ފުރަ މާލޭގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް އެންމެ ގިނަ މީހުން ބޭނުން ކުރާ ހިދުމަތަކީ ޓެކްސީގެ ހިދުމަތެއެވެ. އަމުދުން ވިއްސާރަވެ ވާރޭ ވެހޭނަމަ ޓެކްސީތަކަށް އޮންނަނީ އޮބި ނޯވެފައެވެ. ޓެކްސީގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަ ކުރުމަށްޓަކައި ކަމާއި ގުޅޭ ފަރާތްތަކުން ވަނީ ގިނަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ޓެކްސީ ދުއްވައިގެން އާންމުދަނީ ހޯދުމަށް އެތަށް ދިވެހިންނެއް މަސައްކަތްކުރާއިރު އެ ހިދުމަތް ލިބިގަންނަ ދިވެހިންނާއި ރާއްޖެއަށް އައިސްއުޅޭ ފަތުރުވެރިންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގިނައެވެ. އަމިއްލަ ކާރެއް ނުވަތަ ސައިކަލަކީ އެންމެންގެ އަތުގައި ހުންނަ އެއްޗެއް ނޫނެވެ. މާލޭގައި ދިރިއުޅޭ ގިނަބަޔަކު ޓެކްސީގެ ހިދުމަތް ލިބިގަނެއެވެ.

މާލޭގައި ދުއްވަމުންދާ ޓެކްސީއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މާލޭގައި ދުއްވަމުންދާ ޓެކްސީއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޓެކްސީގެ ޙިދުމަތް ފަސޭހަ ކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށް ދެއްވުމަށްޓަކައި އެންމެ ފަހުން ތައާރަފް ކުރި އެއް ހިދުމަތަކީ ޓެކްސީގެ މަތީގައި އެޓެކްސީ ހުސްކޮށް ހުރިކަން ނުވަތަ މީހަކު ގޮވައިގެން ދަތުރެއް ކުރަނީކަން އަންގައިދިނުމަށްޓަކައި ފެއްސާއި ރަތުން ދިއްލޭ ޓެކްސީ ބޯޑެއް ހަރުކުރުމެއެވެ. އެހެން އެކަންކުރުމަށް ނިންމީ އެގޮތަށް ބޯޑު ނުޖަހާ ދުއްވާއިރު މީހެއް އޭގައި އިންކަން ނޭނގި މަގުމަތިންދާ ކޮންމެ ޓެކްސީއަކަށް އަތް ހިއްލައި ގޮވުން ހުއްޓުވާ އާއްމުންނަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ. އަދި ޓްރެފިކަށް ވެސް މިކަމުގެ ސަބަބުން ލުއިތަކެއް ލިބޭނެކަމަށް ބަލާފައެވެ.

ނަމަވެސް ހަގީގަތުގައި އެބޯޑްގެ ބޭނުން ޓެކްސީ ޑްރައިވަރުން ހިފާތޯ މިއީ ކުރެވޭ ސުވާލެކެވެ. ޓެކްސީ ދުއްވުމުގެ ގަވާއިދަށް ގެނެވުނު ބަދަލުގެ ދަށުން ފެހި ކުލަ އާއި ރަތް ކުލައިން ދިއްލޭ ޓެކްސީ ބޯޑް ޖަހައިގެން ޓެކްސީތައް ދުއްވާތާ މިހާރު ދެތިން އަހަރު ފާއިތުވެ ހިނގައްޖެއެވެ. ނަމަވެސް އާއްމުންނަށް ފަސޭހައަކަށް މިގެނެވުނު ބަދަލުގެ ސަބަބުން ފަސޭއަށްވުރެ އުނދަގޫވާކަމަށް ގިނަބަޔަކު މިހާރު ޤަބޫކުކުރެއެވެ.

މާލޭގައި ދުއްވަމުންދާ ޓެކްސީއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މާލޭގައި ދުއްވަމުންދާ ޓެކްސީއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ބޯޑެއް ނުޖަހާ ކުރިން ޓެކްސީތައް ދުއްވި އިރު ކޮންމެ ޓެކްސީ އަކަށް އަތް ނަގަމުން ހުސް ޓެކްސީއެއް ލިބެންދެން މަސައްކަތް ކޮށްގެން ޓެކްސީ ހޯދުމަކީ ވަރަށް އާންމުކަމެކެވެ. ނަމަވެސް މިހާރު ބަލަނީ ފެހި ކުލައިގެ ޓެކްސީ ބޯޑް ދިއްލައިގެން އަންނަ ޓެކްސީއެއް މަގުގެ ކޮޅުން އާދޭތޯއެވެ. އޭގެ ޓެކްސީއެއް އަންނަ ނަމަ އަތް ނަގަނީއެވެ. ނަމަވެސް ހިތާމައަކީ ގިނަ ފަހަރު އެ ފެހި ބޯޑު ދިއްލައިގެން އަންނަ ޓެކްސީގައި ވެސް މީހަކު އިންނަކަމެވެ. ފެހި ބޯޑު ޖަހާފައި ހުރި ޓެކްސީ އަންނާނެ އިރަށް އިންތިޒާރުގައި އެހެން ހުއްޓާ ރަތް ޓެކްސީ ޖެހި ބޯޑު ހުރި ޓެކްސީތަށް ހުހާ މަގު ހުރަސްކޮށްދާނެއެވެ.

ރަތް ޓެކްސީ ބޯޑް ދިއްލައިގެން އެދަނީ މީހަކު ގުޅައިގެން ތަނަކަށް މީހަކު ނަގަންށޭ ހިތައް އަރައި އަތް ނުނަގަން ހުއްޓަސް ހަގީގަތުގައި އެކަންވެސް ބައެއްފަރު ވަނީ އެހެނެއް ނޫނެވެ. ބޯޑްގެ ކުލަ ބަދަލުކުރަން ޑްރައިވަރުންނަށް ހަނދާން ނެތެނީ އެވެ. ނޫނީ މި ރާއްޖޭގައި އެއްވެސް ކަމެއްގެ ހަމައެއް ލަމައެއް ނޯންނަހެން އެކަންވެސް އެމީހުން ހިތުހުރިގޮތަކަށް ދޫކޮއްލަނީއެވެ. ރަތް ބޯޑު ޖަހައިގެން ދުއްވާ ޓެކްސީތައް އެތައްފަހަރަކު އަތް ނެގުމުން ކައިރިކޮށް މީހާ ނަގާފަހަރުވެސް އެބަ އާދެއެވެ. މިއީ އަހަރެން އަމިއްލައަށްވެސް ކޮށްފައިވާ ތަޖުރިބާއެކެވެ. އަދި ގިނަ އާންމުންގެ މެދުގައި ކުރާ ޝަކުވާއެކެވެ.

މިކަން އެތައްފަހަރަކު އަމިއްލައަށްވެސް ތަޖުރިބާ ކުރެވުމުން އެއްދުވަހަކު ޓެކްސީ އަކަށް އަރައި ރަތް ޓެކްސީ ބޯޑް ދިއްލާފައި ހުރެ އަހަރެން ޓެކްސީއަށް ތި އެރުވީ ކީއްވެތޯ ސުވާލުކުރީމެވެ. ޖަވާބުގައި އޭނާ ބުނީ "އެހެން ވާ ފަހަރު އަންނާނެ. ހަންދާން ނެތެނީ ބަދަލުކުރަން. އެހެން ނޫނަސް ކޮންމެ ކުލައެއްގެ ބޯޑެއް ޖަހައިފައި ހުއްޓަސް މީހުން އަރާނެ. ދިވެހިން ހުރީ މިހާރު މިގޮތަށް ހޭނިފައި" އެވެ. އެވާހަކަ އާއި ދެކޮޅު ހެދުމުގެ ގޮތުން އަހަރެން އެ ޓެކްސީ ޓްރައިވަރު ކައިރީ އެ އޮންނަ ގަވައިދާ އެއްގޮތަށް ޓެކްސީ ޑްރައިވަރުން ކަންތަށް ކުރާނަމަ އާއްމުންނަށް ކިހާ ފަސޭހަ ވާނޭހޭ ބުނުމުން ދެން އޭނާ އަނގައިން ނުބުންޏެވެ.

މާލޭގައި ދުއްވަމުންދާ ޓެކްސީއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މާލޭގައި ދުއްވަމުންދާ ޓެކްސީއެއް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ހަގީގަތުގައިވެސް އެގޮތަށް އަމަލުކުރުމަށް ގަވައިދު ހަދާފައި އެވަނީ އާންމުންގެ އިތުރަށް ހަމަ އެ ޓެކްސީތައް ދުއްވާ ޑްރައިވަރުންގެ ފަސޭހައަކަށެވެ. އާންމުންގެ ނުހަނު ޝަކުވާ ބޮޑުވެފައިވާ މިކަމުގައި ޓެކްސީ ޑްރައިވަރުން އެ އޮންނަ ގޮތަށް އަމަލު ކުރާނަމަ ދެފަރާތަށްވެސް ފަސޭހަވެ ހިދުމަތް ލިބިގަތުމަށް އަވަސްވެ ޓެކްސީތަކަށް އާންމުން ކުރާ އިތުބާރު ބޮޑުވާނެކަން އެއީ ޔަގީން ކަމެކެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޓެކްސީ ޤަވާއިދުގެ އެގާރަވަނަ މާއްދާ (ޓެކްސީގެ ސިފަތަކާއި ހުންނަންޖެހޭ ވަސީލަތްތައް)ގެ 11 ގެ ހާގެ 1 ގައިވާ ގޮތުން ޓެކްސީގެ މަތީގައި ކުރިމަތިން ފެންނާނެހެން ދިއްލޭގޮތަށް "TAXI" ޖަހާފައި ހުރުން، ދަތުރެއްގައި ނަމަ ރަތްކުލައިން ދަތުރެއްގައި ނޫންނަމަ ފެހިކުލައިން ދިއްލިފައި ހުރުން އެއީ ލާޒިމް ކަމެކެވެ.

ޤަވައިދު ހަދާ ފަރާތުގެ ވެސް ހަމައެކަނި ޒިންމާ އަކީ ޤަވައިދެއް ގެޒެޓް ކޮށްލުން ކަމުގައި ވެގެން ނުވާނެއެވެ. އެޤަވައިދަށް އަމަލު ކުރޭތޯ ބެލުމާއި ޤަވައިދަށް އަމަލު ނުކުރާނަމަ ފިޔަވަޅު އެޅުން އެއީ ވެސް ޤަވައިދު ހެދި ފަރާތެއްގެ ޒިންމާ އެކެވެ.

ފަސޭހަ ކުރުމަށްޓަކައި ކުރި ކަމަކުން އިތުރު ތުރާލަކާއި އުނދަގުލެއް އުފުލަން ޖެހޭނަމަ އެއީ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެއްމެން

    ކީއްކުރާނީ. ރާއްޖޭގައި ކަންކަމަށް ފަރުވާ ބެހެއްޓުމަކީ މާމުހިންމު ކަމަކަށް ނުވޭ.

  2. ހިޔާލު

    މާލޭގައި ޓެކްސީއެއްނޫން ބާއްވަންވީ ބަސްގޮތަށް ހުންނަ ދުއްވާ އެއްޗެހި ބާއްވަންވީ ސަބަބަކީ އެއްތަނަށް މަޑުކޮށްފަ މީހުންނަގާނެ އަނެއްތަނަށްމަޑުކޮށް މީހުންބާލާނެ އެއިރު ކާރަށް އެންމެފުރަތަމަ އެރިމީހާ އިންނާނެ ދާންއުޅޭތަނަށް ގަޑިޖެހިފަ އަދި އެވަރުން މަޑުކޮށްފަ އެކެއްތަ ދެމީހުންތަށް އަނެއްތަނަށް މަޑުކޮށްފަ މީހަކުއަރުވާނެ ގިނަލާރި އެއްފަހަރާ ހޯދުމަށް މިގޮތަށް މަސައްކަތް ކުރާ މީހުންވަރަށްގިނަ

  3. ދަތުރުވެރިޔާ

    ވަރަށް ރަނގަޅު ވާހަކައެއް. ޓެކްސީ ސެންޓަރަށް ގުޅައިގެންވެސް މާލޭގަ ޓެކްސީއެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް. އަމުދުން އެއަރޕޯރޓް ފެރީ ކައިރިކުރާ ސަރަޙައްދުން ގިނަފަހަރަށް އެއީ މުސްތަޙީލުކަމެއް. އެއަރޕޯރޓުން މާލެގޮސް އުޅެއުޅެ ޓެކްސީއެއް ނުލިބޭތީ އެންމެ ފޮއްޓެއް ހިފައިގެން ކުދިޕިކަޕުގަ ގެއަށް ދާން ޖެހޭތާ އެތަށް އަހަރެއް ވެއްޖެ..! ހިތަށް އަރާ ކޮން ދުވަހަކުން ބާއޭ މިކަމަށް ޙައްލެއް އަންނާނީ..!

  4. ފާތުން

    ވަރަަށް ރަނގަޅު ވާހަކައެއް. މިއީ މިހާރު ޤައުމުގެ ހާލަތު

  5. ތެދެއް

    ވަރަށް ބޮޑު ހަޤީޤަތެއް...މާލޭގައި ޓެކްސީއެއް ހޯދުމަކީ ވަރަށް ދަތި ކަމެއް...ދެން ޓެކްސީ ދަތުރެއް ކުރަމުން މަގުމަތިން އަދި އިތުރު ދަތުރުތައް ނެގުމަކީ ވެސް ދެރަ ކަމެއް.. ޤަވާއިދުތައް ހެދުމަށްފަހު އެކަން ހިނގާ ނުހިނގާ ގޮތް ބަލަމުންދާ ނަމަ ކަންކަން އިސްލާހުވާނެހެން ހީވަނީ...މިހާރު ދެން ނަމެއްގެ ޤަވާއިދެއް އޮތްކަން!

  6. ބޯހަލާކު

    ތިބުނީ ހެޔޮކޮށް.. އެއީ ބޮޑު ދުއްޕާނަކަށްވެއްޖެ.... ރުޅިއައިސްގެން ދަތްކޮޅުވެރޭވަރުވޭ...

  7. ވިސްނާ

    އަމިއްލަ އެދުމުން ފޯ ނުވޭ! މަގުތަކަށް އެކަށީގެން ނުވާ ވަރަށް ވެހިކަލްތަ ގިނަ ވެފަ ސައިކަލު ދުއްވާ މީހުން ގަވައިދާ ހިލާފަ ކުރި އަރާމަގުތަ ބުލޮކު ކުރަމުން ދާތި ޓެކުސީ ލިބުން ދަތިވަނި، އަދި ދަތުރު މަތި ދަތުރު ނަގަން ޖެހެނީ ވެސް، ދިވެހިންގެ ކަށީގަ އެމީހަކަ ވީމަ ނިމުނީ ކަމުގެ ނުބައި ސިފަ އަށަގަނެފަ ވާތި ވެސް ބޮޑު މައްސަލަ އެއް

  8. ނަން

    ހަމަ ޗުއްޓީ އެއް ވާއިރަށް ވާކަމެއްތީ، މާލޭ މަގުތަކައް ނުކަތާ ވަރަށް މީހުން މާލެ އައީމަ ތިހެން ވަނީ... އެހެން އިރުއިރު ހަމަ ނުލާހިކު ފަސޭހައިން ޓެކްސީ ލިބޭ.