ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަކީ ބަޠަލަކަށް ހަދަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ނުވާނެއެވެ. އެއީ 19 ދިވެހިން ޝަހީދުކޮށްލުމުގެ މޭސްތިރިޔާއެވެ. އަމިއްލަ އެދުން އެއީ އަގު ކަމަށް ހެދުމަށް ފަހު ބޭރު ބަޔަކަށް ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކާލުމުގެ ފުރިހަމަ ޒިންމާ އިން ބާޣީ ލުތުފީ އަށް ރެކެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އެތައް ދިވެހިންނެއް ޝަހީދުކޮށް އެތައް ދިވެހިންނެއް ޒަހަމް ކޮށްލުމުގެ އިތުރުން ނޮވެމްބަރ 03 ހަމަލާ އާއި ގުޅިގެން މިހާރު ވެސް ނަފްސާނީ މައްސަލަތައް ތަހައްމަލް ކުރަމުން ގެންދާ އެތައް ދިވެހިނެއް އެބަތިއްބެވެ. އެމީހުންގެ ވޭނީ ދިރިއުޅުމަށް މިއަދު ދިވެހި ސަރުކާރުން މަލާމާތްކޮށް ބާޣީ ލުތުފީ އަކީ މާރަނގަޅު މީހެއް ކަމަށް ހެދުމަކީ ލަދުވެތި ކަމެކެވެ.

ލުތުފީ ރާއްޖެ ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި އޮތް ޕްލޭނެއް ނޫނެވެ. ދިވެހިރާއްޖޭގެ އެމްބަސީގައި، ދިވެހިރާއްޖެދުއް އެންމެ ބޮޑު މުޖުރިމު ބަހައްޓައިގެން ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ވިސާގެ ކަންކަން ހަމަޖައްސާފައި އޭނާ ދޫކޮށްލާށެވެ. ލަންކާގެ ހާލަތު ހަމައަކަށް އެޅޭއިރު ލުތުފީ އަކީ ސައްހަ ވިސާއެއްގައި ހުރި މީހަކަށް ހަދަން ނުވަތަ އޭނާ އެހެން ގައުމަކަށް ދަތުރު ކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރަން އޮތީ ރާވާފައެވެ.

"ފުރަތަމަ މަސައްކަތް ކުރީ ލަންކާގެ ހާލަތު ހަމައަކަށް އެޅުމުން ލަންކާ އަށް ލުތުފީ ދޫކޮށްލަން. އޭގެ ކުރިން ވިސާ އާއި އެހެނިހެން ލިޔެކިޔުންތައް ހަމަޖައްސާ، ސައްހަ ގޮތުގައި ލަންކާގައި ދިރިއުޅޭ މީހަކަށް ހަދަން ސަރުކާރުން ނިންމާފައި އޮތީ. އޭގެ އިތުރުން އެހެން ގައުމަކަށް އޭނާ އަށް ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާ އެހެން ގައުމަކަށް ފޮނުވާލަން ވެސް ސަރުކާރުގެ ވެރިންނާއި ލުތުފީ އާއި ދެމެދު މަޝްވަރާ ކުރެވުނު ކަމަށް ވަނީ." ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

ޙަޤީޤަތަކީ ލުތުފީ އެމްބަސީއަށް ވެއްދި ތާރީޚެއް ވެސް އަދި ވެއްދި ސަބަބެއް ވެސް ހާމަކުރާކަށް ސަރުކާރުން ބޭނުމެއް ނުވެއެވެ. ލުތުފީ އެމްބަސީ އަށް ވަނީ މެއި 01 ގައި ކަމަށް ސަރުކާރުން ފުރަތަމަ ވިދާޅުވި ނަމަވެސް ރައީސް ނަޝީދު އޭގެ ފަހުން ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީ އަށް ވަނީ 20 އޭޕްރީލްގައި ކަމަށެވެ. ނަޝީދުގެ ވާހަކަފުޅު ސަރުކާރުން ދޮގެއް ނުކުރެއެވެ. އެހެންކަމުން ބުރަވެވެނީ އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން ލުތުފީ އެހުންނަނީ ރާއްޖޭގެ އެމްބަސީގައެވެ.

ލުތުފީގެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ޕްލޭން ފެއިލްވީ ލުތުފީ ރާއްޖޭގެ އެމްބަސީގައި ދިރިއުޅެމުން އަންނަ ކަން އުމަރު ނަސީރު ބޭޒާރުކޮށްލުމުންނެވެ. "ރައީސުލްޖުމްހޫރިއްޔާ އާއި އެއްފެންވަރެއްގައި" ލުތުފީ އަށް ޚިދުމަތް ދެމުންދާކަން އުމަރު ހާމަކުރުމާއި އެކު ސަރުކާރުން އެކަމަށް އިއުތިރާފުވީ އިތުރު ގޮތެއް ނެތިގެންނެވެ.

ރައްޔިތުންގެ ސުވާލަކީ ނޮވެމްބަރ 03 ގައި ދިވެހި އެތައް ފުރާނައެއް ދުއްވާލާ އެތައް އާއިލާތަކެއް ނިކަމެތި ކުރި މީހަކަށް ރަސްކަލަކަށް ދޭވަރުގެ އިއްޒަތަކާއި ހިމާޔަތެއް އެމްޑީޕީގެ ސަރުކާރުން މިދެނީ ކީއްވެ ހެއްޔެވެ؟ ދިވެހިރާއްޖޭގެ ޙައްޤުގައި އިސްލާމްދީނާއި ދިވެހީންގެ ޙައްޤުގައި ފުރާނައިން ޤުރުބާންވި މީހުންނަށް އަނިޔާވެރިވެ ދިވެހީންގެ ޙައްޤުތައް ފޭރިގަންނަން އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރަނީ ކީއްވެހެއްޔެވެ؟

ލުތުފީ އާއި، އޭނާގެ ބައިވެރިން އެއީ މިއަދު ސަރުކާރު ހިންގަން ތިބި މީހުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ބައެކެވެ. ދެ ގްރޫޕްގެ ވިސްނުން ދާދި އެއްގޮތް ވުމުގެ އިތުރުން، ދެގްރޫޕްގެ އާއިލާ ވެސް އޮތީ ގުޅިފައެވެ. އެއަށް ވުރެ ބޮޑަށް ދެގްރޫޕްގައި ތިބީ ރަހުމަތްތެރިންނެވެ. އެހެންކަމުން އެއީ ވަކިނުކުރެވޭނެ ގުޅުމަކުން ގުޅިފައިވާ ދެގްރޫޕެވެ.

ބާޣީ ލުތުފީ ރާއްޖެ ނުގެނެސް ސަރުކާރުން ދިގުދައްމަމުން ގެންދާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ސަލާމަތްވާން އެމްޑީޕީ އާއި ސަރުކާރުން މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ނޮވެމްބަރ 03 ގެ ހަމަލާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރުމެވެ. އެހަމަލާގެ މޭސްތިރިޔާގެ ދައުރު އޮޅުވާލަން މަސައްކަތް ކުރުމެވެ.

ފަހަރުގައި ފުރާވަރު އުމުރުގެ ކުދިންގެ ކުރިމަތީގައި އެމްޑީޕީ އަށް އެޙަޤީޤަތް އޮޅުވާލެވިދާނެއެވެ. ނުވަތަ ގައުމީ ލޯބީގެ މައްޗަށް ސިޔާސީ ލޯބި އިސްވެފައިވާ ޕާޓީ ކުދިންގެ ކުރިމަތީގައި ވެސް އެޙަޤީޤަތް އޮޅުވާލެވިދާނެއެވެ. ނަމަވެސް ނޮވެމްބަރ 03 ގެ އުދުވާނީ ހަމަލާ ތަޖުރިބާކުރި މީހުންނާއި، އެމީހުންގެ އާއިލާތަކާއި، އެމަންޒަރު ފެނުނު މީހުން އެމަންޒަރު ކިޔައިދިން ގޮތައް އަޑުއަހައިގެން ތިބި މީހުންނަށް އޮޅުވައެއް ނުލެވޭނެއެވެ. ނޮވެމްބަރ 03 ގެ ހަމަލާގެ ހަޤީޤަތް އެމްޑީޕީ އަށް އޮޅުވާލެވޭނެ ދުވަހެއް އަތުވެއްޖެނަމަ އެދުވަހެއް އަންނާނީ އަދި މީގެ ދެތިން ޖީލެއް ފަހުންނެވެ.

ބާޣީ ލުތުފީ ފޮރުވައިގެން، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިން އޭނާ އަށް ޚަރަދުކޮށްގެން އޭނާ ބަލަހައްޓަމުން ދިއުމަކީ މިސަރުކާރުން ފުރަތަމަ ހެދި ގޯހެވެ. އެ ގޯސް ހެދުމަށް ފަހު ބާޣީ ލުތުފީ ރާއްޖެ ގެނައުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރުމަކީ ސަރުކާރުން ހެދި ދެވަނަ ގޯހެވެ. އަދި ނޮވެމެބަރ 03 ގެ ހަމަލާގެ ޙަޤީޤަތް އޮޅުވާލާ، މިހާރު ސަރުކާރުން ލުތުފީގެ މައްސަލައިގައި ހިންގަމުންދާ ޖަރީމާގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމަކީ ސަރުކާރުން މިހާރު ތަކުރާރުކޮށް ހަދަމުންދާ ގޯހެވެ.

ގޯހަކުން ރަނގަޅެއް ނާންނާނެއެވެ. ގޯހަކުން އަންނާނީ ވެސް އުފެދޭނީ ވެސް ގޯހެވެ. އެހެންކަމުން ސަރުކާރަށް ދެން އޮތް ހަމައެކަނި ގޮތަކީ ސަރުކާރުން ހެދި ގޯސް ގަބޫލުކޮށް، ލުތުފީގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނު ހިންގަން ފެށުމެވެ. އޭނާ ރާއްޖެ ގެނެސް ރާއްޖޭގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރުން ނޫން އިތުރު އެއްވެސް ގޮތެއް މިއަދަކު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. ތާރީޚުގެ ތެރެއިން

  ސިއްކަގެ އާއިލާ، ކެރަފާގެ އާއިލާ، ކެނެރީގެ އާއިލާ، ނޮވެމްބަރު 3ގައި ގައުމަށް ބަޑި ހިފައިގެން އަރާ، މިގައުމުގެ ރައްޔިތުން މަރާފަ، ގައުމުގެ ވެރިކަން ހޯދަން އުޅުނީ..

  70
  1
  • މީހުން

   ތިޔެއްނޫނޭ. ހަމަ ތިފޯރީގަ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ވާހަކަ ދައްކަން ނުކެރެނީ ކިޔެއްވެގެންތޯ. ކާކުތޯ އެވާހަކަ ދައްކަން ހުރަސްއަޅަން ހުރީ. ގައުމަށް އިހުލާސްތެރިކަމެއްގެ ޒައްރެއްގެ މިންވަރު ހުރި މީހަކުނަމަވެސް މިޔަދު އެވާހަކަދައްކާނެ.

   3
   51
   • އެގެންދާ 19

    އެވާހަކަ ދެއްކޭކަށްނެތޭ ދެއްކިވަރަކަށް މިސަރުކާރަށް ނިސްބަތްވާމީހުންގެ ސޯޓުބޭލޭވަރުން. މިވާހަކަ ފަށާއިރަށް މިސަރުކާރަށް ނިސްބަތްވާމީހުން މޭނުބައިކޮށް ހޮޑުލަނީ މމޕރސ ގެ ފައިސާއިން ކައިފަހުރިއެއްޗެއްސޭ. ވަސްދުވަނީ މިސަރުކާރުގައޭ އެއްމެ މަތިންފެށިގެން ހަރުގޭގަ ޒުންބާ ޖައްސާމީހުންނާ ހަމަޔަށޭ. ހުސްވަގުންނޭ މިސަރުކާރުގަތިބީ. ކޮރަޕްޓް މީހުން ރިޝްވަތުދީގެންނޭ މިސަރުކާރުއައީ. ވޯޓުން ވައްކަންކޮއްގެންނޭ. ބަނޑުކެކިއްޖެދޯ...

    23
   • ވިސްނިއްޖެ!

    މަޖިލީހުގެ ރައީސަކަށް ހުރި މީހާ އަންގައިފި އެވާހަކަ ނުދައްކަން. އޭނަ އެޅުވި ފަންޏަކުންނޯ އެކަން އެގޮތަށް ހިނގީ، އެހެންވެ އޭނަގެ ސޯޓު ބޭލޭވަރުން އެވާހަކަ ނުދައްކަން އަންގައިފަ އޮތީ..

    11
 2. އިޓްސްސޯލޯ

  ލުތުފީ ރާއްޖެ ގެނައުން އެއީ ކުރަން ޖެހޭނެ ކަމެކޭ އެކަމަކު ތިޔާ ގައި މަގްސަދަށް ބަލާއިރު އެއީ މިހާރު ބޭނުން ކެނޑިފައިވާ ކަމެކޭ ލުތުފީ ވަނީ ވަރަށް ގިނަ ދުވަހު ޖަލުގައި ދުވަސް ތަކެއް ހޭދަ ކޮށްފައޭ އެދުވަސް ތަކުން ލުތުފީ އެވަނީ އެކަން ކްރޮސް ސަބްސިޑައިޒް ކޮށްފައޭ ލުތުފީ އަކީ އެއީ ފުރަމާލޭ މީހެކޭ އޭނާ އަށް ވެސް އޭނާގެ ލައިފް އާއި ގެން ކުރިއަށް ދިއުމުގެ ފުރުސަތު ސަރުކާރުން ވެސް އަދި ސިޔާސީ ޕާރޓީ ތަކުން ވެސް ދޭން ޖެހޭނެއޭ ގައުމުގައި އޮންނަ ސަރުކާރަކުން ކުރާ ކަންކަމުން ރައްޔިތުންނަށާއި ގައުމުގެ ވިޔަފާރި އަށް ފައިދާ ނުކުރާނަމަ ކެރޭ މީހުން ނިކުންނާނެ ސަރުކާރާއި ދެކޮޅަށް އެގޮތަށް ނިކުންނައިރު ހިންގޭ ހަރަކާތުގެ ތެރޭން މީހުން މަރުވެގެން ދާނެއޭ އެއީ ޕޮލިޓިކްސްގެ ނޭޗަރ މަސައްކަތް ކުރާ ގޮތަކީ މަމެންގެ އޮޕީނިއަން އަކީ ލުތުފީ އަށް މާފުކޮށްފައި ލުތުފީ މިނިވަން ކުރުމަށޭ ލުތުފީ އަށް އޭނާގެ ލައިފް އާއި ގެން ކުރިއަށް ދިއުމަށް ޗާންސް ދިނުމަށް ފަހަރެއްގައި ލުތުފީ އަކީ އެއީ ބިއުޓިފުލް މައިންޑަކަށް ވެސް ވުމަކީ އެކަށީގެންވާ ކަމެކޭ ސޯ އައި ޑޫ އިޓް އޮން ދިސްވޭ އިޓްސް ސޯލޯ އިޓްސް ސޯލޯ އިޓްސް ސޯލޯ އިޓްސް ސޯލޯ އެވްރީބޮޑީ...

  1
  59
  • އޭނ ކީކޭ؟؟

   އޭ މިހާރު ދެންތި މާ ބޮޑުވަރު ވަނީ ކިޔޭ ނުކިޔޭ އެއް ނޭގުނަސް. ކަލެ އަކަށް ނޭގޭނެ އެދުވަހު މުޅިރާއްޖެ އެކުގައި ހިތާމައިގެ ފުން ކަނޑަކަށް ވެއްޓިފައި އޮތްގޮތެއް. އެހެންމީހުންގެ ލައިފްގެ އިޙްތިރާމް ނެތްމީހެއްގެ ލައިފްގަ އޮންނާނީ ކޮން އިޙްތިރާމެއް. ނޭގެންޏާ އަނގަ މައިތިރިކޮށްގެން ހުރެވޭތޯ ބަލާ.

   23
 3. ޑްރީމް

  ހާޖަރާގެ ލުތުފީ އެވަނީ ދެ ޑިކޭޑަށް ވުރެން ގިނަ ދުވަހު ޖަލުގައި ހޭދަ ކޮށްފައޭ އަދި ލުތުފީ ގެ ސަބަބުން 19 ދިވެހިން ޝަހީދު ވި ކަމެއް މަމެން ގަބޫލު ނުކުރަމޭ މަމެންނާއި ވެސް ނޮވެމްބަރު 88 ގައި ލުތުފީ ފުލް ގިއަރުގައި ހުއްޓާ ދިމާވިއޭ ލުތުފީ އެއްވެސް މީހަކު މަރަން އޯޑަރު ނުކުރެއޭ އެކަމަކު އިންޑިއާ ސިފައިން އަތުން ދިވެހިންގެ އެތައް ބަޔަކު ޕްރޮގްރެސް ލައިޓް ހިފަން އުޅުމުގެ ތެރޭގައި މަރުވިއޭ މި އިންސިޑެންޓް ގައި ރިއަލް ސްޓޯރީ ރިވީލް ކުރުން އެއީ ކުރަން ޖެހޭނެ ކަމެކޭ މަމެން ގަބޫލު ނުކުރަމޭ މިހާރު ލުތުފީ އަކީ އެއީ ބާޢީ އެއް ކަމަށް އޭނާ އެވަނީ ކުށް ތަންފީޒު ކޮށްފައޭ މައުމޫނު އޭނާ ނުމެރުމުން އޭނާ އެވަނީ ޖަލު ހުކުމް ތަންފީޒު ކޮށްފައޭ ލުތުފީގެ ވެސް ފެމިލީ އެއް އޮންނާނެއޭ އޭނާ އަކީ މާލޭ މީހެކޭ އޭނާ ދޫކޮށްލަންއޭ މަމެން ގޮވާލަނީ ސަރުކާރަށް ސަރުކާރު ގޯސް ނަމަ ސަރުކާރާއި ދެކޮޅަށް ތެދުވެ ބަގާވާތް ކުރުން އެއީ ޕޮލިޓިކަލް ސައެންސް ގައި އޮންނަ އެއްޗެކޭ އެއީ ޕޮލިޓިކްސް ގައި ކުރަން ހަރާމް ކަމެއް ނޫނޭ އެއީ ޕޮލިޓިކަލް ސައެންސް ގައި ކުރަން ހަލާލު ވެލިޑް ކަމެކޭ އައި ބިލީވް އިން އިޓް ސަމްތިންގް އިޒް ރިއަލީ ވެރީ ގުޑް އިން ޕޮޒިޓިވް ތިންކިންގް ދަ ޓައިމް އިޒް ރައިޓް ފޯރ އިޓް ނައު އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ...

  1
  51
  • ބޮކެއް

   ލުތުފީގެ ހުކުމަކީ އުމުރުދުވަހުގެ ޖަލު ހުކުމެއް. ޑިކޭޑެއްގެ ހުކުމެއް ނޫން. ރާއްޖެ އަށް މިނިވަންކަން ގެންނަން ވަކާލާތުކުރާ އެމެރިކާ ނޫނީ ޔޫރޮޕްގެ ގައުމެއްގައި ނަމަ މަރުގެ އަދަބެއް ނޫނީ 2 ނުވަތަ 3 އުމުރުދުވަސް ހަމަވާ ޖަލުގެ ހުކުމެއް އަންނާނީ.
   ލުތުފީގެ ފެމިލީއެއް އޮތަސް ކޮބާތަ ޝަހީދުވިމީހުންގެ ފެމިލީތައް؟ ޝަހީދުވިމީހުންގެ އާއިލާތަކަކީ އިންސާނުންކަމަށް ކަލޭ ގަބޫލު ނުކުރަނީތަ؟
   ކަލޭ މޮޔަނުގޮވާ އަގަމަޑުން ލައިގެން ހުރޭ! (މާނައަކީ ކޮމެންޓް ނުކޮށް ހުރޭ، ބޮޑު ގަމާރުގަނޑާ)

   38
   1
 4. އިބްރާހިމް

  މިއީ ރާއްޖޭގެ ގިނަ ރައްޔިތުން ވޯޓްދީގެން ގެނެސްފައިވާ ސަރުކާރެއް. ލުތުފީ ދޫކޮއްލާނަމަ މައުމޫނު ހައްޔަރުކުރަންޖެހޭނެ. ލުތުފީ އެކަންކުރީ ގޮޅާބޯގެ ވެރިކަން ނިންމަން.

  22
  10
 5. ނަތިންގް

  ލުތުފީ އަކީ މިހާރު ބާގީ އެއް ކަމަށް މަމެން ގަބޫލު ނުކުރަމޭ މަމެން ގަބޫލު ކުރާ ގޮތުގައި ލުތުފީ ކުރި ކަން އެއީ ކުރަން ޖެހޭނެ ކަމެކޭ ސަބަބަކީ ރައީސް މައުމޫނު ރާއްޖޭގައި ވެރިކަން ކުރަން ވެގެން ރާއްޖޭގެ އެތައް ޖީލް ތަކެއް ހަލާކު ކޮށްލާ އަދި ރާއްޖޭގެ އިގްތިސާދު ވަނީ ފުނޑާލާފައޭ ލުތުފީ ދޫކޮށްލަންއޭ މަމެން ސަރުކާރަށް ވެސް ގޮވާލަނީ އަދި ރައްޔިތުންގެ މަޖްލީހުން ވެސް މިކަމާއި މެދު އޯޕަން މައިންޑަކުން ވިސްނާ ލުތުފީ ހައްޔަރުކޮށްގެން ޖަލަށް ގަޅާލުމުގެ ބަދަލުގައި އޭނާ ޖެހޭނީ ދޫކޮށްލަންއޭ އެއީ މިިނިވަނެކޭ މިހާރު އޭނާ އަކީ ފުރަމާލެ އަށް ނިސްބަތްވާ މާލޭ މީހެކޭ އޭނާ ދޫކޮށްލާށޭ މިހާރު ދޫކޮށްލާށޭ ދޫކޮށްލާށޭ ވަޓް އެބައުޓް ނައު ވަޓް އެބައުޓް ނައު ވަޓް އެބައުޓް ނައު ނައު ދެޓް ވީ އާރ ހިއަރ ދެއަރ އިޒް ނަތިންގް ޓު ފިއަރ...

  2
  44
  • އަހުމަދު

   އެތައް ދިވެހިންގެ ލޭއޮހޮރުވާލި މީހެއްގެ ދިފާއުގައި ވާހަކަ ދައްކާނީ ހަމަ ބާޣީއެއް! ކަލޭމަގޭ އަތުގަ ޖެހިއްޖެޢްޔާ މަރުވާނެ

   35
   3
 6. ޑްރީމް

  ބާޣީ ލުތުފީގެ މައްސަލަ – ސަރުކާރުން ހެދީ ގޯސް، އަދިވެސް ހަދަނީ ގޯސް ކަމަށް މަމެން ގަބޫލު ނުކުރަމޭ މަމެން ގަބޫލު ނުކުރަމޭ ލުތުފީ އަކީ އެއީ ދުވަހަކު ވެސް ބާގީ އެއް ކަމަށް ލުތުފީ ރާއްޖޭގައި އޮތް އަނިޔާވެރި ޚުދު މުޚުތާރު ވެރިކަމެއް ބަދަލު ކުރަން އޭނާ އަށް ފެންނަ ގޮތަށް މަސައްކަތް ކުރުން އެއީ އޭނާ މާލޭ މީހަކަށް ވެ ހުރެ އޭނާ ކުރަން ޖެހޭނެ ކަމެކޭ އެއީ މައްސަލަ އެއް ކަމަށް މަމެން ނުދެކެމޭ މީހުން މަރުވެސް ވާނެއޭ ބޮޑެތި ކަންކަން ގައުމު ތަކުގައި ހިނގާއިރު މަމެންވެސް މަރުވާނެއޭ ތަމެން ވެސް މަރުވާނެއޭ އެއީ އެއްވެސް މައްސަލަ އެއް ކަމަށް މަމެން ނުދެކެމޭ ލުތުފީ ޖެހޭނީ މިހާރު ދޫކޮށްލަންއޭ އެއީ ކުށްވެރި އެއް ކަމަށް މަމެން ނުދެކެމޭ އޭނާ އަށް ޖެހޭނީ މާފުކުރަންއޭ އައްޑޫ ސަގަރޭ އަށް މާފުކުރި ގޮތަށް ލަންކާ މީހުންނަށް މާފު ކުރި ގޮތަށް ހަމަ އެއް މިންގަނޑަކުން ލުތުފީ ވެސް ޖެހޭނީ ދޫކޮށްލަންއޭ ލުތުފީ އަކީ އެއީ މާލޭ މީހެކޭ އޭނާ އަކީ އޯޕަން މައިންޑްގެ އަހުލު ވެރިއެކޭ އޭނާ އަށް މަމެން ރެސްޕެކްޓް ކުރަމޭ އޭނާ ޖެހޭނީ ދޫކޮށްލަންއޭ މަމެން ދެކޭ ގޮތުގައި އިފް ޔޫ ސީ ދަ ވޮންޑަރ އޮފް ހިޒް އެކްޝަންސް ޔޫ ކޭން ޓޭކް ޔުއަރ ފިއުޗަރ ފްރޮމް އިޓް ސަމްތިންގް އިޒް ރިއަލީ ވެރީ ގުޑް އިން އިޓް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޯއް ޔޭއް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ...

  29
  • ނަފުރަތު

   މި އަތް ވާ ކުރައްވާނދޭވެ.

   1
   1
 7. މިނޫން ވާހަކައެއް ނެތީތޯ

  ހެޔޮނުވާނެ މިނޫންވާހަކަޔެއް ދައްކަބަލަ. ކޮންމެދުވަހަކު އެއްވާހަކައެއް ދައްކަން ދިވެހިން ބޭނުމެއްނުވާނެ. މަގޭ ހިތަށްއަރާ އެމްއެމް ޕީއާރުސީގެ ވާހަކަ މިހާވަރަށް މިމީހުން ނުދައްކަނީ ކީއްވެގެންބާއޭ.

  42
  • Anonymous

   މިކަން ހަމަމަގަށް އެޅެންދެން މިވާހަކަ ދައްކަންވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް، ކަލޭމެންނަށް ބޮޑުކަމަކަށް ނުވިއަސް،

   46
   1
 8. ދޫކޮށްލާށޭ

  މަމެން ސަރުކާރަށް ހަރުއަޑުން ގޮވާލަން އައްޑޫ ސަގަރޭ ދޫކޮށްލި އައްޑޫ ޑީބީ ދޫކޮށްލި ގޮތަށް ލުތުފީ ވެސް ޖެހޭނީ ދޫކޮށްލަންއޭ ދެއަރ އިޒް ނަތިންގް ޓު ފިއަރ އިން އިޓް ވަޓް އެބައުޓް ނައު ވަޓް އެބައުޓް ނައު...

  40
 9. މަސްވެރިޔާ

  ހަމަ ޔަގީނުން މިޤައުމުގަ ތިބޭނެ ރ ޔާމިނަށް ވޯޓްދެއްވި ޤައުމަށް ވަފާއްތެރި ދަރިން، އެހެންވީމާ އެމޯހުން ޤައުމު ދޫކޮށްނުލާނެ، އަދި ރ. ޔާމިން އުލުބާންދާނަމޭ ބުންޏަސް އެއީ ފަހަތަށްޖެހޭނެ ލީޑަރެއްނޫން، އަދި 2 ޕާޓީގެ ވަރުފަދަ ސިޔާސީ ޓީމަކީ ހަރުދަނާ ވަރުފަދަ ބަޔެއް... މިއަދު މިފެންނަނީ މިނިވަން ނޫސްވެރިކަމުގެ ގޮންޖެހުމާއެކު ވަގުތުގެ ހިތްވަރުގަދަ ޒުވާން ޓީމް ދިވެހި ޤައުމިއްޔަތަށްޓަކާ ތެދުވެ މުހިންމު މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދޭތަން... ފައިސާގެ އަވާގައި ޖެހި ޤައުމަށް ޤައްދާރުވާ އެމްޕީންނާއި ސިޔާސީ ލީޑަރުން އެކަމުގެ އަގު ޤައުމަށް ދައްކަންޖެހޭނެ....

  34
  2
 10. ކަނބާ

  އެމްޑީޕީން ކިތަންމެ މަސައްކަތެއް ކުރިޔަސް 3ނޮވެމްބަރުގެ ޙަޤީޤަތް އޮޅުވާލައި، ބަދަލެއް ނުކުރެވޭނެއެވެ. އަހަރެމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބަކަށްވާތީ މިގެންދަނީ އެންމެ ކުޑަކުދީންނަށްވެސް މިކަމުގެ ޙަޤީޤަތް ހާމަކޮށްދީ އޮޅުން ފިލުވައިދެމުންނެވެ. އަހަރެމެންގެ ދަރިންނާއި، ދަރިންގެ ދަރިންނާއި އެކުގައެވެ. މިއަދުގެ ޅަކުދިން މާދަމާ އެކުދީންގެ ދަރިންނާއި، ދަރިންނަށް ޙަޤީޤަތް ހާމަކޮށްދޭނެއެވެ.

  36
  1
 11. ވަރަ

  މި ސަރުކާރަށް ރަގަޅު އެއްޗެއް އެބަހެދޭބާ އަމިއްލަ އެދުން ބޮޑު ސަރުކާރު

  34
  1
 12. ދޫކޮށްލާށޭ

  ލުތުފީ އަކީ އެއީ ބާގީއެއް ކަމަށް އެއްގޮތަކަށް ވެސް މިހާރު މަމެން ގަބޫލު ނުކުރަމޭ ނުކުރަމޭ ލުތުފީ އެވަނީ އޭނާ އަށް ކުރި ހުކުމް ތަންފީޒު ކޮށްފައޭ އޭނާ ނުމަރާ ޖަލަށް ހުކުމް ކުރުމުން އެކަން އޭނާ ވަނީ ފުރިހަމަ ކޮށްފައޭ އޭނާ ދޫކޮށްލާށޭ ހަމަ މިހާރުން މިހާރަށް ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ...

  1
  30
 13. ނިމިނިމުން

  ލުތުފީ ކުރިކަންތަށް ނިމި ހިނގައްޖެ. އަބަދުމެ ޝަހީދުވި ބަތަލުންގެ ޒިކުރާއާކުރާނެ. ހާލަތާއި ވަގުތު ބަދަލުވެއްޖެ. މިއަދު ދެން އޭގައި ހިފާ ދެމުމުގެ ބޭނުމެއްނެތް. އިތުރަށް އުފެދޭނީ ފިތުނަ. މިއަދު ލުތުފީއަކީ މުސްކުޅި ހާލުގައި ހުރި ބަލިމީހެއް. ދަރުމަ ހުރީ މަޢާފު ކުރާމީނުންނަށް. ކިތަންމެ ބޮޑު ކުށެއް ކުރިޔަސް ، ތަޢުބާ އަކީ ލައްވަވާފައިވާ އެއްޗެއް . ގިނަގިނައިން މަޢާފު ކުރާމީހާ ﷲ ސުވަރުގެވައްދަވާނެ. ލުތުފީއަށް މަޢާފު ކޮއްދިނުމަކީ ސަރުކާރާއި، ގައުމުގެ ހާލަތަށް ބަލާފައި އެންމެ ރަނގަޅުގޮތް ކަމުގައި ދެކެން. އަޅުގަނޑުގެ ބޮޑުބޭބެ ވަނީ ލުތުފީގެ އައުވާނުންގެ އަތްދަށުގަ ޝަހީދުވެގޮސްފަ. އެދުވަސް ހަނދާންވެ ދެރަވެ ހިތާމަކުރަން. ޢެކަމު ނަފްރަތާއި ރުޅިވެރިކަން ހިތުގައި އަޅައިގެން އުޅުމަކުން، ޝަހީދުވެފައިވާ ބޮޑުބޭބެ އަނބުރާ ދުނިޔެ ގެނެވޭހެއްޔެވެ؟ އިންސާފު ގާއިމް ވާނީ މަހުޝަރުދުވަހުން.

  6
  12
 14. ދޫކުރާށޭ

  ލުތުފީ އަމިއްލަ އަށް ބަޑި ޖަހާ މަރާލި އެކަކު ވެސް ނުހުންނާނެއޭ ލުތުފީ ޖެހޭނީ ދޫކޮށްލަންއޭ ޕްރޮގްރެސް ލިލީ ގައި މަރުވި މީހުން މަރުވީ އެއިރު ރައީސް އަކަށް ހުރި މީހާ އޯޑަރު ކޮށްގެން އިންޑިއާގެ ސިފައިން ބަޑި ޖަހާ މަރާލި މީހުންނޭ މީއޭ ހަގީގަތަކީ ހަގީގަތް އަންފޯލްޑް ވުމުން މާ ރީއްޗެއް ނުވާނެއޭ ސަގަރޭ އާއި ޑީބީ އައްޑޫ ގޫބައްޑާ މެން ދޫކޮށްފިނަމަ ލުުތުފީ ވެސް ޖެހޭނީ ދޫކޮށްލަންއޭ ކޯއްޗެއް ހަދާނަމޭ ހިތާތޭ ތިޔާ އުޅެނީ ދޫކުރާށޭ ދޫކުރާށޭ ދޫކުރޭ ހަމަ މިހާރު އިނގޭތޭ...

  16
 15. ދޫކުރާށޭ

  ރައީސް އިބޫ ދަންނަން ޖެހޭނެއޭ އަދި މީޑިއާ އިން ޖެލަސީ އެން އެންގަރ ދަ ރާއްޖެތެރެއަނޭ ދަ ވަންސެންސް މިސިނޭ ދަ ގަމާރާ ދަބީތާ އާ މެން ކުރިއަށް ނެރުނު ނަމަވެސް ހާޖަރާގެ ލުތުފީ އަކީ މިއަދު ބާގީ އެއް ނޫނޭ އޭނާ ދޫކޮށްލާށޭ ހަމަ މިހާރުން މިހާރަށް އޭނާގެ ކުދިން ގާތަށް އޭނާ ފޮނުވާ ހަމަ މިހާރު ނުޖެހޭނެއޭ ރެޑް ނޯޓިސް ނެރެގެން ލުތުފީ ހޯދަން ލުތުފީ ދޫކޮށްލާށޭ ދޫކޮށްލާށޭ ކޮބާތޭ ކެނެރީގެ ނަޝީދު މަޖްލީހުން ގާނޫނެއް ފާސް ކޮށްގެން ނަމަވެސް އެބަޖެހޭ ލުތުފީ ދޫކޮށްލަން ލުތުފީ ކުރީ އެއީ ނުބައި ކަމެއް ކަމަށް މަމެން އެއްގޮތަކަށް ވެސް ނުދެކެމޭ އިނގޭތޭ ނުދެކެމޭ ނުދެކެމޭ...

  13
 16. މަބޭ

  އެމްއެމްޕީއާރުސީ ފައިސާގަޖެހުނު އެމްޑީޕީ މެންބަރުނހެން ލުތުފީވެސް ހުދުފޮތިކޮޅަކައްވެނިމުނީ

  18
 17. އަލިފް

  ވޯޓު އޮޅުވައި ލައިގެން އައި ބާޣީ ތަކެއް...

  18
 18. މަހުން ދާ

  ލުތުފީ ކިހިނެއް ދޫކުރެވޭނީ . އިބޫ ސޯލިހު ގެ ބަފާކަލޭގެ އިނވޮލްވުން، އެބައޮތް ، އަނެއްކޮޅުން އަންނިގެ ބޭބެ ގޮވައިގެން
  އުޅެނީ އުޅެނީ ލުތުފީގެ ދަރިއެއް................. މިގައުމު ދަނީ ގޯހުން ގޯހައް...........................

  18
  • އޭނާރކީ

   އަދި "ވަގުތު"އިން ހެދީ ހަމަ ދޮގު.އަދިވެސް ހަދަނީ ހަމަ ދޮގު.

   1
   1
 19. އ. ޖ. އ

  އަޙްމަދު ނަވާޒަކީ ގާޒީ އެއްތަ

 20. ޚާންޒީ

  ބާޢީ ލުތުފީއަކީ ކުށެއްނެތް 19 ދިވެހިންމަރާފަހުރި މީހެއް ކުށެއްނެތް އެންމެއިންސާނަކު މރުންވެސް މުޅިއިންސާނީ ނަވްޢު ނައްތާލުންފަދަ މީއަޅުގަނޑު ބުނާވާހަކައެއްނޫން މީﷲތަޢާލާގެވަޙީ ބަސްފުޅު އެހެންވީމާ ބާޢީި ލުތުފީއައް ޙައްޤުވަނީ މަރު

 21. ޓޯލޭ

  އޭއި މިހިރަ ޓޯލް ހިންނަވަރޭ ތަމެން ލުއްޑާ ދޫނުކޮށްގެން އުޅެނީ ކޯއްޗެއް ހަނދާން ވެގެންތޭ މަމެން ގާތަށް ނެއްޓީއޭ މި އިނގޭތޭ ހަމަ މިހާރުން މިހާރަށް ލުއްޑާ ދޫކުރާށޭ އިނގޭތޭ ކޮން ބައްލަވާ އެއްތޭ އެއްވެސް ބައްލަވާ އެއް ނޯންނާނެ އިނގޭތޭ ދޫކުރަންވީ އޭ އިނގޭތޭ ބައްލަވާ ތަމެން އޮޅާލަބަލަ ބައްލަވާ އޭ އަދި މަމެން ގާތު އެބަކިޔައޭ އެއްވެސް ބައްލަވާ އެއް ނޯންނާނެ އިނގޭތޭ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ގުޑް ބޯއި...

 22. ވެންއިޓް

  ވެން އިޓް ކަމްސް ޓު ލުތުފީ އޭނާ ބާގީ އަކަށް ވާން ވެއްޖެނަމަ ގޮޅާބޯ މެން ފެބް އެކެއްގައި ގެނައި ބަގާވާތުގެ ސަބަބުން ގޮޅާބޯ ވެސް ވާނެއޭ ބާގީ އަކަށް ލުތުފީ އެއީ ބާގީ އެއް ނޫނޭ އެއީ ހީރޯ އެކޭ ލުތުފީ އެ ހަރަކާތް ނުގެނައި ނަމަ ގޮޅާބޯ މިގައުމު ބަދަލު ކުރާނެއޭ ދެވަނަ ސީރިއާ އަށް ހަމަ މިހާރުން މިހާރަށް ދޫކުރަންވީއޭ ލުތުފީ ރައީސް އިބޫ ތަމެން ކޯއްޗެއް ހަދާނަމޭ ހިތާތޭ ލުތުފީ އެމްބަސީގައި ބިޑި އަޅުވައިގެން ގެން ގުޅެނީ ލުތުފީ ދޫކޮށްލާ މިނިވަން ކުރަންވީއޭ އިނގޭތޭ ވެން އިޓް ކަމްސް ޓު ލުތުފީ ހީ އިޒް ދަވަން އައި ވޯންޓް ޔޫ ޓު ނޯ އިޓް ވެން އިޓް ކަމްސް ޓު ލުތުފީ ހީ އިޒް އަ ބިއުޓިފުލް މައިންޑް ވެން އިޓް ކަމްސް ޓު ހިމް ޑޯންޓް ބީ ބްލައިންޑް ވޮންޓް ޔޫ ފީލް އިޓް ފްރޮމް މައި ހާރޓް ވެން އިޓް ކަމްސް ޓު ހިމް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް ވެން އިޓް ކަމްސް ޓު ހިމް...

 23. ނޮޓްއެލޯން

  ހާޖަރާގެ ލުތުފީ އަކީ އެއީ ބާޢީ އެއް ނޫނޭ އެއީ ހީރޯ އެއް ކަަމަށޭ މަމެން މިދެކެނީ އެއީ ގޮޅާބޯ ގެ އަނިޔާވެރި ވެރިކަން ސައިޒުން ކަނޑާ ތިރިއަރުވާލަން އައި މީހެކޭ އެއީ ހީރޯ އެކޭ މާލޭ ހެންވޭރުން އުފެދުނު ލުތުފީ ޖެހޭނީ ދޫކޮށްލަންއޭ ހަމަ މިހާރުން މިހާރަށް ތިޔާ 19 ދިވެހިން ޝަހީދު ވީ އިންޑިއާ ސިފައިން އަތުން ކަމަށޭ މަމެން މިދެކެނީ މިކަން ޖެހޭނީ އަލުން އިންވެސްޓިގޭޓް ކުރަންއޭ ލުތުފީ ދޫކޮށްލާށޭ ހަމަ މިހާރުން މިހާރަށް ލުތުފީ އިޒް އަ ހީރޯ ސަމްތިންގް ވިޝްޕަރ އިން މައި އިއަރ އެން ސޭ ޔޫއާރ ނޮޓް އެލޯން އައި އޭމް ހިއަރ ވިދް ޔޫ ދޯ ޔޫއާރފާރ އަޕާރޓް އައި އޭމް އޯލްވޭޒް އިން ޔުއަރ ހާރޓް ޔޫއާރ ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން...

 24. ޓުކުރި

  ބަލަކަލޭއެބަބުނޭ ވަރަށްބޮޑުތާއީދުއޮވެގެންނޭ ހޮވުނީ'ބަލަ އޮޅުވާލިވޯޓު ވަގުވޯޓު ކޮބާ؟