ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ ތަޅުމުގައި ބަޙުސްކުރެއްވި ސަރުކާރުގެ މައިޕާޓީ އެމްޑީޕީގެ މެމްބަރުންގެ ވާހަކައިގެ ރާގު ހުރީ "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ" ނަމުގައި ޔުނިވަރސިޓީއެއް ހުންނަން ނުޖެހޭފަދަ މޭރުމަކުންނެވެ.

މި ބިލުގެ އިބްތިދާޢީ ބަޙުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރު ޙަސަން ލަތީފު ވިދާޅުވެފައިވަނީ ރާއްޖޭގައި ދެ ޔުނިވަރސިޓީއެއް ހުންނަން ނުޖެހޭ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ވިދާޅުވާ ގޮތުގައި އިސްލާމީ މާއްދާތަށް ކިޔަވައިދޭން ވަކި ޔުނިވަރސިޓީއެއް ހުންނާކަށް ނުޖެހެއެވެ. ހިސާން ވިދާޅުވި ގޮތުގައި ކޮންމެ މާއްދާއަކަށް ވަކި ފެކަލްޓީއެއް ނުވަތަ ވަކި މާއްދާއަކަށް ޚާއްސަ ޔުނިވަރސިޓީއެއް އެޅުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ޙިސާން ދެކެވަޑައިގަންނަވާ ގޮތުގައި "އިސްލާމިކް ޔުނިވަރސިޓީ" އެއް ވަކިން ހުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

މީގެ އިތުރުން އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިއާޒު ފަހުމީވެސް ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީގެ ނަމުގައި ތަނެއް ބެހެއްޓުން މުހިންމު ނޫން ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ މި ވާހަކަތަކާއެކު އެޕާޓީއަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް އިނގިލި ދިއްކުރަމުންދާ "ލާދީނީ" ވާހަކައިގެ އަޑުތައް ގަދަވާންފެށިއެވެ.

އިދިކޮޅު ފަރާތްތަކުން ތުޙުމަތު ކުރާ ގޮތުގައި "އިސްލާމް" މި ބަސް ބޭނުން ކުރުމަށް އެމްޑީޕީއާ އެޕާޓީއާ ގުޅިފައިވާ ފަރާތްތައް ނުރުހޭނެ ކަމަށެވެ. އެހެންކަމުން އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އެ މުވައްސަސާގެ ނަން ބަދަލުކޮށްލައި މި ޤައުމުން އިސްލާމް ދީން ނައްތާލުމަށް އެމްޑީޕީން ހިންގަން އުޅޭ ޖަރީމާއެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

ސަރުކާރުގެ މި އިސްލާހުތަކާމެދު ސަރުކާރުގެ ޚީޔާލުވެސް ތަފާތެވެ.

އެގޮތުން އިސްލާމީ ޔުނިވަރސިޓީ އުވާލުމަށް އެމް.ޑީ.ޕީގެ މެމްބަރުން މަޖިލިސްގެ ތަޅުމުގައި ދެއްކެވި ވާހަކަތަކާ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރުގެ ވިސްނުންފުޅު ތަފާތެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވަނީ ވަކި ޔުނިވަރސިޓީއެއްގެ ގޮތުގައި އެ ޔުނިވަރސިޓީ ބެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުނޫވެސް ވަނީ އެމް.ޑީ.ޕީގެ މެމްބަރުންގެ ވާހަކަތަކާ އިދިކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމަށެވެ.

އިދކޮޅު ޕީ.އެން.ސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ސަރުކާރުން އުޅެނީ ރާއްޖޭގައި އިސްލާމީ ތަޢުލީމު ވުޖޫދުން ފޮހެލަން ކަމަށާއި މި ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އެކަމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން އެ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ޔުނިވަރސިޓީ އަކީ ހުންނަން ޖެހޭ ތަނެއް ކަމަށެވެ.

މިއާއެކު ސަރުކާރާ އިދިކޮޅު ފަރާތްތަކާއި ދީނީ ބައެއް ޖަމާއަތްތަކުން އިސްލާމީ ޔުނިވަރސިޓީގެ ޙިމާޔަތުގައި އަޑު އުފުލަމުންދަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ފުރަތަމަ ފަހަރަށް މި މައްސަލައިގައި ބަސްފުޅެއް ވިދާޅުވެފައެވެ. މިކަމާ ގުޅޭގޮތުން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އިސްލާމީ ޔުނިވަރސިޓީގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު" ކަމަށާއި "ތަޢުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުޞަތެއް މި ސަރުކާރުން ބަންދެއް ނުކުރާނެ" ކަމަށެވެ.

ރައީސް ޞާލިހު މިމޭރުމުން ޓްވީޓު ކުރެއްވި ނަމަވެސް އިސްލާމީ ޔުނިވަރސިޓީގެ ނަން ބަދަލުކުރުމަކީ އެމްޑީޕީ ބޭނުންވާ ގޮތްކަމަށް އިދިކޮޅު ފަރާތްތަކުން ތުޙުމަތު ކުރެއެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ތުޙުމަތު ކުރާ ގޮތުގައި ރައީސް ޞާލިހުގެ ޓުވީޓުވެސް އެފަދަ ގޮތަކަށް މާނަ ކުރެވިދާނެއެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އެއްގެ ގޮތުގައި ބޭއްވިއަސް މިހާރު އިސްލާމީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ކޯސްތައް މެދު ނުކެނޑި ކުރިއަށް ގެންދާނަމަ ރައީސް އެ ވިދާޅުވި ގޮތަށް ތައުލީމަށް ހުރި ފުރުޞަތު ގެއްލިގެން ނުދާނެއެވެ.

އެހެންނަމަވެސް ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ސައްތައިން ސައްތަ އިސްލާމީ މި ޤައުމުގައި އިސްލާމީ ރަމްޒެއްގެ ގޮތުގައިވާ "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ"ގެ ނަން ބަދަލު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަކަށް ވިދާޅުވާން ކެރިވަޑައެއް ނުގަތެވެ.

އެހެންކަމުން އިސްލާމީ ތައުލީމްގެ ރޮނގުން ރާއްޖެ ފަހަތައް ފިޔަވަޅެއް އެޅުން އޮތީ ދާދި ގާތުގައި ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. Anonymous

  ރާއްޖޭގަ ހަސަން ލަޠީފެއް ހުންނާކަށް ނުޖެހޭދޯ.. މާދެން އިނގޭ ތީފެއް ތީ. އިސްކޮޅެއް ދެއްވިނަމަ މަތިންދާބޯޓްތަކާ ދޫނި ސޫފާ ސޫއްޕަށް މަތީގަ އުޅުނަކަ ނުދޭނެ.

  76
  2
 2. އިސްލާމް

  ހިޔަޅުގޮތަށް އޮޅުވާލުމަށް ދެމާނަ ދޭހަވާގޮތަށް ޓްވީޓް ވެސް ކުރަނީ... ރައްޔިތުންނޭ! ހޭއަރާ

  115
  1
 3. Anonymous

  ދިވެހިރާއްޖޭގަ ރައީސުލްޖުމްހޫރިއްޔާއަކާ މަޖިލީހުގެ ރައީސަކާވެސް ހުންނާކަށް ނުޖެހޭ. ކޮންމެވެސް އެކަކު ހުރީމަ ޚަރަދުކުޑަވެފަ މިވަގުތަށް މާ ރަނގަޅުވާނެ. ބޯކުޑޭ އިބޫ އިސްތިޢުފާދީފަ ނަޝީދުއާ ހަވާލުކުރޭ.

  79
  4
 4. މީކާއިލް

  ރައީސް އިބުރާހީމް ސާލިޙު އަށް ސެލިއުޓް ނަގަން.. އަލްހަމްދުލިއްލާޙި

  7
  86
 5. ނިހާން09

  ނުފެނޭތަ އިސްލާމިކް ޔުނިވަސިޓީ މެދު ނުކެނޑޭނެ އޮތްތަނެއް، ތި ފެނުނީ ހަމަ އެކަނި ކޯސްތައް ކުރިޔަށް ގެންދާނަމޭ އޮތްތަން، ރައްޔިތުންނަށް އޮޅުވާލަން ވިޔަސް ތީ ބޮޑުވަރު، އެހެންތާވާނީ ބައެއް މީހުންނަށް ފެންނަނީ ޤުރުޢާނުގަވެސް ހަމައެކަނި ނަމާދު ކުރާށެ އޮންނަ ތަން ވިއްޔާ....

  11
  31
 6. ޒާ

  ހުޅަނގުގެ އެކުވެރިން ރުއްސަން އެގެންޑާ 19 އަށް ފައިސާ ޚަރަދު ކުރި އެކުވެރިންގެ ލޯބިހޯދަން މަކަރުވެރިން އުޅެނީ އިސްލާމް މިބަސް ހިމެނޭގޮތަށް ތަޢުލީމު ދޭ އެއްވެސް ތަނެއް ހުއްޓަ ނުދޭން. އެއީ އެމީހުން މާނަކުރާގޮތުގައި ޓެރަރިޒަމް.

  50
  1
 7. ޚަފަ

  އިސްލާމީ ޔުނިވާރސިޓީގެ ދަށަށް ގައުމީ ޔުނިވާރސިޓީ ގެންދިއުން އެބޭފުޅުންނަށް ކިހިނެއްތޯ؟ ގައުމީ ޔުނިވާރސިޓީގެ ނަން އިސްލާމީ ޔުނިވާރސިޓި ގެ ނަމަށް ބަދަލުކޮށް އެއް ޔުނިވާރސިޓީއެއްގެ ގޮތުގައި ހިންގީމަ ހުންނާނީ ހަމަ 1 ޔުނިވާރސިޓީނޫންތޯ. އެބޭފުޅުން އެއުޅުއްވަނީ ހުޅަނގުގެ ފިކުރުގަ ޖެހިގެން އިސްލާމީ މިބަސް ފުހެލެނަވެގެން

  51
  5
  • ކެޔޮޅު

   އޭރުން ރާއްޖެ ވާނީ ސޫދާނަކަށް. އެގޮތް ރަނގަޅުތަ؟

   • ކެޔޮޅު

    ކެޔޮޅު ކީކޭތަ ތިކިޔަނީ؟ ކޮން ސޫދާނެއްތަ މިތަނަށް ތިވައްދަނީ!

 8. މަހޭޝް

  ބަރާބަރު. ނުޖެހެޔޭ ވޯޓް ފޯ ވޯޓް ބަލަގަ ވޯޓް ފޯ ވޯޓް

  16
 9. ޚަފަ

  7 ފަނޑިޔާރުން ތިއްބަވަން ޖެހިލައްވާތޯ،
  ކޮންމެ ރަށަކަށް 3 ކައުންސެލަރުން ބޭނުންވޭތޯ
  3 ބާރެއް މިޤައުމުގަ އޮންނަން ޖެހޭތޯ
  80 އެތައް މެމްބަރުންނެއް ތިއްބަވަން ޖެހޭތޯ
  20 30 ވުޒާރާ ހުންނަން ޖެހޭތޯ
  ކޮންމެ ވުޒާރާއަކަށެް 5 6 މިނިސްޓަރުންނާްި ސްތޭޓް މިނިސްޓަރުން ތިއްބަވަނ ޖެހޭތޯ
  10 ޕާޓީ އޮންނަން ޖެހޭތޯ؟ އެމްޑީޕީ އުވާލާފަ ހަމައެކަނި ޕީޕީއެމް ބާއްވަން ވީންނޫންތޯ؟
  އިސްލާމީ މިބަސް ދެކެ ބިރުން އުޅުނަސް ވަގުތު ތިބާ އެބަ ވަގުތަކާއި ގާތް ކުރެއެވެ އިންކާރު ނުކުރެވޭނޭ ވަގުތެކެވް މަރު މިވަގުތު ޖެހުމުން ދެން ވަގުތު ފާއިތުވާނެއެވެ

  53
 10. ز

  ޔާ ﷲ މިނުބާ ސުންފާކަން ކަންކަމުން މި ލޮބުވެތި ވަތަން ރައްކާތެރި ކޮށްދެއް ވާދޭ

  60
  3
  • ު

   އާމީން

   32
   1
 11. ޖައުފަރު

  ޕަޕެޓް ރައީސްތީ އެއް ކަމެއްވެސް އަމިއްލަ އިޚްތިޔާރުގަ ނުކުރެވޭނެ

  43
  1
 12. ލަޠީފް

  ޕީޕީއެމް ޕީއެންސީ ތިގޮތުގައި އޮތްހައިދުވަހަކު ވަގު ސަރުކާރުން މިޤަވްމަށް އެމީހުން ބޭނުންހާގޮތެއް ނުހެދޭނޭކަން މި އެގެނީ!

  36
 13. އަޙްމަދު

  ވަރަށް އުފާވެރި ޙަބަރެއް! ނަޝީދުއާއި އިބްރާހިމް މުޙައްމަދު ސޯލިހު އެއްގަލަކަށް ނާރަނީދޯ!

  20
  1
 14. އެދުރު

  ސާފުކޮށް ބަސްބުނަން ނުކެރޭނަމަ އިސްތިއުފާ ދީފަ ގެއަށް ދޭ ބަލަ ، ތި ކަހަލަ ހިޔަޅު ޓްވީޓްތަކަށް އަހަރެމެން ނުހެއްލޭނަން

  27
  1
 15. ޖާހިލިއްޔާ

  ތިކަހަލަ ތަންތަން އުވާލައިގެން ރާއްޖޭގެ މީހުންނަށް އުފާފާގަތި ކަމާއެކު ތަހުޒީބު ވެވޭނީ

  3
  40
 16. ދިވެއްސެއް

  މުނާފިގު ހިޔަޅެއްތީ. އެކަމަކު އަނދުންއެޅުވޭނީ އެޅުވޭ މީހުންގެ ލޮލުގަ. ތިގޮތަށް ކޫރޮކޮކޫރޯ ދަމަދަމާހުރޭ.

  19
 17. ޙާހާ

  ޥެރިކަމާހެދި ބޫތު ކެވިފާ! ގުބޯހެދިގެން ތިބޭށޭ އެބުނަނީ! މީ ދިވެހިންގެ ސަރުކާރެއްނޫން !ރައްޔިތުންގެ ބަޔަކު ކެއްކި ޜީދޫ ރިހަގަޑެއް! ފަރަންޖީ ރަހަ މީގަލާނީ! ޜަހަބަލަ ބަލާ ފަސްއަހަރު ތިބެން މިޖެހެނީ!

  17
 18. ނޫސްކިޔާމީހާ

  މިއީ ވަރަށް މަކަރުވެރި ހީލަތްތެރި މީހެއް، ނުކުރާނަމޭބުނި ކަންތައްތައް ކުރަމުންދާތަން ފެނިގެން އެބަދޭ.

  23
 19. އައްލެއިކަލޯ

  އިސްލާމިކް ޔުނިވާރސިޓީ އުވާލުމުގެ ބޭނުމަކީ ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ހީނަރުކުރުން. އެވަރިހަމަ ކިތަންމެ ބޮޑު އަޑިގަނޑަކަށް ވެއްޓުނަސް. އައިއެމްޔޫ އުވާލައިފިނަމަ ރާއްޖެ ވަރަށް ފަހަތަށް ސޮއްސާލާނެ. މިއީ ވިސްނަންޖެހޭ ކަންކަން.

  24
 20. ރައްޔިތުމީހާ

  "އިސްލާމީ ޔުނިވަރސިޓީގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު" ކަމަށާއި "ތަޢުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުޞަތެއް މި ސަރުކާރުން ބަންދެއް ނުކުރާނެ" ކަމަށެވެ.
  މިބަހުން ދޭހަވަނީ ނަން ކުރީގެ ގޮތަށް ފެކަލްޓީ އަކަށް ބަދަލުވާނެކަމަށް. އިސްލާމިކް ޔުނިވަރސިޓީގެ ދަރަޖަ އުނިވެ ފެކަލްޓީ އަށް ބަދަލުވެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގަމުން ގެންދާނެކަން. ހިންގުން މެދެއްނުކެޑެއް ނޫން ތޯ. ހިނގާ ނެ އެނަމަކު ނޫން.

  13
  1
 21. ރައްޔިތުމީހާ

  "އިސްލާމީ ޔުނިވަރސިޓީގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު" ކަމަށާއި "ތަޢުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުޞަތެއް މި ސަރުކާރުން ބަންދެއް ނުކުރާނެ" ކަމަށެވެ.
  މިބަހުން ދޭހަވަނީ ނަން ކުރީގެ ގޮތަށް ފެކަލްޓީ އަކަށް ބަދަލުވާނެކަމަށް. އިސްލާމިކް ޔުނިވަރސިޓީގެ ދަރަޖަ އުނިވެ ފެކަލްޓީ އަށް ބަދަލުވެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގަމުން ގެންދާނެކަން. ހިންގުން މެދެއްނުކެޑެއް ނޫން ތޯ.

  12
  1
 22. މި ކޮމެންޓު ޖަހާނަންތަ؟

  އިސްލާމީ ޔުނިވަރސިޓީ ދެމިއޮންނާނެއޭ ބުނީމާ އެވެސް އަދި ކަމަކު ނުދިޔަ؟ ތިޔަ ކުރަނީ ނޫސްވެރިކަމެއް ނޫން. ތިޔަ ކުރަނީ ފިތުނަވެރިކަން.

  8
  11
 23. އަލީރާޖާ

  "އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ސިޔާސަތެވެ. ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުޞަތެއް މި ސަރުކާރަކުން ބަންެދެއް ނުކުރާނެ"
  ކަލޭމެންނަށް ދިވެހި ނޭގެނީތަ؟

  6
  12
 24. ހަސަންކޮއި

  ކިސަޑު ކޯރު ކިނބޫ ޜައީސް މިގައުމުގެ އިސްލާމީ ހިދާޔަތުގެ ދަންމަރު ނިއްވާލަން ކުރާމަސައްކަތް ހުއްޓުވުމަކީ ތިބޭފުޅާގެޒިއްމާއެއް ނޫންތޯ؟؟؟؟؟؟؟؟

  17
  1
 25. އަބޫ

  ކަލޯ ޖާހިލިއްޔާ ކަލޭގެ މުޅި އާއިލާ ގޮވައިގެން އެމެރިކާގައި ދިރިއުޅެންދާންވީނުން

  7
  2
 26. ރަސްމަން

  އިބޫސޯލިހުގެ ބުޅާގޯނިން ނިކުމެއްޖެ. ހަގީގަތް މިއޮތް ހާމަވީ..ލާދީނީ އެޖެންޑާ ހިންގުމައް ތިޔަ ހުންނެވީ އަތުކުރި އޮޅާލައިގެން ކަމްބަޅިބަކަރީގެ ފޭރާން ލައިގެންކަން މިހާރު ގަބޫލު ކުރެވޭ.

  7
  1
 27. ޖައްބާރު

  ހައްދުފަހަނެޅި ޖާހިލިއްޔަތު ރާއްޖޭން ފިލާފާނެތީ ހާދަ ބިރެއް އެބަ ގަނެޔޭ ދޯ؟ ތިއެއްޗެއް އެލިފައި އޮވެގެން ދުނިޔޭގައި ކުރިއަރައިގެން ދިޔަ އެއްވެސް ގައުމެއް ދައްކަބަލަ.

  2
  6
 28. މޑޕ

  " ހިސާން ވިދާޅުވި ގޮތުގައި ކޮންމެ މާއްދާއަކަށް ވަކި ފެކަލްޓީއެއް ނުވަތަ ވަކި މާއްދާއަކަށް ޚާއްސަ ޔުނިވަރސިޓީއެއް އެޅުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ."
  މަންޖެއަށް ވަރިހަމަދޯ އެއްމިނިސްޓްރީއަކަށް މިނިސްޓަރުންގެ ނައިބުން 20 ން 30 ން އައްޔަނު ކުރިޔަސް!؟ މައްސަލައެއްނޫން<؟

  6
  3
 29. ރަންނަމާރި

  ތިތަން އުވާލަންވީ. ރަންނަމާރި ދަރުސްތައް ދީގެން ދިވެހީ ވާވައްދައިގެން ތިބެވިއްޖެ 800 އަހަރު. މިޒަމާނަކީ އިލްމުގެ ޒަމާން.

  2
  7
 30. އައްޓަމަސް

  ކޮންމެ މާއްދާއަކަށް ވަކިފެކަލްޓީއެއް ހުންނަންނުޖެހެންޏާ ނުވަތަ ވަކިމާއްދާއަކަށް ޚާއްސަ ޔުނިވަރސިޓީއެއް އެޅުމަކީ ކުރަންޖެހޭ ކަމެއް ނޫންކަމަށްޙިސާން ދެކެވަޑައިގަންނަވަންޏާ އަދި "އިސްލާމިކް ޔުނިވަރސިޓީ" އެއް ވަކިންހުރުމަކީ އެންމެ ރަނގަޅުގޮތްކަމަށްނުވަންޏާޖަވާބުދީބަލަ މިސުވާލުއަށް!
  ކީއްވެ އިންޖިނިއަރިންއަށް ވަކިފެކަލްޓީއެއްހުންނަނީ؟
  ކީއްވެނަރސިންގއަށް ވަކިފެކަލްޓީއެއްހުންނަނީ؟
  އެޔެއްނޫންމައްސަލަޔަކީ މައްސަލަޔަކީ އިސްލާމްދީން އިންޖިނިއަރިންގ ކިޔަވައިދޭތަނުގައިހުންނާނީ އެކަމުގެ ސާމާނު އަދިލެކްޗަރއިންނަށްވެސް ތިބޭނީ އެފީލްޑްގެ މީހުން، ހަމަމިހެންހުންނާނީ ހުރިހާފެކަލްޓީއެއްވެސް އިންޖިނިއަރިންގ ކިޔަވައިދޭ ލެކްޗަރއިންނަށް ނަރސިންގހަދާކުދިންނަށް ލެކްޗަރއެއްނުދެވޭނެ

 31. ޑ

  ތި ވައްތަރަށް އުޅޭތީ ވެރިކަން ވެއްޓުނީ 2012 ގަ..