އިޓަލީއަށް އުފަން، ޢުމުރުން 77 އަހަރުގެ ޖޯޖިއޯ ރޯސީ ރާއްޖެ އައީ 1983 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭރު އޭނާ އަކީ މަޝްހޫރު ޑައިވަރެކެވެ. ރޯސީ ރާއްޖެ އައިސްފައިވަނީ އޭނާ ގެންގުޅު ކުޑަ ސަރާފީއެއްގައި ކަމަށް އޭނާ ބުނެއެވެ. ރާއްޖެއަށް ކުރި މި ދަތުރުގައި ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ފެނި، 1987 ވަނަ އަހަރު އޭނާގެ އެކުވެރިއެއްގެ ފަރާތުން ލިބުނު ފުރުޞަތެއްގެ ބޭނުންކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރަށް، ސަފާރީ ތަޢާރަފްކޮށް، ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއި، ހިތްގައިމުކަން މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމަށް އޭނާ ބޭނުންވިއެވެ. ރާއްޖެއަށް އެންމެ ފުރަތަމަ، ސަފާރީ ތަޢާރަފް ކުރި މީހަކީވެސް އެއީއެވެ. މިއަދާއި ހަމައަށް އައިއިރު، ވޭތުވެދިޔަ 31 އަހަރުގެ ތެރޭގައި ޖުމްލަ 130 ފަހަރު އޭނާ ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. ނަމަވެސް މިއަދު އޭނާގެ އުފަން ޤައުމަށް ނުދެވި، ރާއްޖޭގައި ތާށިވެފައި ހުންނަތާ 90 ދުވަހަށް ވުރެ ގިނަ ވީއެވެ. ސީދާގޮތުން އޭނާއާއި ގުޅުން ނެތް މައްސަލައެއްގައި އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. މި ކަން ހިނގާ ގޮސްފައިވާގޮތް ރޯސީ ވަނީ "ވަގުތު" އާއި ޙިއްސާ ކޮށްފައެވެ.

"ރާއްޖޭގެ ރީތިކަން ބޭރު ދުނިޔެއަށް ޕްރޮމޯޓު ކޮށް، ސަފާރީ ތަކުގައި މުޅި ރާއްޖެ، ފަތުރުވެރިންނަށް ދައްކާލުމަށް އަހަންނަށް ލިބުނު ފުރުޞަތަކީ 1987 ވަނަ އަހަރު ލިބުނު ފުރުޞަތެއް. އޭރުވެސް އަހަރެންގެ ވިޔަފާރި އޮވޭ އިޓަލީގަ. ރާއްޖޭގެ ސަފާރީ ފަތުރުވެރިކަ ން، އިޓަލީއަށް، ސިންގަޕޫރަށް، ރަޝިޔާއަށް، އަދި އެމެރިކާ އަށްވެސް ތަޢާރަފް ކުރި މީހަކީ އަހަރެން. މިގޮތަށް ވިޔަފާރި ކުރަމުން އައިސް، 2004 ވަނަ އަހަރު ރާއްޖޭގެ މީހަކާއި އެއްކޮށް އަހަރެން އޮންނާނޭ ޕާރޓްނާރޝިޕް އެއްބަސްވުމެއް ހަދާފަ. އެއީ ސަފާރީތަކަށް ފަތުރުވެރިން ގެނެސް، މި ވިޔަފާރި ކުރުމާއި ގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމެއް. ނަމަވެސް 2007 ވަނަ އަހަރު އެ ސަފާރީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މުޅި ބޯޓު އަނދައިގެން ދިޔައީ." ރޯސީ ކިޔައިދިނެވެ.

ރޯސީ 1992 ވަނަ އަހަރު ރާއްޖަށް ކުރި ދަތުރުގެ ތެރެއިން - ފޮޓޯ ލޫސީ

ރޯސީގެ ވިޔަފާރި ފުޅާވެ، އިޓަލީގައި މަސައްކަތް ކުރާ އޭނާގެ ބައެއް ރައްޓެހިންނާއި އެކުވެސް އޭނާ ދިޔައީ މި ވިޔަފާރި ކުރަމުންނެވެ. އެގޮތުން ގްރާންޑާޒާ ނަމަކަށް ކިޔާ ސަފާރީ ބޯޓެއް، ތުރުކީގައި ބަނުމުގެ މަސައްކަތް އޭރު ދިޔައީ ކުރަމުންނެވެ.

"ގްރާންޑާޒާ ސަރާފީ އަކީ އިޓަލީގެ އެހެން ރައްޓެއްސަކާއި އެކު ފެށި މަސައްކަތެއް. އޭނާގެ ނަމަކަށް ކިޔަނީ ޕިލީ. އެއީ އިޓަލީގެ ބޮޑު ވިޔަފާރިވެރިއެއް. އެ ބޯޓު އެއްކޮށް ނުނިމި އުޅެނިކޮށް އެ ބޯޓު އަހަރެން ވިއްކާލީ އޯޝަން އެޑްވެންޗަރ ނަމަކަށް ކިޔާ ރާއްޖޭގެ ކުންފުންޏަކަށް. ދެން ބޯޓުގެ ބާކީ ހުރި މަސައްކަތް ނިންމާ ލުމަށްޓަކައި ރާއްޖޭގެ ބޭކުން ލޯނެއްވެސް ނެގިން. ޕިލީ އަތުން ނެގި ފައިސާ އަކީ އޭނާ އަށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކާ ގޮތަށް ނެގި ފައިސާ. އެ ފައިސާވެސް ނަގާފަ ވާނީ އޯޝަން އެޑްވެންޗަރ ގެ ނަމުގަ. އެކުންފުންޏަކީ ދިވެހި އެތައް ހިއްސާދާރުންނެއް ހިމެނޭ ކުންފުންޏެއް. އެ ބޯޓު އެއްކޮށް ނިންމާ ރާއްޖެ ގެނައީ 2009 ވަނަ އަހަރު." ރޯސީ ކިޔައިދިނެވެ.

އޯޝަން އެޑްވެންޗަރ އަކީ އެތަކެއް ހިއްސާދާރުންނާއި އެކު ހިންގަމުން އަންނަ ރާއްޖޭގެ ކުންފުންޏެކެވެ. އަދި އެ ބޯޓަކީވެސް އެ ކުންފުނީގެ ހިއްސާ ފުރިހަމަ އަށް އޮންނަ ބޯޓެކެވެ. ޕިލީ އަތުން ނެގި ފައިސާ މިއަދާ ހަމައަށް އައިއިރުވެސް ދެއްކިފައި ނުވަނީ އެ ކުންފުންޏަށް ދިމާވި މާލީ ބޮޑެތި ގޮންޖެހުން ތަކެއްގެ ސަބަބުންކަމަށާއި މުޅި ދުނިޔެއަށްވެސް ދިމާވި ފައިނޭންޝަލް ކްރައިސިސްގެ ސަބަބުން ކަމަށް ރޯސީ ބުންޏެވެ. އަދި ޕިލީ މިހާރު އެ ފައިސާ ބޭނުން ނުވާ ކަމަށާއި، އޭނާ ބޭނުންވަނީ އެ ބޯޓުގެ އޯރނާޝިޕް ކަމަށްވެސް ރޯސީ ވަނީ ބުނެފައެވެ.

"ޕިލީ މިހާރު ބޭނުންވަނީ އެ ބޯޓަކީ އޭނާގެ ބޯޓެއް ގޮތުގައި ރަޖިސްްޓްރީ ކުރަން. އޭނާ އެ މަައްސަލަ ރާއްޖޭގެ ސިވިލް ކޯޓަށް ދެއްވީ. އޯޝަން އެޑްވެންޗަރ ކުންފުންޏާއި ދެކޮޅަށް އޭނަ އެ މައްސަލަ ވެއްދީ. އަހަރެންވެސް ކޯޓުގަ ބުނެފަ އޮންނާނެ، ނީލަމުގަ ބޯޓު ވިއްކާލާށޭ ، ވިއްކާލާފަ ލިބޭ ފައިސާ އިން ޕިލީ އަށް އެ ފައިސާ ދޭށޭ. ޕިލީ އަތުން ނެގި ފައިސާގެ އަދަދަށްވުރެ ބޯޓުގެ އަގު މާ ބޮޑުވާނެ. ދެން ސިވިލް ކޯޓުން ހަތަރު ފަހަރެއްގެ މަތިން ބޯޓު ވިއްކާލަށް ބިޑަށްވެސް ލި. ނަމަވެސް ވިއްކާލެވޭގޮތެއް ނުވި ކަމަށް ކޯޓުން ބުނީ. ދެން ކުއްލި އަކަށް އަހަރެންގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ސަބަބެއް ނޭނގެ. އަހަރެންނަކީ ފިލައިގެން އުޅޭ މީހެއް ނޫން. ދިވެހި ކުންފުންޏެއް އެބަ އޮތް. އެ ބޯޓުވެސް އެބަ އޮތް. ދެން އެ ހުރިހާ އެއްޗެއް އޮއްވަ، އަހަރެންގެ ޕާސްޕޯޓު ހިފަހައްޓަނީ ކޮން ހަމައަކުން ކަމެއް ނޭނގެ. ރަހުނު ހިމެނޭ މައްސަލަ އެއް ވީމަ، އޭތި ވިއްކާލައިގެން ފައިސާ ހޯދެން އެބަ އޮތް. އަނެއްކާ އެ ކުންފުނީގެ ފަރާތުން އެބަ ބުނޭ މި މައްސަލަ އަކީ އަހަންނާއި ގުޅޭ މައްސަލައެއް ނޫން ކަމަށްވެސް." ރޯސީ ބުންޏެވެ.

ރޯސީގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގުނީ އޭނާ އިޓަލީ އަށް ފުރަން އެއާރޕޯޓަށް ދިޔަ ފަހުންނެވެ. އަދި ރޯސީގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ވަކީލު، މިހާރު މަސައްކަތް ކުރަނީ ޕިލީ އާއި އެކު ކަމަށާއި، މި މައްސަލަ އަކީ ކޮރަޕްޝަން އިންތިހާއަށް އެކުލެވޭ މައްސަލަ އެއް ކަމަށްވެސް ރޯސީ ބުންޏެވެ. އަދި އެއްމައްސަލަ އެއްގައި އެއް ލޯޔަރަކު ދެ ފަރާތައް ވަކާލާތު ކުރުމަކީ ރާއްޖޭގެ ޝަރުޢީ ނިޒާމު ތަންދޭ ކަމެއްތޯ، މި ސުވާލު ވަރަށް ބޮޑަށް އުފެދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޯޝަން އެޑްވެންޗާރސް ކުންފުނީގެ ސަފާރީ - ފޮޓޯ ލޫސީ

"އަހަންނަށް އެނގޭ ރާއްޖޭގެ ޝަރުޢީ ނިޒާމު މިހާރު މަސައްކަތް ކުރާ ގޮތް. އަހަރެންގެ އުމުރުގެ މިހާ ހިސާބަށް އައިއިރު، އަހަންނަކީ ވަކި ޚާއްޞަ ބޭހެއްވެސް ކާންޖެހޭ މީހެއް. އެކަން އެބަ އެނގޭ މެޑިކަލް ރިޕޯޓު ތަކުން. ދެން އަހަރެން މިހުރީ އެ ފައިސާ ނުދޭކަށްވެސް ނޫން. އެކަމަކު ޕިލީ މިހާރު އެ ފައިސާ ބޭނުމެއް ނުވޭ. އޭނަ ބޭނުންވަނީ ބޯޓު. ކޯޓުންވެސް ބޮޑަށް މަސައްކަތް އެ ކުރަނީ އެ ގޮތަށް. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ޕާސްޕޯޓު ނުހިފެހެއްޓޭނެ. މިހާރު މި މައްސަލަ ވާނީ ރާއްޖޭގެ ސްޕްރީމް ކޯޓަށާއި، ޖޭއެސްސީ އަށްވެސް ހުށަހަޅާފަ. އަހަރެންނަށް އޮތް، އިޓަލީގެ ކޮންސިއުލޭޓު އަދި ޔޫރަޕުގެ ކަމާއި ބެހޭ ފަރާތްތަކަށް މި މައްސަލަ ހިއްސާ ކުރެވެން. ނަމަވެސް އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޤައުމުގެ އިޤްތިޞާދަށްވެސް ވާނީ ގެއްލުން. އެހެންވީމަ މި އެދެނީ މިކަމުގެ ހައްލެއް ރާއްޖެއިން ހޯދައިދުނުމަށް." ރޯސީ ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ރޯސީގެ ޤާނޫނީ ވަކީލު ވެސް ވަނީ "ވަގުތު" އަށް މަޢުލޫމާތު ޙިއްސާ ކޮށްފައެވެ.

"އަޅުގަނޑުމެން މި ދަންނަވާ ވާހަކަ އަކީ ރަހުނު ހިމެނޭ މައްސަލަ ތަކުގަ ޢަމަލު ކުރުމަށް އޮންނަ ގޮތަށް ޢަމަލު ކުރާށޭ. އެ ބޯޓު އެބަ އޮތް. ވިއްކާލައިގެން ފައިސާ ހޯދަންވީ ނޫންތޯ. އެ އަގުގެ ޑަބަލް އެ ބޯޓުގަ ހުންނާނެ. އެ ހުރިހާ މަގެއް އޮއްވަ، އެ ކުންފުނީގެ އެހެން ހިއްސާދާރުންވެސް ތިއްބަ، ހަމައެކަނި ރޯސީގެ ޕާސްޕޯޓު މި ހިފެހެއްޓީ. އޭނަ ރާއްޖެގަ ހުރެގެން ފައިސާ ލިބޭނެތޯ. އެހެންވީމަ އެބަ ޖެހޭ ތަންކޮޅެއް އިންސާފު ވެރިކަމާއި އެކު ކަންކަން ނިންމަން." ރޯސީގެ ވަކީލު ވިދާޅުވިއެވެ.

އަނބުރާ ޤައުމަށް ނުދެވި، ރާއްޖޭގައި ތާށިވެފައިވާތީ، ޞިއްހީ ގޮތުންވެސް އޭނާ އަށް ވަނީ އެތައް މައްސަލަ ތަކެއް ކުރިމަތިވެފައެވެ. އަދި މި ހުރިހާ ކަމެއް މިހާރު ވަނީ ކަމާއި ބެހޭ ހުރިހާ މުއައްސަޞާ ތަކަށްވެސް ހުށަހަޅާފައެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް އެއިން އެއްވެސް އިދާރާއަކުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. މިކަމާއި ގުޅިގެން އޭނާ ގެ އާއިލާވެސް ވަނީ ވަރަށް ކަންބޮޑު ވެފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އޭނާ ބުންޏެވެ. އޭނާގެ އެންމެ ބޮޑު އެދުމަކީ މިކަން ހިނގާފައިވާ ގޮތް ކަމާއި ބެހޭ ހުރިހާ ފަރާތްތަކުން ބައްލަވާ ދެއްވާ، އަވަސްވީ ގޮތަކަށް އޭނާ އަށް ޤައުމަށް ދެވޭނެ ގޮތް ހަމަޖެހިގެން ދިއުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. އިތާލިއާ

  މުސްލިމު ގައުމުތަކުގެ ތެރޭގައި އަނިޔާވެރިކަން ނޯންނަ ގައުމެއް ދައްކަބަލަ

  64
  19
  • މީހާ

   މުސްލިމު ގައުމުތަކުގެ ތެރޭން އިސްލާމީ ވެރިކަމެއް ނުވަތަ ޝަރީއަތެއް އޮތް ނަމަ ތިހެން ބުނެވިދާނެ،،،،އެކަމު އޮތީ ޑިމޮކްރަސީ އެއްޗަކަށް

   73
   8
 2. އަލް ނޫރު

  ނާ ނޯންނާނެ ޔާމީނެއް ނެތިއްޔަ

  50
  8
 3. ކކ

  އިންސާފެއް ނުލިބޭނެ މިގައުމަކުން،މުއައްސަސާ ތަކަކީ ނަމުގަ ހުންނަތަންތަން

  67
  4
 4. ރގރ

  ނުބައި ދިވެހި ލޯޔަރުން.

  62
  1
 5. ޖޯން

  ދިވެހިންނަކީ ނާމް އިސްލާމް ކާމް ހަރާމް ބައެއް.

  74
  1
 6. އަލިބިޔާއްކަލޯ

  ވަރަތް އިހުލާސްތެރި އޯގާތެރި ބޭބެ އަކާ ވައްތަރު
  ބޫ ވިސްނަންޖެހޭ ކަމެއްމީ

  59
  2
 7. ޙައްގު

  ދެކޮޅަށް ވަކާލާތު ކުރީ ކޮން ވަކީލެއް؟

  62
  4
 8. ރައްޔިތުމީހާ

  މައްސަލާގައި ހިމެނޭ ވަކީލަކު ދެފަރާތަށް ވަކާލާތު ކުރުމަކީ ސުލޫކީ މައްސަލަ އެއް. ފިޔަވަޅު އަޅންޖެހޭ ކަމެއް.

  77
 9. ޢިތާލިޔޢ

  ނުސީދާ ގޮތުން އިންޒާރު ދީފަބތިބއޮތީ މަށްށއ ފެންނަނީ އީޔޫ އަށް ހުށަހަޅަން

  34
  1
 10. މިގޭ

  މިއީ އޯގާތެރި ޒީރޯ ޓޮލެރަސް ބައި ނާޅާތީ ހިފެހެއްޓީ

  33
 11. ޢަލީ

  މީގެ ދެއަހަރެއް ކުރިން އަޑުއެއްސެވިންތޯ ފްރާންސް މީހެއްކަމަށްވާ ޖޯން ސޭފާޓްގެ ޕާސްޕޯރޓް އިމިގްރޭޝަނުން ހިފަހަައްޓައި އޭނާ ޑިޓެންޝަނަށް ލައި އަހްވާ ދެއްކިވާހަކަ. އެއީ ކިހިނެއްވީ ކަމެއްކަން. އެއީވެސް ރާއްޖޭގައި ވިޔަފާރި ކުރަން އުޅުނު މީހެއް. ދިވެއްސަކާއި ގުޅިގެން ހުޅުމާލޭގައި ގެސްޓްހައުސްއެއް އަޅައި ހުރިހާ ފައިސާއެއް ޚަރަދު ކުރީ އޭނާ. އެންމެފަހުން އެފައިސާކޮޅުވެސް ނުދީ ގެސްޓްހައުސް އަތުލައި އޭނާ ބޭރުކޮށްލަން އިމިގްރޭޝަންގައި އޭރު ތިބި ވެރިންނަށް ރިސްވަތު ދީގެން ދިވެހިމީހާ އެތައް މަސައްކަތެއްކުރި އޭނާ ބޭރުކޮށްލަން. ނަމަވެސް އެކަން ވާގޮތް ނުވީ ކޯޓަށް އެމައްސަލަ އޭނާ ވައްދާފައި އޮތުމުން. އެންމެފަހުން އޭނާގެ ފައިސާ ދޭން ކޯޓުން ހުކުމްވެސް ކުރި. މީވެސް ހަމަ އެފަދަ ގޭމެއް. މިފަހަރުވެސް މިވަނީ އިމިގްރޭޝަނުން އޭގެ ތެރެއަށް ބޭނިފައި. ހަމަ ފައިސާގެ ދަހިވެތިކަމުގައި ވެރިން ވަނީ އަނިޔާވެރިކަމުގައި ބައިވެރިވެފަ.

  46
  • ޙޖޮ

   ފްރާންސް މީހެއް ނޫން... އެމެރިކާ މީހެއް.

   ތިކަމުގެ އަޑީގައި ހުރީ މަޖިލިސް މެމްބަރެއް

 12. ާމ

  ގައުމެއްނެތް! ކޮރޮޕްޝަން ހައްދުފަހަނަ އަޅާފަ! ފާޅުގަ ފަނޑިޔާރުންތައް ރިޝްފަތު ނަގަނީ. ހުއްޓުވޭނެ ގޮތެއްނެތް..

  36
 13. ދަފުތަރު

  މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް ލޮޅުމެއްނާރާނެ. ހޮޅި ވާހަކަ ނުދައްކާ...

  9
  37
 14. ކާފަބޭ2019

  ތިޔައީ މިރާއްޖެއަކުއާކަމެއްނޫން 1973 ވަނައަހަރު ރާއްޖެއަށްފަތުރުވެރިކަންތައާރަފްކޮށްދިން ޖޯޖްކޯބިން ރާއްޖޭންބޭރުކުރީވެސް ހުރިހާމުދަލެއްވެސްއަތުލާފަ މާލޭގެކަމުވޮށިވެގެންވާބަޔަކު ހުރިހާއެއްޗެއްފޭރިގަތީ

  29
 15. ބޭބެ

  އަލީ .. އެއީ އެމެރިކާ މީހެއް

  13
 16. ސޫދު

  ތީ ވަރަށް ފޭކު މީހެއް މިޤައުމު ބަދުނާމުކުރަން ދިވެހިން ބޭނުން ކޮއްގެން ނާޖާއިޒް ފައިދާ ނަގާ އެވަރުން ނުވެގެން އިޓަލީ ވިލާތުގެ އެތައް ބަޔަކު އަތުން ފައިސާ ނަގާ ޖަރީމާ ހިންގާ މީހެއް އެހެން ވީމާ މިޤައުމުގަ ޖަރީމާ ހިންގަޏާ ސަރީޢަތް ކުރާނެ ހިފައްޓަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ . ދޮނަސް ، ކަޅަސް ވައްކަން ކުރާމީހުން ދުނިޔޭގަ އުޅޭ.

  7
  28
  • ޙައިލާ

   ރަނގަޅަށް ވިއްޔާ ކަލޭތީ އޭގެ މީހަކާ ވައްތަރީ ވާހަކަ ތަކުން،ކަލެޔައް ބައެއް ނޭޅީތަ އަނެއްކާ؟

 17. ދދދދދދ

  ދިވެހިރާއްޖޭގަ މިހާރު އޮތީ މިނިކާ ރާއްޖޭގެ އިންސާފު. އިޓަލީގެ ނޫސްތަކަށް ޚަބަރު ކުރޭ. ކޮން ބަލާއެއް.

  18
 18. ދެލޯ ޖަމިއްޔާ

  ލޯޔަރު ކޮޅު ބަދަލުކުރި މައްސަލަ ބަލަންޖެހޭ ކަމަށް ފެންނަނި އެހެން ހުރިހާ ކަމެއް ހުއްޓާލާފަ. ކިހާ ފާޅުކަން ބޮޑު ޙިޔާނާތެއް އެއީ. އެކަކުގެ ހުރިހާ ސިއްރަކާއި ފައިސާއެއް ހޯދައިގެން އަދި އަހުދުވެގެން އަނެކާ އާއި އެއްކޮޅަށް ގޮސް ވަކާލާތުކުރުން.

  13
 19. ސިތާރާ

  މައްސަލަ ތިއޮތީބުނެފަ އަމިއްލަޔަށް1 .. ދެމީހުން ވެގެން ތުރުކީގަ ބަންނަންފެށި ބޯޓެއް.. ތިމާމީހާގެ ފައިސާއެއްވެސްނޫން... ދެން ކީއްވެ ފައިސާގެ ވެރިމީހާއަށް ނޭގި ބޯޓް ވިއްކާލީ .. ކިހާބޮދު ޚިޔާނާތެއް.. ދޯކާދިނީނުން. ދެން ފިލައިގެން އެއްގަވްމުން އަނެއްގަވްމުން ތިއުޅެނީ.. ފައިސާގެ ވެރިމީހާ އަށް ވެސް އެބަޖެހެ އިންސާފު ލިބިދޭން.. ތީ ވަރަށް ފޭކު މީހެއް.

  2
  2