ހިތާމައިގެ ކޮޅެއް ނެތެވެ. މުޅި ޤައުމަށް މި ވަނީ ސިހުން ގެނުވާފައެވެ. އެކުވެރި ރައްޔިތަކު ދިރިއުޅެމުން އަންނަ ނޮޅިވަރަންފަރަށް މިވަނީ މާޔޫސްކަން ގެނުވާފައެވެ. އެތައް ހިތްތަކެއް ކުދިކުދިވެ، އެތައް ލޯތަކެއް ކަރުނައިން ތެއްމައިފިއެވެ. ގެއްލިގެން އެ ދިޔައީ އުފާވެރި އާއިލާއެއްގެ ހަތަރު މެމްބަރުންނެވެ. ވަކިވެގެން އެ ދިޔައީ އޯގާތެރި މައެކެވެ. އެ ހަނދާންތައް ތާ އަބަދު އާވެ އާވެ ހުންނާނެއެވެ. އެ ތުއްތު މަޢުސޫމު، އިރާގެ ހަނދާންތައް އަބަދުވެސް އޭނާގެ ބައްޕަ ކުރާނެ އެވެ. އެ އުންމީދުތައް ބުނެދޭންވެސް ނޭނގޭއެވެ.
ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫ އަށް ދިޔަ ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރެއިން 5 މީހުން ވަނީ މި ފަނާކުރަނިވި ދުނިޔެއާއި ހަލްވަދާޢު ކިޔާފައެވެ. އެ ދަތުރަށް ފުރި އިރުވެސް މޫސުން ގޯހެވެ. ކަމާއި ބެހޭ އިދާރާތަކުން ވެސް އެކަން އޮތީ ކަށަވަރު ކޮށްދީފައެވެ. ދަތުރުގައި ބައިވެރިވި 9 މީހުން ގޮވައިގެން ޖަޒްލާން އަދުނާނު، 36 ފުރި އިރު، ކުރިމަތިވާން އުޅޭ ބޮޑު ކޮޅިގަނޑު ފަހަރެއްގައިވެސް ހިތަށް ގެނެވިފައެއް ނުވެއެވެ. ބުރާސްފަތި ދުވަހުގެ 11:30 ހާއިރު ފުރި އެ ލޯންޗު ބަންޑުން ޖަހާލާއި، އެންމެން ކަނޑުވި އިރު، އެކަން ކަމާބެހޭ ފަރާތްތަކަށް އެންގީވެސް ޖަޒްލާނެއެވެ.
ޑިންގީ ބަންޑުން ޖަހާލި ހާދިޘާގައި ނިޔާވި 5 މީހުންގެ ޖަނާޒާ ބާއްވާފައި މިވަނީ ހަނިމާދޫގައެވެ. އެއީ އެކުވެރި ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްކަން ސާބިތުކޮށްދީފިއެވެ. ފެނިގެން ދިޔައީ ހިތްހެޔޮކަމާއި އިޙްސާންތެރިކަމެވެ. އެ ހިތާމައިގައި މުޅި ރަށްވަނީ ބައިވެރިވެފައެވެ. ކަށު ނަމާދުގައިވެސް މުޅި ރަށުގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ. މި ހާދިޘާގައި ނިޔާވި، 5 މީހުން އެއް ވަޅެއްގައި ވަޅުލާފައިވާއިރު، އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ތެރެއިން، އެންމެންގެ ލޮލުގައިވެސް އެންމެ ބޮޑަށް އަޅައިގަން އެކަކީ، ނިޔާވި 4 މީހުންގެ އާއިލާގައި މިހާރު ހަމައެކަނި ހުރި، ދަރިފުޅު، މުޙައްމަދު ޤިޔާސްއެވެ. އެއީ ހދ. ނޮޅިވަރަންފަރު އަހިމާގެ، އަލްމަރުޙޫމު ހުސެއިން އަބްދުﷲ އާއި، އޭނާގެ އަންހެނުން، އަލްމަރުޙޫމާ، މަރިޔަމް މަނިކެގެ ހުރި ހަމެއެކަނި ފިރިހެން ދަރިފުޅެވެ.
ޤިޔާސްގެ މޫނު މަތިން ފެންނަނަމުން ދިޔައީ މާޔޫސްކަމާއި އެކަނިވެރި ކަމެވެ. މުޅި ދުނިޔެ ބަންޑުންވެފައިވާ ކަހަލައެވެ. ގެއްލިގެން އެދިޔައީ އޭނާގެ މުޅި އާއިލާއެވެ. އޭނާގެ އުފަންރަށަށް ދިއުމަށްވެސް އޭނާ މިއަދު ބޭނުމެއް ނުވެއެވެ. އެ ހަނދާންތައް އާވެދާނެތީއެވެ. އެ އަސަރުތައް ހިތުގައި ހަރުލާފައި ހުރިލެއް ބޮޑުކަމުންނެވެ. މިއަދު އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް މާލެ ދާށެވެ. މަންމައާއި ބައްޕަގެ ހައްޤުގައި އެމީހުންނަށް ހެޔޮ ދުޢާކުރުން ނޫން ގޮތެއް މިއަދަކު ނެތެވެ.
ޤިޔާސްގެ ބައްޕަ އަކީ އެތައް ދަރިވަރުންނެއްގެ ލޯބި ހޯދައިފައިވާ މުދައްރިސެކެވެ. އެއީ ނޮޅިވަރަންފަރު ސުކޫލުން ދަރިވަރުވާ ކުދިންގެ ތައުލީމުގެ ބިންގާ އަޅައިދޭ އެދުރެކެވެ. އެކަމަކު އެ ދަރިވަރުންނަށް މިއަދު ސިހުން ގެނުވާފައިވަނީ ބޮޑު ޓީޗަރު އަބަދަށްމެ އެ ދަރިވަރުންނާ އަލްވަދާއު ކީ ހަބަރާ އެކު އެވެ. އެ ހަބަރުން މުޅި ނޮޅިވަރަމްފަރު ވަނީ ހިމޭން ކޮށްލާފައެވެ.
މި ހާދިޘާއިން ސަލާމަތްވި، އެރަށު، ވީނަސް، ޢަބްދުއްޝަކޫރު މިއަދު ކުރަންޖެހިފައި އެވާ ހިތާމައަކީވެސް އޭގެ ފުންމިން ބުނެދޭން އެނގޭވަރަށް ވުރެ ފުން ހިތާމައެވެ. އެ ހާދިޘާގައި އޭނާގެ އަންހެނުން، އަލްމަރުޙޫމާ އައިޝަތު ޢަލީ ވަނީ މި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. މުޅި ޢުމުރު ހޭދަކޮށްފައިވަނީ އޭނާގެ ލޯބިވާ އަންހެނުންނާއި، އަދި ހުރި ހަމައެކަނި ދަރިފުޅު މުޙައްމަދު ފައިސަލްގެ ހައްޤުޤައެވެ. ލިބުނު ހުރިހާ ފައިސާއެއްވެސް ހޭދަކޮށްފައިވަނީ އޭނާ އެންމެ ލޯބިވާ އަންހެނުންގެ ބޭސްފަރުވާ އަށެވެ. ހަޔާތަށް ނިމުން ގެނުވީވެސް އެ ޒިންމާއާއި، އެ ޤުރުބާނީ ތެރޭގައި އޭނާ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެ ދެމީހުންގެ ހަމައެކަނި ދަރިފުޅު، މުޙައްމަދު ފައިސަލް އަކީ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ. މަންމަ އާއި ބައްޕަގެ ބަސް އަހާ ކިޔަމަންތެރި ދަރިއެކެވެ. ޒިންމާދާރު ބައްޕައެކެވެ. އޯގާތެރި ފިރިއެކެވެ. ނަމަވެސް މިއަދު އޭނާގެ ބަސް ވަނީ ހުއްޓިފައެވެ. ލޯބިވާ މަންމަގެ ފުރާނެއް މަސްގަނޑުގެ ކައިރިއަށް އައިސް "މަންމާއޭ..! އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ" ބުނާ ކަހަލެއެވެ.
އެ ހާދިޘާގައި ސަލާމަތްވި އެންމެ މިހާރު ތިބީ އެމީހުންގެ އުފަން ރަށް ނޮޅިވަރަން ފަރުގައެވެ. މުޅި ރަށަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެ އާއިލާތަކުގެ ހައްޤުގައެވެ. ގެއްލިގެން އެދިޔައީ ރަށުގެ އެންމެ ބޮޑު ޚިދުމަތްތެރިޔާ އާއި އޭނާގެ ހަޔާތުގެ ބައިވެރިޔާއެވެ. ވަކިވެގެން އެ ދިޔައީ މަންމައާއި އޭނާގެ ދެލޮލުގެ ކޮއިފަދަ އޭނާގެ ލޯބި ލޯބި ކުޑަ ދަރިފުޅެވެ. މި ފަނާކުރަނިވި ދުނިޔެއާއި އަލްވަދާޢު ކިޔާފައިއެވަނީ، މި ދުނިޔެއަށް އުފަންކުރި، ހަމައެކަނި ފިރިހެން ދަރިފުޅުގެ ހިތުގެ ދިރުމެވެ.
ރޮވިއްޖެ. އަޅުގަނޑު ނު ދަންނަން، އެކަމަކު ހިތާމައިގަ ބައިވެރިވަން. ވަރަށް ދެރަ. އެ އާއިލާ އަށް ކެތްތެރިކަން ދެއްވާށި، އެ ހުރިހާ ފުރާނަޔަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާންދޭވެ. އާމީން.
ލޯބިވާ ބައްޕާއެ ދެރަނުވާށެ ބައްޕަ މިއަދުކުރާނެ ހިތާމަ ކިތަންމެ ރަނގަޅަކަށް ވެސް އިގެއެވެ ބައްޕާއެ އެންމެ ފަހުވަގުތުވެސް އަހަރެން މަސައްކަތް ކުރީބައްޕަ ކައިރިއަށް ދިއުމަށެ އެކަމް އެފުރުސަތު ފުރެޅިގެން ދިޔައީ ކަނޑުގެ ބިޔަރާޅުތަކުނެވެ ލޯބިވާ ބައްޕާ ދެރަނުވާށެ އިރާދަކުރެއްވިއްޔާ ބައްޕައަށް އަހަރެމެންނާ ނިމުމެއްނުވާ ދުނިޔެއިން ބައްދަލުވާނެއެވެ އަހަރެމެން ކައިރީ ތާއަބަދު ހުރުމަށް ގަދައަޅާ މަސައަކަތް ކުރާށެ އަޅުކަމުގަ ގިނަވަގުތު ހޭދަކުރާށެ އަހަރެމެންގެ މައްޗައް ތާއަބަދު ދުޢާކުރާށެ އޭރުން މިއަދުބައްޕަ ތިކުރާހިތާމަ ތަކުގެ ބަދަލް ބައްޕައަށް ލިބޭނެއެވެ ލޯބިވާބައްޕާ އަހަރެމެން ބައްޕަ ދެކިވަރަށް ލޯބިވެއެވެ
ލޯބިވާ އަނބިމީހާ އާއި ދެލޯފަދަ ދަރިފުޅު އެކީ ގެއްލި ދިއުމުން ކުޑަކުޑަ އިޔާގެ ބައްޕަގެ ހިތަށް ކުރާނެ އަސަރާއި ލިބޭނެ ވޭން ހިތަށް އަރާވަރުންވެސް ހާދަ ދެެރައެއް ވެއޭ. ކެތްތެރިކަން ދެއްވުން އެދި ދުއާކުރަން.
ނޭންގުނު ބުނާނެއެއްޗެއް
އާއިިލާއަށް ކެތްތެރިކަން ދެއްވާށެވެ.
انالله وانااليه راجعون الله سبحانه وتعالا އެއްވެސްމިހަކަށްދެރަގޮތެއްމެދުވެރިނުކުރައްވާނެ އާއިލާއަށްކެތްތެރިކަންދެއްވާ މަރްހުމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިامين
انا لله و انا اليه راجعون...
رب اغفر له وارحمه
رب اغفر لها وارحمها
ކޮންމެ މީހަކީވެސް މި ފަނާ ކުރަނިވި ދުނިޔެއާ ވަކިވެ ދާނޭ މީހެއް. އުފަން ވުމަށް ފަހު އެންމެ ކައިރީގަ ވަނީ މަރު ކަން ހަނދާން ކުރޭ. އެމީހަކާ އެކު ދާނީ އެމީހާގެ އަމަލު. ގިޔާސް ހިތާމަ ނުކުރޭ އިރާދަ ކުރެއްވިއްޔާ ގިޔާސްއާ އެ ލޮބުވެތި އާއިލާ ބައްދަލުވާނެ ސުވަރުގެ އިން. އެ އާއިލާގެ ވެރި ރައްބު އެ އާއިލާ އެގެންދިޔައީ މި ދުނިޔޭގެ އިމްތިހާނުގެ ހޯލުން އެއާއިލާ އަށް ދެއްވި ވަގުތު ހަމަވުމުން. އެ އާއިލާ އެ ދަތުރު ކުރީ އެންމެ އޯގާވަންތަ އެންމެ ރަހުމާން ވަންތަ އަޅުތަކުން ދެކެ ނުހަނު ލޯބިވެ ވޮޑިގަންނަވާ އިލާހުގެ ހަޒްރަތަށް. ޔާ ރައްބުލް ކާއިނާތު، އިބަ އިލާހުގެ ހަޒްރަތަށް މި ކާރިސާގަ ގެންދެވި އަޚުންނާ އުޚްތުންނަށް ހެޔޮ ރަހްމަތް ލައްވާ ފާފަތައް ފުއްސަވާދޭނވެ. އާމީން.
ފަސް ފުރާނަ ގެއްލިފައިވަނީ އެމީހުން އަމިއްލަ ބޭނުމެއްގައި ކުރި ދަތުރެއް ތޯ ބަލަން ޖެހޭ. ޓީޗަރުންތަކެއް އެ ދަތުރުކުރީ އެމީހުންގެ ވަޒީފާގެ ހައިސިއްޔަތުން ކޮންމެހެން ހަނިމާދުއަށް ކުރަން ޖެހުނު ދަތުރެއްތޯ ބަލަން ޖެހޭ. މޫސުމާބެހޭ އިދާރާއިން ދަތުރު ފަތުރު އެދުވަހު ކުރުމާމެދު ބެނެފައިވަނީ ކީކޯތާއާއި މޫސުމް ގޯސްވުމާގުޅިގެން ވަޒީފާ ދިންފަރާތުނުން އެމީހުން ދަތުރު ނުކުރުމަށް އެއްވެސް އެެއްވެސް އެއް އެންގުމެއް އަންގާފައިވޭތޯ ބަލަން ޖެހޭ. ވަޒީފާ ދިން ފަރާތުގެ ޒިންމާގައި މުވައްޒަފުން ސަލާމާތާ ރައްކަތެރިކަމަށް ބަލަންޖެހޭ ތޯވެސް ބަލަންޖެހޭ؟ ވަޒީފާދިންފަރާތުން އަތުރު ނުކުރުމަށް ނުވަތަ އެދުވަހު އެމީހުން ޙާޟިރުވެ ކުރަންޖެހިފައިވާ ޕްރޮގްރާމެއް ފަސްކުރިވެފައިވާކަން އަންގާފައިވޭތޯ ބަލންޖެހޭ.
ހުވަފެނެއްތޯ ފެނިގެން ތިއުޅެނީ
ވަރަށް އަސަރު ކުރުވައިފި. މުޅި ރާއްޖެ ތި ހިތާމައިގަ ބައިވެރިވާނެކަން ޔަޤިީން.އެ އާއިލާ އަށް ކެތްތެރިކަން ދެއްވާށި، އެ ހުރިހާ ފުރާނަޔަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާންދޭވެ. އާމީން.
2