މި އަހަރުގެ އޭޕްރީލް 21ވަނަ ދުވަހު އެރި އިރާއި އެކު މުޅި ދުނިޔެއަށް ސިހުމެއް ލިބިގެން ގޮސްފައި ވަނީ އަވަށްޓެރި ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާތަކުންނެވެ. 259 މީހުން މަރުވި އެ ހާދިޘާގައި ޖާނުން ފިދާވެގެން ބޮން ގޮއްވާލާފައި ވަނީ ލަންކާގެ ރައްޔިތުންތަކެއް ނަމަވެސް، އެކަމުގެ ސަބަބުން އެ ގައުމުގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހި ޕައިލެޓުންނަށް އެތައް ތަކުލީފުތަކެއް މިވަނީ އުފުލަން ޖެހިފައެވެ.
ބޭރު ގައުމުތަކުގައި ޕައިލެޓް ކޯސް ކިޔަވާއިރު ދަރިވަރުންގެ ސެކިއުރިޓީ ޗެކެއް އެ ގައުމުތަކުން ހަދާނެއެވެ. ލަންކާގައިވެސް މިކަން އޮންނަނީ މިގޮތަށެވެ. ނަމަވެސް، ބޮން ގޮއްވުމުގެ ކުރިން ކްލިއަރެންސް ލިބިފައި ތިބި ދިވެހި ދަރިވަރުން އެ ހާދިޘާގެ ފަހުން ފްލައި ނުކުރެވި އެތައް ދުވަހެއް ވެފައި ވާއިރު، މިކަމަށް ހައްލެއް ގެނައުމަށް އެ ދަރިވަރުން ވަނީ ނުކުޅެދިފައެވެ.
ލަންކާގެ ސަރުކާރުގެ އިދާރާތަކުން މިކަމުގައި ވަމުން އަންނަ ގޮތް ސާފު ގޮތެއްގައި އެ ދަރިވަރުންނަށް އޮޅުންފިލުވައި ދީފައި ނުވާއިރު، ދިވެހި ސަރުކާރުގެ އިސްވެރިންނާއި ވެސް މި ދަރިވަރުން ވަނީ މީގެ ކުރިން ބައްދަލު ކޮށްފައެވެ. މިގޮތުން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން ދިވެހިރާއްޖެއިން ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އުމަރު އަބްދުލް ރައްޒާގު އާއިވެސް ބައްދަލު ކޮށްފައިވެއެވެ.
"އަޅުގަނޑުމެން މި ބޭފުޅުންނާއި ބައްދަލުކޮށް، ކޯސް ކުރިއަށް ނުދާ ވާހަކަ ދެންނެވިން. މިތާ ތިބި ގިނަ ކުދިންނަކީ ސަރުކާރުގެ ލޯނު ނަގައިގެން އައިސް އުޅޭ ކުދިން. އެހެންވެ ވަކި މުއްދަތެއް ދީފައި އިންނަނީ ކޯސް ނިންމަން. ބޮޑު ދަރަންޏަކާއި އެކު ކޯސް ނުނިންމައި އެނބުރި ރާއްޖެ ދެވޭކަށް ނެތް. އަނެއްކާ ފަސޭހައިން އެހެން ގައުމަކަށް ކޯސް ބަދަލު ކުރެވޭކަށްވެސް ނެތް. ރައީސް ނަޝީދު އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި ހަފްތާ އެއް ތެރޭގައި ފްލައި ކުރުމުގެ ކަންކަން ފެށިގެން ދާނެކަމަށް. އެކަމަކު އަދިވެސް އެކަން ވާގޮތެއް ނުވޭ" ލަންކާގައި މި ކޯސް ހަދާ ދަރިވަރުން އެ ގައުމުގައި ހަރަކާތްތެރިވާ "ވަގުތު"ގެ ނޫސްވެރިއަކަށް މައުލޫމާތު ހިއްސާ ކުރަމުން ބުނެފައި ވެއެވެ.
މި ދަރިވަރުންގެ ކޯސް ކުރިއަށް ނުގޮސް އެ ގައުމުގައި ހުންނަން ޖެހުމުން ވަގުތުތައް ބޭކާރު ވުމުގެ އިތުރުން އަތުން އެތައް ފައިސާތަކެއް ހަރަދުވާއިރު، އެ ކުދިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެންމެ އެދެވޭ ގޮތެއްގައި އެއްބާރުލުމެއް ނުލިބޭނަމަ، އެހީވާނޭ އިތުރު އެއްވެސް ފަރާތެއް ނުވާނޭ ކަމަށް އެ ދަރިވަރުން ގަބޫލު ކުރެއެވެ.
ބޮމުގެ ހާދިޘާ އަށް ކުޑަ ދުވަސްކޮޅެއް ވީ ފަހުން ލަންކާ އަށް ނިސްބަތްވާ ދަރިވަރުން ވަނީ ފްލައި ކުރަން ފަށާފައެވެ. ނަމަވެސް، އެ ހާދިޘާ އާއި އެއްވެސް ގުޅުމެއް ނެތް ދިވެހި ދަރިވަރުން ތިބީ ގޮތްހުސްވެފައެވެ. އެ ދަރިވަރުން މި ކަންކަން ސިފަ ކުރަނީ މިއީ ލަންކާގެ އިދާރާ ތަކުން ދިވެހި ދަރިވަރުންނަށް ކުރާ ޖެއްސުމެއްގެ ގޮތުގައެވެ. އަދި ބޮން ގޮއްވުމުގެ ކުރިިން ފްލައި ކުރުމުގެ ހުއްދަ ދީފައި ވަނިކޮށް، އެކަން ވުމަށް ފަހު ހުއްދަ ހިފަހައްޓައި، ކަންތައް ކުރަންވީ ގޮތް އޮޅުން ފިލުވައި ނުދިނުމަކީ ކޮން ބޭނުމެއްގައި ކުރާ ކަމެއްތޯ އެކުދިން ވަނީ ސުވާލު އުފައްދާފައެވެ
"ސިވިލް އޭވިއޭޝަނުން ބުނަނީ މިއީ މިނިސްޓްރީ އޮފް ޑިފެންސުން ކުރާ ކަމެކޭ. އެ އިދާރާ އިން ބުނަނީ އެއާފޯސް އާ ބެހޭ ކަމެކޭ. މި 3 އިދާރާ އިންވެސް މިކަމުގެ ޒިންމާ ނަގާކަށް ބޭނުމެއް ނުވޭ. އެހެންވެ މިކަމުގައި މައްސަލަ ޖެހިފައި އޮތީ ކޮން ދިމާލަކުން ކަމެއްވެސް ނޭނގޭ. އަޅުގަނޑުމެން ކިޔަވާ ސްކޫލް ތަކުންވެސް ބުނަނީ ލަންކާގެ މި 3 އިދާރާގެ މެދުގައި ބޯޅައެއްހެން މި މައްސަލަ ޕާސް ކުރަމުން ދާކަމަށް. މިކަމުގައި އިހުމާލުވެފައި ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓްރީ އާއި ދިވެހި އެމްބަސީ ކަމަށްވެސް މި އިދާރާތަކުން ވަނީ ތުހުމަތު ކޮށްފައި. އެހެން ނަމަވެސް، އަޅުގަނޑުމެން އެދުމުން އެމްބަސީ އާއި ރާއްޖޭގެ ޑިފެންސުންވެސް ވަނީ މިކަމުގަ ޑޮކިއުމެންޓުތައް އަޅުގަނޑުމެންނަށް ފޯރުކޮށްދީފައި. އެކަމު އަދިވެސް ފްލައި ކުރަން ހުއްދަ އެއް ނުދޭ. އެމީހުން އެކި ފަހަރު ދެނީ އެކި ޖަވާބުތައް." އިތުރު ދަރިވަރަކު ބުނެފައި ވެއެވެ.
ސަރުކާރުގެ ލޯނުގައި މި ކޯސް ހަދަން ލަންކާ އަށް ދިޔަ ދަރިވަރުންނާއި އެކު އެހެން ގައުމުތަކަށް ފުރައިގެން ދިޔަ ދަރިވަރުންގެ ކޯސް ނިމެން މިހާރު ކުޑަތަން ވެފައި ވާއިރު، ލަންކާގައި ތިބި ގިނަ ދަރިވަރުންނަށް އަދި އަލަށްވެސް ފްލައިޓަކަށް އެރުމުގެ ފުރުސަތު ލިބިފައި ނުވާކަމީ ހަގީގަތުގައިވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މި މައްސަލަ އަށް ވީހައިވެސް އަވަސް ހައްލެއް ހޯދައި ދިނުމަކީ މި ހުރިހާ ދަރިވަރުންނާއި އެކުދިންގެ މައިންބަފައިންގެ އެންމެ ބޮޑު އެދުމެވެ. އެފަރާތްތަކުން ތިބީ މިކަމުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނޭ ފަރާތެއްގެ އިންތިޒާރުގައި އެކަމަށް ކެތްމަދުވެފައެވެ. އެހެންކަމުން، ދިވެހި ސަރުކާރުގެ ފަރާތުން، މިކަންތައް އަވަސްކޮށްދެއްވުމަށާއި، ފަސޭހައިން މިކަންކަން ކުރެވޭނޭ ފަދަ އިންތިޒާމްތައް ހަމަޖައްސައި ދެއްވުމަށް އެދި ލަންކާ ސަރުކާރުގައި ރަސްމީކޮށް ދަންނަވަން އެބަޖެހެއެވެ.
ނަޝީދަކިީ ރޯނު އެދުރެއް!
ދިވެހިންނަށް ދިމާވާ ތިކަހަލަ ދަތިތަކުގަ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރީ ޔާމީން ސަރުކާރުން. މިހާރަކު އަޅައެއްނުލާނެ. ހައްގު މިންވަރު ކަމަށް ހީކޮށްލައިގެން ތިބޭ. ބޯކޮށް ވޯޓު ދީފަ ބަހައްޓާތި.
ދެން ކީއްކުރަން ލަންކާ ބޮޑު ވަޒީރު ގެނެސް މާލޭގައި ބައްދަލު ކުރާކަށް މިވަރު ކަމެއް ނުވާ އިރު
ދެރަކަންކަން. ސަރުކާރުން އެހީވޭ!
ޜާއްޖޭގަ ހުންނަނީ އެންމެ ތަނެއް. 300 ވަރަކަށް ކުދިންނާއި އެކު ތޮއްޖެހިފަ އޮތީ. ޢޮންނަނީ މަދު ބޯޓު ކޮޅެއް. ޢެހެންވީމަ؟
ރާއްޖޭގައި ޕައިލެޓްކަން ކިޔެވެން އޮއްވާ ކީއްކުރަން ލަންކާއަށްގޮސް އުޅޭނީ. ދެންވެސް ރާއްޖެއަށޤ ބަދަލުވާން އުޅޭ.
އެއީ ނަމެއްގަ ހުރި ތަނެއް. ނޭގޭ ވާހަކަ ނުދައްކާ.
ރާއްޖޭގަ ކޯސް ހަދަން ފެށުމުގެ ކުރިން އަމިއްލަ ހަރަދުގަ ދެކޮޅު ޓިކެޓް ނަގާ އަމިއްލަ ހަރަދުގަ ކެއުމާއި ކޮޓަރި ކުލި ދައްކައިގެން އައްޑޫގަ ހުރެ ފުރަތަމަ ޓެސްޓްތަކެއް ހަދަންޖެހޭ. އެކަތިން ފާސް ނުވިޔަސް އަނެއް ފަހަރު އަމިއްލައަށް ހަރަދުކޮށްގެން ދާންވީ. ކީއްތަވާނީ އެންމެން އުޅޭ މާލެއިން މިޓެސްޓް ހެދޭގޮތް ހަދަން. އަދި މޮޅުކުރަން ރާއްޖޭގަ ހުންނަތަނުގެ ވާހަކަ އެބަ ދައްކައެއްނު.
ދަރިވަރުން ނަށް ލިބޭ ހުރިހާ ގެއްލުމަކަށް ލަންކާ ކޮލެޖް އަދި ލަންކާ ކަމާބެހޭ އިދާރާތައް ފުރިހަމަޔައް ޒިންމާ ވާންޖެހޭނެ ކަމަށް ދެކެން.. އަވަހަށް ތިޔަ މައްސަލަ ލަންކާ ކޯޓައް ހުށައެޅުމަށް ގޮވާލަން.. ދެން ރަނގަޅުވާނީ އިތުރައް ތިޔަ ތަނުގަ ނުކިޔަވަ އަވަހަށް އެހެން ޤައުމަކަށް ބަދަލުވިއްޔާ..
ކޯސް ފެށުމަށްފަހު ބަދަލެެއް ނުވެވޭ ލޯންގެ ދަށުން.
ވޯޓެއް ގައިދަށްވީމާ ތިކަން ހަމަޖެހޭނެ
ޢަންނި ދައްކާ ވާހަކަ ޖެހޭނީ 7ން ޑިވައިޑް ކުރަން.
ތިތާނެއް އެމްބަސެޑަރ ނޫނީ ކަމެއް ކުރެވޭނެ މީހެއް. ނަސީދު އާ އީވާ އާ ވާހަކަދައްކައިގެން ކުރެވޭނެކަމެއް ނޯންނާނެ. ޢެއީ ދައުލަތުގެ އެހެން ބާރެއް.
ދެން ކީއްވެ އަންނި ބުނީ ހަފްތާ އެއް ތެރޭ ފެށޭނެ އޭ؟ ކުރެވޭތީ ދޯ އެހެން ބުނާނީ.
އެއީ ސަރުކާރު ހިންގާ މީހަކީ.
އަންނިގެ އަނގައިން ދޮގެއްނޫން އެއްޗެއް ނުނުކުންނާނެ. އެއީ މިގަރުނުގެ މުސައިލަމަތުލް ކައްޒާބު.
ތި ކުދިންނަށް އެހީވަން
ދިވެހި ސަރުކާރަށް
ގޮވާލަން
މަތީގަ އެވާ ކޮމެންޓަށް އޮޅިގެން ވަނީ ލައިކް ޖެހިފަ. ވީމަ އެ ލައިކް ނަގާދިނުމަށް ދަންނަވަން...
އަޅުގަނޑުވެސް ވިސާއަށް އެދިގެން އުޅޭތާ 3 މަހަށްވުރެ ގިނަދުވަސް ވެއްޖެ. އިމިގްރޭޝަން އިން ބުނަނީ ސްޓޭޓް އިންޓެލިޖެންސް ކަމެކޭ! ސްޓޭޓް އިންޓެލިޖެންސް އިން ބުނަނީ އިމިގްރޭޝަން އޭ! ބޯހަލާކު މިކަމާއި ދުވެދުވެ!
ޢަޅުގަޑ ކުރިޔަށްއޮތް ހަފާތާގަ ތިކަން ހަމަޖައްސާނަން.
ދިވެހީންގެ ތެރޭގައި އަލްގައިދާ އައިއެސްގެ މީހުން ހިމެނޭތީ ކޮންމެ ގައުމަކުންވެސް ބިރުގަންނަނީ
އަލްގައިދާ އައިއެސް މައްސަލަ އަކީ ހަމައެކަނި ރާއްޖެއަށް ދިމާވެގެން އުޅޭކަމެއް ނޫން. އެމެރިކާ އާއި ޔޫރަޕުން އެންމެ ގިނަ އަލްގައިދާ އާއި އައިއެސް މީހުން ނުކުންނަނީ. އެ 2 ޖަމާއަތުގެ ގިނަ ލީޑަރުން ވެސް ނިސްބަތްވަނީ އެމެރިކާ އާއި ޔޫރަޕަށް.
ހާސްނުވޭ އޯގާތެރިކަމޭ ތިއީ. ރައަޔިތުންގެ ފައިސާއިން ޕާޓީކުރަން ދެއިރު ދެދަޅައަށް ގައުމުތަކުން މީހުންގެއެއްނު. އެއީނު ދިވެހިން ބޭނުންވިގޮތް. މިއޮތީވެފަ. އުފާކުރޭ. ފައިސާވެސް ގިނަވެގެން އުޭނީ. ހަޒާނާގެ ދެބައިކުޅަ އެއްބައި ހުސްވީ އެއީ ކާފޫރުވީމަ ކަމަށްވަނީ
Ginakudhin mihaaru amilla ah maruvaa Hisaabuga thibi addu gamugaves hurihaa sarukaa rakah salaam i
މީ ހަމަ ރާށްޖޭގެ ހަށްދު ފަހަނަ އެޅި ބައިގަނޑު ގިނަ ކަމުން ވާގޮތް!
އަމިއްލައަށް ގޮވަނީނު އަހަރެމެން މިތިބީ ހައްދު ފަހަނަ އަޅާފައޭ. އަމިއްލައަށް ބައްލަވާ ބޮނޑި.
އެއީ ރާއްޖޭގައި ޕައިލެޓްކަމުގެ ކޯސް ތައާރަފް ކުރުމުގެ ކުރިން ލަންކާ އަށްދިޔަ ކުދިން. ވަރަށް ހާލުގަ އެކުދިން އުޅެމުންދިޔައީ ބޮން ގޮއްވުމުގެ ހާދިސާގައި ގިނަ ކުދިންހެން ރާއްޖެއަށްވެސްއައި. އެކަމަކު އެކުދިންނަށް ނެތް ފުރުސަތު އަލުން ކޯސް ރާއްޖެ ބަދަލު ކުރުމަށްވެސް. މިއީ ވަރަށް ހިތާމަވެރި ކަމެއް. ބޮޑެތި ލޯންނަގައިގެން ގައުމު ދޫކޮށް ކިޔަވަންގޮސް ތިބި ކުދިންކަމަށްވާތީ، މިކަމަށް އެކަށިގެންވާ ފިޔަވަޅެއް މިސަރުކާރުން އަޅާނެ ކަމަށް އުންމީދު ކުރަން.
ލަންކާއަށް ކުދިން ދިޔަ އިރުވެސް ތިކޯހެއް ރާއްޖޭގަ ހިންގާ. އެތަަަން ކަނޑަކަމުން ދާންޖެހުނީވެސް. ލަންކާ ކުރިން ވަރަށް ފަސޭހަ. ޓެރަރިސްޓް ހަމަލާގެ ފަހުން މިހުރިހާ އުނދަގުލެެއް ޖެހުނީ.
ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސް މިކުދިން މި ތަކްލީފުން ސަލާމަތް ކޮށް ދިނުމަށް ސަރުކާކަށް ގޮވާލަން
ޓީއެމްއޭގައި ހުސް ލަންކާ މީހުން! ރިސޯޓްތަކުގައިވެސް އެބައިމީހުން. ސަރުކާރުން ބޮޑުމީހާގެނެސް ގޮތްދެއްކުމުގަ. ރައްޔިތުން ޔާމީން ބަދަލު ކޮށްގެން ވައްކަން ހުއްޓުވީމަ ދެން މިޖެހެނީ އެއަޤވުރެ ތަކުލީފްތަކާއި. ދެންތިބޭ އަނގަޔާ އަތާއި ދިމާނުވެފަ. އަދި ވެސް އެއުޅެނީ ޖުޑިޝަރީ އަކާއި، ޔާމިން އަކާއި ، މިހާރު އަނެއްކާ އަނދިރި ދައުލަތޭކިޔާގެން އަނެއްކަންތަށް ،،،، ވ ސަލާމް
ނަޝީދު ކިޔަމުންދަނީ އަދިރި ދައުލަތެކޭ. ކަލޭމެންނަކީ.
އައްޑޫ ކައުންސިލުން ބުނި ގޮތަށް ކަލޭމެންކުދިންވެސް ބުނޭ މީ ސަރުކާރުގެ ކަމެއް ނޫނޭ ސިވިލްއޭވިއޭޝަންގެ ކަމެކޭ.
ކަމެއް ކަހަލަ ސަރުކާރެއް އޮތީމަ ވާނީ ތިހެން. ކުރީގަނަމަ ވަގުތުން ކުދިން އެހެން ގައުމަކަށް ބަދަލު ކޮށްލާނެ. ނަޝީދު ދައްކާ ވާހަކަ ގަބޫލު ކޮށްގެން ދެން ތިބޭ. ވާނެ އެއްކަމެއްވެސް ނޯންނާނެ. އެއީ ކާކު! އެއަށްވުރެ ދޮގުހަދާ މީހެއް އުޑުދަށުގަވެސް ނޫޅޭނެ.