(ޣައްޒާ، ފަލަސްތީން) އެއްބަޔަކު ހިތްދަތިކަމުން ފުރި ހިތާމައިގެ ކަނޑުތަކުގައި ޣަރަޤުވެ ނިމިގެންދާއިރު، އަނެއް ބަޔަކު އުފަލާއި އަރާމާއި ލައްޒަތުގައި ދިރިއުޅެމުންދާ ދިއުމަކީ ވަގުތީ މި އާލަމް ދަންނަ އިންސާފެވެ. އެއް ބަޔަކު އާއިލާތަކާއެކު ހުވަފެނީ ދިރިއުޅުންތަކުގައި އުންމީދުގެ ކުލަ ޖައްސަމުންދާއިރު، އަނެއް ބަޔަކަށް އާއިލާ އާއި އެކު ހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލާނޭ ފުރުސަތެއްވެސް ނުލިބި، އާއިލާއާއި ވަކިން ދުނިޔޭގެ ހަޔާތާއި ވަކިވެދާން ޖެހުމަކީ ދުނިޔެ ދަސްކޮށްދޭ ދުނިޔޭގެ އިންސާފެވެ.

އަރާ އިރާއެކު ކޮންމެ ދުވަހެއްގެ އަލިކަން ފަނޑުވެ ނިމިގެން ދަނީ ޣައްޒާގެ އާއިލާތަކަށް އަލުން އާ ހިތާމަތައް ވެރި ކުރުވަމުންނެވެ. ކުށަކާ ނުލާ އެތައް ހިތްތަދިތި ކަމެއް ކުށެއް ނެތް އެތައް މުސްލިމުންނަކަށް ކުރިމަތި ކުރުވަމުންނެވެ. ކަރުނައިން ފޯވެފައިވާ ލޯތައް އިތުރަށް ތެންމާލާ، ހިތްދަތިކަމުން ހަލާކުވެފައިވާ ހިތްތައް އިތުރު ހިތި އަސަރުތަކެއްގެ ތެރެއިން ކުދިކުދި ކުރަމުންނެވެ. މިއީވެސް އެފަދައިން ޣައްޒާގެ އާއިލާއަކަށް ކެތްކުރާން މަޖުބޫރުކުރި ހިތްދަތި ހާދިސާއެއްގެ ވާހަކައެވެ.

އުމުރުން އެންމެ ފަސް އަހަރުގެ އައިޝާ ލޫލޫ ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ. ހަޔާތުގެ އެންމެ ފަހު ވަގުތުވެސް އާއިލާއާއި ވަކީން ގުނަން ޖެހުމުން ކަރުނަ އަޅާ ހާލުގައި އެކަނިވެރި ކަންމަތީއެވެ. ލޯބިވާ މަންމަ އާއި ބައްޕައަށް ލޯބިން އެންމެ ފަހުގެ އަލްވަދާޢު ކިޔާނޭ ފުރުސަތެއް ލިބުމުގެ އުންމީދުގައި ގިސްލަގިސްލާ އޮއްވައެވެ. ނުރައްކަލެއްގެ ތެރޭގައި އުޅެމުން ދަނިކޮށް ކުރިމަތިވި އިތުރު ނުރައްކަލަކުން އަދި ރަނގަޅަށް އަރައި ނުގެނެވެނީހެވެ.

ލޫލޫ އަކީ ޅަ އުމުރުގައި ސިކުނޑީގެ ޓިއުމަރެއް އުފެދިގެން ސިއްޙީ ބޮޑު ނުރައްކަލަކާއި ކުރިމަތިވި ކުއްޖެކެވެ. އެފަދަ ހާލަތެއް އޭނާއަށް ކުރިމަތިވެއްޖެކަން އެނގުމާއި ހަމައަށްވެސް އެކަމުގެ ވޭން އޭނާ ދިޔައީ ތަޙައްމަލް ކުރަމުންނެވެ. އެ ހާލަތު އޭނާއަށް މެދުވެރިވިކަން އެނގުނުއިރު މާބޮޑަށް ލަސްވެސް ވެއްޖެއެވެ. ނަމަވެސް ފަރުވާ ކުރެވިއްޖެނަމަ ސަލާމަތްވުމުގެ ފުރުސަތު އޭނާއަށް އޮތެވެ. އެކަމަށް އެޅުނު އެންމެ ބޮޑު ހުރަހަކަށްވީ ހިތެއްނެތް ޔަހޫދީންގެ ޖަރީމާތެކެވެ.

އައިޝާ ލޫލޫ އަށް ފަރުވާދެމުން ދިޔަ ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް

ޣައްޒާގެ ހޮސްޕިޓަލްތަކަށް އިސްރާއިލް ސިފައިން ތަކުރާރުކޮށް ކުރިން ދިން ހަމަލާތަކުގައި އެ ހޮސްޕިޓަލްތަކުގެ ބޭނުން ކެނޑި ޚިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެންމެ އާދައިގެ ފަރުވާތައް ފިޔަވައި އިތުރު ކަމެއް ކޮށްލެވޭ ވަރަށްވުރެ އެ ހޮސްޕިޓަލްތަކުގެ ހާލަތު ދަށްވެފައި ވުމުން ތުއްތު ލޫލޫގެ ފަރުވާ އެއިން ހޮސްޕިޓަލަކުން ލިބޭނޭ އެއްވެސް މަގެއް ނުފެނުނެވެ. މިކަމުގެ ސަބަބުން އޭނާއަށް ފަރުވާ ކުރަން ޖެހުނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުންނެވެ.

އިސްރާއީލުން ހުއްޓުމެއް ނެތި ހަމަނުޖެހުންތައް ހިންގާ ޣައްޒާއިން ތުއްތު ލޫލޫ އެ ހިސާބަށް ގެންދިއުން ވެގެން ދިޔައީ އާއިލާއިން އުފުލަން ޖެހުނު ބޮޑު ތަކުލީފަކަށެވެ. މި ސަރަޙައްދުން އިސްރާއިލް ސިފައިން ބޯޑަރު ވަކި ކުރާ ހިސާބަށް ލޫލޫ ގެންދިއުމަށްފަހު އޭނާ އާއިލާ އާއި ވަކިވާން މަޖުބޫރުކޮށް ހުޅަނގު އައްސޭރީގެ ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލާންސެއްގައެވެ. އިސްރާއިލް ސިފައިންގެ ހުރަސްތަކާއި ގުޅިގެން އޭނާ އާއި އެކު ދިއުމުގެ ނަސީބެއް އާއިލާގެ އެއްވެސް މެމްބަރަކަށް ނުލިބުނެވެ. ހަމަނުޖެހުންތައް ބޮޑުވެފައިވާތީ އެ ސަރަޙައްދު ހުރަސްކޮށް އެއްވެސް މީހަކަށް ދެވެން ނެތްކަމަށް އަންގައި އެ އެންމެން ފައްސާލީއެވެ.

އާއިލާގެ އެއްވެސް މެމްބަރެއް ނެތި ލޫލޫގެ ބޮލުގެ ސާޖަރީ ކުރިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. އެ ސާޖަރީ ކާމިޔާބުކަމާއި އެކު ފުރިހަމަކޮށް ޓިއުމަރުގެ ނުރައްކަލުން ލޫލޫ ސަލާމަތްވީ ނަމަވެސް އާއިލާގެ އެއްވެސް މީހަކު، ކައިރީގައި އޯގާތެރިވާން ނެތުމުން އޭނާއަށް އެއްވެސް އުފަލެއް ނުލިބުނެވެ. އެނގިފައިވާގޮތުގައި ލޫލޫގެ ސާޖަރީއަށްފަހު އޭނާއަށް ފަރުވާ ކުރަމުންދިޔަ ކޮންމެ ދުވަހަކީވެސް އާއިލާގެ މަތިން ހަނދާންވެ އޭނާ ރޮއެ ހަދާ ދުވަހެކެވެ. އަދި އާއިލާގެ ގާތަށް އެނބުރިދާން އެދި އޭނާ އޭރުވެސް ދިޔައީ އާދޭސް ކުރަމުންނެވެ.

މި ހިތާމަތަކަށް ލޫލޫއަށް ކެތް ކުރެވުނީ މަދު ދުވަސްކޮޅަކަށެވެ. ތުއްތު ލޫލޫއަށް ތަޙައްމަލް ނުކުރެވޭ ވަރުގެ ހިތާމަތަކެއްގެ ތެރޭގައި ކޮންމެ ދުވަހަކު ކަރުނައަޅާ ހާލުގައި ހޮސްޕިޓަލުގެ އެނދުމަތީގައި އޭނާއަށް އޮވެވުނީ އިއްޔެއާ ހަމައަށެވެ. އޭނާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެން ދިޔައީ އެ ހިތާމައިގައި ގިސްލަ ގިސްލައި އޮއްވައެވެ. ލޯބިވާ މައިންބަފައިންނާއި އާއިލާގެ އެއްވެސް މެމްބަރަކު ފަހު ވަގުތު އައިސް ހަމަކުރިއިރު ފެންނާން ނެތި އެކަނިވެރި ހާލުގައި އޮއްވައެވެ.

ފަލަސްތީނުގައި ޔަހޫދީ ސިފައިން މުސްލިމުންނަށް ދޭ މިފަދަ އަނިޔާތަކުގައި ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހަކު އިސްތިސްނާ ނުކުރެއެވެ. ކޮންމެ ދުވަހަކުހެން ސިފައިން ހިންގާ ޖަރީމާތަކުގައި އެތައް އާއިލާއަކަށް މިފަދަ ހިތްދަތިކަން އެޤައުމުގައި ދެމުންދާއިރު، އަމިއްލަ ގެދޮރާއި ވަޒަނުން ބޭރުކޮށް ފައްސާލާފައިވާ އެތައް އާއިލާއެއް ހާލުގައި ޖެހިފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އާރިފާ

    ކޮންފަދަ ނުބައި ބައެއް . ސުބްޙާނައްﷲ

    85
    1
  2. އަޙްމަދު

    ޔާﷲ މިނުބައި ޔަހޫދީންގެ ކިބައިން ފަލަސްތީނުގެ ކުޑަކުދިންނާއި އެންމެހައި މުސްލިމުން ސަލާމަތް ކުރައްވައިފާނދޭވެ. އާމީން

    116
    1
    • ބޯހަލާކު މެއި 18 2019

      މިޔަހޫދީން ގެ ކިބައިން ފަލަސްތީނުގެ ރަތްޔިތުން ސަލާމަތް ކުރަށް ވާދޭއެވެ. އާމީން

      52
      1
  3. ވާނު

    ﷲ ތުއްތު ފޫރާނަޔަ ސުވަރުގޭ ގެ ދާއިމީ ނިޔުމައިތް ލާއްވާށި.!
    ތި އަނިޔާ ވެރިންގެ ކިއްބާއިން ސަލާމައިތް ކުރައްވާއިފި..ދައިމައް ދިރި ދެމިގެން ވާ އަލަމަށް.
    ﷲ ފުރާނަ ޔަތް ސުވަރުގެ ދާއިމީ ނިޔުމަތް ލައްވާށި.

    106
    1
  4. Anonymous

    މިޔަހޫދީން ގެ ކިބައިން ފަލަސްތީނުގެ ރަތްޔިތުން ސަލާމަތް ކުރަށް ވާދޭއެވެ. އާމީން

    ލޫލޫ ?

    31
    1
  5. މަރީ

    ޔާﷲ މިނުބައި ޔަހޫދީންގެ ކިބައިން ފަލަސްތީނުގެ ކުޑަކުދިންނާއި އެންމެހައި މުސްލިމުން ސަލާމަތް ކުރައްވައިފާނދޭވެ. އާމީން

    17
    1
  6. Anonymous

    ޔާﷲ މިނުބައި ޔަހޫދީންގެ ކިބައިން މުސްލިމުން ސަލާމާތް ކުރައްވާ . އާމީން.

    14
    1
  7. ނާޡިމް

    ޔާﷲ ފަލަސްތީނުގެ މައުސޫމް ކުޑަކުދިންނާ އެންމެހާ މުސްލިމްތަކުން ނިރުބަވެރި ޔަހޫދީ ޒަޔަނިސްޓް އިސްރާއީލޭ މިކިޔޭ މީހުންގެ ކިބައިން ސަލާމަތްކުރައްވާ ފަލަސްތީނުގެ ރައްޔިތުންނައް ނަސްރުދެއްވާށި، އަދި ދުނިޔޭގެ ކަންކޮޅުތަކުގާ އަނިޔާލިބި ބަލިހާލުގަވާ އެންމެހާ މުސްލިމްތަކުންނައް އިބަﷲގެ ރަހުމްތުން އަވަސްށިފާއެއް ދެއަވާ، ރަހުމަތްލައްވާށި. އަދި އިސްރާއީލުގެ ނިރުބަވެރިންގެ ކިބައިން މާތްވެގެންވާ މަސްޖިދުލްޢަޤްސާ ސަލާމަތް ކުރައްވާ އިސްރާއީލްގެ ވެރިންނަށާ މުސްލިމް އުންމަތުގެ އަދުއްވުން ބަލިކުރައްވާ އެބައިމީހުން އިބައިލާހުގެ ރަހުމަތުން އެއްކިބާކުރައްވާ ފުރިހަމަ ހިތްޕެވުމަކުން ހިތްޕަވާ ދިރިތިބީންގެ މައްޗައް އިބުރަތެއްކަމުގާލައްވާށި. އަދި މަރުވެގޮސްފައިވާ އެންމެހާމުސްލިމް އަޙުންނާ އުޙްތުންގެ ފާފަފުއްސަވާ އިބައިލާހުގެ ރަހުމަތް އެބައިމީހުންނައް އޮއްސަވާ ނަރަކާގެ ޢަޒާބުންދިންނަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި. އާމީން ޔާރައްބަލް އާލަމީން