ދިވެހިރާއްޖޭގައި، ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒންމާތައް ކަނޑައަޅައި އެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ލޭބާ ރިލޭޝަން އޮތީރިޓީއަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ޤާއިމުކޮށް ވަޒީފާއާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާބެހޭ ޤާނޫނެއް 2008 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާފައި ވީނަމަވެސް 11 އަހަރު ވެގެން ދިޔައިރު ވެސް ރާއްޖޭގެ ވަޒީފާގެ މާހައުލުގައި އޮތީ "ދެރަ މީހާއަށް ދެރަގޮތް، ބާރުގަދަ މިިހާއަށް މޮޅުގޮތެވެ."
ޤާނޫނުގައި ކަޅާއި ހުދުން ކިތަންމެ ފަށުއި އިބާރާތްތަކެއް ލިޔެފައި އޮތް ނަމަވެސް ހާއްސަކޮށް ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރެވޭ ތަނެއް ނުފެނެއެވެ. ވަޒީފާ އަދާކުރާ މީހުންނަށް ލިބެން ޖެހޭ ޙައްޤުތައް ލިބެމުންދާތަނެއް ނުފެނެއެވެ. ވަޒީފާދޭ ފަރާތުން، އޭނާގެ މުވައްޒަފުންނާއި މެދު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް ވަޒީފާދޭ ފަރާތް ޖަވާބުދާރީ ކުރެވޭނެ ފަސޭހަ މަގެއް ނެތެވެ.
މުވައްޒަފުންގެ ޙައްޤުތަކުގެ ވާހަކަދައްކާއިރު، ޤާނޫނުން މުވައްޒަފުންނަށް ކަށަވަރު ކޮށްދޭ އެއް ޙައްޤަކީ ރަސްމީ ބަންދު ދުވަހަކީ ކޮންމެ މުވައްޒަފަކަށް ވެސް ޗުއްޓީ ދުވަހެއްގެ ގޮތުގައި ލިބުމުގެ ޙައްޤެވެ. ސަރުކާރު މުވައްޒަފުންގެ އިތުރުން އަމިއްލަ ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް މިޙައްޤު ލިބިގެންވެއެވެ.
އާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއްގެ ގޮތުގައި، ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކުލައްވާ މަސައްކަތް ކުރުވާނަމަ، އޭނާއަށް ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއް އޯވަރޓައިމްގެ ފައިސާގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އެމުވައްޒަފުގެ މުސާރައިގައި ހިމަނައިގެން ވަޒީފާދޭ ފަރާތުން، އެމުވައްޒަފަކަށް ދިނުން ޤާނޫނު ލާޒިމް ކުރެއެވެ.
ނަމަވެސް ހައްޖު ދުވަސްފަދަ ނުވަތަ އީދު ދުވަސް ފަދަ ރަސްމީ ބަންދު ދުވަސްތަކުގައި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމަށް ފަހު ޤާނޫނުގައި ބުނާ ގޮތައް ފައިސާ ދެނީ ވަރަށް މަދު ތަނަކުންނެވެ.
އިސްތިސްނާވާ މުވައްޒަފުން ފިޔަވައި، އިތުރުގަޑި ނުހިމެނޭގޮތުން، ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ ވެގެން 48 ގަޑި އިރަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކުލައްވާ މަސައްކަތްކުރުވައިގެން ނުވާނެ ކަމަށާއި މުވައްޒަފަކު އަރާމުކުރުމަށް އާދައިގެ މަތިން ހަމަޖެހިފައިވާ ދުވަހެއްގައި ވިދިވިދިގެން 24 ގަޑިއިރުގެ މުއްދަތެއް ނުދީ އެއްވެސް މުވައްޒަފަކު ލައްވާ ވިދިވިދިގެން 6 ދުވަހަށް ވުރެ އިތުރަށް މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް ވެސް ވަޒީފާ އާއި ބެހޭ ޤާނޫނު ބުނެއެވެ.
ޤާނޫނުގައި މިގޮތައް ލިޔެފައި އޮތް ނަމަވެސް ހާއްސަކޮށް، ކުދިކުދި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާއި، ފިހާރަތަކާއި، ސައިހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހެން ހުރިހާ އެންމެނަށް ޗުއްޓީ ދުވަހު ވެސް ޗުއްޓީއެއް ނުލިބެއެވެ. އަދި ޤާނޫނުން ލާޒިމް ކޮށްފައި އޮންނަ ފައިސާ ވެސް ނުލިބެއެވެ. ޤާނޫނުން މަޖުބޫރު ކޮށްފައި އޮތް އޮފް ދުވަހެއް ވެސް ނުލިބެއެވެ.
ވަޒީފާދޭ ފަރާތުން، ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް އަދާކޮށް ނުދޭކަމަށް މުވައްޒަފުން ބުނާ ކޮންމެ ފަހަރަކު ސަރުކާރުގެ ވެރިން ވިދާޅުވާނީ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާށެވެ. އެއީ ލޭބާ ރިލޭޝަންސް އޮތޯރިޓީ އެވެ. ނަމަވެސް އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ މުވައްޒަފަށް ވަޒީފާ ގެއްލުމުގެ ބިރު އޮންނާތީ ކަމާބެހޭ ފަރާތްތަކާއި ހަމައަށް މައްސަލަ ގެންދިއުމުގެ ބުރަ ގިނަ މުވައްޒަފުން ނުއުފުލައެވެ.
"އޮފް ދުވަހެއް ނުލިބުނަސް، ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކުރުވިޔަސް ތަނެއްގައި މައްސަލަ ޖެއްސޭކަށް ނޯވޭ. އަޅުގަނޑު މަސައްކަތް ކުރާ ރެސްޓޯރެންޓްގައި އުޅެނީ ހަތަރު ދިވެހިން. މައްސަލަ ޖައްސައިފިއްޔާ ބޮސް ވަރަށް ފަސޭހައިން ދެނެގަންނާނެ ކާކުކަން މައްސަލަ ޖެއްސީ. ނުވަތަ ކޮންމެވެސް އެކަކަށް ތުހުމަތުކޮށްފައި ވަޒީފާ އިން ވަކިކޮށްލާނެ. ދެން ޓްރައިބިއުނަލަށް ގޮސް އެތައް މަސައްކަތެއް ކުރަން ޖެހޭނީ. އަނެއްކާ އެހެން ވަޒީފާއެއް ހޯދުން ވެސް ވަރަށް ދަތިކަމަކަށް ވާނީ." ޒުވާން އަންހެނަކު ބުންޏެވެ.
ފިހާރައެއްގައި މަސައްކަތް ކުރާ ޒުވާން ފިރިހެނަކު ބުނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޙައްޤުތަކުގެ ވާހަކަ ދައްކާނެ ބަޔަކު ވިނަމަވެސް އާދައިގެ އެހެން ވަޒީފާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވާހަކަ ދައްކާނެ ބަޔަކު ނެތް ކަމަށެވެ.
"ރިސޯޓްތަކުގައި ސާވިސް ޗާޖް ނުދޭތީ ވެސް ވަރަށް ގިނަ މީހުން އެވާހަކަ ދައްކާ. މަޖިލީހުގައި ވެސް އެބަހުސް އެބަކުރޭ. އެކަމަކު ކިތައް ރެސްޓޯރެންޓްގައި ސާވިސް ޗާޖް ނަގާފައި އެއިން އެއްވެސް ފައިސާއެއް މުވައްޒަފުންނަށް ދެނީ؟ ލޭބާ ރިލޭޝަން އޮތޯރިޓީ އަށް ވެސް ކޮންމެ ރަމަޟާން މަހަކު ރޯދަ އިނާޔަތް ދޭށޭ ކިޔާފައި ބަޔާނެއް ނެރުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭ." އޭނާ ބުންޏެވެ.
ޤާނޫނުން ކަނޑައަޅާފައިވާ ޙައްޤުތައް ލިބޭތޯ ކަށަވަރު ކުރުމަށް ސަރުކާރުން މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރަން އެބަޖެހެއެވެ. ހާއްސަކޮށް މުވައްޒަފުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. ޙައްޤުތަކުގެ ވާހަކައަކީ ހަމައެކަނި ސިޔާސީ މަންފާއެއް ހޯދުމަށް ދައްކާ ވާހަކައަކަށް ނުވެ، ހުރިހާ އެންމެންނަށް ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަން އެބަޖެހެއެވެ.
އާއިލާ އާއި އެކު ޗުއްޓީ ދުވަހު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހުރިހާ މުވައްޒަފުންނަށް ހޯދައިދޭން އެބަޖެހެއެވެ. އެފުރުސަތު ނުދެވޭނަމަ ޤާނޫނުގައި ލާޒިމްކުރާ ފައިސާ އެމުވައްޒަފުންނަށް ލިބޭނެ ކަން ކަށަވަރު ކޮށްދޭން އެބަޖެހެއެވެ.
، ވަޒީފާ ދޭ ފަރާތްތަކުގެ ޙައްޤުތަށްވެސް ލިޔެލިނަމަ ފުރިހަމަވީސް ދޯ؟
ރީފްސައިޑް އޮފީހުގަ އުޅޭ ކުދިން ނުކުންނަން ޖެހޭ ހައްޖު ދުވަހުވެސް.
16 ގަޑީއިރުގެ ސިއްހީމަރުކަޒެއްގައިވެސް 24 ގަޑީއިރު ޑިއުޓީ ނަގާތާ މަހެއްވާއިރުވެސް،ތިބުނާ(ހަފުތާޔަކު ލިބޭ 1 ދުވަހުގެ )އޮފެއް ނުލިބޭ
ކުންފުނިތަކުގެ ވެރިންނޭކިޔާ މީހުންނަށް ހުކުރު ހޮނިހިރު އަދި ސަރުކާރު ބަންދު ހުރިހާދުވަހެއް ބަންދު ބޮޑުމުސާރަނަގައިގެން ހައްދަވައިގެން ކަމެއްނުކުރާނެ ސައިބޮއެ ކޮފީބޮއެބޮއެގެން ޑިއުޓީނިންމާފަ އަމުރުކޮއްފަ ޢާދައިގެ މުވައްޒަފުންގެ ކުއްހޯދަން މުޅިދުވަހުއުޅެފަ ޑިއުޓީނިންމާނީ... އާދައިގެ މުވައްޒަފަކަށް ހައްޖެއް އީދެއްނޯންނާނެ... މީއިންސާފުތޯ؟ ބޮޑުމުސާރަ ނަގައިގެން ތިބެންޏާ ގިނަމަސައްކަތް ކުރަންޖެހޭނެ.... މިކަންކަންސަރުކާރުން ބަލާ ފިޔަވަޅުއަޅަންވެއްޖެ... ނުޖެހޭނެ ހުރިހާ ބަންދުދުވަހެއް މަގާމުމައްޗޭކިޔާފަ ދޭކަށް. ޢާދައިގެ މުވައްޒަފުންނޭވާންޖެހޭނީ ހަމަހަމަ... މިމީހުންނަށް ހީވާކަހަލަ މަގާމެއްލިބިއްޖެޔާ މީ މައިންބަފައިންގެ ތަރިކައޭ...ބޭނުންއެއްޗެއްހެދޭނެޔޭ... އޮފްދުވަހުވެސް މިމީހުންގެ ނޮހޮރޮއްފާން އެހާބޮޑުވާނެ.... މިމީހުންވެއްޖެ ސައިޒުކުރަން...
ކުންފުނިތަކުގެ ވެރިންނޭކިޔާ މީހުންނަށް ހުކުރު ހޮނިހިރު އަދި ސަރުކާރު ބަންދު ހުރިހާދުވަހެއް ބަންދު ބޮޑުމުސާރަނަގައިގެން ހައްދަވައިގެން ކަމެއްނުކުރާނެ ސައިބޮއެ ކޮފީބޮއެބޮއެގެން ޑިއުޓީނިންމާފަ އަމުރުކޮއްފަ ޢާދައިގެ މުވައްޒަފުންގެ ކުއްހޯދަން މުޅިދުވަހުއުޅެފަ ޑިއުޓީނިންމާނީ... އާދައިގެ މުވައްޒަފަކަށް ހައްޖެއް އީދެއްނޯންނާނެ... މީއިންސާފުތޯ؟ ބޮޑުމުސާރަ ނަގައިގެން ތިބެންޏާ ގިނަމަސައްކަތް ކުރަންޖެހޭނެ.... މިކަންކަންސަރުކާރުން ބަލާ ފިޔަވަޅުއަޅަންވެއްޖެ... ނުޖެހޭނެ ހުރިހާ ބަންދުދުވަހެއް މަގާމުމައްޗޭކިޔާފަ ދޭކަށް. ޢާދައިގެ މުވައްޒަފުންނޭވާންޖެހޭނީ ހަމަހަމަ... މިމީހުންނަށް ހީވާކަހަލަ މަގާމެއްލިބިއްޖެޔާ މީ މައިންބަފައިންގެ ތަރިކައޭ...ބޭނުންއެއްޗެއްހެދޭނެޔޭ... އޮފްދުވަހުވެސް މިމީހުންގެ ނޮހޮރޮއްފާން އެހާބޮޑުވާނެ.... މިމީހުންވެއްޖެ ސައިޒުކުރަން...
ރާއްޖޭގަ މީހުން އުގެނެނީ ބޮޑެތި މަޤާމް ތަކުގަ ތިބެގެން ޖީބަށް ގިނަކުރަން. "ދެރަ މީހާއަށް ދެރަގޮތް، ބާރުގަދަ މިިހާއަށް މޮޅުގޮތެވެ."
ސަން ސިޔާމުގެ ވިލުރީފު ރިސޯޓުގެ އެފް އެންޑް ބީ މުއައްޒަފުންނަށް އޯވަޓައިމު ނުދޭ.
ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ރަމަޟާންމަހުގެ އިނާޔަތު ފައިސާ ދޭންޖެހޭ ސަބަބަކީ ކޮބާ؟ ރޯދަ ވާޖިބުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް ދައުލަތުން ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ދޭންޖެހޭނެ.
ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ރަމަޟާންމަހުގެ އިނާޔަތު ފައިސާ ދޭންޖެހޭ ސަބަބަކީ ކޮބާ؟ ރޯދަ ވާޖިބުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް ދައުލަތުން ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ދޭންޖެހޭނެ. ވަޒީފާ އަދާކުރީމަ މުސާރަދޭ.