ރާއްޖެއަކީ ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ ކުޑަ ގައުމެކެވެ. މުޅި ގައުމު އިގްތިޞާދާއި ވިޔަފާރި ބަރޯސާ ވެފައި އޮންނަނީ ބޭރު ގައުމުތަކުން އެތެރެ ކުރާ މުދަލުގެ މައްޗަށެވެ. މީގެ ތެރޭގައި ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބަރޯސާ މިންވަރު ބޮޑެވެ.

2011 ވަނަ އަހަރު ރާއްޖެއަށް ޓެކްސްގެ ނިޒާމު ތައާރަފްކޮށް އެއަށް އަމަލު ކުރަން ފެށުމާއެކު މުދަލާ ޚިދުމަތުން ނަގަންފެށި ޓެކްސްއަށް ދައުލަތުގެ މާލިއްޔާ ވަނީ ވަރަށް ބޮޑަށް ބަރޯސާ ވެފައެވެ.

މުދަލާ ޚިދުމަތުން ލިބޭ ޓެކުހެއްގެ މައްޗަށް ބިނާވެއި އޮތް މި ރާއްޖޭގެ ބާޒާރުގައި ދައުލަތަށް އާމްދަނީއެއް ނުލިބޭ ބޮޑެތި އަދި ގިނަ އަދަދެއްގެ ވިޔަފާރި ކުރަމުން އެބަދެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ދަނީ ވެރިރަށް މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންނެވެ. އެއްވެސް ތަނެއްގައި ރަޖިސްޓްރީ ކުރުމެއް ނެތި ސަރުކާރުން ނަގަންޖެހޭ އެއްވެސް ހުއްދައެއް ނުނަގައި ބިދޭސީން ސިއްރުން ކުރަމުންދާ ވިޔަފާރި ހުއްޓުވާނެ ބަޔަކު ނެތުމުގެ ނަތީޖާ އަކީ އެމީހުން ސިއްރުން ނުވަތަ ވަގަށް ކުރަމުންދާ ވިޔަފާރިތައް ހާމަކަމާއި މިނިވަން ކަމާއެކު ވެރިރަށް މާލޭގައިވެސް އަދި ރާއްޖޭގެ އަތޮޅު ތެރޭގައިވެސް ކުރަން ފެށުމެވެ.

މި ސިލްސިލާއަށް އެންމެ ފަހުން އިތުރުވި ބޮޅަކީ މާލެއާއި ހުޅުމާލޭގައި މިހާރަކަށް އައިސް ގިނަ އަދަދަކަށް ބާއްވާމުން އަންނަ ނައިޓު މާކެޓުތައް ނުވަތަ މަގުމަތީ ބާޒާރު ތަކެވެ.

ނައިޓު މާކެޓު ތަކުން ވިއްކާ މޭޒުތައް ބޭރު މީހުން އަމިއްލަ ނަމުގައި ގަނެގެން އެތަނުގައި ވިޔަފާރި ކުރަމުން އެދަނީ އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް ނެތިއެވެ. މިކަމުގައި ގިނައިން އުޅެނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އިންޑިއާ މީހުންވެސް ކޮންމެވެސް ވަރަށް އުޅެއެވެ.

އެމީހުން މާކެޓުގައި ވިއްކަމުން އެދަނީ އެކަމަށް ޚާއްސަކޮށްގެން ބަންގްލަދޭޝްއިން އެތެރެ ކުރާ މުދަލެވެ. ނައިޓު މާކެޓުތަކުގައި ބަންގްލަދޭޝް މީހުން ވިއްކަނީ އަންނައުނުގެ ބާވަތްތަކާއި މޭވާގެ ބާވަތްތަކެވެ.

މިހާރު ކާނިވާ ސަހަރައްދުގައި ކުރިއަށްދާ ނައިޓު މާކެޓަށް "ވަގުތު"ގެ ޓީމުން ޒިޔާރަތް ކޮށް އެތަނުގައި ވިޔަފާރި ކުރަންތިބި ބަންގްލަދޭޝްގެ ބައެއް ފަރާތްތަކާ ވާހަކަ ދައްކާލުމުން މިކަން ވަރަށް ބޮޑަށް ސާފު ވިއެވެ.

އެމީހުން ބުނާ ގޮތުގައި މާލޭގައި ބާއްވާ ހުރިހާ މާކެޓަކުންވެސް އަމިއްލައަށް މޭޒު ގަނެގެން ވިޔަފާރި ކުރެއެވެ. ކޮންމެ މާކެޓަކަށްވެސް ޚާއްސަކޮށްގެން އެމީހުންގެ ގައުމުން މުދާ ރާއްޖެ އެތެރެ ކުރެއެވެ.

އެތަނުން ވާހަކަ ދެއްކި އެކަކު ބުނި ގޮތުގައި މާލޭގައި އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ މާކެޓުންވެސް އަދި އޭގެ ފަހުން އޮންނަ މާކެޓަކުންވެސް މިހާރު އެމީހުން ވަނީ މޭޒު ގަނެ ތައްޔާރު ވެފައެވެ.

މިހާރު ކާނިވަލުގައި ކުރިއަށްދާ ނައިޓު މާކެޓުގައި 20 އަށްވުރެ ގިނަ ސްޓޯލުގައި އެއްވެސް ދިވެއްސެއްގެ ބައިވެރި ވުމެއް ނެތި ބިދޭސީން ވިޔަފާރި އެބަ ކުރެއެވެ. ބައެއް މީހުން އެއް ގޮޅި ނަގައިގެން ތިބޭއިރު ގިނަ ބިދޭސިން ތިބީވެސް ދެ މޭޒު ނަގައިގެންނެވެ.

މިއީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނު ތަކާއި ގަވާއިދުތައް ހުއްދަ ކުރާ ކަމަކަށް ނުވާއިރު ނައިޓު މާކެޓުތައް އިންތިޒާމު ކުރާ ފަރާތްތަކުން މޭޒުތައް ވިއްކުމުގައި މިއަށްވުރެ ޒިންމާދާރު ވާން ޖެހެއެވެ.

މާކެޓެއް ބޭއްވުމަށް ސަރުކާރުގެ އިދާރާތަކުން ހުއްދަ ދޭއިރު މިފަދަ ކަންކަމަށް ރިއާޔަތް ކުރޭތޯ ރައްޔިތުން ސުވާލު އުފައްދައެވެ. އަދި ހުއްދަ ދިނުމުގައި މިކަންކަމަށް ރިއާޔަތް ކޮށްފައިވާ ނަމަ އިންތިޒާމު ކުރާ ފަރާތްތަކުން އެކަން ކުރަމުން އަންނަނީ ދީފައިވާ ހުއްދައިގައި އެއްބަސްވެފައިވާ ގޮތަށްތޯ ބަލައި ކަށަވަރު ކުރުމަކީ ހުއްދަ ދޭ ފަރާތުގެ ހައިސިއްޔަތުން މާލޭ ސިޓީ ކައުންސިލުންވެސް ކުރަން ޖެހޭނެ ކަމެކެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިން ހޯދައި އެފަރާތްކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ އިމިގްރޭޝަންގެ ޒިންމާއަކަށް ވާއިރު މިހާ މިކަމުގައި އިމިގްރޭޝަނުން އުފުލަންޖެހޭ ޒިންމާ އިމިގްރޭޝަނުން ނުއުފުލަކީ ކީއްވެގެން ހެއްޔެވެ؟

ބިދޭސިއަކަސް އެހެން މީހަކަސް ގަވާއިދާ ޚިލާފަށް ކުރާ ކޮންމެ ކަމެއް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ދީފައި އޮންނަ ފުލުހުންނަށް މިކަން ނޭގެނީ ބާއެވެ. ނުވަތަ ނުފެންނަނީ ބާއެވެ. މިކަން ބަލައި މިހާރުން މިހާރަށްވެސް މިކަން ހުއްޓުވަން ފުލުހުންނާއި އިމިގްރޭޝަނުން ކާނިވަލަށް ދާން ނުޖެހޭ ތޯއެވެ؟

މިކަމުގައި ނައިޓު މާކެޓު އިންތިޒާމު ކުރާ ފަރާތުން އެމީހުން އަދާ ކުރަންޖެހޭ ޒިންމާ އަދާ ކޮށްފައި ނުވާނަމަ އެމީހުންނާމެދުވެސް ފިޔަވަޅު އަޅަން ނުވޭތޯ؟

ދައުލަތަށް އެއްވެސް އާމްދަނީ އެއް ނުލިބި ރާއްޖޭގައި ބަޔަކު ބޮޑު ވިޔަފާރިތަކެއް ކޮށް ގައުމުން ބޭރަށް ފައިސާތަކެއް ގެންދާއިރު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަށް މަޑު ނިދީގައި ނިދާފައި ތިބިކަމަށް ރައްޔިތުން ތުހުމަތު ކުރެއެވެ.

މިހާތަނަށް ސަތޭކަ އިންސައްތަ ދިވެހި ވިޔަފާރިވެރިން ބައިވެރިވަމުން އައިސްފައިވާ ނައިޓު މާކެޓުވެސް ބިދޭސީންގެ އަތްދަށަށް ގޮސް ނިމެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ފަގީރުކޮއި

  މި ނައިޓްމާކެޓްތައް ބާއްވާލެއް ގިނަކަމުން މިހާރު ފިހާރަ ތަކުން ވިޔަފާރި އެއް ނުވޭ. ހުރިހާ ފައިދާއެއް ބިދޭސީންނަށް. ފޭސްބުކް ޕޭޖް ހަދައިގެން ވެސް އެމީހުން ވިޔަފާރިކުރޭ. މީރާއިން ވެސް މިކަން ބަލަން ޖެހޭނެ. ޙުއްދަނެތި ވައިބަރ ގްރަޫޕްތަކުގަޔާ ޕޭޖްތަކުގަ ވިޔަފާރި އާއްމުވެ ގަވާއިދާ އެއްގޮތަށް ވިޔަފާރި ކުރާ ފަރާތްތަށް އިނދަޖެހިއްޖެ.

  24
  • އައްޑޫސިޓީ

   ފަގީރުކޮއި ތިބުނީވަރަށް ރަނގަޅުވާހަކައެއް. ރުކާރަކުވެސް މިކަންފެންނާނެ ލޮލެއްނެތް. މީރާއިންވެސް ބަލާނެ ބީޕީޓީ ޖީއެސްޓީ ގަވާއިދުން ދައްކާވިޔަފާރިތައް. ކުދަމައްސަަލައެއް ހުއްޓަސް އެކަންމާބޮޑުކޮށްގެން އެވިޔަފާރިއެއް ފުނޑަން މަސައްކަތްކުރޭ. ދިވެހިވިޔަފާރިތަކުން ވެސްޓެކުސްއައް މަކަރުހަދާމީހުން ފެށިނީތްސުރެ އެގޮތުގައެބަ ދެމިތިބޭ. މިއީހަގީގަތް.

 2. ޔޔ

  އޮން އެރައިވަލް ވިސާ ބަންގްލަދޭޝް އަދި އިންޑިއާއަށް ނުދިނުމަށް ގޮވާލަން. ރާއްޖޭގެ އާބާދީއަށް ވުރެން ތިމީހުން މިހާރު އެބަ މާގިނަވޭ. ބަންގާޅިންގެ ގަންޖާ ސިޓީ ސިންގިރޭޓު ދުމުން ފުރާފަ އޮންނަ މާލޭގަ މިހާރު ހަމަނޭވައެއް ނުލެވޭ.

  28
 3. ސަރީފު

  ކޮމެޓީއަށް ހާޒިރުކޮށް ރައިސް ޔާމިނުގެ ބޮލުގައި މިކަންވެސް އަޅުވާ އޭރުން މިބައިގަޑުގެ ހިތްފުރޭނި.

  31
 4. ބަކުރު

  ކޮބާ މައްްސަލަޔަކީ؟

  24
 5. ޓެކްސީ

  ފުލުހުންނަށް ޓެކްސިީ މައްސަލައެކަނި މައްސަލަ އަކަށް ވެފަ އޮތީ މި ގައުމުގަ. ގުޅާނެ ނަންބަރުތަށް ވެސް އެބަހުރި ދީފަ. ފުލުހުން މީ ދެލޯ ކަނު ބައެއް. ޢެބައި މީހުން ބޭނުންކަމެއް ރަންގަޅަށް ކުރޭތޯ ބަލާނީ ވެސް. މާގަދަ ބައެއް އެއީ. ބޭނުންތާކު ވެހިކަލް ވެސް ޕާކު ކުރާނީ. ސަރުކާރުގެއެއްވެސް އޮފީހަކަށް ތިކަން ނުވޭ މައްސަލަޢަކަށް. ތިކަން ނޭންގޭ ދިވެއްސެއް މިގައުމުގަ ނޫޅޭ.

  12
  1
 6. ބޮންދު

  ކަލޭ ކޮން މައްސަލަ؟ އަހަރެމެން ވައްކަން ނުކުރަނީ... ބަރާބަރު ރަނގަޅު ވައްތަރު މަޝައްކައް ކުރަނީ

  8
  11
 7. ޢަގީލަންބާ

  އެހެންވާންޖެހެނީ އަހަރުމެންގެ ސަބަބުން. ދިވެހި މީހާ ލަދުގަންނާނެ އެއްޗެހި ވިއްކަން ހުންނަން. އޭނަ ޖެހޭނީ ބޮސް ހެދިފަ ހުންނަން.

  16
  3
 8. ނޫރު

  އަވަހަށް މި ބައިގަޑަށް ރައްޔިތުކަން ދީ. ދިވެއްސަކު ވިޔަފާރި ކުރަންޔާ ޖެހޭ ޓެކްސް ދައްކަން. ބިދޭސީންނަށް ސެއްލަ.

  8
  6
 9. ހުސެން

  މިއީ އިންޑިޔަން ސްޓޭޓެއް،

  2
  1
 10. އުފާ

  އަހަރުމެން އުޅޭތަނެއްގައި ނުކެރޭނެ ތިކަން ކުރާކަށް. ރަށުންބާލާނަން.

 11. އިފާ

  ނުކެރޭނެ ބާލާކައް

 12. ހަސްފާ

  އަނބިދަރީން ބިދޭސީންނައް ދޫކޮއްފައިވާ ގައުމެއްގައި ތިޔާއީ އަދި މައްސަލައެއް ނޫނެއްނޫން.