ހ.ހާޖަރާގެ އަބްދުﷲ ލުތުފީ އިތުރު ބަޔަކާއި ބައިވެރިވެގެން 1988 ވަނަ އަހަރު ދިވެހިރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އަކީ ދިވެހިރާއްޖެ ދެމިއޮތްހާ ދުވަހަކު މިގައުމުގައި ތިބި، ގައުމު ދެކެ ލޯބިވާ މީހުން ދައްކާނެ ވާހަކައެކެވެ. އޭނާ އާއި އޭނާގެ ބައިވެރިންގެ އަނިޔާވެރިކަމާއި، ލާއިންސާނިއްޔަތު ކަމުގެ އަމަލުތަކަކީ ދުވަހަކު މަޢާފުނެތް ކުށްތަކެކެވެ.

ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތްތެރިއެއްގެ ގޮތުގައި، ދިވެހި ސަރުކާރުން ދެމަސް ދުވަސް ވަންދެން ލުތުފީ ބެލެހެއްޓުމަށް ފަހު މިވަނީ މާލެ ގެނެސް ޖަލަށް ލާފައެވެ. އެހާ ހިސާބުން ލުތުފީގެ ވާހަކައިގެ މިބާބު ނިމުނީ ކަމަށް ބައެއް މީހުންނަށް ހީވެދާނެއެވެ. ނަމަވެސް އެހެން ވެގެންނެއް ނުވާނެއެވެ.

2010 ވަނަ އަހަރު ލުތުފީ ރާއްޖެ އިން ފުރައިގެން ދިޔައީ އޭނާ ރާއްޖެ އިން ބޭރުގައި ހުރުމަށް އޭރުގެ ސަރުކާރުން ދިން އެއްމަސް ދުވަހުގެ ހުއްދައެއްގެ ދަށުންނެވެ. 2012 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް ލުތުފީ އަނބުރާ ރާއްޖެ ގެންނަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން އެސަރުކާރުގެ ވެރިން ލުތުފީ ފިލަން ފުރުސަތު ތަނަސްކޮށްދިން ގޮތާއި، އަނބުރާ އޭނާ ރާއްޖެ ގެންނަން މަސައްކަތް ނުކުރި ސަބަބު ތަޙްޤީޤުކޮށް، ޒިންމާ އުފުލަން ޖެހޭ ވެރިންގެ މައްޗަށް ދައުވާ ވެސް ކުރެވެން ޖެހޭނެއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި މެއި މަހުގެ 01 ވަނަ ދުވަހު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަަސީ އަށް ލުތުފީ ހާޒިރު ވެއްޖެއެވެ. ނަމަވެސް ސަރުކާރުން އެމައުލޫމާތު ސިއްރު ކުރީ "އެމައުލޫމާތު ހާމަކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރެވޭތީ" ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ. ހުރިހާ މައުލޫމާތެއް އެއްވެސް ފޮރުވުމެއް ނެތި ހާމަކުރަން އެތައް ވައުދެއް ވެވަޑައިގެން މަގާމާއި ހަވާލުވެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު މިހެން ހުރުމުން ގަބޫލުކުރަން ދަތި ކަންތައްތަކެއް އެބަހުއްޓެވެ.

ސަރުކާރުން މަސައްކަތް ކުރީ ލަންކާގެ ހާލަތު ހަމައަކަށް އެޅުމުން ލުތުފީ އަނެއްކާ ވެސް ލަންކާގެ ތެރެއަށް ދޫކޮށްލުމަށް ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން ނަން ހާމަނުކުރަން އެދި މީޑިއާގައި ވާހަކަފުޅު ދައްކަވާފައި ވުމުން ރައީސް ޞާލިހާއި އެމަނިކުފާނުގެ ސަރުކާރުގެ ނިންމުންތަކާއި މެދު ސުވާލު އުފައްދަން ޖެހެއެވެ.

ސަރުކާރުގެ ނިޔަތާއި މަޤުޞަދު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ބޭޒާރުވުމާއި ހަމައަށް ލުތުފީ ރާއްޖޭގެ އެމްބަސީގައި، އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދީގެން ބެލެހެއްޓުން އެއީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ އާއި، މިކަމުގައި ގޮތް ކަނޑައަޅަން ތިބި ވެރިން ހިނގި ކޮރަޕްޝަންގެ އަމަލެކެވެ.

ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތަކުން ކުރާ ނުވަތަ ކުރަން ގަސްތުކުރާ ކަމަކާ ނުވަތަ މުޢާމަލާތަކާ ގުޅޭގޮތުން، ވަކިފަރާތަކަށް ލުޔެއް، ނުވަތަ ފަސޭހައެއް، ނުވަތަ ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ފޯރުކޮށްދިނުމަކީ ޤާނޫނު ބުނާ ގޮތުން ކޮރަޕްޝަންގެ އަމަލެކެވެ.

ސަރުކާރުގެ މުވައްޒަފަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަކީ ވެސް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުށެކެވެ. އެހެންކަމުން ސަރުކާރުގެ މަތީ ފެންވަރުގެ ވެރިންގެ މައްޗަށް މިތުހުމަތުތަކުގެ މައްޗަށް ތަޙްޤީޤު ހިންގެން ޖެހޭނެއެވެ.

ލުތުފީ އަކީ ބާޣީ އެކެވެ. ޚާއިނެކެވެ. ފަހުގެ ތާރީޚެއްގައި ރާއްޖެ އަށް އެންމެ ބޮޑު ގެއްލުމެއް ދިން އެކަކީ ލުތުފީ އެވެ. މިއަދުވެސް ލުތުފީގެ އަނިޔާވެރި އަމަލުތަކުގެ ވޭން ތަހައްމަލް ކުރަމުން ގެންދާ އެތައް ދިވެހި ރައްޔިތުންނެއް އެބަތިއްބެވެ. އިންސާފުން ކަންތައް ކުރުމަކީ ލުތުފީ އަށް އޮތިއްޔާ އޮތް ލުޔެއްދީ، ލުތުފީ މިނިވަން ކުރުން ކަމަށް ބަޔަކު ދެކޭނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ލުތުފީގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ހުވަފަތްވި އަނބިންނާއި، ޔަތީމުވި ކުދިންނާއި، ނިކަމެތިވި މައިންބަފައިންނާއި، ނަފްސާނީ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ވެސް އިންސާފު ލިބެން ޖެހޭނެއެވެ.

އެއިންސާފު ލިބޭނީ ހަމައެކަނި ލުތުފީ ޖަލަށް ލައިގެންނެއް ނޫނެވެ. ލުތުފީ ޖަލަށް ލުމާއި އެކު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލުތުފީ އަށް ލުއި ހޯދައިދިން މީހުން ވެސް ލުތުފީ އާއި އެކު ޖަލަށް ލާން ޖެހޭނެއެވެ. އިންސާފާއި ހަމަހަމަކަމަކީ އެއީ އެވެ.

ލުތުފީގެ ވާހަކައެއް ނުނިމެނޭނެއެވެ. އެވާހަކަ އަބަދުގެ އަބަދަށް ވެސް ދައްކަން ޖެހޭނެއެވެ. ދެއްކޭނެއެވެ. ދައްކާނަމެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ޢަލީ

  މި ބަެިގަނޑަށް ޝަރީޢަތް ހިންގަންޖެހޭ

  64
  5
 2. ފަހުލަވާނު

  ސާބަހޭ .. މީ ހަމަ ތެދު.. ރައީސްބުނީ މާޢާފެއް ނުދޭނަމޭ.. އެންމެފަހަރަކު ވެސް ނުބުނޭ އަދަބުކުއިނުކޮށްދޭނަމެކޭ.. ދެން ކަންތައް ވާނެގޮތް ވިސްނަވާ....

  72
  4
 3. ކަށަވަރޭ

  އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށްވާނަމަ އެއީ މަމެން އެކަމާއި ވަރަށް ދެރަވާ ކަމެކޭ ރާއްޖޭގައި އާމްދަނީ ނުހޯދާ ބޮޑު ޖީލެއް އެބައޮތް ފުރަ މާލޭގައި އެކަން މިގޮތަށް މިވަނީ އެއީ ގެދޮރު ބޮޑު އަގުގައި ކުއްޔަށް ދީގެން ލިބޭ އާމްދަނީން އުޅޭތީއޭ އެކަން ބަދަލު ކުރެވޭނީ ސަރުކާރަށް ސަރުކާރުން ކަމަރު ބަންނަންވީ ކުއްޔަށް ތަންތަން ދޭނީ ސަރުކާރުން ކަމަށް އަދި ސަރުކާރުން ބިން ތައް މާލެ ސަރަހައްދުން ހިއްކާ ކުޑަ އަގުގައި ގިނަ އަދަދެއްގެ ބިން ތައް ކުއްޔަށް ދޭންވީއޭ އެއިރުން ދެން އަމިއްލަ މީސް މީހުންގެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ހިފާނެ މީހުން ނުވުމުން މަސައްްކަތް ކޮށްގެން އާމްދަނީ ހޯދަން މަޖްބޫރު ވާނެއޭ އަދި މިހާރު ލަންކާ މެލޭޝިއާ އަދި އިންޑިއާ ގައި ތިބި ހުރިހާ ދިވެހިން ވެސް ޕުލް އިފެކްޓް ތިއަރީގެ ދަށުން މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލު ކުރާނެއޭ މީ މިއަހަރު ސަރުކާރަށް ގެނެވޭނެ ބަދަލޭ ހަަމަ އެކަނި ރައީސް އިބޫ ޖެހޭނީ އެކަން އިއުލާން ކޮށްލުން ދެން އެއަށްފަހ އެމްޓީސީސީ އާއި ހަވާލުކުރަންވީ ގުޅިފަޅު އެއްކޮށް ހިއްކާލަންވީއޭ އެއިރުން ދެން ރާއްޖޭގައި މަސައްކަތް ނުކުރާ އެކަކު ވެސް ނުހުންނާނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ..

  6
  4
 4. ނުރަބޯ

  އެކަލޭގެއަށް މަޢާފްދީފައި ލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރ ކަން ދޭން ދެނެއް ލަހެއް ނުވާނެ. ދެކެން ތިބޭ.....!!!

  31
  4
 5. ގައުމީ ސަލާމަތައް ނުރައްކާ

  ވަގުތު ނޫސް ހުއްޓުވާލަން ރޭވުން ތެރިކަން ވަރަށް ބިޑަށް ކުރިޔަށް އެބަގެންދޭ! މިހާރު ނޫހަކީ ސަރުކާރު ނޫހެއް އެހެންވީމަ އެނޫހުގަ މިކަހަލަ ވާހަކަ ތަކެއް ނުޖަހާނެ!

  41
  6
 6. ޖޫން

  ފިލުމަކީ ކުށެއް. ޢެކުށުގެމައްޗައް އަލުން ދައުވާކޮއް އަދަބު ދޭންޖެހޭނެ

  41
  1
 7. އަހުމަދު

  ދެން ކޮބާ އިސްލާމީ ޝަރީޢަތުގައި ﷲ ތިޔަފަދަ މީހުންނަށް ކަނޑައަޅުއްވާފައިވާ އުޤޫބާތް. سبحان الله މީކޮންފަދަ ޒަމާނެއް.........؟

  32
  1
 8. Anonymous

  ހަނގުރާމައަކީ މޮޅާއި ބަލި. އެކަމުގައި ނުކުންނަ މީހުން ތެރޭގައި މަރުވުމާއި ޒަހަމްވުން ހިނގާނެ. އެހާލަތުގައި ވެސް އަންހެނުން ކުޑަކުދިން މުސްކުޅިން އަދި އެހެނިހެން ޖަނަވާރާއި ދިރޭ ތަކެއްޗަަށް އިހާނަތްތެރިވުން އެއީ ކުށެއް. ނަމަވެސް ހަނގުރާމައިގައި ބައިވެރިވެ މަރުވެދިޔަ ބަޔަކާއި މެދު ޖަޒްބާތު އުފެދުމަކީ އެހެން ވާހަކައެއް. ލުތުފީ އެކަމަކާއި ދެކޮޅަށް ތެދުވި ކަންކަމުގެ ވާހަކަ ނުލިޔަނީ ކީއްވެބާ؟ މިއަދުވެސް ޒުވާނަކަށް އަލަށް މަސައްކަތެއް ވިޔަފާރިއެއް ފެށުމުގައި ދައުލަތާއި ސަރުކާރުގެ ދުއްތުރާ ގިނަ. ލުތުފީ މިކަން ހައްލުކުރަން ވިސްނި މަގު ގޯސް ވެދާނެ. އެކަމަކު މިއަދު މުއްސަނދި މަހުޖަނުންގެ ދަރިން ފިޔަވައި ތިބީ ހައްތާވެސް 'ލުތުފީން'. އޭނަ ތަހައްމަލުކުރި ދަތި ރަނގަޅުކުރުމަށް ގައުމުގެ ޒުވާނުން ސުލްހަވެރި ގޮތުގައި ނުކުންނަންޖެހޭ.

  2
  28
 9. ޒެއިން/ލަންކާ

  އައްނި މެން ރާވާފަ އޮތީ ލަންކާ ގެ ޖަލުން ލުތުފީ ސަލާމަތް ކުރުން. 9 އަހަރަށް ލަންކާ އިން ދޭނެ އަދަބު ލަންކާގެ ޕްރިސަންސް އާއި ގުޅައިގެން ހޯދާ، ހަމަ އެ އަދަބު ރާއްޖެއިން ލުތުފީ އަށް ލިބެންޖެހޭނެ.

  30
  6
 10. ފުޅުބެ

  އަޅެފަހެ، ލުތުފީ ބަޑިޖަހައި މެރި އެންމެ ދިވެހި ދަރިޔެއްވެސް ނުހުންނާނެޔޭ މަމެން މިކިޔަނީ ކެރިހުރެގެންނޭ ލުތުފީއަށް އިންސާފީ ޝަރީއަތެއް ގާއިމުކުރާނަމަ ލުތުފީ ޖަލައް ލީހާ ދުވަހަކަށް ސަރުކާރުން ބަދަލުދޭން ޖެހޭނެޔޭ ލުތުފީއަކީ ޓެރަރިސްޓެއްނޫނޭ އޭނައަކީ ރެފިއުޖީއެކޭ މަމެންމިކިޔަނީ މިކަން އިނގޭތީޔޭ ލުތުފީ އަކީ ބާޣީއެއްނޫނޭ އެހެނެއްކަމަކު އޭނާއަކީ ދިވެހިންނައްޓަކައި މައުމޫނުގެ ޙުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް މި ދިވެހި ލޮބުވެތި ވަތަނުގެ ދިފާއުގައި އަޑުއުފުލި މީހެކޭ މަމެންމިކިޔަނީ ކެރިހުރެގެނޭ ލުތުފީއަކީ ބާޣީއެއް ނޫނޭ ބާޣިީ އަކީ އިލިޔާސް އިބުރާހިމޭ، ނޮވެމްބަރު 3 ގެ ހަގީގީހާދިސާ މައުމޫނު ވަނީ އޮޅުވާލާފަޔޭ މަމެންމިބުނަނީ ކެރިހުރެގެންނޭ ހަގީގަތް ދިވެހިންނަށް ސާބިތު ހެއްކާއެކު ވަރަށް އަވަހަށް އިނގޭނެޔޭ އިނގޭނެޔޭ އިނގޭނެޔޭ

  4
  35
  • ޚކކ

   ސަރުކާރުގެ ނިޔަތާއި މަޤުޞަދު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ބޭޒާރުވުމާއި ހަމައަށް ލުތުފީ ރާއްޖޭގެ އެމްބަސީގައި، އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދީގެން ބެލެހެއްޓުން އެއީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ އާއި، މިކަމުގައި ގޮތް ކަނޑައަޅަން ތިބި ވެރިން ހިނގި ކޮރަޕްޝަންގެ އަމަލެކެވެ.

   ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތަކުން ކުރާ ނުވަތަ ކުރަން ގަސްތުކުރާ ކަމަކާ ނުވަތަ މުޢާމަލާތަކާ ގުޅޭގޮތުން، ވަކިފަރާތަކަށް ލުޔެއް، ނުވަތަ ފަސޭހައެއް، ނުވަތަ ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ފޯރުކޮށްދިނުމަކީ ޤާނޫނު ބުނާ ގޮތުން ކޮރަޕްޝަންގެ އަމަލެކެވެ.

   9
   1
 11. ނަބީލާ

  މަތީ ގައިވާ ޒެއިން އަދި. ތިބުނާ އަދަބާއި އެންބަސީ ގައި ބެހެއްޓުމަށް ދިޔަ ހަރަދުގެ އަދަބާއި ފިލި ކަމުގެ އަދަބު މިހާރު އަދާ ނުވެ އޮތް މުއްދަތަށް އިތުރު ކުރަން ޖެހޭނެ.

  25
  1
 12. ޒީ

  މީ 100 ގެ ވާހަކައެއް.

  23
  3
 13. ޟުޖެއިން

  ކަލޭމެން ދަންނަކަމަކީ ފަސާދަ އުފެއްދުން. މީސްތަކުންގެ ފާފަތަކުގެ ވާހަކަ ގޮވައިގެން އެފާފަ އެމީހުންނަށް ފުހެދީ. އަދި ޤިޔާމަތް ދުވަހުން އެފާފަތައް އުފުލަންތިބޭ.

  6
  12
 14. އެމްބަސީ މީހާ

  ލުތުފީގެ މައްސަލައިގައި ހަނުހުރުމަށްފަހު އެމްބަސީ މީހާ އެއްޗެކޭ ބުނަން ގަސްދު ކޮށްފީމެވެ.

  1 މެއި 2019 ވަނަދުވަހު ލުތުފީ އެމްބަސީއަށް އައީ އެމްބަސީއާ ހަވާލުވާކަށް ނޫނެވެ. ނަމަވެސް، އަމާންދީ އަނބުރާ ޙުކުމް ތަންފީޒުކޮށް ނިންމުމަށް ރާއްޖެއަށް ދިއުމަށެވެ.

  އެމްބަސީއަކީ އެއްވެސް ޙާލަތެއްގައި ވީއައިޕީ ކޮޓަރި ހުންނަތަނެއް ނޫނެވެ. އެތަނަކީ އެމްބަސީއަކަށްވުމުން، އޮފީސް އިމާރާތެއް ހިންގަމުން އަންނަ ތަނެކެވެ. ވީމާ އެޕާޓްމެންޓާ ކޮޓަރި މިތާކު ނުހުރެއެވެ.

  އެމްބަސީއަށް އައުމުން ލުތުފީ ހަވާލުކުރީ ފުލުންނާކަމަށް ފުލުހުންވެސް ބުނެފައިވެއެވެ. އެއީ ހަމަ ތެދެކެވެ. އޭނާހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި އެހުރި ތަނެއްގައެވެ.

  އިހްތިރާމް

  9
  15
 15. ބާގީ ލުތުފީ

  "މައި ލައިފު ސަކުސް"- ބާގީ ލުތުފީ

 16. ރާޝީދު

  ކޮބާ ލުތުފީ ފޮރުވި މީހުން ވަރަށް ދޮގުހަދައިފި ޤައުމު އެފުށް މިފުށަށް ޖަހަން ނޫޅެ އިސްތިއުފާ ދިނުން ރަނގަޅުވާނެއެވެ

  15
  1
 17. ހުސެން

  ޒާން ނަމުގައި ލަންކާގައި ވަގު ޕާސްޕޯޓު ގެންގުޅުމާއި ވިސާ ފީ ނުދައްކާ ހުރި މައްސަލަ ބަލަނީ ކޮންތާކުންތޯ ؟ހުރިހާ ގޮޅިއަކުން ހުރިޙާ ކަނަކުން ލުތުފީ މިހިރީ ކުއްވެރިވެފަ،ސުވާލަކީ ދިވެހި ސަރުކާރުން ލުތުފީ ގެ އެކުށުގެ ކައްފާރާ ފީ ދެއްކީތޯ ނޫނީ ރާއްޖޭގައި އެ މައްސަލަތައް ބަލާނެތޯ؟ކޮންގޮތަކުން ތޯ ވިސާ ފީއަށް ވީ ކިހިނެއްތޯ؟ޖަވާބު ބޭނުން

  11
  3
 18. Anonymous

  މަރަށް މަރު ހިފަަަަން ޖެހޭ!

  11
  3
  • މޮޔައެނޮނިމަސް

   ލުތުފީ ނުމެރޭނެ.ސަބަބަކީ އޭނާ ނުމަރާ އެކަކުވެސް

   6
   12
   • ލުތުފީ

    ރަނގަޅުވާހަކައެއް މަށެއްނުމަރަން އެކަކުވެސް، މަ ބުނެގެ އައިބަޔަކު މީހުން މެރީ

   • ލުތުފީ

    އެބުނީ ތެދެެއް މަނުމަރަން އެކަކުވެސް، މަ ގެނައި ބަޔަކު މީހުން މެރީ،

 19. ބަރުގޮނު

  ލުޠުފީ ގެ ވާހަކަ ނިމިގެން ނުވާނެ. ލުޠުފީއަށް މާފުދޭން އެގޮވާލަނީވެސް އޭނާ ފިލަން ވަގުތު ފަހިކޮށްދިން މީހުން. މަވޯޓާމެން ލައްވާ އެވާހަކަ ގޮއްވާ މެޖޯރިޓީގެ ބާރުގައި ލުޠުފީއަށް މާފުދޭން ރާވާ އެކަން އެގޮތަށް ހިންގަން ތައްޔާރުވެ އެއިނީިވެސް ހަމަ އެކަކު. މިވަގުތަށާ ދަޑިވަޅު ބަލާފައި އަދިވެސް މަވޯޓާމެން މިކަމާ އުޅުމަކީ ވަރަށް ގާތްކަމެއް. މިކަމާ ރަޢިއްޔަތުން ތިބެންވާނީ ވަރަށް ހުޝިޔާރު ވެގެން.

  7
  3