الحمد لله مشرع الأحكام ومبين الحلال والحرام والصلاة والسلام على نبي الأنام المبعوث رحمة للعالمين وعلى آله الأطهار وأصحابه الأخيار وبعد.

مقدمة:
ދިވެހި މުޖުތަމަޢަށް މިއަދު ދިމާވެފައިވާ އެއްގޮންޖެހުމަކީ ޖުޑިޝަރީ މިނިވަން ނުވުމުގެ ގޮންޖެހުމެވެ. ޝަރުއީ ދާއިރާ މިނިވަން ނުވުމަށް ދިމާވެފައިވާ ސަބަބު ތަކާއި، އަދި ކުރިޔަށް އޮތްތަނުގައި ދިމާވެދާނެ ސަބަބުތައް ގިނަގުނައެވެ. އެގޮތުން ފަނޑިޔާރުކަމުގެ މަޤާމަށް އަންހެނުން އައްޔަންކުރުމަކީ ވެސް ޖުޑިޝަރީ މިނިވަން ނުވުމުގެ އެއް ގޮންޖެހުމެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ޤާނޫނާއި، ފިޤުހުގެ އަލީގައި މިމައުޟޫއާމެދު އެއްޗެއް ދަންނަވާލާނަމެވެ. ނަމަވެސް މިކަމުގައި ދީނީގޮތުން އެއްޗެއް ދެންނެވުމުގެ ކުރީގައި ދީނީ އިލްމުވެރީންނާއި ދީނީ މުއައްސަސާތަކުގެ މަސްއޫލިއްޔަތާމެދު އެއްޗެއް ދަންނަވާލާނަމެވެ.

ދުނިޔޭގެ ވަރަށްގިނަ ދީނީ ތަޢުލީމު އުގަންނާދޭ ތަންތަނަކީ ޒަކާތާއި ޞަދަޤާތުގެ ފައިސާ ބޭނުންކޮށްގެން އެފައިސާއިން ދަރިވަރުންނަށް ކެއުމާއި ނިދުމާއި ދެންވެސް ބޭނުންވާ ކަންތައްތައް ހިލޭ ފޯރުކޮށްދީގެން އުގަންނާދޭ ތަންތަނެވެ. މިފަދަ ބައެއް އިދާރާތަކުގެ މާލީ ތަނަވަސްކަން ކުޑަކަމުން ނިދަނީ ބިންމަތީގައި ރަޖާ ފަތުރުވާގެންނެވެ. އަދި ކިވަނީ ކުނާމަތީ އިށީދެތިބެގެންނެވެ. އަދި ދަރިވަރަކު ދަސްވެރިވާ ދުވަހު ދެވޭ އެންމެ ބޮޑު ނަޞޭހަތަކީ އިޚްލާސްތެރިކަމާއެކު ޙައްޤު ބަސް ބުނުމަށާއި އުގެނުނު ޢިލްމު އޭގެ ހެޔޮގޮތުގައި ބޭނުނުން ކޮށްގެން ޙައްޤުގެ މަގުގާ ދެމިތިބުމަށެވެ.

ދިވެހި ރާއްޖޭގައި ތިބި ގިނަ ދީނީ އިލްމުވެރީންނަކީ ވެސް މިދެންނެވި ފަދަ ޒަކާތާއި ޞަދަޤާތުގެ ފައިސާބޭނުންކޮށްގެން ހިންގޭ މަދުރަސާތަކުން ދަސްވެރިވެފައިވާ ދީނީ ޢިލްމުވެރީންނެވެ. ނުވަތަ އެމީހުންގެ ދީނީ އިލްމު އުނގެނުމުގެ ބިންގާ އެފަދަ މަދުރަސާތަކުން ފެށިފައިވާ މީހުންނެވެ. އެހެންކަމުން އެމީހުންގެ އިޖުތިމާއީ ވެއްޓަށް މެދުވެރިވާ ގޮންޖެހުންތަކުގައި އޮންނަ ދީނީ ހައްލު ބުނެދިނުމަކީ އެމީހުންގެ މައްޗަށްވާ ދީނީ ވާޖިބެކެވެ. ޒަކާތުގެ ފައިސާ ކައިގެން، ޞަދަޤާތުގެ ފައިސާ ބޭނުންކޮށްގެން ނިދާގެން، ދީނީ ޢިލްމު އުނގެނިގެންތިބެ ޙައްޤު ބަސް ބުނަންޖެހޭވަޤުތު ހަމަހިމޭނުން ތިބުމަކީ ތިމާ ކެއުމަށާއި ނިދުމަށް ބޭނުންކުރި ޒަކާތުގެ ފައިސާއަށް ވެވޭ ޚިޔާނަތެއްގެ އިތުރުން ﷲއާއި އެއިލާހުގެ ރަސޫލާއަށް ވެވޭ ޚިޔާނަތެކެވެ. އެހެންކަމުން ފަނޑިޔާރުކަމުގެ މަޤާމަށް އަންހެނުން އައްޔަންކުރުމަކީ ޖުޑިޝަރީ މުސްތަގިއްލު ނުވުމުގެ އެއް ގޮންޖެހުންކަމަށް ވަތީވެ އެކަމާމެދު ދީނީގޮތުން އޮތްގޮތް ދައުލަތަށް ބުނެދިނުމަކީ ދީނީ އިލްމުވެރީންގެ ވާޖިބެކެވެ.

ދިވެހިރާއްޖޭގައި އިސްލާމީ ވުޒާރާއެއްހުރެއެވެ. އަދި އެތަނުގައި ރަޖިސްޓްރީ ވެފައިވާ ވާއިޒުންގެ އަދަދު 25-12-2016 ގާ ކޮށްފައިވާ އަޕްޑޭޓުން ދައްކާގޮތުން 261 މީހުން މިވަގުތު އެބަތިއްބެވެ. އެވުޒާރާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިނޭ އެންމެ ފުރުތަމަ ކަމަށް ނަންބަރު 1 ގައި ލިޔެފައިވަނީ ދީނީ ކަންތަކުގައި ސަރުކާރަށް ލަފާދިނުމެވެ. އަދި އެ ވުޒާރާގެ ދަށުގައި "އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލިސް" އެއްވެސް ހުރެއެވެ. އެތަނުގެ މަސްއޫލިއްޔަތުގައި ހިނޭ އެއްކަމަކީ " ދިވެހި ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދަނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ ޢާއްމުންނަށް ފޯރުކޮށް ދިނުމެވެ". އެހެންކަމުން ފަނޑިޔާރުކަމުގެ މަޤާމަށް އަންހެނުން އައްޔަންކުރުމަކީ ޖުޑިޝަރީ މިނިވަން ނުވުމުގެ އެއް ގޮންޖެހުންކަމަށް ވަތީވެ އެކަމާމެދު ދީނީގޮތުން އޮތްގޮތް ދައުލަތަށް ބުނެދިނުމަކީ މިއިދާރާތަކުގެ ވާޖިބެކެވެ.

އާދެ! ތިރީގައި މިވާސުވާލުތަކަށް ޖަވާބު ހޯދުމުގެ މަގުސަދު ގައި މިބަހުސު ފަށާގަންނަމެވެ.

1-އަންހެނުންނަށް ޤާޟީކަމުގެ މަޤާމު ދިނުމަށް އިސްލާމް ދީން ހުއްދަކުރޭތޯ؟

2-އަންހެނުންނަށް ޤާޟީކަމުގެ މަޤާމު ދިނުމަށް ޤާނޫނު އަސާސީ ހުއްދަކުރޭތޯ؟

3-އަންހެނުންނަށް ޤާޟީކަމުގެ މަޤާމު ދިނުމުން ޖުޑިޝަރީގެ މުސްތަޤިއްލުކަން ނުގެއްލޭނެތޯ؟

އާދެ! قاضي ކަމަކީ ދައުލަތުގެ އެންމެ މުހިއްމު ރުކުނެވެ. މީސްތަކުންގެ ހަމަޖެހުމާއި އަމަން އަމާންކަމާއި ރައްކާތެރިކަން ބިނާވެފައިވަނީ އެކަމުގެ މައްޗަށެވެ. ރައްޔިތުންގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި ލޭއޮހޮރުމާއި، ތަޅާފޮޅުމާއި، އަނިޔާވެރިކަން ހުއްޓުވާދީ މީސްތަކުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށްދޭ މަގަކީ ވެސް މިއެވެ. އެހެންކަމުން މިކަމަށް އިސްކުރެވޭ މީހުންގެ ކިބައިގައި ހުރުން މުހިއްމު ސިފަތަކެއް ވެއެވެ. އެގޮތުން ހަރުކަށިކަމާއި ނުލައި ގަދަފަދަ މީހަކަށް ވާންޖެހެއެވެ. ބަލިމަޑުކަމެއްނެތި މަޑުމައިތިރި މީހަކަށް ވާންޖެހެއެވެ. ރުޅިވެތިކަމަށްވުރެ حلمވެރިކަން އިސްކުރާ މީހަކަށް ވާންޖެހެއެވެ. މީސްތަކުންގެ ބިރަށްވުރެ ބޮޑަށް اللهއަށް ބިރުވެތިވާ މީހަކަށް ވާންޖެހެއެވެ. ނަފްސުގެ ދަހިވެތިކަމަށްވުރެ آخرةގެ ދަހިވެތިކަން ބޮޑުމީހަކަށް ވާންޖެހެއެވެ. ޖަޒުބާތައްވުރެ ބުއްދިވެރިކަން އިސްކުރާ މީހަކަށް ވާންޖެހެއެވެ. މުހުތާދު ތަކުގެ ކުރިމަތީގައި قناعةތެރިކަންއިސްކުރާ މީހަކަށް ވާންޖެހެއެވެ. فرضނަމާދު މިސްކިތުގައި އަދާކުރުމާއި އެކު މީސްތަކުންގެ ކުރިމަތީގައި تقوىވެރިކަމާއި ورعވެރިކަމުގެ قدرއުފުލިފައިވާ މީހަކަށް ވާންޖެހެއެވެ. މިހެންކަމުން މި މަސްއޫލިއްޔަތުގެ އަހުލު ވެރި ބަޔެއްގެ ގޮތުގައި އިސްލާމްދީން ކަނޑައެޅުއްވެވީ ފިރިހެން ޖިންސެވެ.

رسول الله صلى الله عليه وسلمގެ ޒަމާނުގައި ވަރަށް ގިނަ ރަށްތަކަށް قاضىން عين ކުރެއްވިއެވެ. އެގޮތުން عين ކުރެއްވެވި قاضىންގެ ތެރޭގައި އެއްވެސް އަންހެން ކަނބަލަކު ހިމަނުއްވާފައެއް ނުވެއެވެ.އަދި އެކަލޭގެފާނަށްފަހު މާތްﷲ ރުއްސުންލެއްވި ابو بكرގެފާނުންގެ خليفة ވެރިކަމުގެ ދުވަސްވަރު ގައިވެސް އަދި މާތްﷲ ރުއްސުންލެއްވި عمرގެފާނުންގެ خليفةވެރިކަމުގެ ދުވަސްވަރު ގައިވެސް އަދި މާތްﷲ ރުއްސުންލެއްވި عثمانގެފާނާއި މާތްﷲ ރުއްސުންލެއްވި عليގެފާނުގެ خليفةވެރިކަމުގެ ދުވަސްވަރު ގައިވެސް قاضىކަމުގެ މަގާމަށް އެއްވެސް އަންހެން ކަނބަލަކު عينކުރައްވައިފައި ނުވެއެވެ. އަދި قاضىކަމުގެ مسئوليةގެ ބުރަކަމާއި އެކަމުގައި ހުރުން شرط ވާ مستقلކަމާއި މިނިވަންކަމާއި ދުޅަހެޔޮކަމާއި ހިތްވަރުގަދަކަމާއި ކެރުމާއި މިފަދަ ކަންތަކަށްޓަކައި މިމަގާމަކީ ހަމައެކަނި ފިރިހެނުންނަށް خاصވެފައިވާ މަގާމެއްކަމަށް އެދުވަސްވަރުގައި އޮތީ اجماعވެފައިކަން ފާހަނގަވެއެވެ.

نبويދައުރާއި إسلامي خلافةގެ ދުވަސްވަރު ماضيވެދިއުމަށްފަހު إسلامي އުއްމަތުގައި فقه علمވެރީންގެ މެދުގައި مذهبތަކެއްގެ މައްޗަށް ރަވްޔުތައް ބަޔާން ވެގެން ދިޔަ ވަގުތު މިމައްސަލަ އާއި މެދުވެސް مذهبތަކުގެ علمވެރިން އެބޭކަލުންގެ ރަވްޔުތައް ބަޔާން ކުރެއްވިއެވެ. އެގޮތުން މިކަމުގައި قفه علمވެރީންގެ مذهبތައްތިރީގައި ދަންނަވާލާނަމެވެ.

ފުރަތަމަ مذهب: جمهورفقه علم ވެރީންގެمذهب

جمهورދަންނަބޭކަލުންގެ ރަވްޔަކީ އަންހެނުން قاضىކަމުގެ މަގާމަށް عين ކުރުން ހުއްދަ ނުވާނޭކަމަށެވެ. އެބަހީ قاضي އަކީ ފިރިހެނަކަށްވުންشرطވާނެއެވެ. އަދި އަންހެނަކު قاضيކަމަށް عينކުރިމީހަކީ ފާފަވެރިއެކެވެ. މިހެން ވިދާޅުވި ބޭކަލުންގެތެރޭގައި حنبلى مذهبގެ ބޭކަލުންނާއި مالكى مذهب ބޭކަލުންނާއި އަދި شافعي مذهب ބޭކަލުންނާއި އަދިحنفي مذهبގެ ބޭކަލުންގެ ތެރެއިން الأمام زفر ވެސްހިމެނިވަޑައިގަންނަވައެވެ. އަދިވެސް حنفي مذهبގެ ބޭކަލުން ހިމެނިވަޑައި ގަންނަވައެވެ.

(المغني 12-14 ، بداية المجتهد 4-1768 ،فتح القدير 5-486 ، مجمع الأنهار 2-168 ، البحر الرائق 7-8)

 

އަންހެނުން قاضيކަމުގެ މަގާމަށް عينކުރުން ހުއްދަ ނުވާނޭކަމުގެ މައްޗަށް جمهور ދަންނަބޭކަލުން ދެއްވާدليلތައް.

جمهور ދަންނަ ބޭކަލުން މިކަމުގެ މައްޗަށް ދެއްކެވިدليلތަކުގައި ކީރިތިقران އާއި سنةއާއި ބުއްދީގެ ދަލީލުތައް ހިމެނެއެވެ.

قرآنން ދެއްކެވި دليلތައް.

މާތް الله سبحانه وتعالى وحىކުރެއްވިއެވެ. وَاسْتَشْهِدُوا شَهِيدَيْنِ مِنْ رِجَالِكُمْ ۖ فَإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ أَنْ تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ ﴿٢٨٢﴾ البقرة282

މާނައީ:- އަދި، (މިފަދަ ކަންކަމުގައި) ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެހެކިން ތިޔަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކިންނަކީ، ދެފިރިހެނުން ކަމުގައި ނުވިނަމަ ފަހެ، ހެކިންކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: عدلވެރި مسلمންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ. (އެއީ) އެ ދެ އަންހެނުންކުރެ އެކަކަށް (ހަނދާންނެތިވެ) މަގުއޮޅިދާނެ ކަމަށްޓަކައެވެ. ދެން، އެހިނދު އެ ދެ އަންހެނުންކުރެ އެކަކަށް، އަނެކަކު (އެކަން) ހަނދާންކޮށް ދިނުމަށްޓަކައެވެ.

މިآيةން دليلނަންގަވާގޮތް: މާތްالله سبحانه وتعالىނިޔާކުރެއްވީ އަންހެނެއްގެ ހެކިބަހަކީ ފިރިހެނެއްގެ ހެކިބަހުގެ ދެބައިކުޅަ އެއްބައިކަމަށެވެ. އަދި އޭގެ ސަބަބަކީ އަންހެނުންނަކީ ހަނދާން ނެތުމާއި އޮޅުމުގެ ތެރެއަށް ގެއްލިގެން ހިނގައިދާ ބައެއްކަމަށް ވާތީއެވެ. އެހެންކަމުން އޮޅުން ބޮޅުންގިނަ އަދި ހަނދާން ނެތުން ގިނަ ބަޔަކު ލައްވާ މިސްތަކުންގެ حقތަކަށް ފައިސަލާ ކުރުވުން ހުއްދަވާނި ކޮންގޮތަކުން ހެއްޔެވެ؟! ހަނދާން ނެތުމުގެ ސިފައާއި އޮޅުން ބޮޅުން އެރުމުގެ ސިފަހުރެގެނެއް މިސްތަކުންގެحقތަކެއް ރައްކައުތެރި ނުކުރެވޭނެއެވެ.

2- މާތް الله سبحانه وتعالى وحي ކުރެއްވިއެވެ . الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ ۚ (النساء 34 )

މާނައީ:- ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائمވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ.

މިآيةން دليلނަންގަވާގޮތް: އަންހެނުންނަކީ ފިރިހެނުންގެ އަމުރު معروف ގެ ދަށުގައިވާ ބަޔެކެވެ. އަދި ފިރިހެނުންނަށް ކިޔަމަންތެރިކަން އަދާކޮށްގެން ތިބޭ ބަޔެކެވެ. އަންހެނުންނަކީ ފިރިހެނުންދޭ މުދަލެއްގެ ބަދަލުގައި(އެބަހީ ކައިވެނީގެ ރަނުގެ ބަދަލުގައި) އެމީހުންގެ އަމުރުمعروفގެދަށަށް ގެނެވޭ ބައެކެވެ.

އިތުރުބަޔާނެއް: އަންހެނުންނަކީ ފިރިމީހާގެ އަތުން ނުވަތަ ބަލަދުވެރިޔާގެ އަތުން ދިރިއުޅުމަށް ބޭނުންވާ ޚަރަދު ބަރަދާއި ބޯހިޔާވަހިކަމާއި ހިމާޔަތާއި ރައްކައުތެރިކަން ލިބިގެންތިބޭ ބަޔެކެވެ. ފަނޑިޔާރުކަމުގެ شرطގައި ހިމެނޭ އެންމެ މުހިއްމު شرطއަކީ މުސްތަޤިއްލުކަމާއި އެއްވެސް މީހެއްގެ نفوذގެ ދަށުވެފައި ނެތުމެވެ. އަންހެނުންނަކީ ފިރިމީހާގެ ނުފޫޒުގެ ދަށުގައި ނުވަތަ ބަލަދުވެރިޔާގެ ނުފޫޒުގެ ދަށުގައި ތިބޭ ބަޔަކު ކަމާއިމެދުގައި ދެބާސްވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެހެންކަމުން ބަޔެއްގެ ނުފޫޒުގެ ދަށުވެފައި ތިބޭބަޔަކު ނުވަތަ ބަޔަކު ދިނީމާ ކައިގެން، ބޮއިގެން، ލައިގެން ނުވަތަ ބަޔެއްގެ ހިޔާވަހިކަމުގެ ދަށުގައިތިބޭ ބަޔަކު ލައްވާ އެހެންބަޔެއްގެ حقّތައް ހިމާޔަތް ކުރުމުގެ ޒިއްމާދާރު ކުރުވުން ހުއްދަ ކުރާނީ ކޮން ބުއްދިއަކުން ހެއްޔެވެ؟!

سنةން ދެއްކެވި دليلތައް:-

1-رسرل الله صلى الله عليه وسلم حديثކުރެއްވިއެވެ.( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً) رواه البخاري (4425)، ورواه النسائي في " السنن " (8/227

މާނައަކީ: އެ قومއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ބަޔަކަށް ކާމިޔާބެއް ނުވެއެވެ.

الأمام ابن قيم الجوزية ވިދާޅުވިއެވެ. އެބަސްފުޅުގެ މުރާދަކީ عام ވެރިކަމާއި قومގެ އިސްވެރިކަމާއި قاضىކަމުގެ مقامއެވެ.

(اعلام الموقعين عن رب العالمين- ابن قيم الجوزية 2-377 )

الأمام الخطابيވިދާޅުވިއެވެ. حديثގައި އެވަނީ ހަމަކަށަވަރުން އަންހެނުން ވެރިކަމަށް އިސްނުކުރެވޭނެ ވާހަކައެވެ. އަދި قاضىކަމަށް އިސްނުކުރެވޭނެ ވާހަކައެވެ. (تحفة الأحوزي بشرح جامع الترمزي – المباركفوري 6-447 )

2-حديثން ބަޔާން ވެގެންވާގޮތުން ނަމާދުގައި إمامއަށް ކުށެއް ކުރެވޭވަގުތު ފިރިހެނުން "سبحان الله" ގެ ކަލިމަ ކިޔައި إمامއަށް އެކަން އެންގުމެވެ. އަދި އަންހެނުން ވައަތްމަތީ ކަނައަތުން ޖަހާ އަތްތިލަބަޑިއެއްގެ އަޑު އިއްވުމެވެ.

جمهور فقه علم ވެރީން ވިދާޅުވެއެވެ. އަންހެނުންނަށް އެކަނބަލުންގެ އަޑު ނެރުމުން ފިތުނަވެރިކަމެއް އަތުވެދާނެ ކަމަށްޓަކައި ނަމާދު ގައި إمام އަށް ކުށެއް ކުރެވޭ ވަގުތު އަޑުއުފުލުން އެވަނީ މަނާކުރެވިފައެވެ. އެހެންކަމަށް ވާނަމަ قاضي ކަމަކީ ހަށިގަނޑުގެ ހަރަކާތާއި އަޑުތައް ނެރުން މުހިއްމުވާ مقامއަކަށް ވާހިނދު އެފަދަ مقامއަކަށް އަންހެނުން ވެއްދުން ހުއްދަވާނެ ގޮތެއް ނުވެއެވެ.

3-رسرل الله صلى الله عليه وسلم حديث ކުރެއްވިއެވެ.

عن بريدة رضي الله تعالى عنه قال: قال رسول الله صلى الله عليه وسلم: « القضاة ثلاثة: اثنان في النار وواحد في الجنة، رجل عرف الحق فقضى به فهو في الجنة، ورجل عرف الحق فلم يقض به وجار في الحكم فهو في النار، ورجل لم يعرف الحق فقضى للناس على جهل فهو في النار. » (رواه الأربعة وصححه الحاكم)

މާނައީ: މާތް الله ރުއްސުންލެއްވި بريدة ގެކިބައިން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم حديث ކުރެއވިއެވެ. قاضيން ބެހިގެންވަނީ ތިން ވައްތަރެއްގެބަޔަކަށެވެ. ދެވައްތަރަކީ ނަރަކަ ވެރީންނެވެ. އަނެއް ވައްތަރަކީ ސުވަރުގެ ވެރީންނެވެ. ފިރިހެނަކު حق ދެނެގެންހުރެ އެގޮތަށް ނިޔާ ކަނޑައަޅައިފިނަމަ ފަހެ އެމީހަކު ވާހުށީ ސުވަރުގެ ވަންތަވެރިއަކަށެވެ. އަދި ފިރެހެނަކު جاهل ކަންމަތީ ހުރެގެން މީސްތަކުން ގެ މެދުގައި ނިޔާ ކަނޑައަޅައިފިނަމަ ފަހެ އެމީހަކު ވާހުށީ ނަރަކަ ވެރިއަކަށެވެ. އަދި ފިރިހެނަކު حق އަކީ ކޮބައިކަން ދަނެގެން ހުރެ ގަސްދުގައި ނުބައިކޮށް ނިޔާ ކަނޑައަޅައިފިނަމަ ފަހެ އެމީހަކު ވާހުށީ ނަރަކަ ވެރިއަކަށެވެ.

الأمام ابن تيمية ވިދާޅުވިއެވެ. އިސްވެދިޔަ حديثއަކީ قاضىއަކީ ފިރިހެނަކަށް ވާންޖެހޭނެކަމުގެ دليلއެކެވެ.

الأمام الشوكاني ވިދާޅުވިއެވެ. حديث ގެمفهومން އެނގޭ އެއްޗަކީ އަންހެނުން قاضيކަމުގައި ނުހިމެނޭކަމެވެ.( نيل الأوطار – الشوكاني 5-66 )

ބުއްދީގެ دليلތައް.

أ- މީސްތަކުންގެ ތެރޭގައި ހިނގާ ހަމަނުޖެހުމަކާއި ޖަގަޑާއާއި ފަސާދަތައް حلކުރުމަށް ނުކުތުން އައުލާކަން ބޮޑުބަޔަކީ ފިރިހެނުންނެވެ. ސަބަބަކީ ހަމަނުޖެހުންތަކާއި ޖަގަޑާއާއި ފަސާދަ ފަދަ ކަންކަމީ އަންހެނުންގެ طبيعة އާއި خلافކަންތަކެވެ. އެފަދަ ވާހަކަތައް އަޑުއެހުމާއި އެފަދަ منظر ދުށުމަކީ އަންހެނުންގެ ޝައުގުވެރިކަމާއި طبيعة އާއި އިދިކޮޅުސިފައެކެވެ. قاضى ކަމުގައި ހިމެނެނީ ހައްތަހާ މިބާވަތުގެ ކަންތަކެވެ. އެހެންކަމުން قاضى ކަމުގެ مقامއަށް އަންހެނުން قابلވެއޭ ބުނެވޭނެ ޖާގެއްނެތެވެ. (المغني –ابن قدامة 11-221 )

ب- قاضيކަމީ ފުރިހަމަ ވިސްނުމަކާއި ވަރުގަދަ ބުއްދިއަކާއި ގަދަފަދަ ކެރުންތެރިކަމެއް ބޭނުންވާ ކަމެކެވެ. އަންހެނުންނަކީ ވަރަށްގިނަ ފަހަރަށް ޖަޒުބާތަށް އިސްކަންދެވޭ ބައެކެވެ. އެގޮތުން ވިސްނުން ބަލިކަށި ބަޔެއްގެ ގޮތުގައި ދުނިޔޭގެ އެންމެން، ވެސް އެއްބަސްވާ ބަޔެކެވެ. (الشوكاني- السيل الجرار4-273)

رسرل الله صلى الله عليه وسلم حديث ކުރެއްވިއެވެ.

وَعنِ ابنِ عُمَرَ رضِي اللَّه عنْهُما أَنَّ النَّبيَّ صَلّى اللهُ عَلَيْهِ وسَلَّم قَال : « يا معْشَرَ النِّساءِ تَصَدَّقْنَ، وأَكْثِرْنَ مِنَ الاسْتِغْفَارِ ، فَإِنِّي رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ » قالَتِ امْرَأَةٌ مِنْهُنَّ : مالَنَا أَكْثَرَ أَهْلِ النَّارِ ؟ قَالَ : « تُكْثِرْنَ اللَّعْنَ ، وتَكْفُرْنَ العشِيرَ مَا رأَيْتُ مِنْ نَاقِصَاتِ عقْلٍ ودِينٍ أَغْلبَ لِذِي لُبٍّ مِنْكُنَّ » قَالَتْ : ما نُقْصانُ الْعقْل والدِّينِ ؟ قال : « شَهَادَةُ امرأَتَيْنِ بِشهَادةِ رجُلٍ ، وتَمْكُثُ الأَيَّامَ لا تُصَلِّي » رواه مسلم .

މާނައީ:- މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި عبد الله ابْن عمر ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން نبي އާ صَلّى اللهُ عَلَيْهِ وسَلَّم حديثކުރެއްވިއެވެ. އޭ އަންހެނުންގެ ޖަމާއަތުގެ މީހުންނޭވެ. ތިޔަކަނބަލުން ސަދަގާތްދޭށެވެ. އަދި اسْتغْفار ދަންނަވާށެވެ. ފަހެ ހަމަކަށަވަރުން ތިމަންރަސޫލާ ތިޔަކަނބަލުން ނަރަކައިން ގިނައިންދެކެފައިވެއެވެ. އެތަނުންއަންހެނަކު ދެންނެވިއެވެ. ތިމަންމެން ގިނައިން ނަރަކައަށް ދާންޖެހެނީ ކީއްވެގެން ހެއްޔެވެ؟ حديثކުރެއްވިއެވެ. އެއީ ތިޔަކަނބަލުން ގިނަގިނައިން ލައުނަތް ދޭތީއެވެ. އަދި ފިރިމީހާއަށް ނުކިޔަމަންތެރިވާތީއެވެ. އަދި ތިމަންރަސޫލާ ވިސްނުންމަދު، ދީނުގެ ކަންތަކުގައި އުނިބަޔަކު ބުއްދީގެ ވެރި ފިރިހެނުންގެ މައްޗަށް ގަދަވެގެން އުޅޭތަން ތިޔަކަބަލުން ނޫނީ ނުދެކެމެވެ. އަންހެނަކު ދެންނެވިއެވެ. އެކަނބަލުންގެ ވިސްނުން މަދުކަމާއި ދީނުގެ އުނިކަމަކީ ކޮބާހެއްޔެވެ؟ حديثކުރެއްވިއެވެ. ދެއަންހެނުންގެ ހެކިބަހާ ފިރިހެނެއްގެ ހެކިބަހާ އެއްވަރުއެވެ. އަދި އަންހެނުންނަށް ނަމާދު ނުކުރެވި ގިނަދުވަސް ފާއިތުވެއެވެ. (އެއީ ދީނީ ކަންތަކުގައި ހުރި އުނިކަމެވެ.)

އެހެން ރިވާޔަތެއްގައި ވެއެވެ. އެކަނބަލުން ދެންނެވިއެވެ.ބުއްދީގެ ގޮތުން އުނިކަމަކީ ކޮބައިހެއްޔެވެ. އަދި ދީނުގެ އުނިކަމަކީ ކޮބާ ހެއްޔެވެ؟ އެކަލޭގެފާނުން ޖަވާބު ދެއްވިއެވެ. حديثކުރެއްވިއެވެ. އަންހެނެއްގެ ހެކިބަހަކީ ފިރިހެނެއްގެ ހެކިބަހުގެ ދެބައިކުޅަ އެއްބަޔަށް ނުވޭހެއްޔެވެ؟ އެކަނބަލުން ދެންނެވިއެވެ. އާދޭހެވެ. حديث ކުރެއްވިއެވެ. އެއީ އެކަނބަލުންގެ ބުއްދީގެ އުނިކަމުގެ ތެރެއިން ހިމެނޭކަމެކެވެ. އަދިحيضގެ ދުވަސްވަރު އެކަނބަލުން ނަމާދާއި ރޯދަ ދޫކޮށްނުލާ ހެއްޔެވެއެވެ؟ އެކަނބަލުން ދެންނެވިއެވެ. އާދޭހެވެ. حديث ކުރެއްވިއެވެ. ފަހެ އެކަންތަކަކީ ދީނުގެ އުނިކަމުގެ ތެރެއިންވާ ކަމެކެވެ.(متفق عليه)

ދަންނައެވެ. ބުއްދީގެ މާނައަކީ ކަމެއްގައި ގަދަފަދައަށް ހިފުން ނުވަތަ އެއްޗެއް ވަށާލުމެވެ. އަދި ހިތްއެދޭ ކޮންމެ ކަމެއް ނުކުރުމެވެ. އެގޮތުން ބުއްދި ހަވާނަފްސުން ސަލާމަތް ކުރެއެވެ. އަދި އެދެވިގެންވާ ކަމެއް ނޫނީ ނުކުރުވައެވެ. އެގޮތުން ބުއްދި އައިސްފައިވަނީ ރަވްޔުތައް އުފެއްދު މަށާއި އަދި އޭގެތެރެއިން ކަންތައްކުރާން އޮންނަ އެންމެ ހެޔޮގޮތް ދެނެގަތުމަށެވެ. އަދި ހަވާނަފްސު ބޭނުންގޮތަށާއި ހިތުގެ އޯގާވެރިކަމުގެ މައްޗަށް ދީލާނުލުމަށެވެ. އަންހެނުންގެ ޚާއްސިއްޔަތަކީ އޯގާތެރިކަމާއި رحمކުޅައުމުގެ މައްޗަށް ވަރަށް ގިނަ ކަންތައްތައް ދީލާލުމެވެ. އަދި މިސިފައަކީ އަންހެނުންގެ ހަށިގަނޑުގައި ކޮންމެހެންވެސް ހުންނަންޖެހޭ طبيعيސިފައެކެވެ. އެ ސިފައާއި ނުލައި ބަލިވެ އިނދެގެން ދަރިފުޅު ބަނޑުގައި އުފުލައި ގެން ނުވަމަސް ދިހަކުރުމާއި ވިހައުމަށްފަހު އެދަރިފުޅު ގެންގުޅުމާއި އެކަމަށްޓަކައި ރޭގަނޑު ހޭލާ ހުރުމާއި މިކަންކަމީ ވަރަށް މަތީ ދަރަޖައަކަށް އޯގާތެރިކަމާއި رحمކުޅައުމުގެ ސިފަ ނެތް ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަންހެނުންގެ ކިބައިގައިވާ މިދެންނެވި އޯގާ ވެރިކަމާއި رحمކުޅައުމުގެ ސިފަ އެކަނބަލުންނަށް ކަނޑައެޅި ފެނިގެން ހުންނަ ގޯސްކަމެއް ވެސް ކުރުވާލުމަށް ސަބަބަކަށް ވެއެވެ. މިސާލަކަށް ޑޮކްޓަރަކު ކުޑަދަރިފުޅަކަށް ހަކުރުމަދު ކުރުމަށްޓަކައި ޗޮކްލެޓްފަދަ ފޮނިއެއްޗެއް ނުދޭށޭ ބުނެފައި އޮންނަ އިރުވެސް ދަރިފުޅު ރޮއިގަތީމާ މަންމައިން އެދަރިފުޅަށް ޑޮކްޓަރުގެ އިރުޝާދާއި خلاف އަށް ޗޮކްލެޓްފަދަ ފޮނިއެއްޗެއް ނުވަތަ އެފަދަ ފޮނިއެއްޗެހި ދީފައިވާކަން ފާހަނގަވެއެވެ. މިއީ ހިނގާފައިވާ އަދި ހިނގަމުންދާ ކަންތަކެވެ. އަދި މިނޫނަސް މިފަދަ މިސާލުތައް ގިނަގުނައެވެ. ހިނގާދިޔަވާހަކައެއް ކިޔާލަދޭނަމެވެ. އެއްދުވަހަކު އަންހެނަކު ކޯޓަށް އަތުވެއްޖެއެވެ. އޭނާ ދިޔައީ އޭނާގެ ކުއްޖަކު އަރުވާލުމަށް ކޯޓުންކުރި حكمއެއް تنفيذ ނުވެ ފުލުހުންގެ ބެލުމުގެ ދަށުގައި އެކުއްޖާ ގިނަދުވަސް ވަތީ ވީގޮތެއް އޮޅުން ފިލުވުމަށެވެ. އެނާ އައިސް ދެއްކި ވާހަކަތަކުގެ ތެރޭގައި ބުންޏެވެ. ތިމަންނަގެ މިދަރިފުޅު ހަލާކުވީ ތިމަންނަގެ އަތުންނެވެ. އެއި ކޮންމެ ރެއަކުހެން ތިމަންނަގެ އަތުން 200ރ ހޯދަން އެދިގަނެއެވެ. އަދި ދިނުމަށް ތިމަންނަ އިންކާރު ކުރުމުން ރޮއި އާދޭސް ކޮށްގަތީމާ ނުދީ ކެތްނުކުރެވިގެން ދެނީއެވެ. އެލާރި ހޯދަނީ މަސްތުވާތަކެތި ގަތުމަށް ކަމަސްވެސް ތިމަންނައަށް ރަނގަޅަށް އެނގެއެވެ. މިފަދަ مثالތައް ލައްކައިން ގުނާލެވިދާނެއެވެ. އެހެންކަމުންސުވާލަކީ ތިމާގެ އަމިއްލަ ދަރިންގެحقތަކަށް ޖަޒުބާތުގައި ޖެހިގެންގޮސް އަރައި ގަނެވޭ ބައެއްގެ އަތްމައްޗަށް މީސްތަކުންގެ حق ތައް حمايةކުރުމުގެ މަސްއޫލިއްޔަތު ދިނުން ހެޔޮވާނެތޯއެވެ؟ މިކަމަކީ ބުއްދީގެ އަހުލުވެރީން ވިސްނާ ފިކުރު ކުރަންޖެހޭ ކަންތައްތަކެވެ.

ج- ކޮންމެ އަންހެނަކީވެސް شرعي عذر ތައް ތަކުރާރުކޮށް މެދުވެރިވާ ބައެކެވެ. އެގޮތުންحيض ވެރިވުމާއި އާއި نفاسވެރިވުމާއި ބަލިވެއިނުމާއި ވިހެއުމާއި حضانة ގެމަސްއޫލިއްޔަތްތައް މެދުވެރިވާ ބަޔެކެވެ. އަދި މެޑިކަލް ސައިންސް ބުނާގޮތުން މިކަންތަކަކީ އަންހެނާގެ طبيعة އާއި މިޒާޖު ބަދަލުވާ ކަންތައްތަކެވެ.

Yonkers, Kimberly Ann, PM Shaughn O'Brien, and Elias Eriksson. "Premenstrual syndrome." The Lancet 371.9619 (2008): 1200-1210.

އަދި މިފަދަ ދުވަސްތަކުގައި ފުރިހަމަ އަރާމު ބޭނުންވާ ބަޔެކެވެ. އެހެންކަމުން طبيعة އާއި މިޒާޖު ބަދަލުވެފައިވާ އިސްވެ ދެންނެވުނު ބަލިކަމުގެ ދުވަސްތަކުގައި شريعة ކުރުމީ މަނާކަމެކެވެ. حديث ފުޅެއްގައި ވެއެވެ.

لا يقضي القاضي وهو غضبان مهموم ولا مصاب محزون ، ولا يقضي وهو جائع ( ابن ماجة ، صحيح أبي عوانة)


މާނައީ:- قاضي އަކު ރުޅި އައިސްފައިވާ حال ގައްޔާއި، ކަންބޮޑުވެފައިވާ حال ގައްޔާއި، އުދަގުލެއް ކުރިމަތިވެފައިވާ حال ގައްޔާއި، ހިތާމައެއް މެދުވެރިވެފައިވާ حال ގައި شريعة ނުކުރާހުއްޓެވެ. އަދި އޭނާ ބަނޑުހައިވެގެންހުންނަ حالގައި شريعة ނުކުރާހުއްޓެވެ.

د- إسلامي شريعة ގައި ދެخصمންގެ ދެމެދުކުރެވޭ ފައިސަލާތަކުގައި قاضيގެ ފަރާތުން އިއްވެވޭ އިއްވުންތައް ބިނާވަނީ ކީރިތި قرآن ގެآية ތަކާއި رسول الله صلى الله عليه وسلم ގެ حديث ފުޅުތަކުގެ މައްޗަށެވެ. އަންހެނުން حيض ގެ ދުވަސްވަރު ކިރިތިقرآن ގައި ބީހުމާއި قرآن ގެ آية ތައް ކިޔެވުމީ މަނާކަމެކެވެ.

ދެވަނަمذهب: حنفي فقه علم ވެރީންގެ مذهب

ދެވަނަ مذهب އަކީ حنفي مذهب އެވެ. ކުރީގައިވެސް ދެންނެވި ގޮތަށް حنفي مذهب ގެعلمވެރީންގެ قولކީވެސް އަންހެނުން قاضيކަމަށް އިސްކުރުން ހުއްދަ ނޫންކަމަށެވެ. ނަމަވެސް އެބޭކަލުން ދެކެވަޑައިގަންނަވަނީ އަންހެނަކު އެކަމަށް އިސްކުރެވި حكمއެއް ކޮށްފިނަމަ އެކަނބަލުންގެ ހެކިބަސް قبولކުރެވޭ ކަންތައް ތަކުގައި އެحكمއެއް تنفيذކުރެވިދާނޭކަމަށެވެ.

(مجمع الأنهار2-168 ، فتح القدير 5-486 ، ابن عابدين 8-127 ، البحر الرائق 7-8 )

މީގެމާނައަކީ އަންހެނުން قاضيކަމަށް އިސްކުރުން އެބެއިކަލުން ހުއްދަ ކުރެއްވި ވާހަކައެއް ނޫނެވެ. ކަމެއް ހުއްދަ ކުރުމާއި، އެކަމެއްހުއްދަ ނުވާހާލު ކޮށްފިނަމަ ނިކުންނަނަތީޖާ ގެ حكم އަކީ މުޅީން ދޭއްޗެކެވެ. މިސާލަކަށް حيضގެ ދުވަސްވަރު އަނބިމީހާ އާއިجماع ވުމަކީ حرامކަމެކެވެ. ނަމަވެސް މީހަކު އެކަން ކޮށްފިނަމަ އެކަމުގެ ސަބަބުންނިކުންނަ شرعي حكم ތައްتنفيذ ވާނެއެވެ. އެބަހީ އެޖިމާޢުވުމުން ކުއްޖަކު ވިހާފިނަމަ ނަސަބު ސާބިތުވާނެއެވެ. ތިންފަށް ވެފައިވާ އަންހެނަކުނަމަ ކުރީގެ ފިރިމީހާއަށް حلالވާނެއެވެ. ކައިވެނީ ރަން ފަސްކުރެވިފައިވާނަމަ ރަން ފުރިހަމަކުރުން ވާޖިބުވާނެއެވެ. އަދި عدة ހަމަކުރުން ލާޒިމުވާނެއެވެ.

އަންހެނުން قاضيކަމުގެ މަގާމަށް عينކުރުމުގެ މައްސަލާގައި الأمام أبو حنيفة ގެمذهب އާމެދު އަރާފައިވާ އޮޅުންތަކުގެ حقيقة

ކުރީގައިވެސް ދެންނެވިފައިވާ ފަދައިން الأمام أبو حنيفة ގެمذهبއަކީ އަންހެނުން قاضيކަމަށް އިސްކުރުން ހުއްދަނުވާނެ ކަމެކެވެ. ނަމަވެސް އިސްކޮށްފިނަމަ ދެން އެކުރި حكمއް تنفيذކުރެވޭނެ ކަމަށެވެ. ނަމަވެސް ބައެއް فقه علم ވެރީން الأمام أبو حنيفة ގެ ބަސްފުޅު نقل ކުރައްވާފައިވާ عبارةގެ މައްޗަށް ބުރަވެ އެކަލޭގެފާނުގެ مذهبގައި އަންހެނުން قاضي ކަމަށް އިސްކުރުން ހުއްދަ ކަމަށް ބުނެއެވެ. ނުވަތަ ދެކެއެވެ. ނުވަތަ އެކަމުގައި އޮޅުން އަރައިދެއެވެ. الأمام أبو حنيفة ގެ مذهب އާއި މެދު އޮޅުން އަރަން ދިމާވި މައިގަނޑު ދެفقه علمވެރިޔެއްގެ قولފާހަގަ ވެއެވެ. އެއިގެ ތެރެއިން އެއް ބޭކަލަކީ الأمام ابن قدامة އެވެ.

الأمام ابن قدامة ، الأمام أبو حنيفة ގެ مذهب نقل ކުރައްވަނީ އަންނަނިވި ގޮތަށެވެ.

قال ابن قدامة : وقال أبو حنيفة : يجوز ان تكون قاضية في غير الحدود لأنه يجوز ان تكون شاهدة منه (المغني 14-12)

މާނައީ:- އަދި ابن قدامة ވިދާޅުވިއެވެ. އަދި أبوحنيفة ވިދާޅުވިއެވެ. حد قائمކުރެވޭ މައްސަލަތައް ފިޔަވައި އެހެން ކަންތައް ތަކުގައި شريعةކުރުން (އަންހެނުންނަށް) ހުއްދައެވެ.ސަބަބަކީ އެކަންތައް ތަކުގައި ހެއްކަކަށްވުން އެކަނބަލުންނަށް ހުއްދަވާތީއެވެ.

އަނެއް ބޭކަލަކީ الأمام ابن رشد އެވެ.އެބޭކަލަކު الأمام أبو حنيفة ގެ مذهب نقل ކުރައްވަނީ އަންނަނިވި ގޮތަށެވެ.

قال ابن رشد: وقال أبو حنيفة يجوز أن تكون المرأة قاضية في الأموال (بداية المجتهد4-1768)

މާނައީ:- ابن رشد ވިދާޅުވިއެވެ. އަދި الأمام أبو حنيفة ވިދާޅުވިއެވެ. މުދަލުގެ މައްސަލަތަކުގައި އަންހެނުން شريعةކުރުން ހުއްދައެވެ.

الأمام أبو حنيفة ގެ مذهب އާއި މެދު އައިސްފައިވާ އިސްވެ ދެންނެވުނު ދެقولއާއި އަދި އެފަދަ އެހެން قولތަކެއްގެ ސަބަބުން ވަރަށް ގިނަ މީހުނަށް ހީކުރެވެނީ الأمام أبو حنيفة ގެ مذهب އަކީ އަންހެނަކު قاضيކަމަށް އިސްކުރުން ހުއްދަކަމަށެވެ. ނަމަވެސް އެއީ ބޮޑު އޮޅުމެކެވެ. އެކަން އެނގޭ ގޮތަކީ حنفي مذهبގެ إمامން ގެ ފަރާތުން މިމައްސަލަ تحقيقކުރެއްވުމަށްފަހު ނެރެދެއްވާފައިވާ ނަތީޖާ ތަކުންނެވެ. އެގޮތުން މިކަމާއި މެދު حنفي مذهب ގެ ބައެއް إمامން ވިދާޅުވެފައިވާ ވިދާޅުވުންތައް ދަންނަވާލާނަމެވެ.

مجمع الأنهارގައި ވެއެވެ. " ހުރިހައިحقތަކެއްގައި قاضي ކަން ކުރުން އަންހެނުންނަށް ހުއްދައެވެ. އެއީ އެމީހުންނަކީ އެކަންތައް ތަކުގައި ހެކިބަސް އަދާ ކުރެވޭ ބަޔަކަށް ވާތީއެވެ. ނަމަވެސް އެކަމަށް އެކަނބަލުން އިސްކުރާ މީހާއަކީ ފާފަވެރިއެކެވެ. އޭގެދަލީލަކީ ( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً)" (رواه البخاري (4425)، ورواه النسائي في " السنن " 8/227)

މާނައަކީ: އެ قومއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ބަޔަކަށް ކާމިޔާބެއް ނުވެއެވެ. (مجمع الأنهار2-168)

مجمع الأنهار ގައިވާ މި އިބާރަތުން އެގޭއެއްޗަކީ އަންހެނުން ފަނޑިޔާރު ކަމަށް އިސްކުރާ މީހާއަކީ ފާފަވެރިއެއްކަމަށްحنفي مذهب ގައި ކަނޑައަޅުއްވާފައިވާ ކަމެވެ. އަދި ފާފަ އެއްކަމަށް حكمކުރެވޭނީ حرامކަމެއްގެ މައްޗަށެވެ. حرامކަމެއް ކުރުމުން ނޫނީ ފާފައެއް ނުލިބޭނެއެވެ. އެހެންކަމުން ބެލެވެނީ حنفي مذهب ގެއިމާމުން ގެ ރަވްޔަކީ ވެސް ޖުމުހޫރުގެ ރަވްޔާއި އެއްގޮތަށް އެއީحرامކަމެއް ކަމުގައެވެ. އަދި قاضي ކަން ކުރުން އަންހެނުންނަށް ހުއްދައޭ ވިދާޅުވާބަސްފުޅުގެ މުރާދަކީ އަންހެނަކު އެކަމަށް އިސްކުރެވި حكمއެއް ކޮށްފިނަމަ އެކަނބަލުންގެ ހެކިބަސް قبولކުރެވޭ ކަންތައް ތަކުގައި އެحكمއެއް تنفيذކުރެވިދާނެ ވާހަކައެވެ.

مجمع الأنهارއަކީ ملتقي الأبحر ގެ شرحއެވެ. ملتقي الأبحر އަކީ إبراهيم بن محمدލިޔުއްވާފައިވާ حنفي مذهب ގެ ބޯދާ فقه ފޮތެކެވެ. މިފޮތުގެ شرحއަކީ مجمع الأنهارއެވެ. މިشرحގައި ملتقي الأبحرގެ متنގެ لفظތަކުގެ މާނައާއި فقه مسألةތަކާއި أحكامތަކާއި حنفي مذهب ގެ ބޭކަލުންގެ ރަވްޔުތައް ބަޔާން ކުރައްވާފައިވެއެވެ. އަދި ބައެއް ފަހަރަށް الشافعي مذهب ގެ ރަވްޔުތައްވެސް ބަޔާން ކުރައްވާފައިވެއެވެ. މިއީحنفي مذهبގެ އެންމެ މުހިއްމު فقهފޮތް ތަކުގެ ތެރެއިން ހިމެނޭ ފޮތެކެވެ. مجمع الأنهارގެ مصنفއަކީ عبد الرحمن بن محمدبن سليمانއެވެ. مشهورނަންފުޅަކީ شيخي زادةއެވެ. އަދި الدامادގެ ނަމުންވެސް ނަންކިޔެއެވެ. حنفي مذهبގެ فقه علمވެރި ބޭކަލެކެވެ. ތުރުކީ ވިލާތުގެ އަހުލުވެރި ބޭކަލަކެވެ. އެތާގެ އަސްކަރިއްޔާގެ قاضي ކަންކުރެއްވިއެވެ. އަވަހާރަވީ ހިޖްރައިން 1078ގައެވެ.

العلامة ابن الهمام ވިދާޅުވިއެވެ.

والجواب أن غاية مايفيده منع أن يستقضي وعدم حله والكلام فيما لو وليت وأثم المقلد بتوليتها أو حكمها خصمان فقضت قضاء موافق لدين الله أكان ينفذ أم لا ؟ (فتح القدير5-486)

މިބަސްފުޅު العلامة ابن الهمام ވިދާޅުވެފައިވަނީ جمهور فقه علمވެރީން އަންހެނުން قاضيކަމަށް އިސްކުރުމުން އެމީހުންކުރާ حكمތައް تنفيذ ނުކުރެވޭނެ ކަމަށް ދެއްކެވި ދަލީލެއްކަމުގައިވާ ( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةً) ގެحديث ފުޅަށް ރައްދު ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރޭގައިއެވެ. އެބަސްފުޅުގެ ތަރުޖަމާ ދަންނަވާލާނަމެވެ. (އަދި ޖަވާބަކީ (އެ)حديثފުޅުން ކަނޑައެޅިގެން އެނގޭ އެއްޗަކީ އަންހެނުން قاضي ކަމަށް އިސްކުރުމަކީ މަނާކަމެއް ކަމާއި އަދި އެކަމަކީ ހުއްދަނޫން ކަމެއް ކަމުގައެވެ. އަދި ވާހަކަ މިދެކެވެނީ އަންހެނަކު قاضي ކަމަށް އިސްކުރެވިއްޖެނަމަ އެހިނދު އެއަންހެނަކު އިސްކުރިމީހަކު ފާފަވެރިވެގެންވާ ހާލުގައި ނުވަތަ ދެخصمއަކު އެ އަންހެނެއްގެގާތަށް މައްސަލައެއް ހުށަހަޅައި ފަހެ އެއަންހެނަކު اللهގެ دين އާއި އެއްގޮތްވާ ގޮތުގެ މަތީންشريعةއް ކޮށްފިނަމަ އެކުރިحكمއެއް تنفيذކުރެވޭނެތޯ ނުވަތަ ނޫންތޯ އާއި މެދުގައެވެ.

العلامة ابن الهمام ގެ އިސްވެދިޔަ ބަސްފުޅުން ވެސް حنفي مذهب ގައިވެސް އަންހެނުން قاضي ކަމުގެمقامއަށް عينކުރުން ހުއްދަ ނުވާކަން އެނގެއެވެ.

حنفي مذهب ގައި އަންހެނުން حدއާއިقصاصގެحكمތައް ފިޔަވައި އެހެން މައްސަލަތަކުގައި قاضيކަމަށް އިސްކުރުން ހުއްދަ ކަމަށްنقل ކުރެއްވި ބޭކަލުން ދެއްކެވި ދަލީލުތައް

ފުރަތަމަ ދަލީލު:- القياس: އެބޭކަލަކު قاضيކަން قياسކުރައްވަނީ ހެކިބަހުގެ މައްޗަށެވެ. އެބަހީ ހެކިބަސް އަދާކުރުމުގެ އަހުލުވެރި ކަމުގައި قاضي އަކަށް ވުމުގެ އަހުލުވެރިކަން ހިމެނެއެވެ. މިއީ މިބެއިކަލުން ދެއްކެވި ދަލީލުތަކުގެ ތެރޭގައި ހިމެނޭ އެއްމެ ބާރުގަދަ ދަލީލެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް

جمهور فقه علم ވެރީން ވިދާޅުވަނީ މިقياسއަކީ القياس مع الفارق އެކެވެ. (އެބަހީ އެއް ޤިޔާސު އަނެއް ޤިޔަސަކާ ސިފަތަކެއް ނުގުޅެއެވެ.) ސަބަބަކީ قاضيކަމަށް އިސްކުރުމުގެ ސިފަތައް، ހެކިބަހުގައި ނުވެއެވެ. އެހެންކަމުން މިދެކަންތައް އެކަތި އަނެކައްޗަކާއި قياسއެއް ނުކުރެވޭނެއެވެ.

ދެވަނަ ދަލީލު:- ދެވަނަ ދަލީލެއްގެ ގޮތުގައި ދެއްކެވީ ކީރިތިقرآن ގެ އަންނަނިވި އާޔަތެވެ. މާތްالله سبحانه وتعالى وحيކުރެއްވިއެވެ. إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا (النساء58)

މާނައީ: ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمرކުރައްވަތެވެ.

މިآيةން دليلނެންގެވި ގޮތް: ވިދާޅުވިއެވެ. މިآيةއަންހެނުންނާއި ފިރހެނުން عامވެشامل ވެގެންވެއެވެ. އަދި އެންމެ ބޮޑު އަމާނަތަކީ قاضيކަމުގެ އަމާނާތެވެ.

جمهور فقه علم ވެރިން މި دليلއަށް ރައްދު ދެއްވިގޮތް

އިސްވެދިޔަ آيةގައިވާ، عام ކަންވަނީ، އަންހެނުން قاضي ކަމަށް އިސްކުރުން މަނާކުރާ حديثތަކުން خاص ވެގެންވެއެވެ.

އިސްވެދިޔަ آيةން އަންހެނުން قاضي ކަމަށް އިސްކުރުން ހުއްދަ ކަމަށް ދަލީލު ލިބޭނަމަ ހަމައެآيةން އަންހެނުން ދައުލަތުގެ عام ވެރިކަމަށް އިސްކުރުން ހުއްދަ ވާނެކަމުގެ ދަލީލު ލިބެންޖެހެއެވެ. ނަމަވެސް އެކަމަކީ علم ވެރިންގެ إجماع ން باطل ކަމެކެވެ.

(إِنَّمَا النِّسَاءُ شَقَائِقُ الرِّجَالِ)ތިންވަނަ ދަލީލު:- حديث

މާނައީ : ހަމަކަށަވަރުން އަންހެނުންނަކީ ފިރިހެނުންނާއި އެއްބަޑު އެއްބަފާ ބަޔެއްފަދަ ބައެކެވެ.

މިحديثން دليلނެންގެވި ގޮތް: حديث عامއެވެ. އޭގައި قاضي ކަމާއި އެހެން ކަންތަކާއި ދެމެދު فرقއެއް ނުކުރެވެއެވެ.

އިސްވެދިޔައީ حديث ފުޅެއްގެ ތަންކޮޅެކެވެ. އެހެންކަމުން އެ حديث ފުޅު އެއްކޮށް ދަންނަވާލާނަމެވެ.

عَنْ عَائِشَةَ قَالَتْ سُئِلَ رَسُولُ اللَّهِ -صلى الله عليه وسلم- عَنِ الرَّجُلِ يَجِدُ الْبَلَلَ وَلاَ يَذْكُرُ احْتِلاَمًا قَالَ « يَغْتَسِلُ ». وَعَنِ الرَّجُلِ يَرَى أَنَّهُ قَدِ احْتَلَمَ وَلاَ يَجِدُ الْبَلَلَ قَالَ « لاَ غُسْلَ عَلَيْهِ ». فَقَالَتْ أُمُّ سُلَيْمٍ الْمَرْأَةُ تَرَى ذَلِكَ أَعَلَيْهَا غُسْلٌ قَالَ « نَعَمْ إِنَّمَا النِّسَاءُ شَقَائِقُ الرِّجَالِ

(و أخرجه أحمد في المسند(26238) ،وأبويعلى في مسنده(4694) ،و الترمذي في جامعه (113) ،والدارقطني في سننه(481) ،و ابن الجارود في المنتقى (90)،و الطوسي في مستخرجه(324)،و البيهقي من طريق أبي داود في السنن الكبرى 767

މާނައީ:- މާތް الله ރުއްސުންލެއްވި عائشة ގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވި އެވެ. رسول الله صلى الله عليه وسلم އަރިހުން ސުވާލު ދެންނެވުނެވެ. މީހަކަށް إحتلام ވީކަމުގެ ހަނދާނެއް ނުވެއެވެ. ނަމަވެސް ތެތްކަން ފެނުނެވެ. حديث ކުރެއްވި އެވެ. އެމީހަކު ހިނައިގަންނަ ހުއްޓެވެ. (އަދި ސުވާލު ދެންނެވުނެވެ.) މީހަކަށް إحتلام ވީކަމަށް ހީކުރެވުނެވެ. ނަމަވެސް ތެތްކަމެއް ނުދެކެއެވެ. حديث ކުރެއްވި އެވެ. އެމީހެއްގެ މައްޗަށް ހިނެއުމެއް ނުވެއެވެ. ފަހެ أم سليم ދެންނެވި އެވެ. އަންހެނަކަށްވެސް އެގޮތަށް މެދުވެރި ވެއްޖެނަމަ އެ އަންހެނަކު ހިނައިގަންނަން ޖެހޭނެ ހެއްޔެވެ؟ حديث ކުރެއްވި އެވެ. އާނއެކެވެ. ހަމަކަށަވަރުން އަންހެނުންނަކީ ފިރިހެނުންނާއި އެއްބަޑު އެއްބަފާ ބަޔެއްފަދަ ބައެކެވެ.

ހަތަރުވަނަ ދަލީލު:- والمرْأَةُ راعِيةٌ في بيْتِ زَوْجِهَا ومسئولة عنْ رعِيَّتِهَا (متفق عليه)

މާނައީ: އަދި އަންހެނާއަކީ އެކަނބުލޭގެ ފިރިމީހާގެ ގެ ބަލާބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި އެކަނބުލޭގެ ބަލާބަލަހައްޓަން ޖެހިފައިވާ މީހުންނާއިމެދު އެކަނބުލޭގެ އާއި ސުވާލުކުރެވޭނެއެވެ.

މިحديثން دليلނެންގެވި ގޮތް: نبي އާ صلى الله عليه وسلم އަންހެނުންނަށް ފިރިމީހާގެ ގޭގެ ވެރިކަން ދެއްވީއެވެ. އެހެންކަމުން އަންހެނުންނަށް دولة ގެ عام ވެރިކަމުގެ أهلވެރިކަން މިކަމުން ثابت ކުރުވައެވެ.

ފަސްވަނަ ދަލީލު:- عمرގެފާނު އަންހެނަކު ބާޒާރަށް އިސްކުރެއްވިއެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް

މިކަމަކީعمرގެފާނުންގެ ފަރާތުންصح ގޮތެއްގައިثابت ވެފައިވާ ކަމެއް ނޫއެވެ. އަދި މިކަންثابت ވި ކަމުގައިވިޔަސް މިއީ قاضي ކަމަށް އަންހެނުން އިސްކުރެއްވެވީ ކަމަށް ނުބެލެވޭނެއެވެ. މިކަން ބެލެވޭނެ އެންމެ ބޮޑު ދަރަޖައަކީ ބާޒާރުގައި އަންހެނުންގެ منكرات ތަކަށް الأمر بالمعروف އަށްޓަކައި އަންހެނަކު ފޮނުއްވީކަމަށެވެ. އެއީވެސް އެކަން ކުރެއްވި ކަންصح ގޮތަކުން ثابت ވާނަމައެވެ.

ތިންވަނަ مذهب

ތިންވަނަ مذهبއަކީ މިކަމުގައި އޮތް އެންމެ ނާދިރު مذهبއެވެ. އެمذهبގައި ވިދާޅުވަނީ ހުރިހާ أحكامތަކެއްގައި قاضيކަން ކުރުން އަންހެނުންނަށް ހުއްދަކަމަށެވެ. މިمذهبގެاصلވެރިއަކީ الأمام ابن حزم އެވެ. ނުވަތަ އެހެން عبارةކުން ދަންނަވާނަމަ الظاهري مذهبއެވެ.އަދި މިمذهب ގައި الأمام ابن جرير الطبري ހިމެނިވަޑައި ގަންނަވާ ކަމަށްވެސް ބުނެވެއެވެ. ނަމަވެސް އެއީވެސް حقيقة އެއްކަމުގައި فقه علمވެރީން ދެކެވަޑައިނުގަންނަވައެވެ. އޭގެ ތަފްސީލު ފަހަތުގައި ހާމަވެގެން އަންނާނެއެވެ.

الظاهري مذهب ގެ دليلތައް.

ފުރަތަމަدليل: اصل އަކީ ހުއްދަވުމެވެ. އެކަން މަނާކުރެވިފައިވާ صريح دليل އެއް ނެތެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް: މިކަމުގައި صريح دليل ނުވާކަމަށް ބުނެވޭ ބުނުމަކީ صح ބުނުމެއް ނޫނެވެ. މިކަމުގެ دليل ތައް އިސްވެ ހިނގައްޖެއެވެ.

ދެވަނަ دليل: سبأ ގެ ރަނިކަމަނާ بلقيسގެވާހަކައެވެ.

ދަންނައެވެ. މިކަމަނާގެ ވާހަކަ النملސޫރަތުގައި ބަޔާން ވެގެންވެއެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް: ހ- މިހާދިސާ ގައި ބަޔާން ވެގެންވާ ފަދައިން بلقيسއަށް ރަނިކަން އޮތީ އެކމަނާގެ كفرގެ ހާލަތުގައެވެ. އިސްލާމް ވުމަށް ފަހު އެކަމަނާ ހުއްނެވީ سليمان عليه السلام ގެވެރިކަމުގެ ދަށުގައެވެ. އެކަމަނާއަށްޓަކައި އެއްވެސް ވެރިކަމެއް سليمان عليه السلام ނުދެއް ވައެވެ.

ށ- މިއީ އަހަރެމެންގެ شريعة އަށްވުރެ ކުރީގެ شريعةއެއް ގައި ހިނގާދިޔަ ކަމެކެވެ. އަހަރެމެންގެ شريعةށް އައިސްފައިމިވަނީ އެشريعةއާއި خلافއަށެވެ. އެހެންކަމުން އެ ދުވަސްވަރު بلقيسއަށް ވެރިކަން އޮތް ކަމުގައިވިޔަސް އަހަރެމެންގެ شريعةގައި އަންހެނަކު އެފަދަ مقامއަކަށް ހުއްދަ ކުރެވިފައި ނުވެއެވެ.

ތިންވަނަ دليل: إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا (النساء58)

މާނައި: ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمرކުރައްވަތެވެ.

دليلނެންގެވި ގޮތް: الله އަމުރު ކުރައްވަނީ امانة އޭގެ ވެރީންނަށް އަދާ ކުރުމަށެވެ. އަދި އެންމެ ބޮޑު امانة ތަކުގެތެރޭގައި ހިމެނޭ އެއްކަމަކީ قاضيކަމުގެ امانةއެވެ. އަދި އަންހެނުންނާއި ފިރިހެނުންގެ މެދުގައި މިآية ހަމަހަމަވެ عامވެފައިވެއެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް: މި آية ން قاضيކަމަށް އަންހެނުން އިސްކުރުން ހުއްދަ ކަމަށް دليل ނެގޭކަމުގައި ވަނީނަމަ މި آية ން އަންހެނުންނަށް دولةގެ އެންމެ އިސްވެރިކަމަށް عينކުރުން ވެސް ހުއްދަ ކުރުމަށް دليلނެގެވޭނެއެވެ. ނަމަވެސް އެއީ ދަންނަބޭކަލުންގެ إجماعން باطلކަމެކެވެ.

ހަތަރު ވަނަ دليل: حديبية ގެ ވަގުތު أصحابބެއިކަލުން إحرام ކަނޑާ ލުމަށް ނުރުހިވަޑައިގަތްތަން ދެކެވަޑައިގެންފައި رسول الله صلى الله عليه وسلم އެކަލޭގެފާނުގެ އަނބިކަނބަލުން أم سلمةގެފާނާއި مشورة ކުރެއްވިއެވެ. އެހިނދު އެކަމަނާ އިޝާރާތް ކުރެއްވެވީ އެކަލޭގެފާނު އެބޭކަލުންގެ ކުރިފުޅުމަތީގައި إحرام ކަނޑުއްވައި هدي ކަތިލެއްވުމަށެވެ. ދެން އެކަލޭގެފާނުން އެގޮތަށް عملކުރެއްވިއެވެ. އަދި އެއަށްފަހު أصحاب ބޭކަލުންވެސް އެގޮތަށް عمل ކުރައްވައިފިއެވެ.

دليلނެންގެވި ގޮތް: أم سلمة ގެފާނުންގެ މިعملފުޅުން އަންހެނުންގެ حكمة ތެރިކަން އެނގެއެވެ. އެހެންކަމުން قاضيކަމަށް އެކަނބަލުން އިސްކުރުން މަނާނުކުރެވޭނެ އެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް: رسول الله صلى الله عليه وسلم ކަމެއްގައި އަނބިކަނބަލެއްގެ ގާތުން مشوره ހޯދުމަކީ އަންހެނުން قاضي ކަމަށް عينކުރުން ހުއްދަކުރެވޭނޭدليلއެއް ނޫނެވެ. އެކަން އެނގޭ އެންމެ ބޮޑު ސަބަބަކީ އެކަލޭގެފާނު، أم سلمة ގެފާނުން އެކަލޭގެފާނުގެ مشورة مجلس ގެ މެމްބަރަކަށް ނުހައްދަވައެވެ. އަދި އެކަމަނާވެސް އަދި އެހެން އަންހެން ކަނބަލަކުވެސް އެކަލޭގެފާނުންގެ حياةފުޅުގައިވެސް އަދި خلفاء الراشدين ގެخلافةގައިވެސް އެއްވެސް مشورة مجلس އެއްގެ މެމްބަރެއްގެ ގޮތުގައި عينވެސް ކުރެވިފައި ނުވެއެވެ. އަދި އަމީރަކަށްވެސް، ސަފީރަކަށްވެސް ހިމެނިފައިނުވެއެވެ. ކޮންމެ ރަސްކަލަކަށްވެސް އަދި ކޮންމެ ވެރިއަކަށްވެސް އެމީހެއްގެ އަންހެނުންނާއި ނުވަތަ އެހެން އަންހެނުންގެވެސް خيال ހިއްސާ ކުރެވިދާނެއެވެ. އެއީ حرامކަމެއް ނޫނެވެ. އަދި އަންހެނުން ނަށްވެސް ފިރިހެނުންނެކޭ އެއްފަދައިން ހެޔޮ ކަންތަކަށް އަމުރުކުރުމާއި ނުބައިކަންތަކުން ދުރުހެލިވެ ތިބުމަށް ގޮވައި ހެޔޮމަގަށް މަގުދެއްކުމުގެ حق ލިބިގެންވެއެވެ.

ފަސްވަނަ دليل: جمل ހަނގުރާމައިގައި عائشةގެފާނުން لشكر ގެވެރިއަކަށް ހުންނެވިކަން.

ދަލީލު ނެންގެވިގޮތް: عائشةގެފާނު جملހަނގުރާމައިގައި ނުކުމެވަޑައިގަތުމުން ދަލާލަތު ކޮށްދެނީ އަންހެނުންނަށް އެފަދަ ވެރިކަންތަކުގައި ބައިވެރިވުމުގެ ހުއްދަ އޮތްކަމެވެ. އަދި قاضيކަމަކީ ވެސް އެފަދަ مقام ތަކުގެ ތެރެއިން ހިމެނޭކަމެކެވެ. އެހެންކަމުން އަންހެނުންނަށް قاضيކަން ކުރުން ހުއްދައެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް: މީގެ جواب އަކީ: جملހަނގުރާމައިގައި عائشة ގެފާނު لشكرއާއިއެކު ނިކުމެވަޑައިގެންފައިވަނީ لشكرގެ އަމީރެއްގެ ގޮތުގައިނޫނެވެ. އަދި حاكمއެއްގެ ގޮތުގައިވެސް ނޫނެވެ. އަދި އެلشكرގައި އިސްކޮށް ތިއްބެވީ طلحة އާއި الزبيرއެވެ. މިދެބޭކަލުންعائشة ގެފާނު މިلشكر އާއިއެކު ނިކުންމަވާފައިވަނީ އެގޮތަށް އެކަމަނާ ނިކުތުމުން مسلمންގެ ބައިބައިވުން ކުޑަވެ އެއްބައިވަންތަވުން ގާތްވާނެކަމަށް ވިސްނިވަޑައިގެންނެވެ. އަދި فتن ވެރިކަމުން ސަލާމަތްވުން ގަތްވާނެކަމަށް ދެކިގެންނެވެ. ނަމަވެސް ދެ لشكر ބައްދަލުވިހިނދު فتن އަށް ވެއްޓިގެން ދިޔަލެއް ބޮޑުކަމުން ކަންދިމާވީ ހީވެސްނުކުރި ގޮތަކަށެވެ. ދެ لشكرން ވެސް މުސްލިމުންގެ އެތައްބަޔަކު قتل ވެގެން ދިޔައީއެވެ. އެ ހަނގުރާމަ ފިނިވުމުން قتل ވެފައިތިބި މީހުންގެ ތެރެއަށް زبير ގެ ފާނުން ވަޑައިގެންފައި އެمنظر ދެކެވަޑައިގެންފައި އަމިއްލަފުޅު ފައިފަނދުގައި އަތްތިލައިން ތަޅުއްވާ ވިދާޅުވިކަމަށް ވެއެވެ. މިދުވަސް އައުމުގެކުރިން ތިމަންނަ މަރުވެގެން ގޮސްފައިވީނަމަ ކިހާރަނގަޅު ވީހެއްޔެވެ! އަދި عائشة ގެފާނުވެސް މި لشكر ގައި ނިކުމެވުނީތީ ދެރަވެ ވަޑައިގެން ބައެއް ބޭކަލުންގެ އަރިހުގައި ދެންނެވިއެވެ. އެދުވަހު ތިމަންއަށް ނިކުތުމުން މަނާނުކުރެއްވީ ކީއްވެގެންތޯއެވެ؟ އަދި ބޮޑެތި أصحاب ބޭކަލުން އެކަމަނާ އެلشكرއަކާއެކު ނިކުމެވަޑައިގަތް ކަމަށްޓަކައި ދެރަވުމުގެބަސްފުޅުތައް އިއްވާފައި ވެއެވެ. އަދި ރިވާވެގެންވެއެވެ. އާއިޝަތުގެ ފާނު އެކަމަށް ކީރިތިقرانން (و قرن في بيوتكن )ގެ آية تلاوة ކުރައްވާހިނދު ކީރިތި ކުރައްވާލެއް ބޮޑުކަމުން ެކަމަނާގެ ދޯޕައްޓާ ތެމިދެއެވެ. އެއީ އެދުވަހުގެ ހަނގުރާމައިގެ ހާދިސާގެ ހަނދާންވެ ހިތަށް އަންނާތީކަމަށް ބުނެވެއެވެ. (المسند )

މިހެންކަމުން عائشة ގެފާނަށް އެ لشكر އާއި އެކު ނިކުމެވުނުކަމީ އެކަމުގެ މައްޗަށް ބިނާކޮށް އަންހެނުންނަށް قاضي ކަން ދިނުން ހުއްދަ ކުރެވޭނެކަމެއް ނޫނެވެ.

ހަވަނަ ދަލީލު: މާތްﷲ ރުއްސުންލެއްވި عمرގެފާނު الشفاء ކިޔުނު އަންހެނަކު ބާޒަރުގައި ކަންތައްތައް ހިނގާނުހިގާގޮތް ބެލުމުގެ مقام އަށް عين ކުރެއްވިއެވެ. ( المحلى- ابن حزم 9-492 )

ދަލީލު ނެންގެވިގޮތް: އަންހެނަކު دولة ގެ އިސްވެރިކަމަށްعيّن ކުރުން ހުއްދަނުވާނަމަ عمر ގެފާނުން އެގޮތައް عمل ނުކުރެއްވީހެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް:

(ހ) عمرގެފާނު މިعمل ފުޅާއިމެދު ދަންނަބޭކަލުން ވިދާޅުވަނީ عمر ގެފާނު މިފަދަعمل އެއް ކުރެއްވިކަމަށް ސައްހަ ސަނަދަކުން ثابت ވެފައިނުވެއެވެ. ابن حزم މިވާހަކަ ރިވާކުރެއްވި ހިނދު ވިދާޅުވެފައިވަނީ "ރިވާވެގެންވެއެވެ" މިފަދަ އިންނެވެ. އެގޮތަށް ރިވާކުރެއްވި ބޭކަލެއްގެ ނަމެއް އަދި ސަނަދެއް ބަޔާންކުރައްވާފައި ނުވެއެވެ. الأمام ابن العربي މި حادثةގެ ވާހަކައާއި މެދު ވިދާޅުވަނީ، މިއީبدعة ގެاهل ވެރީންގެ ވަސްވާސްތަކުގެ ތެރެއިން އައިސްފައިވާ ރިވާޔަތެކެވެ. އެބަހީ حقيقةއެއްނޫނެވެ. (أحكام القرآن – ابن العربي 3-145 )

(ށ) الأمام ابن حزم އަކީ صحابيންގެ قولއަކީ حجة އެއް ކަމުގައި قبول ނުކުރައްވާ ބޭކަލެކެވެ. އެހެންވީމާ މިކަމުގައި صحابيއެއްގެ قول އެمذهب ގެ حجةއަކަށް ދެއްކޭނި ކޮންގޮތަކުންހެއްޔެވެ؟

ހަތްވަނަ ދަލީލު: އަންހެންصحابيން جهاد ގައި ބައިވެރިވެވަޑައިގަތެވެ. އެކަމުން އަންހެނުންގެ ކުޅަދާނަކަމާއި އުނދަގޫތައް تحملކުރުމުގެ ގަދަފަދަކަން އެނގެއެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް:

މީجهادގެ ވާހަކައެވެ. އެކަމަކާއި قاضي ކަމަށް އަންހެނުން عين ކުރުމާއި އެއްވެސް ގުޅުމެއްނެތެވެ. އަދި ބައެއް އަންހެނުންގެ ހަށިގަނޑުގައި ބާރުނުހުންނަ ވާހަކައެއް ތިމަންމެން ނުދައްކަމެވެ. ނަމަވެސް އަސްލަކީ އަންހެނުންނަކީ عام ގޮތެއްގައި ގަދަފަދަކަން ކުޑަ، ލޫޅާފަތި، ނާޒުކު ބަޔެކެވެ.

އަށްވަނަ ދަލީލު: ފަތުވާ ދިނުމާއި قاضيކަމާއި قياسކޮށްގެން قاضيކަން އަންހެނުންނަށް ހުއްދަ ކުރުމެވެ.

ދަލީލު ނެންގެވިގޮތް: ފަތުވާދިނުން އަންހެނުންނަށް ހުއްދައެވެ. އެހެންކަމުން قاضي ކަން ވެސް ހުއްދައެވެ. އެދެކަމުގައިވެސްވަނީ الله ގެ حكم بيان ކުރުމެވެ.

جمهور فقه علم ވެރިން މި دليل އަށް ރައްދު ދެއްވިގޮތް:

މިقياسއަކީ القياس مع الفارق އެކެވެ. ފަތުވާ ދިނުމުގައި ވަނީ ވަކި ސިފަތަކެވެ. قاضي ކަމުގައި ވަނީ ވަކި ސިފަތަކެވެ. އެހެންކަމުން އެއް ސިފަ އެނެއްސިފަ އެއްގެ މައްޗަށް ގިޔާސް ނުކުރެވޭނެއެވެ.

الأمام ابن جرير الطبريގެ ބަސްފުޅު تحقيقيނަޒަރަކުން:

ބައެއް فقه علم ވެރީން الأمام ابن جرير الطبري ގެ ރަވްޔަކީ އަންހެނުން قاضيކަމަށް އިސްކުރުން ހުއްދަކުރުން ކަމުގައިنقل ކުރައްވައެވެ. ނަމަވެސް صح ސަނަދަކުން މިވާހަކަ الأمام ابن جرير الطبري ގެ އަރިހުން نقل ކުރެވިފައި ނުވެއެވެ. އަދި މިވާހަކަ އެބޭކަލެއްގެ ފޮތްތަކުގެ ތެރެއިން ފޮތެއްގައި ވެސް ލިޔުއްވައިފައި ނުވެއެވެ. (ބައްލަވާ: الحاوي 20-220 ، الزخيرة 10-21 ، المغني 14-12 )

الشنقيطيވިދާޅުވިއެވެ. الأمام ابن جرير الطبري އަށް ނިސްބަތް ކުރެވިފައިވާ އެވާހަކައަކީ صح ވާހަކައެއް ކަމުގައި ނުބެލެވެއެވެ.(ولاية المرأة في الفقه الأسلامي )

ابن العربى ވިދާޅުވިއެވެ. محمد بن الطبريގެ ކިބައިން نقل ކުރެވިފައިވެއެވެ. އަންހެނުން قاضي ކަން ކުރުން ހުއްދައެވެ. ނަމަވެސް އެކަލޭގެފާނުގެ އަރިހުން އެގޮތް نقل ވެފައިވާ نقل ވުމީ صح نقل ވުމެއްނޫނެވެ.(أحكام القرآن 3-482 )

الأمام ابن جرير އަރިހުން صحސަނަދަކުން އަންހެނުންނަށް قاضيކަން ދިނުން ހުއްދަ ކަމަށް ވިދާޅުވިކަން ثابت ވެފައެއްނުވެއެވެ. އަދި އެކަލޭގެފާނުގެ އެއްވެސް ފޮތެއްގައި އެވާހަކަ ލިޔުއްވާފައެއް ނުވެއެވެ. އަދި ދީނުގެ ފުންނާބު އުސް ބޮޑަތިعلم ވެރީންގެ تحقيقތަކުން އެނގެނީ އެކަލޭގެފާނު އެގޮތަށް ވިދާޅުވެފައި ނުވާކަމަށެވެ. އެހެންކަމުން އަންހެނުން ހުރިހާމައްސަލަތަކެއްގައި قاضيކަމަށް އިސްކުރުން ހުއްދަކަމަށް الأمام ابن جرير الطبريގެ އަރިހުން نقلވެފައިވާ نقلވުމަކީ صح نقل ވުމަށް ކަމުގައި ނުބެލެވެއެވެ. ابن العربى ވިދާޅުވެފައިވަނީ ابن جريرގެ އަރިހުން نقل ވެފައިވަނީ أبو حنيفة ގެ އަރިހުންވެސް نقل ވެފައިވާފަދައިންކަމަށް ވެދާނެއެވެ. އެއީ އަންހެނުންނަށް شريعة ކުރެވޭނީ އެކަނބަލުންނަށް ހެކިބަސް އަދާކުރުން ހުއްދަވާ ކަންތައްތަކުގައެވެ. الأمام ابن جريرގެ އެބަސްފުޅަކީ صح މަގުންثابت ވާ ބަސްފުޅެއްކަމުގައި ވެއްޖެނަމަ އެބަސްފުޅުވާނީ شاذ (ނާދިރު) ބަސްފުޅަކަށެވެ. جمهور فقه علم ވެރީންގެ ރަވްޔާއި خلافއަށް އެންމެ ބޭކަލަކު ވިދާޅުވާ ވިދާޅު ވުމެއްގެ މައްޗަކަށް عملއެއް ނުކުރެވޭނެއެވެ.

الأمام الماورديވިދާޅުވިއެވެ. ابن جريرގެ އެބަސްފުޅަކީ شاذބަސްފުޅެކެވެ. އެހެންކަމުން الأجماع އާއި ދެކޮޅަށް އެބަސްފުޅު ބަލާ ނުގަނެވޭނެއެވެ. (الأحكام السلطانية ص 65)

އަންހެނުންނަށް قاضي ކަންދިނުމަކަށް قانون أساسي ތަނެއްނުދޭ

قانون أساسيގައިވާ ގޮތުން قاضي ކަމުގެ މަގާމުގައި ހުންނަ މީހަކީ މުސްތަޤިއްލު މީހަކަށް ވާންޖެހޭ ފަރާތެކެވެ. މުސްތަޤިއްލުކަން ގެއްލުވާދޭ އެންމެ ނުރައްކާތެރި ކަމަކީ ބައެއްގެ ނުފޫޒުގެ ދަށުވެފައި ތިބުމެވެ. އެހެންކަމުން قاضي ކަމުގެ މަގާމުގައި ހުންނަ މީހަކު ނުފޫޒުން އެއްކިބާ ވެފައިވާ މީހަކަށް ވާންޖެހެއެވެ. ނުފޫޒަކީ މީހަކު ބުނާގޮތަކަށް عملކުރުން ލާޒިމް ކުރުމެވެ. ދެޖިންސަށް ބަލާއިރު އަންހެނުންނަކީ އޭނާގެ شخصيކަންތައްތައްވެސް ކޮންމެވެސް މީހެއްގެ އިޒުނައާއި ލައިގެން މެނުވީ ކުރުން صح ނޫން ބައެކެވެ. ބަޔެއްގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ ބަޔެކެވެ. އެގޮތައް އަންހެނުންނަކަށް އޭނާ ހިތްއެދޭ މީހަކާއި ކައިވެނިވެސް ވެވެނީ ވަލީވެރިޔާގެ ހުއްދަ ލިބުމުންނެވެ. ނުވަތަ حاكم ގެހުއްދަ ލިބުމުންނެވެ. ދަންނައެވެ. ވަލީ ވެރިޔަކު ނުވާ ކައިވެނި އަގުދު ކުރެވޭނީ ހާކިމުގެ ހުއްދަ އަށެވެ. އަންހެން ޤާޟީ މި ފަދަ ހުއްދަދޭނީ ކޮން ގޮތަކަށް ހެއްޔެވެ؟ އެހެންކަމުން އަންހެނުންނަކަށް މި މަގާމަށް قانون أساسيއެއްގޮތަކަށްވެސް ތަނެއް ނުދެއެވެ.

އަދި އަންހެނުންނަކީ ފިރިމީހާ އުރެދުމަކަށް އަމުރު ނުކުރާހާހިދެއްގައި ކިޔަމަންތެރިކަން އަދާކުރުން ވާޖިބުވެފައިވާ ބަޔެކެވެ. އެގޮތުން އަންހެން قاضي އަކު شريعة ގެ مجلسގައި އިންދާވެސް ފިރިމީހާ ބޭނުންވެއްޖެނަމަ އެމީހަކު ދަމާހަލާ ގެނެވިދާނެއެވެ. އަދި ފިރިމީހާ ބޭނުންނަމަ އެމީހާގެ އަނބި قاضي އަށް އިންޒާރުދީ ބިރުދައްކައި شريعةށް ނުފޫޒު ހިންގިދާނެއެވެ. އެހެންކަމުން އަންހެނުންނަކަށް މި މަގާމަށް قانون أساسيއެއްގޮތަކަށްވެސް ތަނެއް ނުދެއެވެ.

قانون أساسيބުނާގޮތުން قاضي ކަމުގެ مقامގައި ހުންނަމީހަކި އެމީހާގެ ހުރިހާ ވަގުތުތަކެއްވެސް މިކަމަށް ހުސްކުރެވިފައިވާ މީހަކަށް ވާންޖެހެއެވެ. އަންހެނުންނަކީ އޭނާގެحياةގެ ބޮޑުބައެއް ވިހެއުމުގެ مسئولية އަދާކުރުމަށްޓަކައި ހޭދަކުރަންޖެހޭ ބައެކެވެ. ވިހެއުމަކީ އެކަމުގެ ފެށުމާއި ނިމުން އެންމެ ސިކުންތަކުން ކޮށްލެވޭ ކަމެއްނޫނެވެ. ކުއްޖަކަށް ބަލިވެއިނުމަށްފަހު އާއްމު ގޮތެއްގައި 9މަހާއި 10 ދުވަސް ވެއެވެ. ނުވަތަ މަދުވެގެން ހަމަސްދުވަސް ވެއެވެ. އެ މުއްދަތުގައި ބަލިވެއިން އަންހެނާއަކީ އަރާމާއި އޯގާތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ބަލިމީހެކެވެ. އަދި ބަނޑުގައި އޮންނަ ދަރިފުޅާއި މައިމީހާގެ ސަލާމަތަށްޓަކައި މެދުނުކެނޑި ބޭސްކެއުމާއި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަންތައްތައް ކުރަންޖެހޭ މީހެކެވެ. ފުރަތަމަ 3މަސް ދުވަހުގެ ތެރޭގައި އާއްމު ގޮތެއްގައި އިރުއިރުކޮޅާއި ހޮޑުލާންޖެހެއެވެ. ވިހެއުމަށްފަހު ގަދަވުމަށް މަދުވެގެން އެއްމަސް ދުވަސް ބޭނުންވެއެވެ. ރަށްފުށުގެ މީހުނަށް 3 މަސް ދުވަސް ބޭނުންވެއެވެ. ދަރިފުޅަށް ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި އިރުއިރުކޮޅާއި ގާތުން ކިރުދޭން ޖެހެއެވެ. އަދި ވަރަށްގިނައިރު ދަރިފުޅާއިއެކު އޮށޯވެގެން ނޫނީ ދަރިފުޅުގެ حضانة ގެ حق އަދާ ނުކުރެވެއެވެ. ވީއިރު އަހަރެއްގައި ހުންނަނީ ބާރަމަސް ދުވަހެވެ. 1މަސް ދުވަހަކީ حقވާ އަހަރީ ޗުއްޓީއެވެ. ބާކީ އޮންނާނީ 11މަސް ދުވަހެވެ. އޭގެތެރެއިން ވިހެއުމުގެ ޗުއްޓީއެއްގެ ގޮތުގައި2މަސްދުވަސް ދެއެވެ. ބާކީ އޮންނާނީ9މަސްދުވަހެވެ.ބަލިވެއިނުމާއި ވިހެއުމުގެ އެންމެކުރުމުއްދަތަކަށް 6މަސް އެއިން އުނިކުރާށެވެ. ބާކީ އޮންނަނީ 3މަސް ދުވަހެވެ. އަހަރެއްގެ ތެރޭގައި ހުކުރު ހޮނިހިރު ބަންދުދުވަސްތައް ތިންމަހަށް ވުރެގިނައެވެ. عام ގޮތެއްގައި އެދުވަސްތަކުގައި ކޯޓްތަކުގައި شريعة ނުކުރެއެވެ. އަދި މީގެ ތެރެއިން އަހަރެއްގައި އޮންނަ 30 ސަލާމާއި އާއިލީ ޒިންމާގެ 10 ދުވަސް ބޭނުން ނުކުރާނެކަމަށް قبولނުކުރެވެއެވެ. ސަބަބަކީ ފިރިހެން موظفންނަށް ވެސް އެދުވަސްތައް ބޭނުން ނުކޮށް ފަރުނުޖެއްސޭތީވެ އަންހެން موظفންނަށް އެދުވަސްތަކުގެ ބޭނުންތައް ބޮޑުވާނެކަމަށް ގަބޫލު ކުރެވޭތީއެވެ.

މިހެން ކަމުން އަންހެނުންނަށް قاضي ކަން ދެއްވާއިރު ދެشرطއެއް ފުރިހަމަ ކޮށްގެން ނޫނީ قانون أساسيއަކަށް ނުފެތޭނެއެވެ. އެއްشرطއަކީ ދަރިން ނުވެހުމަށް شرطކުރުމެވެ. އަނެއްشرطއަކީ عدة ހުސްވެފައި ހުރި މީހަކަށް ވާންޖެހޭނެކަމުގެ شرطވެ. މިއީ މިފަހުގެ علم ވެރިންގެ ތެރެއިން ޑރ. يوسف القرضاوي ވެސް ހުށަހެޅުއްވިشرطއެކެވެ.

އަންހެނުންނަކީ އެކަނބަލުންގެ ހުރިހާ ވަގުތެއް ފަނޑިޔާރުކަމަށްتخصيص ކުރެވޭނެ ބަޔެއް ނޫނެވެ. ސަބަބަކީ އެބޭކަލުންނަކީ ވިހެއުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހުމުގެ އިތުރުން ދުވަހުން ބޮޑުބަޔެއް ފިރިމީހާއަށްދިނުން ލާޒިމުވާ ބައެކެވެ. އެގޮތުން ރޭގަނޑު ދަނވަރު ކުއްލި ކަމެއްގައި ކޯޓަށް ނިކުންނަން ޖެހިއްޖެނަމަ ފިރިމީހާގެ ހުއްދަ ލިބިގެންނޫނީ އެކަމެއް ނުކުރެވޭނެއެވެ. ފަނޑިޔާރު ކަމަކީ މިނިވަން ކަމުގެ އަހުލުވެރީންނަށް ނޫނީ ސައްހަ ނުވާ ވަޒީފާއެކެވެ. އެކަމަށް ނިކުތުމަށް އިތުރު މީހެއްގެ ހުއްދަ އަކަށް ބޭނުންވާ މީހާއަކީ حقيقيމިނިވަނެއް ނޫނެވެ. އަދި އަންހެނުންނަކީ ދަރީންނަށް خدمةކުރުމަށް ޓަކައި ވަގުތު ހުސްކުރަންޖެހޭ ބަޔެކެވެ.އެގޮތުން ކެއްކުމަށް ވަގުތު ނެގުމާއި ދަރީންގެ ކަންތައްތައް ބެލެހެއްޓުމަށް ވަގުތު ހުސްކުރަން ޖެހެއެވެ. ނޯކަރަކު ލައިގެން މިخدمة ފުއްދާލެވިދާނެ ކަމުގައި ވިޔަސް އެކަމުގެވެސް އަސްލު މޭސްތިރިކަމުގެ ޒިންމާ އުފުލާ މީހަކީ ހަމަ އެއަންހެނުންނެވެ. އަދި ޚާދިމަކު ދައްކާގެން މިކަމުން ރެކިގަނެވުނު ކަމުގައިވިޔަސް ވިހެއުމަށް ވަގުތު ދޭންޖެހޭކަމާއި ފިރިމީހާއަށް ވަގުތު ދޭންޖެހޭކަމަށް އިންކާރު ކުރެވޭނެ އެއްވެސް ބަހަނާއެއް ނެތެވެ. އެހެންކަމުން އަންހެނުންނަކީ އެކަނބަލުންގެ ހުރިހާ ވަގުތެއް ފަނޑިޔާރުކަމަށްتخصيص ކުރެވޭނެ ބަޔެއް ނޫނެވެ. އެހެންކަމުން އަންހެނުންނަކަށް މި މަގާމަށް قانون أساسيއެއްގޮތަކަށްވެސް ތަނެއް ނުދެއެވެ.

خلاصة

(1) رسول الله صلى الله عليه وسلم ގެ حياة ޕުޅުގައި އާއި خلفاء الراشدونގެ ދުވަސްވަރު ގައިވެސް އެއްވެސް އަންހެނަކު قاضي ކަމަށް އިސްކުރައްވާފައި ނުވާކަން އެގެއެވެ.

(2) جمهور فقه علم ވެރީންގެ قولއަކީ އަންހެނުން قاضي ކަމަށް އިސްކުރުން ހުއްދަ ވެގެން ނުވާކަމެވެ.

(3) އަންހެނުން قاضي ކަމަށް އިސްކުރުން ހުއްދަވާކަމަށް الأمام ابو حنيفة ވިދާޅުވިކަން ސައްޙަ މަގަކުން ސާބިތުވެފައި ނުވެއެވެ.

(4) حنفي مذهبގައި ވަނީ حدއާއި قصاصގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަންހެނަކު قاضي އަކަށް އިސްކުރެވި حكمއެއް ކޮށްފިނަމަ އެحكمއެއް تنفيذ ކުރެވިދާނެކަމަށެވެ. އަދި އެ އަންހެނަކު عين ކުރި ފަރާތެއް ފާފަލިބިގެން ވާކަމަށެވެ. ފާފަލިބޭ ކަންތަކީ حرام ކަންތައްތަކަށް ވާތީވެ އަންހެނުން قاضي ކަމަށް އިސްކުރުން حنفي مذهب ގައި حرام ކަމެއްކަން އެނގެއެވެ.

(5) އަންހެނުން قاضي ކަމަށް އިސްނުކުރެވޭކަމަށް جمهور فقه علم ވެރީން ދެއްކެވި ދަލީލުތަކުން حجةލިބިފައިވެއެވެ. އަދި އަންހެނުން قاضي ކަމަށް އިސްކުރުން ހުއްދަކަމަށް ދެއްކުން އެއްވެސް ދަލީލަކުން އެކަމުގެ حجةލިބިފައިނުވެއެވެ.

(6) الأمام ابن جرير الطبرىގެ ފަރާތުން އަންހެނުން قاضي ކަމަށް عينކުރުން ހުއްދަ ކަމަށް نقل ކުރެވުނު قول އަކީ صح މަގަކުން އައިސް ފައިވާ قولއެއްކަން ثابت ނުވެއެވެ.

(7) އަންހެނުންނަކީ ފިރިހެނުންދޭ މުދަލެއްގެ ބަދަލުގައި(އެބަހީ ކައިވެނީގެ ރަނުގެ ބަދަލުގައި) އެމީހުންގެ އަމުރުمعروفގެދަށަށް ގެނެވޭ ބަޔަކަށްވާތީއާއި އަދި ފިރިމީހާގެ އަތުން ދިރިއުޅުމަށް ބޭނުންވާ ޚަރަދު ބަރަދާއި ބޯހިޔާވަހިކަމާއި ހިމާޔަތާއި ރައްކައުތެރިކަން ލިބިގެންތިބޭ ބަޔަކަށްވާތީވެ قاضيކަމަށް ބޭނުންވާ مستقلކަން އަންހެނުންގެ ކިބައިގައި ނެތްކަން ފާހަގަވެއެވެ.

(8) އަންހެނުންނަކީ شرعي عذر ތައް ތަކުރާރުކޮށް މެދުވެރިވަ ބައެކެވެ. އެގޮތުންحيض އާއި نفاسވެރިވުމާއި ބަލިވެއިނުމާއި ވިހެއުމުގެ މަސްއޫލީޔަތްތައް މެދުވެރިވާ ބަޔެކެވެ. އަދި މެޑިކަލް ސައިންސް ބުނާގޮތުން މިކަންތަކަކީ އަންހެނާގެ طبيعة އާއި މިޒާޖު ބަދަލުވާ ކަންތައްތަކަށްވާތީވެ އެދުވަސްތަކުގައި شريعة ކުރުމީ މަނާކަމެއްކަމުގައި ނުދެކޭ މީހުންވެސް އެއީ މަކްރޫހަކަމެއްކަމުގައި ބަލަން ޖެހެއެވެ.

(9) އަންހެނުންގެ އަޑަކީعور އަކަށް ވާތީވެ قاضيކަމުގެ مقام ގައި އެއައުރަ ހިލޭ ފިރިހެނުންނަށް عام ކޮށް كشفކުރުން ހުއްދަ ވެގެންނުވެއެވެ.

(10)އަންހެނުންނަކަށް قاضيކަމުގެ مقامށް، قانون أساسيއެއްގޮތަކަށްވެސް ތަނެއް ނުދެއެވެ.

(11) އަންހެނުން قاضيކަމުގެ مقامށް عين ކުރުމަކީ ޖުޑިޝަރީގެ މުސްތަޤިއްލުކަން ގެއްލޭކަމެކެވެ.

وصلى الله على نبينا محمد وعلى آله وصحبه وسلم.

ނޯޓް: އަބްދުﷲ ފާރޫޤު އިބްރާހިމް އަކީ ގިނަ ދުވަސްތަކެއް ވަންދެން މެޖިސްޓްރޭޓް ކަން ކުރެއްވުމަށް ފަހު މިހާރު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އަލީ ހަސަން ރަޝީދު

    ކަމެއް މަނާ ކުރައްވަން ﷲ އެދިވޮޑިގެންނަވާނަމަ އެކަމެއް އޮތީހީ މަނާ ކުރައްވާފައި. ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައިވެސް އަންހެނުން ގާޒީކަން ކުރުން މަނާ ކުރައްވާފައިއެއް ނެތް. މިއީ ދެން ބައިބަޔަށް ފިރިހެނުން ތަންތާ ތިބެގެން އަންހެނުން ނިކަމެތިކުރަން އެމީހުންގެ ހިތައް އެރި ގޮތްތަކަށް ދައްކާ ވާހަކަ.

    16
    86
    • ދޮންބެ

      އަންހެނުން ނިކަމެތިވެގަތީ އެމީހުން އަމިއްލައަށް. އަންހެނުންނަށް އިސްލާމްދީނުގައި ދެއްވާފައިވާ ޢިއްޒަތާއި ޤަދަރެއް އެހެން އެއްވެސް ދީނަކުން ނުވަތަ ފިލޯސަފީއަކުން ނުހޯދޭނެ. އަދި އެޢިއްޒަތާއި ޤަދަރަކީ ކޮބައިކަމާއި ކިހިނެއް ލިބޭއެއްޗެއްކަން ވިސްނޭނީ އިސްލާމީ ޢިލްމު އުނގެނިގެން. އަންހެން ކަނބަލުންގެ ބޭރުފުށުން ފެންނަ ދެތިން އުނިކަމަކީ އަދި އަންހެނުން ފިރިހެނުންނަށް ވުރެ ނިކަމެތިވާނެކަމަށް ގަބޫލު ކުރަންޖެހޭ ކަމެއްނޫން.

      52
      5
    • ތިއީ ތެދެއް

      އަންހެނުންނަށް ގާޒީކަން ނުކުރެވޭނެ ކަމަށް ބުނަނީ ހަމައެކަނި ސަލަފީ މީހުން.

      9
      28
  2. ތަސް

    ސުޕްރީމް ކޯޓަކީ ވަކިވަކި ފަޑިޔާރުން މައްސަލަ ބަލާ ގޮތަށް ހަމަޖެހިފައި އޮންނަ ކޯޓެއް ނޫން. 7 ފަޑިޔާރުންގެ ބެންޗެއްގައި 2 އަންހެނުން ތިބުމަކީ އެއްވެސް ބާވަތެއްގެ މައްސަލައެއް ބެލުމަށް އޮތް ހުރަހެއް ނޫން. ގާބިލު މީހެއް ކަމަށް ވަންޏާ ހަމަ އަންހެނަސް ފިރިހެނަސް އެކަން ކުރެވޭނެ.

    15
    73
  3. އައްބޭބެ

    ވަރަށް ފުރިހަމައަށް މިމައްސަލަ ސާފުކޮށްދެއްވައިފި. ކުރިން ނޭނގިހުރި ގިނަމައުލޫމާތުތަކެއް ލިބިއްޖެ. ދެރައީ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނަށް މިވަރުކޮށްލަން ނުކެރުނިތީ. ފަތުވާ ކޮމެޓީގެ ފަތުވާގައި މިލިޔުމުގައި މިވާވަރަށް ތަފްސީލުކޮށް ދެއްވާފައިވާނަމަ ރަނގަޅުވީސް.

    70
    6
  4. ޙަސަން ސަޢީދު

    މި ވަރުން ފުދޭ. މީގައި އެއްވެސް އޮޅުމެއް ނެތް. އަންހެނުން މި ކަމަކަށް އިސްކުރުމެއް ނެތް. މިއާ އިދިކޮޅު ހަދާ ބަޔަކީ ހަވާ ނަފްސު ގެ އަޙުލުވެރިންކަން ޝައްކެއްނެތް.

    81
    7
  5. ކިޔާ

    ޝުކުރިއްޔާ...ނޭންގި ހުރި ގިނަ މައުލޫމާތުތަކެއް އެނގިއްޖެ..ބަސް ގަބޫލުކުރުމާއި ނުކުރުން އޮތީ އެމީހެއްގެ އަތްމަތީގަ.

    71
    5
  6. މަގޭ ޚިޔާލު

    "رسول الله صلى الله عليه وسلمގެ ޒަމާނުގައި ވަރަށް ގިނަ ރަށްތަކަށް قاضىން عين ކުރެއްވިއެވެ. އެގޮތުން عين ކުރެއްވެވި قاضىންގެ ތެރޭގައި އެއްވެސް އަންހެން ކަނބަލަކު ހިމަނުއްވާފައެއް ނުވެއެވެ.އަދި އެކަލޭގެފާނަށްފަހު މާތްﷲ ރުއްސުންލެއްވި ابو بكرގެފާނުންގެ خليفة ވެރިކަމުގެ ދުވަސްވަރު ގައިވެސް އަދި މާތްﷲ ރުއްސުންލެއްވި عمرގެފާނުންގެ خليفةވެރިކަމުގެ ދުވަސްވަރު ގައިވެސް އަދި މާތްﷲ ރުއްސުންލެއްވި عثمانގެފާނާއި މާތްﷲ ރުއްސުންލެއްވި عليގެފާނުގެ خليفةވެރިކަމުގެ ދުވަސްވަރު ގައިވެސް قاضىކަމުގެ މަގާމަށް އެއްވެސް އަންހެން ކަނބަލަކު عينކުރައްވައިފައި ނުވެއެވެ." މިހާ ސާފުކޮށް މިކަން އެނގެން އޮއްވާ މަޒްހަބުތަކުގެ ދެތިން އިލްމުވެރިއަކަށް ތަބާވެ ގާޟީކަމަށް އަންހެނަކު އިސްކުރާކަށްނުޖެހޭ. އެޒަމާނުގެ މުސްލިމު އަންހެން ކަނބަލުންނަކީ ތަޤުވާވެރިކަމުގެ ގޮތުންނާއި ފިޤުހީ ގޮތުން، އަދުގެ މުސްލިމު އަންހެން ތަކުންނަށް ވުރެ ހޭލުންތެރި ކަނބަލުންތަކެއް.

    58
    3
  7. ހުއްދަ

    ދީނުގަ ބަސްކިޔޭ ހިސާބުތަކުގައި ފިރިހެނުން ތިބެގެން އެމީހުންގެ އަތްދަށުނޯކިރީންގެ ގޮތުގައި އަންހެނުން ތިބޭތިބުމަށް ނިމުމެއްނުގެނެވޭނެ. މަތީގައިވާ ލިއުމުގައި ބަލިކަށިގޮތަކަށް އަންހެނުންނަށް ފުރުސަތު އިންގޮތަށް ލިއެވިފަވާ ކޮންމެތަންކޮޅެއްގެ ފަހަތުގައި އެބައިނދޭ އެބުނުން ސައްހަނޫންކަމަށް. މިސާލަކަށް އުމަރުގެފަާނު ބާޒާރު ގެ ެވރިޔަކަށް އަންހެނަކު ގެނައި ވާހަކަ ވިދިވިދިގެން ސާބިތުނުވާ ސައްހަނޫން ކަމަށް ލިޔެވިފަ އިނުމުން ރައުޔު ނެރުމުގައި އަންހެނުންގެ މަގާމްގެ އަސްލަކީ ނޯކިރީ ނުވަތަ ފިރިހެނުންގެ އަޅެއްގެ މަގާމްކަމަށް ދޭހަވެފައިމިވަނީ. ވަކި އަތަކަށް ބުރަވުމުގެ ބޭނުމެއް އަޅުގަނޑުގެ ނެތް ސަބަބަކީ އަންހެނަކަށް ވެހުރެ އަންހެނާގެ ތޮބިއީ ވާހަކަ ގެނެސްފައިހުރީ އަޅުގަނޑުމެންގެ ހާލަތާއި ގުޅެފަދަ ގޮތަކަށް. އެހެނަސް ކަންކަން ނިންމުމުގައި ހަރުދަނާ ކަމާއި ހަރުކަށިކަމާއި ވިސްނުންތޫނުކަމާއި އަދި މިނޫނަސް އެކަށޭނަ ސިފަތަކެއް ހުރި އަންހެނުންވެސް މަދުންނަމަވެސް އެބަތިބި. އަޅު މިދެއްކި ވާހަކައަކީ އުރެދުމެއް ކަމުގައި ނުލައްވާށި. މޮޅަށް ދެނެވޮޑިގެންވަނީ ﷲ

    9
    27
    • ފިކުރު

      ދީނުގަ އެބަހުރި އެއްޖިންސު އަނެއް ޖިންސުގެ މައްޗަށް އިސްކުރެވިފަހުންނަ ކަންކަން..މިޒާތުގެ ކަންކަމަކީ ދަށުވުން ކަމުގަވާނަމަ އަހަރެމެން ފިކުރު ހިންގާލުން މުހިންމު އެހެނިހެން ކަންކަން ވެސް އެބަހުރި....މިސާލަކަށް ރަސޫލުންގެގޮތުގަ އަންހެނުން ނުފޮނުއްވާ ހަމައެކަނި ފިރިހެނުން ފޮނުއްވުން..އާދަމްގެފާނުގެ ހަށިކޮޅުން ހައްވާގެފާނު އުފެއްދެވުމާއި އާއިލާއެއްގައި އެންމެ އިސްމީހަކީ ބައްޕަކަމަށްވުމާއިއެކުވެސް ބައްޕަގެ ދަރަޖައަށްވުރެ މަންމަގެ ދަރަޖަ 3 ގުނަ އުފުލިގެންވުމާއި ކީރިތި ޤުރުއާނުގަ އަންހެނުންނަށް ވަކިހާއްސަ ސޫރަތެއް ބާވައިލައްވާފައިވާކަމާއި މަރިޔަމްގެފާނަށް ދެއްވާފަވާދަރަޖައާއި އަދި މިނޫނަސް ކަންކަން އެބަހުރި..

      29
      1
    • ޢ

      އެއްބަސް! އަންހެނުންގެ ވިސްނުންކޮށި ކަމާއި ހަރުދަނާ ނޫންކަން އޮތުމުން އަހާލާހިތްވީ ފެންނަ މަންޒަރު ތަކަށް ބަލާއިރު ހުރިހާ ފިރިހެނުންގެ ތެރޭގައި އުޅޭތޯއޭ އެވަރުބަޔަކު. ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުން ތެރޭ ވެސް ވިސްނުން ހަރުދަނާ މީހުން އުޅޭ. ރާއްޖެއަށް ބަލާލިނަމަ ވެސް މަންޒަރު ވަރަށް ސާފު. ވާހަކައަކީ ރުޅިގަދަވުމާ ޖަޒުބާތުގަ ޖެހުމާ މިއީ ވަކިޖިންސެއްގެ މީހެއް ވީމަވާކަމެއްނޫނޭ. އެއްގަ ޑިޕެންޑުވާނީ މީހާގެ މިޒާޖަށް. ވީމާ ބުއްދި އިސްކުރުން ވަރަށް ރަނގަޅު އެންމެންވެސް. މިކޮމެންޓް ޖަހާލަދެއްޗޭ!

      6
      16
  8. ނަސޭހަތް

    ﷲގެ ވަހީބަސްފުޅުންނާ، ރަސޫލާގެންގުޅުއްވިގޮތްތަކުންނާ، އެގޮތަށްބައްލަވާ އަސްހާބުބެއިކަލުން
    ކަންތައްކުރެއްވިގޮތުންނާ ގާނޫނީގޮތުންވެސް އަދިވެސް އެކިއެކި ސަބަބުތަކާހުރެ އަންހެނުންނަށް
    ގާޒީކަމުގެމަގާމް ދޭންނުޖެހޭ ސަބަބުތައް މިހާފާޅުކަންބޮޑުގޮތެއްގައި އެގެންއޮތްއިރު ސަރުކާރުން
    އަންހެނުން ގާޒީކަމަށްއައްޔަނުކުރުމަށް މިހާއިސްކަންދެއްވާ ސަބަބެއްނުވިސްނޭ ލާދީނީކަންތަކަށް
    އިސްކަންދެއްވާކަމަށް ބެލުމުގެ ފުރުސަތުވަރަށްބޮޑު ކަމާބެހޭފަރާތްތަކުންނާ ސަރުކާރުގެ މިނިސްޓަރުންގެ މަގާމްގައި ތިއްބެވި ޝެއިޚުން ސަރުކާރަށް ރަގަޅުގޮތް ބުނެދެއްވާ މަޤާމާ
    ލިބިލައްވާ އިނާޔަތަށް ބުރުލެއްއަރައިފާނެކަމަށް ނުބައްލަވާ ﷲ އަށް ބިރުވެތިވޭ

    18
    • ބިނާ

      ވެރިންގެ ގޮތުގައި ކަމުގަ ހަދީސްގައި ކަނޑައެޅިގެން އޮތްއިރު ކިތައް މުއައްސަސާގަތޯ އަންހެންވެރިން ތިއްބެވީ. އެކަން މައްސަލައަކަށް ނުވެ ގާޒީންނަށް ނުވެވެންޖެހޭ ސަބަބަކީ ކޮބައިތޯ.

      7
      15
  9. ހޭލާ

    ފަތުވާކޮމިޓީން ނިންމީމަ އކަމަށް ގޮންޖަހާ މަގާމަށް އަށްޔަން ކުރާވެރިން އެތިބީ ނުަބައި ފާސިގުންގެ ތެރެއިންްކަން ކަށަވަރު.

    16
    1
  10. ފިގުހު

    ސުވާލަކީ އިސްލާމީ ޝަރީޢަތުގައި އޮތް ފަނޑިޔާރު ކަމުގެ ޝަރުޠު ހަމަވާ އެއްވެސް ފިރިހެނަކު މިދިވެހި ރާއްޖޭގައި އެބަ ހުރިހޭ؟؟؟ ނެތްނަމަ، ބުނާނީ ޙާލަތުއްޟަރޫރާގެ ދަށުން އައްޔަން ކުރެވޭނޭ. ފިރިހެނުން ފަނޑިޔާރު ކަމަށް ޢައްޔަންކޮށްގެން ޤައުމު މިހާލަތަށް ދިޔައީމާ ޙާލަތުއްޟަރޫރާގެ ދަށުން އަންހެނުން އައްޔަން ކުރުންވެސް ހަމަ އެންމެ ރަގަޅުވާނެ. އަންހެނުން ފަނޑިޔާރުކަމަށް ޢައްޔަން ނުކުރެވޭނެ ބުނާ "ޢިލްމު"ވެރިން މިޤައުމުގައި އެހެން ތިއްބާ ފަނޑިޔާރު ކަމަށް އިއުލާން ކުރުމުން އެއިން ޢިލްމުވެރިއަކު އެކަމަށް އިޖާބަ ނުދޭތީ.

    5
    15
  11. އިސްމާއިލް

    "އަންހެނުންނަކީ ހަނދާންނެތުމާއި އޮޅުން ބޮޅުން ތެރެއަށް ގެއްލިގެން ހިނގައިދާ ބައެއް" !
    ދެންކީއްވެތޯ އަންހެނުން ރިވާކުރި ޙަދީޘްތައް ޤަބޫލުކުރެވެނީ! ކޮންމެ އަންހެން ރާވީއަކަށް ދެފިރިހެން ރާވީން ތިބެން ނުޖެހެނީ! ކޯޓުގައި ހިނގާ 5 ރުފިޔާގެ މައްސަލައަކަށްވުރެ މާމުހިއްމު ނޫންތޯ ޙަދީޡް؟

    10
    9
  12. އަލީބަލީ

    މެލޭޝިޔާގެ އިސްލާމީ ފަތުވާދޭ މަޖިލީހުން މި ކަން ދިރާސާ ކުރުމަށްފަހު ނިންމާފައިވާ ނިންމުން މިހާރުވެސް އޮންލައިކޮށް ފެންނަން އޮންނާނެ. އޭގައި އޮތީ ވަރަށް ތަފްސީލްކޮށް ކުރި ދިރާސާއާއި އެއްކޮށް ބުނެފައި އަންހެނުން ފަޑިޔާރުކަން ކުރުން އިސްލާމް ދީނުގައި މަނާކުރައްވާފައި ނެތް ކަމަށް. ހަމަ މި މައްސަލައިގެން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ނިންމާފައި ނިންމުމެއްގައިވެސް ވަނީ ހަމަ ދާދި އެއްގޮތަށް. އުރުދުންގައިވެސް މިހާރު އަންހެނުން ފަޑިޔާރު ކަމަށް އައްޔަންކޮށްފި. ގަތަރު، އިންޑޮނީޝިޔާގައިވެސް ޝަރީއާ ކޯޓުތަކުގައި އަންހެން ފަޑިޔާރުން އެބަތިބި.

    5
    16
  13. ނަރު

    ﷲ އަންހެނުންނާ، ފިރިހެނުން ތަފާތުތަކެއްލައްވާފައިވޭ މިކަން މޮޅަށްދެނެވޮޑިގެންވާނީ މިތަފާތުތައްލެއްވިފަރާތުން އެއީ އެއްވެސް ރަސޫލެއް،ނަބީއެއް އަންހެނުންގެތެރެއިންނުވޭ އަންހެނުންގެފަަހަތު ފިރިހެނަކަށް ނަމާދުކުރުންނޯންނައިރު ފިރިހެނެއްގެފަހަތު އަންހެނަކަށް ނަމާދުކުރެވޭނެ ދީނީގޮތުންއަދާކުރަންޖެހޭފަރުސުކަންތަކެއް ހަރާމްދުވަސްތަކެއް އަންހެނުންނަށް އަންނާނެ ފިރިހެނުންނަށްމިދުަސްތަކެއްނާންނާނެ އަނބިދަރިންގެ ބަލަދުވެރިފަރާތަކީ ފިރިހެނުން ނަމަވެސް ހަނދުމަފުޅުބަހައްޓަން ޖެހޭކަމަކީ އާޚިރަށްދުވަހުން ބައްލަވާވޮޑިގެންވާނީ ތިމާކުރާޢަމަލަށް އެދުވަހުން އަންހެނެއް، ފިިރިހެނެއް ނުބައްލަވާނެ

  14. ޙައްޤު

    އެންމެ ގިނަ އަންހެން ފަނޑިޔާރުން ފަނޑިޔާރުކަމަށް ލާފައިވަނީ ރ.ޔާމީން ގެ ވެރިކަމުގައި ކަން ފާހަގަކުރަން! ތިޔަހެން ނުހައްދަވާ! ތިޔަކުރެވެނީ ދީނަށް ބޮޑު މަލާމާތެއް! އަސްލު އެދުވަހުވެސް ގޯސް މިއަދު ވެސް ގޯސް! އެދުވަހު އެހެންބުނިނަމަ ކިހާ ރަނގަޅުވީސް! އެކަމަކު މިއަދުވެސް ތިޔަހެން ބުނީތީ ރަނގަޅު! އެކަމަކު މިހާރު ތިޔަހެން ތިބުނަނީ މަންފާ ހޯދުމަށް ކަމަށްބުނެ ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް! ދީންހަލާކުވެ މީސްތަކުން ދީނާ ދުރުހެލިވުމުގެ އަސްލަކަށް ވެ ނުލައްވާ! ތެދުމަގު ދައްކަވާށި! މި ކޮމެންޓު ނުޖެހިޔަސް ކޮމެންޓު ކިޔާ މީހާ މިކަމާމެދު ފުންކޮށް ވިސްނާލައްވަވާ!

    2
    6
  15. ސާބަސް

    ބިނާގެ ވާހަކަޔާ މަ އެއްބަސް... ސަރުކާރުގެ އެކި އެކި މުއައްސަސާ ތަކުގަ ތިބި އަންހެން މުވައްޒަފުންނާ އިސްމަގާމުތަކުގަ ތިބި އަންހެން ކަނބަލުންނާ މެދު ހިޔާލަކީ ކޮބައިތޯ..... މިއީ ދީނުގަ ކިހާވަރަކަށް ބާރު ޢަޅާކަމެއްތޯ...ހަމަ އެބަތިބި ވަރަށް މަތީ މަގާމު ތަކުގަ ތިބި އަންހެނުން.. ހަމަ އެމީހާގެ އަމުރަށް ކަންކަން ނިންމަންޖެހޭ އެމީހާަޔަށް ތަބާވާންޖެހޭ ފަދަ މަގާމްތަކުގަ ތިބި އަންހެނުން...މިއަންހެން މީހާގެ ދަށުން އަމަލުކުރަން މިތިބެނީ ފިރިހެނުން.. މިއީ މައްސަލަޔަކަށްނުވޭތޯ... މިކަމުގަ ދީނީ އެއްވެސް ހުއްޖަތެއް ނެތީތޯ މިކަމާ ބަހުސް ނުކުރަނީ.. މިކަމާމެދު އަޑުނުއުފުލަނީ.. މިފަދަ މަގާމުތަކަށް ކުޅަނދު ހަމަވާ އެކަށޭނަ ޤާބިލް ފިރިހެނުން މިރާއްޖޭގަނެތީމަ މިވާހަކަ ނުދައްކަނީތޯ... ވަރަށް ސުވާލު ގިނަ....

    4
    1
  16. ޢަދުރޭ

    މެޖިސްޓްރޭޓަރ ލިޔުއްވި ލިޔުއްވުމުން މި ދޭހަވީ އެއްޗަކީ ރާއްޖޭގެ ގިނަ ޢިލްމުވެރިންނަކީ އެމްޕީ ތްރީ ޕްލެޔަރ ތަކެއްކަން . މީހަކު އެމީހުންގެ ސިކުނޑިޔަށް ރެކޯޑް ކުރި އެއްޗެއް މީގެން މި ޕްލޭ ވަނީ .. ހެކިބަސް ދިނުމުގައި ޤުރްއާނުގައި އަންހެން ފިރިހެން ތަފާތު ކުރައްވާފައެއް ނުވޭ . އިލްމުވެރިން ނަށް ޤުރްއާން ފަހުމް ނުވުން އެއީ ޤުރްއާނުގެ މައްސަލައެއް ނޫން .
    ފުރަތަމަ

    ބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތް ފެށޭއިރު ( ياأَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ ). އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ދަރަންޏެއްގެ معاملة އެއް ކުރާހިނދު )

    މި ހިސާބުން މި އޮތީ މީ ވަކި ޚާއްސަ ޙާލަތެއްކަން ބަޔާންވެފަ
    ދެން ހަމަ މި އާޔަތުގައި ﷲ ވަޙީ ކުރަށްވާފައިވަނީ " ތިޔަބައި މީހުން ރުހޭ މީހުންގެ ތެރެއިން ފިރިހެނަކާ ދެ އަންހެނުންނެވެ"

    ޢާއްމު ހެކިބަސް ދިނުމުގައި އަންހެން ފިރިހެން ޢަދަދު ކަނޑައެޅުމަށް ބާވައި ލެއްވި ޙުކުމެއްނަމަ ( ރުހޭ މީހުންގެ ތެރެއިންނޭ ނުއެންގެވީސް ) އެއީ ސަބަބަކީ ހެކިވެރިއަކީ ރުހޭ މީހަކަށް ވާކަށްނުޖެހޭ. މީހަކު ކަމެއް ކުރާ އިރު އެތަން ބަލަން ހުންނަ މީހަކީ ހެކިވެރިއެއް. އެތަން ފެނުނު މީހަކީ ހެކިވެރިއެއް . މިއާޔަތުން ބާރެއް ނުލިބެ މީހަކު ކުށެއް ކުރާތަން 1 އަންހެނަކަށް ފެނިގެން އޭނާގެ ހެކިބަސް ޤަބޫލް ނުކުރެވޭނެކަމަކަށް

    .ސަބަބަކީ ކުށެއް ސާބިތު ކުރާއިރު 1 ފިރިހެނަކާ 2 އަންހެނުން ނަށް ފެނިފަ އަދި އެ މީހުންނަކީ ތިޔަބައިމީހުން ރުހޭ އަދި ޢައްޔަން ކުރާ މީހުންގެ ތެރެއިން ޢަދުލުވެރި މުސްލިމުންނަށް ވާންޖެހޭނެ އެކޭ ނޫން މިއޮތީ .

    ދެން ދެވަނަ އާޔަތް . ނިސާ ސޫރަތުގެ 34 ވަނަ އާޔަތް

    މިއާޔަތުގައި ވަޙީކުރަށްވާފައިވާ
    ( الرجال قوامون علي النساء ) ފިރިހެނުންނަކީ އަންހެނުންގެ ބެލެހެއްޓުންތެރިންނެވެ . އޭގެ މާނައަކީ ސުޕީރިއަރިޓީ ލިބިގެންވާ ބައެކޭ ނޫން އެ މީހުންނަށް ގެއްލުމެއް ވިޔަނުދީ ބަލަހައްޓަން ތިބޭ ބައެކޭ އޭގެ މާނައަކީ . އަމުރުވެރިކަމުގެ ބާރު ފިރިހެނުންނަށް ދެއްވާފައެއް ނޫން މިއޮތީ .قوامة. ނުވަތަ ޙިމާޔަތް ކުރަންޖެހޭ ބައެއްވީމަ ބެލެހެއްޓުންތެރިކަން ދެއްވާފައޮތީ . އެމީހުނގެ ބޮޑީގާޑުންގެ ރޯލް . ފައިސާއިން ގަނެގެން ގެންގުޅޭ އަޅުންގޮތަށް ގެންގުޅެވޭ ބައެއް ނަމަ އެކަނބަލުން ވަރިވާން އެދޭ ހިނދު އަނިޔާވެރިވުމުގެ ގޮތުން އެކަނބަލުން ވަރިނުކޮށް ނުހިފައްޓާށެ އަންގަވާފައެއް ނެތީސް .

    ދެން ޖުމްހޫރު އެއްބަސްވާ ގޮތާ ޢިލްމުވެރިންގެ ރައުޔާ ބަލި ޙަދީޘް ތަކާ އައިސީޔޫ އިން ނެރޭ ޙަދީޘް ތަކާ ބުންޏޯ ބުންޏޯ ތަކާ އެއްކޮށްގެން ﷲ ގެ ޙުކުމްފުޅު އޮޅުވާލާފަ ސަޓަނި ގަނޑަކަށް ހަދައިގެން ނެރޭ އެއްޗާ ބުދުދީނުގެ މީހުން އެ ދައްކާ ވާކަތަކާ ކޮން ތަފާތެއް އޮތީ ؟

    8
    5
    • މޮޔައެނޮނިމަސް

      ސަޅި.ގަބޫލެއް ނުކުރާނެ ގަމާރުން ކިތަންމެ ރަނގަޅަށް ކިޔާ ދިނަސް

      3
      3
    • ދޮންދުނބުރި

      އެހެން ވީމާ އަދުރޭއަކީ ފުޅިމަދު އުނގުރިއެއް ދޯ...އުފެދޭ ސުވާލަކީ ކަނޑައެޅިގެން ބަޔާންވެފަ ދެބަސްވުމެއް ޚިލާފްވުމެއް ނެތް ޙުކުމްތަކުން އަދުރޭމެން ޙުކުމްނުކުރަނީ ކީއްވެބާ؟؟އެފެންނަކަމަށް ވެސް ހަދާނުލާ...

  17. ދަރިވަރު

    ﷲ އާ އެއިލާހުގެ ރަސޫލާ ކަމަކަށް ގޮތެއް ނިންމަވައިފިނަމަ އެކަމުގެ މައްޗަށް މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް ބަސް ނުކިޔޭނެކަމަށް ﷲ ވަނީ އަންގަވާފައި. މިގޮތުން އަންހެނުން ވެރިއަކަށް އިސްކުރާބަޔަކަށް ކާމިޔާބެއްނުވާނެކަމަށް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ވަނީ ހަދީސްފުޅުކުރައްވާފައި. މިހާ ސާފުކޮށް އެނގެންއޮތް މައްސަލައެއްގައި ކަނޑައެޅިގެން ﷲ އާއި އެއިލާހުގެ ރަސޫލާއަށް އަދާވާތްތެރިވާ އަދުއްވުން މެނުވީ މިއާ ދެކޮޅު ނުހަދާނެ.

    14
    2
  18. 1111

    ހަމަ ކަށަވަރުން ޢަބްދުﷲ ފާރޫޤް އިބްރާހިމް ޙައްޤު ބަޔާން ކޮށްފިއެވެ.
    ދަންނަންތޯ މާމޮޅު ޢިލްމުވެރިޔަކަށް ހެދިގެންއުޅޭ ކިނބިގަސްދޮށުގޭ. ސޮރު! މައުމޫނުގެ ކިބައިގައި ޢިލްމޭ ކިޔުނު އެެއްޗެއްގެެެ ޒައްރެއްވެެެސް ހުރިހެން ހީވޭތަ! އޭނާ ކިޔަވާފަ ހުރި އެއްޗަކުން އޭނާއަށް ފެންނަނީ އޭނާ އަށް ފައިދާވާ ނުވަތަ އެޭނާ ބޭނުންވާ އެތިކޮޅު އެކަނި. ފޮތުގެެެެ ބަނޑޭރި ގަނޑު ކިޔެެެވާފަ ހުރިކަމާ ވައްތަރީ!