މީގެ އަހަރެއް ކުރިއަށް ހަނދާންތައް ގެންދަން ހިނގާށެވެ. ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ގޮތަކަށް ވިދާޅުވާ ކަމެއް ކުރަން އޮންނަ "ރަބަރު ސްޓޭމްޕް މަޖިލީހެއް" ކަމަށް މިހާރު ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުން ކިތަންމެ ފަހަރަކު ވިދާޅުވިއެވެ. މިއަހަރު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ނިކުތީ އެކަން ބަދަލު ކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ވުމަށް ފަހު އެވެ. ނަމަވެސް ފެނިގެން މިދަނީ ކޮންކަމެއް ހެއްޔެވެ؟

ސުޕްރީމް ކޯޓަށް އިތުރުކުރާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރައީސް ޞާލިހް އެދިވަޑައިގެންނެވިއެވެ. އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ޖޭއެސްސީން ހުކުރު ދުވަހު ނިންމީ އަޒްމިރަލްދާ އާއި ޝުޖޫން ފަނޑިޔާރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނަމަ އާއްމުކޮށް ހުޅުވާލައިގެން ފަނޑިޔާރުކަމަށް ކުރިމަތިލައްވާނެ ބޭފުޅުން ހޯދަން ޖެހޭނެ ކަމަށް ޤާނޫނުގައި އޮންނާތީ އެކަން އިއުލާން ކުރި ނަމަވެސް އޭރުވެސް ޖޭއެސްސީގެ ނިންމުން އޮތީ ނިންމާ އިއުލާން ވެސް ކޮށްފައެވެ. އޭރު އަދި އަޒްމިރަލްދާ އާއި ޝުޖޫންގެ ގާބިލްކަން ބަލަން ޖޭއެސްސީ އިން އިންޓަވިއުއެއް ވެސް ނުކުރެއެވެ. ރައީސް އެދުނު ދެބޭފުޅުންނަށް ޖޭއެސްސީ އިން ވެސް ޖެހީ ރަބަރު ސްޓޭމްޕެކެވެ.

މިހާރު ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ އެއޮތީ ރައްޔިތުންގެ މަޖިލީހުގައެވެ. ސުޕްރީމް ކޯޓަށް އަޒްމިރަލްދާ އާއި ޝުޖޫން އައްޔަން ކުރަން މަޖިލީހުގެ ކޮމެޓީން އެއޮތީ ނިންމާފައެވެ. މިއޮތް ބޮޑު ނިންމުން ނިމިގެން ދާއިރު، އަދި ފަނޑިޔާރުގެ އިސްލާހް ކުރުމުގެ ވައުދު ކޮންމެ ދުވަހަކު އެމްޑީޕީން ތަކުރާރު ކުރާއިރު މިވީ ކިހިނެއް ހެއްޔެވެ؟

ހާއްސަކޮށް ޝުޖޫންގެ މައްޗަށް ކުރެވޭ "ތުހުމަތުތަކެއް" ހުއްޓާ މިފަދަ ނިންމުމެއް ނިންމާ ހިސާބަށް މިވަނީ ގޮސްފައެވެ. ދަރިފުޅު މައްސަލައަކުން ސަލާމަތް ކުރަން އެކަމަނާ މެލޭޝިއާގެ ފުލުހުންނަށް 20000 ޑޮލަރުގެ ރިޝްވަތެއް ދެއްވި ކަމަށް ވެސް ބަޔަކު އެބަ ތުހުމަތު ކުރެއެވެ. ނަމަވެސް އެކަން ގައިމުވެސް ރައްޔިތުންނަށް ސާފުކޮށް ނުދީ ޝުޖޫން އެންމެ މަތީ ކޯޓަށް އައްޔަން ކުރުމުގެ ކަންކަން މިއަންނަނީ ނިމެމުންނެވެ.

އޭގެ އިތުރުން ޝުޖޫން ކުރިން ފަނޑިޔާރު ކަމުގައި ހުންނެވިއިރު އެކަމަނާއަށް 70 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ރިޝްވަތެއް ދޭން މީހަކު މަސައްކަތް ކުރި ކަމަށް އެކަމަނާ އަމިއްލަފުޅަށް ވިދާޅުވެފައިވާ ވިދާޅުވުން ވެސް އޮތީ "ފައިލް ވެފައެވެ."

އެއީ މަގުބޫލްކަން ހޯދަން ދެއްކެވި ވާހަކަފުޅެއް ކަމެއް ނުވަތަ ހަޤީޤަތެއް ކަމެއް ވެސް ސާފެއް ނުވެއެވެ. ހަޤީޤަތެއް ކަމަށް ވާނަމަ ރިޝްވަތު ހުށަހެޅި މީހެއްގެ މައްސަލަ ޔަގީނުން ވެސް ބަލަން ވާނެއެވެ. ރިޝްވަތު ހުށަހެޅި ފަރާތުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރަން ޝުޖޫން ފަސްޖެހި ވަޑައިގަންނަވާ ނަމަ އެކަމަނާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި މެދު އިތުރު ވިސްނުމަކަށް ދާން ޖެހެއެވެ.

ޝުޖޫން އާއި އަޒްމިރަލްދާ އަކީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ކަމަށް އެންމެ އެކަށީގެންވާ އަންހެން ބޭފުޅުން ކަމަށް ރައީސް އަށް އެއޮތީ ފެނިވަޑައިގެންފައެވެ. ނަމަވެސް ސުވާލަކީ މުހިންމީ ކޮންމެހެން ސުޕްރީމް ކޯޓަށް އަންހެނަކު އައްޔަން ކުރުން ހެއްޔެވެ؟ ނުވަތަ ގާބިލް ފަނޑިޔާރަކު އައްޔަން ކުރުން ހެއްޔެވެ؟

ޔަގީނުން ވެސް ޝުޖޫން އާއި އަޒްމިރަލްދާ އަށް ވުރެ ޤާނޫނީ ދާއިރާ އިން މާގިނަ ތަޖުރިބާތައް ހޯއްދަވާ މާގިނަ ދުވަހު މިދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން އެބަތިއްބެވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ބަލާލުމެއް ނެތެވެ.

ރައީސް ވިދާޅުވީމަ ވިދާޅުވި ގޮތައް ރަބަރު ސްޓޭމްޕް ޖަހާލާފައި ސުޕްރީމް ކޯޓަށް ޝުޖޫން އާއި އަޒްމިރާލްދާ އަންޔަން ކޮށް މިނިންމާލަނީ އެވެ. ކުރިން ދެއްކި އެއްވެސް ވާހަކައެއް މިހާރު އެމްޑީޕީގެ ހަނދާނަކު ނެތެވެ.

މިއުޅެނީ ފަނޑިޔާރުގެ އިސްލާހު ކުރަން ހެއްޔެވެ؟ ނުވަތަ ފަނޑިޔާރު ގޭގެ ކޮންޓްރޯލް އެމްޑީޕީން ނަގަން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ހަސަންބެ

  އެމްޑީޕީގެ އަޑިންދަމާ ކުޅޭ ވަގު ދެކުކުޅު ނުލެވިގެން ހާދަވަރެކޭ...އަވަހަށް ނިކުމޭ މުޒާހަރާޔަށް...ޖަނަވާރު މަޖިލީސް އވާލަން!!!

  72
  1
  • މޯލްޑިވިޔަން

   ހަނދާން ނައްތާލަ.ކޮން މުޒާހަރާއެކޭ ތި ކިޔަނީ.ބާގީން ގެ ދުވަސް އެބަ އޮތް އަދި

   11
   54
   • Anonymous

    ކަހެރުވަކޭ ނުކިޔާ

    27
    2
    • މޮޔައެނޮނިމަސް

     ކިތަންމެ ރުޅި އަޔަސް ކުރާނެވކަމެއް ނެތް ޔާނު ދެން ރާއްޖޭގެ ވެރިކަމަށް ނާންނާނެ

     4
     21
     • މޮޔަނުގޮވާ

      އޭ ކަލޭތަ މީހުންނަ ވެރިކަންދެނީ. ކަލޭ ދިނީމަދޯ 2013ގަ ޔާމީން ވެރިކަމުގަހުރީ.. މިވެސް އަސޭލާއެ..

      12
      3
   • ކޮމެންޓްކުރާމީހާ

    ހަމަގައިމުވެސް ޤިޔާމަތްދުވަސް އެބައޮތް

    77
 2. އަނީސް

  އެެއުލޭނީ ފަނޑިޔާރުގެ އަތްދަށުލާން.

  67
  1
 3. ކަރުނަ

  ފަނޑިޔާރުގެ މުށުތެރެއަށް ލުމާ ފަނޑިޔާރުގޭގެ އަގުވައްޓާލާ ގަޑުބަޑު ކޮށްލުން . ރައްޔިތުގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި ބޭރުގެ ޣައިރު މުސްލިމުން ރުއްސުން . އިލްމުވެރިންނަށް ގޮންޖެހުން. ސޯސްޖަހާފައި އިލްމުވެރިންގެ ތުނބުޅިބޭލި މީހުންގެ ރައުޔަށް ކަންތައް ކުރުން . އަންހެނުންގެ ވޯޓުހޯދުން .

  38
 4. ނާށި

  އެއުޅެނީ ޔާމީން ހުދުކާރޫރަކަށް ހަދަން !

  1
  24
 5. އިބްރާ

  ހުރިހައި ކަމެއްގައިވެސް މީހުންނަށް ގަބޫލްކުރެވޭގޮތަށް ދޮގުން ދޮގު ހަދައިގެން އެމްޑީޕީން މިއަންނަނީ ދިވެހިރާއްޖެ ހަލާކުކުރަމުންނެވެ.

  43
  2
 6. މޯދީ

  ކައިގެން ފުރާނީ، ފުރާނީ ކައިގެން ނުކައި ނުފުރާނަން! ގިނަދިވެހިންނަކަށް ފަހުމުނުވިޔަސްވެސް، އަސްލު މިކިޔެނީ އެކައްޗެއް! އިންޑިޔާއިން ބޭނުންވިގޮތަށް މިގައުމު މިއޮތީ ހަދާފަ އެކަމަށްފުރުސަތު ދިނީވެސް ރިޝްވަތުގެ ވިހައިގަ ޖެހި މިގައުމުގެ ދަރިން! ދެންކުރާނެ ކަމެއްނެތް!

  32
  1
 7. ޒިމްނާ

  ފުރުސަތު ތަނަވަސް ކުރަމުންގޮސް
  ފިރިންވިހުވާފަ!
  އަނބިންނަށް ހަތަރު ފިރިން ހޯދާދީފަ
  ހުކުރު ހުތުބާާ ކިޔަން އަންހެނުންނަށް ހުއްދަދީފަ
  ފިރިންގޭބައިތިއްބާފަ އަންހެންވެރިން މަހައް ފޮނުވާ ދަރިންގެ ހަރަދު ކުރުން އަންހެން ކަނބަލުން އުފުލަން ހަދާތި!
  ދެން ވަރިކުރުންވެސް އަންހެން ކަބަލުން ކުރާކަމަކައް ހަދާފަ މިފަސް އަހަރު ނިއްމާތި!
  ތިތިބީ ދީން ގިރާގެން ބޮއިގެން ވެރިކަން ތިކުރެވެނީ!
  ވަރަށް ސަލާމް!

  39
  1
 8. Anonymous

  ފުނަކާނިމަދޮށި މޮޅަސް އެތެރެވަތަށް ފެންދިއްްގާ
  ވުނަދާނައަކަށް ނުބަލައެ ކަނބަލުން ސަރިޔަތުގައި
  ހުރެދާނެ ކަމެއް ވައިކަރަދޫ ބަނޑު ނައިބެއްގައި
  ބުނަމެއި މަ މުޖައްރިބުބަސް ގޯހެހް ނެތި އޭގައި

  11
  1
  • މޮޔައެނޮނިމަސް

   ކިތަންމެ ރުޅިއަޔަސް ވަގަކު ވެރިކަމަށް ނުގެނެވޭނެ

   1
   12
   • ފުއްޕިި13

    ވަގުން ހުސްވެސް، ދައުލަތުގެ 1 އަހަރުގެ ބަޖެޓު ދަވާލީ، ބޭރުން ފޭރުނު ޑޮލަރު ތައް ދަވާލީ، ހާދަ ދަތް ދިގު ކިނބުލެކޭ، ބޮޑޫ ވަގުގެ ޓެގު ބޮޑުކޮށް ޖަހާލާނަން، ކިނބޫގެ ގައިގަ، ބަލަން ތިބޭ، ބަޢާވާތް ފަށަން ވަރަށް ކައިރިވެއްޖެ ވައްޓާލާނަން ސަޅިކޮށް، ހަމަ ހޭރި ހޭރި ތިބެން ޖެހޭނީ، ފިނޑި ހަކަ ކިނބޫ،

 9. އަލްޖިބްރާ

  ކޮމެޓީން ރުހުންދިނަސް ، ޤާނޫނު ތަސްދީޤް ނުކުރަނީސް ތިކަމެއް ނުވާނެ !

  7
  1
  • ބަޑިތަކުރު

   ގާނޫނުތަސްދީގުކުރަނީކާކު؟ އެކަންކުރަންހުރީހަމަ އެ ދެއަންހެނުންގެނަން ހުށަހެޅިމީހާ.

 10. ނަވާރަ

  ޝައްކެއްނެތް ބޭނުންވަނީ ނުފޫޒުފޯރުވަން އޭރުން އިސްލާޙުވީ

  14
 11. ނަސޭހަތް

  ހަނދާންނެތުން އެއީ ބައްޔެއް މިބަލިޖެހިފައިވޭތޯ ބައްލަވާ މިބައްޔަށް އަވަހަށްފަރުވާހޯއްދެވުން
  އެންމެރަގަޅީ

  10
 12. ހުސެން

  އަދި އަޒުމިރަލްދާ ދެކުނު ހައި ކޯޓުން ރޮއެފަ މާލެ އަށް އައި މައްސަލަ

  12
 13. ބުރޯ

  ބޭނުންވެގެން އެ އުޅުއްވަނީ ކުރިޔަށް ރާވާފަ ހުރި ކަންކަން ތަންފީޒުކުރުމަށްޓަކާ އެމްޑީޕީގެ ކޮންޓްރޯލް ނުވަތަ ރަބަރު ތައްގަނޑު ޖަހާދޭނެ ފަނޑިޔާރުންތަކެއް ސަރުއީ ކޯޓްތަކުގާ ބޭތިއްބުން.

  13
  2
 14. ގުނބޯ ރާއްޖެ

  ކޮރަޕްޓް އެމްޑީޕީ އަކަށް ލާހިކު ކަމެއް ނޫން މިގައުމުން ކޮރަޕްޝަން ނައްތާލާކަށް. ކޮރަޕްޓް ބައަކު އައިސް ކިހިނެއްތޯ ކޮރަޕްޝަން ނައްތާލާނީ ފުރަތަމަ؟

  15
  1
 15. ާަަަަަެެެޮޮިުއަފީ

  މިއުޅެނީ ފަނޑިޔާރުގެއައްދެބިޑިކާލާންވެގެން
  އެތާގަވެސް ފާހިސްއަމަލުހިންގަންވެގެން
  ވަރައްވައްތައެކަހަލަ ލ

 16. ސޮމެޮނެ

  އަންހެނުން ކުރިއަރަނީ ހަމައެކަނި ގާޒީ ކަމުންބާ؟
  އިންފޮމޭސަން ކޮމިސަނަކަށް ފިރިހެން އެކުޓިވެސްޓެއް
  ބްރޯޑް ކޮމް އަށްވެސް އަދި ދެންއޮތް ތަނަކަށްވެސް ފިރިހެން ބޭފުޅުންގެ ތެރޭން ނަންގަވަނީ ޕާޓީކުލަ.

 17. ކިނިކްސް

  ފަނޑިޔާރަކު އައްޔަން ކުރުމަށް ނިންމުމުގެ ކުރިން އެ ފަނޑިޔާރަކާއި ބެހޭގޮތުން މައްސަލައެއް ވާނަމަ އެކަން އެކޮމިޝަނަށް ހުށަހެޅހުމަށް ރައްޔިތުންނަށް ހުޅުވާލުމަކީ ވަރަށް މުހިންމުކަމެއް! އަދި މައްސަލަ ތަކެއް ހުށަހަޅައިފި ނަމަ އާންމުކޮށް އެކަންކަމާ ބެހޭގޮތުން އެ މީހަކާ ސުވާލު ކޮށް އެކަންތައް ސާފުކޮށްދޭން ޖެހޭ ގޮތަށް އުސޫލުތައް ގާއިމު ކުރަންޖެހޭ.

 18. ނުރަބޯ

  ލާދީނީ މުނާފިގު ބައިގަނޑަކަށް ކޮން ޢަދުލު އިންސާފެއްތަ ގާއިމުކުރެވޭނީ؟ މުގާބޭ އަށްވުރެ ޞޯލިހުގެ ޚުދުމުޚުތާރު ކަމާ ނުބައި ނުލަފާ ޖައްބާރު ކަން ކުރިޔަށް ތިޔަހަރީ.