‎މިއަދާއި އިއްޔެ މުޅި މީސްމީޑިއާގައި އޮތީ ބޮޑު ބާޣީއެއްގެ ވާހަކަ ތަކެވެ.

ޖެހިލުމެއް ނެތި 19 ދިވެހި ދަރިން ޝަހީދުކޮށްލި ޚާއިނެއްގެ ވާހަކައެވެ. ނަމަވެސް މިވާހަކަތައް މީސްމީޑިއާގައި މިއަދު ދެކެވެމުންދާ ރާގަކީ ދިވެހި ކޮންމެ ދަރިއެއް އެއާމެދު ފުންކޮށް ވިސްނާލަން ޖެހޭނެ ކަމަށެވެ.

‎ދިވެހިންގެ ޅަ ޖީލުގައި ޤައުމިއްޔަތެއް ނެތް ވާހަކަ އަބަދުމެ އަޑުވެއެވެ. ކިތަންމެ ޤަބޫލު ކުރަން ދަތި ނަމަވެސް ޤައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމައޭ ބުނާ ނޫކަށި ފުރައިގެ ކިތަންމެ ދިވެހިންނެއް މި ދިވެހި ޤައުމުގައި އެބަ ތިއްބެވެ.

މިވާހަކަތައް އިހަށް ބާއްވާފައި ދިވެހި ޤައުމަށްޓަކައި މޭ އައްޑަނައަކަށް ހަދައި އަޅުގަނޑުމެންގެ ޤައުމުގެ ދިފާޢުގައި ނިކުތް ޝަހީދުންނާމެދު އަޅުގަނޑުމެންގެ ތެރެއިން ބައެއް ދިވެހިންގެ ޚިޔާލު ހުރި ގޮތާމެދު ވާހަކަ ދައްކާލަމާ ހިނގާށެވެ.

‎"ބްރޯ.. ހީ ޖަސްޓް ޑިޑް ހިސް ޑިއުޓީ. ހުވައެއް ކޮށްގެން ހުރީ އޭނާ. އޭނާ އެކުރީ މާ މޮޅު ކަމެއް ނޫން. އަދާ ކުރީ އޭނަގެ ޑިއުޓީ" ޝަހީދު ހުސައިން އާދަމް އާ ބެހޭ ގޮތުން ދެކެނީ ކިހިނެތްތޯ 16 އަހަރުގެ ޒުވާނެއްގެ ގާތުގައި އަހާލުމުން ދިން ޖަވާބަކީ މިއީ އެވެ.

‎އެންމެ ރަނގަޅެވެ. އެދުވަހު ދިވެހި ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވި މަތިވެރި ޝަހީދުންގެ ތެރޭގައި ހިމެނޭ ސިފައިންގެ ބޭކަލުން ތިއްބެވީ ދިވެހި ޤައުމު ހިމާޔަތް ކުރައްވާނެ ކަމަށް ﷲ ގަންދީ ހުވާކުރައްވައިގެނެވެ.

ނަމަވެސް ދުޝްމަނުންގެ އަދަދެއް ދުޝަމަނުންގެ ހަތިޔާރެއް ނޭނގި އެއްވެސް ދުރު ރާސްތާ ޕްލޭނެއްނެތި ދުޝަމނުންނާ ހަނގުރާމަ ކުރުމުގެ ހިތްވަރު ކޮންމެ ކޮންމެ މީހެއްގެ ގައިގައިއެއް ނުހުންނާނެއެވެ.

ހަމަ ގައިމުވެސް ޝަހީދު ހުސެއިން އާދަމް ކުރެއްވި ޖިހާދާ މެދު އަޅުގަނޑު ފަޚުރުވެރި ވަމެވެ. އަދި އެވާހަކަ އަޑު އިވޭ ކޮންމެ ފަހަރަކު ޤައުމީ ޖޯޝު އާލާ ވެއެވެ.

‎ދެން އޮތީ ބާޣީ ލުތުފީގެ ވާހަކައެވެ. އޭނާގެ ނަމުގެ ކުރިޔަށް ބާޣީ ލިޔެ ޚަބަރު ޝާއިރުކުރާތީ އެކަމާ ހިތް ހަމަ ނުޖެހޭ ދިވެހިން އުޅޭކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަމެވެ. ބާޣީ ނުޖެހުމަށް އެދި މެސެޖް ކުރި ކޮންމެ މީހެއް މިހާރުވާނީ މެސެޖް ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައެވެ.

މިއަދު ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ހާޖަރާގޭ ބާޣީ އަބްދުﷲ ލުތުފީ އަކީ ދިވެހި ޤައުމުން އެތައް ދަރިންނެއްގެ ލޭ އޮހުރާލި މީހެއް ކަން ހަމަ ގައިމުވެސް މި ޖީލަކަށް އޮޅުވައެއް ނުލެވޭނެއެވެ.

އަޅުގަނޑު ހަމަ ގައިމުވެސް ބާޣީގެ ވާހަކަތައް ދެން އަންނަން އޮތް ޖީލުގެ މީހުންނަށްވެސް ކިޔައި ދޭނަމަވެ. އަދި ޝަހީދުންގެ މަތިވެރި ޤުރުބާނީގެ ވާހަކަވެސް ކިޔައި ދޭނަމެވެ.

‎ދެން އޮތީ ބާޣީ ލުތުފީ ރާއްޖެ ގެނައި ދުވަހު ދައުރުވި ފޮޓޯ ތަކުގެ ވާހަކައެވެ. "މަށަށް މަށަށް" ކީ އަންހެންުންގެ ވާޙަކައެވެ.

ބާޣީ ލުތުފީ ފެނި ފުރަތަމަ ނަޒަރުން ހިތްކީ ދިވެހިންގެ ވާހަކައެވެ. މިއަދު އަހަރެން ލަދު ގަނެއެވެ. ހަޤީގަތުގައި ދިވެއްސަކަށް ވީމައެއް ނޫނެވެ. ދިވެހިންގެ ތެރެއިން ބަޔަކު އުޅެމުންދާ ގޮތުންނެވެ.

‎އަދިވެސް އެއްފަހަރު ބުނެލާނަމެވެ. އޭނާއަކީ ބޮޑު ބާޣީއެކެވެ. މީމްތައް ހަދާ އަމިއްލައަށް މަޖާވާ މީހުންނަށް މިވާހަކަ ތަކުރާރު ކޮށްދޭނެމެވެ. ބާޣީ ލުތުފީ ކުރާ ކޮންމެ ކަމަކީ ކޫލްކަމެއް ކަމަށް ދެކެން މިއަދު ބައެއް މީހުން ފަށައިފިއެވެެ. މިއަދު ފޭސްބުކް ހާވަމުން ދަނިކޮށް ލުތުފީ އަޅައިގެން ހުރި ތޮފީގެ ފޮޓޯއެއް އާއްމު ކުރުމަށްފަހު ވިއްކަން ޖަހާފައި ހުއްޓާވެސް ފެނުނެވެ.

އަނެއްކޮޅުން އޭނާގެ ދިފާޢުގައި ވާހަކަ ދައްކާ އެތައް ދިވެހިންނެއް މިއަދު އެބަތިއްވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ތާޅަފިލި

    ޝައްކެއްވެސް ނެތް ބާގީ ލުތުފީ އަށްވުރެ ބޮޑު ބާގީއެއް މި ގައުމުގަ ނެތް، ރާބޮއިގެން ހުރެ ސޯޓްބުރިއާ އެކީ އިސްލާމީ މަރުކަޒައް އަރާ އިސްލާމީ މަރުކަޒު ލައުޑު ބޭނުންކޮށްގެން "އަހަރެމެން މިއައީ ދިވެހިން މަރާކަށް ނޫނޭ، އަހަރެމެންނަށް ކަމުނުދަނީ މި ވެރިކަމޭ، ވެރިކަން ލިބިއްޖެޔާ ކޮންމެހެން އިސްލާމްދީނަށް އުޅޭކަން ނުޖެހޭނީ ކީ ތި ބާގީ ލުތުފީ

    93
    1
  2. މާމިގިލީ މީހާ

    ކަލޭ ލަދު ގަނޭތަ؟ އަގުބޮޑަސް ކަލޭ ލަދު ގަނޭތަ؟

    16
    81
    • މޭން

      ވަންތިންގް ފޯ ޝުއަރ ބްރޯ. ޔޫ އޯލް ވިލް ޑައި އިން އެގަނީ. އެންޑް ދެއިވިލް އޯލް ބާރން އިޓާނަލީ އިން ހެލް ފަޔަރ.

      15
      24
  3. ހިތާމަހުރި

    މިއަދުގެ ދިވެހިންނަށް ދަސްވެފައިވަނީ ކޮންމެ ހާދިސާއަކުންވެސް އިބުރަތްލިބިގަތުމުގެ ބަދަލުގައި އެކަމަކަށް ޖޯކުޖަހަން. ބައެއް ދިވެހިން ބޭނުންވަނީ ޔޫރަޕްމީހުން އުޅޭގޮތަށް އުޅެން، އެކަމަކު ނަކަލު ކުރަނީ އެމީހުންގެ ތެރޭ ހުންނަ އެންމެގޯސް އާދަތައް. މިއަދުގެ މިޖީލުގެ ދަރިން އަހަރެމެންގެ ކާބަފައިންނަށް ފެނިއްޖެނަމަ، އަހަރެމެންގެ ކާބަފައިން ކަރުނައަޅައި ރޯނެ.

    81
    7
  4. Muna

    ޢޭނާގެ މައްޗަށް ކުރި ޙުކުމް އެދުވަހު ތަންފީޒު ކުރިނަމަ މިއަދު ތިޔަ ހާސަރު ދަމަން ނުޖެހުނީސް. ޢެކަން ނުކޮށްތިބެ މިއަދު މީގެ އެތައް ޒަމާނެއް ކުރިން މީހަކު ކުރި ފާފައަކާއި އަޅުވައިގެން އޭނާއަށް ފާޑުފާޑުގެ ހުތުރު ނަންނަމުން ގޮވުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން މަނާކަމެއް. އޭނާ އެވަނީ ޢާއްމުކޮށް ދިވެހިންގެ ކިބައިން. ޚާއްޞަކޮށް އަނިޔާލިބުނު ޢާއިލާތަކުގެ ކިބައިން މާފަށްވެސް އެދިފަ. ﷲ އީ ޣަފޫރުއް ރަޙީމް

    48
    29
  5. ާަާމަ

    ލިޔުންތެރިޔާއަށް ވަރަށް ތާއީދު

    107
    14
  6. ޖަންބޯ

    19 އާއިލާގައި 7 މީހުންނާއި 10 މީހުންތިބިކަމުގައި ބަލާށެވެ. އެހެންވީމައި ގާތްގަޑަކަށް 19*10= 190 އާއިލާގެމީހުންނަށްގެއްލުންވީއެވެ. މިމީހުންގެ ކާފަދަރިންނަށް 190*10= 1900 މިހުންނަށްގެއްލުންވާނެ ދެން މިހެންގޮސް 30އަހަރުވާއިރު ކިތައްމީހުންނަށްތޯ މިކަމުގެއަސަރުކުރާނީ

    43
    14
  7. ާަަަަނުވާނޭ

    އަޅެފަހެ، ލުތުފީ ބަޑިޖަހައި މެރި އެންމެ ދިވެހި ދަރިޔެއްވެސް ނުހުންނާނެޔޭ މަމެން މިކިޔަނީ ކެރިހުރެގެންނޭ ލުތުފީއަށް އިންސާފީ ޝަރީއަތެއް ގާއިމުކުރާނަމަ ލުތުފީ ޖަލައް ލީހާ ދުވަހަކަށް ސަރުކާރުން ބަދަލުދޭން ޖެހޭނެޔޭ ލުތުފީއަކީ ޓެރަރިސްޓެއްނޫނޭ އޭނައަކީ ރެފިއުޖީއެކޭ މަމެންމިކިޔަނީ މިކަން އިނގޭތީޔޭ ލުތުފީ އަކީ ބާޣީއެއްނޫނޭ އެހެނެއްކަމަކު އޭނާއަކީ ދިވެހިންނައްޓަކައި މައުމޫނުގެ ޙުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް މި ދިވެހި ލޮބުވެތި ވަތަނުގެ ދިފާއުގައި އަޑުއުފުލި މީހެކޭ މަމެންމިކިޔަނީ ކެރިހުރެގެނޭ ލުތުފީއަކީ ބާޣީއެއް ނޫނޭ ބާޣިީ އަކީ އިލިޔާސް އިބުރާހިމޭ، ނޮވެމްބަރު 3 ގެ ހަގީގީހާދިސާ މައުމޫނު ވަނީ އޮޅުވާލާފަޔޭ މަމެންމިބުނަނީ ކެރިހުރެގެންނޭ ހަގީގަތް ދިވެހިންނަށް ސާބިތު ހެއްކާއެކު ވަރަށް އަވަހަށް އިނގޭނެޔޭ އިނގޭނެޔޭ އިނގޭނެޔޭ.

    22
    91
    • Anonymous

      ތަމެންނަށް އެ ބާޤީ ގުންޑާ އަކީ ރަންގަނޑަކަށްވިޔަސް ދިވެހި ލޭ ހިނގާ ޤައުމުދެކެ ލޯބިވާ އެކަކުވެސް ނުބުނާނެ އެއީ ބާޤީއެއް ނޫނޭ. ރީދޫ ލާދީނީ ބައިގަނޑު ކިތައްމެ ޕްރޮޕެގެންޑާއެއް އެ ބާޤީ ލުތުފީ ހިމާޔަތް ކުރަން އުޅުނަސް އަހަރުމެން އުމުރު ދުވަހު ދުނިޔޭގަ ތިބިހާ ދުވަހަކު އެ ޤާތިލަށް ހަމަ ކިޔާނީ ބާޤީ ގުންޑާ ލުތުފީ.

      62
      3
      • މޮޔައެނޮނިމަސް

        އެއްކަލ މޮޔަ ގޮލާ އަނގަ ބާނަން ފަސައިފި.އަދުރޭ އަކީ ބޮޑުބާގީ

        10
        17
    • ޟމ

      ކޮން މަމެން ތަމެން ކިޔާކަށް. ޓީވެސް ބާގީޔެއް. ކަލޭ ތީ ގުންޑާ މަވާލީއެއް..އޭނަ ދިފާއު ކުރަން ނޫޅޭ. ޢޭނަ ބަޑި ހިފާއިގެން ތިބި ބަޔަކު މިތަނަށް ގެނައީ..

      37
      1
  8. ހަގީގަތް

    އަޅެފަހެ، ލުތުފީ ބަޑިޖަހައި މެރި އެންމެ ދިވެހި ދަރިޔެއްވެސް ނުހުންނާނެޔޭ މަމެން މިކިޔަނީ ކެރިހުރެގެންނޭ ލުތުފީއަށް އިންސާފީ ޝަރީއަތެއް ގާއިމުކުރާނަމަ ލުތުފީ ޖަލައް ލީހާ ދުވަހަކަށް ސަރުކާރުން ބަދަލުދޭން ޖެހޭނެޔޭ ލުތުފީއަކީ ޓެރަރިސްޓެއްނޫނޭ އޭނައަކީ ރެފިއުޖީއެކޭ މަމެންމިކިޔަނީ މިކަން އިނގޭތީޔޭ ލުތުފީ އަކީ ބާޣީއެއްނޫނޭ އެހެނެއްކަމަކު އޭނާއަކީ ދިވެހިންނައްޓަކައި މައުމޫނުގެ ޙުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް މި ދިވެހި ލޮބުވެތި ވަތަނުގެ ދިފާއުގައި އަޑުއުފުލި މީހެކޭ މަމެންމިކިޔަނީ ކެރިހުރެގެނޭ ލުތުފީއަކީ ބާޣީއެއް ނޫނޭ ބާޣިީ އަކީ އިލިޔާސް އިބުރާހިމޭ، ނޮވެމްބަރު 3 ގެ ހަގީގީހާދިސާ މައުމޫނު ވަނީ އޮޅުވާލާފަޔޭ މަމެންމިބުނަނީ ކެރިހުރެގެންނޭ ހަގީގަތް ދިވެހިންނަށް ސާބިތު ހެއްކާއެކު ވަރަށް އަވަހަށް އިނގޭނެޔޭ އިނގޭނެޔޭ އިނގޭނެޔޭ.

    12
    53
  9. ޢަނިި

    އަޅެފަހެ، ލުތުފީ ބަޑިޖަހައި މެރި އެންމެ ދިވެހި ދަރިޔެއްވެސް ނުހުންނާނެޔޭ މަމެން މިކިޔަނީ ކެރިހުރެގެންނޭ ލުތުފީއަށް އިންސާފީ ޝަރީއަތެއް ގާއިމުކުރާނަމަ ލުތުފީ ޖަލައް ލީހާ ދުވަހަކަށް ސަރުކާރުން ބަދަލުދޭން ޖެހޭނެޔޭ ލުތުފީއަކީ ޓެރަރިސްޓެއްނޫނޭ އޭނައަކީ ރެފިއުޖީއެކޭ މަމެންމިކިޔަނީ މިކަން އިނގޭތީޔޭ ލުތުފީ އަކީ ބާޣީއެއްނޫނޭ އެހެނެއްކަމަކު އޭނާއަކީ ދިވެހިންނައްޓަކައި މައުމޫނުގެ ޙުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް މި ދިވެހި ލޮބުވެތި ވަތަނުގެ ދިފާއުގައި އަޑުއުފުލި މީހެކޭ މަމެންމިކިޔަނީ ކެރިހުރެގެނޭ ލުތުފީއަކީ ބާޣީއެއް ނޫނޭ ބާޣިީ އަކީ އިލިޔާސް އިބުރާހިމޭ، ނޮވެމްބަރު 3 ގެ ހަގީގީހާދިސާ މައުމޫނު ވަނީ އޮޅުވާލާފަޔޭ މަމެންމިބުނަނީ ކެރިހުރެގެންނޭ ހަގީގަތް ދިވެހިންނަށް ސާބިތު ހެއްކާއެކު ވަރަށް އަވަހަށް އިނގޭނެޔޭ އިނގޭނެޔޭ އިނގޭނެޔޭ.

    10
    50
    • ބޮޑު

      ލުތުފީއަކީ ސީދާ ބޮޑު ބާޣީއެއް. ކަލެއަކީވެސް ބާޣީއެއް. ޙުދުމުހްތާރުވީ އަންނިގެ ވެރިކަމާއި މިވެރިކަން. ނޮވެމްބަރ 3ގެ ހާދިސާވަނީ ކެމެރާތަކަށް ރިކޯޑް ކުރެވިފައި. އެއަށްވުރެ ބޮޑަށް އެދުވަހު އެމަންޒަރުތައް ހަމަލޮލުން ދުށް ގިނަ ޒުވާނުން މިއަދުވެސް ދުނިޔޭގައި އެބަތިބި. ލުތުފީއަށް މައުމޫނުޖަލުގެ ހުކުމް ކުރުމަކީ ހަމަ ކުށެއް. އެދުވަހު ލުތުފީއަށް މަރުގެ ހުކުމް ކުރިނަމަ މިއަދު މިކަހަލަ ކަންތައްތައް ރާއްޖޭގައި ނުހިނގާނެ.

      51
      10
  10. ލަދު

    ލަދުގަތީ މިއަދަކު ނޫން. މަ ލަދުގަތީ ދިވެހި ރައްޔިތުން ބާޣީއަކަށް ތާއިދުކުރާ ބާޣީއެއްގެ އާއިލާއަކަށް ނިސްބަތްވާ ބަޣީއަކު (ސަރުކާރާ ދެކޮޅަށް އިސްތިއުފާއޭ ގޮވާ ނުކުތުމަކީ ހިޔާލުފާޅު ކުރުމެއް ނޫން، އެއީ ހަމަ ސީދާ ބަޣާވާތްކުރުން) ރައީސްކަމަށް އިންތިހާބުކުރުމުން. އަދި ހަރުއަޑުން އެމީހުންނަށް ސަޕޯޓުކުރާތީ. ދިވެހި ރައްޔިތުންގެ މެޖޯރިޓީ މިއަދު ބޭނުންވަނީ ނޮވެމްބަރ 3ގައި ޝަހީދުވި ޝަހީދުންނަކީ ފަރުވާކުޑަކަމުން "މަރުވި" ބައެއްކަމަށް ދައްކާ އެދުވަހު ބަޢާވާތްކުރި ލުތުފީއާއި އޭނަގެ އަހުލުންނަކީ ހީރޯއިންނަށް ހަދަން. މިއީ ދިވެއްސަކަށް ވީތީ ލަދުގަންނަންވީ ސަބަބު.

    49
    11
  11. ޅަބޯގެރި

    ގެރިބަކަރި ކުއްތާ އާއިލާއަށް ނިސްބަތް ވާ ބަޔަކަށް ތިއެއްޗެއްސެއް ހަޖަމެއް ނުވާނެ.. ބަލަ މީ ފަހު ޒަމާން. ޑައްޖާލު އަރާނީ މާދމާ އިރު އަރާއިރު ކަމެއް ވެސް ނޭނގެ. ހަމަ ގާއިމު ވެސް ދުނިޔެ މަތި ހުތުރު ކަންތައް ތައް ރީތި ކޮށްގެން އުޅޭ ގެރިބަކަރި ކުއްތާއިން ތަކެއް އުޅުނަސް ހައްޤަށް ނަސްރު ދެއްވާނެ އަދި ބާތިލު ކަންތައްތައް ބާތިލުވެސް ވާނީ ދުނިޔެ ނިމުމުގެ ކުރިން. މިއީ ޔަޤީން ކަން ދެއްވާފައިވާ ހަޤީޤަތެއް ކަން ޔަގީން. ދައްޖާލުވެސް އޭނަގެ ނިމުން އާދޭ ކޮންމެވެސް އެއް ދުވަހަކުން. .... އަނިޔާވެރިންނަށް ނަސްރެއް ނޯންނާނެ ކަން ޔަޤީން. ޙައަޤަށް ނަސްރު ދެއްވުމަށް ފަހަށް ދުނިޔެވެސް ނިމޭނީ. ނުބައި ކަންތައްތަކެއް އަބަދަކު ދެމި ނޯންނާނެ. ...ލުތުފީ ކަން ނޭނގި އެއޮއްގެން ލުތުފީ ފަހަތުން އެބަ ދުވެޔޭ. ހަހަހަ ލޮލް

    26
    8
  12. އ. ޖ. އ

    ލުތުފީ މަރު ނުވަނީސް ރާއްޖެ ގެނެވުނީތީ ފަހުރުވެރިވޭ

    16
    4
  13. ޥިސްނާ

    ލިޔުންތެރިޔާ ތިޔަ ހުށަ އެޅީ ހިތުގެ އުދާސްތާއެވެ. ކަމެއް ހައްދުން ނެއްޓިދަނީ އަދި މީސްތަކުންގެ ވިސްނުން މިހިސާބަށް ދިޔައީ ކީއްވެ ތޯއެވެ. އަށް ސަތޭކަ އަހަރު އިސްލާމް ކަމުގެ ޓެގުގައި އުފާފާޅުކުރަމުން އައި އިރު ގާއިމް ކުރީ ދީނުގެ ނަމުގައި އަމިއްލަ ވަޟައީ ގާނޫނެވެ. ﷲގެ ޝަރީއަތް ދޫކޮއްލުމުން މި އޮތީ ވާނެ ހައެއެއްޗެއް ވެފަތާއެވެ .
    ވަރައް ސަލާމް.

    8
    1
  14. މަނިކ

    އެދުވަހަކީބިރުވެރިކަންއައިދުވަހެއް ކުޑަޢިރުއެހަނދާނތައް އަދިވެސް މިއަދުވީކަމެނހެން ހެން ހަނދާން އެބަހުރި

  15. ބޮކި

    އަހަރުމެން ލަދުގަނޭ ބޮޑު ވަގެތް އުޅެތީ !

    2
    9
  16. ދިވެހިދަރި

    ދިވެހިން ދިވެހިންގެ ގޮތެއް ފޮތެއް ނެތްކަންމަތީ އަބަދަށް.

    17
  17. ޓީޗަރ

    އަދަބެއް އަޚްލާގެއް، އަމިއްލަ ނަފްސުގެ ބޭނުމުން އަރައިގަންނަން ނޭގޭ ޖީލެއް ބިނާކުރީމަ ވާނީވެސް މިހެން. ވެސްޓާރން މީހުންހެން "މައި ރައިޓްސް ބިފޯ ދެއަރ ރައިޓްސް" ގަބޫލުކޮށް ޤުރުޢާނާއި ސުންނަތުގެ ކިޔެވުން ދޫކޮށްލީ އެއީ ޒަމާނީ ތަރައްޤީ ކަމަށް. އަދި ވިސްނޭނެ ދުވަހެއް އަންނާނެ.

  18. ޢަލި

    އަހަރެން ދުވަހަކުވެސް މިގައުމުގެ މީހެއް ވީމަ ފަޙުރުވެރިނުވޭ.

    3
    2
  19. މަންތާ

    ބާގީ އަކަށް ގާޒީ އަކަށް އެމީހަކު ކުރި ކުށަށް އަދަބު ދިނީމަ ނިމުނީ

  20. Anonymous

    ކިހާދެރަކަމެއް! ކޮންމެކަމެއް ހިތުލިޔަސް ދިވެހިންގެ ލޭ އޮހޮރި މީހަކަށް ދިވެއްސެއް މާފެއް ނުދޭނެ

    11