ދިވެހި ރާއްޖެއަކީ މިހާރު ގާތްގަނޑަކަށް ހަތަރު ލައްކަ އެއްހާ މީހުން ދިރިއުޅެމުން އަންނަ ޖަޒީރާ ގައުމެކެވެ. ރާއްޖޭގެ ވެރިކަމަށް އަންނަ ބައެއް ރައީސުން ވެރިކަމަށް އަންނަން ވެގެންނާއި ވެރިކަމަށް އައިސް މަޤުބޫލުކަން ހޯދާފައި ވަނީ ވެސް މި ޤައުމުގެ ޖަޒީރާ ވަންތަ ކަމާއި، ޤުދުރަތީ ރީތިކަމާއި ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ ނުރައްކާ ބައިނަލްއަގުވާމީ ޤައުމުތަކަށް ގޮސް އިޝްތިހާރު ކޮށްގެންނެވެ. މިގޮތަށް ކޮންމެ ފަހަރަކުވެސް ވެރިކަމަށް އައިސް ހުރިހާ ފައިދާއެއް ވެރިންނާއި މަހުޖަނުންނަށް ލިބެނީއެވެ. އާދައިގެ ރިސޯޓު މުވައްޒަފު ހުންނަން ޖެހެނީ ހުރި ހިސާބުގައި ހުއްޓިފައެވެ.

ޖަޒީރާވަންތަ ކަމާއި ޤުދުރަތީ ގޮނޑުދޮށްތަކާއި، އަޖައިބުން ފުރިގެންވާ ކަނޑުއަޑީގެ ރީތި ކަމަކީ މި ޤައުމަށް އެންމެ ބޮޑު އާމްދަނީ އެއް ލިބޭ މައި އަސާސެވެ. ދިވެހިރާއްޖެ މަޝްހޫރު ވެފައި ވަނީ ވެސް "ދުނިޔެމަތީގެ ސުވަރުގެ" ގޮތުގައެވެ. ރާއްޖޭގަައި 140 އަށްވުރެ ގިނަ ރިސޯޓެއް މިހާރުވެސް އޮޕަރޭޓު ކުރަމުން އަންނައިރު، ކުރިއަށްވެސް އެތައް ރިސޯޓެއް ހުޅުވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު ވެސް މިހާރު މި ގައުމަށް ޒިޔާރަތް ކޮށްފިއެވެ. މިގޮތުން މިއަހަރު މިހާތަނަށް އެއް މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އެއް މިލިއަނަށްވުރެ ގިނަ ޓުއަރިސްޓުން މި ޤައުމަށް އައިސް ހޭދަ ކުރާ ކޮންމެ ރެއަކަށް އެކަނިވެސް ކޮންމެ ފަތުރުވެރިޔަކު އަތުން 6 ޑޮލަރުގެ ތިމާވެށީގެ ޓެކުހެއް، 'ގްރީން ޓެކްސް' ނަމުގައި ހަމަ ޔަޤީނުންވެސް ނަގައެވެ. އެވްރެޖު ކޮށް 6 ރޭ ވަންދެން އެ ޓުއަރިސްޓުން ރާއްޖޭގައި މަޑު ކުރެއެެވެ. ތިބޭފުޅުން ހިސާބު ހައްދަވާށެވެ. ތިމާވެށި ހިމާޔަތް ކުރަންވެގެން ކިތައް ހާސް ޕްރޮޖެކްޓެއް ހިންގޭނެތޯއެވެ.؟ ކިތައް ރަށުގެ ގޮނޑުދޮށުން ގިރާތީ، ބޮޑު ހިލަ ޖެހޭނެތޯއެވެ؟ މުޅި ރާއްޖޭގެ ކިތައް ކިތައް ރަށުގައި ސޯލާ ޕެނަލް ހަރުކޮށް ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކުރަން ފެށެން ޖެހޭނެ ތޯއެވެ؟ ނޫންތޯއެވެ؟ ނަމަވެސް އެއްކަމެއްވެސް ނުވެއެވެ.

ވެރިކަންތަކަށް މި އަންނަނީ ރައްޔިތުންނަށް މޮޅެތި ހުވަފެން ދައްކާފައި އެތައް ވަޢުދެއް ވެގެންނެވެ. ރިސޯޓު މުވައްޒަފުންނަށް ވީ ވައުދުތައް ވެސް އެހާމެ ގިނަގުނައީ އެވެ. އެގޮތުން މި ސަރުކާރުންވެސް އައީ އެ މުވައްޒަފުން ނުހަނު އަޑު އަހާ ހިތްވާ ފަދަ ވައުދުތަކާ އެކުގައެވެ؛ މިނިމަމް ވޭޖު ކަނޑައެޅުމާއި ސާވިސް ޗާޖުގެ ވައުދާ އެކުގައެވެ. ހަމަގައިމުވެސް ފަތުރުވެރިން ރާއްޖެ އަށް އައިސް ބޭނުން ކުރާ ކޮންމެ ޙިދުމަތަކުން ނުވަތަ ގަންނަ ކޮންމެ އެއްޗަކުން %10 ސާވިސް ޗާޖު ނަގައެވެ. އަދި %12 ޖީއެސްޓީ ހަމަ ކޮންމެ އެއްޗަކުން ނަގައެވެ. ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓުތަކަށް ވަންނަ އާމްދަނީގެ 99 އިންސައްތަ އަކީ އެ ރިސޯޓެއްގެ މުވައްޒަފުންގެ މެދުގައި ހަމަހަމަޔަށް ބަހަން ޤާނޫނުން ލާޒިމުކުރާ އެއްޗެކެވެ.

ރާއްޖޭގައި މިހާރުވެސް ސާވިސް ޗާޖަށް މަހަކު އެވްރެޖު ކޮށް 200 ރުފިޔާ ދެމުންދާ ރިސޯޓުތައް (2،3 ރިސޯޓެއް) އޮޕަރޭޓު ކުރާ ކުންފުންޏެއް އޮވެއެވެ. ސާވިސް ޗާޖުގެ ގޮތުގައި 100 ޑޮލަރު ނުލިބޭ ރިސޯޓުތައް ހިންގައެވެ. ސާވިސް ޗާޖު 1 މަސް، 2 މަސް ނުދީ ހިފަހައްޓައިގެން ތިބޭ ރިސޯޓުތައް މަދެއް ނޫނެވެ. މި ރިސޯޓުތައް ހިންގުމުގެ ލައިސެންސް ހަމަ މިހާރުން މިހާރަށް ބާތިލު ކުރަން ނުޖެހެނީ ކޮން ސަބަބެއް އޮތީމަ ތޯ އެވެ؟؟

ދިވެހި މުވައްޒަފުންނަށް ގިނަ ރިސޯޓުތަކުން ވެއިޓަރު ކަމާއި ރޫމް ބޯއި ކަން ނޫން އެހެން ވަޒީފާ އެއް ނުދެއެވެ. "ޓީމް ލަންކާ" އާއި "ޓީމް އިންޑިއާ" އެހެންނޫނީ "ޓީމް ފިލިޕީންސް" އުފައްދާފައި ބޭރު މީހުންނަށް ރާއްޖޭގެ މުއްސަނދި ކަމުގެ ފޮނި މީރުކަން ދީގެން ވެރިން ތިބެނީ އަތްޖަހާލާފައި ހެވި ދިއްލިފައެވެ.

ދިވެހިންނަށް ވެސް ބޭރު މީހުންނަށް ދޭ ކޮންމެ އިނާޔަތެއް ރިސޯޓު ތަކުން ދޭންޖެހޭނެއެވެ. ބޭރު މީހުންނަށް ތުނބުޅި ބެހެއްޓޭނަމަ ދިވެހިންނަށްވެސް ބެހެއްޓެން ޖެހޭނެއެވެ. ބޭރު މީހުންނަށް ފެންވަރުގެ ކެއުން ކާން ދީފައި ދިވެހިމީހާ އަށް ގަރުދިޔަ އާއި ބަތާ ކާން ދިނުމަކީ ތަފާތުކުރުން ނޫން ދެވަނަ ދެކަމެއް ނޫނެވެ. ބޭރު މީހާ އޭސީ ކޮޓަރި ކޮޅުގައި ޓީވީ އަކާއި އެކު ބަހައްޓާއިރު ދިވެހި މީހާ ހުންނަން ޖެހެނީ 6 މީހުން ނިދާ ކޮޓަރިއެއް ގައި އޭސީ އެއް، ޓީވީ އެއް ނުލައެވެ. މިއީ ދިވެހިންގެ ބިމެވެ. މި ބިމުގައި ބޭރުމީހުން ރަސްގެފާނުން ހެން ގެންގުޅެފައި، ދިވެހިން އަޅުން ހެން ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރިސޯޓު މުވައްޒަފުންގެ އިހުސާސްތައް "ވަގުތު" ގެ ޓީމާއި ހިއްސާ ކޮށްފައި ވާތީ އަޅުގަނޑުމެންގެ ފަރާތުން އެ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ރިސޯޓު މުވައްޒަފުންނަށް އެމީހުންގެ އަޑު އިއްވެން ޖެހެއެވެ. ވެރިންނަށް އެ މުވައްޒަފުން ފެންނަން ޖެހެނީ އިންތިޚާބުތައް ކައިރި ވީމަ އެކަންޔެއް ނޫނެވެ. "އަހަރެމެންނަށް ފޮނި ހުވަފެންތައް ދައްކާފައި، ވެރިކަމަށް އައިސް ކަންކަން ބަދަލުކޮށް މައްސަލަތައް ހައްލުކޮށް ނުދެވެންޏާ މީގެ ފަހުން ހުވަފެނުގައިވެސް ވެރިކަން ކުރާ ތަން ބެލުން ހަނދާން ނައްތާލާށެވެ." ރިސޯޓު މުވައްޒަފަކު ވަރަށް ޖޯޝާ އެކީ ހުރެ އޭނާގެ އިހުސާސްތައް ކިޔާދިނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބަގަޅޭ

    ތިަޔއީ ދުވަހަކުވެސް ބަދަލުވާނެކަމެއްނޫން. އެއީ ސަބަބެއްނެތިއެއްވެސް ނޫން. އެއްސަބަބކީ ދިވެހި މުއައްޒަފު ނަމަމަސައްކަތްކުރާނީ ދެބައޮޑުވާ ދޭތެރެޖައްސާ ވެރިންނައް ވައިޖަހައިގެން އަނެއްމުއައްޒަފެއްގެއަގުވައްޓާލައިގެންނަމަވެސް
    އަމިއްލައެދުން ހާސިލްކުރެވޭނީކިހިނެއްތޯ، ބަލާއެގޮތެއް.
    އަނެއްސަބަބަކީ ވެރިންވެސް އެންމެޒިންމާދާރުކަމާއެކު ވަކިވަކިމުއައްޒަފުން ހިންގާ ނޭދެވޭކަންކަންކުރާނުކުރާގޮތް
    ބެލުމުގެބަދަލުގަ ދައްކާކޮންމެފަދަވާހަކައެއްވިޔަސް އަޑުއަހާ ހަގީގަތްބެލުމަކާނުލާ އެއަށްއިޖާބަދިނުން. މިއީ މުޅިދިވެހިރާއްޖޭގެވަޒީފާމާހަހައުލުގަ،އުރިހާދައިރައެއްގަވެސްއަށަގެންފަވާ ސަގާފީކަމެއް. އަދިއަމުދުން މިހާރުމިވަނީ އެފަދަކަންކަން އިތުރުވާންވެސްފަށާފަ. ވަޒީފާމާހައުލުގަ ގަނާކުރުމަކީވެސް މިހާރުވަރަށްއާންމުކަމެެއް.ހިތާމައަކީ އެކިނަންނަމުގަ މުއައްސަސާތައްހަދާއިގެން ރައްޔިތުންގެ ފައިސާއިން މުސާރަކާގެން ނިދިޖެހިފަތިބޭވެރިންގިނަވުން.

    24
    1
  2. ޖަހާންގީރު

    ހެޔޮ ވާހަކައެއް ބިޑަށް ނުލާ ރިސޯރޓް ތަކުގެ މުއްދަތު އިތުރު ކޮށްދޭއިރުވެސް ދިވެހިންނަށް ރަނގަޅު ގޮތެއް ނުހަދާދޭ

    30
  3. ޓެރޭ

    ތެދެއް ރިޒޯޓް ތަކުގައި ދިވެހިން ހަަމަ ގަނަ ތަޅުވަނީ
    މުސާރައަކީ 1900 ރުފިޔާވަރު ދެން ޖެހޭނީ ގެސްޓުން ކައިރީ ސަލާންޖަާގެން ޓިޕްސް ހޯދަން
    ކޮންމެ އިންތިހާބެއްގައި ގޮވާނެ މުސާރައެއް ކަނޑަ އަޅާނަމޭ
    ބިދޭސިން ނަށް ބޮޑުމުސާރަޔާ ފެންވަރުގެ ކެއުމާ އަހަރު ޓިކެޓް.

    31
  4. Ali

    Varah bodu thedhe Aharu men Ah konmeh Sarukaareh gah ves dhakanee hus huvafen,vote hodhan vee ma eykani aharumen fehnah hee ves

    12
  5. ފިލިޕް

    ތިކަލޭގެ އިންތިހާބާއި ކައިރިވާއިރު ހުންނާނީ ގޯންޏަށް އެރުވާފައި!

    15
  6. ××

    ކޮންމެ ޒަމާނެއް އަޔަސް، ކޮންމެ ތަނަކަށް ބަލާލިއަސް އަޅުން އުޅޭނެ. މަހުޖަނުންނަކީ އަބަދުވެސް ސާހިބުން. ނިކަމެތި ރައްޔިތުންނަކީ އަބަދުވެސް އަޅުން. މަހުޖަނުންގެ މުއްސަދިކަމުގެ ބޮޑުބައި އިސްރާފުކުރުމުގައި، ނޫނީ މުއްސަދިކަން ސްވިސްބޭންކުގައި އެއްކުރުން.

    19
  7. ބުއްޅަބޭ

    ޓީމް ލަންކާ ޓީމް އިންޑިޔާމީހުން ނޫން، ސޯޝަލްމީޑިޔާގަ ހޭބޯނާރާ ސިޔާސީވަނީ! ދިވެހިންގެބޭނުންޖެހެނީ ވޯޓްލާންވީމަ ދެން އޮންނަ ދުވަސްތަކުގަ ދިވެހިންތިބެނީ ސިޔާސީވެގެން މަސައްކަތެއްނުކުރޭ، (މަދުބަޔަކު ފިޔަވާ) އެހެންވެ ފާޑުފާދުގެ ޓީމް ހަދަންޖެހެނީ!

    11
    2
  8. ތައްޓޭ

    ރާއްޖެއަށް ބޭރު ކުންފުނިތަށް އައިތަނުން އެމީހުން ހަލާކުކޮށް ދިވެހިންނަށް ދޯކާދިނީ ހަތަރު ފަސްވަރަކަށް ދިވެހި އެޗް އާރު މެނޭޖަރުންނޭކިޔާ ބައެއް! ބޭރު ކުންފުނިތަކުން ވަރަށް ރަނގަޅަށް ތަފާތުކުރުމެއްނެތި މަސައްކަތްފެށި އެކަމަކު، މިބުނާ ދެތިންމީހަކުވެގެން ތ ބުނާވައްތަރުގެ ގްރޫޕްްތައްހެދީ، ސެންތާރާގެ ކުރީގެ އެޗް އާރުގަ އުޅުނު އެކަހަލަ ބައެއް!

    13
  9. ޤަބުރު ނަސީ

    ހިތާމަ ހުރި ކަމެއް. އެކަމަކު ތީ ހަމަތެދެ

  10. ޙުސައިން ޢަލީ

    ވެރިކަމަށް އަންނަންވެގެން ރައްޔިތުންގާތަށް ގޮސް ކަނޑާ ބާސާއަށް އަހަރުމެން މިތިބެނީ ހެއްލި މޮޔަވެފައި ވެރިކަން ލިބުނީމަ އެވެރިމީހާ (ރައްޔިތުން ގާތުގައި ދެއްކި ހުރިހާ ވާހަކައެއްވެސް އަދި ރައްޔިތުންގެ މަތިންވެސް ހަނދާން ނެތިދޭ!)

  11. ކިނިކްސް

    ބިލިއަނުން ޚަރަދު ކުރީ ވެރިން. ދެން ބިލިއަން ދޭންވީ އެހެން މީހުންނަށް ތާ؟