އާސަހަރާ މިސްކިތުގައި މަސައްކަތް ކުރާ އަންހެން ޖަމާޢަތްތެރިން، ޑިއުޓީ އަށް ތިބޭ ގަޑިތަކުގައި ބޭނުން ކޮށްލަން، މީގެ އެއް އަހަރު ދުވަސް ކުރިން، އިސްލާމިކް މިނިސްޓްރީން އެ އިމާރާތުގެ ތެރެއިން ހަމަޖައްސައިދީފަ ހުރި ކޮޓަރީގެ އެތެރެ ފާރު ތަޅާލާ އެމީހުން އެތަނުން ނެރެލައިފިއެވެ.

މިޚަބަރު ލިބުމާއި އެކު ކަންވީ ގޮތެއް އޮޅުން ފިލުވާލުމަށްޓަކައި، އާސަހަރާ އަށް ދިޔަ އިރު، އެވަގުތު ޑިއުޓީ އަށް ތިބި އަންހެން ޖަމާޢަތްތެރިއަކާއި އަޅުގަނޑަށް ބައްދަލުވެ، ވާހަކަ ދައްކާލުމުގެ ފުރުޞަތު ލިބުނެވެ. އެމީހުންގެ ވާހަކަ ތަކުން އެނގުނު ގޮތުގައި، މީގެ ކުރިންވެސް ވެސް ލިބިފައިވާ ތަފާތު ގިނަ އިންޒާރުތަކާއެކު، މި ހިނގާ ރަމަޟާން މަސް ތެރޭގައި، ތަނުގައި ތިބޭ އަންހެން މުވައްޒަފުން ތަކަކާއި މެދު އެ ހިންގާފައިވާ ޢަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެވެ. އެކަން ހިނގާފައިވާ ގޮތް އަޅުގަނޑު ސާފުކުރީމެވެ.

"މީގެ ކުރިންވެސް އަޅުގަނޑުމެންނަށް ވަނީ ބިރު ދައްކާފަ. ބުނެފަ އޮތީ ތިމަންނަމެންނަށް ބާރު ލިބިއްޖެއްޔާމު ވަޒީފާއިންވެސް ވަކި ކުރާނަމޭ. މިވެނި ކަމެއް ކުރާނަމޭ. ތިބުމަށް ދަތި ކުރާނަމޭ، ނުތިބެވޭނޭ. އެހެން އެކަން އޮއްވާ ސިޓީ ކައުންސިލްގެ ދަށަށް އަޅުގަނޑުމެން މި ބަދަލުކުރީ. މީގެ ކުރިންވެސް އެތަން ބޭނުން ކުރަމުން މި އައީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ޤަވާއިދުން. އެއީ މައްޔިތަކު ނެތް ކަމަށްވައްޏާމު އަޅުގަނޑުމެންނަށް މަޑުކޮށްލެވޭ ގޮތަށް." އެ ތަނުގައި ޑިއުޓީ އަށް ތިބި މީހުން ކިޔައިދިނެވެ.

އަންހެން ޖަމާޢަތްތެރިން ބޭނުން ކުރަމުން އައި އިމާރާތުގެ އެތެރެފާރު ތަޅާލާފަ / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

އެ އިމާރާތަކީ މައްޔިތަކު ނެތް ވަގުތު ތަކުގައި، އެމީހުން ގެންގުޅޭ ބައެއް އެއްޗެހި ބަހައްޓާލާ، ރެސްޓް ކޮށްލުމަށް ބޭނުން ކުރަމުން އައި އިމާރާތެކެވެ. އެ އިމާރާތާއި އިން ވެގެން، އަންހެނުން ނަމާދު ކުރުމަށްޓަކައި ހަމަ އެވަރުގެ ކޮޓަރި އެއް ހުރެއެވެ. ނަމަވެސް އެތަނުގައި މަސައްކަތް ކުރާ ބައެއް ފިރިހެން ޖަމާޢަތްތެރިންނާއި، ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުން ގުޅިގެން އެ ތަން ތަޅާލާފައި މި ވަނީ، އަންހެނުން ނަމާދު ކުރުމަށް ޖާގަ ދިނުމަށް ކަމަށް ބުނެއެވެ. ނަމަވެސް އެތަނަށް އަންހެނުން ނަމާދު ކުރަން އާއްމުކޮށް ނާންނަ ކަމަށާއި، މައްޔިތަކު އޮވެއްޖެ ހާލަތެއްގައި ނަމާދު ކުރުމަށް އަންނަ ހުރިހާ މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު މީގެ ކުރިންވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

"އެތަން އެ ތަޅާލީ އަންހެނުން ނަމާދު ކުރަން ޖާގަ ހަދާށޭ ކިޔާފަ. އަންހެނުން މި މިތަނަކަށް ނަމާދު ކުރާކަށް ނާދެ މައްޔިތަކު ނެތް ހާލަތެއްގައެއް. މައްޔިތަކު އޮތަސް ކަށުނަމާދެއް އޮތިއްޔާ އަންނަނީ. ކަށު ނަމާދެއް އޮތަސް މިތަން ފުރޭވަރަކަށް ނާދެ. އެހެންނަމަވެސް ފިރިހެނުން އެބަ އޮވޭ މަގުމަތީގަޔާއި އެއްކޮށް. އެހެންވީއިރު ފިރިހެނުންނަކަށްނޫންތޯ ޖާގަ ބޭނުންވަނީ. އެކަމަކު އަންހެނުންނަށް ޖާގަ ދޭށޭ ކިޔާފަ މިތަން ތަޅާލީމަ އެބަ އެނގޭ ޒާތީ މައްސަލައެއްކަން." އެމީހުން ކިޔައިދިނެވެ.

އެމީހުން އެތަނުން ނިކުންނަށްވެސް އަންގާފައިވަނީ އަންހެން މުވައްޒަފުން ހިމެނޭ ވައިބާ ގުރޫޕެއްގައެވެ. އަދި އެތަނުގައި އެމީހުން ބޭނުންކުރާ ހުރިހާ އެއްޗެއް ބޭރަށް ނެރުމަށް އަންގާ، އެތަން ތަޅާލުމުގައި އިސްކޮށް މަސައްކަތް ކޮށްފައިވަނީވެސް ފިރިހެން ޖަމާޢަތްތެރިންގެ ތެރޭގައި މަސައްކަތް ކުރާ ބައެކެވެ.

"އަޅުގަނޑުމެންނަކީ ޑިއުޓީގައި ތިބޭ ބައެއް. ޑޮކްޓަރުންނަށްވެސް، ނަރުހުންނަށް، ނުވަތަ އަދި އެހެން ތަންތާނގަވެސް، ބަލި މީހަކު ނެތިއްޖެ ހާލަތެއްގަ ރެސްޓް ކޮށްލެވޭނެ ގޮތް އޮވޭ ހަމަޖައްސައިދީފަ. މިހާރު ވެސް ބައްލަވާ. މިއީވެސް ސައުވީސް ގަޑިއިރު ޑިއުޓީ ކުރާ ތަނެއް. ދެ ބަޔަކަށް މިތަން މި އިންނަނީ. އެއީ ނަމާދު ކުރަން އެއްބައި. ދެން އަޅުގަނޑުމެން އަންހެންވެރިން މަޑުކޮށްލަން އަނެއް ބައި. ނަމަވެސް މިހާރު މެދު ފާރު ތަޅާލާފަ އެއްކޮށްލީ، އަންހެންނުން ނަމާދުކުރަން ޖާގަ ހަދާށޭ ކިޔާފަ. މިތަން އަޅުގަނޑުމެން ތިބެން ތައްޔާރުވެސް ކޮށްދިނީ އިސްލާމިކް މިނިސްޓްރީން. އަޅުގަނޑުމެންނަށް ފުރަތަމަ އެންގީ މިތާނގަ އުޅޭ އަންހެންބޭފުޅުންނަށް، އެމީހުންގެ އެއްޗެއް އެތާނގަ ހުރެއްޖެ ކަމަށްވަންޏާމު ނަގަން. ވައިބާ ގައި މެސެޖެއް ކުރީ. ސިޓީ ކައުންސިލުން ކަނޑައަޅާފައި ހުންނަ ސްޕަވައިޒަރު މެސެޖް ކުރީ. މިތާނގަ ކަށްކަން ބޭނުންކުރާ ތަންވެސް ބޭނުން ކުރުން މަނާކޮށްފަ މިހާރު އޮތީ. އެއީ ކަށްކަން ބޭނުން ކުރާ ތަނެއް. ސިންކު ލާފަ ހުރިހާ ތަކެއްޗެއްވެސް ސިޓީ ކައުންސިލުން އަޅުގަނޑުމެންނަށް ހޯދައިދީނީ. އެއީ ތަންކޮޅެއް ކުރިން. ނަމަވެސް މިހާރު އަންގާފަ އޮތީ އެތަންވެސް ބޭނުން ނުކުރަން. ވަކި ސަބަބެއް އަޅުގަނޑުމެންނަކަށް ނާނގަ. މިތާނގަ ތިބޭތާ މިހާރު އަހަރަކަށް ވުނެ ގިނަ ވެއްޖެ. ސައުވީސް ގަޑި އިރު ޑިއުޓީ ކުރާ ގޮތަށް ހަމަޖެއްސީއްސުރެ މިގޮތަށް މި ތިބެނޭ. ފިރިހެން ވެރިން ވަދެގެން އުޅޭއިރު، އަންހެން ވެރިންނަށް އެއްވެސް ރައްކާތެރި ކަމެއް ނެތް. ފިރިހެނުންނަށް އެބަހުރި ކޮޓަރިއެއް. ހަމަ އޭސީ ލާފަ، ހުރިހާ ކަމެއްވެސް ހަމަޖައްސައިދީފަ ހުރީ. ފިރިހެނުންގެ ކޮޓަރި ހުރި ގޮތަށް ހުއްޓަ، އަންހެނުންގެ ކޮޓަރި އެ ތަޅާލީ." އަންހެން ޖަމާޢަތްތެރިންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އަންހެން ޖަމާޢަތްތެރިން ބޭނުން ކުރަމުން އައި ކައްކާ ބައި / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

ކަންމިހެން ހުރިއިރު، އާސަހާރާގައި މަސައްކަތް ކުރާ އަންހެން ޖަމާޢަތްތެރިންނަށް މިހާރު އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް އެމީހުން ބުނެއެވެ. އަދި އެމީހުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައިވަނީވެސް މިފަދަ އެތައް ޖެއްސުމެއް ކުރުމުގެ މަޤްޞަދުގައި ކަމަށާއި، މީގެ ކުރިންވެސް އެމީހުންގެ ފަރާތުން އެފަދަ ބަސްތައް އަޑުއިވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީީ، މުވައްޒަފުންވެސް އިސްލާމިކް މިނިސްޓްރީ އަށް ބަދަލުކޮށްދެއްވުން. މިތާނގަ ތިބޭނެ 18 ޖަމާޢަތްތެރިން. އަންހެން 9 އަދި ފިރިހެންވެސް 9 ޖަމާޢަތްތެރިން. މިސްކިތްތައްވެސް މި ހުންނަނީ ސިޓީ ކައުންސިލްގެ ދަށުގަ. ނަމަވެސް މުވައްޒަފުން މި ތިބެނީ އިސްލާމިކް މިނިސްޓްރީގެ ދަށުގަ. އެހެންވީމަ އެގޮތަށް މިތަންވެސް ހަމަޖެހިގެންދާން އަޅުގަނޑުމެން ބޭނުންވަނީ. މީގެ ކުރިންވެސް އޮތީ އިންޒާރު އެތައް ފަހަރެއްގެ މަތިން ދީފަ. ނަމަވެސް ސިޓީ ކައުންސިލްގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު. ނަމަވެސް އެމީހުންނަށް ވުރެ ނުފޫޒުގަދަ ބަޔަކު އޭތާ ތެރޭގައި ތިބެގެން މި ހުރިހާ ކަމެއް މި ކުރަނީ. އަޅުގަނޑުމެންނަށް މިހާރަކު ނެތް އެއްވެސް ރައްކާތެރި ކަމެއް. ސިޓީ ކައުންސިލާއި ބައްދަލުވާގޮތެއް ވެސް ނެތް." އެމީހުން އެދޭގޮތް ހިއްސާ ކުރިއެވެ.

ސިޓީ ކައުންސިލްގެ ފަރާތުން އެތަން ބަލަހައްޓަން ހަވާލުކޮށްފައި ހުންނަނީ ލުޠުފީ ކިޔާ ބޭފުޅަކާއެވެ. މިކަމާއި ގުޅިގެން ލުޠުވީ ވިދާޅުވީ، އަންހެން ޖަމާޢަތްތެރިންނާއި ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހެޅިފައި އެބަ ހުރި ކަމަށާއި، ޑިއުޓީ އަށް އައުމަށްފަހު ކޮޓަރިއަށް ވަދެ ވަރަށް ގިނަ ދުވަސް ދުވަހު ނިދާކަން ވެސް ފާހަގަ ކުރެވިފައި އެބަ ހުރި ކަމަށެވެ.

"އެބޭފުޅުން ނެރެ އެއްލާލީއެއް ނޫން. ސައި ކޮޓަރީގައި ތެރޭގައި ހުންނާނެ މިހާރުވެސް ހުރިހާ އިންތިޒާމެއް ހަމަޖެހިފަ. ހަމައެކަނި ފިންގާ ޖަހާލާފަ އެތާނގަ ނިދާ މުވައްޒަފުންނެއްވެސް މަދެއް ނޫން. އެހެން ވީމަ، އެއީތޯ ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަކީ. އެބޭފުޅުންނަށްވެސް އަންގާފަ ހުންނާނެ، ކެއްކުމުގެ ކަންތައްތައްވެސް ހުރި ގޮތުން ބައެއް ޝަކުވާ ތަކެއް ލިބިފަ ހުރި ވާހަކަވެސް. އެބޭފުޅުން ބޭރުކޮށްލީ އެއް ނޫން." ލުޠުފީ ވިދާޅުވިއެވެ.

ނަމަވެސް އެތަނުގައި ތިބި އަންހެން ޖަމާޢަތްތެރިން އެކަން ދޮގު ކުރެއެވެ. އެމީހުން މިހާރު ތިބެން ޖެހިފައިވަނީ ފާހާނާ ދޮރުމަތީގައި ކަމަށާއި، މި ކަންތައްތަކަކީ މާކުރިން ފެށިގެން ރޭވިގެން ކުރަމުން އަންނަ ކަމެއް ކަމަށް އޭމިހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އާންމު އާދުމީ

    ވަރަށް ދެރަކަމެއް. ޖަމާޢަތްތެރިންގެ އަގު ވަޒަން ނުކުރެވޭ ހާލުގަ އަދި އިތުރު ފުރައްސާރަތަކެއް އެ ކުރެވެނީ. މިކަމާ ވެއްޖެ އާންމުން ވިސްނާ ހޭލުންތެރިވާން. އެހެންނޫނީ ބޭރުން ކުލީ ޖަމާާޢަތްތެރިން ގެންނަން ޖެހިދާނެ. ދެން ވިސްނާ ތިމާ ނުވަތަ ތިމާގެ ލޯބިވާ މީހަކު ނިޔާވީމަ ހިނަވާ ކަފުން ކުރެވޭނެ ހާލަތު. ސިޓީ ކައުންސިލަށް މިތަން ދިނުމުގެ ބޭނުމެއްނެތް. ކަމަކީ ދީނުގެ ކަމެއް. އިސްލާމިކް މިނިސްޓްރީއަށް ދިއުން ބުއްދިހަމަޖެހޭ ގޮތަކީ. އާންމުން މިކަމާ ވިސްނާތި.

    103
    3
  2. ބުސްކެޓް

    ވަރަށް ލަދުހަޔާތް ކުޑަ ކަމެއް އަންހެނުންނަށް އިހާނެތިކޮށް ހިތުމަކީ. އަދި އުމުރުން ދުވަސްވެފައިތިބި މައްޔިތުންގެ ކަންތައްތައް ކުރަން އަބަދުވެސް ތައްޔާރަށް ތިބި ބަޔަކަށް ތިހާ ދަށުދަރަޖައިގެ ގޮތަކަށް ކަންކުރަން ހެޔޮނުވާނެ. ކީއްކުރާނީ އެޖެންޑާ19 ތަފާތު ވާނެ

    112
    4
  3. ޣާދިރު

    އެޖެންޑާ 19 ގެ ދަށުން ހިގަމުން އަންނަ ކަންކަން..

    92
    7
    • ސަފާ

      ތިޔަ ދެބައި އެއްނުކޮއް ފާޚާނާގެ ކަންތައް ރަގަޅު ކޮއްލަ ބަލަ ގާތްމީހަކު މަރުވުމުން އެތަނަށް ގޮސް ވުޟުކޮއްލަން ފާހާނާ އަށް ވަންނަން ނުކެރޭ މުޑުދާރު ކަމުން ، ކުރީގަހުންނަ ގޮތުން މައްޔިތާގެ ގާތްމީހު ނަށް އެއްކޮޓަރީގަ މަޑު ކުރެވޭ އަނެއް ކޮޓަރީގަ އަންހެނުން ނަމާދުކުރެވޭ މިހާރު ހަދާފަ ހުންނަ ގޮތުންވަރަށް އުދަނގޫ މައްޔިޔާގެ ގާތް މީހުން މަޑުކޮއްލާނެ ތަނެއް ނޯވޭ

      46
      2
      • ގުދޯ ގުދޯ

        ފާޚާނާއިން ނުކުންނަމުން ފްލެސް ކުރަންް އާދަކޮށްބަލަ

        34
        2
  4. މަރީ

    ސައި ކޮޓަރީގަ އެހުރީ ސިންކަކާއި ކުޑަމޭޒެއް. މީހަކު އިށީދެލާނެ ޖާޖައެއްވެސް ހުރިތަނެއްނޫން. ކިހިނެއް އިންތިޒާމެއްތޯ ހަމަޖައްސާފަހުރީ. ޢަންހެނުންނަށް ތިހާ ރަހުމް ކުޑަކޮށް ކަންތައް ކުރާކަށްނުވާނެ. ވަޒީފާގެ ތިބޭ މީހުންނަކީ ދެންތިބި މީހިން ބޭނުން ގޮތެއް ހަދަން ތިބޭ ބައެއް ނޫން.
    .

    65
    1
  5. ހިންނަ

    ތިހަބަރު ކިޔަލީމަ އެނގެނީ ބަޔަކު ކުލި ނުދައްކާ ދިރިއުޅޭ ގެއެއްކަބް ތިއީ، ޑިއުޓީ ނިމުނީމަ ގެއައްދާންވީ ކޮންމެ މީހަކުވެސް، 12 ގަޑި ޑިއުޓީ ވިޔަސް އެއް ބަޔަކު ނޫން ތިބޭނީކީ، އެބަޔަކު ޑިއުޓީ ނިމުނީމަ ދާމްވީ، އެތަނުގަވފެންވަރާ ނިދާވކަށް ނުޖެހޭ، އަހަރުމެނަށް އޮފީހަކުންވނުދޭ ރެސްޓް ރޫމެއް، ބައެއް ދުވަސް ދުވަހު ހެދުނު 8 ޖަހައިރު ދާގޮތަށް ރޭގަނޑު 8 އަށް ތިބެންޖެހޭ،

    13
    61
  6. ކަނބުލޮ

    ތިހަބަރު ކިޔަލީމަ އެނގެނީ ބަޔަކު ކުލި ނުދައްކާ ދިރިއުޅޭ ގެއެއްކަބް ތިއީ، ޑިއުޓީ ނިމުނީމަ ގެއައްދާންވީ ކޮންމެ މީހަކުވެސް، 12 ގަޑި ޑިއުޓީ ވިޔަސް އެއް ބަޔަކު ނޫން ތިބޭނީކީ، އެބަޔަކު ޑިއުޓީ ނިމުނީމަ ދާމްވީ، އެތަނުގަވފެންވަރާ ނިދާވކަށް ނުޖެހޭ، އަހަރުމެނަށް އޮފީހަކުންވނުދޭ ރެސްޓް ރޫމެއް، ބައެއް ދުވަސް ދުވަހު ހެދުނު 8 ޖަހައިރު ދާގޮތަށް ރޭގަނޑު 8 އަށް ތިބެންޖެހޭ،

    5
    43
    • ގުދޯ ގުދޯ

      8 ގަޑި ޑިއުޓީ. އައިސް ނިދުން ކަމަކީ. މައްޔިތަކު އޮތަސް ނިދުން ކަމަކީ.

      6
      41
  7. ގުދޯ ގުދޯ

    ނަމާދު ކުރާ ތަނެއް. ދެކުނަށް އިން ރޫމަކީ މައްޔިތާގެ ޢާއިލާގެ އަންހެނުން މަޑުކޮށްލަން ބޭނުން ކުރަމުން އައި ރޫމެއް. މިހާރު ހިނަވާގެއިން ބޭރުގައި އެވާ ގޮނޑިތަށް ކުރިން ހުރީ މިބުނާ ރޫމްގައި. ސަހަރާއަށް ޖަނާޒާއަށް އަންނަ މީހުން އިތުރުވުމުން ޚާއްޞަކޮށް އަންހެނުންނަށް ނަމާދުކުރާނެ ޖާގަ ކުޑަވުމުން 2014 ވަނަ އަހަރުގެ ތެރޭގައި 2 ރޫމް ވެސް އަންހެނުން ނަމާދުކުރާ ތަނަކަށް ބަދަލް ކުރެވިގެން ދިޔަ. އޭގެ 3 އަހަރު ފަހުން އެތަނުން އުތުރަށް އިންރޫމުން ކާރޕެޓް ނަގައި އެރޫމްގައި އޭސީ ބަހައްޓައި އަންހެން ޖަމާޢަތްތެރިން ޑިއުޓީއަށް އައިސް ނިދާ ރޫމެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ހަމަޖެއްސި. އެގޮތުގެ މަތިން މައްޔިތަކު އޮތަސް އެތަނުން ނުނިކުމެ ނިދަން ތިބޭކަން އެއީ އެންމެން ދަންނަ ބޮޑު ޙަޤީގަތެއް. އަދި ނަމާދުކުރާ ބައި ކުޑަވުމުން އެކަމުގެ ދަތިކަމާއި ކުރިމަތިލާން ޖެހުނު. އަދި ސަހަރާގައި ކައްކާ ކައިބޮއި ހަދަންފެށި. މައްޔިތަކު ހިނަވާގޭގައި އޮތްކަމުގައި ވިޔަސް ގަރުދިޔަ ބޯ ކެއްކުމާއި ފަރުމަސް ހެދުންފަދަ ވަސްގަދަ ކާނާގެ ބާވަތްތަށް ތައްޔާރުކުރަން ފެށުމުން ތަނުގައި ވަސްގަދަވެ ޢާންމުންގެ ޝަކުވާތައް އަންނަންފެށި. ވާހަކަ ދައްކައިގެން އެ ކަން ޙައްލު ނުވުމުން ކެއްކުން މަނާކުރަން ޖެހުނު.

    27
    8
  8. ހުސޭނުބޭ

    ކޮބައިހޭ މިނިސްޓަރު ސިދާތާ! އަނގައެއް އެކަނި އޮންނަނީ!

    46
  9. ފައުޒު

    ފިންގަ ޖަހާލާފަ ނިދިޔަކަސް ވަރި ހަމައެއްނު އެމީހުނަށް ޖެހޭނީ މައްޔިތާ ހިނަވަންތާ މައްޔިތަކު ގެނައިމަ އެކަމާ ހަވާލުވީމަ މަހިތުން ރަގަޅު ވާނެ ނޫނީ ސަހަރާބަލަހައް ޓަންތިބޭ ބަޔެއްބާ ސަހަރާ ބަލަހައްޓާނަމަ ނިދައިގެން ނުވާނެ ކަމަށް ފެނޭ

    25
    3
  10. މޭރީޔާ

    ދެރަ ކަމެއް

    22
    2
  11. ފާތިމަތު

    ސައި ކޮޓަރި ފެނުނީމަ އެގިއްޖެ ސިންކެއްގެފުޅާމިން ހުރިތަނެއްގަ އިންތިޒާމު ހަމަޖެހިފައިވާވަރު. އަންހެން ޖަމާޢަތްތެރީންނަށް ބަދިގެ، ފިރިހެން ޖަމާޢަތްތެރީންނަށް އޭސީ ކޮޓަރި. ސުޕަވައިޒަރު ވަރަށަ ހެޔޮފުޅު.

    34
    2
  12. އިބުރޭ

    ލުތުފީއަކަށް ނޭނގޭނެ ޙަޤީޤަތެއް އޭނަގާތު މީހަކު ބުނާއެއްޗެއް އެނގޭނީ އެހެންވީމަ ތިކަމަކީ ހަމަ ޒާތީ ކަމެއްކަން ހާމަވެގެންދޭ! ހުރިހާ އަންހެން ޖަމާޢަތް ތެރިން ގެޔަށް ދިއުން ދެން އެންމެ ރަނގަޅީ! އަންހެން މައްޔިތަކު ގެނެސްފިނަމަ ސިޓީ ކައުންސިލާއި ޙަވާލުކޮށްލައްވާ!

    39
    1
    • ގުދޯގުދޯ

      ގެޔަށް ފޮނުވާލަންވީ ހަމަ

      2
      19
    • ގުދޯ ގުދޯ

      ލުޠުފީ އާއި ޒާތީ ވެގެން އުޅެނީ އެތާ އުޅޭ ގިނަ އަންހެނުން

      3
      21
  13. ގުދޯ ގުދޯ

    ޢާސަހަރާ އެއީ އަންހެން ޖަމާޢަތްތެރިންގެ ގެދޮރުހެން ހީވަނީ. 8 ގަޑި ޑިއުޓީ. ޢަންހެން ޖަމާޢަތްތެރިން ނިންދަވާފަ ފިރިހެން ޖަމާޢަތްތެރިން ޑިއުޓީކުރަންވީ. މުސާރައާއި އެލަވަންސް ހަމަހަމަ. ކިހާ އިންސާފުވެރި. ރަނގަޅު.

    6
    21
  14. ޙައްޖަ

    ގުދޯ ގުދޯ ހަމަ އެގޮވަނީ. ގުދޯ ކިޔައިގެން ވާހަކަ އެދައްކަނީ ހުރިހާ ނުަބައެއް ހަދާމީހާ. ފިރިހެނުން ގޮޑިތަކުގަޔާއި އެމީހުންނަށަ ހަދާދީފައިވާ އޭސީ ރޫމްގަ ނިދާފަ. ޢެތަނުން އެކަމަޑޭޝަން ދީފަ ތިބޭ މީހުން މައްޗަށް އަރާ ނިދަނީ.

    15
    2
  15. ޙައްޖަ

    ގުދޯ ގުދޯ. ސަހަރާއަށް ގެންނަ އަންހެން މައްޔިޔުން ހިނަވާ ކަންތައް ކުރަނީ އެހެންވީމާ ފިރިހެން ޖަމާޢަތްތެރީން ތާ ދޯ!

    18
    1
  16. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ލުތުފީ ކަލޯ އަމިއްލަޔަށް ވިސްނާލަބަލަ.. މީހަކު ހިނަވަން ނެތިއްޔާ އަންހެން ޖަމާއަތްތެރިން ކުރަން ޖެހޭކަމެއް..؟ ޖަމާއަތްތެރިނަވީމަ މީހަކުނެތަސް ހަމަ ހިނަވަންވީ؟ ފިންގާ ޖަހާފަ ހަމަ ހިނަވަންވީ؟ އެމީހުންނަކީ 24 ގަޑިއިރު ޑިޔުޓީގަ ތިބޭބަޔަކަށްވީމަ ރެސްޓްކުރެވޭނެ ގޮތެއް އޮންނަންޖެހޭނެ.. މިކަން ކޮށްފަ މިއޮތީ ޖެއްސުމަށްކަން ލުތުފީގެ ތި ވާހަކައިން ވަރަށް ރަނގަޅަށް އެބަ ސާފުވެ ޔަގީންވޭ..

    30
  17. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    24 ގަޑިއިރު ޑިޔުޓީކުރާ ތަނެއްގަ، މައްޔިތަކު ނެތިއްޔާ ރޭގަނޑު 12 އިން ހެދުނު 8 ހޭލާ ހުރެގެން ކުރާނެ ކަމެއް ނިކަންބުނެބަލަ؟ އަބަދަކު ހިނަވާކަށް ނުޖެހޭނެކަން މަށަށް ހަމަ ޔަގީން. ދެން ކީއްކުރަން އެތާ ހޭލާ ތިބެނީ. އެމީހުންނަކީ ވޮޗަރުންނެއް ނޫން. ތިކަމަށްވެސް އިންޑިޔާއިން މީހުންގެނޭ. މޯދީގެ މޯދީގެމީހިން ތިކަމަށް ރަނގަޅުވާނެ.

    30
  18. ފަސީ

    ކިތައްމެ ދޮގުހެދިޔަސް ކަށުަނަމާދު ކުރަން އަންހެނުއްނައް ޖާގަ އެތާވ.ކުޑަ 1މެފަހުން ކަސުނަމާދައް ދިޔަދުވަހުވެސް ތިބެންޖެހުނީ ހިނަވާ އައްޓާ ހިސާބުގަފިތިބާރުވެގެން ިތުރު ޖާގަ އެތަނުގަ ބޭނުންވޭ ހުރިހާކަމެއް ސިޔާސީ ނުކުރޭ

    2
    12
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      ނަމާދު ކުރާޖާގަ ބޮޑުކުރުމަކީ މައްސަލައެއްނޫން.. ތި ވިސްނަނީ އަނެއް ފިކުރުން.. މައްސަލަޔަކީ އެހެން ގޮތެއް އެމީހުނަށް ހޯދާނުދީ ތިކަން ކުރީމަ.. ފިރެހެނުންނަށް އެއަރކޯން ކޮޓަރި އެތާހުރިއިރު.. އަންހެނުންނަށް އެހާލު ޖެއްސީމަ.. ހުރިހާކަމެއް ސިޔާސީ ނުކުރޭ.. މީގަ ސިޔާސީއަށްވުރެ ލުތުފީ ވެފަ މިއޮތީ..

      18
  19. ފިރާ

    އަހަރެންނަކީ ޓްރޭނިންގ އެތަނަނަށްދިޔަމީހެއް ޑިއުޓީގައިތިބެނީ މައްޔިތަކު ގެނެސްފި ނަމަ މައްޔިތާގެ ކަންތައް ކުރަން.އަދި މިހާތަނަކަށަ އަންހެން މައްޔިތަކު ފިރިހެނުން ހިނަވާކައް ނުޖެހޭ. މައްޔިތަކު ނެތިއްޔާ ދެންވެސް ކުރާނެ ކަމެއް ދައްކާފަ އޮންނަ ނަމަތާ އެކަން ކުރަން ތިބޭނީ.ޢެމީހުންގެ ޥަޒީފާ އަކީ ޖަމާއަތް ތެރިކަމުގެ ވަޒީފާ. ވަޒީފާއަކީ ސަހަރާ އަށް އަންނަ މީހުންނާ ވާހަކަ ދައްކަން ބޭރުގަ ތިބުމެއް ނޫން. ފިރިހެނުންވެސް އަންހެނުންވެސް ކުރަނީ އެއްކަމެއް.ތަފާތަކީ އަންހެނުން ފިރިހެނުން އުަޅޭގޮތަށް ބޭރުގަ ނުތިބެ އެރޫމުގަ ތިބޭތީ. ތިބެނީ ނިދަފައެއް ނޫން. ކިޔަވާ ކަންތައް ކޮށްލަން. ފަސޭހަ ވަކިން އެގޮތަށް ތަނެއް ހުރީމަ. ފިރިހެނުންނާ މިކުސް ކޮށް ނޫޅޭތީ ކަންބޮޑުވަނީ. މިހާރު ދަންވރަސް ބޭރުގަ. ޢެއްވެސް ރައްކާތެރިކަން ނެއް. .

    24
    1
  20. ޢިބުރާ

    ލުތުފީ ގެ ވާހަކައިންވެސް އިގިއްެޖެ އަންހެނުންނާ ޒާތީ ގޮތުން ކޮށްފަ ހުރި ކަމެއްކަން.. އެއްވެސް ރަހުމެއް ނެއް ބަޔެއްކަން އިގެނީ. ޢަންހެނުންނަށް ވީތީ ތަފާތެއް ނުކުރެވޭނެ. ޖެއްސުން ކުރުން ހުއްޓާލާ.

    22
  21. ސިހުމާލް

    ތިޔަ މުޅި ހުނަވާ ހިސާބުގަނޑާއި އެތާ ހުންނަ މިސްކިތާއި ފާޚާނާ ސަރަހައްދު ބިމާހަމަކޮއްފަ އަލުން ފެންވަރު ރަނގަޅުކޮއް، ތާހިރު އޯގަނިޒްޑު މަރުކަޒެއްހެން ބިނާ ކުރަން އެބަޖެހޭ. އެތަނައް ވަދެގެންދާއިރު އެހުންނަ މުޑުދާރު ސިފައެކޯ.. 2019 ވަނަ އަހަރު ހިނގަމުންދާއިރު އެތަން ހުންނަންޖެހޭނީ ހޮސްޕިޓަލެއް ހާ ފެންވަރު ރަނގަޅުކޮއް..އަދި ޖަމާއަތް ތެރީންވެސަ ޔުނިފޯމު ލައްވާފަ ރިސެޕްޝަނަ ކައުންޓަރު ބަހައްޓާފަ.. މިހާރު އެތަން ފެނުނީމަ ނުލާހިކު މުޑުދާރު ސިފައެއް ފެންނަނީ. އަދި އެތާގެ ގޯތިތެރޭގަވެސް ރީތި ގަސް އިންދާފަ ތާހިރުކޮއް ފެންބޯން ލިބޭގޮތް ހަދާ ފައިވާން ބަހައްޓާނެ ޖާގަ އުފައްދާ.. މައްޔިތާގެ ޖަނާޒާއައް އަންނަމީހުންނައް ރަނގަޅު ހޯލެއް އޮންނަންވާނެ. މިހާރު ހިނަވާތަކައް މައްޔިތާ މޫނު ބަލަް ވަންނަންވެސް މިޖެހޭނީ..އަދި އެތަން ހުންނަނީ އެއާ ޓައިޓްކޮއްވެސް ނޫން..

  22. ޔަޒީން

    ރާއްޖޭގެ ހާލަތު.. ކީއްކުރާނީދޯ.. ޖަނާޒަާއައް އަންނަމީހުންވެސް ޖެހެނީ އެކަކު އަނެކަކު ކޮނޑުމައްޗައް އަރިގެން ތިބެން.. އިނށީދެލާނެ ގޮތެއްވެސް ނެތީމަ މިޖެހެނީ ފާރުބުރިތަކުގެ މަތީގަޔާއި މިސްކިތު ދާލަ މަތީ ތިބެން..

  23. މާޝާ

    އެއްފަރާތުން ދައްކާ ވާހަކައަކަށް ތާއިދުކޮށް ގޮތް ނުނިންމޭނެ. ތިކަބަލުން ތިޔަދައްކަވާ ވާހަކަ އަކީ ގޯސްވާހަކަ އެކޭ ނުބުނަން. އެކަމަކު ސަރުކާރުގެ އޮފީސްތަކާއި ، ނަމާދު ކުރެވޭ ތަންތަނާއި އަދި ސަހަރާ އަކީ ތަފާތު ތަންތަން ހުރިހާ ހައިސިއްޔަތަކުންބެލިޔަސް.ސިޓީ ކައުންސިލުން ތިފަދަ ނިންމުމެއް ނިންމީ ތިކަމުގައި ކޮންމެވެސް ނޭދެވޭ އަމަލެއް އޮތީކަމަށްވެދާނެ. ވިސްނަންވީ ތިމާ މެންގެ އަމިއްލަ ފައިދާއަށް ނޫން. އަމިއްލަ މަސްލަހަތަށްވުރެ މުޖުތަމއުގެ މަސްލަޙަތު އިސްކުރުން މުހިންމު.

    2
    7