ރ.ހުޅުދުއްފާރަށް ނިޞްބަތްވާ، ޢުމުރުން 7 އަހަރުގެ އިބްރާހިމް ނާޒިލް މުޙައްމަދަށް މިއަދު ދިމާވެފައިވާ ހިތްދަތިކަމުން އަރައިގަތުމަށްޓަކައި، މުޅި އެ އާއިލާ ވަނީ އެހީތެރިކަމަށް ބޭނުންވެފައެވެ. ނާޒިލްގެ މަންމަ، ނާސިރާ އިބްރާޙިމްގެ ދެވަނަ ކައިވެންޏަށް ލިބިފައިވާ ދަރިފުޅުގެ ބަލި ހާލަތު ހުރި ގޮތުގެ ވާހަކަ އޭނާ ވަނީ "ވަގުތު" އާއި ޙިއްޞާ ކޮށްފައެވެ.

"ނާޒިލްގެ ޢުމުރުން 5 އަހަރުގައި މި މައްސަލަ ކުރިމަތިވީ. ނިދާ ހޭލާ އިރު ލޮލުގެ ބޮނޑިމަތި ހުންނަނީ ދުޅަވެފަ. ދެން އަޅުގަނޑުމެން ފުރަތަމަ ހީކުރީ އެއީ ނިދިން ހޭލެވޭއިރު ވީމަ ހުންނަ ގޮތެއް ކަމަށް. ދެން ދުޅަ ތިރި ނުވުމުން އެންމެ ފުރަތަމަ ދެއްކީ އުނގޫފާރު ހޮސްޕިޓަލަށް. ދެއްކީމަ ބުނީ އެއީ ޓޮންސިލްގެ މައްސަލައެއް ކަމަށް. އަދި ޓޮންސިލްގަ ހުންނަ ދުޅަ ކިޑްނީއަށްވެސް ފައިބާފަ ހުރި ކަމަށް ބުނީ. އެންމެ ފުރަތަމަ ލޮލުގެ ބޮނޑިމަތި ދުޅަވި ނަމަވެސް ފަހުން ފަހުން އައިސް ބަނޑުވެސް، ކުރިމަތި ފަރާތްވެސް، ފައިވެސް ދުޅަވާން ފެށީ." ނާޒިލްގެ މަންމަ، ނާސިރާ ކިޔައިދިނެވެ.

އުނގޫފާރު ހޮސްޕިޓަލަށް ދައްކާ ކޮންމެ ފަހަރަކުވެސް އެދެވޭ ގޮތެއްގައި ފަރުވާ ލިބެމުން އައި ކަމަށާއި، އެގޮތުން ދުޅަވާ ކޮންމެ ފަހަރަކުވެސް ދުޅަ ތިރިވެ އެއްކޮށް ނޯމަލް ވަންދެން ފަރުވާ ކޮށްދޭކަމަށް ނާސިރާ ބުންޏެވެ. ނަމަވެސް މާލެގޮސް ކިޑްނީގެ މީހަކަށް ދެއްކުމަށް ޑޮކްޓަރުން ލަދާ ދިނުމުން މާލެ އައީކަމަށްވެސް އޭނާ ބުންޏެވެ.

"ދޭތެރެ ތޭރެއިން ދުޅަ ވަނީ. ހަމަ ނޯމަލް ކޮށްވެސް ހުރޭ ބައެއް ފަހަރު. އެކަމަކު އެންމެ ފަހުން އުނގޫފާރަށް ދެއްކީމަ ބުނީ ވީ އެންމެ އަވަހަކަށް މާލެ ދިއުމަށް. ކިޑްނީގެ ޑޮކްޓަރަކަށް ދައްކަން. ދެން އެމަޖެންސީކޮށް މާލެ އައީ. މާލެ އައިސް ދެއްކީމަ ބުނީ ބޭރަށްދާން. ބަނޑު ދުޅަވެފައި އެ ހުންނަނީ ބަނޑުގައި ފެން ހެދޭތީ ކަމަށް ޑޮކްޓަރުން ބުނީ. ކުރިން ހަފްތާއެއްގެ ތެރޭގަ ރަނގަޅުވާނެ. ނަމަވެސް މިފަހަރު މިހެން ވީފަހުން މިހާރު ދެމަސް މި ވަނީ ދުޅަ ތިރިނުވެ ހުންނަތާ. މުޅި ކުއްޖާގެ މޫނު ފިޔަވާ ހުރިހާ ތަނެއް ދުޅަވެފައި." ނާސިރާ ބުންޏެވެ.

އައިޖީއެމްއެޗަށް އައިސް ފަރުވާ ކުރަން ފެށިފަހުން ކުއްޖާގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، އުނގޫފާރުން ލިބުނު ޚިދުމަތާއި ގާތަށްވެސް ޚިދުމަތް ނުލިބޭ ކަމަށް ނާސިރާ ވަނީ ބުނެފަައެވެ. އަދި އެހީތެރިކަން ލިބުނުހާ އަވަހަކަށް ރާއްޖޭން ބޭރަށް ދިއުމަށް މަސައްކަތް ކުރާކަމަށްވެސް އޭނާ ބުންޏެވެ.

"އުނގޫފާރާއި އަޅާބަލާއިރު، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ފަރާތުން އެހާ ފަރުވާތެރިކަމެއް ނުފެނޭ. ވަރަށް އަޅާލުން ކުޑަކޮށް ފެންނަނީ. ބަނޑުގަ ހުރި ފެން ހިންދުމަށްވެސް މާ ބޮޑު މަސައްކަތްތަކެއް ނުކުރޭ، ކުއްޖާގެ ފައިވަޅުވެސް ވަރަށް ބޮޑަށް ހަލާކުވެފަ ވަނީ. ދެން ހޮސްޕިޓަލުން އަޅުގަނޑު ކައިރި ބުނީ އެތަނުގަ ބޭހެއް ހާކަން. އަޅުގަނޑު އެދުނިން އަޅުގަނޑަށް ވުރެ ބޮޑަށް ތިބޭފުޅުންނޭ ރަނގަޅު ވާނީ މިކަންކަން ކުރަން. އެމީހުން މާ ބޮޑަށް ފަރުވާ ކުޑަކޮށްލައިގެން ކުރިއަށް ގެންދަނީ." ނާސިރާ ބުންޏެވެ.

ނާސިރާގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދެ ކުދިން ދިރިއުޅެނީ އެކުދިންގެ ބައްޕަގެ ކައިރީގައެވެ. އެކުދިންނަކީ އަދި ކިޔަވާ ކުދިންކަމުން ނާސިރާގެ އެއްވެސް ދަރިއެއްގެ ފަރާތުންވެސް މާލީ އެހީއެއް ލިބޭނެ މަގެއް ނެތެވެ. އާސަންދައިގެ ފަރާތުން ބޭސްފަރުވާ އާއި ދެ މީހުންގެ ޓިކެޓު ހަމަޖެހުނު ކަމުގައި ވިޔަސް، އިންޑީޔާގައި ތިބުމާއި ކެއުމުގެ ޚަރަދުތަކަށް ފައިސާ ބޭނުންވެއެވެ. ނާޒިލްގެ ފަރުވާ އަށް އޭނަ ގޮވައިގެން ފުރެން އަންނަނީ އެ ވަރަށް އެހީ ލިބިގެންނެވެ. އެހެން ކަމުން ނާސިރާ އެދެނީ ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީތެރި ކަމަކަށެވެ.

"އަޅުގަނޑުގެ ކުދިން އަޅުގަނޑަށް ރަނގަޅު. އެކަމަކު އަދި އެއްވެސް ދަރިއެއް ނެތް އާމްދަނީ ލިބޭނެ. ދެން ނާޒިލް ގެ ބައްޕަ އަށްވެސް އަޅުގަނޑު ގުޅިން މިކަމުގައި. ނާޒިލްއަށް ބަލިވެ އިންފަހުން އޭނާގެ އެއްވެސް އެހީއެއް އަޅުގަނޑަކަށް ނުލިބޭ. އެކަމަކު މިފަދަ ބޮޑު ކަމެއް ދިމާވީމަ އަޅުގަނޑު ގުޅީ. ގުޅީމަ ބުނީ ތިކަމުގައި ބުނާނެ އެއްޗެއް ނެތް ކަމަށް. އެހެން އެ ކަންކަން އޮތީމަ އާއްމުންގެ ފަރާތުން އެހީއަށް އެދެން ޖެހުނީ." ނާސިރާ ބުންޏެވެ.

ނާޒިލް އަށް އެހީތެރިކަން ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިވާ އެކަންއުންޓު ނަމްބަރަށް ފައިސާ ޖަމާކޮށްދިނުމަށް އޭނާގެ މަންމަ އެދެއެވެ.

އެކައުންޓު ނަން؛ އިޝާޤު އިބްރާޙިމް (ނާސިރާގެ ކޮއްކޮ)

އެކައުންޓު ނަމްބަރ: 7730000153142

ގުޅޭނެ ނަމްބަރ: 9890735 ނާސިރާ (ނާޒިލްގެ މަންމަ)

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިކަމެތި ރައްޔިތުމީހާ

    ރާއްޖެތެރޭ ރައްރަށުގެ ޑަކްޓަރައް ދެއްކިޔަސް މާ ރަނގަޅުވާނޭ ތި އައިޖީއެމްއެޗަށް ދެއްކުމަށްވުރެށް. އައިޖީއެމްއެޗްގަ ތިބެނީ ހުސް ކަންނެތް ނަރުހުން، ޑަކްޓަރުން އަދި މުއައްޒަފުން. އެއްވެސް ކައުންޓަރެއްގަ ނުތިބޭނޭ ހަމަޔަށް މީހުން. މިކަންކަން ވެއްޖެނު އެމީހުންގެ މުސާރައިން ކަނޑައިންވެސް ހައްލުކުރަން

    26
    1
  2. Anonymous

    ވަރަށް ދެރަވެއްޖެ. ވަރަށް އަވަސް ޝިފާއަކަށް އެދެން. އިންޝާ ﷲ ވަރަށް އަވަހަށް ފަރުވާ ކުރެވޭ ގޮތް ވާނެ.

    33
    1