ޒަމާނަށް އަންނަމުންދާ ބަދަލާއިއެކު ދިވެހިންގެ ތެރޭގައި ކަންކަން ހިނގަމުން އަންނަގޮތްވެސް ދަނީ ބަދަލުވަމުންނެވެ. މިގޮތުން ކުރިއަރާފައިވާ މިދިވެހި ރާއްޖޭގައި "މީސްމީޑިޔާ"ގެ ރޯޅި މާދުރު ނޫންމުސްތަޤްބަލެއްގައި ބިންދާލި ނަމަވެސް، އެއުފެދުނު ކޮޅިގަޑުގައި ދިވެހިންވަނީ ޢަރަޤުވެފައެވެ.

މީސްމީޑިއާތަކުގެ ތެރެއިންވެސް ދިވެހިން އެއެއްޗަކަށް އެންމެ ދެވި ހިފާފައިވާ އެކަށްޗަކީ "ފޭސްބުކް"ކަމާމެދު ދެބަސްވާނެ މީހަކު ހުންނާނެހެނެއް ހީއެއްނުވެއެވެ. ދުރުގައި ތިބި ދެރަޙްމަތްތެރިން ގުޅުވަދީ، ރަށުން ބޭރު ކިޔަވަން ހުންނަދަރި ގުޅުވަދޭ ވިއުގައަކީވެސް ހަމަ ފޭސްބުކް އެވެ. އެހެންނަމަވެސް، ކޮންމެކަމެއްވެސް ކުރަން އޮންނަ ހައްދުން ނައްޓާލައިގެން ދިއުމުން ކޮންމެވެސް ނުބައި ކަމެއް އޭގެން ވިހައެވެ. ފޭސްބުކް ބޭނުން ކުރާ ގިނަ ފަރާތްތަކަށްވެސް މިމައްސަލަދަނީ ކުރިމަތިވަމުންނެވެ.

މިދައްކަނީ ވަހުޝީ ދިވެހި ފިރިހެނުންގެ ވާހަކައެވެ. އަންހެން ކުދިންގެ "އިންބޮކްސް" ފުރާލާ މީހުންގެވާހަކައެވެ. އަމިއްލައަކަށް ބަރަހަނާވެ، އެފޮޓޯތަށް 18 އަހަރު ނުވާ ކުޑަކުއްޖާއަށް ފޮނުވާ ވާހަކައެވެ. މިއީ އެންމެންނަށް އެގޭ ބޮޑު ސިއްރަށް ނަހަދާ މިއަދު މިވަނީ މިވާހަކަ ދައްކަން ޖެހިފައެވެ. ހަރު ފުރައިގެ ބޭބެމުން ތިމާގެ ދަރިޔާ އެއްވަރުގެ މީހުނަށް "އޮރިޔާން ފޮޓޯ" ފޮނުވަމުންދާއިރު، މިވާހަކަ ދައްކާ މީހާއަށް ވުރެ ކަން ކުރާ މީހާ ހަޔާތް ކުޑަކަން ޤަބޫލު ކުރަންޖެހެވެ.

މިވާހަކަތައް ކިތަންމެ ގިނައިން އަޑު އިވިފައި ހުއްޓަކަސް އަދި އެކި ޕޭޖްތަކުން މިވާހަކަތައް އަޑުއިވިފައި ހުއްޓަކަސް، މިކަން ހިގާ ނުހިގާގޮތް ބަލާލުމަށް އަހަރެންގެ އުމުރުގެ އަންހެން ކުއްޖެއްގެ ކިބައިން އޭނާ ކުރިން ގެންގުޅުނު ފޭސްބުކް އައިޑީ ދިނުމަށް އެދުނީމެވެ. އަދި ފުރެންޑްވާން ރިކުއެސްޓްކޮށްފައިތިބި އެންމެން އެއްފަހަރާ އެކްސްޓެންޝަންއެއްގެ އެހީގައި އެޑްކޮށްލީމެވެ.

ވަގުތުން އެއައްނަން ފެށީ މެސެޖްތަކެވެ. "ތެންކްސް އެޑް ކުރީމަ" ، "ހައި"، "ކީއްކޮށްލަނީ" މިފަދަ އެތައް މެސެޖްތަކުން އިންބޮކްސް ފުރާލިއެވެ.މީހުން ފޮނުވާފައިހުރި މެސެޖްތައް ކިޔާލާ އިރުކޮޅަކު ރިޕްލައި އެއް ނުދީ މަޑު ކޮށްލީ ދެންކުރާކަމެއް ބާލާލުމަށެވެ. އައްދޭ!، އެވައްޓާލީ މެސެންޖަރ ކޯލްތަކެވެ. ފުލުފުލުގައި ކޯލްއަކަށްފަހު ކޯލްއެއް އަންނަމުންދެއެވެ. ވޮއިސްކޯލްތަކާއި ވީޑިއޯ ކޯލްތަކެވެ. ކޯލްތަކަށް ޖަވާބު ނުދިނުމުން ފޮނުވަންފެށީ އަމިއްލަޔަކަށް ބަރަހަނާ ވެގަނެގެން ހުރި ފޮޓޯތަކެވެ. މިތާންގައި އެމީހުންގެ ފޮޓޯތައް ޖަހާ އެމީހުން ބޭޒާރު ކުރުމުންވާނޭ ފައިދާއެއް ނެތްކަމަށް ވިސްނޭތީ، އެ ގިނަ ޗެޓްތަކެއް ނުހުޅުވަމެވެ.

ބުނަން މިއުޅޭ ވާހަކަ ވަރަށް ސާފެއެވެ. ތިމާގެ އަބިދަރިންގެ ފޮޓޯ ޕުރަފައިލް ފޮޓޯއަކަށްލާ އަމިއްލަޔަކަށް ބަރަހަނާވެ ހުރެ ތިމާގެ ދަރިންގެ އުމުރުގެ ކުދިންނަށް ފޮނުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މީގެން ފޮޓޯއެއް ތިމާގެ ދަރިޔައް އެހެން ފިރިހެނަކު ފޮނުވާފިނަމަ ތިމާއަށް އިޙްސާސްވާނީ ކޯއްޗެއްހެއްޔެވެ.؟ މިފަދަ ވާހަކަ ތަކަކީ މިއަދު ދައްކަން ވެފައި ހުރި ވާހަކަ ތަކެވެ. މިވާހަކަތައް ދައްކާ މީހާ ހަޔާތްކުޑަކޮށްލާ، ވަހުޝީ މީހެއްގެ ލަޤަބުދިން ދިމުގެ ނަތީޖާއަކަށް މިއަދުގެ މުޖުތަމައުގައި މިފަދަ ނުބައި އެތަކެއް ސިފައެއް މިދަނީ ހަރުލަމުނެވެ. މިވާހަކަވެސް ދައްކާށެވެ. އެކަމަކު މިކަން ކުރާ މީހުން ކުރަންވީ ފަލީހަތެއް ނޫނެވެ. ދޭންވީ ނަސޭހަތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައި

    ޔޫ އަންނަގަ އައި ރަސައް...