ފުލުހުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ޖިސްމާނީ އަނިޔާއެއް ކުރިމަތިނުވާ ނުވަތަ އެންމެ ކުޑަމިނުން އަނބަހުން ބޭއަދަބީ ބަހެއް ފުލުހުންގެ ފަރާތުން އަމާޒުނުވާ އެއްވެސް މީހަކު ތުހުމަތެއްގައި ފުލުހުންގެ އިދާރާއަކަށް ހާޒިރު ކުރެވިފައި ވުން އެއީނާދިރު ކަމެކެވެ. ބައެއް މައްސަލަތަކުގައި ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރެވޭ މީހުންނަށް ނުވަތަ މަގުމަތިންނާއި އެނޫންތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުންގެ ގައިގަ ޖެހުން އެއީ ފުލުހުން އާއްމުކޮށް ކުރާ ކަމެކެވެ. ނަމަވެސް މިފަދަ ގިނަ ކަންތައްތައް ކުރާއިރު ހުންނަނީ އާއްމުންގެ އެންމެ މީހަކަށް ވެފައި އޭނާގެ ވަށައިގެން ދެން ތިބެނީ މުޅިން ވެސް ފުލުހުން ކަމަށް ވުމުން ގިނަ މައްސަލަތައް ސާބިތެއް ނުކުރެވެއެވެ.

އިއްޔެ ރޭ ފުލުހުންގެ ގްރޫޕަކުން މީހަކަށް ހަމަލާ ދިން ވީޑިއޯއެއް އާއްމު ވުމުން އެމައްސަލައަށް ހާއްސަ ސަމާލުކަމެއް ދީފައި ވާއިރު މިއީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިނގި މިފަދަ ތިން ވަނަ ހާދިސާއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންދަން އުޅުމުގެ ތެރޭގައި އެކުއްޖާ އަށް އަނިޔާވި މައްސަލައެއް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެންމަތިވިއެވެ. ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރި މީހެއްގެ އަތުގައި ބިޑި އަޅުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތް ބިނދިފައި ވެއެވެ. މިދެމައްސަލައި ވެސް "ކުއްވެރިވެފައި އޮތީ" ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުންނެވެ. އެއީ އެމަންޒަރު ވީޑިއޯ ކުރެވިފައި ނެތުމުން ކަމަށް ވެދާނެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުން މާލޭގެ ގެއަކަށް ވަދެ އެގެ ސުންނާފަތި ކޮށްލާފައިވެއެވެ. ފުލުހުންގެ ތަޙްޤީޤަކަށް ގެއަކަށް ވަނުމަށް ދޮރު ހަލާކު ކޮށްލުމުގެ ޤާނޫނީ ބާރު އޮތް ނަަމަވެސް ގޭތެރޭގައި ހުންނަ އެހެން އެއްޗަކަށް ގެއްލުމެއް ދިނުމުގެ ބާރެއް ނޯވެއެވެ.

ފުލުހުން މާލޭގެ ގެއަކަށް ވަދެ، ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން ވެސް ފުލުހުން އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ވެފައެއް ނުވެއެވެ. ތަކެއްޗަށް ގެއްލުން ދިން ފުލުހުންނާއި މެދު އެއްވެސް ފިޔަވަޅެއް އެޅިކަމަކަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

އިއްޔެ ރޭ ފުލުހުންގެ ބަޔަކު މީހަކަށް ވަރަށް ބޮޑަށް އަނިޔާ ކުރި ވީޑިއޯއެއް އާއްމުވުމުން ވަރަށް އަވަހަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މީހަކަށް އަނިޔާ ކުރި ފުލުސް އޮފިސަރުން ސަސްޕެންޑް ކުރައްވާނެ ކަމަށާއި މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. ދެން ކޮމިޝަނަރު ވިދާޅުވީ މީހުންނަށް އަނިޔާ ކުރުމަކީ ފުލުހުންގެ ތެރޭގައި އޮތް އާދަކާދައެއް ކަމަށެވެ.

މުހައްމަދު ހަމީދު ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވިތާ ހައެއްކަ މަސް ވެފައި ވާއިރު މީހުންނަށް ފުލުހުންގެ ފަރާތުން ލިބޭ އަނިޔާތައް ހުއްޓުވަން އެއްވެސް ކަމެއް ކުރެވިއްޖެއްތޯއެވެ. އަނިޔާ ކުރުމުގެ ސަގާފަތް ބަދަލު ކުރުމުގައި ފުލުހުންގެ ތަމްރީންތަކަށް އެއްވެސް ބަދަލެއް ގެނެވިއްޖެތޯއެވެ. ފުލުހުންގެ ޤަވައިދުތަކަށް ބަދަލެއް ގެނެސް، އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި އެއްވެސް ކަމެއް ކުރެވިއްޖެތޯއެވެ.

ނޫނެކެވެ. ނުކުރެވެއެވެ. ފުލުހުންގެ އުސޫލުތައް ހިނގަމުން ދަނީ އަދިވެސް ކުރިއެކޭ އެއްގޮތަކަށެވެ. އަނިޔާ ލިބޭ މީހުންނަށް އަނިޔާ ކުރުމުން އެކަން ސާބިތުކުރުމަށް ހުރި ޤަވައިދުތައް އަދިވެސް ހުރީ ކުރިން ވެސް ހުރި ގޮތަށެވެ. އެއްވެސް ޤަވައިދަކަށް ބަދަލެއް ގެނެސް، ފުލުހުން މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީ ކުރެވޭނެ އުސޫލެއް ހައެއްކަ މަސް ވެގެން ދިޔައިރު ވެސް ގާއިމެއް ނުކުރެވުނެވެ. އެހެންކަމުން ފުލުހުން ކުރާ އަނިޔާތައް ހުއްޓުވަން މިހާރުގެ ސަރުކާރާއި، ޕޮލިސް ކޮމިޝަނަރާއި، ފުލުހުންގެ ވެރިން ފެއިލް ވެއްޖެއެވެ.

ފުލުހުން އިއްޔެ ރޭ މީހަކަށް އެއްވެސް ރަހުމެއް ނެތި އަނިޔާ ކުރި މަންޒަރު ފެންނަން ހުރިއިރު އަދިވެސް މައްސަލަ ތަޙްޤީޤު ކުރުމުގެ ނަމުގައި އެ ފުލުހުންނަށް އެވަނީ ހާއްސަ ހިމާޔަތެއް ދީފައެވެ. ނަމަވެސް ފުލުހުން އިއްޔެ ރޭ މީހަކަށް އަނިޔާ ކުރި ކުރުމަކީ ޤާނޫނުލް އުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އެފަދަ އަމަލެއް އާއްމުންގެ މީހަކު ކުރި ނަމަ ވަގުތުން އޭނާ ހައްޔަރު ކުރާނެއެވެ. ނަމަވެސް އެކަން ކުރީ ފުލުހުން ކަމަށް ވުމުން ތަޙްޤީޤު ކުރާނެ ކަމަށް ވިދާޅުވުމާއި އެކު މައްސަލަ މިއޮތީ ނިމިފައެވެ.

ފުލުހުން މީހުންނަށް އަނިޔާ ކުރުމަކީ އާއްމު ކަމެއް ކަމަށާއި، އެއީ ސަގާފީ ކަމެއް ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވުމަކުން އަދި މައްސަލައެއް ނުނިމޭނެއެވެ. ހަފްތާއެއްގެ ތެރޭގައި ފުލުހުންގެ އަނިޔާވި ތިން އަމަލެއް މީޑިއާ އިން ރިޕޯޓް ކުރާ ހިސާބައް ދިޔައިރު މިފަދަ މައްސަލަތައް އިތުރުވަމުންދަނީ ކީއްވެތޯ ފުލުހުން ވިދާޅުވެ ދެއްވަން އެބަޖެހެއެވެ. ފުލުހުންގެ އަނިޔާވެރި އަމަލުތައް އިތުރުވަމުން ދާއިރު އެކަން ހުއްޓުވަން ކުރެވުނު ކަމެއް ސާފުކޮށްދެއްވަން އެބަޖެހެއެވެ.

ފުލުހުންގެ ކިބައިން ގޭންގެއްގެ ސިފަތައް ފެނުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ގޭންގެއްގެ ސިފަ ފުލުހުންގެ ކިބައިން ނައްތާލުމުގައި ފުލުހުންގެ ވެރިން ފެއިލް ވުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކޮންމެ ކަމެއް ކުރީގެ ވެރިންގެ ބޮލަށް ކަނޑާލުމަކީ ތިމާގެ ނާގާބިލްކަމާއި، ތިމާގެ ނުކުޅެންތެރިކަން ހާމަވާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. މިތުރު

    ވިސްނުމަކީ ފުލުހުންނަށް ރައްޔިތުން ކުރަމުން އަންނަ އިޙްތިރާމް ނަފުރަތައް ބަދަލުކުރުން ދެން ހިލާ އެހެނަކުން ނުވާނެ މިހާރު މަޑުމަޑުން އަންނަނީ އިޙްތިރާމް ލިބެމުން ދެން އެހަރާބުކުރަން ނޫޅޭ

    28
    69
    • ލައިލާ

      ފުލުހުންނަށް ރައްޔިތުން ކުރާ ގަދަރު ގެއްލުވާލަން އުޅެނީ އެމްޑީޕީން. ވަރަށް ދެރަކަމެއް. ކުއްވެރިން ހިފަން ޖެހޭނެ

      4
      3
  2. ބުއްޅަބޭ

    ފުލުހުންވެސް “ގޭންގް” ސްޓައިލަށް އުޅެން ޖެހޭނެ، ހަގީގަތަކީ “ސީކްރެޓް ސަރވިސް” އަކީ ގޭންގް ސްޓައިލަށް އުޅެގެންނޫނީ ބައެއްކަހަލަ އިޝޫތަކަށް އެޓެންޑްނުކުރެވޭނެ ބައެއް! ގާނޫނާއި ގަވައިދުތަކަކީ ހުރިހާކަމަކަށް އޮތް ދާއިމީ ހައްލެއްނޫން! ގާނޫނާއި ގަވައިދުގެ ސަބަބުން ގިނަކަންތައްތައް އެއްމެ ފުރިހަމަ ގޮތުގައި އެއްމެ ގައުމަށް ފައިދާ ބޮޑުގޮތަށް ނިމިފަކާވެސް ނުހުރޭ!

    70
    23
  3. މޮހަނު

    ފުލުހުންނަށް ލިބިދޭ ބާރު ދީފަ ހުރި ކޮމިޝަންތަށް ނެރެންވީނުން މިކަންކަން ހައްލުކުރަން، ކޮންމެ ސަރުކާރެއް އޮތަށް ޤާނޫނުން ބޭރުން ކަންކަން ކުރާބަޔަކު ތިބޭދާނެ އަދި ތިބޭނެވެސްމެ، ނަމަވެސް އެއީ މަދިރި ހަފާކަމަށް ބުނާ ބީދައިން މުޚާތަބު ކުރެވެން ވާނެކަމެއް ކަމުގައި ނުދެކެން، ފުލުހުން ގެ ތެރޭގަވެސް ޤައުމުދެކެ ލޯބިވާ އަދި ރައްޔިތުންނަށް އަޅާލާ ފުލުހުން މަދެއް ނޫން

    60
    9
  4. އައްޓަމަސް

    ފުލުހުން އުޖާލާގޭގައި ހެދީހަމަ ބަރާބަރަށް، ބަންގާޅިންޖެހޭތަ ރެއިޑުގަ ވަންނަފުލުހުންނަށް ހަމަލާދޭން؟! އެންމެން ބަންގާޅީންގެދިފާއުގައި މިނުކުތީ!

    60
    19
  5. ޟަޜަ

    ތިބޭނުމުގަ ކުށުގެރެކޯޑް ސާފުނުކޮއް ވަޒީފާދިނީ. ރައްޔިތުން ހޭއަރާނީ ކޮން އިރަކުބާ.

    48
    12
  6. މަނަދޫ ސޭކުބޭ

    ދިވެހި ފުލުހުންނަށް އައްސަރިބަހާއި ސާބަސް..މިރާއްޖޭގައި ކްރިމިނަލް ގިނަވެގެން މިއުޅެނީ ކުއްވެރިންނަށް ބުއްފުޅި ޖައްސައިގެން ކުއްވެރިންގެ ހިމާޔަތުގައި ބައެއްމީހުން ސިޔާސީ މަންފާ ހޯދުމައް މަސައްކަތް ކުރާތީ،،ފުލުހުންނަށް ލިބިދޭ އެންމެ މަތީބާރު ބޭނުންކޮއްގެން ނޫނީ ކުށް ކުރުން ނުހުއްތުވޭނެ..ދުނިޔޭގެ ކުރިއަރާފައިވާ، އިންޑިޔާ،ޗައިނާ،އެމެރިކާ،މިސްރު، ސައުދީ ނަމޫނާއަކައްބަލާ،،ކުށްކުރުން ހުއްޓުވޭނީ ޒީރޯ، ޓޮލެރެންސް، މިރާއްޖޭން ކުށްމަދު ކުރުމައް ދިވެހި ފުލުހުން ތިކުރާ މަސައްކަތައް ހަމަ ސާބަސް.

    64
    15
    • މަނަދޫ ސޭކުބޭ ބަފާ

      ހާދަ ކުށްމަދު ގައުމު ތަކެށްގެ ވާހަކަ ތި ބުނީ؟ .. މޮޔަ ވެދާނެ.. ހިހިހިހި

  7. އަންތަރީސް

    ކޮންމެކަމެއް މިހާރުގެ ސަރުކާރަށް ކަނޑާލުން ދެން އޯކޭ ދޯ؟ ކުރީ ސަރުކާރުން ތިއަށްވުރެ ގަދަޔަަށް ރޯމާ ދުވާލު އަނިޔާ ކުރި؟ ފެއިލްވިކަން ތިހެން ނިންމާލެވޭކަށް ނެތް.

    14
    54
  8. އިހުސާނާ

    މީ ހީވަނީ އެއްކަލަ ކުރީފަހަރު އަންނި އަށް ވެރިކަން ލިބުނު އިރު ކަންކަން ރޭވި ގޮތަށް ސަރުކާރާ އިދިކޮޅު މީހުން ގަންނަ ގަނޑެއްހެން! މި ކަހަލަ ކޮންމެ ކަމެއްގެ އެޑްވާންޓޭޖް ނަގަން އެވެރިން އެތިބީ ކެތް މަދުވެފަ! މި މަޅީގައި ސަރުކާރުގެ މުވައްސަސާ ނުޖެހުމަކީ ވަރަށް ބޮޑު އެދުމެއް!

    12
    47
  9. ތހގ

    ބަންގާޅި ގޮލާ ފުލުހުންގައިގަ ލެޑިވާހަކަޔެއް އެކަކުވެސް ނުދައްކާ މިތަނުގަ ގަވާއިދާހިލާފަށް އުޅެ ޑުރަގުވިއްކާ ބޭނުންހާގޮތަކަށް ނޫޅެވޭނެ އަމިއްލަ ގައުމުގަ އުޅޭނީ އެވައްތަރަށް ފުލުހުން ހެދީ ހަމަރަގަޅަށް

    57
    21
  10. ޔާމިން

    ފުލުހުންގެމައްސަލައެއްނެއް ވެރިމީހާގޯސްވުމުންވާނެހަކަންތައްވަމުންމިދަނީ

    43
    8
  11. ކަނބުލޮ

    ބަލަ ކުރިން ސަރުކާރުންވެސް ކަންކުރި ގޮތޭ ކިޔަަފަ އަނގަ ނުހުޅުވާތި! ތީ ކަން ކަން ރަނގަޅުކުރަން ތަބަކުން ސަރުކާރާ ހަވާލުވި ބައެއްކަން ނޭނގެނީތަ!

    46
    8
  12. އަފީ

    ފުލުހުންނަކީމިހާރުއެއްވެސްއަގެއްހުރިބައެއްނޫ؟
    މިހާރުރާއްޒޭގަނުހުންނާނެއަނިޔާނުލިބޭޒުވާނެއް؟
    ފުލުހުންގެއިސްވެރިންނާހޯމުމިނިސްޓަރާޑިފެން
    ސުމިނިސްޓަރާމުޅިސަރުކާރުއިސްތިއިއުފާދީ؟

    25
    15
  13. މުހައްމަދު

    ތި ވީޑިއޯ ކުރީ އަހަރެންގެ ފެމިލީ ބަޔެއްގެ ގެއިން. ފަހުން ފުލުހުން އެގެޔައް އައިސް އެގޭ މީހުންގެ ފޯނުތަތް ޗެކް ކުރި އަދި ވީޑިއޯ ކުރި މީހާއައް އިންޒާރުދިން. މީ ރައްޔިތުން ހިމާޔަތް ކުރަން ތިބި ފުލުހުންގެ ހާލަތު.

    37
    20
    • އެސޮރުގެ ބައްޕް

      ތިގެޔަކަށްވަދެ އެގޭގައި ނިދާ އަންހެނުންތަށް ރޭޕްކޮށެއްނޫންތަ ފުލުހުން ހެދީ. ކަލޭމެން ސިޔާސީ ބޭނުމުގަ އަމިއްލަ މަންމަ ވެސް ރޭޕްކޮށްފާނަންދޯ. ހަކުރުވިއްކާ ބަންގާޅިން މަރަންވީ

      21
      4
      • އެސޮރު އަމާ

        އަދި މި މީހުން ރޯނެ ރާއްޖޭގައި މަސްތުވާތަކެތި އިންތިހާއަށް އާނމުވެ އަމިއްލަ ދަރިން ބޯން ފެށީމަ. ބައިތިއްބާ ވީޑިއޯ ކުރި މީހުން ވެސް އަދި ރޯނެ ދުވަސް އަންނާނެ

        9
        3
        • އެމްސީ

          އާއްމު ނޫންތަ!

  14. za

    ދިވެހި ހުރިހާ ފުލުހުން ހައްޔަރުކޮށް ވަގުތުގަ އުޅޭ މީހުން ޤައުމު ހިމާޔަތްކުރަން ނިކުތުމަށް ފެނޭ....

    28
    17
  15. ރާކަނި

    ކުއްވެރިން ބުއްފުޅިޖައްސާފަ ބަހައްޓާ އޭރުން ކުއްކުރުންމަދު ވާނެ ފުރަތަމަ އިސްލާމީ ޝަރީޢަތް ގާއިމް ކޮއްބަލަ ނަމުން އިސްލާމީ ގައުމެއް ކުއްވެރިންނައް ފަސޭހައިން ސަލާމައްވާ ގޮތައް ގާނޫނު ހަދާފައޮންނަނީ ސަރުކާރުގެ ބޮޑުންވެސް ހަކުރު ވިއްކަނީ ދެން ކިހިނެއް ގައުމު ރަގަޅު ވާނީ

    16
  16. އައިސް

    ވަގުުތު ވަރެއް ނެތް ...ތި ކުދިންނަށް ސާބަސް...

    20
    8
  17. އަޒްލީނާ

    ވަގުތު ގެ މުއައްޒަފުން ގައުމާ ހަވާލުވާންފެނޭ އޭރުން ގައުމު ގައި ނޫޅޭނެ ކުއްވެރިން ހަހަަހަ???

    11
    14
  18. އަހުމަދު

    މިރާއްޖެއަށް ރަންގަޅު އެއްވެސް ސަރުކާރެއް ނާދޭ އަދި...

    13
    2
  19. އަލީ

    އަލީހަމީދު ބުނާހެން ތިމަންނަޔާ ހާދަވައްތަރޭ މިހާރު މިއުޅޭ ކުދިން ހާދަމޮޅޭ ވީޑިއޯ ހަދަން ތީ ފުލުހުންނާ ހާދަވައްތަރޭ???

  20. ލިޔާމީހާ

    1983 ވަނައަހަރުގެ މާރޗް މަހުގެ ތެރޭގައި ދޫނިދޫ ޖަލުގެ ކުޑަ ގޮޅިއެއްގައި އޮތް ޒުވާނަކު ގޮޅިން ނެރެ އަނިޔާކުރިއެވެ. އަދި 1986 ގައި ގާމާދޫ ޖަލުގައި ހުރި މީހަކު ގޮޅިން ނެރެ، އަނިޔާކުރިއެވެ. ދޫނިދޫ ޖަލުގައި ހިނގި ޙާދިސާއަކީ، ގޮޅީގައި އޮވެގެން ހަޅޭއްލެވުމުން ހިނގި ޙާދިސާއެކެވެ. ގާމާދޫ ޖަލުގައި ހިނގި ޙާދިސާއަކީ، ނަމާދުން އަންނަމުން ގޮޅިއަށް ބޮނބި ކާއްޓެއް ވެއްދުމުން ހިނގި ޙާދިސާއެކެވެ.

  21. މިލްކް ކްރެބް

    މިހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ފަރާތަކޫ ހުދު ސީޕީ، އޭނަ ޓްވިޓާރއިން ސީޕީ ކަން ކުރަން އެކުވެރި އެކްޓިވިސްޓުން ހިތްހަމަޖައްސުވަން އުޅޭ ވައްތަރު. 8 އަހަރު ސިޔާސީ އެކްޓިވިސްޓަކަށް ހުރެ ފުލުުހުންގެ ވަކި ވަކި ފޮޓޯ ޓްވީޓް ކޮށް މުއައްސަސާ ބަދުނާމު ކުރުމައްފަހު މިއަދު ވަކި ކޮން ލޯތްބެއް މި ހާއިނުގެ އޮންނާނީ މުއައްސަސާއަށާއި ކުދިންނައް؟ ނިކަން އަޅެ ކެރެންޏާ ފިޔަވަޅެއް އަޅާބަލަ އޮރިޔާން ކޮއްލާނަން.

    15
    1
  22. ސޯން ޕޯލް

    ލުތުފީ މހާރު ހުދު ކާފޫރަށް ވެގެން ސުރުހީ ތަކުން ގެއްލިއްޖެ

    13
    2
  23. އަހުމަދު

    ބަލަ ފުލުހުންތިބެންވީދޯ ޑްރަގުބޯންތިބޭއިރުވެސް ތިހެންނަހަދާށޭ ތިކަންހުއްޓާށޭކިޔަކިޔަ! މަރާމާރީ ހިންގާއިރުވެސް ޢައްމުންވީޑިއޯކުރަންތިބޭގޮތައް ތިބެންވީދޯ އޭރުން އަނެއްކާ ކިޔާނީ ފުލުހުންތިބިއްޔޭ އަޅާވެސްނުލާ ހެޔޮއެއްގޮތްނޯންނާނެ! ފުލުހުންނަކީ ޤައުމު ހަމަމަގަށް ގެންނަން ބުރަމަސައްކަތްކުރާބައެއް އެކަންކުރެވޭނީ ބާރާއެކުގައި ފުލުހުންނަށްހަމަ ސާބަސް ކިޔާއެއްޗެއް ކިޔާބަޔަކުކިޔަސް ތަޅާންޖެހޭޙާލަތުގައި ތަޅާފަވެސް ޤައުމުހަމަމަގަށް ގެނައުމަށް ގޮވާލަން ! ޒުވާނުންނަށްވެސް އަނިޔާވަނީ އަނިޔާލިބޭގޮތައް އުޅޭތީ ގޭންގުތަކުން ކުށެއްނެތް އެތައްބަޔަކުމަރައިފި އަދިވެސް ބުއްފުޅި ޖައްސަންވި ނުވާނެތިކަމެއް !

    10
    1
  24. ފިލާވަޅު

    ފުލުހުން ބޭނުންކޮށްފައަވަނީ ނެސަސަރީ ފޯސްއެއް ނޫން އަދި އެމީހުންގެ ޕްރޮފެޝަނަލިޒަމް އެއޮތީ ފެއިލްވެފަ، ވަޒީފާ ދިން އިރު ރަންގަޅައް ނުބަލައި ރެކްރީޓް ކުރުން ، ނުރަގަޅު ތަމްރީން، ނުވަތަ ސައިކޮލަޖިިކަލް މައަސަލައެއް ތިޔަހުރީ. ތިޔަބައިމީހުން އަތުން މީހަކު މަރުވެއްޖެ ނަމަ ހުސެން ސަލާހު އައް ވީގޮތް އަދިވެސް ވާނީ. ނޫނީ ޖަލުގައި ހިނގި ކޭސް އިވާން ނަސީމްގެ ކޭސް އިބްރަތް ހާސިލް ކުރަން ޖެހޭ.. ކުއްވެރިން ގިނަވަނީ ގަވަނަންސް ގަ މައްސަލަ ހުރެގެން އިކޮނޮމިކް މައްސަލަތައް މީ ވަރައް ގިނަފެކްޓަރސް ހުރޭ ފުލުހުން ނަކީ އެންފޯސިގް އަދި ޕްރިވެންޓިވް މެޝާސް އަޅަން ތިބޭބައެއް ރައްޔިތުންގެ ފައިސާއިން ޙަރަދުކޮށްގެން ތަމްރީންދީގެން ވަކިގޮތަކަށް ވަކި ލީޑަރޝިޕް ކޮލިޓީއަކަށް މީހާ ތައްޔާރުކޮށްގެން ފުލުހަކު މިނެރެނީ ވަޒީފާޔައް ވަރައް ބޮޑޮ އިއްޒަތާ ސަރަފަަކާ ރައްޔިތުންގެ އިޙްތިރާމާ ލިބޭގޮތައް ފިލުހުންގެ އަމަލުތައް ހުނަން ތަމްރީން ދެވިގެން ޖަޒުބާތުގަ ކަން ކުރާކައް ނޫން. ފުލހުންގެ ޢާއިލާތަކައް ވަކި ޙާއްސަ އިނާޔައްތެކެއް ދެނީ އެމީހުން ޕްރިފެޝަނަލް މަސައްކަތުގެ އެއްވެސް އުދަގުލެއް ނެތި މަސައްކަތް ކރުމަތް ޤަޢުމައް ޙިދުމައްކުރަން ޤަޢުމަކީ ރައްޔިތުން ފަސްކޮޅެއް ނޫން. އެމީހުންގެ ތެރޭން ކޮއްކުރާ މީހުންނައް އަމަލުކުރަން އޮއްނަ އުސޫލުތަކިގެ ތެރެއިން ކަންކުރަން ނަޕްރަތާ ބަދަލުހުފުމުގެ ރޫހު އާލާވާގޮތަކަށް ނޫން އަމަލު ކުރަން ވާނީ ކީ އެގޮތައް އަމަލުކޮށްފި ބަޔަކަށް ހިމާޔައް ދިނުމަކީ އަދުލުގެ ނިޒާމް ފުޑާލުން ، ފެރަ މިލިޓަރީ ނުވަތަ މިލިޓަރީ ލީޑަރަކަށް މިކަން ނޭންގިއްޖެނަމަ އެތަނެއް ފެއިލްވެ އެތަނެއްގެ ތެރޭގައި ލީޑަރޝިޕް ނުވަތަ އޮތޯރިޓީ ގެއްލި ބަޣާވާތްކރުން ގާއްވާނެ ދުސްމަނުން ބޭނުން ވާނީ މޮގޮތް. ކުރީީޒަމާނުަގއި ނަމަ ޑިސިޕްލިންއާ ޙިލާޕްވީމަ ކޮމާންޑަރުގެ އަމުރާ ޙިލާޕްވީމަ ޤަތުލު ކުރާނީ އެހެންވެގެން ޑިސިޕްލިން މިހިއްމުވނީ ސެކުޔޯރިޓީ ފޯސްތަކުަގއި ...

    3
    5
  25. އައްޓަމަސް

    ނޫސްތަކުންނާއި ޝޯސަލްމީޑިޔާގައި ވަރަށްގިނަބަޔަކު ހަގީގަތްނޭގިތިބެ ފާޑުފާޑުގެލިޔުންތައްލިޔެ، ކުރަހާ ފުލުހުންގެއަގުވައްޓާލަން މަސައްކަތް ކުރާތީ ވަރަށްދެރަވޭ! އެންމެފަހުން ތިއާއްމުވިވީޑީޔޯގައި ފުލުހުންތަޅާ މީހެއްގައިގައި! ނަމަވެސް އޭނާގައިގައި ތެޅީކީ ދަމުނަމާދައްމިސްކިތުގައި އިންދައެއްނޫން! އެއީ މ.އުޖާލާގެ ކުއްޔަށްނަގައިގެން އުޅޭބަންގާޅީއެއް ކޯޓްއަމުރާއެކީ ފުލުހުން އެތަނަށްވަނީމައި ފުލުހެއްގެ ގައިގައި ގަލަކުން ޖަހާފައި ފިލަންދުވަނިކޮށް "ޓޭސްޓީ"ކަންމަތިން އަތުލީ އަތުލައިގެން ގެނެސް އޭނަފުލުސްމީހާގައިގައި ޖެހިގަލުން އޭނަގެ އަތުގައި ފުލުހުންތެޅީ މަ ފުލުހުންނަށް ސެލިއުޓްކުރަން ދަނގަޑުކެނޑޭނީދަނގަޑުން ސާބަސް ދިވެހި ފުލުހުން! ރަނގަޅަށްވިއްޔާ މިވީޑިޔޯ ނެގީ އެބަންގާޅީންލައްވާ މިކަންކުރުވާމީހާ

    9
    2
  26. ޙާރޫން

    ވަޒީފާއަށް ވަންއިރަކު ކިޔައެއް ނުދޭތަ ވަކިގޮތަކައް އަމަލުކުރާކައް މޮޔައަކު ހައްޔަރުކުރަންގޮސް އޭނައަތުން މީހަކުމަރުވީމަ ކަލޭމެންވެސްގޮސް އެމީހާ މަރާލާނީތޯ ނޫނީ އެކަން ތަހުގީގުކޮށް ކޯޓައް ހާޒިރު ކުރާނީ ތޯ ނޫނީ އެތަނުގައި ދަގަޑުން ދަގަޑުކެޑޭނެޔޭ ކިޔާ އޭނާ ވަޅީލާނީ ތޯ؟

  27. ހަމަ ބުނެލީ

    ކީއްވެތޯ ! ސިޔާސީ ޕާރޓީތަށް ގޭންގް އަކަށް ނުވަނީ.!

  28. ޝާން

    ކުއްވެރިން ހައްޔަރު ކުރީމަ ގޯސްވީ ފުލުސް. އަނިޔާވެރިކަން އިންތިހާގަ. ކުއްވެރިންގެ ސަބަބުން ހަލާކުވެދަނީ ކިތަށް އާއިލާ. ކުއްވެރިންނަށް އަދަބުދީ. ފުލުހުން ރަގަޅު. ދިވެހި ރާއްޖެ ނޫން އެހެން ގައުމް ތަކުގަ ކުއްވެރިން ފިލަން އުޅެންޔާ އަދަބުދީ ހިފަހަށްޓާ. ކުއްވެރިން ފިލަން ދިޔަދީގެން ނުވާނެ. މުޅި ގައުމް ގެ އެތަކެއް ޒުވާނުން މަސްތުވާތަކެތީގެ ޝިކާރަޔަކަށް ވީ ކުއްވެރިން އަށް އަދަބު ނުދޭތީ

  29. ށ

    މަސްތުވާތަކެތި ވިއްކާ ކުއްވެރިން ނަށް އަދަބު ލިބެންޖެހޭ. ކިހާ ދެރަކަމެއް.

  30. ނުރަބޯ

    މިހާރަކު ފުލުހުންނެއް ރައްޔިތުންނަކަށް އަނިޔާއެއްވެސް ނުކުރާނެ، ބަދުބަހެއްވެސް ނުބުނާނެ. އެހެނީ މިހާރު މުޅި ގައުމުގައި މިއޮތީ ސުލްހަ މަސަލަސް ކަން ނޫންތޯ؟ ބުޅަލާ މީދަލާވެސް މިހާރު ހަމަ ތެލާފެނާ.

  31. ޢަމްޖޭ

    ޟމީ ކޮންމެހެން އެހާ އިއްޒަތުގައި ގެންގުޅެން ޖެހޭ ބަެއްތަ މިއޮތްކުޑަ މާލޭގެ ކަންކަން ނުބެލެއްޓޭ ބޮޑެތި ވެހިކަލްދީފަ ކީއްކުރަންހޭ މިމީހުން ޕެޓްރޯލައްނެރެނީ ޕެޓްރޯލް ކުރަން ހިނގާދަ ފޮނުވަންޖެހޭ ބައެއްމީ..ކަމެއްވެގެން ގުޅިއަސް ބޮޑުވެހިކަލް ލިބުނީމާ މަގައްނުވަދެވާޗަރުގެ ބޮޑު ވެހިކަލެއްގަ އަންނަނީ އެއްގަޑި އިރުނަގާ ސީނައް އަންނަން..

  32. ސޯލާ ސިސްޓަމް

    ދިވެއްސަކު 2 ކިލޯ މަސްތުވާތަކެތި ހިފައިގެން އިންޑިއާގަ އުޅެނިކޮސް ފުލުހުން ހައްޔަރު ކުރަން ދިޔައީމަ ފުލުހުންނަށް ހަމަލަދިނީ ދެންވާނީ ކިހިނެއް؟-------------------------
    ދިވެއްސަކު 2 ކިލޯ މަސްތުވާތަކެތި ހިފައިގެން ލަންކާގަ އުޅެނިކޮސް ފުލުހުން ހައްޔަރު ކުރަން ދިޔައީމަ ފުލުހުންނަށް ހަމަލަދިނީ ދެންވާނީ ކިހިނެއް؟-----------------
    ދިވެއްސަކު 2 ކިލޯ މަސްތުވާތަކެތި ހިފައިގެން ޕާކިސްތާން އުޅެނިކޮސް ފުލުހުން ހައްޔަރު ކުރަން ދިޔައީމަ ފުލުހުންނަށް ހަމަލަދިނީ ދެންވާނީ ކިހިނެއް؟-------------
    ދިވެއްސަކު 2 ކިލޯ މަސްތުވާތަކެތި ހިފައިގެން ފިލިޕީންސްގަ އުޅެނިކޮސް ފުލުހުން ހައްޔަރު ކުރަން ދިޔައީމަ ފުލުހުންނަށް ހަމަލަދިނީ ދެންވާނީ ކިހިނެއް؟---------------
    #ބަންގާޅީއެއް2 ކިލޯ މަސްތުވާތަކެތި ހިފައިގެން ރާއްޖޭގަ އުޅެނިކޮސް ފުލުހުން ހައްޔަރު ކުރަން ދިޔައީމަ ފުލުހުންނަށް ހަމަލަދިނީ ދެންވީ ކިހިނެއް؟ ދެންވީ ކިހިނެތް؟ އެހެން ގައުމެއްނަމަ ވާނީ ކިހިނެއްހެން ހީވަނީ؟
    ފައުޒިއްޔާ ކިޔާ ދިވެއްސެއް މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާގައި ހައްޔަރުކުރިކަން އެގޭތަ؟ އޭނަގެ އިންޓަވިއު އަޅެ ހިމަނާލަބަ...