މިއީ ރޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިޘާއާއި ގުޅިގެން އެންމެ ފުރަތަމަ އަލިފާން ރޯވި، ގުދަނުގެ ކުރިމަތީގައި ހުރި ގޭގެ ދެވަނަ ފަންގިފިލާގައި ހުރި އަންހެނަކު އޭނާގެ ދަރިފުޅު ސަލާމަތް ކުރުމަށް ވީ ޤުރުބާނީއެވެ.

ގޮވި ބާރު އަޑަކާއިއެކު، ހ.ތިލަފުށިގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނުގައި އަލިފާން ރޯވިއިރު، މުޅި އެ ސަރަހައްދަށްވަނީ ދުމުގެ އަސަރު ކޮށްފައެވެ. އަޑަކަށް އިވެނީ، އަލިފާންގަނޑާއި އެކު އެއްޗެހި ގޮވާ އަޑާއި، މީހުންގެ ހަޅޭކުގެ އަޑެވެ. މުޅި އެ ސަރަހައްދުގައި ހުރި ހުރިހާ އިމާރާތެއްގެ ހުރިހާ ފަންގިފިލާތަކުގައި ތިބި އެންމެވެސް މަސައްކަތް ކުރީ ސަލާމަތްތެރިކަމާއި އެކު ބޭރަށް ނިކުތުމަށެވެ.

"އަލިފާނުގެ ޙަބަރު ލިބުމާ އެކު އަޅުގަނޑު އަވަހަށް ބެލީ ދައްތަ ކޮބައިތޯ. އެ އިމާރާތުގަ ގިނަ ވާނީ އަޅުގަނޑުމެންގެ ރަށަށް ނިޞްބަތްވާ މީހުން. އަވަހަށް އަޅުގަނޑު ދައްތައަށް ގުޅިން. ދައްތަ ބުނީ ތިރީގަ އަލިފާން ރޯވެފަ ހުރި ވާހަކަ. ދެން އަޅުގަނޑު ބުނިން ކިހިނެއްހޭ ދެން ހަދާނީ. ދައްތަ ބުނި ކޮއްކޮ ގޮވައިގެން ފުންމާލާށޭ މި އުޅެނީ." މިއީ ރ.އަލިފުއްޓަށް ނިޞްބަތް ވާ އާއިލާއަކަށް ރޭގެ ހާދިޘާ ކުރިމަތިވެގެން އައި ގޮތެވެ.

އޭރުވެސް ފުލުހުންނާއި ސިފައިން ދިޔައީ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންނެވެ. އެއަރޕޯޓުގައި ބޭނުންކުރާ ބޮޑެތި ފަޔާލޮރީތައް ވެސް ދިޔައީ މާލެ އަންނަމުންނެވެ.

އޭރު ހ.ކަޅުހުރާގޭގެ ހަތަރުވަނަ ފަންގިފިލާގައީ ދިރިއުޅޭ އެހެން ފިރިހެނެއްވެސް ދިޔައީ އޭނާގެ އާއިލާ ސަލާމަތްތެރިކަމާއި އެކު ތިރިއަށް ބޭލޭތޯ މަސައްކަތް ކުރަމުންނެވެ. އޭނާގެ އާއިލާ އާއި އެކު ޖުމްލަ 10 މީހުން އެ ފަންގިފިލާގައި ދިރިއުޅެމުންދާއިރު ރޭ ހިނގި އަލިފާނުގެ ހާދިޘާގެ ޙަބަރު އޭނާއަށް ލިބުނީ އެރޭ ގަޑިން 7:15 އެހާކަށް އިރެވެ.

"ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އަޅުގަނޑު އެހިން. ދެން އިރުކޮޅަކުން ދުންތަކެއް އަރަން ފަށައިފި. ދެން ކުޑަދޮރުން ތިރިއަށް ބަލާލިއިރު، އިމާރާތުގެ ތިރީގަ ހުރީ އަލިފާން ރޯވެފަ. އޭރު ގޭގަ ތިބީ ހަތަރު މީހުން. އަޅުގަނޑު އެ އެންމެ ކައިރު ވަގުތުން ބުނިން ހިނގާށޭ އަވަހަށް ފޭބޭތޯ ބަލަމާ. އެއްވެސް އެއްޗެއް ގެންދަން އުޅޭނެ ކަމެއް ނެތޭ. ފުރާނަ ސަލާމަތް ކުރުން މާ މުޙިއްމު ވާނޭ." އެވަގުުތު ހާލަތު ސިފަކޮށްދެމުން އޭނާ ކިޔައިދިނެވެ.

ފަހުގެ ތާރީޙެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިޘާ ރޭގަ މާލޭގައި ހިނގާފައިވާއިރު، އެތައް ބަޔަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހިފައެވެ. އެމީހުން ބަދަލުކޮށްފައިވަނީ ކަލާފާނު ސުކޫލަށެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުޞަތުގައި އެތައް ބަޔަކު ވަނީ އެކި ގޮތްގޮތުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން ވަނީ ދައްކުވައިދީފައެވެ.

ރޭގެ ހިނގި ހިތާވެރި ހާދިޘާގައި އެކެއްގެ ފުރާނަ މި ދުނިޔެއާއި ވަކިވެފައިވާއިރު، މިއަދު ވަނީ އެ މަރުހޫމާގެ ޖަނާޒާގެ ކަންކަންވެސް ކުރިއަށް ގެންގޮސްފައެވެ. މިއަދު މި އަސަރުން ފުރިގެންވާ ޖަނާޒާ މާލޭގައި ކުރިޔަށް ދިޔައިރު، މި ޖަނާޒާ ވެގެން ގޮސްފައިވަނީ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ޖަނާޒާއެއްގައި ބައިވެރިވި އެއް ޖަނާޒާއަށެވެ. ކުދިބޮޑު އެތައް ބަޔަކު ޝައުނާގެ ޖަނާޒާގައި ބައިވެރިވެ އޭނާގެ ކަށުނަމާދުގައި ބައިވެރިވުމަށް އިސްލާމީ މަރުކަޒު ފުރާލިއެވެ. މީހުން ގިނަވުމުން ބައެއް މީހުން މިސްކިތުން ބޭރުގައި ވެސް ތިބެން ޖެހުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލަމް

    އެ އަންހެން ކަބަލަށާ އަދި ގެއްލުންވި ހުރިހާ ފަރާތަކަށް އަވަސް ޝީފާ އަކާ ފުރިހަމަ ސިއްހަތެއް ދެއްވާށި. އާމީން... ވަރަށް އުފާވޭ ގިނަބަޔަކު ސަލާމަތް ވުމުން... ❤️

    168
    2
  2. ބަރުގޮނު

    ހިތްވަރު ގަދަކަމަށް ޓަކައި އުފަލާއެކު ތަޢުރީފުކުރަން. ތިޔައީ ވަރަށްވެސް ލާމަސީލު ޤުރުބާނީއެއް. މާތްﷲ ތިބާއަށާ ތުއްތު ދަރިފުޅަށް ރަޙްމަތް ލައްވާށި. އާމީން.

    137
    2
  3. ނާގާބިލް ދިވެހި ސިފައިން

    މިހާދިސާގައި އެމީހެއްގެ ރައްކައުތެރިކަމާއި ދަރިންގެ ރައްކައުތެރިކަން ހޯދީ އެމީހަކު އަމިއްލައަށް. ދިވެހި ފުލުހުންނާއި ސިފައިންގެ އެހީތެރިކަމުގައި ސަލާމަތްވީ އެކަކުވެސް ހަމަ ނެތް. ނާގާބިލް ދިވެހި ފުލުހުންނާއި ސިފައިން. ނުވަންޏާ ގެއަށް ކަޑާލާ.

    4
    74
    • ހުސްދޮގު

      ދިވެހި ސިފައިންނާއި، ފުލުހުންން ކުރި މަސައްކަތް ވަރަށްވެސް ރަނގަޅު.. އެމީހުން ނެތްނަމަ އިތުރަށް ގިނަގުނަ ގެއްލުންތަކެއް ވާނެ... މިފަދަ ކޮންމެ ކަމެއްގައި ދިވެހި ފުލުހުންނާއި ސިފައިން ކޮށްދެއްވާ އަގުހުރި، ގިނަގުން ޚިދުމަތްތައް ފާހަގަކޮށް ޝުކުރާއި މުބާރަކްބާދީ އަރިސްކޮށް ފައްފަށުން އައްސަރިބަހާ ސާބަސް ރައްދުކުރަން...

      45
      1
  4. އުނބުއާދަނު

    ބްރިޖްގެ މުހިއްމުކަން މިޙާދިޘާއިން ވަރަށް ސާފްވެއްޖެ! ރައީސް ޔާމީންގެ ޒަޢާމަތުގައި ޖަޕާންސަރުކާރުން ހަދިޔާކުރި ފެންލޮރީތަކާ ޕަންޕުތައް ހުޅުމާލެއިން މާލެގެނައުމަށް ބްރިޖް ބޭނުންކުރުމުގެ ސަބަބުން އަލިފާން އަވަހަށް ނިއްވާލުމަށް އެހީތެރިވި!

    66
    4