މިދިޔަ ބުދަ ދުވަސް ވެގެން ދިޔައީ ޓެކްސީ ޑްރައިވަރުންގެ "ބޮލަށް ބާރު" ކުރި ބޮޑު ދުވަހަކަށެެވެ. އެ ދުވަހު ޑްރައިވަރުން ބޭނުންވިގޮތަށް ކަންތައް ވިޔަނުދީ ސަރުކާރުންވެސް ގޮތުގައި ހިފެހެއްޓިއެވެ. މާލެ ސަރަހައްދުގައި ޓެކްސީކުރާ ބައެއް ޑްރައިވަރުން، އެއްވެސް ގޮތެއްފޮތެއް ނެތި، އާންމުން "ފެލަން" ފެށުމުން ޓެކްސީތަކުގެ އަގުތައް ކުޑަކޮށް، ވަކި އަގުތަކެއް ކަނޑައަޅައި އެޔަށް އަމަލުކުރާން އަންގައި ސަރުކާރުން ގޮތުގައި ހިފަހައްޓާލިއެވެ. އަދި މުޒާހަރާ ކުރިއަސް އެ އަގު ބަދަލު ނުކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އެހެން ނަމަވެސް މިހާރުވެސް ފެނިގެން މި ދަނީ ޓެކްސީ ޑްރައިވަރުން ދޫނުދޭން އުޅޭ މަންޒަރެވެ. ޑްރައިވަރުން އަދިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. ގިނަ ޓެކްސީ ސެންޓަރުތަކެއް ގުޅިގެން ކުރަމުން އަންނަ މި މުޒާހަރާއަކީ، އާންމުންނަށް ދަތިކޮށް، ސަރުކާރަށް ޕްރެޝަރ ކުރުމުގެ ގޮތުގައި ދަތުރު ނުކުރުމަށް ނިންމައިގެން ކުރާ މުޒާހަރާ އެކެވެ. މިހާރު މާލެ ސަރަހައްދުގައި ޓެކްސީ ކުރާ މީހުންވެސް މަދު ކަމަށް މީސް މީޑިއާގައި ގިނަބަޔަކު ވާހަކަވެސް ދައްކާފައި ވެއެވެ. ގިނަ ބަޔަކު ދައްކަމުންދާ ވާހަކައަކީ ދަތުރު ނުލިބޭ ވާހަކަ އާއި ޓެކްސީ ނުލިބޭ ވާހަކައެވެ.

އަދި ޓެކްސީ ކުރުމަށް ނުކުމެ އުޅޭ ބައެއް ޓެކްސީ ޑްރައިވަރުން ހިތައް އެރި އަގަކަށް ދަނީ ދަތުރު ކުރަމުންނެވެ. މިކަން މިގޮތަށް ކުރަމުން އަންނައިރު، މާލެ ސަރަހައްދުގައި ޓެކްސީތައް ނުލިބޭތީ ބައެއް ރައްޔިތުންނަށް އެ ޑްރައިވަރަކު ބުނާ އަގަކަަށް ދަތުރު ކުރަން މަޖުބޫރު ވެއެވެ.

އަދި ވަކި ޓެކްސީ ސެންޓަރުތަކާއި ޖައްސާލާ "ޖެއްސުން" ކުރަމުންވެސް ދަނީއެވެ. އަދި ފަސެންޖަރުންނާއި ޒުވާބުކޮށް، ކުރިން ދަތުރު ކުރަމުން އައި އަގަށް ބަދަލު ކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުން ދެއެވެ. މިކަމުގެ ހެކިތައް މިހާރު މީސް މީޑިއާއިން ދަނީ ފެންނަމުންނެެވެ.

މިގޮތަށް ކަންތައްވަމުން އަންނައިރު، ސަރުކާރުން ކަނޑައެޅި ގޮތަށް "ފޮލޯ" ކުރަމުން އަންނަ ޓެކްސީ ސެންޓަރުތަކާއި، އެހެން ޓެކްސީ ސެންޓަރުތައް މި ވަނީ ޖައްސާލާފައެވެ. އަދި ޓެކްސީ ޑްރައިވަރުންވެސް ދަނީ އެފަރާތްތަކަށް ދަތި ކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާން ކަމަރު ބަނދެފައެވެ. މިގޮތުން މިހާރު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޓެކްސީ ސެންޓަރ އަދި އެޕްލިކޭޝަން އަވަސް ރައިޑް، ބޮއިކޮޓް ކުރުމުގެ ނަމުގައި، "ބޮޑާހާކަމުންދާ" ޑްރައިވަރުން އިސްވެ ތިބެ ކެމްޕޭނެއް ހިންގަމުންދާ މަންޒަރު ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މި ކެމްޕޭންގެ މައިގަނޑު މަގްސަދަކީ އަވަސް ރައިޑް އިން ސަރުކާރުގެ އުސޫލުތަކަށް ތަބާވަމުން ދާތީ، އެ މީހުން ކުރަމުން އަންނަ އެންޓި ކެމްޕޭންއަށް ބުރޫ އަރަމުން އަންނާތީ އެކަން ހުއްޓުވުމަށެވެ. އެ މީހުން ބޭނުންވަނީ އަވަސް ރައިޑްވެސް އެ މީހުން ކުރާ އެންޓި ކެމްޕޭންގައި ބައިވެރިވެ، އާންމުންނަށް ދަތި އުނދަގޫތަކާއި ކުރިމަތި ކުރުވައިގެން ނަމަވެސް ރައްޔިތުން "ފެލާލެވޭނެ" ގޮތް އަލުން އަނބުރާ ހޯދުމެވެ. އަދި ދެ ރުފިޔާގެ ޕެޓްރޯލް ހަރަދުވާ ދަތުރަކަށް 60 ރުފިޔާގެ އަގެއް ލިބޭނެ ގޮތެއް ހޯދުމަށެވެ.

https://www.facebook.com/avasride/photos/a.308319559781613/424643368149231/?type=3&theater

އަވަސް ރައިޑް ދެކޮޅަށް ކެމްޕޭން ފެށާފައިވާ މި ދަނޑިވަޅުގައި، އަވަސް ރައިޑްގެ ޑްރައިވަރުން ވަނީ އިތުރު ވަގުތު މަސައްކަތުގައި އުޅެފައެވެ. މިކަމުގެ ސަބަބުން ހަޅުތާލު ކުރަމުންދާ ޑްރައިވަރުން ކުރާ ހަޅުތާލު ދަނީ "ފެއިލް" ވަމުންނެވެ.

މިހާރު ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ދަތުރުކާނަމަ އެކަން ހުއްޓުވުމުގެ ގޮތުން ހާއްސަ އޮޕަރޭޝަންއެއް ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީން ދަނީ ކުރަމުންނެވެ. އެފަދަ ޑްރައިވަރަކާއި ދިމާވެއްޖެނަމަ، 9926091 އަށް ވައިބާ ނުވަތަ 9888999 އަށް ވަޓްސްއެޕް މެދުވެރިކޮށް ޓެކްސީގެ މައުލޫމާތާއި، ދަތުރުގެ މައުލޫމާތު އަދި ނަން، އެޑްރެސް އަދި އައިޑީކާޑް ނަމްބަރު ޖެއްސުމަށްފަހު ފޮނުވާލުމުން އެ ޓެކްސީ ޑްރައިވަރަކާއި މެދު ފުލުހުންނާއި އޮތޯރިޓީން ފިޔަވަޅު އަޅާނެއެވެ. އަދި މިފަދަ ފަރާތްތަކަށް ފިިޔަވަޅު އެޅުމުގެ ގޮތުން 750 ރުފިޔާއިން އެ ޑްރައިވަރަކު ޖޫރިމަނާ ކުރަނެއެވެ.

 

ސަރުކާރުން ކަނޑައަޅާފައިވާ މި އަގުތަކަކީ މިހާރު މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އެންމެ ރަނގަޅު އަގުތަކެވެ. އަދި މިއީ އެ ހިދުމަތް ލިބިގަންނަ ރައްޔިތުންގެ ޖީބަށްވެސް ލުއި އަގުތަކެވެ. އެހެންކަމުން ހަޅުތާލުކޮށް ގޮތްދޫކުރަން ބޭނުންނުވެ ބޮޑާހާކަމުންދާ ޑްރައިވަރުންނަށް ސަރުކާރުންދޭ ޖަވާބު ސާފެވެ. ބައެއްގެ ނުހައްޤު މަންފާއަކަށްޓަކައި ރައްޔިތުން "ފެލާލެވޭނެ" ފުރުސަތެއް ސަރުކާރުން ދެން ނުދޭނެކަން ޑްރައިވަރުންނަށް މިހާރު ވިސްނެން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ލިން

    އާންމުން ނިކުމެގެން މިކަން ހުއްޓުވޭނި.. ޓެކުސީތަކަށް ވެސް ބޮނޑި ދޭންވީ ދެން ސަރުކާރުން ކުރަންވީކަމަކީ އޮޓޯ ދަތުރުތައް ފަށަންވީ މާލޭ އަދި ހުޅުމާލޭގަ އެމްޓީސީސީއިން ޓެކްސީ ވެސް ކުރަން ފަށަންވީ.. އޭރުން މި ބައިގަނޑު ސައިޒުވެ ހަމަބިމަށް ތިރިވާނެ

    46
    1
    • ނަނާ ހުވަފެން

      ބަލަ ކަލެޔަކަށް ނޭނގޭތަ ރާއްޖޭގަ އޯޓޯ ނުދުއްވޭނެ ކަމެއް ފުރޮޅާވަރުން. މީ މައުމޫނު ގެނެސްދީފަ އޮތް ގާޖެހި ތަރައްގީ އޭ...!!!

      2
      28
  2. ލިން

    މިސަރުކާރުން ކުރި ކަންތަކުގެ ތެރެއިން ހަމައެކަނި މަގޭ ތާއީދު ލިބުނު ޑިޒިޝަން..

    54
    2
  3. ނަހުލާ

    މިގޮތަށް އިންޓަނެޓްގެ އަގުހެޔޮ ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. މަލީހުގެ ނެތީ އެ އިހުލާސްތެރިކަން.

    45
    2
    • ބޮޓެއް

      ޗަސްބެއް ނެތޭ!! އައިޝާމެން މާ ގަޓު ހުރެއޭ ކަންކަން ކޮއްލަން ކެރޭ!! އެކަމު ތިޔަ ރީނދޫ ކުދިން ވަޒީރުކަން ދީގެން އެންމެ ދިމާކުރީ ސޭޓު އަންހެނުންނަށް.. އޭނާ ވަރުގެ ވަޒީރަކު ނެތް ތިޔަ ސަރުކާރަކު ގާތަށްވެސް މަސައްކަތްނުކުރެވޭ ދެން ތިބި މީހުންނަށް.. މަލީހު ތިތައީ ހަމަ ބޮޓެއް

      43
      2
  4. އ. ޖ. އ

    ރީއާނު ދާށޯ ލާމަށް އީދު ކުޅެން

    7
    1
  5. ެއެޑްވަޑް ބާމުންޑޭ

    ކޮބާ! ކަލޯމެންގެނައި ސަރުކާރުން ރީތިލަނޑެއް ދީފިއެއްނޫން. ދެން އަވަހަށް މުޒާހިރާއަށް ނުކުމެ ރައީސްޔާމީނަށް ވަގަށް ގޮވަންފަށާ އޭރުން އަގުބޮޑުކުރާނެ ތިހިރީ ރަނގަޅަށް ރާކަނިމަސްކެވިފަ. ހުރިހާޑްރައިވަރުންނަށް ދެން ލަލަލާ.

    34
    5
  6. އަމިން

    ތިޔަހޯއްދަވައިދއްވި ލުޔައްޓަކާ ޓްރާސްޕޯޓް ކުދިންނަށް ޝުކުރިއްޔާ ތިކުރައވާ ހިއްވަރައްޓަކާ އަވަސް ރައިޑްކުދިންނަށްވެސް ޝުކުރިއްޔާ جزاك الله خيرا

    31
  7. ކާނަލް ގޮނޑޭ.

    ކޮބާބާ ސަރުކާރު ބަދަލުވީމަ ޓެކްސީތަކުގަ ދިދަޖަހައިގެން އުފާފާޅުކުރި ޑްރައިވަރުންތަށް. މިއަދު ޓެކަސީތަކުގަ ދިދަ އެކޮޅޮޅުކޮޅުން ޖަހައިގެން ނުކުމެ އުފާ ފާޅުކުރަން ބުރުޖަހަންވާނެ.

    20
    8
  8. ޢަލީސަމީމް

    2 ރުފިޔާގެ ޕެޓްރޯލު ހަރަދުވާ ދަތުރަކައް 60 ރުފިޔާ ނަގައިގެން ރައްޔިތުން ފެލާނުލާ ވަރައް ނިކަމެތި މައިންނާ ބޮޑެތި ބަލިތަކުގަ ދަރާވިކިފަ ތިބޭ މީހުންވެސް ހިދުމަތްހޯދާ ކޮބާ ޑުރައިވަރުންގެ އެއްވެސް އަހުލާގެއް މުސްލިމުންބާތީ؟

    17
  9. ޖ

    ގަދަ ސަރުކާރުގެ މި ކަންތަށް.

    13
  10. ރިސޯޓްމީހާ

    އައިޝާ ކަލޭގެ ފިރިމީހާ ގާތު ބުނެބަލަ ރިސޯޓްތަކުގެ މުއައްޒަފުންނައް ސާވިސްޗާޖު ދޭށޭ މަހުންމަހައް މުސާރަ ދޭށޭ

    8
    16
  11. ޙެސް

    kalO huwqda bAtilq ކޮށްލާ

  12. ......

    މިނިސްޓްރީއަށް ޓެކްސީ ޑްރައިވަރުންގެ ނަމުގަ ފޮނުވި ސިޓީ އަކީ ޓެކްސީ ޑްރައިވަރުންނަށް ކޮށްގެން އުޅޭ ކަމެއްނޫންކަމަށް އެމީހުން އެބަބުނޭ....އެހެންވީމަ ތިވެސް ގަބޫލު ކުރެވޭނެ ވާހަކަ އެއްނޫން....ޓެކްސީ ޑްރައިވަރުންގެ ނަމުގަ ވައިބު ފަތުުރަނީ ކަމަށް ގަބޫލު ކުރެވޭ...
    ސަރުކާރުން ރައްޔިތުންނަށް ހެވެއް އެދޭ ނަމަ ބަސް އަގުހެޔޮ ކުރަންވީނު ފުރަތަމަ...ހިނގާ ދޯ އަހަރެމެން ހިސާބެއް ޖަހަމާ އަގުބޮޑީ ކޮންބައެއްތޯ....
    ފުރަތަމަ މިނިސްޓްރީގެ ފޯމިއުލާއިން....
    މާލެ ވަށާ ބުރެއް ޖަހާފަ ހުޅުމާލެ ފޭސް 2 އަށް ދާން ގައިމު 50ރ ތެޔޮ ހަރަދު ނުވާނެ..ބަސް ދާނީ ދެކޮޅަށްވެސް މީހުން އަރުވައިގެން...ކޮންމެ މީހެއްގެ އަތުން 20ރ...ކޮޅަކަށް 15 މީހުން ގެ މަގުން ބެލިޔަސް ދެކޮޅަށް 600ރ...އޭގެން ކަނޑަމާ ތެލާ މުވައްޒަފުންގެ މުސާރަޔާ މެއިންޓެނަސް އާ....އެ ހުރިހާ ހަރަދަކަށް ދަތުރަކުން 400ރ ކަމަށް ބެލިޔަސް ބާކީ އެބަ އޮވެ 200ރ....ޓެކްސީ ޑުރައިވަރުން ދެކޮޅު ދެ ދަތުރު ކަމުގަ ބެލިޔަސް ޖުމްލަ 200ރ ތެލާ މެއިންޓަނަސް އާއި ދުއްވާ މީހާގެ ބައި ކަނޑާލީމަ ބާކީ އޮންނަ އެތި ބޮޑީ ކޮންބައެއްގެތޯ....
    މިބުނީ ޓެކްސީ ގެ އަގު ހެޔޮ ކުރުމުން ކަމުނުދާ ވާހަކަ އެއްނޫން...އަހަރެންމީ ޓެކްސީ ދުއްވާ މީހެއްނޫން...އެކަމަކު ސަރުކާރުން އެއުޅެނީ އަހަރެމެންނަށް ހެޔޮ އެދިގެން ނޫނަކަމަށް ފެންނާތީ ބުނެލީ

    1
    6
  13. ހއތ

    ސާބަހޭ އަވަސް ރައިޑް
    ބޮޑާހާކާބައި ގަޑަށް ފުކެއްވެ ސް
    ދޫނުދިނުމަށް ސަރުކާރައް ގޮވާލަން