ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގަންނަވަން ވެގެން ވެސް ދެއްކެވި ވާހަކަފުޅަކީ ފުލުހުންނަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލިފައިވާ ވާހަކައެވެ. އެއީ އެމްޑީޕީ އިން އަލަށް ދެއްވި ވާހަަކައެއް ނޫނެވެ. ފާއިތުވި 14 އަހަރު އެމްޑީޕީ އިން ދެއްކީ އެވާހަކައެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މުހައްމަދު ހަމީދު ގެންނެވީ ފުލުހުންނަށް ރައްޔިތުންގެ އިތުބާރު އަލުން ހޯއްދަވައި ދެއްވާށެވެ. ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ހަމީދު ލީކް ކޮށްފައި ވާތީ ފުލުހުންގެ އިތުބާރު ހަމީދަށް ނެތް ނަމަވެސް ރައްޔިތުންނަށްޓައި ޕޮލިސް ކޮމިޝަނަރުކަން މިދެއްވީ ހަމީދަށެވެ.

ހަމީދު މަގާމާއި ހަވާލުވެ ވަޑައިގެން ފުލުހުންގެ ތަރުޖަމާން ކަމުގެ މަގާމަށް އިސްކުރެއްވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އޭނާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެފައި ވަނީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމުން ކަމަށެވެ. ހަމީދު ވެސް މަގާމާއި ހަވާލުވުމަށް ފަހު އެތައް ފަހަރަކު ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

ކޮންމެއަކަސް ދެން އޮތީ ފުލުހުންގެ ގެއްލިފައިވާ އިތުބާރު އަލުން ހޯދުމެވެ. ފޭރުން އިންތިހާއަށް އިތުވެއްޖެއެވެ. ތިޖޫރިތައް ވަގަށް ނެގުން އިންތިހާއަށް ގިނަ ވެއްޖެއެވެ. އެންމެ ފަހުން ރައްޔިތުން ނިކުމެ އަމިއްލަ އަށް ޤާނޫނު ތަންފީޒުކޮށް، އެތައް ބަޔަކަށް އަމިއްލައަށް އަދަބު ވެސް ދީފިއެވެ. ފުލުހުންނަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. ފޭރުނު ފައިސާ އާއި ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން އެތައް މިލިއަނެއް ހޯދައި ނުފެނިފައި ވެއްޖެއެވެ. އަމިއްލައަށް ޤާނޫނު ތަންފީޒު ކުރި އެންމެ މީހަކަށް ވެސް ޤާނޫނީ އިމުގެ ތެރެއިން އަދަބެއް ނުދެވުނެވެ.

އެންމެ ފަހުން މިފަޅައިއެރީ ދިވެހި ސަރުކާރާއި، ފުލުހުންގެ ހިމާޔަތާއި ރައްކާތެރިކަން ދީގެން، ދިވެހިންގެ މިޖީލުދުއް އެންމެ ބޮޑު އަނިޔާވެރިޔާ، އެންމެ ބޮޑު ބާޣީ ރައީސުލްޖުމްހޫރިއްޔާ އާއި އެއް ފެންވަރެއްގައި ގެންގުޅެމުން އަންނަތާ 54 ދުވަސް ވެއްޖެ ކަމެވެ. އެންމެ ބޮޑު ބާޣީ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް ދިވެހި ސަރުކާރުން ހިމާޔަތާއި ރައްކާތެރިކަން ދެމުން އަންނަތާ މިއަދަށް 56 ދުވަސް ފުރިހަމަ ވާނެއެވެ.

1988 ނޮވެމްބަރ 03 ވަނަ ދުވަހަކީ ހަނދާން ނެތިގެންދާނެ ދުވަހެއް ނޫނެވެ. އެއީ ސިރީ ސަވާއްދީތަ މަހާރަދުން ރާއްޖޭގެ ގެއްލިފައިވާ މިނިވަންކަން އަނބުރާ ހޯދާ ދެއްވިތާ 170 ވަރަކަށް އަހަރު ފަހުން އޭރު މިގައުމުގެ ސިންގާ ސަނާގައި ރެދަލިކުރެއްވި އައްސުލްޠާން މުކައްރަމް މުހައްމަދު އިމާދުއްދީނު (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުންގެ ރަސްކަމުގައި އެރަދުންނަށާއި މުޅި ދިވެހި އުންމަތަށް ޣަދަރުވެރިވި އަލްޤާޟީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރު މަނިކުފާނާއި އޭނާގެ ކޮއްކޮ އަލްޚަތީބު އަހްމަދު މުޙިއްދީނާއި ދެބެން ފަދަ އެތައްބައެއް މިޤައުމުގައި މިއަދުވެސް އުފެދިދާނެކަމާއި އެމީހުން އަބަދުވެސް ފުރުސަތަކަށް ބަލަބަލާ ތިބޭނެކަން ހާމަވެގެން ދިޔަ ދުވަހެކެވެ. އެއީ އަލް ޣާޒީ ހަސަން އިއްޒުއްދީނު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ފަދަ ގައުމުދެކެ ލޯބިވާ ދުރުވިސްނާ ވަޑައިގަންނަވާ ސިޔާސީ މުޙަންނިކުންގެ ކިބައިން މިގައުމު މަޙުރޫމް ވެގެން ނުދާނެކަން ހާމަވެގެން ދިއަދުވަހެކެވެ. އެއީ ދިވެހި ޚާއިނުންގެ ބަޔަކު އެންމެ މިޒަމާނުގެ ހަތިޔާރާއި އެކު ބޭރުގެ ހަނގުރާމަވެރި ބަޔަކު ގޮވައިގެން އެމީހުން އުފަންވި އެމީހުންގެ އަމިއްލަ ވަޒަނަށް އައިސް ވެރިކަމުގެ ދަހިވެތިކަމުގައި އެތައް މައުޞޫމް ދިވެހިންނެއްގެ ލޭ މިބިމަށް އޮހުރުވާލި ދުވަހެކެވެ. (އޭ.ސީ.ޕީ ހަސަން ޝާކިރު. 2007 އައްޑަނަ)

އެއްވެސް ކަމެއް ސިއްރު ނުކުރަން އަހްދާއި، ވައުދު ވެގެން އައި ސަރުކާރުން ގާތްގަނޑަކަށް ދެމަސް ދުވަސް ވަންދެން ސިއްރުން ރާއްޖޭގެ އެންމެ ބޮޑު ބާޣީ އަށް އެންމެ މަތީ ފަންތީގެ ޚިދުމަތް ދިނުމުން ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންގެ އިތުބާރު ގެއްލިގެން ހިނގައްޖެއެވެ. އެބޭފުޅުން މަގާމުގެ ޒިންމާތައް އަދާކުރުމަށް ޝަރުތު ހަމަނުވާކަމާއި މެދު ދެން އިތުރަށް ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތެވެ. ފުލުހުންގެ "ބެލެހެއްޓުމުގެ ދަށުގައި" ސިއްރުން ލުތުފީ ގެންގުޅުމަކީ ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރި ކުށެކެވެ. އެކުށުގެ ޒިންމާ އެބޭފުޅުން އުފުއްލަވަން ޖެހޭނެއެވެ. މިކަމުގައި އެބޭފުޅުން ރައްޔިޔުންނަށް ޖަވާބުދާރީ ވާން ޖެހިވަޑައިގަންނަވާނެއެވެ.

ބާޣީ ލުތުފީ ފޮރުވައިގެން އޭނާ އަށް އެންމެ މަތީ ޚިދުމަތްތައް ދެމުން އައި އައުމަކީ އިމްރާނާއި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގެ ޝަރުތު މިހާރު ހަމަވޭތޯ ޤާނޫނީ ގޮތުން ސުވާލު ވެސް އުފައްދަން ޖެހިފައިވާ ކަމެކެވެ.

ކޮންމެ ވަޒީރަކީ ވެސް ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މާތްﷲ ގަންދީ ހުވައެއް ކޮށްގެން ހުންނަ ބޭފުޅަކަށް ވާއިރު ހޯމް މިނިސްޓަރު މިހާރު ހުންނެވީ އޭނާ ކުރެއްވި ހުވަ އާއި ހިލާފުވެފައި ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާއި އަމަން ޢާންމު ދެމެހެއްޓުން އެއީ ފުލުހުންގެ ޤާނޫނުގެ (2) ވަނަ މާއްދާގެ (ހ) އިން ފުލުހުންނާއި މަތިކޮށްފައިވާ އެންމެ މުހިއްމު މަސްއޫލިއްޔަތެވެ. މިމަސްއޫލިއްޔަތު އަދާކުރުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މިވަނީ ފެއިލް ވެފައެވެ.

އަދި ހަމަމިއާއި އެކު ބާޣީ ލުތުފީ ފޮރުވައިގެން، އޭނާ އަށް ހިމާޔަތް ދިން އިރު އެއީ ކުށްވެރިއެއްކަން ދައުލަތުގެ ވެރިންނަށް އެނގިފައި ވާތީ، އެނގިތިބެ އޭނާ އަށް އަދަބު ނުދިނުމަކީ ކޮމިޝަނަރ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރު ހިމެނޭ ގޮތައް ޒިންމާ ވާން ޖެހޭ ހުރިހާ ވެރިން ޤާނޫނު ހިންގުމަށް ހުރަސްއެޅުންކަމުގައި ބެލިދާނެއެވެ. އެހެންކަމުން ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން އެބޭފުޅުންގެ މައްޗަށް ޖިނާޢީ ދައުވާ ކޮންމެވެސް ދުވަހަކުން އުފުލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޕޯޗްގީޒުން ރާއްޖެ އަޅުވެތި ކުރުމުންނާއި، ހޮޅިން ރާއްޖެއަށް އަތްގަދަކުރުމުންނާއި ވެލާނާގެ މުހައްމަދު ދީދީ ޕިޗޯރީން ގެނެސްގެން ވެރިކަން ބަދަލުކުރަން އުޅުމުންނާއި އަދި 1988 ވަނަ އަހަރު ޕްލޯޓް ޖަމާޢަތުގެ ތަމަޅައިގެން ބޭނުންކޮށްގެން ލުތުފީ ރާއްޖެ އަށް ހަމަލާ ދިނުމުން ވެސް ދިވެހި ފަސްގަނޑުން، ދިވެހި ދަރިން ނިކުމެ ހާއިނުން ބަލިކުރިއެވެ.

މިއަދު ވެސް ގައުމުދެކެ ލޯބިވާ ދުރުވިސްނާ ވަޑައިގަންނަވާ ސިޔާސީ މުޙަންނިކުންގެ ކިބައިން މިގައުމު މަޙުރޫމް ވެގެން ނުދާނެކަން ގައުމުގެ ހުންގާނުގައި މިވަގުތު ތިބި މީހުން ވެސް ހަނދާން ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ލަޤީޠާ

    މި ލިޔުން ޢިމްރާނު ކިޔާލާނޭކަމަށް ހީކުރަމެވެ. އޭގެފަހުން ޝައިޚެއްގެ ދަރަޖަޔާ ވަޒީރެއްގެ ދަރަޖަ ގެއްލިއްޖެކަމަށް ދެކި އަވަހަށް އިސްތިޢުފާދޭނޭކަމަށް ޤަބޫލުކުރަމެވެ. ތިޔަ ހިންގާ ޖަރީމާތަކުގެ ޒިންމާ އަދި އުފުލަން ޖެހޭނެއެވެ. ޖިނާޢީ ދަޢުވާވެސް އަދި ކުރެވޭނޭކަން ދަންނާށެވެ.

    121
    5
    • މަރިޔާދު

      ކީއްކުރަން ހަމައެކަނި އިމްރާން އިސްތިއުފާ ދޭންވީ! އެމްޑީޕީ އެންމެން އިސްތިއުފާ ދިނީމަ ރަނގަޅުވާނީ! .

      73
      2
  2. އ. ޖ. އ

    އެކަކު އަނެކަކަށް އިތުބާރު ނުކުރެވޭ ކަމަށް ވާނަމަ ހަމަ ޖެހުމެއް ނުލިބޭނެ އެވެ

    79
    1
  3. އަލީ

    1966ގެ އަހަރު ތަކަށް ބަލައި ލުމުން މިހާރު ވެރިކަމުގަ ތިއްބެވި ބޭފުޅުން ނާއި ޅުތުފީއާއި އޮތް ގާތްކަން ވަރަށް ރަގަޅަށް އޮޅުން ފިލާނެ.

    88
    2
  4. އަލީ އަނދިރި

    އަދި ކިރިޔާތޯ؟ މިހާރުތޯ؟ ޔާމިނު ވެރިކަމުން ވެއްޓުނީމަތޯ؟.... އިތުބާރު ނުކުރެވެނީ ވޭތިވެދިޔަ 7 އަހަރު ފުލުހުންގެ މުައްއްސަސާ ޚަރާބުކުރީ ޔާމިނުކިޔާ ގޭންގު ލީޑަރެއްކަމަށްވާތީ !!!

    15
    149
    • ކަލޭ

      ކަލެއަށް މާބޮޑަށް އެނގެނިީ... މިގައުމު ހަލާކު ކުރީ ކެނެރީގޭ އބލސް....އޭތި މިގައުމުން ބޭރު ކުރަނިކޮށް މިގައުމު ރަނގަޅުވެދާނެ..

      89
      5
    • ހަގީގަތް

      ކެރެރީގެ ޝައިތޯނު ބޭރު ކުރަންވީ އޭރުން ރަގަޅު ވެދާނެ

      65
      3
  5. ރައްޔިތުން

    މީގަ މުޅިއަކުން ގޯހަކީ ފުލުހުންނެއްވެސް ނޫން.. ސަރުކާރުން ނާއި އެހެނިހެން ސިޔާސީ ބޭފުޅުން ބާރު ފޯރުވުން ވެސް މިއީ މައްސަލައެއް..

    67
    2
  6. ނަން

    މިހަމީދުގެ ވަރަށް ބޮޑު މައްސަލައެއް ޕޮލިސްތެރެއިން ނުބަލާ އޮއްބާލާފައިވޭ. ރިސޯޓޭ ބުނީމަ އޭނަޔަށް އެނގޭނެ

    63
    2
  7. ސަޓޯ

    ހުރިހާ ކުއްވެރިންނަށްވެސް އެނގޭ އެމީހުން ހުއްޓުވަންތިބި ޕޮލިހުންގެ ވެރިއަކަށް ހުރީ އެމްޑީޕީއަށް ވިކިފަ ހުރި ބޯބުރާންޗެއްކަން.. އެހެންވެ ކުއްތައް ގިނަވަނީ

    62
    2
  8. ތަރާދު

    މިވެހިކަމުގަ ގިނައީ ބާޤީކަން ރައްޔިޔުން ގަބޫލު ކުރާނެ ދުވަހެއް އަންނައިރު މިގައުމުގެ މިނިވަންކަން އޮވެދާކެ ކަމާމެދު މަށައް ސައްކު(ހުސްބާްޤީން)

    43
    3
  9. علي وحيد

    ماشاألله ، ސީޕީ ޙަމީދު އަދި އިމްރާނު އާއި ސިދާތާ ،މިތިންމީހުންނަކީ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ޤާނޫނުއާއި،ކުރިހުވަޔާއި،خلاف ވެފަތިބި ތިން މީހުން އަދި މީގެތެރެއިން އިމްރާނު އަކީ ސޭޚެއްކަމަށް دعواة ކުރާ މީހެއް

    44
    1
  10. ސަންގޯރު

    ވަގުވޯޓް އިބޫ އިސްތިއުފާ ދޭކަށްނުވޭތަ؟ ސަރުކާރުއޮތީ ފެއިލްވެފަ. ކޮރަޕްސަން ހައްދުފަހަނައަޅާވަރަށް. އަނިޔާވެރިވެވޭވަރު ކުޑަވެގެން އަނިޔާވެރިންނަށް ހިމާޔަތްދެނީ މި ސަރުކާރުން

    48
    2
  11. މުހަންމަދު.

    ހަމީދު، ސިދާތާ،އިމްރާން އަވަހަށް އިސްތިޚުފާދެއްވާ....ތިއީ ތި މަގާމު ތަކަށް ކުފޫހަމަވާ ބަޔެއްނޫން.

    37
    2
  12. ޢިސްސޭ

    ތި ފުލުހުންނަކީ އެއްވެސް އިރެއްގައި އިތުބާރުކުރެވޭ ބައެއްނޫނެވެ ހެއްދެވިހާ ދޮގުހަދާ ނުކިޔަވާތިބި މޯހުންގިނަ ތަނެއް ހަމީދޫ ކަލޭ ހަލާކު ނުވެ ސަލާމަތް ވާތި..

    22
    5
  13. ބޮލި މުލައް

    އިސްތިއުފާދީފަ އަލުން ހުވާކުރަން ފެނޭ އިމުރާނު ވ މޮޅުވާނެ މިކަންކުރަން ދުނިޔޭގެ ރެކޯރޑް މިހާރުވެސް އޮތީ އޭނަ އަތުގަ

    32
    2
  14. ހަމަ އަންތަރީސް

    މިލިޔުމަކީ މިހާތަނަށް ނޫސްތަކުން އަޅުގަނޑަށް ފެނުނު ލިޔުން ތަކުގެ ތެރެއިން ވަރަށް ފުރިހަމައަށް ގެނެސްދީފައިވާ ލިޔުމެއް ކަން ފާހަނގަ ކުރަމެވެ. އަދި މިލިޔުމުގައި ލިޔުންތެރިޔާ އޭނާގެ އާރގިއުމަންޓް ވަރަށް ބޮޑަށް އިންސާފު ކޮށްދެއްވާފައިވާ ލިޔުންތެރިކަމުގެ ގޮތުން ފުރިހަމަ ލިޔުމެއް ކަމުގައި ދެކެމެވެ.

    42
    3
  15. ބުއްބުތަލޯ އަންހެނުން

    އިތުބާރު ކުރެވޭ ވަކި ކާކުތޯ ހުރީ އެއްވެސް މަގާމެއްގަ

    18
    1
  16. މުގުރާން

    ވަރަށްފުރިހަމަ ލިއުމެއްކަމުގައި ދެކެން އެކަމަކު ކީއްތޯކުރާނީ މިގައުމުގެ ގިނަރައްޔިތުން ތިބީ ގައުމީކަންކަމުގައި ދެލޯމަރާލައިގެން ޕާޓީވިއްޔާ އޯކޭ ދީނަށް ފުރައްސާރަކުރިޔަ ސް !! ކުރީޒަމާނުގެ ދިވެހިން ބުނިހެން އަނދިރިޔަސް، އައްޔަސް އޯކޭ ވެގެން އެތިބެނީ؟ ކަރުބުޑުން ހިތިރަހަ ލާން ފެށީމަ ހޭއަރާނީ!

    27
    2
  17. ކަތީބު ކަލޭގެ

    މިގައުމުގެ ރައްޔިތުން ދެދުވަސްވަންދެން ވާރެއާއި ރަތްދަކަ އަވީގައި ކިޔޫ ޖެހިގެން ނުކައި ނުބޮއި ތިބެ ހެޔޮ ވެރިކަމެއް ކުރުމަށް ސަރުކާރުގެނައީ ދެއްކި މުނާފިގު ވާހަކަތަކާއި ހެދިދޮގުތަކާއި ގޮވި ގޮވެލި ތައް ތެދުކަމަށް ހީކޮށްގެން! ހޭޖެހޭ މީހުން އެކަންކަމުގެ ދިފާއުގައި ކިތައްމެ ވާހަކައެއް ދެއްކި! ކަތިވަޅި ގެއްލިއްޖެ މަރިޔަބު ވެސް ގެއްލިއްޖެ ކޮށިދަޑު ވެސް ގެއްލެނީ!

    25
    2
  18. ސަންދާނު މޮޔަމީހާ

    ހަމީދު ކަހަލަ އެކުޓިވިސްޓެށް ރައީސްގެ ޅިޔަނު ދެންކަލޯމެން ތިޔަކިޔާނަގަނީ ކޮންއިތުބާރެކޭ ކިޔާބަލަ ބަނޑުގެ ހަންގަނޑޭ

    21
    3
  19. ާަާމަ

    އިންސާފުގެމަގަށް...އަނިޔާއާދެކޮޅަށް... އަތްޗީޑި. ވެރިކަމަށް އެރުނީމަ އެގޮވެލިފަތި ހަނދާނެއްވެސްނެތް.

    19
    2
  20. އިސްތިޢުފާ

    ނުވަންޏާ ޢިސްތިޢުފާދީ

    20
    2
  21. ހަމީދު

    ގައުމުގެ ވެރިޔަކީ އަންހެނުގެ ބޭބެ މަޖިލިސް ރައީސްއަކީ އަންހެނުންގެ ބޮޑުބޭބެ ގައުމަކީ އެކުދިންގެ ގެ ބަސްނޭހިޔަސް އަދަބެއް ކިހިނެއްދޭނީ ކޮއްކޮ ރޯނެނުން ކީއްކުރެވޭނީ ވައް ﷲ އައުލަމް

    17
    1
  22. ޙަތިޔާރު

    މިއީ ވަރަށް އަނދިރި ކަމެއްގަ ތެރޭ ހިނގާ ވެރިކަމެއް....އިންޑިއާގެ ގެރި ވެސް މި ގައުމަށް ދެ ފަހަރު ގެނެސްފި

  23. އަލީ

    މި ސޮރުމީ ކޮމޭޑިއަންނެއް.... ބޮޑު ޖޯކެއް

  24. މަޒް

    މިހާރު ފުލުހުން ތި ގޯސްވީ.. މިދިޔަ ފަސް އަހަރު ފުލުހުން ވަރެއް ނެތް

  25. ވެލެޒިނީ

    ކޯޓުތަކަށްވުރެ ޕޮލިސް ކޮރަޕްޓު

  26. މޭ އައްޑަނަ

    މިގައުމު ދެކެ ލޯބިވާ މީހުންނަށް ކުރާ ޖެއްސުމެއް މީ މިސަރުކާރުން. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ މި ނުބައި ވެރީންގެ ކިބައިން މި ލޮބުވެތި ފަސްގަނޑު ސަލާމަލތްކުރައްވާށި . ޢާމީން

  27. އިންޓެލިޖެންސް ހަލާކު ތީ

    ތިވާހަކަ ދައްކާ މީހަކީ އެމްސީ. އޭނާ ޕޮލިސް ތެރޭގައި ހުރެ ކުރިކަންތަށް ތަކަކީ ބަލައި ގަނެވޭނޭ ކަމެއްނޫ އަދި ތިވައްތަރަށް އަނގަ ތީ ސިޔާސީ ތައްޕާހިގައި އުޅޭޭ ފުލުހެއް ތިޔަ މީހަކު ދައްކާ ވާހަކަ ރަގަޅުވާނީ މޫދުގައި އުޅޭ މަސްތަކަށް ކިޔައިދޭން. ނޫނީ އިމާރާތް ތަކުގެ ތަނބުތަކަށް ކިޔައިދޭން.

  28. ޒޫ

    މީކީ އެއްވެސް އިތުބާރެއް އޮތް ބައެއްނޫން ! ކޮންމެ ކަމެއްގައިވެސް ނުބައިކަން ބޮޑު އަދި ގަދަވާ ކޮޅަކަށް ތިބޭބައެއް !

  29. ިއިބްލީސް

    ހެއްދެވި ފަރާތަށްވެސް އިތުބާރު ކުރާ މީހުން މި ދިވެހިންގެ ތެރެއިންވެސް މަދު. އެހެންވެގެންތާ