މިހާރު ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ތަފާތުވާނެ މަޖިލީހެއް ކަމަށް އެމްޑީޕީން އައީ ކެމްޕެއިން ތެރޭގައި ބުނަމުންނެވެ.

އެމްޑީޕީއަށް ލިބުނު ބިޔަ މެޖޯރިޓީއާއެކު ފެންނަން ފެށީ ކެމްޕެއިން ތެރޭގައި އެޕާޓީން ބުނަމުންދިޔަ "ތަފާތު" މަޖިލީހެވެ.

ތެދެކެވެ. މަޖިލީހުގެ ޖަލްސާތައް ރޮކެޓު ސްޕީޑުގައި ބާއްވަމުން އެބަދެއެވެ. ކޮމެޓީތަކުގެ މަސައްކަތްވެސް ހަމަ އެ ސްޕީޑުގައި ކުރިއަށް އެބަދެއެވެ.

އެހެންނަމަވެސް މީގެ ތެރޭގައި އެބުނާ ތަފާތަކީ ކޮބައި ހެއްޔެވެ؟

ބައެއް ތަފާތުތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ.

އެމްޑީޕީ ނޫން އެހެން ބަޔަކު ހުށަހަޅާ އެއްވެސް ބިލެއް ނުވަތަ ގަރާރެއްވެސް މަޖިލީހުގައި ކުރިއަށްދާ ތަނެއް ނުފެނެއެވެ. އެއީ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށްވިއަސް އެމްޑީޕީން ހުށަޅާ ބިލެއް ނުވަތަ ގަރާރެއްވެސް މަޖިލީހުން ފާސްވާނެ ފުރުސަތެއް އެމްޑީޕީން ނުދެއެވެ. އެހެންވީމަ މަޖިލިސް 19 ތަފާތެވެ.

އެހެންނަމަވެސް މިކަމުގައިވެސް ތަފާތު ކަމެއް ފާހަގަ ކުރެވެއެވެ.

މަޖިލީހަށް ގަރާރެއް ނުވަތަ ބިލެއް ކޮންމެ ޕާޓީއަކުން ހުށަހެޅި ނަމަވެސް އިބްތިދާއީ މަރުހަލާގައި ބަލައިގަނެއެވެ.

އެއަށްފަހު ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި އެބިލު ނުވަތަ ގަރާރު ތަޅުމުން ބޭރުކޮށްލުން އެއީ މިހާރު އެމްޑީޕީން ރާވައިގެން ކުރަމުން އަންނަ ކަމެއްގެ ގޮތުގައި ފާހަގަ ވެފައިވާ ކަމެކެވެ.

އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވާ ގޮތުގައި އެޕާޓީން ބޭނުމިއްޔާ އިދިކޮޅު އެއްވެސް އެއްޗެއް މަޖިލީހަށް ބަލައިނުގަނެ ފުރަތަމަ މަރުހަލާއިންވެސް ބޭރުކޮށްލުމުގެ ބާރު މިހާރު އެބައޮތެވެ.

އެއީ މަޖިލީހުގެ ތަޅުމުގައި މަޖިލިސް 19 ގެ އަޑާއި މަންޒަރު ހުރި ގޮތެވެ.

ކޮމެޓީތަކަށް ޖެހިލަމާ ހިނގާށެވެ.

ކޮމެޓީތަކުގެ މަސައްކަތަކީވެސް މަޖިލިސް 19 ގެ ތަފާތުކަން އިންތިހާއަށް ފެންނަ އެއް ބައެވެ.

ކޮމެޓީތައް މަސައްކަތް ހީވާގިކަމުން ކޮމެޓީއަކީ ސަރުކާރެއް ހެން ވެސް ބައެއް ފަހަރު ހީވެއެވެ. އަނެއް ބައިފަހަރު ޝަރުއީ ކޯޓެއްގެ ސިފައިގައި ކޮމެޓީތައް ފެންނައިރު އަނެއްބައި ފަހަރު ތަހުގީގީ އިދާރާއަކާވެސް ވައްތަރު ވެއެވެ.

މިކަމުގައި އަދި ވަކިން ތަފާތު ކަމެއް ފާހަގަ ވެއެވެ. އެމްޑީޕީ ބޭނުންވީމާ ބޭނުން ބަޔަކު ކޮމެޓީތަކަށް ހާޒިރު ކުރެވެއެވެ.

އެހެން ނަމަވެސް އެމްޑީޕީގެ މަސްލަހަތު އޮންނަ ކަމަކާ ދިމާވެއްޖެއްޔާ ކޮމެޓީތައް ގަދަ ނިދިން ނިދާފައި ތިބޭ ކަހަލައެވެ.

 

މިފަދަ އެއް ކަމަކީ ދާދިފަހުން ސަރުކާރުން ބޮޑު ބާޣީއަކަށް ހިމާޔަތްދީގެން އުޅުނު މައްސަލައެކެވެ. ބާޣީ ލުތުފީ ރާއްޖެ ނުގެނެސް ލަންކާގައި ސަރުކާރުން ގެންގުޅުނު މައްސަލައިގައި ކަހާތަން ހިރުވާލަންވެސް ކަމާ ބެހޭ ކޮމެޓީއަށް ނޭނގުނެވެ.

އެހެންކަމުން 19 ވަނަ މިޖިލިސް ފެށިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެމަޖިލީހުގެ ތަފާތުކަން ދިވެހިން މިދަނީ ތަޖުރިބާ ކުރަމުންނެވެ.

މަޖިލިސް 19 ގެ ޑްރާމާގެ ރާގުވެސް ހަމަ ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ދެބޯ ގެރި

    ބާޤީންނައް ވޯޓް ދީފަ ދެން ގުދޯ ގުދޯ ގޮވާނެކަމެއް ނެތް...

    98
    4
  2. ހާލަތު

    ބޮޑު ވަޒީރު ވިސްނަނީ ރައްޔިތުން އިންތިހާބުކޮށްފަ ހުރި ރައީސްގެ ބާރު ކަނޑުވާލާ މަޖިލީހުން ޤައުމު ހިންގަން. ކޮބާތަ މިއައްވުރެއް ބޮޑު ބަޢާވާތެއް ހިޔާނާތެއް؟ ރައީސް އިބޫ ސައިޒުކޮށްފަ. އެކަމަކު ސައިލެންޓު ބުރޭކްކޮށް ތޮށިގަނޑުން ބޭރަށް ނިކުންނަވާނެކަމުގެ އަޑު އިވިއްޖެ ސުޕުރީމު ކޯޓުގެ ބެންޗު އެކުލަވާލުމުގެ މައްސަލައިގަ.. ބަލަން މިތިބީ ބޮޑުވަޒީރު އަސްލު ސައިޒަށް ގެނެސް ރައީސްގެ ބާރު ހިނގާތަން ފެންނަން ބޭނުންވަނީ

    83
    4
  3. Anonymous

    މަޖިލިސް 19 ވަރަށް ބޮޑަށްވެސް ތަފާތު. އެމްޑީޕީ ނޫންް އެހެން މީހުން ހުށަހަޅާ ރައްޔިތުންނަށް ފައިދާ ހުރި ޤާނޫނުތައް މިސާލަކަށް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް 5000 ރުފިޔާއިން 10000 ރުފިޔާއަށް މަތިކުރުމުގެ ބިލު ފަދަ ބިލުތައް ވަނީ ބޭރުކޮށްލާފައި. އޭގެ ބަދަލުގައި އެމްޑީޕީއިން ހުށަހަޅާ ބިލު މިސާލަކަށް އީވާ ހުށަހަޅާފައިވާ ތުނބުންފުމުމާއި ގިލިގިލިކޮށްޓުމުގެ ޤާނޫނުގެ ބިލުފަދަ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ޚަރަދެއް ހޭދަނުވާނެ ބިލުތައް ވަނީ ބޮޑުތަނުން ބަލައިގެންފައި. މިއީތޯ ރައްޔިތުންނަށް މުހިއްމު ކަމަކީ. ރައްޔިތުންނަށް އެއްވެސް ޚަރަދެއްކޮށްދޭނެ ކަމެއް ނުކޮށްދީ މުޅިންވެސް ޓެކްސްތައް ބޮޑުކޮށް އިސްޓިކާ ޖަހައި، މުޥައްޞަޞާތަކަށް ފައިދާ ނުލިބެޔޭ ކިޔައި އެފައިސާތައްވެސް ކަޓުވައި ދަޢުލަތް ކަމުން ދުވަނީ. ދެން މަޖިލީހާއި ކޮމެޓީ ތައް ބިޒީވެގެން އުޅެނީ ކުރީގެ ސަރުކާރުގެ ކުށެއް އޮތްތޯ ބަލައި އެމީހުން ކޮމެޓީތަކަށް ގެންގޮސް ޑްރާމާ ކުޅެގެން.
    ހިތާމައަކީ މިކަންކަމަށް ދެކޮޅުހަދައި އެންމެ ގަދައަށް ކޮމެންޓް ކޮށްފައި ގޮސް ވޯޓުދޭނީ އަނެއްކާވެސް އެޖެންޑާ 19 އަށް.

    90
    8
    • ބުރިޓޯ

      އެއްވަނައިގެވާހަކައެއް.

      69
      2
  4. އަނީސް

    ލިއުނތެރިޔާ އަށް ވާނުވާ އެގޭ ހެނެއް ހީނުވެއެވެ، ވަރަށް ހިތްދަތި ވެގެން އުޅޭ ހެން ހީވެއެވެ. ބެލެންސްކޮށް ލިޔެވޭތޯ ބަލާށެވެ

    15
    109
    • އަމާ

      ކަލޭ ވެސް ދިވެހިން ލިޔަންޏާ ދިވެހިން ލިޔޭ,
      ދިވެހި ބަހަށް ގޮއްކުރެދި ނާރުވާ.
      މާއިނގޭ މީހަކަށް ވެގެން އެބަ އުޅެއެއްނު ރޯނުއެދުރު.

      25
      4
    • ޢަލީ

      19 ވަނަ މަޖިލީސްކަހަލަ ބެލެންސްތަ؟ ރާއްޖެ ޓީވީކަހަލަ ބެލެންސްތަ؟ ތިބޭފުޅާގެ ސިކުނޑި ފުރަތަމަ ބެލެންސް ކޮއްބަލަ. ލޯވެސް ހިތްވެސް ބެލެންސްކޮށްބަލަ..

      14
      1
  5. ށ

    އެމްޑީޕީ އެއްކަމަކު ރައްޔިތުންނަށް އޮޅުވާ ނުލާތި.

    87
    1
  6. މިފްތާހް

    ކަލެމެން ރިޕޯޓް ލިޔާއިރު ލިޔާ އެއްޗެއް އެނގިގެން ލިޔުނީޔާ ރަނަގަޅު

    8
    77
  7. ވައިޑީ

    ތިއީ ހަމަ ޔާމީނުވެސް ކަންތައްކުރި ގޮތް ތިގޮތް ކަމުނުދާތީ ދެވަނަފަހަރަށް ނޮހޮވުނީ

    6
    47
    • ކަންތައް

      ޔާމީނުވެސް ކަންތައް ކުރެއްވިގޮތް ގޯސްނަމަ އިބޫކަންތައް ކުރައްވަނީ ބިރުވެރި ހުވަފެނެއް ފަދަ ގޮތަކަށް. ކޮންމެ ދުވަހަކު ކަރަންޓް މައްސަލަ، އެވަރުންވެސް ބިލްބޮޑުވަނީ. އެއްޗެހީގެ އަގު ކުޑަކުރާންށޭ ކިޔާފަ ކުރީސަރުކާރުގެ އަގަށް ވުރެ ޑަބަލް މިކުރަނީ (ފްލެޓް ތަކުގެ އަގަކީވެސް މީގެ މިސާލެއް)، އާސަންދަ އެހެންގައުމުތަކުގަ ލިބޭނެ ކަމަށް ވަޢުދުވެފައި އާސަންދަ ނުލިބި މިދަނީ.
      ޔާމީން ނޮހޮއްވެވިޔަސް، ޔާމީންނަށް ވުރެ މާ ނުބައި ގާރޫނެއް ތި ހޮވީ. އަނެއްކޮޅުން މަޖްލީހުގެ ރައީސަށް މިހޮވީ މިރާއްޖޭގެ ޖާހިލު ފިރިއައުނު.

      14
    • ޑީދީ

      ބަލަ ޔާމީނު ގޯސްވެގެން ގެނައި މީހެކޭ އިބޫ އަކީ އަންނި އަކީ. ބާރުލިބުނީމަ ދެން ޔާމީނަށްވުރެ ގޯސްވީމަ ދެން މިޖެހެނީ ކޮންތާކު؟ އެއްޗެކޭކިޔުމުގެ ކުރިިން ވިސްނާލަބަ. ހީކުރީތަ ހުރިހާއެންމެންނަކީ ރީދޫބައިގަނޑުހެން ދުވާލު ކޮޅުމެންދުރު އަންނި ނުކުމެ މީ ރޭގަނޑޭ ބުނީމަ ގަބޫލުކުރާނެ ކަމަށް؟

  8. އައި

    ރިޕޯޓެއް ނުލިޔުނަސް ތިޔަ ހަގީގަތް އެކަމަކު ވަގުުތު ވަރެއް ނެތް ތި ކުދިން ފެނުނީމާ ސައިދޭނަން.....

    63
    3
  9. ބަރުގޮނު

    18 އާ 19 އަކުރުތަކުން ތަފާތުވާ ގޮތަށް 20 އަކުރުގެ ގޮތުންނާ އަޑުމަޚުރަޖުގެ ގޮތުންވެސް ތަފާތުވާނެކަން ޢިއްޒަތްތެރިންނަށް ނޭގޭ ތޯއްޗެކެވެ.

    9
    1
  10. އާދަނު

    ރާއްޖޭގަ އޮންނަނީ ސިޔާސީ ޕާޓީ ތަކުގެ މަޖިލިހެއް ރައްޔިތުންގެ މަޖިލިހެއް ނޫން

    41
  11. ހުސައިންފުޅު

    އަޅާނުލާ އެވެރިންގެ ދުވަސް ދާން ދެން މާގިނަ ދުވަހެއްނެތް. މިހާރު ބޮވުނުހާ ލެއެއް ބޯ ހުސްކުރޭ. ދެން މިދިވެހި ރައްޔިތުންގެ ވޯޓެއް އެމް.ޑީ.ޕީ އަކަށް ލާހިކެއް ނޫން މެޖޯރިޓީ ކޮށް ލިިބިގަންނާކަށް. ރަގަޅީވެސް ތިގޮތް ބިތުފަންގި ވެއްޓުނީމަ

    29
    1
    • ލޮލް

      ކުޑަކޮށް ބޮލުގަ ރިއްސާ ދޯ؟

      • ޢަލީ

        ބޮލުގަ ރިއްސާނީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަަބަޔަކު. ޔަގީނުންވެސް ދުވަހެއް އަންނާނެ އޭގެ އަގު އަދާކުރަންޖެހޭ. ޢެދުވަހުން އެގޭނެ ބޮލޮގަ ރިއްސާބަޔަކު.

  12. ނަވާރަ

    ރާއްޖޭގަމިވަޤުތުނެތް ރައްޔިތުންގެ މަޖްލިހެއް އޮތީ ޢާއިލީ މެމްބަރުންގެ މަޖްލިސް އެހެންވީމާ އެޖަންޑާ ނަވާރަ ތަފާތުވަނީ

    30
  13. ބޯބުޅި

    މިހާރު މިއޮތް ސަރުކާރަކީ ޕީޕީއެމް ޕީއެންސީ ތެރޭގައި ހުރި ފީ ހޮވަން އައި ސަރުކާރެއް، 2023ވަނަ އަހަރު ރިޔާސީ އިންތިހާބު ބާއްވާއިރު ޕީޕީއެމް ޕީއެންސީގައި ތިބި ކޮރަޕްޓު ބައިގަނޑު އޮންނާނީ ޖަލުގައި، އެހެންވީމާ 2023ގައި އިންތިޚާބުވާ ޕީޕީއެމް ސަރުކާރު ވާނީ ފަސްބައިގައި ކިލަނބުކަމެއްނެތް ސާފު ތޯހިރު ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ސަރުކާރަކަށް، އިންޝާﷲ.

    6
    11
  14. ސަމާ.

    މުސްކުޅިންނަށްވެސް އަދި ޚައްޞަ އެހީއަށް ބޭނުންވާކުދީންނަށް މިހާހިސާބުން ދެމުންގެންދާ ފައިސާގެ ޢަދަދަކީ މިހާރު އެއްމެ ރަނަގޅު ޢަދަދު. އެކަމަކު ޚާޞަ އެހީއަށް ބޭނުންވާމީހުންކެޓަގްރައިސް ކޮށްފަ އެމީހުންގެ ތެރއިން އެހީއަށް އެއްމެ ބޭނުންވާ މީހުންނަށް އެހީތެރިކަމާ މަދަދު އިތުރަށް ސަރުކާރުން ފޯރުކޮށްދިނުމަކީ ދިނުމަކީ ހަމަ ރަނަގަޅު ކަމެއް.އެބިލް ފާސް ނުކުރުން ގޯހެއްނޫން.

    7
    3
  15. އަލްޖިބްރާ

    މީގެ ކުރިން ބަޔަކު މަޖްލިސް ހިސޯރު ކޮށްގެންވެސް ތިބި ! އަގައިން ބުނަންނުކެރުނީ ހިފާހައްޔަރު ކޮށްްފާނެތީ ދޯ ! އެވަރު ބަޔަކު މިހާރު ތިތަޅަނީ ކޮން އަގައެއް ! އާޒިމު ބުނީ ރަގަޅަށް ! ބޭނުމީވިއްޔާ ހަފޮޅުން އެތެރެ ވިޔަނުދީވެސް މިއަދު ހިފެހެއްޓި ދާނެ !

    11
    5
  16. ދުންމާރި

    19 ވަނަ މަޖިލިސް ވަރަށް ތަފާތު އިންޑިޔާގެ ޓީވީ ޗެނަލްތަކުން ފޮނުވާ ތަފާތު ޑުރާމާތައް ކުޅެމުންދަނީ ހާއްސަކޮށް ދިވެހި އަންހެނުން ބަލަމުންދާ ކަސައުޓީ ކުލެމުންދަނީ ކޮންމެ ދުވަހަކުވެސް ޑުރާމާތަކުގެ ބައިތައް ޚުލެމުންދޭ ކުރާނެ މަސައްކަތެއް ނެތިގެން ޑްރާމާ ކުޅެ ވީޑިއޯކޮށް ލައިވްކޮށް އެމަންޒަރު ތަކުރާރުކޮށް ރާއްޖެ ޓީވީން ދައްކަމުންދަނީ މީ 19ވަނަ މަޖިލިސް ތަފާތުކަމަކީ ކުރިޔަށް އޮތްތަނުގަ ހިންދީ ފިލްމުތައް ނުކުޅުނިއްޔާ ވަރަށް ރަނަގަޅު

  17. އ. ޖ. އ

    ލުތުފީ ބޭރުގައި އުޅުނީ މައުމޫނާ ޒަމާނުން ފެށިގެން ޔާމީނު ޒަމާނަށް. މި ސަރުކާރުން އެކަން ނިންމާލީ

    1
    4
  18. ހޭ

    ތީއެއްއިރެއްގަވެސް ބަލައިގަންނަ ތަނެއްނޫން

  19. ދޯ

    މިމީހުންގެ ކަމަކީ ފާޑުފާޑުގެ ކޮމެޓީ ހަދައިގެން ބޭކާރު ބަހުސްތައް ކުރުން ވާކަމެއް ނެތް އެއްކަމެއްވެސް ނިކަމެތި ރަށްޔިތަކަށް ފައިދާއެއް ވާކަހަލަ ބިލެއް ހުށައަޅައިފިއްޔާ އެވެސް ބޭރުކޮށްލާ މިކަހަަލަ ކަމެއްދެން މިމީހުންނަށް ކުރެވެނީ. ބޭކާރު ބައެއް ބޮޑު މުސާރަދީފައި ތިބޭ