟

ވިލިމާލޭގައި ދިއުޅޭ ގިނަމީހުންވެސް ޚިދުމަތެއް ހޯދަން ނުވަތަ ބާޒާރު ކުރަން ނުވަތަ ވަޒީފާގެ ގޮތުން ގިނައިރު ގޮސް މި އުޅެން ޖެހެނީ މާލޭގައެވެ. ހެނދުނު އަރާ އިރާއެކު ވިލިމާލެ ދޫކޮށް ވަޒީފާއަށް ނުވަތަ ކިޔަވަން މާލެ ދާ ގިނަމީހުން އެނބުރި އަންނާނީ ރޭގަނޑު ނިދަންވީމައެވެ. ދޫނިސޫފާސޫފިމެންވެސް ކާ އެއްޗެއް ހޯދުމަށް ދުވާލުދާ ހަތަރު ދަމު އުދުހި އުދިހިފައި ނިދަންވުމުން އެސޮރުމެންގެ ހާއްޔަށް އަންނަ ފަދައިންނެވެ.

ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ، މާލޭގައި ދިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ދަތުރުދާންވީމައި ނުވަތަ މަޖާކޮށްލަން މޫދަށް އެރިލަން ވީމައި ހުޅުމާލޭގެ ބަދަލުގައި އިޚްތިޔާރުކުރަނީ ވިލިމާލެއެވެ. ހިތްގައިމު ވެފައި ހިތަށް ފަސޭހައީޔޯލައެވެ. އެއޮށް ތަރައްޤީ ހުޅުމާލެއަށްވުރެ ވިލިމާލެ 'މަޖާކޮށްލަން' މާ ފައްކަޔޯލައެވެ.

ކަންމިހެން ހުރުމުން، ވިލިމާލެއަކީ 'ޕިކްނިކް އައިލެންޑް'ގެ ގޮތުގައި ބުނެވިދާނެއެވެ. ރަނގަޅު ޚިދުމަތެއް ނުލިބޭ، ނާތަހުޒީބު އެހެންނަމަވެސް މަޖާކޮށްލާ ހިތްހަމަ ޖައްސާލުމަށް އޮތް 'މަރެއް' ކަމުގައި ބުނެވިދާނެއެވެ. ނަމަވެސް ހުޅުމާލެހައި ތަރައްޤީ ނުވި ކަމުގައިވެސް މިއަށްވުރެ މި ކުޑަކުޑަ ރަށް ތަރައްޤީ ކުރަން އެބަ ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަސް

    ރީތި

  2. ނަސް

    ޜީތި

  3. ާއަދުރޭ

    ޙުޅުމާލެހާ ތަރައްގީއެއް ނުކުރެވޭނެ އެހާ ކުޑަ ރަށެއް

  4. ލިން

    ހުޅުމާލޭގަ އަދި މާހާލުގަ ވަޒީފާ ގަޑިފެށޭނެ ފަތިހު 30 ހަކަށް މިނެޓުގެ ދިގު ދަތުރަކަށްފަހު މާލޭގަ ވަޒީފާއަދާކުރާ އޮފީހަށް ފޯރާނީ

  5. ޑިން

    ޢަހަރެމެން ބޭނުންވަނީ ވިލިގިލި މިހެން އޮންނަން.ވީލިގިލި ރާއްޖެތެރެ ސްޓައިލް އަށް އޮންނާތީ ވަރަށް ކަމުދޭ

  6. ޥިލިމާލެމީހާ

    މިތަން ހާއްޔަކައް ހަދަން ނޫޅޭ މިހާރު ވެސް ބޮލަށް ފުރާ

    ބެޓެރަސައިކާ ހެދި

  7. ވިލިނގިލި ކުއްޖާ

    ވިލިނގިލި ތަރައްގީ ނުކުރިޔަސް ހެޔޮ. މި ދޮންވެލިތައް ސުންނާފަތި ކުރަން ތިކަހަލަ ( ވައިބު ) ނުފެތުރިއްޔާ ރަނގަޅީ..???