އަނިޔާވެރިކޮށް މަރާލާފައިވާ އުމުރުން 29 އަހަރުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ، ޔާމީން ރަޝީދު މަރާލި ރޭ އޭނާ ދިރިއުޅޭ ގެއިން ހަޅޭކުގެ އަޑާއި، އޭނާއަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރާ ދެ މީހުން އެގެއިން ނުކުތް މަންޒަރު ފެނުނު ކަމަށް، އެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސްދިން މީހަކު ބުނެފިއެވެ.

މިކަމާއި ގުޅިގެން ސިއްރުން ހެކިބަސްދިން ހެކިވެރިޔާ ބުނީ ހަޅޭކުގެ އަޑަށްފަހު އެ ގެއިން ނުކުތީ، ހ. އަންނާރުމާގެ، އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއީލް ކަމަށެވެ. ހަމައެހެންމެ، އެ ގެއިން އެމީހުން ނިކުތްއިރު އެމީހުން ތިބީ މާސްކު އަޅައިގެން ކަމަށާއި ނަމަވެސް އެގެއިން ނުކުތް ދެ މީހުންނަކީ ހައިޝަމާއި ޒިހާންކަން ޔަގީން ކުރެވޭ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ

މީގެ އިތުރުން ހެކިވެރިޔާ ބުނީ ހައިޝަމާއި ޒިހާން އެގެއިން ނުކުތްއިރު، އެގޭގެ ބޭރުގައި، ސައިކަލެއްގައި މަޑުކޮށްލައިގެން މ. ޠާއިފް، އިސްމާއީލް ރަޝީދު ހުރި ކަމަށެވެ. އަދި ޒިހާން އެ ސަރަހައްދުން ދިޔައީ އެތަނުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ސިއްރު ހެކިވެރިޔާ ފަހެއްގެ ހެކިބަސްވެސް ނަގައިފައެވެ. އޭނާ ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޔާމީން ރަޝީދުގެ ގޭގެ ގްރައުންޑްފުލޯގައި 2:30 ގައި އެނާ ނިކުތް އިރު އަލި ހުރިކަމާއި، އޭގެ ފަހުން އައި އިރު އަލިކަމެއް ނެތް ކަން ސާބިތު ކުރުމަށެވެ.

ހަމައެހެންމެ، ފިންގާޕްރިންޓް ކޮމްޕޭރިޝަން ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގަން ވެސް މިއަދު ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެކަމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށް ބުނެ، އެކަމަށް ދިފާއުން އިއުތިރާޒު ކުރުމުން، އެ ހެކިބަސް ދެން އޮންނަ އަޑުއެހުމެއްގައި ނެގުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

މި މައްސަލައާއި ގުޅިގެން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ސިއްރުން ހެކިބަސްދިން ހެކިވެރިޔަކު ބުނެފައިވަނީ ޔާމީން މަރައިލި މީހުން އެގޮތަށް ރޭވީ ކައްޓި ހިތްވަރު ފެސްޓިވަލްގައި ބައިވެރި ކުރި ކުރެހުންތަކެއްގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާތީ ކަމަށެވެ.

އެ ހެކިވެރިޔާ ބުނީ، ފުރުޤާން މިސްކިތުގައި ޔާމީން ރަޝީދު މަރަން ފުރަތަަމަ މަޝްވަރާ ކުރެވުނުއިރު، އެ މީހުން އެ މިސްކިތުން ބައްދަލުކޮށްފައި ވަނީ ފޮޓޯ މައުރަޒުގައި ގުރުއާނަށް ފުރައްސާރަ ކޮށްފައިވާ ކަމަށްބުނެއެވެ.

ހެކި ހާމަކުރުން

ޖިނާޢީ މައްސަލަތަކުގައި އަބަދުވެސް ދަޢުވާ ކުރާ ފަރާތަކީ ދަޢުލަތެވެ. މައްސަލަ ޘާބިތު ކުރުމަށްޓަކައި، ދަޢުލަތުން ހުށަހަޅާ ހެކިތައް، ހާމަކުރަންޖެހޭ އިޖުރާޢަތު، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އެ މާއްދާގައި ބުނެފައިވަނީ، ދަޢުލަތުގެ ބާރުގެ ދަށުގައިވާ ނުވަތަ ބެލުމުގެ ދަށުގައިވާ މަޢުލޫމާތާއި، އެ މަޢުލޫމާތަކީ، ދަޢުލަތަށް އެނގޭ ނުވަތަ އެކަށީގެންވާ ގޮތުގައި އެނގެންޖެހޭ މަޢުލޫމާތު، ދަޢުވާ ލިބޭ ފަރާތައް ހާމަކުރަންވާނެ ކަމަށެވެ. އަދި ދަޢުވާ ލިބޭ ފަަރާތުން ލިޔުމުން އެދިއްޖެނަމަ، ދަޢުވާ ލިބޭ ފަރާތުން ދީފައިވާ އެ މައްސަލައާއި ގުޅުންހުރި އެންމެހާ ބަޔާންތަކާއި، ދަޢުވާ ލިބޭ ފަރާތުން އަނގަބަހުން، ދަޢުވާ ކުރާ ފަރާތަށް ނުވަތަ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ދީފައިވާ ބަޔާނެއްގައި ހިމެނޭ މައިގަނޑު ކަންކަން ބަލައި، ނުވަތަ ކޮޕީ ނަގައި، ނުވަތަ ފޮޓޯ ނެގުމުގެ ފުުރުޞަތު އެ ފަރާތަށް ހަމަޖައްސައިދޭން ވާނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

ޤާނޫނުގެ "ދިގު އަތް"

މި ދައްކަނީ އާދައިގެ ވާހައެއް ނޫނެވެ. ޤާނޫނު އަސާސީން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ދިރިހުރުމުގެ ހައްޤު އޭނާގެ ކިބައިން ނިގުޅައިގަތް ވާހަކައެެވެ. އެ މީހަކީ، ދޭސީއެއް ކަމަށް ވިޔަސް، ބިދޭސީއެއް ކަމަށްވިޔަސް، ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ހުރިހާ ހައްޤެއްވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށްވެސް ލިއްބައިދޭން ވާނެކަމަށް އެ ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެއިން އެއްވެސް ހައްޤެއް ގެއްލިގެން ދާ ޙާލަތުގައި، އެ ހައްޤެއް ކަށަވަރުކޮށްދީ، ޙިމާޔަތް ކޮށްދިނުމަކީ، ދަޢުލަތުގެ ވާޖިބެއް ކަމަށް، ހަމަ އެ ޤާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.

ކޮންމެ މީހަކީވެސް، ދިރިހުރުމުގެ ހައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފުސު ރައްކާތެރި ކުރުމުގެ ހައްޤު ލިބިގެންވާ މީހެކެވެ. ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަދާފައިވާ ޤާނޫނަކާއި، އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން، އެއިން އެއްވެސް ހައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅައި ގަނެވިގެނެއް ނުވާނެއެވެ. މީގެ އިތުރުން، ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާއި ކުރާ ޒާތީ މުޢާޞަލާތުތަކަކީ، ޙުރުމަތްތެރިވެގެންވާ ކަންކަމާއި، ތަންތަންކަމަށްވެސް ޤާނޫނު އަސާސީގައި ވަނީ ކަނޑައަޅާފައެވެ.

ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްތުގައި މީހަކު މެރުމަކީ، ޤާނޫނު ނަމްބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާ ބުނާ ގޮތުން، ޖިނާޢީ ބޮޑު ކުށެކެވެ. އެ ކުށުގެ އަދަބަކީ، މަރުގެ އަދަބު ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެމީހަކު މަރުވެއްޖެ ނަމަ، އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށް ލުމެވެ. މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރި ހިންގުމުގެ ކުށުގެ އަދަބަކީ، 15 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަށް އެމީހަކު ޖަލަށް ލުމެވެ.

ތަފާތު ނުކުރުމާއި ޒާތީ ދިރިއުޅުން

ޤާނޫނު އަސާސީގެ، "އަސާސީ ހައްޤުތަކާއި މިނިވަން ކަމުގެ ބާބު"ގައި ބަޔާންކޮށްފައިވާ އެއްވެސް ހައްޤެއް އަދި މިނިވަން ކަމެއް ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ބަލައިގެން ނުވާނެއެވެ. މުޖުތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަން ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާޢީ ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެ ދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ، ތަފާތު ކުރުމެއް ކަމުގައި ނުބެލެވޭނެކަން، ޤާނޫނު އަސާސީގެ 17 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. އަދި ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާއި ކުރާ ޒާތީ މުޢާސަލާތުތަކަކީ، ޙުުރުމަތްތެރިވެގެންވާ ކަންކަމާއި، ތަންތަނެވެ. އަދި ކޮންމެ މީހަކުމެ، އަނެކުންގެ އެ ހައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަން ވާނެ ކަމަށްވެސް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ.

ޢަދުލްވެރިކަމާއި އެކު ޝަރީއަތް ހިންގުން

ޖިނާޢީ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތުގެ އިޖުރާޢަތު ބަޔާންކޮށްފަ އޮންނަ ޤާނޫނަކީ، ޤާނޫނު ނަމްބަރ 12/2016 ޖިނާޢީ އިޖުރާޢަތުގެ ޤާނޫނެވެ. އެ ޤާނޫނުގެ 142 ވަނަ މާއްދާއިން ވަނީ، ޢަދުލުވެރިކަމާއި އެކު އަދި މެދު ނުކެނޑި ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ހައްޤު ކޮންމެ މީހަކަށްވެސް ލިއްބައިދީފައެވެ. ޖިނާޢީ ކޮންމެ މައްސަލައެއްގައިވެސް ޝަރީޢަތް ހިންގަންވާނީ، ޢަދުލުވެރިކަމާއިއެކު، ވަކި ފަރާތަކަށް ނުޖެހި ހަމަހަކަމާއިއެކު ކަމަށާއި، ޝަރީޢަތުގެ އަޑުއެހުތައް ފެށުމަށްފަހު، މެދުކެނޑުމެއްނެތި، އެ ޝަރީޢަތް ކޮށް ނިންމަންވާނެ ކަމަށް އެ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަޢުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ސަރީ

  މީހަކު މެރުމަކީ ކުށެއް، ބޮޑުވެގެންވާ ފާފައެއް، އެކަމަކު ދީނާ ޚިލާފު ގިނަވާހަކަތަކެއް ފާޅުގައި ދައްކާ ލަދެއް ބިރެެއް ނެތި ބްލޮގް ހަދައިގެން މީހުންގެ ނަފްރަތު ލިބޭގޮތަށް ލިޔުންލިޔެ ކުރެހުންްތައް ކުރަހާ މީހާވެސް ކުށުން ބަރީއަވެގެން ނުވޭ.... ޔާމީންއަކީ ހަމަ ވަރަށްް ކެރިގެން މޮޅެތި އެއްޗިހި ލިޔެ ކުރަހާ އުޅުން މީހެއް، ހަމަ މިކަހަލަ މީހުން އަދިވެސް މިމުޖުތަމައުގަ އެބައުޅޭ އެކަމަކު އެމީހުންކުރާ ކުށް ކުށަކަށް ނުވޭ

  101
  7
  • ސަމީރު

   ލިޔެއްވިއްޖެއެނު މިހާރު ދެން މިހާރު ކަމުގެއް ހަގީގައް މި މޮޔައަށް ރަގަޅަށް އިންގިފަ

   16
   7
  • .....

   އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހެއްގެ ހުކުމަކީ އިސްލާމްދީނުގައި ކޮބައިތޯ....
   އަހަރެން ނުދެކެން ޔާމިން ރަޝީދު ދީނަށް ފުރައްސާރަކޮށް ލިޔެފަ ކުރަހާފަ ހުރި އެކައްޗެއްވެސް....
   އެހެންވުމާއެކު ޔާމިން ރަޝީދުގެ މައްސަލާގަ އަހަރެންނަށް އެއްޗެކޭ ބުނެވޭނެ ޖާގައެއް ނެތް...
   އެކަމަކު ދީނަށް ފުރައްސާރަ ކުރާ މީހެއްގެ ހުކުމެއް ކަމުގައި އަހަރެންނަށް ފެނިފަ އޮތީ މެރުން...
   އެއީ މީހަކު މެރުމަށްވުރެ ބޮޑު ކުށެއްގެ ގޮތުގައި ދީނުގައިވާތީ އަހަރެން ދެކެން....އެހެނީ މުސްލިމެއްގެ ލެޔާ މުދާ ހަރާމް ވެގެންވާ ހާލުވެސް އޭނާ ގަތުލު ކުރުމަކުން ގަތުލު ކުރި މީހާ ދީނުންބޭރުވާ ކަމަށް އޮއްވަ ނުދުކެން...ނަމަވެސް މުސްލިމަކު ގަތުލު ކުރުމަކީ ކުޑަކަމެއް ނޫންކަންވެސް ފާހަނގަ ކޮށްލަން....

   30
   9
   • މުޑުދާރު

    ނުފެންނާނެ. ލާދީނީ އެއްވެސް މީހަކައް ނުފެންނާނެ

    21
    • ޝަރީއާ ސާރ

     ފެނުނަސް އެނާގެ މައްޗައް މަރުގެ ހުކުމް އިއްވާ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެއްވެސް ހައްގެ އިސްލާމް ދީނުގައި އާންމު ފަރުދުންތަކަކައް ދީފައެއް ނެތް. ވީމާ އެގޮތައް އަމަލު ކޮއްފިއްޔާ އެމީހާ އެމަރާލެވުނީ ނުހައްގުންކަން އިސްލާމީ ޝަރީއަތުގެ ކޯޓެއްގެ ފަނޑިޔާރަކައް ނިންމިދާނެ. އަދި އެއަމަލު ހިންގި މީހުންގެ މައްޗައް އާއިލާ އެދޭނެމަ ގިސާސްވެސް ހިފިދާނެ. އިސްލާމީ ޝަރީއަތަކީ ކަލޭމެން ބޭނުންހާގޮތަކައް ފުއްގަނޑެއްހެން މޮޑެ ކުޅެން އޮތް ކުޅިވަރެއްނޫނެވެ. އެޝަރީއަތުގައި ކުއްވެރީންނާއި އަދި ލާދީނީ މީހުންނައް ފިޔަވަޅުއެޅުމުގައި އިންތަކަކާއި އަދި ޒިންމާތަކެއް ވަކި ބަޔަކައް ވަކި ގޮތަކަައްމެނުވީ ދީފައެއް ނޯވޭ.

   • މަންޒީން

    ތިޔަބުނާ ހުކުމް ކުރެވޭނީ އިސްލާމީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކައްކަން އެނގޭތަ. އެއްވެސް އާންމު މުސްލިމަކައް އަނެއް މުސްލިމެއްގެ މައްޗައް ހުކުމް އިއްވައި ތަންފީޒުކުރުމުގެ ހައްގު އިސްލާމްދީނުގައި އެއްވެސް މުސްލިމަކައް ނުވަތަ ފަރުދަކައް ލިބިގެނެއް ނުވޭ. މަރުގެ ހުކުމް ކުރެވޭނީ ފަނޑިޔާރަކައް އެކަނި. އަފި އިސްލާމީ ޝަރުއީ ކޯޓެއް ނެތްތަނެއްގައި ފަޑިޔާރަކާއި ނުލާ އެއްވެސް ފަރުދެެއްގެ މައްޗައް ބަޔަކައް އަމިއްލައައް މަރުގެ ހުކުމެއް ނުކުރެވޭނެ އަދި ތަންފީޒުވެސް ނުކުރެވޭނެއެވެ. އެކަން އެގޮތައް ކޮއްފިެްޔާ އެކުރެވެނީ އިސްލާމް ދީނުގެ އަދި އިސްލާމީ ޝަރީއާގެ ތަރަހައިގެ ބޭރުންނެވެ.

   • ބަރުތީލަ

    މަރަންޖެހޭ މީހަކު މަރަންވާނީ އިސްލާމީ ޝަރީއަތުގެ ތެރެއިން. ހަމަ ތިބެފައި ކަލެޔާއި މަށާ ދެމީހުން ވެގެނެއްނޫން.

  • ގަމާރުމޯލްޑިވިއަން

   ތި ބުނަނީ ބޮޑުކަމަކަސް ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކޭ.މީ ކޮން ކަހަލަ ގަބޫލު ކުރުންތަކެއް.ހާކިމާގެ ރޯލު ވެސް މި މި މީހުން އަދާ ކޮށް ނިންމާލަނި.ޕީސްފުލ މުސްލިމުސް

   1
   10
 2. އަން

  ސަޅިއެއްނުން. މޫނު ނިވާކޮއްގެން ތިބި އިރުވެސް ހެކިވެރިޔާއަށް ޔަގީން އެއީ ކޮންބައެއްކަން. ތިޔައީ އުގައިލް ގެންގުޅޭ އާރޓިފިޝަލް އިންޓެލިޖެންޓް މެޝިނެއްތަ.

  52
  3
 3. ސައުދު/ރަތަފަންދޫ

  ދީނައް ފުރައްސާރަ ކުރުން ބަލައެއް ނުގަންނަން.
  މައިންބަފައިން ދަރިން ތަރުބިއްޔަތުކުރުމުގައި އިހްމާލްނުވުމަށް ދަންނަވަން.

  66
  2
 4. ޢަޒްރާ ޢަލީ

  ﷲ އަށް އުރެދި އެކަލާނގެ ބަސް ދޮގުކޮއް އިސްލާމްދީނައް ފުރައްސާރަ ކުރި މީހަކައްވުރެ އަނިޔާވެރި މީހަކީ ކޮބައިތޯ؟

  75
  3
 5. ޖޯކަރު

  ކަލޭމެން ވިހެއީ މަހަކީ ދީނުގެ ގޮތުގައި ދޯ؟ ކަލޭމެންނަކީ އަޅެފަހެ އިންސާނުންނެއް ވެސް ނޫން ދޯ؟

  3
  24
 6. އަމަތުﷲ އާދަމް، ހިތާދޫ

  އަހަންނަށް ވާނެގޮތް އަހަންނަށް އަންދާޒާ ކުރެވޭ... ސޯ ސޭޑް...

  2
  11
 7. ނާނާކަޓޭ

  އެކަމަކު ޔާމިން މެރީ ރައީސް ޔާމިން އޭ ކިޔައިގެން މަރުގެ ބޮޑު ތުހުމަތެއް އަޅުވައިގެން މި އެމް.ޑީ.ޕީ ބައިގަޑު ހީވަނީ އެހެންފަދަ ކަމެއްހެން.

  21
  4
 8. ޑރ. މަޖިލިސް

  ޝަހީދު ޑރ. އަފްރާޝީމް، (މަޖިލިސް މެމްބަރު) ޝަހީދުކުރިގޮތް ހޯދާ އަދަބު ދިނުމަކީ މިސަރުކާރުން ކުރަންޖެހޭނެ ކަމެއް ނޫން. އެމަރުޙޫމަކީ ދީން އުނގެނިގެން ހުންނެވި ޢިއްޒަތް ތެރި މެމްބަރެއް.
  ދީނަށް ފުރައްސާރަ ކުރާފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަންތައް ތަހުގީގު ކުރުމަށް ނުފުރޮޅާނެ އެއްވެސް ގަލެއް ނުއޮންނާނެ. (ޔާމީނަށްވެސް އިންސާފު ލިބެންޖެހޭނެ)

  18
  • ގަމާރުމޯލްޑިވިއަންމ

   އަފްރާށީމު ވެސް މަރާލީ ޕީސްފުލް އިސްލާމްދީން ދެކެ ލޯބިވާ ކުދިން ކޮޅެއް

   2
   15
 9. ޢަނަ

  މޫނު ނިވާކޮޮގެން ތިއްބާ ކިހިނެއް އިނގެނީ އެއީ ކާކުކަން ބުނެދެން

  20
  2
 10. ކަޝްމީރު

  ހެކިވެރިޔާ ހަމަގައިމުވެސް މީގަ ބޮޑުތަނުން އެބަ ކުށްވެރިވޭ. މޫނު ފޮރުވައިގެން މާސްކް އަޅައިގެން ހުއްޓަސް ކޮންބައެއްކަން އިނގެޔޯ. ހެކިވެރިޔާ އަށް ކިހާވަރެއްދީގެންތަ ތިއުޅެނީ. މިއީ ސަރުކާރުން ކުޅުވާ ގޭމް. ތިކަމުގައި ވެސް މޯދީ އިންޑިއާގެ އަތެއްވުން ގާތް.

  20
 11. މިއަދު

  ހެކިވެރިޔާއަށް ތިފެނުނު ކަންކަން ވަރަށް ތަފްޞީލް ހިތައްއަރަނީ އެގެއިން ނުކުންނަނިކޮށް ފެނުނުމީހުން އެތިޙާލަތުން އެއީ ކޮންބައެއްކަން އެހާފަސޭހައިން ދެނެގަނެވުނު ބާއްވައޭ އަދި އެއީ ކުރިން ދަންނަބައެއް ވެސް ބާއްއޭ ފުރުޤާނުމިސްކިތުގައި ފުރަތަމަ އެކަންރޭވިހިސާބުން ސަރުކާރުގެ ކަމަބެހޭ އެއްވެސް މުއައްސަސާއަކަށް ނޫންނަމަ ޔާމީނު ރަޝީދަށް ވިއަސް އަދި އޭނާގެ މައިންބަފައިންނަށްވިއަސް އެކަހަލަ އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައިވޭބާއްވައޭ މިއަދު މިހެކިވެރިޔާ މިހާތަފްޞީލުކޮށް މިވާހަކަ ކިޔާދޭތީ ހީވާކަހަލަ މިކަމުގައި އެއްމެ އިސްކޮށް އުޅުނުމީހާކަމުގައި މީނަނުވެދަނެބާއްވައޭ!

  10
 12. އަމަތު الله (ޝީޒާ)

  ހާދަ ވައްތަރޭ ދޮގު ހެކިބަހަކާ. މާސްކް އަޅައިގެން ތިބި ބަޔަކު ޔަގީން ކުރީ ކިހިނެއްބާ.. ދޮގު ހެކި ދިނުމުގެ ޖަޒާ އަކީ ކޮބާ؟

 13. ރައްޒާން

  ކައިވެނި ކޮއްދިނުމާއި.. ހައްދު ސާބިތުކޮއް ހައްދުގެ ހުކުމް ކުރުމާއި.. އެ ހުކުމް ތަންފީޒު ކުރުމައް އަމުރު ކުރުމަކީ އިސްލާމީ ޝަރީއަތުގައި ފަނޑިޔާރައް ނުވަތަ ހާކިމާއައް އެކަނި ދީފައިވާ ޒިންމާއެކެވެ. އެއްވެސް އެހެން މީހަކައް އަނެކާގެ މައްޗައް ހައްދެއްގެކަމެއް ސާބިތުކޮއް ހުކުމް ކުރުމުގެ ހައްގެއް އިސްލާމީޝަރީއަތުގައި ދީފައެއް ނެތެވެ. މިވަރު ނުވިސްނޭބަޔަކު ތިމާމެންނީ އިސްލާމީ ޝަރީއަތުގެ ދިފާއުގައި ތިބި ބަޔަކު ކަމުގައި ވެގަނެގެން ކުރެވޭ ކަންކަމުން އެ މުގުރާލެވެނީ އިސްލާމީޝަރީއަތުގެ ނިޒާމެވެ.