އިއްޔެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިގެން ގޮސްފައެވެ. އަދި ދެކުދިންގެ މަންމައެއް ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

މާލޭގެ އިމާރާތްތަކުގެ މަތިން ފެންނަމުންދިޔަ ބިޔަ ދުންގަނޑާއި އިވެމުން ދިޔަ ބާރު ގޮވުންތަކުގެ ސަަބަބުން އެތައް ބަޔަކު ތިބީ ބިރުން ހަދާނެ ގޮތް ހުސްވެފައެވެ. އެ ވަގުތަކީ މުޅި ސޯޝަލް މީޑިއާގައިވެސް އެއް ވާހަކައެއް އޮލަކޮށް ފެތުރެމުން ދިޔަ ވަގުތެކެވެ. އަލިފާނުގެ ހާދިސާގެ ފޮޓޯތައް ހިއްސާކުރަމުން އެންމެން ދިޔައީ ހާލުގައި ޖެހެމުންދިޔަ އާއިލާތަކަށް ކެއްތެރިކަން ދެއްވުމަށް ދުއާ ކުރަމުންނެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެވަގުތު ކަމާބެހޭ ފަރާތްތަކުން ބުނަމުންދާ ވާހަކަތަކުގެ މެސެޖުތައްވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން ދިޔަ މީހުން ބައިވަރެވެ.

މީސް މީޑިއާގައި ރާސްލައިފައި ދައުރުވަމުންދިޔަ ބިރުވެރި ފޮޓޯތައް ޝެއާކުރަމުން މަދު ބަޔަކު ބުނެފައި ވަނީ "ޔޭ.. ފަޔަރވޯކްސް"، އަނެއް ބަޔަކު ބުނަމުން ދިޔައީ "ބާބަކިއު ނައިޓް" މިހެންނެވެ. އަޑު އަހާލަން ވަރަށް އުނދަގޫ ދޯއެވެ. އެހެން ނަމަވެސް މިއީ ހަގީގަތުގައިވެސް ހަށިގަނޑުގެ ތެރޭގައި ދިވެހި ލޭ ހިނގަމުންދާ ދިވެހިންގެ މި ބިމަށް އުފަން ބަޔަކު މީސް މީޑިއާގައި ކުރި ޕޯސްޓެވެ.

ރަށްރަށުގައި ތިބި މީހުން ކެނޑި ނޭޅި ފޯނުކުރަމުން ދިޔައީ އެމީހުންގެ ދަރީންނާއި ގާތް ތިމާގެ މީހުންގެ ހާލުބެލުމަށެވެ. ވާނީވެސް އެހެންތާއެވެ. ޓީވީތަކުން ކެނޑިނޭޅި ގޮވާލަމުން ދިޔައީ އަލިފާންގަނޑު ކޮންޓްރޯލް ނުވެ ބޮޑަށް ފެތުރެމުންދާކަމަށެވެ.

މި ހިތާމަވެރި ހިނދުކޮޅުގައިވެސް އެކަމަށް މަލާމަތްކޮށް މަޖާ ހެއްވާ ކަމެއްގެ ގޮތުގައި ސިފަކުރަމުންދިޔަ މީހުން ތިއްބެވެ. އެމީހުންނަކީ މަދު ބައެއް ނަމަވެސް އަހަރުމެން ދިވެހި ލޭ ހިނގާ ދަރިއެއްގެ ފަރާތުން އެފަދަ މުޑުދާރު ބަލައިގަންނަން ދަތި ކަންތައްތަކެއް ފެނުމުން ހިތް ފަޅައިގެން ނުދާނީ ކާކު ހެއްޔެވެ؟

އޭރު އެތަކެއް ބަޔަކު އާއިލާތަކާއެކު މަގުމަތީގައި ދެން ހަދާނީ ކިހިނެއް ކަމެއް ނޭންގިފައި ތިއްބެވެ. މުދަލާއި ތަކެތި ދޫކޮށް މަގުމަތީގައި ތިބިއިރު އަނދަމުން ދިޔައީ ދިރިއުޅެމުން ދިޔަ ގެދޮރެވެ. އެހެން ނަމަވެސް އެއްބަޔަކަށް އެކަން ވީ ވަރަށް ހެއްވާ މަޖާ ކަމަކަށެވެ. އެތަނުގައި ހާލުގައި ޖެހިފައި އެއިން މީހެއްގެ ގާތްތިމާގެ މީހަކު ނެތިދާނެއެވެ. އެހެން ނަމަވެސް އެކަން ތަހައްމަލު ކުރަން އެމީހުންނަށް ޖެހުނުނަމަ އެއީ ކިހާ ހިތްދަތި އަދި ބިރުވެރި ކަމެއްކަން ހަމަ ޔަގީނުންވެސް އިހުސާސް ކުރެވޭނެއެވެ.

އެމީހުން ކުރި ޕޯސްޓުތަކާ ގުޅިގެން މީހުން ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށުމުން "ސޮރީ" އޭ ބުނެ އެއްބަޔަކު ވަނީ މީސް މީޑިއާގައި މަޢާފަށް އެދިފައެވެ. އެހެން ނަމަވެސް ތިޔަ "ސޮރީ" ގަބޫލުކުރެވޭ ވަރަށްވުރެ ތިބާ ތިވަނީ ދަށުދަރަޖައަށް ވެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޙާސަރު

    ޢެއްކޮޅުނަ ފާޑަކައް ޙެވިފަހުރެ ނޫސްވެރިންނައް މައުލޫމާތުދިން މީހުންވެސްފެނޭ

    80
    2
  2. ހަމަހަމަ

    އަމި އްލަ އެދުމުން ފޯވެފަ

    68
  3. ޢައިބާ

    އަސްލު ވަރަށް އުފާވެއްޖެ ، މިފަދަ ދަށުދަރަޖައިގެ ޕޯސްޓްތަށް ކުރި މީހެއްގެ ފޮޓޯ ޖަހާފައި އެޕޯސްޓް މިނޫހުން ގެނެސްދިނީމާ ،.

    163
    5
    • ޭެެއެނިމޭބަލާގޮލާ

      އޮކޭ ދިސް އިސް އެޕިކް

      17
  4. އައްޑޫ މީހާ

    އެހެންތާ ވާނީ ހަމައިން ނެއްޓިފަަ ތިބެނީ ތެޔޮބިޑި ގޮއްވާލާގެން މަޖާވެފަ ތިބެނީ އިންސާނަކު އަނދާތަން ފެނުނަސް އެސޮރުމެންނަށް ފެންނާނީ ބބކއ ނޫނީ ފަޔަރ ވޯކްސް އެއްބަޔަކު 24 ގަޑި އިރު ހަމައިގަ ތިބެދާނެ ކަމަށް ހަމައިގަ ތިބޭ މީހުން ދެކިގެން ނުވާނެ ، އެކުދިން ހަމައިން ނެއްޓިފަ ތިބި ގަޑިއެއްގަ މިފަދަ ކަމެއް ފެނުނީމަ ވީގޮތް މީގެން މީހަކަށް ނޫނީ އާއިލީ މީހަކަށް ކަމެއްވިނަމަ އެމީހުންނަށް އިހުސާސް ވާނެ، މާތް ﷲ ގެ ރަހްމަތް ފުޅުން އެއްވެސް ބަޔަކަަށް ނިކަމެތި ގޮތެއްވާކަށް އަހަރުމެން ދިވެހިން ނޭދޭނެ

    109
    6
  5. ކަމަނަ

    އަދުގެ ހާލަތު. ހިތާމަ ހުރި

    94
  6. ހާލަތު

    ހަބޭސް ވަގުތު.. ތިޔަ ހުރިހާ ރަހުމު ކުޑަ އެއްޗެތީގެ ފޮޓޯ އާންމުކޮށް ފަލީހަތްކުރޭ.. މޮޅެތި ޔުނިފޯމު ލައިގެން ގޮތް ގޮތަށް ފޮޓޯ ނެގިޔަސް މީހާ މީހަކަށް ނުވާނެ.. ވަޒީފާ އަދާކުރާތަނަށްވެސް ހުތުރު.. އެޅެން އޮތް ފިޔަވަޅެއް އަޅަން އެބަޖެހޭ މިވެރިންނަށް.. އިންސާނިއްޔަތުކަމެއް ނެތް އިންސާނުންގެ ސިފައިގަ ތިބި ޖަނަވާރުންތަކެއް ތިޔައީ..

    77
    1
  7. ފޭކު

    ހުދު ޔުނިފޯމެއް ލެވުނަސް ތިބާގެ އިންސާނިއްޔަތުކަން ހައިވާނިއްޔަތަށް ދާން ޖެހުނީ ކޮންފަދަޔަކުންތޯއެވެ. ސަޅިކަމެއްނޫނެވެ. ތިރިވާށެވެ. ﷲގެ ހަޒްރަތަށް ރުޖޫއަވާށެވެ. ދެއްވުމާއި ގެންދެވުމުގެ ބާރު މިލްކުވެ ވޮޑިގެންވަނީ ﷲ ގެ ހަޒްރަތަށް

    72
    2
  8. އަޙްމަދު

    ޑިފެންސް މިނިސްޓަރުވެސް މީހަކު ގެއްލިގެން އުޅޭވާހަކަ އެންގުމުން ބުނީ ބޭކާރުވާހަކަޔަކޯ. ހަޤީގަތާއި ޙިލާފް ވާހަކަތަކޯ. އެކަމަކު މަރުވެފައިވާ ހަށުގަނޑުފެނުމުން ވެސް ތިމާ ދެއްކިވާހަކަޔަށް މާފައްނޭދޭ! އެނާވެސް ހުރީ މަޖާވެފައި! ހިތާމައިގެ އެއްވެސް އަސަރެއް މިނުމައްޗަކުން ނުފެނު އިންޓަވިއު ދިންއިރަކު!

    63
    5
  9. ސޭޑް

    ކޮންމެ މުޖްތަމަޢުއެއްގައި ވެސް މިޒާތަށް އުޅޭ މީހުން އުޅޭނެ. އެވްރެޖްކޮށް އެއީ ޕޮޕިއުލޭޝަންގެ 5%. ދިވެހިރާއްޖޭގައި އެތަށް ސަބަބަކާ ހުރެ މިއަދަދު އުޅެނީ ވަރަށް މަތީގައި. މިޒާތުގެ ވާހަކަ ދައްކާ މީހުންގެ ވާހަކަ އަށް ސަމާލުކަން ނުދިނުން އެއީ މުޙިއްމު ކަމެއް. އެމީހުންނަކީ މީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާ މީހުން. އެމީހުން އަމަލުތަކުގެ ނަތީޖާ ނުވަތަ އެމީހުންގެ އަމަލުތަކު ހެޔޮ ނުބައި ދެނެގަތުމުގެ ކެޕޭސިޓީ އެމީހުންގެ ނިކަމެތި ސިކުނޑިތަކަށް ލިބިފައިއެއް ނުވޭ. ލިބިފައި ވިނަމަވެސް އެކަން އެނޫން ގޮތަކަށް ދައްކަންބޭނުންވަނީ.

    19
    1
  10. އަލީ

    އަދިވެސް މިނިއުމަތް މަތީ ދެމިތިބާތާ އައްސަތޭކަ އަހަރައް ވުރެ ގިނަވެއްޖެއޭ ކިއާފަ ހެވިފަ ތިބޭ

    25
  11. ތަރުބިއްޔަތު ނެތީ

    ވަގުތު ނޫހުން ތިދިނީ ރަނގަޅު ފިލާވަޅެކެވެ! ފޮޓޯޔާއެކު އަމިއްލައަށް އިޝްތިހާރު ވެ އެފަދަ ހިތާމަވެރި ބިރުވެރި ވަގުތެއްގައި އެކަމަށް ޖޯކު ޖެހުމަކީ އެކުދިންގެ ހިތުގައި މަޑުކަމެއް ނެތް ކަމުގެ ދަލީލެކެވެ. އެމީހުންނަށް މާތް ﷲ ހެޔޮވިސްނުން މިންވަރު ކުރައްވާށި! އާމީން

    52
    1
  12. ކުނބު

    މިއީ ރޫހާނިއްޔަތުގެ ބައިދަށްވީމަވާގޮތް މިކަހަލަ ބޯގޯސް މީހުންނަށް ކޮންމެ ކަމެއްވެސް ވާނީ މަޖާކަމަކަށް މަޖާވަރު އެނގޭނެ ތިމާ އަމިއްލަ ގޭގަ ރޯވީމަ އޭރުން ބާބަކިއު ނައިޓް ފަޔަރވޯރކެއް ނުކިޔާނެ. ރަސޫލުﷲ އަޅުގަނޑުމެންނަށް އެންގެވީ 1 ހަށިގަނޑެއްގެ މިސާލަށްވާން އަނެކާއަށްވާ ގެއްލުމަކީ ތިމާއަށްވާ ގެއްލުމެއްކަމަށް ދެކެން އަދި އަނެކާއަށްވާ އުފަލަކީވެސް ތިމާއަށް ލިބޭ އުފަލެއްކަމަށްދެކެން.

    32
    1
  13. މަަަައްލީ.

    ހީވޭ ތިހެން.

    12
    2
  14. ކޭޓީ

    ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ.. އަދި އޭނާ އވަގުތު އެކުރީ ރަނގަޅު ކަމެކޭވެސް ނުބުނަން... ނަމަވެސް، އޭނާ ވަނީ އެކަމަށް މަޢާފަށް އެދިފައި... އެވާހަކަވެސް ހިމަނާލިނަމަ ދޯ....

    22
    26
    • ބުރާންތި

      މި އެއްކޮށް ކިޔާލި ނަމަ ނުބުނާނެ ތިޔަހެނެއް. އެމީހުންނަށް މައާފު ކުރާނީ ތިކަހަލަ ކޮހުން

      22
      2
      • ކޭޓީ

        މަޢާފް ކުރުމަކީވެސް ދީނުގައި އޮންނަ ރިވެތި އާދައެއް... ﷲ ގެ ހަޟްރަތުގައިވެސް ކިތަންމެ ބޮޑު ކުށެއް ކޮށްފައި އޮތް މީހެއް ނަމަވެސް އެމީހަކަށް އެކަލާނގެ މަޢާފް ދެއްވާ... އެހެންވީމާ މިކަމުގައިވެސް އޭނާ މަޢާފަށް އެދުނީމަ މަޢާފް ނުދޭންވީ ސަބަބެއް ނެތް.. އެކަމު އެކަން ތިކަހަލަ ކޮހުންނަކަށް ނޭނގޭނެ ކިތަންމެ ވަރަކަށް ކިޔައިދިނަސް..

        4
        4
  15. ާަާަަައަސްލު

    އަލިފާންރޯވެއްޖެނަމަ ކިޔަންއޮތީ ﷲއަކްބަރް އެއާއެކު ނިއްވަން މަސައްކަތްކުރުން.

    22
  16. ސޯލް

    މިކަންތައް ފެނުނުއިރު ޖުހާ ޕޭޖްގައި ލިޔާ އެއްޗެހި ނުފެނުންތީ ވަރަށް ދެރަ ކަމެއް. ދީނަށް ފުއްސާރަ ކުރިއަސް ހަމަ އެއްވެސް މައްސަލައެއް ނެތީބާ؟ ސަރުކާރުން މިކަންތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ. މުސީބާތް އައިމަ އެކަން މިފެންނަނީ.

    15
    2
  17. އަޙްމަދު

    ދީނަށް ފުރައްސާރަ ކުރުމަކީ ސަރުކާރުގެ އިސްވެރިންނަށާއި މަޖްލީހުގެ ވެރިންނާއި މެންބަރުންނަށް މާބޮޑުކަމެއްނޫން! ޔާﷲ މިބައި މީހުންގެ ހިތް އިސްލާމް ދީނަށް ލަންބަވާދޭވެ!

    7
    1
  18. 21 އަހަރު

    މާމަޖާވީމަ ވަރަށް ހަޑި