ރާއްޖޭގެ ތާރީޙްގައިވެސް ކުރެވޭ އެންމެ ބޮޑު މަސައްކަތް އަދި ގިނަ ދިވެހިން އެކަމަކަށްޓަކައި އިންތިޒާރުކުރަމުން އަންނަ ބްރިޖްގެ މަސައްކަތް ދަނީ ވަރަށް ބާރު ސްޕީޑްގައި ކުރެވެމުންނެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި ބްރިޖްގެ މަސައްކަތް ނިންމާލާ ބްރިޖް މަތިން ދުއްވާލުމުގެ އުފާ ހާސިލް ކުރުމުގެ ފުރުސަތު ހުރިހާ ދިވެހިންނަށްވެސް ދިނުމަށެވެ.

ބްރިޖްގެ މަސައްކަތް ޗައިނާގެ މަސައްކަތްތެރިން ބާރަށް ކުރިއަށް ގެންދާއިރު ސަރުކާރުން މިހާރުވަނީ ބްރިޖަށް އެރުމަށްޓަކައި ނުވަތަ މާލެއާއި ބްރިޖާ ގުޅާލެވޭ މަގުތަށް ހެދުމަށްޓަކައި ދުރާލާ މަސައްކަތް ފަށާފައެވެ. އެގޮތުން ހެންވެއިރު ކޮޅު ބްރިޖް ބަލާ ޕްލެޓްފޯމާއި ހިސާބުން ގޮސް ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއް ފުޅާ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

އެގޮތުން ކުރީގައި ޖާހާފައިވާ ގައުތަށް ނަގައި އެމަގުގައި ހުރި ގަސްތައްނަގާ އާޓިފިޝަލް ބީޗްގައި ހުރި ސްޓޭޖް ނަގައި މިހާރުވަނީ އެހިސާބު ގަނޑުގެ މަގު ސާފުކުރުމުގެ ބޮޑު ބައެއް ނިންމާލާފައެވެ. އަދި ބޮޑުތަކުރުފާނު މަގުގައި ކުރީގެ ގާޑިޔާތަށް ހުރި ތަނުން ނަގައި އެމަގު ހެދުމަށްޓަކައި ގާޑިޔާތަށް މިހާރުވަނީ ވެސްޓްޕާކް ހިމެނޭ ސަރަހައްދައް ގެންގޮސްފައެވެ.

މީގެ ހަފްތާއެއްގެ ކުރިން ވަނީ ބްރިޖްގެ ސްޓީލް ބޮކްސްތަށް ހަރުކުރުމުގެ މަސައްކަތް ފަށާފައެވެ. ޗައިނާއިން ތައްޔާރުކޮއްގެން ގެނައި މި ސްޓީލް ބޮކްސްތައް ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ސްޓީލް ބޮކްސްތަށް ހަރުކުރުމަށްފަހު ބްރިޖްގެ ތާރު އެޅުމާއި ލައިޓްތަށް ހަރުކުރުމުގެ މަސައްކަތް ފަށާނެއެވެ.

ބްރިޖްގެ ނެޓްވޯކްގެ ތެރެއިން މާލެއާއި ހުޅުމާލެއާއި އަދި ހުޅުލޭގެ ކަރަންޓްވެސް ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. އެމަސްރޫއުގެ ދަށުން ކަރަންޓްގެ ނިޒާމް ގުޅާލެވުމުން މިހާރު މާލެއިން އަވަސް އަވަހަށް ކަރަންޓް ދިޔުމަށް މިދިމާވާ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ އެވެ. ބްރިޖާ އެކު އަންނަ މިކަހަލަ ކޮންމެ ކަމަކީ ރައްޔިތުންނަށް އޭގެން އެތަކެއް މަންފާއެއް ލިބިދޭ ކަންތައްކަކެކެވެ. ބްރިޖާއި ގުޅިގެން ހުޅުލެއާއި ހުޅުމާލޭގެ ދަތުރުތަކަށް ގުޅިފައިވާ މަގުތަކަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމަށްވެސް މިހާރުވަނީ ފަށާފައެވެ.

އަމަލީ މަސައްކަތް ނިމިގެންދާ މަންޒަރު ފެންނަމުންދާއިރު ސަރުކާރުން މިވަނީ މާލެއާއި ހުޅުލެ އަދި ހުޅުމާލެއަށް ބްރިޖް މަތިން ދަތުރުތަށް ފެށުމުގެ ގޮތުން ބަހުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލުކޮއްފައެވެ. ބަސް ދަތުރުތަކަށް އެމްޕީއެލް އިން 100 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައިވައިރު 3 ސައިޒެއްގެ ބަސްތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަސްދަތުރުތަކަށް ނަގާނީ ރައްޔިތުންނަށް ފަސޭހަ އަގުތަކެއްކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

ބްރިޖްގެ މަސައްކަތާއީ ބްރިޖާ ގުޅޭ މަސައްކަތް ބާރު ސްޕީޑްގައ ކުރިއަށްދާއިރު ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ދަނީ އެ މަސައްކަތްތަށް ކުރިއަށްދާގޮތް ވަރަށް ގާތުން ބަލަމުންނެވެ. ރައްޖޭގައި މިހާތަނަށް ކުރެވޭ އިންފްރަކްޗާގެ އެންމެ ބޮޑު މަސައްކަތް އަދި އެތައް ދިވެހިންގެ އުންމީދާއި ގުޅިފައިވާ ބްރިޖް މި އަހަރުގެ ރިޔާސީ އިންތިހާބްގެ ކުރިން އެއްކޮށް ނިންމައި ބްރިޖްގެ ބޭނުން ކުރެވެން ފެށުން އެއީ ސަރުކާރުގެ އަމާޒެކެވެ. ބްރިޖް ހުޅުވެގެންދާއިރު އެތައް ވަޒީފާތަކެއްވެސް އުފެދިގެން ދާނެކަމީ ވެސް ދިވެހިންނަށް ބްރިޖްގެ ސަބަބުން ލިބޭނެ އުފާވެރިކަމެކެވެ.

ބްރިޖް އެޅުމަށް 300 މިލިޔަން ޑޮލަރު ޚަރަދުކުރާއިރު އޭގެތެރެއިން 100 މިލިޔަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ 100 މިލިޔަން ޑޮލަރެއެވެ. އަދި 170 މިލިޔަން ޑޮލަރުގެ ލޯނު އެންމެ 2 ޕަސެންޓްގެ އިންޓްރެއްޓަކާއެކު ޗައިނާއިން ރާއްގެއަށް ދީފައިވާއިރު ދައުލަތުގެ ބަޖެޓުން ބްރިޖަށް ހަރަދުކުރަނީ 30 މިލިޔަން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ރައީސް ޔާމީން އަދި އެމަނިކުފާނުގެ ކެބިނެޓް ގެ ބުރަ މަސައްކަތްޕުޅުން ކުރައްވަމުންގެންދަވާ މިފަދަ ބައިވަރު މަސައްކަތްތަކަށް އަތްގަދަކުރުމުގެ ހުވަފެން އަންނިއާއި މައުމޫނު އެދަނީ ދެކެމުންނެވެ. ކީރިތި ﷲ ، ދުވަހަކުކޮޅުންވެސް އެބައިމީހުންގެ އެ ރޭވުން ކާމިޔާބު ނުކުރައްވާށި! އާމީން

  2. ޖޮއްބެ

    ބުރިޖެއްނޭޅޭނެ އަނހަ މިބުނީނޫންހޭ ބުރިޖެއް ނޭޅޭނެޔޭ....ނޭޅޭނެ....ނޭޅޭނެ ބަލަ ނޭޅޭނެޔޭ ޔާމީނު ކޮންއެއްޗެއް ހައްދަވަން އެއުޅުއްވަނީ؟ ނިކަން ވިދާޅުވެއްލަވަ. ހެހެހެހެ ބަލަ ގަންޖާބޯ ކަލެއަށާ ކަލޭގެ ސިޙުރު ޖެހިފަތިބި ބައިގަނޑަށް ފެނޭތަ؟ ﷲގެ ވާގިފުޅާއެކު ބްރިޖް އެޅެމުން ދާތަން؟

  3. އަހޫ ދަނގތި

    ރައީސް ޔާމީނަކީ ކެރޭ ހިތްވަރު ހުރި ލީޑަރެއް .