މުސްލިުންގެ މުޤައްދަސް ބިނާތަކާއި ބިންތަކުގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ ބިމަކީ ކޮންމެ މުސްލިމަކަށްވެސް ނުހަނު ހާއްސަ ބިމެކެވެ. ފަލަސްތީނުގައިވާ މުސްލިމުންގެ މުޤައްދަސް ބިނާތަކުގެ ތެރޭގައި ހިމެނޭ އަލްމަސްޖިދުލް އަޤުޟާ އާއި އެނޫންވެސް މުހިންމު އަދި ތާރީޚީ ބިނާތަކަކީ މުސްލިމުން ފަހުނޭވަޔާއި ހަމަޔަށްވެސް ދޫކޮށްލާނެ ބިނާތަކެއް ނޫނެވެ. އަދި މި ތަންތަން ހިމާޔަތްކޮށް ރައްކާ ކުރުމުގައި އެންމެ ބޮޑު ޤުރުބާނީއެއް ވަމުންދަނީ ފަލަސްތީނުގެ މައުސޫމް މުސްލިމު ރައްޔިތުންނެވެ.

1967 ފެށިގެން މިނިވަންކަން ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ވެފައިވާ ޤުރުބާނީއަކީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ހިތްދަތި އަހަރުތަކެވެ. މައުޟޫމް އެތައް ކުދިންނެއް ވަނީ އިސްރޭއިލުގެ ލާއިންސާނީ ވެރިންގެ އޯޑަރަށް ޤަތުލުކޮށް މަރާލާފައެވެ. އެތަކެއް މާބަނޑު އަންހެނުންނާއި، ނިކަމެތި މުސްކުޅިންގެ ގަޔަށް ބަޑިޖަހާ މަރާފައެވެ. މިއިން އެއްވެސް ކަމަކީ ހުޅަނގުގެ ބޮޑެތި ބާރުތަކަށް ފެންނަ މަންޒަރުތަކަށް ނުވިއެވެ. އިވޭ އަޑުތަކެއް ކަމުގައި ނުވިއެވެ.

ހުޅަނގުގެ ޤައުމުތަކުން ފަލަސްތީނާއި ހައްދު ފަހަނައަޅާފައިވާ އިސްރާއީލުގެ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްކޮށް ހަމަޖެހުން ނަގާލުން ނޫންކަމެއް ކޮށްފައި ނުވެއެވެ. މުސްލިމުންގެ އެންމެ މުޤައްދަސް ބިންތަކުގެ ތެރޭގައި ހިމެނޭ ޤުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ކަޑައެޅި އެޅުމަކީ މިކަމުގެ މިސާލެއް ކަމުގައި މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ. މި ނިންމުގެ ސަބަބުން ސުލްހައިގެ ވާހަތައް އެއްކޮށް މެދުކެނޑި މިއަދު ފެންނަމުންދާ ފަދަ ހިތްދަތި މަންޒަރުތައް ފަލަސްތީނުގެ ބިމުން ފެންނާނޭ ކަމުގެ އިޝާރާތް މާކުރިންވެސް ފަލަސްތީނުގެ ވެރިން ވަނީ މުޅި ދުނިޔެއަށްދީފައެވެ.

މި މަންޒަރުތަކާއި އަޑުތަކަކީ ފަލަސްތީނުގެ ނިކަމެތި މުސްލިމް އަޚުންނާއި އަޚުތުންނަށް އާ އަޑުތަކަށް ނުވިކަމުގައި ވީނަމަވެސް މިކަމަށް އިޖާބަދޭނެ ބަޔަކުވެސް ތިބެންޖެހޭނެއެވެ. ހުޅަނގުގެ ހައްދު ފަހަނައަޅާފައިވާ ޤައުމުތަކުގެ ވެރިންނަކީ މުސްލިމު ޤައުުމަތަކަށް ކިހާވަރަށް އިޚުތިރާމް ކުރާ ބައެއްކަން ފަލަސްތީނުގެ މައްސަލައިން އެކަނިވެސް ހާމަވެއެވެ. ހަމަ އެކަނި ހުކުރު ދުވަހުގެ ހަމަނުޖެހުންތަކަަށް އެކަނި ބެލިކަމުގައި ވީނަމަބެސް އިސްރާއީލުގެ ރައީސަކަށް ހުރި ހައްދުފަހަނަ އަޅާފައިވާ ނަތަންޔާހޫގެ ހަރުކަށިކަމާއި ލާއިންސާނީ މިންވަރު ހާމަވެއެވެ. ފަލަސްތީނުގެ މައުސޫމް އެތަކެއް ރައްޔިތުންނާއި ދިމާލަށް ވަލު ކުއްތާ ތަކެއް ފަދައިން ނަތަންޔާހޫގެ ސިފައިން ފޮނުވައި އަނިޔާކޮށް މަރާލާފައިވާއިރު މިކަމުގައި ކަންބޮޑުވީ ހުޅަނގުގެ ކޮން ޤައުމަކުންތޯއެވެ.

ހުކުރުދުވަހުގެ ލާއިންސާނީ ހަމަލާތަކުގައި ހައްދުފަހަނަ އަޅާފައިވާ ވެރިޔާ ނަތަންޔާހޫގެ އަމުރަށް ފަލަސްތީނުގެ މައުސޫލް 17 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. މިކަމުގައި އޭނާ ވަނީ އޭނާގެ ސިފައިން ދިފާއުކޮށް އެމީހުންނަށް ތައުރީފުކޮށްފައެވެ. މިކަމުގައިވެސް މުސްލިމުންގެ އެންމެ ބޮޑު އަދުއްވުންނާއި ދެކޮޅަށް ބަސްކިޔައި މުސްލިމުންގެ ދިފާއުގައި މަސައްކަތް ކުރާނެ ޤައުމުތައް މަދުވުމަކީ ހިތާމަހުރި ކަމެކެވެ. ނަމަވެސް މިކަމުގައި އެންމެ ބޮޑަށް ހިތާމަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮދުޢާ ކުރަމުންދާ އެއްބަޔަކީ ދިވެހި ލޮބުވެތި ރައްޔިތުންނެވެ.

ދިވެހި ރައްޔިތުންނަކީ އަބަދުވެސް މިފަދަ ލާއިންސާނީ އަމަލުތަކާއި ޖަރީމާތަކާއި ދެކޮޅު ހަދާ މުސްލިމު އަޚުންދެކެ ނުހަނު ލޯބިވާ ރައްޔިތަކު ދިރިއުޅޭ މުޖުތަމައެެކެވެ. މި މުސްލިމް މުޖުތަމައުގައި ހިމެނޭ ހަތަރު ލައްކަ އެއްހާ ރައްޔިތުންނަށް ފަލަސްތީނުގެ މައުސޫމް ކުދިންނާއި، މުސްކުޅިންނާއި، މާބަނޑު މީހުންނާއި، ހުވަފަތް އަނބިންނަށް ކުރެވެން އޮތީ ހެޔޮ ދުޢާއެވެ. ނުބައި ނުލަފާ ވެރިންނާއި ނުބައި ނުލަފައި ރޭވުންތަކުން މުސްލިމު އަޚުންނާއި އުޚުތުން ސަލާމަތްކޮށް ދެއަތް މައްޗަށް ނަގައި ﷲގެ ހަޒުރަތުގައި ދުޢާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު