ބަވަނަވެފައިވާ މި ދުނިޔޭގައި އިގްތިސާދީ ރޮނގުން އެކި ގައުމުތައް ކުރިއަރަމުންދާއިރު، އޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ ގައުމަކަށް ވާނީ ޗައިނާއެވެ. ދިވެހިރާއްޖެއިން ޗައިނާއަކީ ގައުމެއްގެ ގޮތުގައި ބަލައިގަތުމުގެ ކުރިން ފެށިގެންވެސް ރަސްރަސްކަލުންގެ ޒަމާނުގައި ދެގައުމުގެ ދެމެދުގައި ވަނީ ވިޔަފާރީގެ ގުޅުންތައް ގާއިމްކޮށްފައިވެއެވެ. މިކަމުގެ ހެއްކަކަށް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަ ސީނުތަށިތައް ފުދެއެވެ.

އެ ވިޔަފާރީގެ ގުޅުންތައް މިއަދާއި ހަމައަށްވެސް ދެމިއެބައޮތެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ނިމިދިޔަ ސަރުކާރުން ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އެކު މި ގުޅުން މިވަނީ އިތުރަށް ހަރުދަނާވެފައެވެ. ނަަމަވެސް މި ގުޅުން އެންމެ އެދެވޭ މިންވަރަށް ހަރުދަނާވެފައި ނުވާ އެއް ސަބަބަކީ ޗައިނާގެ އުފެއްދުންތަކަކީ ކޮލެޓީދަށް އަދި “ފޭކު" އުފެއްދުންތަކެއްގެ ގޮތުގައި ގިނަ ބަޔަކަށް ވިސްނިފައި އޮތުމެވެ.

ތެދެކެވެ. ޗައިނާގެ ބައެއް އުފެއްދުންތަކަކީ ޔޫރަޕުގެ ގައުމުތަކުން އުފައްދާފަދަ ދިގު މުއްދަތަކަށް ދެމިހުންނަ ތަކެއްޗަށް ނުވެދާނެއެވެ. ނަަމަވެސް އެއީ އިހުގެ ވާހަކައެކެވެ. ހަގީގަތަކީ މިއަދު ޔޫރަޕާއި ހުޅަނގުގެ އެމެރިކާފަދަ ކުންފުނިތަކުގެ އުފެއްދުންތައްވެސް އުފައްދަނީ ހަމަ ޗައިނާގައި ކަމެވެ. އާބާދީގެ ގޮތުން ޗައިނާ ބޮޑުވެ، އެގައުމަށް އިންވެސްޓްމެންޓްތައް ހޯދުމަށް ޕޮލިސީ ލެވެލްގައި ކުރި ގިނަ މަސައްކަތްތަކުގެ ނަތީޖާއަކީ ޔޫރަޕްގެ ގިނަ ކުންފުނިތަކުން ހެޔޮއަގުގައި ކޮލެޓީ ތަކެތި އުފެއްދުމަށް ޗައިނާއަށް ދިއުމެވެ.

މި ތަކެތި އުފައްދާނެ އާާބާދީއަށް ތަމްރީނާއި ތައުލީމް ދިނުމަށް ޗައިނާއިން ވަނީ ގިނަ މަރުކަޒުތައް އުފައްދާފައެވެ. މި ތަންތަނުން ދޭ ތަމްރީނާއި ބޭރުގެ ކުންފުނިތަކުން ހިއްސާކުރާ ޓެކްނޮލޮޖީގެ ނަތީޖާއަކަށްވެފައިވަނީ އުފެއްދުންތެރިކަމުގެ ރޮނގުން ޗައިނާ ކުރިއަރައި ގޮސްފައިވުމެވެ. މިއަދު ތިޔަ ފަރާތުގެ ވަށައިގެން މިވަނީ ޗައިނާގެ އުފެއްދުންތެރިކަމާއި ކުރިއެރުމެވެ. އެހެންކަމުން ޗައިނާގެ އުފެއްދުންތައް ވަކި ފޭކު ވާންވީ ކީއްވެގެންތޯއެވެ؟ ހުޅަނގުގެ ކުންފުނިތަކުންވެސް މިއަދު އެއްޗެހި ހެދުމަށް އެ ފޮނުވަނީ ޗައިނާއަށެވެ. މޭޑް އިން ޗައިނާގެ ބަސްތަކާއި ދިވެހިންވެސް އަވަހަށްވީ އިތުބާރުކުރާށެވެ. ނޫނިއްޔާ އަތުގައި ހުރި ހުރިހާ އެއްޗެއް ފޭކް ވެދާނެތީ އެއްލާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސީނާ

    އަޖައިބެނުނޫން ކޮލެޓީ ހިފަހައްޓައިގެން ޔޫރަފުގެ ކުންފުތަކުން ޗައިނާގަ ހަދާއެއްޗެތި ފޭކުވާހަޔެއްނުކިޔައޭ! އެގައުމުގެ ރައްޔިތުން އެގައުމުގަ އުފައްދާ ތަކެއްޗައް އިތުބާރު ނުކުރާއިރު ކިހެނެއް އެޙެންބަޔަކުކުރާނީ! މިގޮތުން ތުއްތުކުދިންގެ ކާނާ ޗައިނާގަ ޔޫރަފުގެ ކުންފުންޏާކުން ހެދިޔަސް އެޔައް އެމިހުން އިތުބާރު ނުކުރޭ ސީދާ ޔޫރަފުގަ އުފައްދާ އެއްޗައް އިތުބާރު ކުރަނީ

    7
    16
  2. ޒާ

    ދުނިޔޭގެ އިގުތިޞާދާއި އުފެއްދުންތަކާއި ހޯދާފައިވާ ކާމިޔާބީ އެނގުމުގައިވެސް ދިވެންނަށް އަދިވަނީ ލޯނުހުޅުވިއެވެ. އެހެންވެ. ގައުމެއްގައި އުފައްދާ އެންމެ އަގުހެޔޮ، އެގަމެއްގެ އެތެރޭގައިވެސް ނުވިއްކޭވަރުގެ ތަކެތި ރާއްޖެގެނެސް ވިއްކާފައި އެއީ އެގަމުގެ ތަކެތީގެ ކޮލިޓީ ދަށްކަމުގެ ވާހަކަ ދައްކަނީއެވެ. ޗައިނާއަކީ މުޅި ދުނިޔޭގައިވެސް ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އެއްގައުމެވެ. ނަތީޖާއަކީ ޗައިނާގެ އިގްތިޞާދުކުރިއަރައި ދިއުމެވެ. އަދި ލިޔުމުގައި އޮތް ފަދައިން ޔޫރަޕާއި އެމެރިކާއިންވެސް ޗައިނާގައި އިންވެސްޓްކޮށްގެން އުފެއްދުންތައް ނެރުމެވެ. މިއަދު އިންފްރާސްޓްރަކްޗަރ ގެ ރޮނގުންނާއި އިލެކްޓްރޯނިކް އަދި މެގަ އިންޖިއަރިންގެ ދާއިރާއިން ޗައިނާގެ މޮޅެދި އުފެއްދުންތައް އެދަނީ ދުނިޔެއަށްގޮންޖަހަމުންނެވެ. ކިތަންމެ މޮޅު އެއްޗެއް އެހެން ގައުމަކުން ރެރުނަސް އޭގައި ޗައިނާގެ (ޕާޓްސް) ހިމެނިފައި ނެތް އެއްޗެއް މަދުވާނެއެވެ. ނަމަވެސް އަހަރެމެން ބުނާނީ އިންޑިއާގެ ފިނިޝިން އަދިވެސް އުޅެނީ ވަރަށް ފަހަތުގައި ކުރަކޮށްކަމެވެ.

    15
    1
  3. އ. ޖ. އ

    ފޭކު ވަނީ ޗައިނާގަ އުފެއްދުމަކުން ނޫން.. ޗައިނާ މީހުން އުފެއްދުމަކުން ވެސް ނޫން.. ފޭކު ވަނީ ޗައިނާގެ އަމިއްލަ ޕްރޮޑަކްޓްތައް.. ސަބަބަކީ އެ މީހުންނަކީ އަގު ހެޔޮ ކުރަން ހަރަދު ކުޑަ ކޮށް އެއްޗެހި އުފައްދާ ބައެއް

    7
    1
  4. ޕސޓ

    ޝާނީ އަށް ހަމަ ނުވިސްނޭ ނީ އެވެ

    3
    1
  5. ސަފޫ

    އޯ އައިފޯން ޗައިނާއިން ހެދީމަ ކޮންމެ މީހަކަށްވެސް އޯކޭ. އެހެން ވައްތަރެއްގެ ފޯނެެެެެެެެު ޗައިނާއިން ހަދާފިއްޔާ ވަނީ ފޭކު ފޯނުއަކަށް. މީ އަހަރެމެންނަށް ދަސްވެފާހުރިގޮތް

    13
  6. ދާމޫ

    ޗައިނާ އާއި ދެކޮޅަށް ފަތުރާ ކުނި ހަމުގެ ފަށަލައެއް އެއީ!