ޢަލީގެ ފާނާއި މުޢާވިޔަތުގެ ފާނާ ދެމެދު ހިނގާދިޔަ އިޖުތިހާދު ތަކަށް ފަހު ނިކުތް ހާދިސާއަކީ މުސްލިމުން ހިތާމަކުރާ ހާދިސާއެކެވެ. މިހާދިސާގައި ދެފަރާތުގައިވެސް އިސްކޮށްތިއްބެވީ ބޮޑެތި އަޞްޙާބުބޭކަލުންނެވެ. ދެފަރާތުގައި ތިއްބެވި އަޞްޙާބުބޭކަލުން ވެސް މަސައްކަތްކުރެއްވީ އެބޭކަލުންގެ އިޖުތިހާދުން ދެކެވަޑާގަތް އެންމެ ރަނގަޅު ގޮތް ހޯދުމަށެވެ. ހައްޤާ ހަމަޔަށް ވާސިލުވުމަށެވެ. ދެފަރާތުގައި ތިއްބެވި އަޞްޙާބުބޭކަލުން ނިންމެވި ނިންމެވުންތަކަކީ އެބޭކަލުންގެ އިޖުތިހާދުން ފެނިވަޑާގެންނެވި އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް ނިމިގެންދިޔައީ ހިތާމަވެރި ޙާދިސާއެއްގެ ތެރެއިންނެވެ. އެކަންތައް ފިނިވިއިރު އެތައް އަސްޙާބުބޭކަލުން ޝަހީދުވެގެންދިޔައެވެ.

އިމުރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ނުހަނު ބޮޑެތި ގެއްލުންތަށް މުސްލިމުންނަށް ލިބުނެވެ. އެއިން އެއްވެސް ބޭކަލަކު މިފަދަ ފިތުނައެއް އިސްލާމީ އުއްމަތަށް މެދުވެރިވާކަށް ދުވަހަކުވެސް ނޭދެއެވެ. އަދި އެއްވެސް މުސްލިމަކު ވެސް މިފަދަ ފިތުނައެއް އިސްލަމީ އުއްމަތަށް މެދުވެރިވާކަށް ދުވަހަކުވެސް ނޭދެއެވެ. އެހެންކަމުން މިހާދިސާގެ ވާހަކަ ކިޔާދޭހިނދު މުސްލިމުން ބޭނުންކުރާ ބަހެއްވެސް އޮވެއެވެ. އެއީ "އިޖުތިހާދު" ގެ ލަފުޒެވެ. މިސާލަކަށް މިވެނި ބޭކަލެއްގެ އިޖުތިހާދުން ނިންމެވީ މިވެނިގޮތެކެވެ. މިވެނި ބޭކަބަލަކުގެ އިޖުތިހާދުން ނިންމެވީ މިވެނި ކަމެއްކުރުމަށެވެ. އެ އެހާދިސާ ފިނިވުމާއެކު އެބޭކަލުން އެއްބަޔަކު އަނެއްބަޔަކަށް ސުލްހަވެވަޑައިގަތެވެ.

އެކަން ނިމުމުން ދުނިޔޭ ގައި ތިބި އެއްވެސް ބަޔަކާމެދުގައިވެސް ނުވަތަ ޝަހީދުވެގެން ދިޔަބަކާއި މެދުވެސް އެއްވެސް އެއްބަޔަކު އަނެއްބަޔެއްގެ މަށްޗަށް ކުޑައިމީސްބަހެއް ރައްދު ނުކުރައްވައެވެ. އިހާނެތި އަމަލެއް ނުހިންގަވައެވެ. އެއްބަކު އަނެއްބަޔަކަށް ކުށްވެރިއެއްވެސް ނުކުރައްވައެވެ. އަދި އެއްވެސް މުސްލިމަކު ވެސް މިހާދިސާގައި ބައިވެރިވި އެއްވެސް ބޭކަލަކު ކުއްވެރި ނުކުރައްވައެވެ. މިފަދަ ޙަދިސާއެއް މިހާރު ގެ ދުނިޔޭގައި ހިގާފިނަމަ އެއަށް ކިޔާނީ ސިޔާސީ ފިތުނައެވެ. އަސްޙާބުބޭކަލުންގެ މެދުގާ ހިނގާދިޔަ އިސްވެދެންނެވުނު ޙާދިސާއަކީ ސިޔާސީ ފިތުނައެއްނޫނެވެ. އެއީ އެބޭކަލުން ނިންމެވި އިޖުތިހާދުތަކަށް ފަހު ބޭރުން އުފެދިގެން އައިސް ވަން ފިތުނައެކެވެ. އެފިތުނަ އުފެއްދުމުގާ އެއިން އެއްވެސް ބޭކަލެއްގެ އަތެއްނުވެއެވެ.

ދުރު ނޫން މާޒީ އެއްގެ ވާހަކައެވެ. ފަނޑިޔާރަކު ޤާނޫނާ ޚިލާފަށް ހައްޔަރު ކުރިކަމުގެ މައްޗަށް ވެރިކަމުގެ ފަރާތުން، އެވަޤުތު ރައީސްއަކަށް ހުންނެވި ފަރާތާމެދު ދައުވާ އުފުލިއެވެ. އެއީ ހަގީގަތެއްވެސް މެއެވެ. އެކަމަކީ އިތުރަށް ހެކީން ގެނަސްގެން ސާބިތުކުރަންޖެހޭ ކަމެއްވެސް ނޫނެވެ. ބަހާ އަމަލުން ސާބިތުވެފައިވާ ކަމަކެވެ. އަދި މިކަމުގެ ބައިވެރީންނަކީ އެމީހާ އެކަންޏެއްވެސް ނޫނެވެ. އެކަމުގައި ރައީސް ބައިވެރިވާކަމަށް ކަނޑައަޅާނަމަ ނާއިބު ރައީސް އެކަން ހިގާދިއުމުން އެެޗެއްނުބުނެ ހުރެއްޖެނަމަ އޭނާ ވެސް ބައިވެރިވާކަމަށް ކަނޑައަޅަން ޖެހެއެވެ. ހަމަ އެހެންމެ އެ ފަނޑިޔާރު ހައްޔަރުކުރަން ދިޔަ ސިފައިންނާއި އެއްޗެއްނުބުނެ ހަމަހިމޭނުން ތިބި ސިފައިންނާއި ފުލުހުންނާއި އެމީހެއްގެ މިނުން އިންކާރު ނުކުރި ދައުލަތުގެ އެންމެހާ މަސްއޫލުވެރީންނަކީ މިކަމުގެ ބައިވެރީންނެވެ. މިފަދަ ޙާދިސަތަކަށް ކިޔާނީ "ޤައުމުގައި އުފެދޭ ސިޔާސީ ފިތުނަ" އެވެ.

އެހެންކަމުން މިފަދަ މައްސަލަ އައުމާއެކު ފަޑިޔާރު މަނިކުފާނު މައްސަލާގެ ބާވަތައް ވިސްނަންޖެހެއެވެ. މުސްލިމުންގެ މެދުގައި ހިނގާފައިވާ ފިތުނަތަށް ނިމުމުން އެބޭކަލުން އަމަލު ކުރެއްވިގޮތާ މެދު ވިސްނާ ފިކުރުކުރަންޖެހެއެވެ. ސަބަބަކީ ޝަރްޢީ މިންގަޑުން ވިސްނާއިރު އެވަޤުތު އޮތް ސަރުކާރު މިކަމުގައި ބައވެރިވެއެވެ. އަދި މިއީ ޤައުމުގައި އުފެދުނު ސިޔާސީ ފިތުނަ އެކެވެ. ފިތުނައިގެ ވަގުތު އުފެދޭ ޖިނާއީ ކުށްތަކުގެ ހުކުމުގެ ނަމޫނާ އަކީ ސުލްހާގެ ނަމޫނާއެވެ. އެއީ މާފުކުރުމުގެ ނަމޫނާއެވެ. އެކަންތައް ހަނދާން ނައްތާލުމުގެ ނަމޫނާއެވެ. އަދަބު ދިނުމުގެ ނަމޫނާއެއްނޫނެވެ. އިސްލާމީ ޝަރީއަތްކުރަން އޮންނަ ރީތި އުސޫލުން ބޭރުން އެފަދަ ނާޒުކު ޝަރީޢަތްތަކުގައި އަތްލުމުމުގެ ނަތީޖާ އަކީ އެމައްސަލާގެ ދައުވާ ލިބުނު ފަކީރު ބޯ ސަލާމަތް ނުވެގެން ގޮސް އެންމެ ފަހުން އޮޅަދޫކަރައާއި ވިލާތުގައި ހުރީ ދުވެ ދުވެއެވެ. އަދި އެމައްސަލަގައި ބީހުނު މީހުން މިހާރު އެތިބީ ދުވެ ދުވެއެވެ.

މިފަދަ ހަދިސާތަކަށް ރިޢާޔަތްކޮށްގެން މި މައްސަލާގެ ބާވަތް ކަނޑައަޅާހިދު މިމައްސަލާގެ އަސްލަކީ "ޤައުމުގައި އުފެދުނު ސިޔާސީ ފިތުނަ" އެއްކަން ޔަގީންވާނެއެވެ. އެގޮތަށް ޔަގީންވުމުން ޚައިރުލްޤުރޫނުގައި ހިގާދިޔަ ފިތުނަތަކަށް ފަހު އެބޭކަލުން އެއްވެސް ބޭކަލަކު ކުށްވެރިކޮށް ފައިނުވާތީވެ މިކަމުގައި ވެސް ޖިނާއީ ކުށުގެ އަދަބު މިހާގިނަ ބަޔަކަށް ނުދެވޭނެކަމަށް ބަލަން ޖެހެއެވެ. އަދި ކިއެއްތަ؟ މިއީ އެއްމެ ފަރުދެއްގެ މަސްލަޙަތާއި ބޮޑު ޖަމާތަތެއްގެ މަސްލަހަތު ފުށުއަރާ މައްސަލައެކެވެ. ފަރުދެއްގެ މަސްލަޙަތާއި ބޮޑު ޖަމާތަތެއްގެ މަސްލަހަތު ފުށުއަރާ ވަގުތު އިސްކަން ދެވޭނީ ބޮޑު ޖަމާއަތުގެ މަސްލަހަތުގެ މައްޗަށެވެ. އެހެންކަމުން މިމައްސަލާގައި ހައްޔަރުކުރެވުނު ފަނޑިޔާރަށް ލިބުނު ގެއްލުމަށް ރިޢާޔަތްކޮށް އޭނާ މަޢާފު ނުކޮށްފިނަމަ ބަދަލު ނަގާދެވިދާނެއެވެ. އަދި މިއީ "ޤައުމުގައި އުފެދުނު ސިޔާސީ ފިތުނަ" އެއް ކަމުން އެބަދަލު ދެވޭނީ ދައުލަތުގެ ޚަޒާނާއިންނެވެ.

ދަންނަވަމެވެ. އަޅުގަނޑު ދެކޭގޮތުގައި އެމައްސަލަ އަދިވެސް ރަނގަޅަށް ލިޔެވިގެން ނިމުނުކަމަކަށް ލަފާނުކުރެވެއެވެ. ސަބަބަކީ އިއްޔެ ޝަރީޢަތާއި ބުއްދީގެ ހަމައިން ގަބޫލު ނުކުރެވޭ ފަދަ ބޮޑު އަދަބެއްގެ މައްޗަށް ޙުކުމްކުރެވިފައި އޮތް ޝަރީއަތެއް، މިއަދު ކުއްލި އަކަށް ފަޓާސް ބަރިއެއް ޖެހިހެން "އެކަން މިހާރު ނިމިއްޖެއޭ" ބުނުމަކުން ނުފުދޭނެއެވެ. މާދަމާ އަންނަ ބަޔަކު އެކަން އަނބުރާ ނުނަގާނެ ކަމުގެ ގެރެންޓީއަކީ ކޮބާތޯއެވެ؟

ޖޭއެސްސީ ގައި ސިޔާސީ ބޭފުޅުން ތިބޭހާ ހިނދަކު ޖުޑިޝަރީ މުސްތަގިއްލު ނުވާނެއެވެ. ކޮންމެވެސް އެއްބަޔަކު ތިބޭނީ އަބަދުވެސް ފިލަން ދުވެލަ ދުވެލަ އެވެ. ޖާން ސަލާމަތްނުވާ ހިސާބަށް ދިއުމުން ކަނޑު ފެތިގެންވެސް ޖާނު ސަލާމަތް ކުރެވޭތޯ ބަލާނެއެވެ. މިހުރިހާ ކަމަކަށް އޮތީ އެންމެ ޙައްލެކެވެ. އެއީ ޖުޑިޝަރީ މިނިވަން ކުރުމެވެ. އޭގެ އިތުރުން ގައުމަށް ދިމާވާ ސިޔާސީ މައްސަލަތަކަށާއި ދުސްތޫރީ މައްސަލަތަކަށް ސައިންޓިފިކް ޝަރީއަތްތަކުގެ އަލީގައި ޙައްލު ހޯދުމަށް ޓަކައި ފަޑިޔާރުން އަހުލުވެރިކުރަން ޖެހެއެވެ. ނަމަވެސް މިއަހުލުވެރިކަން އަންނާނީ ޝަރްއީ އިލްމުންެވެ. މިވަގުތު މުޅި ޖުޑިޝަރީ ގައި ހުރީ ޕީއެޗްޑީ ހާސިލުކޮށްފައިވާ އެންމެ ބޭފުޅެކެވެ. އެގޮތަށް އޮވެގެން ގައުމަށް ދިމާވާ ސިޔާސީ ފިތުނައިގެ މައްސަލަތަކަށް ސައިންޓިފިކް ޝަރީއަތްތަކުގެ އަލީގައި ޙައްލުހޯދޭނެ ގޮތަކީ ފަހެ ކޮބާތޯއެވެ؟

ދާދި ފަހުން ސުޕްރީމް ކޯޓަށް ވެސް ދިމާވީ މިފަދަ ސިޔާސީ ފިތުނައެކެވެ. އެކޯޓުން ކުރި އަމުރެއްގެ ފަހު ތާރީޚެއްގައި ގައުމު ގައި ސިޔާސީ ފިތުނައެއް އުފެދުނެވެ. ފަސް ފަނޑިޔާރުން ތިބިތަނަކުން ދެފަނޑިޔާރަކު ފުރާޅު ނައްޓާލާގެން ހިފާ ހައްޔަރުކުރެވުނެވެ. އަދި އިތުރު ސިޔާސީ ބޭފުޅުން ވެސް ހިފާ ހައްޔަރު ކުރެވުނެވެ. އަދި އެސިޔާސީ ފިތުނަ ނިމުމުން އެންމެން މިނިވަންވިއެވެ. ނަމަވެސް އެތަނުން ދެފަޑިޔާރަކު ސަލާމަތްނުވިއެވެ. އެމީހުން ކަނީ ކިހިނެތްތޯ ނުވަތަ ބޮނީ ކިހިނެތްތޯ ދަންނަ ހަމަ އެކަކުވެސް ނެތެވެ. އެކަން ވެސް ވާހުށީ އަނިޔާއަކަށެވެ.

ސިޔާސީ ފިތުނާގެ ހުކުމަކީ އެކަން ނިމުމުން ކުރީގެ ހާލަތަށް ރުޖޫއަކުރުމެވެ. އެގޮތުން ފިތުނާގެ ވަގުތު ގެނެވޭ ޤާނޫނީ ބަދަލު ތަކަކީ ބާތިލު ތަކެއްޗެވެ. އެހެންކަނުން ސިޔަސީ ފިތުނާގެ ވަގުތު އަނިޔާލިބި އިންސާނީ ހައްގުތަކުން މަހުރޫމުވެފައިވާ މީހުން އެމުސީބަތުން ސަލާމަތްކޮށް އެމީހުން ކުރިންތިބިގޮތަށް އިއާދަކުރުމަކީ ވަލިއްޔުލްއަމުގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ.

ނޯޓް: އަބްދުﷲ ފާރޫޤު އިބްރާހިމް އަކީ ރިޓަޔާޑް މެޖިސްޓްރޭޓް އެކެވެ. އޭނާ ގެންދަވަނީ ޤާނޫނީ ރޮނގުން ތަފާތު ލިޔުއްވުންތައް ލިޔުއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބަނާނާ ސަރުކާރު

  އަދީބާ ޒިޔަތުވަނީ ދައުލަތުގެ ފައިސާއަށް ހިޔާނާވިކަމަށް އެއްބަސްވެފަ ޝަރުއީ ކޯޓުގަ ވީމާ ދައުލަތަށް މިއަދު ޔަގީންވާނެ ގެއްލުނު ފައިސާގެ ޒިންމާވީ ކޮންބައެއްކަން މިދެމީހުންގެ މިލްކިއްޔާތު ނަގައިގެންވިޔަސް ދައުލަތަށް ލާޒިމުވާނެ މިފައިސާ މިދެމީހުންއަތުން ހޯދަން.. ކޮއްމެ މީހަކު ބުނެގެން ތިމަންނަމެން ކުރިކަމެކޭ ބުންޏަސް ޒިންމާއިން މިދެމީހުން ބަރީއަނުކުރެވޭނެ.. ދީނާޙިލާފު ގާނޫނާ ޙިލާފުކަމެކުރަން އެއްވެސް އުޒުރެ ބަހަނާއެ ދައުލަތުގެ އެއްވެސް މުއައްޒިފަކަށްނެތް އަދި މިފަދަ ޒިންމާއެ ހަވާލުވެތިބި އިސްދެމީހަކު.. ވީމާ މިދެމީހުންގެ އިއުތިރާފާއެކު މިމައްސަލަ ދައުލަތުން މިދެމީހުންގެ މައްޗަށްއުފުލާ ފައިސާހޯދަންޖެހޭ ދައުލަތުން މިކަންނުކުރާނަމަ މިކަމުގެ ޒިންމާ ދައުލަތުގެ ވެރިންނާދެކޮޅަށް ކުރެވެންޖެހޭ. މިކަމުގަ ތިޔަ ފަޑިޔާރުގެ ލަފަޔާއެކު ރައްޔިތުންވެސް ސަރުކާރަށް މިކަންކުރަން ބާރުއަޅާ ޒިންމާކުރުވަންޖެހޭ.. ހުރިހާކަމެ ރޔާމީން ބުނެގެންނޭ ކިޔާ ޑައިކްޓަރުދިން ޑައެލޮގު ކިޔަސްނުފުދޭ.. މުޅި ސްކްރީންޕްލޭ މިއޮތީ ބަދަލުވެފަ.. އަލަށް ފިލްމީ ދާއިރާއަށް ނުކުތް ޑައިރެކްޓަރަކާ ޕްރޮޑިޔުސަރެވީމަ އެކްޓަރުންގެ އަތަށް ބޮންގޮވީ..

  19
  2
  • ދދދދދދ

   ފަނޑިރުކަމުން ރިޓައަރ ކުރީ ކިތައް މީހުންނަށް އަނިޔާ ދީފަބާ. ތިބުނާ ދެ ފަނޑިޔާރުން އުލުބައިންދަންވީ. އަދި ބުނެފިއެއްނު އަނިޔާއޭ. ހަމަ ރަނގަޅަށް އެވީ. އެހެން ތިބޭ ނުބައި ނުލަފާ މީހުންނަށް ވާނެގޮތް އެތބީ ވެފަ.

 2. ޒިމް

  މާފެއް ނުދެވޭނެ.. 7 ފެބްރުއަރީ 2012ގެ ބަޢާވާތުގައި ބައިވެރިއެންމެންނަށް ހައްޤު އަދަބުލިބެންޖެހޭނެ..

  13
  10
 3. Anonymous

  ފިތުނަ އުފެދުނީ އީމާންކަމުގެ މައްޗަށް ބަޔަކު އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން . މިއޮތީ ވަންހަ ފެށުނުގޮތުގެ އެންސްޓްރީ

  މާތް ރަސޫލާގެ މުނިކާފާފުޅު ޤުސައްޔު އަށް ލިބުނިީ ޢަބްދު މަނާފް . ޢަބްދު މަނާފް އަށް ޢަބްދުއް ޝަމްޝު ޢަބްދުއް ޝަމްޝު އަށް ލިބުނު އެއްމާ ބަނޑު ދެބެން އުމައްޔަތާ ހާޝިމް އެއީ . އުފަންވި އިރު ދެނިތްކުރި ޖެހިތަތްލަވާފަ ތިބީ ވަކިކުރަން ކުރެވުނު އޮޕަރޭޝަންގައި ގިނަ ލޭއޮހޮރި ދިޔަކަމަށް ބުނަނީ ކަހީނުން އެކަން ފެނިފަ ބުނިކަމަށްވަނީ މި ދެބެންގެ ދަރިފަސްކޮޅުގެ މެދުގައި ބޮޑެތިލޭ އޮހޮރުން ހިނގާނެއޭ! . އުމައްޔަތު ވަންހަ ނިސްބަތްވަނީ މިދެބެން ކުރެ އުމައްޔަތަށް . ހާޝިމްވަންހަ ނިސްބަތްވަނީ އަނެއް ބޭން ކަމުގައި ވާ ހާޝިމް އަށް . މާތް ރަސޫލާ އަދި ޢަލީގެފާނު އުފަންވެ ވަޑައިންނެވީ ހާޝިމްގެ ދަރިފަސްކޮޅުން . އަބޫ ސުފްޔާން ގެ ދަރި މުޢާވިޔަތު އުފަންވީ އުމައްޔަތުގެ ދަރިފަސްކޮޅުން

  ( ޝީޢީން ނެގީ ހާޝިމްވަންހަ )
  ޙާޝިމް . އަބޫ ތާލިބް . އަބްދުﷲ .މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް
  ހާޝިމް . އަބްދުލްމުއްތަލިބް .ޢަލީ ރަލިއައްﷲ ޢަންހު
  --------------------------
  ( އުމަވީން ނުވަތަ ސުއްނީން ނެގީ އުމައްުޔަތު ވަންހަ)

  އުމައްޔަތު . ޙަރްބު . އަބޫސުފްޔާން . މުޢާވިޔަތު

  ރަސޫލާ މައްކާ ފަތަޙަ ކުރައްވާ ބާރާއެކީ މައްކާޔަށް އެނބުރި ވަޑައިގެންނެވުމަށް ދާންދެން އަބޫ ސުފްޔާން އީމާނެއް ނުވެ. އޭގެ ކުރިން ކުރެވުނު ހުރިހާ ހަނގުރާމަ އެއްގައި މުސްލިމުންނާ ދެކޮޅަށް ދިދަ އުފުލި . މީނަގެ ދަރި މުޢާވިތަށް ވެރިކަން ލިބުނުފަހުން ވަރަށް ޙަދީޘްތައްލިޔުނު މީނަ ރަނގަޅުކޮށްފަ .މީނަގެ އަންހެނުން ހިންދު ބިންތު ޢަތަބަތު ޢަލީގެފާނުގެ ބޭބެ ޙަމްޒަތުގެފާނުގެ މޭގަނޑު ނަގައިގެން ރޮލާކާން މަސައްކަތްކުރި .ދެން ވިސްނާ މި މީހުން ހާޝިމީންނަށް ޢަދާވާތްތެރިކަން ހުންނާނެވަރު. ރަސޫލާ އަވަހާރަވީތާ 15 އަހަރުވެސް ނުވޭ މި މީހުންގެ ކުޅިގަނޑު ފެށިއްޖެ. ޢުމަރުގެފާނު އަވަހާރަވަމުން ޚަލީފާކަން ދިނުމަށް ވަސިއްޔަތް ކުރައްވާފަ އޮތް 5 ބޭކަލުންގެ ތެރޭގައި ޢަލީގެފާނުގެނަން އޮތީމަ އެއްބަހެއް ނުވި އެ ލިސްޓަކަށް .އެހެންވެ މިވެރިންގެ ވަންހަ އުމައްޔަތު ވަންހައިގެ ޙަރްބުގެ ޢައްފާންގެ ދަރިކަލުން ޢުޘްމާންގެފާނަށް ވެރިކަންދޭން ނިންމީ .ޢުޘްމާންގެފާނުގެ ގަނޑުވަރުގެ ދީވާނީކަން ދިނީ މި މީހުންގެ ވަންހައިގެ މަރުވާނުގެ ދަރި ޙަކަމް އަށް މިކަލޭގެ އަކީ ރަސޫލާ ދުނިޔޭގައި ހުންނަވާ މައްކާއިން ބޭރަށް އަރުވާލާފަ މައްކާޔަށް ނޭރުވުމަށް އަމުރުކުރައްވާފަ ވާ މީހެއް . މީނަ ގަނޑުވަރުތެރޭ ޢުޘްމާނުގެ ފާނު އުޅުއްވާ ހުރިހާގޮތެއް ދިޔައީ ޖާސޫސްކޮށް މުޢާވިޔަތަށް އަންގަމުން . ޚަވާރިޖުން ގަނޑުވަރުތެރެއަށް ވަދެގަތް ގޮތާ ޢުޘްމާނުގެފާނު ޝަހީދުކޮށްލިގޮތް ވަރަށް ފުރިހަމަޔަށް ރޭވިގެން ކުރިކަމެއް . އަދިއަދަށްވެސް އެކަން ކުރި ބަޔަކު ނުހޯދޭ. ކޮންމެ މީހަކު ވެރިކަމަށް އައި ނަމަވެސް މިވެރިން ރާވާފަ އޮތީ އެވެރިކަން ޤަބޫލް ނުކުރާގޮތަށް ޙުއްޖަތެއް ކަމަށް ދައްކަން ބޭނުންކުރީ ޢުޘްމާނުގެފާނުގެ ޤާތިލުން ނުހޯދޭހާ ހިނދަކު ވެރިކަން ޤަބޫލް ނުކުރުން . ޤާތިލުން ކިހިނެއް ހޯދާނީ މަރުވާން ބުނު ޙަކަމް ގަނޑުވަރުތެރޭން ހިންގިކަމެއް އެއީ . އޭރު ޢުޘްމާނުގެފާނު ސީރިޔާގެ ދިމިޝްކުގެ ގަވަރުނަރުކަމަށް ލައްވާފަ ހުރީ އެކަލޭގެފާނުގެ ކޮއްކޮ މުޢާވިޔަތު . މީނަ ޤަބޫލެއް ނުކުރި ޢަލީގެފާނުގެ ވެރިކަމެއް . ޢާއިޝަތުގެފާނު ޙައްޖަށްވަޑައިގެން ހުންނަވަނިކޮށް މީނަ ފޮނުވި ސިޓީއެއްގަ ބުނަނީ ޢަލީގެފާނު ވެރިކަން ހޯދަން ޢުޘްމާނުގެފާނު ޝަހީދުކޮށްލީޔޯ. މިކަމާ ކޯފާވެގެން ޢާއިޝަތުގެފާނު ޙައްޖުން އެނބުރިވަޑައިގަތް ގޮތަށް ޢަލީގެފާނާ ދެކޮޅަށް ސަޙާބީންގެ ލަޝްކަރެއް އެކުލަވާލައްވައިގެން ޖަމަލެއްގައި ނުކުމެވަޑައިގެންނެވި . މި ހަނގުރާމަޔަށް ޖަމަލު ހަނގުރާމަ ކިއުނު . ޢާއިޝަތުގެފާނުގެ ލަޝްކަރު ބަލިވީ އެތައް ޞަޙާބީންނެއް ޤަތުލުވި .ރައްޔިތުން ހޮވި ޚަލީފާއަކާ ދެކޮޅަށް މިފަދަ ބޮޑެތި ފިތުނަތައް އުފައްދާފަ މުޢާވިޔަތު ޢަލީގެފާނާ ސީރިޔާގެ ސިއްފީނުގައި ހަނގުރާމަ ކޮށްގެންވެސް ބަލިވީ . އެހިނދު ގޮތްހުސްވީމާ އަމާންދިދައިގެ ބަދަލުގައި ޚަތިމްތައް ލޮންސީގެ ކުރިއަށް ނަގައިގެން އައިސް ބުނީ ކަލޭމެންނާ އަހަރުމެންނާ ދެމެދުގަ ހަނގުރާމަ ހިނގަންވީ ސަބަބެއް ނެތޭ މިއޮތީ ﷲ ގެ ފޮތޭ ދެބައިމީހުންވެސް އީމާންވަނީ މިއަށޭ ކިޔާ ޢަލީގެފާނުގެ ލަޝްކަރު ޖަޒުބާތުގައި ޖެއްސީ . އޭރު އަހަރުވެއްޖެ ގޮތްދޫނުކޮށް ދެބަސްވުމުގައި މުޢާވިޔަތު ހުންނަތާ ހަނގުރާމައިން ބަލިވީމަ ﷲގެ ފޮތް ފެނުނީ . ދެންބުނީ ދެފަރާތުން އެއްބަސްވާ ދެ މަންދޫބަކު ނަގައިގެން ސުލްޙަވެރި ޙައްލެކޯ ބޭނުންވަނީ އެ ދެމަންދޫބުން ނިންމާ ގޮތަކަށް އެންމެން ރުހެން އެއްބަސްވެގެން . ޢަލީގެފާނުގެ ލަޝްކަރުން މިކަމަށް ކަނޑައެޅުނީ އަބޫ މޫސަލް ޢަޝްޢަރީ . މުޢާވިޔަތުގެ ފަޅިން ޢަމްރޫ ބުނުލް ޢާސް. މި ދެ ބޭކަލުން ވާހަކަ ދައްކާފަ ނިންމީ އެ ވަގުތަށް ދެފަރާތުގެ ދެވެރިންވެސް ޢަޒުލު ކުރާގޮތަށް . މިކަން އިޢުލާން ކުރަން ނުކުމެފަ ޢަމްރު ބުނިލް ޢާސް އަބޫ މޫސަލް ޢަސްޢަރީ އަށް ދެންނެވި. ކަލޭގެފާނަކީ އަޅުގަނޑަށްވުރެ ދުވަސްވެފަ ސީނިއަރ ބޭކަލަކަށްވާތީ ކަލޭގެފާނު ފުރަތަމަ އިޢުލާން ކުރަށްވާށޭ . އެޥަގުތު އަބޫ މޫސަލް އަޝްޢަރީ ޢަލީގެފާނުގެވެރިކަން ޢަޒުލުކޮށްފި . ޢަމްރޫ އަށް ޖެހުނީމަ ބުނީ . އެއީ އަބޫ މޫސަލް އަޝްޢަރީ އެކަލޭގެފާނުގެ ވެރިމީހާމެދު ނިންމި ގޮތޭ. ތިމަންނާ ތިމަންނާގެ ވެރިމީހާ ޢަޒުލެއް ނުކުރަމޭ . !. މިހިރީ މި މީހުންގެ މުނާފިޤުކަން. މިއަށް އިޖްތިހާދު ކިޔައިފިއްޔާ އިޖްތިހާދަށް ކީކޭ ކިއާނީ؟ އަހަރެމެން މިތިބީ ސަޢުދީ ޝޭޚުން އުމަވީ ރަސްކަން ދެމެހެއްޓުމަށްޓަކާ ލިޔާހާ އެއްޗަކާ އެއްބަސްވާ ގޮތަކަށް ނޫން . މީ ކޮމެންޓެއް ނޫން އެޑިޓަރގެ ލޮލަށް ނުފެންނަ ތަނެއް ދެއްކީ . މީގައި ކުޑަވެސް ދޮގެއް އޮތްތޯ އިސްލާމީ ތާރީޚް ބަލާ . ތަބާރީގެ. ތާރީޚުއް ރުސުލި ވަލް މުލޫކި
  އަލްބިދާޔަތު ވަލްނިހާޔަތު
  ތަބަޤާތުލް ކުބްރާ

  12
  1
  • ގައިކޮޅުގައިގާ

   މިމީހާ މިބުނަނީ ވަގަށް ނެގެވުނު ފަނޑިޔާރަކީ އެކަކު ކަމަށާއި ޖަރީމާ ހިންގީ ޓެރަރިސްޓް މީހާގެ އަމުރަށް އެކަމުގަ ބައިވެރިވި ޖަމާއަތަކުން ކަމަށްވާތީ ޓެރަރިސްޓަށް މާފު ކޮށްފަ އަނިޔާ ލިބުނު ފަނޑިޔާރަށް ބަދަލު ދޭންވީ ކަމަށް. އަދި އެވެސް ދަލަތުންނޯލަ. ކިހާ ރީތި އިންސާފެއް! ފަނޑިޔާރުކަން ނިކަން ރަނގަޅަށް ކޮށްފަތާ މީނަ ހުންނާނީ. ނަސީބެއްނު ރިޓައަރ ކުރިކަންވެސް. މީ ކޮންކަހަލަ ފަނޑިޔާރެއް؟!

   • ާއަޙްމަދު

    ނޯޓް. މީނައަށް ކިހާވަރެއް ދިނީމަތަ
    މިކަހަލަ ލިޔުމެއް ލިޔެދެނީ؟

 4. ޢާބަކުރު

  މިފޮޓޯއިން މިފެންނަނީ ކަނޑޫ ފަލެއްތަ ނޫނީ ރަނޑޫ ފަލެއްތަ

  • ކަނބާ

   ރަނޑޫފަލެއް. އެންމެ ބޮޑު ރަނޑޫ އެންމެންނަށް ވަރަށް ފަސޭހައިން ފާހަގަ ކުރެވޭނެ.